ސޫރަ 7
ބަދިގެ ތެރޭގައި ފިޔާ ކޮށަން ހުރި ރާނިޔާ ދިޔައީ އޭނާގެ ލޮލުން އަންނަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެމުންނެވެ. ފިޔާ ކޮށައި ނިންމާފައި ތަށްޓަކަށް އެ ފިޔާ ކޮޅުތައް އޭނާ އަޅާލިއެެވެ. އެވަގުތު އޭނާގެ ފަހަތުން މީހެއްގެ ހިލަން ވީހެން ހީވިއެވެ. އާމިރާ ފަހަތް ބަލާލިއެވެ. އެއާއެކު އޭނާގެ ހިތް ނުހުއްޓުނީ ކިރިއާއެވެ.
އާނއެކެވެ. ގަބޫލު ކުރަން ދަތި ނަމަވެސް ރާނިޔާ ކުރިމަތީގައި އެހެރީ މީގެ ފަސް އަހަރު ކުރިން މަރުވެފައިވާ އޭނާގެ ހަމައެކަނި ފިރިހެން ދަރިފުޅު އީތަންއެވެ. ގަބުވެފައި ހުރި ރާނިޔާ ، ތުރުތުރު އަޅާ ހާލު އީތަންގެ ބޮލުުން ފެށިގެން ފަޔާ ހަމައަށް ރާނިޔާ ނަޒަރު ހިނގާލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އީތަންގެ އަތުގަ އޮތް ތޫނު ވަޅިއެވެ. ރާނިޔާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. އެހެންނަމަވެސް އީތަންގެ ކަރުގައި އަޅާފައި އޮތް ފަށުގައި އިނީ އިނގެރޭސި ބޮޑު އަކުރުން ޔާއިން ޖަހާލެވިފައެވެ. އީތަން ނުލަފާ ނަޒަރަކުން ރާނިޔާއަށް ބަލާލިއެވެ. އަތުގައި އޮތް ތޫނު ވަޅި ރާނިޔާގެ ހިތާ ދިމާލަށް އަމާޒު ކޮށްލަމުން ރާނިޔާ ކައިރިއަށް އީތަންގެ ފިޔަވަޅުތައްދިޔައެވެ. ރާނިޔާ ފަހަތަށް ފިޔަވަޅު އަޅަމުން ދިޔަ ވަރަކަށް އީތަންގެ ފިޔަވަޅުތަށް ދިޔައީ ކުރިއަށެވެ.
ފަހަތަށް ޖެހެމުން ގޮސް ރާނިޔާގެ ފިޔަވަޅުތައް މަޑު ޖެހުނީ ކާ މޭޒުގައި އޭނާގެ ބުރަކަށި ޖެހުމާއެކުގައެވެ. ރާނިޔާގެ އަތުން ޖެހި އޭނާ ކޮށާފައި ހުރި ފިޔާ ތަށިވެސް މޭޒު މައްޗައް ވެރުނެވެ. ރާނިޔާ އޭނާގެ ދެލޯ މަރައި ތަގުޅި ކޮށްލަމުން ޝަހާދަތް ކިޔާލިއެވެ. އޭރު އީތަން ހުރީ ރާނިޔާގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ.
************************************
ފޯނާ ކުޅެމުން ބަދިގެތެރެއަށް ވަދެގެން އައި އަޔާނީ އަކަށް ބިންމަތީގައި ދެމެމުން ދިޔަ ލޭގެ ކޯރެއް ނުފެނުނެވެ. އޭނާގެ ނަޒަރު ވަނީ ފޯނަށް ގޮސް ހުސްވެފައެވެ. ލޭތަށް މައްޗައް އެރި ކައްސާލަން ދިޔަ ވަގުތު ނުފެންނަން ބާރަކުން އޭނާ ހިފާއްޓާ ކޮޅަށް ބެހެއްޓިއެވެ. ހިނގައިދިޔަ ރޫޙާނީ ކަންތަކަށް އަޔާނީގެ ސަމާލުކަން ނުދެވުނީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުގެ ސަބަބުންނެވެ. ބަދިގޭ މޭޒު ދަށުގައި ލެއިން ތަތްތެޅިފައި އޮތް މީހާ ފެނި އަޑުގެ ނެތްތަނަށް އޭނާ ހަޅޭއްލަވައިގަތެވެ. ހަޅޭތް ލަވައިގަތުމަށްފަހު ގަބު އަރާފައި އަޔާނީއަށް ހުރެވުނީއެވެ. އޭނާގެ ފަހަތުގައި އީތަން ހުއްޓެވެ. އީތަންވެސް ހުރީ ލެއިން ތަތްތެޅިފައި އޮތް އޭނާގެ މަންމަ ރާނިޔާއަށް ބަލަހައްޓައިގެންނެވެ.
