މަލާކް އެނދުގައި އޮށޯވެލައިގެން އޮތެވެ. ފަންކާގެ ބުރުނޭނގޭ ފިޔަތަކަށް ބަލަން އޭނާ އޮތީ ޚިޔާލަކަށް ގެއްލިފައެވެ. އަލޫކްގެ ޚަބަރެއް ނުވާތާ ދުވަސްކޮޅެއްވެއްޖެއެވެ. ގުޅާފަހަރަކުވެސް ކޮންމެވެސް ކަމެއްގައި ބިޒީވެގެން އަވަހަށް ފޯނު ކަނޑާލައެވެ. ރޭގަނޑުވެސް “ގުޑްނައިޓް” ކިޔަންނޫނީ މެސެޖެއްވެސް ނުކޮށްލާނެއެވެ. އަނެއްކާ އެއީ އަލޫކް ކިހިނެއްވެގެން އުޅޭ ގޮތެއްބާއެވެ؟ އޭނާ މަތިން އަލޫކް ފޫހިވީބާއެވެ. ނުނިދިފައި އެތައް އިރަކު އޮތުމަށްފަހު މަލާކްބެލްކަންޏަށް ނުކުތެވެ. ހާސްވެފައިވާ އޭނާގެ ސިކުނޑިއަށް ލުއިކަމެއްލިބޭތޯއެވެ. ތާޒާ ފިނިރޯޅިތަކިން ހިތްހަމަޖެހުން ހޯދަމުން ދިޔަ މަލާކަށް ސިހުން ލިބުނީ މަގުގެ އެއްފަރާތެއްގައި ޕާރކުކޮށްފައި އޮތް މެޓްބްލެކް ކުލައިގެ ކާރު ފެނުމުންނެވެ. އެއްވެސް […]
ދޮންކަމަނަ 1 ‘ޒަރާ ތަސްވީރުހޭ ތޫ، ނިކަލްކޭ ސާމްނޭއާ’ ގެ އަޑުން ގުގުމަމުންދާ ކޮޓަރިތެރޭގައި ދާނިޔާ އޮތީ ސޯޝަލްމީޑިޔާގެ ތެރެއަށްގޮސް ހުސްވެފައެވެ. ޕްރޮފައިލް އަކަށްފަހު ޕްރޮފައިލެއް ހާވާލަ ހާވަލައެވެ. ފޭސްބުކާއި، އިންސްޓަގުރާމާއި، ޓިންޑަރ އާއި، މިއުސިކަލީގެ ދުނިޔެއަށް ގެއްލިފައެވެ. އެއީ ދާނިޔާގެ އާދައެވެ. ދުނިޔެމަތީގައި ދާނިޔާ ކުރަނީ އެންމެ ތިންކަންތަކޭ ބުންނަސް ދޮގަކަށް ނުވާނެއެވެ. އެއީ، ނިދުމާއި، ވަޒިފާއަށް ދިއުމާއި، ސޯޝަލްޑިޔާ ހޭވުމެވެ. ވަޒީފާއިން އައިސް ކޮޓަރިއަށް ވަދެވުމާއެކު ކަމަކަށް އޮންނާނީ އެނދުމަށްޗަށް ވެއްޓިގަނެ އޮވެ ފޯނުން […]
އޭ.ޑީ.ކޭ ހޮސްޕިޓަލުން ނިކުމެގެން އައި މަލްޝާގެ ތުންފަތް މަތީގައިވީ ނުފިލާ ހިނިތުންވުމެކެވެ. އަތުގައި އޮތް ރިޕޯޓަށް އިރުއިރުކޮޅާ ބަލާލައެވެ. އެކަނި ހުރެ ހެމުން ދާތީ މަގުމަތިން ދިޔަ ގިނަ ބަޔަކު ދިޔައީ އޭނާއަށް ބަލަމުންނެވެ. އެއިން އެއްކަމެއްވެސް މަލްޝާ ނުދެނެހުއްޓެވެ. ” ހަލޯ. ގޭގަ އެބައުޅެންތަ. ” ފޯނު ނަގާލަމުން އޭނާ ގުޅާލީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ރަނާއަށެވެ. ” އާން. ކީތްވީ.” ރަނާ ބުނެލިއެވެ. ދާދި ދެންމެ އަކު ނިދާހޭލިކަން އަޑުންވެސް އިނގެއެވެ. ” އެބަދަން […]
