Skip to content
އެސްފިޔަ

ކަރުނުން ފޭދުނު ދެލި

ޒޭންގެ ލޮލުން ވެއްޓުނު ކަރުނަތިކި ލިޔަމުން ދިޔަ ޖުމުލައިގެ މުހިއްމު ބައެއް މަދުކޮށްލި ކަހަލައެވެ. އެރި އައްސީގައި ކަރުދާސްގަނޑު ބޮނޑިކޮށް އެއްލާލީ ކުޑަދޮރުން ބޭރަށެވެ.

ދެން އިވެންފެށީ އަޑުން އަޑުނަގައި ރޯންފެށި އަޑެވެ. އަދި “ޝޫރާ” އޭ ކިޔާ ހަޅޭއްލަވައި ގަތެވެ. “އަހަރެން އެކަނި ވެެއްޖެ… ލޯބި އެއީ އަހަރެންގެ ހަތުރަކަށް ވެއްޖެ…” ޒޭން ކިޔަމުން ދިޔައެވެ. “އަހަރެން ދޫކޮށްލީ ކީއްވެ…؟ ކީއްވެ ހިތުގައި ޖެއްސީ…؟ މިވަރުގެ ބޮޑު އަނިޔާއެއް ތިދިނީ ކީއްވެ…؟” ޝަކުވާތަށް އެހެރަ ބަންޑުން ކުރަނީ މަތި މައްޗަށެވެ.
ވާނިވެެސް އެހެންތާއެވެ. އެފަކީރު ރޮއެ އާދޭސް ކުރަނިކޮށް ޝޫރާ އޭނާ ދޫކޮށްލާފައި ދިޔައީ ރަހުމެެއް ކުލުނެއް ނެތް ހިތަކާއެކުއެވެ. ބީރު ކަންފަތަކާއެކުއެވެ. އަނދިރި ލޮލަކާއި އެކުއެވެ. ކުށެއް ނުކުރާ ލޯބިވެރިޔާއާއަށް އެހެން ހަދަން ހެޔޮވެސް ނުވާނެއެވެ. ޒޭން ޝޫރާ ދެކެ ވަރަށް ލޯބިވިއެވެ. އެކުގައި އުޅުމަށް އެތަަށް ހުވަފެންތަކެއް ދެކުނެވެ.
ނަމަވެސް، އެ ހުވަފެންތަށް މިއަދު ބިލާހަކަށް ވެެއްޖެއެވެ. ހިތްވަނީ ކުދި ކުދިވެފައެވެ. މި ހިތް ރަނގަޅު ކުރެވޭނެ ޑޮކްޓަރެއް ކަލާ ނޫނީ ވާނެ ހެއްޔެވެ؟

ޝޫރާއެވެ. އުޑުގައި ހުރިއްޔާއިި ހުރި ތަރިއެއް ބަލާފައި ކުރި ވައުދުތަށް އުވާލީ ކީއްވެ ހެއްޔެވެ؟ އެ ހިތްވަރު ކަލާއަށް ލިބުނު ކަމަށްޓަކައި އަޅު އަޖައިބުވެ އަންތަރީސް ވެއްޖެއެވެ. އެކުގައި ހޭދަ ކުރި ވަޤުތުތަށް އެއްރެއިން ހަނދާން ނައްތާލީތޯއެވެ؟ އެކުގައި ރަސްރަނި ބަގީޗާގައި މާފޮޅުވި ރޭތަށް، އެކީގައި ގޮސް ޕިއްޒާ ހަޓުގައި ހޭދަ ކުރި ވަގުތުތަށް ހަދާން ނެތުނީތޯއެވެ. ލޯބިން ބޮސްދީ މި އަތުގައި ހިފައިގެން މާލެ މަގުމަތި ކުޑަ ކުރި ހަނދާންތަށް ތި ހިތުން ފީލީތޯއެވެ.

ހަމަގައިމުވެސް އަޅުގަނޑަކަށް ލާހިކެއް ނޫނެވެ. އެ ހަނދާންތަށް ހާދަހާ އުފާވެރިއެވެ. ހާދަހާ ފޮންޏެވެ. ޝޫރާއެވެ. އަހަރެންގެ ފަރާތުން ކަލާއަށް ނުލިބުނީ ކޮން އުފަލެއްތޯއެވެ؟ އަހަރެންގެ މަދީ ކޯއްޗެއް ތޯއެވެ؟ ތިޔަހާއި ރަހުމު ކުޑަކޮށް މަށާއި ދޭތެރޭ ކަންތަށް ތިކުރީ ކީއްވެ ހެއްޔެވެ.

