Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އަނދިރިފަރާތް 36

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
April 21, 2018 7 Mins Read
49 Comments

އަހަރެން އެ މޭގެ ތެރޭގައި އިތުރަށް ބޮނޑިވެލީމެވެ. އެ ދެއަތުގެ ހިމާޔަތުގައި މިގޮތަށް މުޅި އުމުރު ދުވަހު ހުރެވޭނެނަމަ ކިހާ ރަނގަޅު ހެއްޔެވެ؟

** **

ކާމޭޒު ކައިރީގައި ބަހައްޓާފައިވާ ގޮނޑީގައި އިސްޖަހާލައިގެން އިންއިރު އިރުއިރުކޮޅާ އަހަންނަށް އެ މޭޒުގެ އަނެއް ފަރާތުގައި ކޮޅަށް ހުރި އަރޫންއާ ދިމާއަށް ވަށްކަޅިން ބަލާލެވެއެވެ. މުޅި އެ މާހައުލުން ވެސް އިވެމުން ދިޔައީ އޭނާ ގިރަމުން ދިޔަ ކޮފީތަށީގެ އެތެރޭގައި ސަމުސާ ޖެހިލާއިރު ކިޔައިގެން އެދާ އަޑު އެކަންޏެވެ.

އަރޫން އަހަރެންނާ ދިމާ ކުރިމަތީގައި އާވި އަރައަރާ ހުރި ހޫނު ކޮފީ މަގު ބަހައްޓާލުމަށްފަހު ލުއި ހިނިތުންވުމެއް ރައްދުކޮށްލިއެވެ.

“ތީގެއިން އެތިފޮދެއް ބޯލީމަ ހަމަޖެހިދާނެ.”

އޭނާ އެހެން ބުނެ ގޮނޑިއެއް ކައިރިކޮށްލުމަށްފަހު އަހަރެންގެ ކުރިމަތީގައި އިށީންދެއްޖެއެވެ. ދަތްދޮޅީގައި ދެއަތް ވިއްދާލައިގެން، އަހަންނާ ދިމާއަށް ބަލަހައްޓައިގެން އެއިނީ އަހަރެން އިތުރަށް ލަދުގަންނަވަން ތޯއްޗެވެ. އަހަރެން ތަށީގައި ތުންޖަހައި އެއިން އެތިފޮދެއް ބޯލަންދެން އޭނާ ހަމަ އެއިން ގޮތަށް އިނީއެވެ.

“ދެން އަހަންނަށް ކިޔާދީބަލަ ހުރިހާ އެއްޗެއް. އަދިވެސް އަހަންނަކަށް ނޭނގުނު ވީނުވީއެއް. އެކޮޅުގައި އެންމެން ހީކޮށްގެން އެ ތިބެނީ ޝުބާ މި ދުނިޔޭގައި ނެތްކަމަށް.”

ސީރިއަސްވެލާފައި އޭނާ އެ ދައްކަންފެށި ވާހަކައިގެ ސަބަބުން އަހަރެންގެ ހަރަކާތްތަކަށް ކުޑަ ހުއްޓުމެއް އައެވެ. އެވާހަކަތައް ކިޔައިދޭން ކިތަންމެ ބޭނުން ނުވިޔަސް އަހަންނަށް މިފަހަރު އޭނާގެ ކިބައިން ސަލާމަތްވެވޭކަށް ނެތެވެ. އަހަރެން ރީތިކޮށް ހުރިހާ އެއްޗެއް ނުކިޔައިދެނީސް އޭނާގެ ފަތިވަރު ހުއްޓާލަފާނެހެން ހީވޭ ހެއްޔެވެ؟

##

ދެ އަހަރުކުރި:

ދެލޯ ހުޅުވާލެވުނުއިރު އަހަރެންގެ ބޮލުގައި ކުޑަވަރެއްގެ ރިހުމެއް އުފެދިފައި ވިއެވެ. ނޫހުދު އަލި ދެލޮލަށް އެޅެން ފެށުމާއެކު އަހަންނަށް މިއޮވެވުނީ އެޖެންސީގެ އެތެރޭގެ ކޮންމެވެސް ތަނެއްގައިކަން އެނގުންވިއެވެ. އޮވެވުނު އެނދުން ތެދުވެ އަހަރެން އެކި ކޮޅުކޮޅަށް ނަޒަރު ހިންގާލީމެވެ. ހަތަރުފަރާތުގައި އެލުމިނިއަމް ޖަހާފައިވާ ކުޑަ ކޮޓަރިގަނޑެކެވެ.

ކުރިން ވެގެން ދިޔަ ކަންތައް ހަނދާން ކުރަމުން އަހަރެން އެއް އަތުން ބޮލުގައި ހިފަހައްޓާލީމެވެ. ޝާކިން؟ ޝާކިން ކޮބާ ހެއްޔެވެ؟ އޭނާއަށް އެންމެފަހުންވީ ކިހިނެއް ހެއްޔެވެ؟

އަހަރެން ތެދުވެގެން ގޮސް އެތަނުގެ ދޮރު ހުޅުވަން މަސައްކަތްކުރީމެވެ. ނަމަވެސް އަހަރެންގެ ފިންގާރޕްރިންޓުން އެތަން ހުޅުވޭ ގޮތެއް ހަމަހިލާ ނުވިއެވެ. އަހަރެން މިތަނަށް ލައި ބަންދުކުރީ ކާކު ހެއްޔެވެ؟ ވަޒަން އެރި ތަނާއި އަދިވެސް ޒަޚަމްވެފައިވާ އެކި ތަންތަނުގައި އަޅާފައިވާ ބޭސްގަނޑުތަކަށް ބަލާލާފައި އެއީ މިތަނުގެ މެޑިކަލް ޓީމުގެ މަސައްކަތްކަން އަހަންނަށް ރީއްޗަށްވެސް އެނގުނެވެ. ނަމަވެސް އެމީހުން އަހަންނަށް ފަރުވާކޮށް ހަދާފައި މި ކޮޓަރިގަނޑު ތެރޭގައި ބަންދުކޮށްފައި ބަހައްޓަންވީ ސަބަބެއް އަހަންނަކަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ.