ޝައުނާ ޔައިޝްގެ ފަހަތުން ގޮސް ކޮޓަރިއަށް ވަނެވެ. އޭނައަށް އެންމެެ ފުރަތަމަ ވަށާއިގެން ކޮޓަރިއަށް ނަޒަރު ހިންގާލެވުނެވެ. ތަނަވަސް ބޮޑު ކޮޓަރިއެކެވެ. ކޮޓަރީގެ ހަތަރު ފާރުގައި ވަނީ އަޅި ކުލަ ލައިފައެވެ. ކޮޓަރިއަށް ވަންނަ ދޮރާއި ކައިރިން އެއްފަރާތުގައި އަޅި ކުލައިގެ ބޮޑު ސޯފާއެއް ހުރި އިރު ސޯފާގެ ކުރިމަތީގައި ހަތަރެސްކަން ބިއްލޫރި މޭޒެއް ހުއްޓެވެ. ޖެހިގެން ހުރި ބިތުގައި ފަސް ދޮރުފަތް ލީ އަޅި ކުލައިގެ އަލަމާރިއަކާއި ޑްރެސިން ޓޭބަލެއް ވެއެވެ. ކޮޓަރިއަށް ވަންނަ ދޮރުގެ […]
ޒޭންގެ ލޮލުން ވެއްޓުނު ކަރުނަތިކި ލިޔަމުން ދިޔަ ޖުމުލައިގެ މުހިއްމު ބައެއް މަދުކޮށްލި ކަހަލައެވެ. އެރި އައްސީގައި ކަރުދާސްގަނޑު ބޮނޑިކޮށް އެއްލާލީ ކުޑަދޮރުން ބޭރަށެވެ. ދެން އިވެންފެށީ އަޑުން އަޑުނަގައި ރޯންފެށި އަޑެވެ. އަދި “ޝޫރާ” އޭ ކިޔާ ހަޅޭއްލަވައި ގަތެވެ. “އަހަރެން އެކަނި ވެެއްޖެ… ލޯބި އެއީ އަހަރެންގެ ހަތުރަކަށް ވެއްޖެ…” ޒޭން ކިޔަމުން ދިޔައެވެ. “އަހަރެން ދޫކޮށްލީ ކީއްވެ…؟ ކީއްވެ ހިތުގައި ޖެއްސީ…؟ މިވަރުގެ ބޮޑު އަނިޔާއެއް ތިދިނީ ކީއްވެ…؟” ޝަކުވާތަށް އެހެރަ ބަންޑުން […]
” އަފްރާއަށް އަދި އެންމެ ސާދައަހަރުތަ؟” ގަބޫލު ނުކުރެވިގެން އަރްޝާދް އަހާލިއެވެ. އައްޒާމް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އަރްޝާދްގެ ހިތް މާޔޫސްވިއެވެ. އޭނާއަށް ލޯބިވެވުނީ ކުޑަކުއްޖެއް ދެކެއެވެ. އައްޒާމް އަފްރާއާާ ބެހޭ ގޮތުން ހުރިހާ އެއްޗެށް އަރްޝާދަށް ކިޔާދިނެވެ. ގޮނޑުދޮށުގައި ތިބެ ދެ އެކުވެރިން އެތަކެއް ވާހަކަ ދައްކަމުން ދިޔައެވެ. ދޭތެރެއަކުން އަރްޝާދް މޫދަށް ގާކޮޅެއް އެއްލައެވެ.ފަހެއް ޖެހުމުން ދެއެކުވެރިންވެސް ރަށުގެ އެހެން ތަންތަން ބަލަންދިއުމަށްޓަކައި ވެލިގަނޑު މަތިންތެދުވިއެވެ. ގައިންވެލި ފޮޅާލުމަށްފަހު އެއްގަމާވީ ފަޅިއަށް އެނބުރިލި […]
