ދުވަހަކީ ބަންދު ދުވަހެއް ކަމުން އަހަރެން އުޅުނީ ތަންތަން ފޮޅާ ސާފުކުރުމުގައެވެ. ގޭގައި ހުންނަން ލިބޭނެ މިއީ ހަމައެކަނި ދެދުވަސް ކަމާއިއެކު އަހަރެން ގެންގުޅޭ އެއްޗިއްސާއި ތަންތަން ސާފުކުރަންވެސް މިއީ ލިބޭ ރަނުގެ ފުރުސަތެކެވެ. ތަންތަން ފޮޅަމުން ގޮސް ފޮތް ހަރުގަނޑާއި ހަމައަށް އާދެވިއްޖެއެވެ. އަބަދުވެސް ފޮތް ހަރުގަނޑު ކައިރިއަށް އާދެވިއްޖެއްޔާއި އޭގައި ބަހައްޓާފައި ހުންނަ ފޮތްތައް ނަގާ އަހަންނަށް އެ އެއްޗެހި ބެލޭނެއެވެ. އެގޮތުން މިއަދުވެސް ކުރަން ހުރި މަސައްކަތް ބެހެއްޓުމަށްފަހު އެތަނުން ފޮތްތަކާއި ދިމާލަށް […]
ލިފްޓް ހަލާކުވެފައި ހުރުމުގެ ސަބަބުން ހަތަރު ވަނަ ބުރިއަށް އެމީހުން އަރަން ޖެހުނީ ސިޑިންނެވެ. މިޝްކު މާބޮޑަށް ވަރުބަލިވުމުން ޝިނާން މިޝްކު ނަގާ އަތްމައްޗަށް ލިއެވެ. ބްރީފްކޭސް އާއި އިތުރު ދަބަހެއް ދަމަމުން ރިމީޝާ ޝިނާން ފަހަތުން އެރިއިރު ދޭތެރެއަކުން އައްޔަދުގެ ބަޔަށް ބަލާލެވެއެވެ. ހަނދާންކުރަން ބޭނުންނުވާ ހަނދާންތަކެއް އޭނާގެ ސިކުނޑިއަށް އުނދަގުކުރަން ފެށުމުން ދެފަރާތަށް ބޯ ހޫރާލައެވެ. އެއަށްފަހު އޭނާގެ ކުރީގައި ހުރެގެން ސިޑިން އަރަމުން ދިޔަ ޝިނާނަށް ބަލާލަނީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. […]
“ޖައި ހިނގާބަލަ އެތެރެއަށް .. ” ޒޯހާ ޖައިލަމްއަށް ބަލަންއިންގޮތުން ގާސިމްގެ ވާހަކަ ބުނެފާނެތީ ލަޔަކް އަވަހަަށް ޖައިލަމްގޮވައިގެން ޒޯހާބަހައްޓަން ވިސްނި ކޮޓަރިއަށް ވަނެވެ. ލަޔަކް އިތުރު ވާހަކައެއް ދެއްކުމެއްނެތި އަވަހަށް އެތާންގެ އެތެރެސާފުކުރަން ފެށުމުން ޖައިލަމްވެސް އެއީ ކޮންކުއްޖެއްތޯ އަހަން ހިތަށްއަރާފައިވެސް ލަޔަކްއަށް އެހީވެދިނުމަށް އެނބުރިލިއެވެ. “ތިޔައީ ކޮންކުއްޖެއްތަ..” ރަޝްފާ އޯގާތެރިކަމާއެކުގައި އަހާލިއެވެ. ” އަޅުގަނޑަށް ކިޔަނީ ޒޯހާ… އަޅުގަނޑަކީ ފުއައްމުލަކް ކުއްޖެ.. ހާލުގައިޖެހުނުދުވަހު އެހީތެރިކަމާއި ރައްކާތެރިކަމުގެ އަތެއް ފޯރުކޮށްދެއްވީ ތިޔަފަރާތުހެޔޮލަފާ ދަރިފުޅާއި އޭނާގެ ރަހުމަތްތެރިއެއް.. […]
“ހަނދާން ކުރައްޗޭ… ކަލޭ އަށް ވުރެ ނިކަމެތި ކުދިންނަށް އަނިޔާ ކުރުމަކީ މޮޅުކަމެއް ނޫން. އޭން އެ ދައްކާ ދެނީ ކަލޭގެ ފިނޑިކަން…” ދާނިޝް ވާހަކަ ދެއްކިއެވެ. އަދި ޒީޝާގެ ގާތު ތި ދާ ތާކަށް ދިއުމަށް ބުނެލިއެވެ. ނޫނީ އޭނާ ގެންގޮސް ދޭނޭ ކަމަށް ބުނެލިއެވެ. ޒީޝާ މާނިއު އަށް ބަލާލަމުން ގޮސް ދާނިޝް ގެ ކާރުގެ ދޮރުފަތް ހުޅުވާލާފައި ވަނެވެ. އެތަން ބަލަން ހުރި މާނިއު ހުރީ ރުޅިއައިސް ރަތްވެފައެވެ. އޭނާގެ ދެއަތް މުށްކެވިގެން […]