އީތަންގެ ނަޒަރު ގޮސް ހުއްޓުނީ ބަދީގޭ ސިންކު ކައިރީ ހުއްޓިލައިގެން އީތަންގެ ސިފައިގައި ހުރި ޔާއިންއެވެ. އީތަން ހައިރާންވިއެވެ. އޭނާގެ މަންމައަށް ޔާއިން މިހެންހެދި ސަބަބާ މެދު އެ ހިތުގައި ސުވާލު އުފެދުނެވެ. އީތަންގެ ސޫރައިގައި ޔާއިން ހުރި ކަމުގައިވިއަސް އޭނާގެ ކަރުގައިވާ ފަށުގައި ޔާއިން ޖަހާފައި އިނުމުގެ ސަަބަބުން އެއީ ޔާއިން ކަމާމެދު އީތަން އަށް އިތުރު ސުވާލެއް ނުއުފެއްދުނެވެ. ޔާއިން ގެ އަތުގައި ލޭ އުނގުޅިފައި އޮތް ތޫނު ވަޅީގެ ސަބަބުން ރާނިޔާ މަރާލީ ޔާއިންކަން އީތަންއަށް ޔަގީންވިއެވެ. ބަދިގެ ތެރޭގައި ތިބި އީތަންއާއި ޔާއިން ތިބީ ހުރިހާ އިންސާނުންގެ ލޮލަށް ވަންހަނާވެގެންވާ ހާލުއެވެ. އެހެންނަމަވެސް އެ ދެ މީހުންނަށް އެކަކު އަނެކަކު ކަޝްފު ވެގެނެއް ނުވެއެވެ.
އީތަން ޔާއިން ބަލާލި ޝަކުވާގެ ނަޒަރަކުންނެވެ. ޖަވާބެއް ބޭނުންވާފަދަ ގޮތަކަށެވެ. ޔާއިން ދުވަހަކުވެސް މިކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް އޭނާ ދުވަހަކުވެސް ހިއެއް ނުކުރެއެވެ. ޔާއިން މޫނުމަތީން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ. ބޮޑާކަމާއި ކިބުރުވެރިކަމެވެ. އަމިއްލަ އެދުމުން އޭނާގެ ހިތްވަނީ ފުރިފައެވެ.
އީތަންއަކީ އިންސާނުން ސަލާމަތް ކުރާ ޖިންނީންގެ އެޖެންސީގެ މެންބަރެއް ކަމުގައި ވިއަސް އޭނާގެ އަމިއްލަ މަންމަ ސަލާމަތް ނުކުރެވުމުން އީތަންއަށް އޭނާގެ އަމިއްލަ ނަފްސު އެތަށް ފަހަރެއްގެ މަތިން ކުއްވެރި ކުރެވުނެވެ. އޭނާއަށް ލިބިފައިވާ ބާރު ތަކުގެ އެހީގައި މަންމަ ސަލާމަތްކުރަން އުޅުނު ނަމަވެސް އޭނާއަށް އެކަމެއް ނުވީހެވެ. އެއީ ޔާއިންއަކީ އީތަންއަށް ވުރެ ބާރުގެ ގޮތުން ވަރުގަދަ ޖިންނިއަކަށްވީތީއެވެ.