” އަނބި ގަބޫލުކޮށްފިން…” ގާޒީގެ ސުވާލަށް އަރޫން ފިރިހެންވަންތަ އަޑުން ޖަވާބުދިނުމާއެކު މުޅި މާހައުލުގައި ގުގުމާލީ މެހެމާނުންގެ އަތްތިލަ ބަޑީގެ އަޑެވެ. އަލަތު އަނބިމީހާ މަލްޝާގެ އަތުގައި އޭނާ ހިފާލިއެވެ. މަލްޝާގެ ދޮން ނިއްކުރީގައި އަރޫން ބޮސްދިނީ ލޯތްބާއެކުގައެވެ. މުޅި އުމުރުގައިވެސް އޭނާއަށް ވެވުނު ފުރަތަމަ ލޯތްބަކީއެއީއެވެ. މީގެ ދެމިނެޓު ކުރިން މާލްޝާ އިނީ ލޯބިވެރިޔާގެ މަގާމުގައެވެ. ނަމަވެސް މިހާރު ރަނިކަން ކުރަމުން އެދަނީ ހަލާލު އަނބިމީހާގެ މަގާމުގައެވެ. މުޅި އުމުރަށްވެސް އޭނާގެ މިލްކެކެވެެ. ހަމައެކަނި އަރޫންގެ […]
އައްޒާމް ގޮސް ސައިކަލު މަޑު ކޮށްލީ ވަރަށް އާދައިގެ ގެއެށްގެ ކުރިމައްޗަށެވެ. އައްޒާމްގެ ފަހަތުން އެ ޒުވާނާވެސް ގޭތެރެއަށް ވަނެވެ. ޒުވާނާގެ ފިޔަވަޅުތައް މަޑު ޖެހުނީ ވަރަށް ބާރަށް ދުވެފައި އައި މީހަކު އޭނާގެ ގައިގައި ޖެހުމުންނެވެ. ޖެހުނު ގޮތަށް ދެ މީހުންއެއްކޮށް ވެލިގަނޑު މައްޗަށް ވެއްޓުނެވެ. ޒުވާނާގެ ގައި މަތީ އޮތް އަންހެންކުއްޖާއަށް ބަލަހައްޓާގެން އޮވެވުނެވެ. އުމުރުން ނަވާރައަހަރުވީއިރު މިހާ ރީތި ކުއްޖެއް އޭނާއެށް ނުދެކެއެވެ. ވަށް ދޮން މޫނެކެވެ. ހިތިފަތު ބުމައެކެވެ. މަޑު ފިޔާތޮށިކުލައިގެ […]
ހަމަ އެވަގުތެވެ. ފޯނުގައިހުރި އައިހަމްއަށް ސިހުންގެނުވީީ ފަހަތުން މީހަކު އޭނަގެ ނަމުން ގޮވާލި އަޑުއިވުމުންނެވެ. އެއީ ކާކުގެ އަޑެއްކަން ވިސްނުމާއެކު އިސާހިތަކު އައިހަމްގެ މޫނުގެ ކުލަަވަރު ބަދަލުވެއްޖެއެވެ. ކަންފަތުން ފޯނު ވަކިކޮށްލިއިރު އަނެއް އަތްވަނީ މުށްކެވިފައެވެ. ދެބުމަ ކައިރިކޮށްލިގޮތުންވެސް އޭނަ ނުރުހުންވެފައިހުރިވަރު ހާމަވެއެވެ. ******* ރިމްޝާ ހޭއަރާނެ އިރެއްގެ އިންތިޒާރުގައި ކެތްމަދުވެފައި އިން މީޝާ އިނީ މަޑުމަޑުން ރިމްޝާގެ އަތްތިލައިގައި ހިފަހައްޓާލައިގެންނެވެ. އަދިވެސް ޑޮކްޓަރުގެ ބަސްކޮޅު އޭނަގެ ކަންފަތްދޮށުގައި ތަކުރާރުވޭވޭ ހުއްޓެވެ. ” ޕޭޝަންޓް އިޒް ޕްރެގްނެންޓް”. ނަމަވެސް […]