ދުވަހަކީ އަވިިދޭ ވަރަށް ސާދާ ދުވަހެކެވެ. ކަނޑުން ނަގައިގެން އަންނަ ފިނިފިނި ވައިރޯޅިން އެވަގުތު ދޯނީގައި ތިބި ކޮންމެ މީހަކު އުފާ ހާސިލްކުރަމުން ދިޔައެވެ. އެންމެ ރުލެއްވެސް ނުވާ ކަނޑުގެ ލޮނުގަނޑު ވެސް ވަރަށް މަޑުމައިތިރިއެވެ. ދުރުން ދުރުން އުދުހިފައިދާ އެކި ވައްތަރުގެ ދޫނިސޫފާސޫފީގެ ނަލަ އަޑުތަކުން މާހައުލު އިތުރަށް ހިތްގައިމު ކުރުވަމުން ދިޔައެވެ. ރަށާއި ދުރަށް ދޯނި ދުއްވާ ވަރަކަށް ކަނޑުގެ ލޮނުގަނޑުން ހިކިގެން އުފެދިފައިވާ އެހެނިހެން ރަށްތައް ފެންނަމުން ދިޔައެވެ. ސާފު […]
6އަހަރު ފަސް ޔާއިން ގެ ނަޒަރުން މިއަދަކީ 6އަހަރަށް ފަހު އަހަރެންގެ އާއިލާ ގާތަށް ދެވޭދުވަހެވެ. ވޭތުވެ ދިޔަ ފަސްއަހަރު އާއިލާމީހުން ލޮލަށް ފެނުނީ އަހަންނަށް ހުކުމް އިއްވިދުވަހުގައެވެ. އަމިއްލައަށް ކުށަށް އިއުތިރާފް ވުމުން ޝަރީއަތް ދިގު ދެމިގެންނެއް ނުދެއެވެ. ގަސްދުގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ކުށް ސާބިތުވެ 5އަހަރުގެ ޖަލުހުކުމެއް އިއްވިއެވެ. ނަމަވެސް އަހަރެން ޖަލުގައި ހުންނަށް ޖެހުނީ އެންމެ މަސްދުވަހުއެވެ. ޖިޔާންގެ އެދުމުގެ މަތިން އަހަރެން ދޫކޮށްލެވުނެވެ. ޖަލުން ދޫކޮށްލުމާއި އެކު ޖިޔާންގެ ޚަރަދުގައި […]
އަހަރެންވެސް އަހަރެންގެ ގޮތުގައި ހިފަހައްޓާލީމެވެ. ނަމަވެސް އަހަރެންގެ ސިކުނޑި ވަނީ އެހެން ކަމަކަށް ގޮސް ހުސްވެފައެވެ. މިހެން ދަނިކޮށް އަހަންނާއި އާހިލް އާއި ދެމެދު އޮތް މަރުފަދަ ހިމޭންކަން ފޫއަޅުވާލީ އޭނާ އަހަންނާއި ކޮށްލި ސުވާލަކުންނެވެ. އަހަންނަށްވެސް ހުރި ފިޔަވަޅުމަތީ މަޑުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާ އެކޮށްލީ ހަމަ އަހަރެންގެ ހިތަށްވެސް ދެންމެޔަކު އެރި ސުވާލެވެ. މަންމަ ކޮބައިބާވައެވެ؟ އާހިލްވެސް އަހަރެން ގާތު އެހީ މަންމަގެ ޙާލު ކިހިނެއް ހެއްޔެވެ؟ އަހަރެން އަދި ރޭގަ އައި ގޮތަށް މިއުޅެނީ […]
“ކިހިނެއްވީ؟” ހައިރާންވެ ހުރެ ވިޝާލް ބުންޏެވެ. “ފައިދިގުމަކުނެއް” ދެލޯ ބޮޑުކޮއްލައިގެން ވިޝާލް ގެ ބޮލަށް ބަލަހައްޓައިގެން ހުރެ ޒަކްވާން ބުނެލިއެވެ. ބަލާކަށް ނުހުރެ ޖޯލިންތެދުވެ އަވަސް ހަރަކާތަކާއި އެކު ވިޝާލް ދެއަތުން ބޯފޮޅާލިއެވެ. އެހިންދު އެ ފައިދިގު މަކުނު ބިންމައްޗަށް ވެއްޓިއްޖެއެވެ. “ހޫން، މަ ހީކުރީ ވަރަށް ބޮޑު އެއްޗެއްކަމަށް” މަޖާވެލާފައި ހުރެ ވިޝާލް ބުންނެވެ. ޒަކްވާން ހުރީ މަޖާވެފައެވެ. ވިޝާލް އަކީ ކުޑައިރުވެސް ފައިދިގު މަކުނު ދެކެ ވަރަށް ބިރުގަންނަ މީހެކެވެ. ދެމީހުން އެކުގައި ކަހަލަ […]
“ދޮންބޭ!!! ދެން ތިހެން ނޫޅެބަލަ. ތިގޮތަށް އުޅުމުން ދޮންބެއަކާއި ނުވެސް ގުޅޭ…. ދޮންބެ ތިހާ ދެރަވެގެން ރޯ މަންޒަރު ފެނުމުން ޝައްނުގެ ހިތަށް ވަރަށް ތަދުވޭ. ޝައްނުއަށްޓަކައި ، އައިކުއަށްޓަކައި ދެން ހިތާމަނުކުރޭ” ޝަނުމް ރޮވިފައި އިނދެ އައްޔަދަށް ވިސްނާދެމުން ދިޔައެވެ. “ތެދެއް! އެއް ދަރި މިދުނިޔެއިން ވަކިވެގެން އެދިޔައީ. މިހާރު ކައިރީގައި ތިހުރި ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ދީގެން ލޯތްބާއެކު ބޮޑުކުރެވޭތޯ ބަލާ. ވީކަމެއް ވީ. އެއީ ޒާއްތަގެ ނަޞޭޙަތަކީ” ޒާއިރާ ދެއްކި ވާހަކަތައް އަޑުއަހަން […]