ދެ މީހުންވެގެން އެނދުގައި ބެޑް ޝީޓް އަޅާ ބާލީސްތަކަށް އުރަ ލައްވާ ހެދިއެވެ. ރިޝްފާ ކޮޓަރިން ނިކުތުމާއެކު އާފިޔާ ދޮރު ޖެހުމަށްފަހު ތަޅުލިއެވެ. އޭނާ ބާރު ހިނގުމުގައި ގޮސް އަލަމާރި ހުޅުވާލުމަށްފަހު ފޮޓޯ ގަނޑު ނެގިއެވެ. މިއަދު އޭނަ ސަލަމާތް އެވީ ހަމަ ކިރިޔާއެވެ. ރިޝްފާއަށް އެ ފޮޓޯ ގަނޑު ފެނުނު ނަމަ އޭނައަށް ސުވާލުތައް އަމާޒުވީހެވެ. އަވަސް އަވަހަށް އެ ފޮޓޯ ގަނޑު ނަގައި އަލަމާރީގައި ފަށް ޖަހާފައިވި ބޯ ރަޖައެއްގެ ތެރެއަށް ލިޔެވެ. ހަމަޖެހުމުގެ […]
“އަފްރާ ތީ ހަމަ އެކަނި އަހަރެންގެ މީހެއް. ހަމަ އެކަނި އަހަރެންގެ” މަޑު ތުރުތުރުމެއް އެކުލެވޭ އަޑަކުން ޒުވާނާ ބުނެލިއެވެ. ******************************* (މިހާރު) ޑާކާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފްލްއިޓް ޖެއްސުމާއެކު ހުރިހާ ޕަސެންޖަރުން ބޯޓުން ފައިބަންފެށިއެވެ. މޫނުމަތީގައި މެގަޒިންއެއް އަޅައިގެން ނިދާފައި އޮތް މާނީއަށް ބޯޓުޖެއްސިކަންވެސް ރޭކާނުލައެވެ. މާނީއާ ޖެހިގެން އިން ސީޓުގައި އިން އިޝްމާ ދެތިންފަހަރު ގޮވާލުމުންވެސް އަޅައެއްނުލިއެވެ. ކޮންމެފަހަރަކުވެސް އިޝްމާގެ އަތްފޮޅުވާލަނީއެވެ. އިޝްމާއިނީ ހަދާނެގޮތެއް ނޭންގިފައެވެ. މާނީ ހޭނުލައްވާ ފައިބާކަށް އޭނައަކަށް ނުކެރޭނެއެވެ. އެހެން […]
ވެލިގަނޑު މަތީގައި ޔާއިން އިށީނދެލިއެވެ. އޭނާގެ ހިމޭން ދުނިޔެއަސް ދަތުރުކުރަމުންނެވެ. އަމިއްލަ ހިޔާލުތަކަށް ގެއްލިފައި އިނދެވުނީއެވެ. މާޒީގެ ތެރެއަށް ގެނބުނެވެ. އެއީ މީގެ ފަސް އަހަރު ކުރިއެވެ. ފަސް އަހަރު ކުރި…____________________________________________ އޭރު ޔާއިންގެ އުމުރުން ބާވީސް އަހަރެވެ. ބޭބެ ޔޫޝައުާއި ދޮންތަ ޔަމާނީ އަދި ކޮއްކޮ ޔުމްނު މަންމަ ނިޔާޒާ ވެސް ބައިވެރިވެގެން ރ އަތޮޅަށް ކުރެވުނު ދަތުރަކީ ޔާއިންގެ މުޅި ހަޔާތް ބަދަލުކޮށްލި ދަތުރެކެވެ. އޮފީސް ކަަމަކު ބައްޕަ މާލޭގައި މަޑުކުރަން ޖެހުމުން ދަތުރުގައި […]