ހެދޭނެ އިތުރު ގޮތެއް ނުވިސްނުމުން އަހަރެން އަނބުރާ ގޮސް އެ އެނދުގައި އިށީނީމެވެ. އެތަނުގައި ހަރުކޮށްފައިވާ ގަޑީގެ ކަށި، ސިކުންތުތައް ގުނަމުން އެނބުރޭ އަޑު ފިޔަވާ އިތުރު އަޑެއް އަތަނަކުން ނީވެއެވެ. ވެރިވެފައިވާ ހިމޭންކަމުގެ ސަބަބުން އެ އަޑުވެސް ހީވަނީ އެކޯވެގެން އަންނަހެންނެވެ.

ވަގުތު ހިނގަމުން ދިޔަ ވަރަކަށް އަހަރެންގެ ސިކުނޑީގައި ޚިޔާލުތައް ފުނިޖެހެމުން ދިޔައެވެ. އެންމެ ކަންތައްބޮޑުވަނީ ޝާކިންއަށް ވީގޮތެއް ނޭނގޭތީއެވެ. އޭނާ މި ދުނިޔެ ދޫކޮށް ހިނގައްޖެނަމަ އަހަންނަށް ވާނީ ކިހިނެއް ހެއްޔެވެ؟

ގަޑިއެއްހާއިރުގެ ބޮލުގައި ރިހުމަށްފަހު އެންމެފަހުން އެތަނުގައި ހުރި ދޮރު މައްޗަށް ކެހިގެން ހިނގައްޖެއެވެ. އާރިފް ސާރގެ ސޫރަ ފާޅުވެގެން ދިއުމާއެކު އަހަންނަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ.

“ސާރ! ކޮބާ…ޝާކިން؟”

ހާސްވެފައިހުރެ އަހަންނަށް އެންމެ ފުރަތަމަވެސް އަހާލެވުނީ އެހެންނެވެ.

އާރިފް ސާރ އޭނާގެ ވަރުގަދަ ދެބުމަ ގޮށްޖަހާލަމުން އެތަނުގެ ދޮރު ލައްޕާލިއެވެ. އެ މޫނުމަތިން ނުރުހުންވުމުގެ އަސަރުތައް ފާޅުވަމުން ދިޔަ ނަމަވެސް އަހަރެން އެކަމަށް ފަރުވާލެއް ނުބަހައްޓަމެވެ. އެވަގުތު އަހަރެން އެނގެން ބޭނުންވީ އެންމެ މީހެއްގެ ހާލަތެވެ. ދެކެން ބޭނުންވީ އެންމެ މީހެއްގެ ސޫރައެކެވެ. ޝާކިންއެވެ.

އާރިފް ސާރ އަހަރެންމީ އަމިއްލަ އެދުންބޮޑު، ޓީމުގެ އެހެން މީހުންނާ ދޭތެރޭ ނުވިސްނާ މީހެއްކަމަށް ނިންމިޔަސް އަހަރެންގެ ފަރުވާލެއް ނެތެވެ. އަހަރެންގެ ހިތުގައި ޝާކިންއަށްޓަކާ އުފެދިފައިވާ ލޯބި އެއަށްވުރެ މާ ބޮޑެވެ.

“ސާރ. ޝާކިންގެ ހާލަތު ރަނގަޅުތަ؟”

“ސާރ. ޕްލީޒް ޓެލްމީ..”

އާރިފް ސާރ އެ ހުރި ގޮތަށް ހުންނަން ފެށުމުން އަހަންނަށް އަނެއްކާވެސް އަހާލެވުނެވެ. އަހަރެން ދެތިން ފަހަރު ނާހަނީސް ސާރ އަށް ހަމަ އަހަރެން ހިތުގެ ފުންމިނުން އަހާ މި ސުވާލުތަކަށް ޖަވާބު ނުދެވެނީ ހެއްޔެވެ؟

“ހީ އިޒް ޑެޑް ޝުބާ.”

ހަރުކަށި ގޮތަކަށް އޭނާ އެހެން ބުނުމުން އަހަންނަށް މަޑުމަޑުން ދެއަތަށް ބޯ ހޫރާލެވުނީ ޤަބޫލުކުރަން ދަތިވެފައި ހުރެއެވެ. ސާރ އެބުނީ ހަމަ ތެދު ވާހަކައެއް ހެއްޔެވެ؟ އަހަރެންގެ ޝާކިން މި ދުނިޔެއާ އަލްވަދާޢު ކީ ހެއްޔެވެ؟ ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވެގެން އައީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ.

‘ހީ އިޒް ޑެޑް’ އާރިފް ސާރއަށް އެހެން ބުނެލަން ކިތަންމެ ފަސޭހަވިޔަސް ކަންފަތަށް އެބަސްތައް އިވުނުހިނދު އަހަންނަށް ވާނެގޮތް ނިކަން އިހުސާސްކޮށްލަ ބަލާށެވެ. ރޮމުން ގިސްލަމުން އަހަރެން ތަޅުންގަނޑު މައްޗަށް ތިރިވިއިރު ވެސް ސާރ ހަމަ އެހުރި ގޮތަށް، އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. ސާރ ގެ ހިތުގައި އަހަންނަށްޓަކާ ހަމަ ހަމްދަރުދީގެ ކަންފުޅެއްވެސް ނެތީ ހެއްޔެވެ؟

“ޝުބާ ސްޓޮޕް ދިސް!”

އަހަރެން ގަދައަށް ރޯން ފެށުމުން އޭނާއަށް އުނދަގޫވީ ކަންނޭނގެއެވެ. އެ ބަރު އަޑުން އަހަންނާ ދިމާއަށް ހަޅޭއްލަވައިގެންފިއެވެ.

އަހަރެން އިސްއުފުލައި ސާރގެ މޫނަށް ބަލާލީމެވެ. ހިންދިރުވާލަމުން އަހަރެން ތެދުވެ ދެލޮލުން ފޭބި ކަރުނަތައް ފުހެލީމެވެ. އަހަރެން ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ޝާކިންއާއެކީ ހޭދަކުރެވުނު ލޯބީގެ ވަގުތުތައް މި ސިކުނޑިތެރޭގައި ހުއްޓުމެއް ނެތި އެނބުރެމުން ދަނީއެވެ. ޝާކިންއާ ނުލާ އަހަންނަށް ދުނިޔޭގައި ދިރިއުޅެވިދާނެ ބާވައޭ ހިތަށް އަރަމުން ދިޔައެވެ.

“އައި ހޭވް އަ ނިއު މިޝަން ފޯ ޔޫ.”