ފުރަންދާން ތައްޔާރުވެގެން ފޮށިތަންމައްޗާއެކު އާޔާނީގެ އެޕާރޓްމެންޓު ދޮރުމަތީގައި މަޑުކޮށްލައިގެން ކާރެއް ލިބޭތޯ މަސަތްކަތް ކުަރަމުން ދިޔަ އީނަލް މެންނަށް އަޔާނީގެ ހަޅޭކުގެ އަޑު އިވުނެވެ. އީނާލްއާއި އޭނާގެ ފިރިމީހާ އާރިފް ދުންޖަހާފައި އެޕާރޓްމެންޓް ތެރެއަށް ވަދެގެން ދިޔައީ ކަމެއް ގޯސްވީކަމުގެ ސިގްނަލްއެއް ގޮތުގައި އެ ހަޅޭކުގެ އަޑު ނަގައިގަތްނަމުންނެވެ. ކައިލްއާ ކައިނާ ތިބީ ވީނުވީއެއް ނޭނގުމުން ސިކުނޑީގައި ސުވާލުމާކު ޖަހާލައިގެންނެވެ.
އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫ ކައިރީގައި ފުލުހުންގެ ޓީމަކާއި ގިނަ އަދަދެއްގެ އާންމުން ހަރަކާތްތެރި ވަމުންދިޔައެވެ. ހުކުރު ވިލޭރޭގަނޑު އަށެއް ޖެހިއިރު އަނިޔާވެރި ގޮތަކަށް އެޕާރޓްމެންޓެއް ތެރޭގައި މަރާލައިފައި އޮއްވާ ފެނުނު އަންހެން މީހާގެ ހަށިގަނޑު ފުލުހުން ދިޔައީ ތަހުގީގު ކުރަމުންނެވެ. ރާނިޔާގެ ހަށިގަނޑުގެ ފަންސަވީސް ތަނަކަށްވަނީ ވަޅި ހަރާލެވިފައެވެ. އޭނާގެ ގައިގައި އަޅާފައިވާ އަނިޔާވެރި ވަކި ތަކަކީ އިންސާނުންގެ އަތުން އަޅާފައިވާ ވަކިތަކެއް ނޫންކަަމަށް ތަހުގީގު ރިޕޯޓުތަކުން ދައްކައެވެ. ރާނިޔާގެ ހަށިގަނޑުން އެއްވެސް އިންސާނެއްގެ ޑީއެންއޭއެއް ނުވަަތަ ފިންގާޕްރިންޓެއްވެސް ފެނިފައެއް ނުވެއެެވެ.
މާގިނަ ދުވަހެއް ނުވެއެވެ. ޙަބަރު ތަކުގައްޔާ ނޫސް ތަކުގެ ފަލަ ސުރުހީގައި ރާނިޔާގެ އަނިޔާވެރި ގަތުލުގެ ޙަބަރު ރަސްކަން ކުރަން ފަށައިފިއެވެ. ތިން ހަފްތާ ވީއިރު މި އަނިޔާވެރި އަމަލުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ މީހަކަުވެސް ހައްޔަރު ކޮށްފައި ނުވާތީ އެތަށް ބަޔެއްގެ ފާޑު ކިޔުންތައް އަމާޒު ވަމުން ދިޔައެވެ. ގިނަ ބަޔަކު ގަބޫލު ކުރަނީ އެއީ ރޫޙާނީ ކަމެއް ކަމުގައެވެ.
މަންމަގެ މަރަށްފަހު އީތަންއަކަށް ޔާއިންގެ ހިލަމެއްވެސް ނުވެއެވެ. ތިންް ހަފްތަ ތެރޭގައި ރެއާ ދުވާލު ޔާއިން ހޯދުމުގެ މަސަތްކަތް ކެނޑިނޭޅި އޭނާ ދިޔައީ ކުރަމުންނެވެ. ވަރުބަލި ކަމެއް ނެތިއެވެ. އީތަންގެ ހިތްތިރި އޯގާތެރި ހިތުގައި ޔާޢިންއަށް ބަދަލު ހިފުމުގެ ރޫޙެއް ނެތެވެ. އެހެންނަމަވެސް އޭނާ ބޭނުންވަނީ ޔާއިން އެ ގޮތަށް ކަންތައް ކުރި ސަބަބު އޮޅުންފިލުވާށެވެ.
