ރިހާމް އަހަރެން ގައިގަ ބައްދާލިއެވެ. **************** މިޝްކާ އަހަރެންދެކެ ލޯބިވާކަން އެނގުމުން ވީއުފާ ބުނެދޭންވެސް ނޭންގެއެވެ. މިހާރުން މިހާރަށް ގޮސް މިޝްކާ އަހަރެންގެ މެއާލާބޮނޑިކޮށްލަން ހިތަށް އެރިއެވެ. އަދި މިޝްކާދެކެ ލޯބިވާވަރު ބުނެދޭން ބޭނުންވިއެވެ. “މަލޫ ކޮބާ ސާދިން ؟ އެ ސޮރު ނާދޭތަ މިގެއަކަށް ؟ މަލޫގެ މަންމަމެން ކިހިނެއްތަ؟” ކުއްލިއަކަށް ސާދިން މަތިން ހަނދާންވުމުން އަހާލީމެވެ. އަހަރެން ސާދިންގެ ވާހަކަ އެހުމާއިއެކު އެންމެންގެ މޫނު މަތިން ހިތާމައިގެ ކުލަވަރު ފެނުނެވެ. މަލަކާ އިސްޖަހާލި ގޮތުން […]
ރިމީޝާ އަށް ކުޑަ ހައިރާންކަމެއް ލިބުނީ މިހާ ހެނދުނު އެގެއަށް އައީ ކާކުކަން ނޭނގޭތީއެވެ. އެމީހަކު ކިތަންމެ ވަރަކަށް ބެލް އެޅިޔަސް ލައިގެން ހުރި ހެދުމުގެ ގޮތުން ހުޅުވޭކަށް ނެތެވެ. ތަކުރާރުކޮށް އެމީހަކު ބެލް އަޅަން ފެށުމުން ރިމީޝާ ވަނީ ކޮޓަރިއަށެވެ. ލައިގެން ހުރި އަތްކުރު ޓީޝާޓްކޮޅު މަތިން ކަޅުހެދުން ލުމަށްފަހު ބުރުގާ އަޅައިގެން ގޮސް ދޮރު ހުޅުވާލިއެވެ. އެވަގުތު ބެނިއަންއަކާއި އެކު ހަމަ އެކުލައިގެ ސޯޓްބުރިއެއްގައި ފުރަގަހަށް ހުރި އިސްކޮޅުންދިގު ޒުވާނެއް ރިމީޝާ އަށް […]
“އަހަރެންގެ އާއިލާ އާ ބެހޭ އެއްވެސް އެއްޗެއް ދާން އަކަށް ނޭނގެއެއްނު…” އިޒިކް ބުނެލިއެވެ. “ވަޓް ހެޕެންޑް އިޒިކް؟” ދާނިޝް އަހާލިއެވެ. އިޒިކް ދުވަހަކުވެސް ނުދައްކާ ވައްތަރަކަށް ވާހަކަ ދައްކާތީ ދާނިޝް އަށް ވެސް ވަނީ ހައިރާންކަމެއް ވެރިވެފައެވެ. އެއާއެކު އިޒިކް ފުންނޭވާއެއް ލަމުން ދާނިޝް އަށް ބަލާލިއެވެ. “އަހަރެން ދުވަހަކުވެސް ދެކެން ބޭނުންނުވާ މީހެއް ފެނުނީ… އަހަރެން ދުވަހަކުވެސް އެމީހެއްގެ ކުރިމަށްޗަށް އަރަން ބޭނުންނުވާ މީހެއްގެ ކުރިމަށްޗަށް އެރުނީ… ހެހެ. އަހަރެމެން ކޮށްދިން ކަންތަކުގެ އަގު […]
“ޒާއްތާ އަހަރެން ދެން ކިހިނެއް ހަދާނީ…. ހާދަ ލޯތްބެއްވެޔޭ ރިމީ ދެކެ. މީހުން ބުނޭއެއްނު އެއްޗެއްގެ މުހިއްމުކަން އެނގޭނީ އަތުން އެއެއްޗެއް ބީވެގެން ދިޔައިމައޭ… އެއީ ތެދެއްކަން މިހާރު އިހުސާސްވޭ އެބަ” އައްޔަދު ބުނެލިއެވެ. އަޑުގައި ވަނީ ހިތާމައެވެ. “ޒާއްތަ ވަރަށް ދެރަވޭ އަޔާ ތިކަހަލަ ވާހަކަ ދައްކާތީ…މާތްﷲ ގެ މިންވަރުފުޅަށް ރުހެންވާނެ. ކޮންމެކަމެއްވެސް ވާނީ ރަނގަޅަކަށް. އެކަމެއްގެ ފަހަތުގައި ރަނގަޅު ސަބަބެއް އޮވެގެން. އަހަރެމެންނަށް އެސަބަބެއް ނޭނގުނަސް އެކަލާނގެ ދެނެވޮޑިގެންވާނެ. އެކަމުގައި ވެސް […]