އަހަރެން ރުއިން ހުއްޓާލުމާއެކު ސާރ އެންމެ ފުރަތަމަވެސް ބުނެލީ އެހެންނެވެ. ސާރގެ އެ ހަރުކަށިކަން ފެނި ކިތަންމެ ދެރަވިޔަސް އަހަރެން އިހުސާސްތައް އެވަގުތަށް ހިންދާލީމެވެ. ސާރ ދައްކަން އެއުޅޭ ވާހަކައެއް އަޑުއަހާކަން އެންގުމުގެ ގޮތުން އަހަރެން ބޯ ޖަހާލީމެވެ.

“ވަރަށް އިންޕޯޓެންޓް މިޝަންއެއް މީ.”

އަހަރެންގެ ކައިރިއަށް ފިޔަވަޅެއް އަޅާލަމުން ސާރ ވާހަކަދެއްކިއެވެ. އަނެއްކާ ކޮން މިޝަންއެއް ހެއްޔެވެ؟ ހިތްހަލާކުވެފައި ހުރެގެން އަހަންނަށް އެހާ މުހިންމު މިޝަންއެއްގެ މަސައްކަތްތައް ކުރެވިދާނެ ހެއްޔެވެ؟ އަހަރެން މިހުރީ މިކަހަލަ މަސައްކަތެއް ކުރެވިދާނެ ހާލަތެއްގައެއް ނޫނެވެ. އެކަން ސާރއަށް ހަމަ ނުވިސްނެނީ ހެއްޔެވެ؟

“އެކަމަކު މި މިޝަންގައި ބައިވެރިވުމަށްޓަކާ…. ޔޫ ހޭވް ޓު ޕްރެޓެންޑް ޓު ބީ ޑެޑް..”

ސާރ ނިކަން ސީރިއަސް ރާގަކަށް އެ ބުނި އެއްޗެއްގެ ސަބަބުން އަހަރެންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާ އެއުޅެނީ ހަމަ އަސްލަށްވެސް އަހަރެން މިފަދަ ބޮޑު މިޝަންއެއްގައި ބައިވެރިކުރަން ހެއްޔެވެ؟

“ވަޓް؟”

ލިބުނު ޝޮކާއެކު އަހަންނަށް އަހާލެވުނީ އެހެންނެވެ.

“ވާނެތަ މިކަން؟”

އާރިފް ސާރ ދެއަތް ފުރަގަހަށް ލަމުން އަހާލިއެވެ. އަހަރެން އަދިވެސް ހުރީ ޝޮކެއްގައެވެ. ސާރ ބުންޏަސް އެފަދަ ބޮޑު ނިންމުމެއް މިހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނިންމާނީ ކިހިނެއް ހެއްޔެވެ؟

“ވިސްނާލާފަ ދޯ އަހަންނަށް އެނގޭނީ..”

އަހަންނަށް ބުނެވުނެވެ.

“އެކަމަކު ޝުބާ. ވަގުތެއް ނެތް. ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނިންމަންޖެހޭ ބޮޑު ނިންމުމެއް މީ.”

އޭނާ ބުނެލިއެވެ.

“އެކަމަކު އަހަރެން ކިހިނެއް މަރުވިކަމަށް ހެދިގެން އުޅޭނީ.. އޭރުން ފެމެލީއޯ..”

އަހަރެން ބޮލުގައި އެއްއަތުން ހިފަހައްޓައި އެކި ކޮޅުކޮޅަށް ކަޅި ދައުރުކުރަމުން ވާހަކަދެއްކީމެވެ. ތަފާތު ޚިޔާލުތަކުން އަހަރެންގެ ސިކުނޑި ދިޔައީ ފުރެމުންނެވެ.

“ފޯސްއެއް ނުކުރާނަން އަހަންނެއް. އެކަމަކު ޝުބާ އެބަޖެހޭ ހަމަ ވަގުތުން ވަގުތަށް ނިންމުމެއް ނިންމަން..”

ދެއަތް އުރާލަމުން ސާރ ބުނެލިއެވެ.

އޭރުވެސް އަހަރެން ގެންދިޔައީ ވިސްނަމުންނެވެ. ނަމަވެސް ޝާކިން މަރުވުމާ ގުޅިގެން ލިބިފައިވާ ޝޮކު ސިކުނޑިން ނުފިލަނީސް އަހަންނަށް ރަނގަޅަށް ވިސްނިދާނެ ހެއްޔެވެ؟ އެވަގުތު އަހަންނަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކީ އެ މިޝަންގައި ބައިވެރިވުމެވެ. ޝާކިން ނެތް ތަނެއްގައި އުޅުމަކީ އަހަންނަށް ވާނެ ކަމެއް ނޫންކަމަށް އަހަރެންގެ ސިކުނޑި އެވަގުތު ދިޔައީ ކެނޑިނޭޅި އަންގަމުން ވިއްޔާއެވެ.

އެންމެފަހުން އަހަރެން އެ މިޝަންގައި ބައިވެރިވުމަށް ނިންމީއެވެ. ދެވަނަ ވިސްނުމަކަށް ނުގޮސް އާރިފް ސާރ ދެއްކި އެގްރިމެންޓްގައި ސޮއިކޮށްލީއެވެ.

##

އަހަރެންގެ ވާހަކަ ނިމުމާއެކު އަރޫން އަހަރެންގެ މޫނަށް ބަލާލީ ނިތަށް ރޫތަކެއް ޖަމާކޮށްލަމުންނެވެ. އަހަރެން ދެލޮލުން ފޭބި ދެ ކަރުނަ ރޮނގު ފުހެލުމަށްފަހު އޭނާއާ ދިމާއަށް ހިނިތުންވެލެވޭތޯ މަސައްކަތްކުރީމެވެ. އަރޫންއާ މި ވާހަކަ ހިއްސާކުރެވުމާއެކު މިހިތަށް ހާދަހާ ބޮޑު ލުއިކަމެއް އެބަ އިހުސާސްވެއެވެ.

“ދެން ކިހިނެއް ޝުބާ ޑެލްޓާއަށްވީ؟ ހައު؟”

ޝަޢުޤުވެރިކަމާއެކު އޭނާ ސުވާލުކޮށްލިއެވެ.

“ދަ ރީއަލް ޑެލްޓާ އިޒް ޑެޑް.”

އަހަރެން ހަޤީޤަތް ހާމަކޮށްލީމެވެ. އެއާއެކު އަނެއްކާވެސް އަރޫންގެ މޫނުމަތީގައި ދުވެލީ ހައިރާންކަމުގެ ކުލަވަރުތަކެވެ.