މި ސުވާލުތަށް ކުރަމުންއައި ޒޭންގެ ހަމަ ހިމޭންވީ ފޯނަށް މީހަކު ގުޅުމުންނެވެ
އެއީ ޒޭންގެ އެކުވެރި ނަޒީފްގެ ކޯލެވެ.
ޒޭން: ހަލޯ… ބުރޯ ކުޑަކޮށް ބޮލުގައި ރިއްސާތީ މިއުޅެނީ… ނެތޭ ކުޅެންދެވޭކަށް…
ނަޒީފް: އޭއް.. ސީރިއަސްވެބަލަ…ފައިނަލް މެޗޭ… ކައޭ ނެތިއްޔާ ކިހިނެތް ކުޅޭނީ…
ޒޭން: ސޮރީ ބުރޯސް…
އެހެން ބުނެ ޒޭން ފޯން ކަނޑާލިއެވެ. އެހާ ފަސޭހައިން އެހެން ބުނެލިޔަސް މެޗަށް ނުގޮސް ހުރުން ވާނީ އޭނައަށް އުނދަގޫ ކަމަކަށެވެ. ރަށުގައި ހުރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާވެ.
މިނިވަން ޗެންޕިއަންޝިޕްގެ ފައިނަލް މެޗެވެ. ޒޭން ނެތުމުގެ، ސަބަބުން އިދިކޮޅު އަލިފުށިން ވަނީ މެޗުގެ ކުރީ ކޮޅު ލީޑް ނަގާފައެވެ. ޒޭންމެން ރަށް މީދޫގެ ސަޕޯޓަރުން މާޔޫސްވެފައި ތިއްބާ، ދަނޑުގެ ދޮރޮއަށިން ވަދެގެން އައި މީހަކު ފެނިފައި މުޅި ދަނޑު ކެކިގަތެވެ. ފޯރި ހިފާލިއެވެ. މީދޫގެ ސަޕޯޓަރުންނަށް އާ ޖޯޝްއެއް ލިބުނެވެ. ސަޕޯޓު އުތުރި އެރިއެވެ. ޒޭން ކުޅެންއެރީ ދެވަނަ ހާފުގައެވެ. ލީޑް އެއްވަރުކޮށް، މީދޫކޮޅަށް ނަތީޖާ އަނބުރާލަ ދިނީ ޒޭންގެ ހެކްޓުރިކެކެވެ. އެ މުބާރާތުގެ ޗެމްލިއަންއަށް މީދޫ ހަދައި ދިނީ ޒޭނެ އެވެ. ފަހުރުވެރި ވަަޤުތުކޮަަޅެވެ. އަތު ކޮޅަށް ތަށި އުފުއްލާލިއެވެ.

މުޅިން އައު ދުވަހަކަށް އިރު ފެނުން ހިއްލާލައިފިއެވެ. ޒޭންގެ ކޮޓަރި އެވަޤުތު ދިއްލާލީ ޤުދުރަތީ އަލިންނެވެ. އެއާއެކު ޒޭންއަށް ހޭލެވުނެވެ. ތެދުވެ ތާޒާވެލައިގެން އައިސް، އަލަމާރި ހުޅަވާލާ ގަނޑުކޮޅެއް ނެގިއެވެ. އާއެކެވެ. އެއީ ޝޫރާގެ އަލްވަދާއީ ސިޓީއެވެ.
ޝޫރާ އޭނާއާއި ވަކިވެގެން ދިއަޔަސް ޝޫރާގެ ހަނދާން ތަކާ ވަކިވާނީ ކިހިނެތްހެއްޔެވެ؟ އަބަދުވެސް އެރީތި ހިނިތުންވުން ޒޭންގެ ލޮލުގެ ކުރިމަތީ ފެންނަން ހުންނަފަދައެވެ. ޝޫރާގެ ފަރާތުން ރަސްމީކޮށް ޒޭންއަށް ލިބުނު ހަމަ އެކަނި ލޯބީގެ ހަދިޔާ ކަމުގައިވާ އެ ކުރު ސިޓީ ނޯޓު ރެއަކާ ދުވާލު އެތައްފަހަރަކު ކިޔާ ލައެވެ. އޭނާގެ އުފަލެއް ކަމުގައި އެކަންވެއެވެ. ނަމަވެސް އެ ސިޓީ ކިޔާ ނިމޭއިރު އެ ދެލޮލަށް އަބަދުވެސް ކަރުނަ ޖަމާވެ އެވެ.