ޖަލުގެ ތޭރިތަކުގެ ދޭތެރެއިން ފުރޭނިގެން ދާއިންގެ މޫނަށް އަލިއެޅެމުން ދިޔައެވެ. އަލީގެ އުދަނގޫވުމުން އަތުގެ ނުފުށުން އޭނާގެ މޫނު ނިވާކޮށްލިއެވެ. އިރުކޮޅަކުން ޖަލު ބަލަހައްޓާ ފުލުސް މީހާ އޭނާގެ ގަޔަށް ފެން ބާލިދީއެއް އޮއްސާލިއެވެ. ސިއްސައިގެންގޮސް ދާއިންއަށް ހޭލެވުނުއިރު ފުލުސް މީހާ ހުރީ ލާނެތްގޮތަކަށް ހިނިތުންވެގެންނެވެ. ” އޭ މިހާރު ތެދުވޭ. މީ ކަލޭގެ އަމިއްލަ ގެޔެއް ނޫން ނިދަން އޮންނާކަށް. އަހަރެންނާއެކު އާދޭ!!” ފުލުސް މީހާ ހަޅޭލަވައިގަތެވެ. އިސްދަށަށް ޖަހައިގެން ދާއިން ހިނގާފައި ދިޔައެވެ. […]
މެރޭ ލޯ ދެކޭ ހޫނާ ވޭނީ ހަނދާނާ އެދޭ ލޯބި ޔާރާ ދަނީއޭ ފުރާނާ ވޭތުވީއެ މާޒީ ދީފާ އަރާމާ ބަދަލުވީތި ޔާރާ ދަނީއޭ ފުރާނާ މެރޭ ލޯ ދެކޭ.. ސްޓޭޖް މައްޗަށް އެޅުވިފައިވާ ސްޕޮޓްލައިޓްގެ އަލިކޮޅުގެ ތެރެއިން ފެންނަމުންދިޔަ ރީތީގެރާނީއެއް ފަދަ ރީފާގެ ލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަމުންދިޔައެވެ. ސްޓޭޖްގެ މެދުގައި ގޮނޑިއެއް ބަހައްޓައިގެން ގިޓާ ހިފައިގެން އިންއިރު އެ މޫނުމަތިން ފެންނަމުން ދިޔަ ހިތާމައިގެ ކުލަވަރުން ޝޯވ ބަލަންތިބި މީހުންގެ ހިތްތައްވެސް ވަނީ ކަތިލެވިފައެވެ. […]
ކުރީގެ ބަޔާއި ގުޅިގެން: އައިޑީގެ ކަވަރ ފޮޓޯއަށް ބަލަހައްޓައިގެން އިނދެވުނެވެ.އެއީ ހަމަ އޭނާއެވެ. މައިޝަންގެ ހިތުގެ މަލިކާއެވެ.ހުވެފަނުގެ ރާނީއެވެ. ހިތުގެ ދަރުބާރުގައި ރަނިކަން ކުރަމުން އަންނަ އާލާއެވެ. އަވަސްއަވަހަށް ފްރެންޑްރިކުއެސްޓް ޤަބޫލުކުރަން ހަދައިގެން އޮފްލައިން ނުވެވުނީ ހަމަ ކިރިޔާއެވެ. ”އެކްސެޕްޓް”ބަޓަންއަށް ފިއްތާލަމުން އުފަލުން އޭނާ ހަޅޭއްލަވައިގަތެވެ.ކަމެއް ގޯސް ކޮށް ހިނގަނީކަމަށް ހިތައި މައިޝަންގެ މަންމަ މައިހާ އެ ކޮޓަރި ދޮރު ހުޅުވާލިއެވެ.އުފަލުން އެނދުމަތީގައި އޮވެ ނަށަމުން ދިޔަ މައިޝަން ފެނީ ޕަކަޕަކަ ލާފައި ހޭން ފެށުނެވެ. ފޭސްބުކުގެ […]