“ތި ބުނީ؟”

އޭނާ އަހާލިއެވެ.

“މީގެ ދެ އަހަރުކުރިން… ހިންގަމުން ދިޔަ މިޝަންއެއްގަ އޭނަ ނިޔާވީ… އަހަރެން އެ ޕޮޒިޝަން ރިޕްލޭސް ކުރީ އާރިފް ސާރ ގެ އެދުމުގެ މަތިން..”

އަހަރެން ކިޔައިދިނީމެވެ. އަރޫން މަޑުމަޑުން ދެއަތަށް ބޯ ހޫރާލުމަށްފަހު ބޮޑު ނޭވައެއް ބޭރުކޮށްލިއެވެ. އަހަރެން މި ހުރިހާ ކަމެއް އޭނާއަށް ސިއްރުކުރީތީ އޭނާ އަހަރެން ދެކެ ހިތްހަމަނުޖެހޭނެކަން ހަމަ ޔަޤީނެވެ. ކުރިން އަހަރެމެން އުޅުނީ ކިހާ ގާތްކޮށް ހެއްޔެވެ؟ އޭރު އަހަންނަށް ދިމާވާ ހުރިހާ ކަމެއް ހިއްސާކުރެވޭ ހަމައެކަނި މީހަކީ އޭނާއެވެ.

“ދެން އިތުރު ސުވާލެއް ކުރުމުގެ ބޭނުމެއް ނެތް ކަންނޭނގެ. ފޭކް ސަންދޯކަކަށް ފޭކް މީހެއް ލައިގެން ޝުބާގެ ނަމުގަ ވަޅުލުން އެއީ އެޖެންސީއަށް މާ ބޮޑުކަމެއް ނޫން، އެހެންނު؟”

އޭނާ ތަންކޮޅެއް ހަރުކަށިކޮށް ވާހަކަދެއްކިއެވެ. އަހަރެން ތިރީ ތުންފަތުގައި ދައިގަންނަމުން ބޯ ޖަހާލީމެވެ.

“ވެލް… ދެން މި ވާހަކަ ދެއްކުމުގެ އިތުރު ބޭނުމެއް އޮތްހެނެއް އަހަންނަކަށް ހިޔެއް ނުވެ.”

އެހެން ބުނުމަށްފަހު އޭނާ ކޮޅަށް ތެދުވިއެވެ.

“ހިނގާ ފަށަމާ؟”

ހަރަން ބަނދެލަމުން އޭނާ އެބުނި އެއްޗެއްގެ މާނައެއް އަހަންނަކަށް އެވަގުތަކު ނުވިސްނުނެވެ. ކޮންކަމެއްހޭ އަހާ ފަދަ ގޮތަކަށް އަހަރެން އޭނާއާ ދިމާއަށް ބުމަ އަރުވާލީމެވެ.

“މިސްޓާރ ޒެޑް ހޯދުމުގެ މަސައްކަތް.”

އެހެން ބުނުމަށްފަހު އޭނާ ދެޖީބަށް އަތްޖަހާލިއެވެ.

“އޭރުންދޯ ދެންވެސް އަވަހަށް ފެމެލީ ކައިރިއަށް ދެވޭނީ..”

ލިވިންގް ރޫމަށް ނިކުމެވެން ހުންނަ ދޮރާ ދިމާއަށް ހިނގައިގަންނަމުން އޭނާ ވާހަކަދެއްކިއެވެ. ކާމޭޒު ދޮށުގައި އިން އަހަރެންގެ ތުންފަތުގައި ކުޑަ ހިނިތުންވުމެއް ދުވެލިއެވެ.

އެއީ އަރޫންއެވެ. އަބަދުވެސް އަހަރެންނަށް ހެޔޮއެދޭ އަރޫންއެވެ. ހުރިހާ ހަޤީޤަތެއް އެނގުމާއެކު އޭނާ އެ އުޅެނީ އަހަރެން މިކަމުގެ ތެރެއިން ސަލާމަތްކޮށްދޭށެވެ. މިސްޓާރ ޒެޑް ނުހޯދެނީސް ދެން އަރޫންއެއް ނުހުއްޓޭނެއެވެ. އަހަންނަށް އޭނާގެ ގޮތް ރަނގަޅަށް އެނގެއެވެ.

މިހާރު ހިތްވަރު ލައިދޭން އިތުރު މީހަކު ހުރުމާއެކު އަހަންނަށް އިތުރު ޖޯޝެއް ލިބިއްޖެއެވެ. ލިބުނު ‘ކޮންފިޑެންސް’ އާއެކު ހިނިތުންވެލަމުން އަހަރެން ވެސް އަރޫންގެ ފަހަތުން ހިނގައިގަތީއެވެ. އިރާދަކުރެއްވިއްޔާ އަހަރެމެން ދެމީހުން ވީހާވެސް އަވަހަކަށް އެ މިސްޓާރ ޒެޑްއެއް ހޯދައި، އޭނާއަށް ހައްޤު އަދަބު ދޭނަމެވެ.

** **

“އޭ. ޓީ. ޑީ. ޕީ. 7؟ އެއީ ކޯއްޗެއް؟”

ލެޕްޓޮޕަށް ނަޒަރު ހުއްޓައިގެން އިން އަރޫން ދެލޯ ހަނިކޮށްލަމުން އަހަރެން ގާތު އަހާލިއެވެ. އަހަރެމެން ތިބީ ލިވިންގް ރޫމުގައި ބަހައްޓާފައިވާ ބޮޑު ބިއްލޫރި މޭޒު ދޮށުގައެވެ. އަމިއްލަ އިހުސާސްތައް އެއްފަރާތްކޮށްފައި އެންމެ ފުރަތަމަ އަހަރެމެން ބޭނުންވީ މި މިޝަންގެ މަސައްކަތްތަކާއިގެން ކުރިއަށް ދާށެވެ.

“ޒަފަރު އަހަރެމެން ހައްޔަރުކޮށްފައި ބެހެއްޓި ތަނުގެ ފާރެއްގައި އިން ލޯގޯއެއް ކަހަލަ އެއްޗެއް ތީ..”

އަހަރެން އޭނާއަށް ކިޔައިދިނީމެވެ.