ކިޔެވުން ހުއްޓާލައިފައި ރަށު ސުކޫލުން ވަޒީފައެއް ލިބުމުން އަޔާނީވެސް އީނަލް މެން ކައިރިއަށް ރަށަށް ބަދަލުވީ ރާނިޔާގެ މަރުގެ ސަބަބުން އެއާއިލާއަށް ލިބުނު ހިތާމަ ފޫބައްދައިދޭންށެވެ. ރާނިޔާ މަރުވީ ރޫޙާނީ ކަމެއްގެ ސަބަބުން ކަމަށް އީނާލް މެން އެންމެންވެސް ގަބޫލުކުރަންފެށީ ރާނިޔާ ނިޔާވިތާ މިވީ ހަފްތާއެއްގެ ތެރޭގައި އެއާއިލާއަށާ ގެއަށް ދިމާވަމުން ދިޔަ އާދަޔާޙިލާފު ރޫހާނީ ކަންތަކުގެ ސަބަބުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.

me first yaaayyyyyyy
Congratulations haneen ❤
Hope you’ll try to get first in the next part too ?☺
Hello friends! !
Here is the 7th part of the story SOORA. Hope you Enjoy this part like the other parts ☺
Next part insha allah tommorow . I guess some of you are already sleeping ?. But you are going to be lucky to start your day by reading this part of the story tommorow. ?
Good luck to you all starting a new week of busy schedules after the weekend. ⏳May allah bless you all friends to start your day tommorow with a bright? shinny ?hopeful ?and blessing sunrise???.
And a blessed sunset??? with no regrets from the day but learning some lessons.
???
Good night???
Sleep tight? .Sweet dreams ?
Salaam to every brother and sister of mine ?out there ?
Thank you
Ninninaal-?
(I think I talked too much in this comment. It was just because I was board and had nothing to do. So don’t mind me that much) ?
God this is amazing keep it up
Thank you for your help sis❤
Proud to be your little sis
vvv reethi keep the good work going on
Yes insha allah will keep going with you all friends lovely support ☺❤
Jinnin meehun maraairu angi lavaatha, lol… Ma gaathah annany hama hini ?
Dhen hiniaissa hurebala .
Angi nullavva meehun maraa jinni eh feneytho ulhenveenu
dhen heyn hurebala some1….angi nulavvaa meehun maraa jinni hoadhan dheybala galhi yaa….this is ninni’s imaginary story..not your’s…this is an IMAGINARY STORY…get it u galhi person
Lol anonymous
galhin thakeh dhw miulheny
moyayaa angi nulahvanyaa finger print araaney valhi yah
galhi boa
liumuge kusheh (fiyaathashi verunee )ragalhu gothakee fiyaathashi bandunvee
Thank you for correcting me
❤ i will improve? that mistake in the upcoming parts
u are good to notice mistakes and tell ninni
Wow..varah varah varah rythi.❤❤masha Allah.
Alheyy kokkii vrh reethi mi prt s… fiyrthashi verunii eh nun ngh kokkii… fiyrthashi bandun v kiyrnii…. vrh reethi… obiness to the maxx….
wow unique story….your imaginary is amazing ninni
masha allah ??love this kokki
kuruveema dhw problem akeebut love this soo much❤❤❤❤❤❤❤❤❤❤❤
love this but some mistakes here and there…but masha allah i still this???
Little sis nxt prt kon irakun? Assu ninni vx hadi eh noon stry liyaaleh. Furathama ainee raaniya ekm fahun ainee amira. Plxx tell me wat is the crrct nme 4 her. (Don’t mind dear)just tellin the mistake.mihaa thanah Jazlee ah kudakudhinge there in vaahaka liyun emme best writer u r.
***********************
Some 1 , komme meehaku vaahaka nuvatha enoon ehchi liyaa iru mistakes hurun ekasheegen vey. Ehn v ma hithu hurihaa ehcheh ehvx meehaka dhimaalah nubuneveytha. ?
Hini anna ny kotareega thibegen kaathynu.lol???
V salhi story… Waiting 4 next