ފަތިހުގެ ތެތް ފިނިކަމުގެ ތެރޭގައި މާމެލާމެލިވަނީ ޝަބްނަމް ތިކިތަކުން ޖަރީ ކުރުވާފައެވެ. އިރުގެ ދޯދިތަށް ވިލާތަކުގެ ނިވަލުން ޖައްވަށް މަރުހަބާ ކިޔަމުން ދިޔައިރު ދޫނި ސޫފާސުފީގެ ހިތްގައިމު ރާގުން ހިތްތަކަށް ފިނިކަން ގެނުވިއެވެ. މި މަންޒަރު އިތުރަށް ފުރިހަމަ ކޮށްދެނީ އާޓިފިޝަލް ބީޗްގެ ގޮނޑީގައި އިށީނދެގެން ތިބި ދެމަފިރިންނަށެވެ. ފަން ކުރު އިސްތަށިގަނޑެއްގެ ވެރި އަންހެންކުއްޖެކެވެ. ހަމުގެ ކުލަ ދޮން ފަތްމިނި ހަށިގަނޑެއްގެ ވެރި އަންހެން ކުއްޖެކެވެ. މުށި ކުލައަށް ދާ އިސްތަށިގަނޑަކާއި ހަމުގެ ކުލަ ދޮން […]
އެކަމު ހަނދާންކުރާތި އާރޭ ނުވާނު އަފޫއަށް ދެރައެށް ދީގެން. އާރޭއާ ހެދި އަފޫ ހިތާމަކުރަން ޖެހިއްޖެޔާ..” އައްޒާމް އެހިސާބަށް ބުނުމަށްފަހު ހުއްޓާލިއެވެ. އަރްޝާދް އަފްރާއަށް ލޯބިހުށަހަޅަށްވެގެން އައްޒާމްގާތު އެވާހަކަ ބުނުމުން އޭނަ ފުރަތަމަ ދެކޮޅު ހެދީއެވެ. އެހެނަސް އަރްޝާދް ކުރުނުކޮށް ކިޔަންފެށުމުން ޝަރުތުތަކަކާއެކީ އައްޒާމް އެއްބަސްވިއެވެ. އަރްޝާދް ވިސްނަމުން ދިޔައީ އަފްރާއަށް ލޯބި ހުށަހަޅާނެ ގޮތަކާމެދުގައެވެ. އުމުރުން ނަވާރަ އަހަރުވީއިރުވެސް ދުވަހަކުވެސް އޭނަ އަންހެންކުއްޖަކަށް ލޯބިހުށައަޅާފައެއް ނުވެއެވެ. ލޯބީގެ ދުނިޔެއަކީ އޭނާއަށް އާތަނެކެވެ. ކުއްލިއަކަށް އެއްޗެއް ހަނދާންވުމުން […]
ސިޑި މަތީގައި ބަލަހައްޓައިގެން ހުރި މީހާގެ ސަބަބުން ޔާއިންގެ ދެލޯ ބޮޑުވިއެވެ. ފަޅާއެރީއޭ ހިތަށްއެރިއެވެ. “ހޭ ބްރޯ. ހުކުރަށް ނުދަންތަ. މިހާރު ބާރަގަޑި ވިހި ވީއެއްނު.” ޔަމާނީ ބުނެލިއެވެ. ޔާއިންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ނަސީބެކޭ ހިތަށްއެރިއެވެ. “ނޫން. މިދަނީ ދާކަށްނު. ތަންކޮޅެއް ލަހުންނޭ ހޭލެވުނީ.” ޔަމާނީއާއެކު ސިޓިންގް ރޫމަށް ވަންނަމުން ޔާއިން ޖަވާބު ދާރީވިއެވެ. “އަބަދުވެސް ޔާންއަށް ވާވަރެއްނު.” ޔަމާނީ ހިނިގަނޑެއް ޖަހާލިއެވެ. “ކޮބާ މިއޮށް އައީއެއްނު. ހިނގާ ދާން. މިސްކިތުގެ އެންމެ ފަހަތުގަ ކަންނޭނގެ […]