“ތުރުކީގެ އެޖެންޓުންގެ އެހީއާއެކު އެތަނުން ހަތަރު މީހަކު ހައްޔަރު ކުރެވުނު. އެކަމަކު އެއިން އެކަކުވެސް އަނގައެއް ނުހުޅުވި. މަރުވިޔަސް ހެޔޮކަމަށް އެމީހުން ބުނަނީ…”

އަހަރެން އިތުރަށް ބުނެލީމެވެ. ޒަފަރު އެހާ ލޯޔަލް މީހުންތަކެއް ހޯދައިގެން އެއުޅެނީ ކިހިނެއްބާވައޭ އަހަރެންގެ ހިތަށް އަރައެވެ.

އެދުވަހު ޒަފަރު އަތުޖެހުނުނަމަ އަހަރެމެންގެ މަސައްކަތަށް މިހާރު އޮންނާނީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައެވެ. މިހާރު އަހަރެމެން ވިސްނަންވީ އޭނާއަށް ބިރުދައްކާނެ ގޮތަކާ މެދުގައެވެ. މިސްޓާރ ޒެޑްއާ ބެހޭ ގިނަ މަޢުލޫމާތު އޭނާއަށް އެނގޭކަން މިހާރު އަހަންނަށް ޔަޤީނެވެ.

“އޭޓީޑީޕީ ސެވަން.. އޭޓީޑީޕީ ސެވަން؟ ކޯޗެއްތަ އެއީ؟”

ދެއަތުން ބޮލުގައި ހިފަހައްޓާލަމުން އަރޫން ވާހަކަދެއްކިއެވެ.

“އަސްލު އެ ނަން ކޮންމެވެސް އެހެން ތަނަކުން ދެކުނިން އަހަރެން..”

ވިސްނުމެއްގައި އިނދެ އަހަރެން ބުނި ވާހަކައިގެ ސަބަބުން އަރޫންގެ ދެލޯ އަހަރެންގެ މޫނަށް އަމާޒުވެގެން ދިޔައެވެ. ހަޤީޤަތުގައިވެސް އެ ލޯގޯގައި ކޮންމެވެސް ވަރެއްގެ ދެކެފަރިތަކަމެއް އެބަހުއްޓެވެ. ކޮންމެވެސް އެހެން ތާކުން އަހަންނަށް އެނަން ވަނީ ފެނިފައެވެ. އެކަން ހަމަ ޔަޤީނެވެ. ނަމަވެސް ސުވާލަކީ އެއީ ކޮންތާކުން، ކޮންއިރަކު އަހަންނަށް ފެނުނު އެއްޗެއް ބާވައެވެ؟

“އެކަމު ހަމަ އެއްގޮތަކަށްވެސް ހަނދާނެއް ނުވޭ ކޮންތާކުން ކަމެއް ފެނުނީކީ..”

އަހަރެން ދެލޯ މަރާލަމުން ވާހަކަދެއްކީމެވެ.

“ތިންކް ޝުބާ ތިންކް..”

އަރޫން ބުނެލިއެވެ. އަހަރެން މިހާރުވެސް މި ވިސްނަނީއެވެ. ހަމަ އެއްގޮތަކަށްވެސް ހަނދާނަކަށް ނައެވެ. ހީވަނީ އަހަރެންގެ ސިކުނޑިއަށް ދުންފިނި އަރާފައި ހުރިހެންނެވެ.

އިރުކޮޅަކު ދެލޯ މަރައި ފިއްތައިގެން ހުރެފައި އަހަރެންނަށް ދެއަތަށް ބޯ ހޫރާލެވުނެވެ. އެއާއެކު އަރޫން ޗުސްތަޅާލިއެވެ. އެއްއަތުން ދަތްދޮޅީގައި އަތް ހާކާލަމުން އޭނާ ވާހަކަދެއްކިއެވެ.

“ދެން އޮތީ އެންމެ ގޮތެއް..”

އޭނާ އެހެން ބުނުމާއެކު އަހަރެން ޝަޢުޤުވެރިކަމާއެކު އެ މޫނަށް ބަލާލީމެވެ.

“ޒަފަރުގެ ދަރި، އުޒޭލް ކިޑްނެޕްކުރުން.”

އޭނާ އެހެންބުނެ އެއްމިޔަކުން ހިނިތުންވެލިއެވެ. އަހަރެންވެސް އޭނާގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލީމެވެ.

“ވީހާވެސް އަވަހަކަށް މިކަން ކޮށް ނިންމަން އެބަޖެހޭ. ރައިނާ…”

އަރޫން ވާހަކަފެށީ ވަރަށް ޖޯޝާއެކީގައެވެ. ނަމަވެސް ރައިނާގެ ނަން އައުމާއެކު އެމޫނުމަތީގައިވާ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔަކަން އަހަންނަށް ފާހަގަ ކުރެވުނެވެ.

“ރައިނާ… އެއީ މާޒްގެ ދަރިފުޅު ދޯ؟”

ޔަޤީންކޮށްލުމުގެ ގޮތުން އަހަރެން އަހާލީމެވެ. އެއާއެކު އަރޫން މަޑުމަޑުން ބޯ ޖަހާލިއެވެ.

އަހަރެންނަށް އިސްޖަހާލެވުނެވެ. މާޒްއަށް އެހާ ބޮޑު ދެރައެއް ލިބުނީތީ އަހަރެން ވެސް ދެރަވެއެވެ. އޭނާ އަކީ އެޖެންސީގައި އުޅޭ އެންމެ ހީވާގި އެކަކެވެ. އެއްވެސް ކަމެއް ކުރުމުގައި އޭނާ ފަހެއް ނުޖެހޭނެއެވެ. އާއިލާއެއް ގޮވައިގެން އުޅެމުންވެސް އޭނާ އެޖެންސީގައި، އެމީހުންނާ ދުރުގައި ހާދަ ގިނައިރެއް ހޭދަކުރެއެވެ. އެއީ ހަމަ އެހެން އެޖެންޓުންނަށް ނަމޫނާއެއްފަދަ މީހެކެވެ.

“ޔޫ ނޯ ވަޓް ޝުބާ؟ ރައިނާ.. ހާދަ ލޯތްބޭ.. ކުރުކުރުކޮށް ދޮންދޮންކޮށް ހުންނާނީ.. ވަށްވަށް މޫނުކޮޅެއް.. ޝީ އިޒް ސޯ އެޑޯރަބަލް..”