އަހަންނަކީ ޤުރުއާން ކިޔެވުމަށް ލޯބިކުރާ ކުއްޖަކީމެވެ. އެގޮތުން އަހަރެންގެ ބުރަ މަސައްކަތުން އެއްފަހަރެއްގައި ޤުރުއާން މުބާރާތުގަ ބައިވެރިވާން އަހަންނަށް ފުރުސަތު ލިބުނެވެ. އެއަށްފަހު މުބާރާތުން ރަންވަނައެއް ހޯދަން ގަދައަޅާ މަސައްކަތް ކުރީމެވެ. އަދި އެކަން ޙާސިލްވެސް ވި މެއެވެ. އަހަންނަށް މުބާރާތުން އެއްވަނަ ލިބުނެވެ. އަހަރެން ހީކުރީ އަހަރެންގެ މި ކާމިޔާބީއާއިމެދު އަހަރެންގެ އެކުވެރިން އަހަރެންގެ އުފަލުގައި ބައިވެރިވާނެކަމަށެވެ. އަހަންނަށްޓަކައި އެމީހުން އުފާކުރާނެ ކަމަށެވެ. ނަމަވެސް ކަންވީ ދިމާ އިދިކޮޅަށެވެ. ކަންތަށް ވީ އަހަރެން ދުވަހަކުވެސް އުންމީދު ނުކުރާ […]
އުޑު މަތި ސާފު ރީތި ދުވަހެކެވެ. ޖެހިލާ މަޑު ވައި ރޯޅިން ހިތްތަކަށް ހަމަޖެހުން ގެނުވައެވެ. ހަވީރުގެ ހިތްގައިމު ވަގުތު ކަމުން އަތިރިމަތީގައި ފުދޭވަރަކަށް މީހުން ހަރަކާތްތެރިވަމުން ދެއެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނެވެ. ޒުވާން އުމުރު ފުރައިގެ ކުދިންވެސް ވަކި މަދެއް ނޫނެވެ. ކަނޑުގެ ލޮނުގަނޑު ކަފަމުން އައިސް ފާލާމާ ކައިރި ކުރި ލާންޗަށް ގިނަ ބައެއްގެ […]
“ތެންކް ޔޫ” ތުއިވެލާފައި ނިއަލް އަށް ހިނިތުންވުމެއް ރައްދުކުރަމުން ތޭރިޔާ ބުންޏެވެ. ނިއަލް ގެ ނަޒަރު އޭރުވެސް ހުރީ ހަޔާ އަށެވެ. ހަޔާ ލަދުން ގޮސް މަރުނުވީ ކިރިޔާއެވެ. “އޭއް ހިނގާބަލަ ދެން ކާ އެއްޗެއް ކެވޭތޯ. މަވަރަށް ބަނޑުހައި” ނިއަލް ގެ ކޮނޑުގައި އަތް އަޅުވާލަމުން ހިސާން ބުންޏެވެ. ހިސާން އަކީ ނިއަލްގެ ބެސްޓްފުރެންޑެވެ. ނިއަލް ބޯޖަހާލީ އާންއެކޭ ބުނުމުގެ ގޮތުންނެވެ. ” މީ ތޭރިޔާ މުސްކުޅިވީމަ ބާއްވާ ޕާޓީ އެކޭ . ދޯ ތޭރިޔާ؟ […]
“ބޭބެކަން ހަނދާންވޭތަ؟” އެ ޒުވާނާގެ އަޑުގައިވަނީ ނުރުހުމެވެ. ނަފްރަތެވެ. އޭނާ އެ ކުއްޖާ ނަގާ ރީއްޗަށް ބެހެއްޓިއެވެ. އަދި ފަހަތަށް އެނބުރުނެވެ. އެ އަންހެން ކުއްޖާ އަށް ނަޒަރު ހުއްޓައިލައިގެން ހުރި އިޒިކް ގެ ހިޔާލްތަކަށް މީގެ އެތަށް އަހަރެއް ކުރީގެ ހަނދާނެއް އައެވެ. ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން އޭނާ އެ ހިޔާލް ތަކުން ނުކުތެވެ. އަދި ވާހަކަ ދެއްކިއެވެ. “އަހަރެންނަށް ބޭބެ އޭ ކިޔަން ލަދެއް ނުގަނޭތަ؟” އިޒިކް އިއްވާލިއެވެ. އެއާއެކު އެ އަންހެން […]
މަންމަ ވާހަކަ ދައްކަމުން ދިޔައިރު އަހަންނަށް އިނދެވުނީ ހިނިތުން ވެލައިގެންނެވެ. މައިންނަކީ ޙަޤީގަތުގައިވެސް ހާދަ މަތިވެރި ބައެކެވެ. ދަރިން ކުރާ ކޮންމެ ކަމަކަށް އެއްޗެހި ކިޔުމުގެ ބަދަލުގައި ރަނގަޅު ކުރަންވީ ކަންކަން ބުނެދީ އެ ވަނީ ކެތްތެރިއެވެ. އަހަރެން ބޯ ޖަހާލަމުން އަނެއްކާވެސް ކޮޓަރިން ނިކުންނަން ދިޔައީމެވެ. މިވަގުތު އަހަންނަށް އެރުނީ ސީދާ ބައްޕަގެ ކުރިމައްޗަށެވެ. އަހަރެންގެ ހިނިތުންވުން ވަގުތުން ފިލާ ދިޔައެވެ. އަހަރެން ފެނުނު ވަގުތު ބައްޕައަށްވެސް ވީ އެވަރެވެ. އެއަށްފަހު ދުރުބަލަން ފެއްޓިގޮތުން އަނެއްކާވެސް […]