ޒޭންގެ ހިތަށް އެރިއެވެ. މިއަދު އަހަރެންވެސް މިފަދަ ސިޓީއެއް ޝޫރާއަށް ލިޔާނަމެވެ. އެކަމަކު އެއީ އަހަރެން އޭނަ ދެކެ ލޯބިވާވަރު ހާމަކޮށްފައެވެ. އުމުރަށް އެކީ އުޅެން ބޭނުންވާ ވާހަކަ ބަޔާންކޮށްފައެވެ. އޭނާގެ އިންތިޒާރުގައި އަދިވެސް ހުރި ވާހަކަ ނަންގަނެފައެވެ.
ކޮޓަރީގައި ހުރި މޭޒު ކައިރި އިށީނދެ ސިޓީލިޔެ ނިންމާލި އިރު ލޮލުން ހޯސްލާފައި ކަރުނަތަށް ފައިބައެވެ. އަދި އެ ކަރުދާހުގައި އޭގެ ކަރުނަ ތިއްކެޖެހި، ލިޔެފައިވާ ލަފުޒެއް ފޭދުނެވެ. އެއީ ޝޫރާގެ ނަމެެވެ. އިއްތިފާޤެއްބާއެވެ. ކަރުންނުން އެ ފޭދުނީ ދެއްޔެވެ. ތިޔަ ނަމެއް ނޫނެވެ.

—-ނިމުނީ—-

Comments (18)

  1. Fan nonns

    Wowoowowow. Ma man hama obiness ingey… Ishqeee vrh vs dhn…. Speechless….. Hama ajaebu vejje…. ❤️????????

    1. Zidhan Mohamed
      Fan nonns

      Aha… thanks buddy! ?

  2. pary

    V vai

    1. Zidhan Mohamed
      pary

      Thanks comment kollaafa buneleema ?

  3. Super girl❤

    Vrh vrh salhi? ……. dhen mi vaahaka nimunytha ey…….. haadha avahakah eh nimuny….zid ge vaahaka vrh kiyaa hithuney kiyany…..zid i really love your story…. nd I LOVE YOU ZID❤❤

    1. aysh ?
      Super girl❤

      Super girl xidhan girl friend eh hureyy ehennoonus story akh comment kohgen propose kury ma kada ey bro ???

    2. Zidhan Mohamed
      Super girl❤

      Aha… thanks buddy! ??
      Btw bodu kameh aysh ??

  4. Amee

    Zidhan thikuraa hivarah saabas…keep it up…nd good luck…btw mi part vess vrh laobi….

    1. Zidhan Mohamed
      Amee

      thanks buddy! ??

  5. Aini

    Varah varah Reethi mi vaahaka.and dont give up so easily. I love your stories a lot.aslu exam ah ready vaan jeheythi varah busy so no time to commment.hehe.and varah ufaa vejje story up koh dhini ma.?

    1. Zidhan Mohamed
      Aini

      Thaanks ?

  6. Maii

    Vrh vrh salhi stry…. ekam haadha avahakah nimunii??

    1. Zidhan Mohamed
      Maii

      thanks buddy! ??

  7. Super girl❤

    Aysh akee tha anehkaa zid ge girl friend… ehaa baaru kury

    1. aysh ?
      Super girl❤

      Nooney aysh mee zid ge girl friend eh noon!! Thankolheh anehkahala gothakah kuhjaku propose kuraathan fenunyma bunely!!! ??

    2. Zidhan Mohamed
      Super girl❤

      Ehehe… bodu kameh! im single o! ??

    3. aysh ?
      Super girl❤

      Super girl zidern single ooh!!! Chance bodu igey ??? ekam thankolheh ragalhah propose kurey ??

    4. Zidhan Mohamed
      Super girl❤

      Seriously! ?❤

Comments are closed.