އަރޫން އެހެން ބުނިއިރު އެމޫނުމަތީގައިވާ ހިތާމައިގެ ސާލު އަހަންނަކަށް ސިއްރެއް ނުވިއެވެ. އޭނާގެ ހިތުގައި މާޒްގެ ދަރިފުޅަށްޓަކާ އުފެދިފައިވާ ލޯބި އަހަންނަށް މިހާރު އެނގުން ވެއްޖެއެވެ. އޭނާ އެހާ އަވަހަށް މި މިޝަން ނިންމަން ބޭނުންވާ އެއް ސަބަބަކީ އެއީތާއެވެ.

އަހަރެން މޭޒުމަތީގައިވާ އަރޫންގެ އަތްތިލައިގައި މަޑުމަޑުން ހިފާލީމެވެ. އެއާއެކު އޭނާ އިސްއުފުލައި އަހަރެންގެ މޫނަށް ބަލާލިއެވެ. އެވަގުތު އެ ދެލޮލުގެ ތެރެއިން ފެންނަމުން ދިޔަ ރިހުމުގެ ސަބަބުން އަހަރެންގެ ހިތުގައި ރިއްސާލިއެވެ.

“ލުކް އަރޫން. އިރާދަކުރެއްވިޔާ އަހަރެމެންނަށް މިކަން ވާނެ. އަދި ރައިނާ ސަލާމަތްވެސް ވާނެ.. ލެޓްސް ނޮޓް ލޫޒް ހޯޕް..”

ސީދާ އެ ދެލޮލަށް ބަލަހައްޓައިގެން އިނދެ އަހަރެން ބުނެލީމެވެ. ރައްދުގައި އޭނާ ކުޑަކުޑަކޮށް ހިނިތުންވެލިއެވެ.

** **

އަނެއްދުވަހު ހެނދުނު އަހަރެމެން ތިބީ “ގްރޭވުޑް ހައި ސްކޫލް” ގެ އެތެރޭގައެވެ. ސްކޫލު ޔުނީފޯމު ލައިގެން ހުއްޓަސް އަހަރެމެން ކުލާސްތަކަކަށް ނުވަންނަމެވެ. އުޒޭލް އެކަނިވާނެ ދަނޑިވަޅަކަށް ބަލަބަލާ ދެމީހުން ދެތަނުގައި ފާރައަށް ތިބީއެވެ.

އަރޫންގެ މެސެޖެއް އަހަރެންގެ ފޯނަށް އައީ ހެނދުނު ސެޝަންގެ ގަޑިތައް ނިމުނުތަނާއެވެ.

ޓައިގާ: ޓު ދަ މިޔުޒިކް ރޫމް

ޓު ޓައިގާ: އޮން މައި ވޭ

އަހަރެން ކުޑަދޮރުތައް ހުންނަ ދިމާއިން ދުވެފައި ދިޔައީމެވެ. މައްޗަށް ބޯ ހިއްލަމުން އަހަރެން މިޔުޒިކް ރޫމް ހުންނަ ފްލޯރ ހޯދަމުން ދިޔައީމެވެ. އަހަރެން ކަހަލަ މި ސްކޫލުގެ ޗާޓު ހިތުދަސް މީހަކަށް އެއީކީ މާކަ އުނދަގޫ ކަމެއް ނޫން ދޯއެވެ.

ފަސޭހަކަމާއެކު އެ ޢިމާރާތުގެ ދެވަނަ ފްލޯގައި ހުރި މިޔުޒިކް ރޫމުގެ ކުޑަދޮރު ކައިރިއަށް އެރީމެވެ. އެތެރޭގައި އުޒޭލް ހުރިތަން އެބަ ފެނެއެވެ. ނަމަވެސް އަރޫން ކޮބާ ހެއްޔެވެ؟ އޭނާ އަހަންނަށް މެސެޖުކުރީ މިތަނަށް އައިސްފައެއް ނޫން ހެއްޔެވެ؟ އަހަރެން އެކި ކޮޅުކޮޅަށް ބޯ އަނބުރައި އެކި ދިމަދިމާ ހޯދަން ފެށީމެވެ. ނަމަވެސް އޭނާގެ އެއްވެސް ހިލަމެއް ވާތަނެއް ނުފެނުނެވެ.

ދަބަހުން ފޯނު ނަގައި އަހަރެން އޭނާއަށް ފޮނުވުމަށްޓަކާ މެސެޖެއް ލިޔަން ފެށީމެވެ. ނަމަވެސް އަހަރެންގެ ޙަރަކާތްތަށް ގަނޑުވެގެން ދިޔައީ ކަންފަތުގައި ޖެހެންފެށި އަޑުތަކުގެ ސަބަބުންނެވެ. ދެލޯ ބޮޑުކޮށްލަމުން އަހަންނަށް އަނެއްކާވެސް ކުޑަދޮރުން އެތެރެއަށް ނަޒަރު ހިންގާލެވުނެވެ.

ގޮނޑިއެއްގައި އިށީންދެގެން އިނދެ، މަޑުމަޑުން ގިޓާގެ ނަރުތަކުގައި ކޮށްޓަމުން ދިޔަ އުޒޭލް ފެނުމުން އަހަރެންގެ ހިތަށް އުނދަގޫ މިވަނީ ކީއްވެގެން ހެއްޔެވެ؟ މީގެ ކުރިން އަހަންނަށް ހަމަ މި ރާގު ވަނީ އެހެން ތަނަކުން އިވިފައޭ އަހަރެންގެ ސިކުނޑި ބުނަމުން މި ދަނީ ކީއްވެގެން ހެއްޔެވެ؟

އަދިވެސް ޖެހި ބުދެއްހެން ހުއްޓުން އަރާފައި އަހަންނަށް އުޒޭލްއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ގިޓާގެ ނަރުތަކުން އިވެމުން އެދާ އަޑު އަހަރެންގެ ސިކުނޑި ތޮރުފަމުންދާ ކަހަލައެވެ. މަޑުމަޑުން އަހަރެންގެ ހަނދާނަށް ކޮންމެވެސް އެއްޗެއް އަންނަން ފަށައިފިއެވެ. ނަމަވެސް އެނގެމުން މިދާ ހަޤީޤަތާއެކު އަހަރެންގެ ދެލޯ ފެންކަޅި މިވަނީ ކީއްވެގެން ހެއްޔެވެ؟

“ނޫން…”

ވައި އަޑެއްގެ ސިފައިގައި އަހަރެންގެ އަނގައިން ނިކުތް އެ ލަފްޒާއެކު ކުޑަ ދޮރުގައި އަހަރެން ހިފަހައްޓައިގެން ހުރި އަތް ދޫވެގެން ހިނގައްޖެއެވެ. ފައި އަޅައިގެން ހުރި ޝީޓު ތެތްވެފައި ވުމުގެ ސަބަބުން އަހަރެން އެތަނުން ކައްސާލައިގެން ވެއްޓެން ދިޔައީ ނިކަން ފަސޭހަކަމާއެކުގައެވެ.

އަހަންނަށް ހަޅޭއްލަވާކަށް ނޭނގުނެވެ. އެހީއަކަށް އެދި ގޮވާކަށްވެސް ނޭނގުނެވެ. އަހަންނަށް ކުރެވެމުން ދިޔައީ ހަމަ އެންމެ އިހުސާސެކެވެ. އެ އުސްތަނުގެ މަތިން އަހަރެންގެ ހަށިގަނޑު ތިރިއަށް ވެއްޓެމުންދާ ކަމުގެ އިހުސާސެވެ.

~ނުނިމޭ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ސޫރަ 6

Next

ސޫރަ 7

Next
April 21, 2018

ސޫރަ 7

Previews
April 21, 2018

ސޫރަ 6

49 Comments!

  1. Liaa says:
    April 21, 2018 at 8:46 pm

    Hey guys! Hope u liked this part 🙂 Kuree part ga ves Liaa ah comment nukollevunu dhw.. Internet slow vegen hama nuvee.. 🙂
    Mi part innaanee ehen part thakaa balaafa dhigu ves kollaafa.. Next part maadhamaa noon aneh dhuvahu genas dheveythw balaanan 🙂
    Loves ! <3

  2. Mona says:
    April 21, 2018 at 8:58 pm

    Omg…anehka uzeyl ei shaakin tha??haadha hyveye ehen

  3. kokko says:
    April 21, 2018 at 9:00 pm

    when next part

  4. Inaa says:
    April 21, 2018 at 9:03 pm

    Loved The Story.. ?

  5. bella says:
    April 21, 2018 at 9:17 pm

    rooshin kulhen in guiterga liyefa in liyun dhw e…by the way this part is awsome

    1. Kiyara says:
      April 21, 2018 at 9:32 pm

      Ya dhw shaakin eh noon guiter kulhenyky so its not shaakin. Rooshin aa gulhun huri myheh hen hyvany. Btw story vvv reethi. I love this stry.

  6. Aishu says:
    April 21, 2018 at 10:14 pm

    Rooshin gengulhunu guiter ga ves in dhw konmes code eh.. Ekm.rooshin hury agency ga ennu… Or me shakin tha? Waiting for next part.. Plz avahah up kohdheebala

    1. Liaa says:
      April 23, 2018 at 9:48 am

      Yeah dhw 🙂 Lets see wat happens

  7. Mrs says:
    April 21, 2018 at 10:23 pm

    Anehkkaa Aee rooshin tha? Noony shaakin tha? Ehn viyyaa shaakin maru nuvanytha?? Aee shakin ah nuvanyaa delta Aky anehkkaa shaakin baa??? 2 years Kurin delta Maru v.. shaakin ves.. Dhn shaakin ah idhikolhaa eky ulhuny shuba menge agency in havaalu kuri mission eh Ga kamah ves Vedhaane dhw.. aaahhh!!! What a story.. suvaalakah fahu suvaaleh ufahdhamun thi dhany.. story haadha haadha haadha reehchey.. maa sha allah.. just wooowwww!!! Curiously waiting for the next part… kn irakun next part up kohdheynee liyaa??? Vrh vrh vrh kiyan hiyy vehje… avahah up koh dhehchey.. keep up the food work… LY dear…<3<3<3<3

  8. Mrs says:
    April 21, 2018 at 10:30 pm

    Aee anehkkaa rooshin tha??? Noony shaakin tha?? E hen viyyaa Shaakin ves maru nuvanytha?? Dhn ehn viyyaa Aee shaakin ah nuvanyaa delta aky anehkaa shaakin tha??? Aee delta ves Maru v 2 years Kurin… plus shaakin ves.. aaahhh!!! What a story!!! Suvaalakah fahu suvaaleh ufahdhamun Thu gendhany.. waitt!!! Anehkkaa E uzail aky Shiva ge baybe eh noonbaa??? Haadha haadha haadha reehchey mi story kuriyah dhaaleh.. just wooowww!!! 😉 maa sha allah.. Kon irakun Tha next part up koh dheynee liyaa??? Curiously waiting… avahah up kohdhehchey.. LY dearrr… 🙂

    1. Mrs says:
      April 21, 2018 at 10:31 pm

      Shuba ge baybe*

  9. Friends says:
    April 21, 2018 at 11:11 pm

    Masha allah stry haadha furihama ey .adhi kiriyaa dhw mi feshuny.
    Vvv salhi igey hama. Eii shaakin dhw ? Friends ah heevany shaakin hadhaan thah nethifa kan nyge e huriy.N shuba dhen hadhaan koh bala eii shin ge guiterga inn ethi kan .shin aky e Z ge dhari kan nyge.hahah
    Next part kon irakun dear.avahah up kohla dhehchey.waiting
    -salaam-???
    #stry kiyaa man#

  10. reader says:
    April 21, 2018 at 11:56 pm

    Omg uzeyl aky shaakin….. This story is getting better day by day…

  11. Saandy says:
    April 22, 2018 at 12:07 am

    WOW!! Speechless.. Mibai dhiguveema v v hiyyhama jehigen mi kiyaalevuny.. Anekkaa e-ee Rooshintha? OMG!! Kaakubaa? Mihaaru adhi maabodah curious vejje.. Liaa maadhamaa noon aneh dhuvahu up kolleveythoa balahchey.. Adhi mihaa dhigukoh genesdheefiyyaa v ufaavaane.. Curiously waiting for the next part.. Good Luck Liaa 🙂

    1. Saandy says:
      April 22, 2018 at 12:12 am

      Shaakin kanneynge.. Eynaves maruvi kameh neynge furathama season nimunu iru.. Ekam eyna Zed ge dhariakah vedhaanebaaey hithah arany.. Hama suvaalakahfahu suvaaleh ufahdhany thi.. V interesting

    2. Alyss says:
      April 22, 2018 at 5:18 pm

      Can shaakin be mister zed
      i dont think rooshin know any thung about it maube he know it is his father special logo and can he be the son of zafaru?????
      Curious liaa avahah up kohdhehchey

  12. Yaakko says:
    April 22, 2018 at 1:01 am

    Alheyy…Shubaa maraanulahchey…
    BTW story v reethi.. Keep it up..

  13. lulu says:
    April 22, 2018 at 6:36 am

    ehen jahaafa iny rooshinge guitarga dhw.. btw story v nice 😉

  14. cuty says:
    April 22, 2018 at 9:59 am

    omg. haadha reehchey. kiyaa hithun nuvx hurevey. pls avahah next part up kohlahchey

  15. Rash says:
    April 22, 2018 at 12:36 pm

    Thankolheh avahah story up kohlaba ❤❤

  16. Oof says:
    April 22, 2018 at 12:52 pm

    Loved this part great job

  17. iii says:
    April 22, 2018 at 1:03 pm

    uzail akee rooshin ge friend eh noony eii hama rooshin dhw… this story is amazing

  18. Alyss says:
    April 22, 2018 at 5:07 pm

    that person is realtedto rooshin i think rooshin ge father ey mister xed and rooshin ge brither eh uzeyl ey
    rooshin bunefa othy guuter ey rooshin father dhin ehchekey so rooshin father aa related logo eh my
    waIting for the next part

  19. ayesha says:
    April 22, 2018 at 7:44 pm

    who is rooshin guys

  20. Hafoo says:
    April 23, 2018 at 7:19 am

    it was amazing..when is the next part?? Waiting

  21. IShan says:
    April 23, 2018 at 1:17 pm

    Very nice

  22. Liaa says:
    April 23, 2018 at 6:46 pm

    Alhey love all ur lovely comments.. <3 <3 Liaa akah hiyeh nuvey today up kolleveyne heneh.. Sorry again.. Just busy these days. Hope u will understand 🙁

  23. Luha says:
    April 25, 2018 at 3:14 am

    Kaakutha rooshyn aky????

  24. Shook95 says:
    April 25, 2018 at 2:54 pm

    Hey author! There’s something I wanna ask you… I saw a story named ‘Blood Lust’ on a story site called wattpad which is insanely familiar to this story of yours and the cover photo was also the same photo which you used when you first started to write this story… So I wanna know if this was inspired by that book or maybe it could be your own idea too..

  25. shin says:
    April 26, 2018 at 3:48 pm

    konirakuntha up kohla dheynee….. vaki date eh bunebaa

  26. Araash says:
    April 30, 2018 at 1:47 pm

    Liaa haadha lasvany kyhve??kn irkn nxt prt?plx avas kh dhybala

  27. shin says:
    May 2, 2018 at 7:36 pm

    alhey liaaaa haadha lahey … whyyyy

  28. Real girl says:
    May 3, 2018 at 9:54 pm

    Liyaaa kobaa? Haadha lasvany?

  29. Kohki says:
    May 4, 2018 at 2:34 pm

    Where’ is next part ?

  30. kohki says:
    May 4, 2018 at 10:37 pm

    liaa keehvetha dhoguhadhanee adhives up nukuranee mihaaru kon dhuvaheh

  31. nonni says:
    May 7, 2018 at 1:46 pm

    liaa adhive up nukurey haadha lasvanee
    anehkaa kamehdhimaaveetha
    kamehdhimaa viyyaamun ves bunebala
    varah dheravey habareh nuvaathee
    plx!!!!!!!!!!!!!!
    mi vaahaka reethi kamun hama kiyaahiy vane
    alhey konmeves habareh velaafa up kuraane dhuvaheh buneba

  32. unknown says:
    May 10, 2018 at 9:51 pm

    alheyyy , vvv rythi mi stryy , so when is nxt prt? still waiting …

  33. Sarey says:
    May 12, 2018 at 10:48 am

    Liaa plxx..avaskohn up kohdheebala..kiyaa hithun hureveneeky noon..haadha gina dhuvaheh vehjaey mihaaru..

  34. Kohki says:
    May 12, 2018 at 12:31 pm

    Liaa Avahah apkohdhyba mihaar mee may mas

  35. Noor says:
    May 12, 2018 at 12:32 pm

    Liaa Avahah apkohdhyba mihaar mee may mas

  36. keykoi says:
    May 15, 2018 at 3:54 pm

    liaa kobaa next part
    abadhu dhoguhadhanee
    dhogu bondi
    liar liar
    varah foohi vey
    ekam vaahaka varah reethi

  37. Araash says:
    May 18, 2018 at 11:01 am

    Liaa alhe v gotheh bunelaa nama ehnu..Stry kiyaa hithun hureveny eh noon..Alhe avahah up kohdhybala

  38. Rifu says:
    May 18, 2018 at 2:07 pm

    Alhe next prt kon irakuntha..
    Mihaaru kihaa dhuvaheh vejje mi vrhaka ah inthixaaru kuraathr…miss this story…

  39. reader says:
    May 21, 2018 at 10:27 am

    Maadhamaa noon aneh dhuvaheh dhuvahaku ves naannaane… Meege fahun liaa vaane date bunan??.. That’s a joke.. Still waiting ?

  40. shin says:
    May 30, 2018 at 12:59 am

    liaa mihaaru mi story liye nimmaalytha…. haadha dhuvaheh vejje ey up nukuraathaa

  41. sad says:
    May 30, 2018 at 1:00 am

    liaa mihaaru mi story liye nimmaalytha…. haadha dhuvaheh vejje ey up nukuraathaa

  42. Nunnu says:
    May 30, 2018 at 10:52 am

    Liaa dhen Konirakun Tha dhen anehbai up kohdheynee
    Dhenvaahaka nuliyaanantha
    MI vaahaka nuliye huttaaleetha
    Alhey dhen nuliyevenyaa bune bala
    Eyrun dho vaahaka eh aa dheyy tho balaabelun huttaa leveynee

  43. mishee says:
    May 30, 2018 at 9:15 pm

    miadhun feshigen mi ninmanee liaa dhen vaahaka nuliyaanekamah

  44. U says:
    May 31, 2018 at 5:41 pm

    Liaa will be back soon. She posted a status on fb .. meehakah hama kameh dhimaavedhaane dhw

Comments are closed.

Next Episodeއަނދިރިފަރާތް 37←


All Right Reserved!