Skip to content
އެސްފިޔަ

އުޖާލާވެގެންދިޔަ ޙަޔާތް (8)

ހަމަ އެވަގުތެވެ. ފޯނުގައިހުރި އައިހަމްއަށް ސިހުންގެނުވީީ ފަހަތުން މީހަކު އޭނަގެ ނަމުން ގޮވާލި އަޑުއިވުމުންނެވެ. އެއީ ކާކުގެ އަޑެއްކަން ވިސްނުމާއެކު އިސާހިތަކު އައިހަމްގެ މޫނުގެ ކުލަަވަރު ބަދަލުވެއްޖެއެވެ. ކަންފަތުން ފޯނު ވަކިކޮށްލިއިރު އަނެއް އަތްވަނީ މުށްކެވިފައެވެ. ދެބުމަ ކައިރިކޮށްލިގޮތުންވެސް އޭނަ ނުރުހުންވެފައިހުރިވަރު ހާމަވެއެވެ.

*******

ރިމްޝާ ހޭއަރާނެ އިރެއްގެ އިންތިޒާރުގައި ކެތްމަދުވެފައި އިން މީޝާ އިނީ މަޑުމަޑުން ރިމްޝާގެ އަތްތިލައިގައި ހިފަހައްޓާލައިގެންނެވެ. އަދިވެސް ޑޮކްޓަރުގެ ބަސްކޮޅު އޭނަގެ ކަންފަތްދޮށުގައި ތަކުރާރުވޭވޭ ހުއްޓެވެ. ” ޕޭޝަންޓް އިޒް ޕްރެގްނެންޓް”. ނަމަވެސް ރިމްޝާގެ މައުސޫމު މޫނުމައްޗަށް ބަލަހައްޓައިގެން އިނީ އެކުވެރިިޔާއަށް ފުރިހަމައަށް އިތުބާރުކުރާ ޙާލުއެވެ. ރިމްޝާ އެކަހަލަކަމެއް ކޮށްފާނެކަމަކަށް ހަމަހިލާ އޭނާ ޤަބޫލެއްނުކުރާނެއެވެ.

މާގިނައިރުތަކެއްނުވެ ކުޑަކޮށް އެސްފިޔަތައް ތަޅުވާލުމަށްފަހު ރިމްޝާ ލޯހުޅުވާލިއެވެ. ހިޔާލަކަށް ގެއްލިފައި އިން މީޝާއަށް ސިހިފައި ތެޅިގަނެވުނީ ރިމްޝާ މަޑުމަޑުން ގޮވާލި އަޑަށެވެ. އައިވީ ގުޅާފައިހުރި ނަމަވެސް އަދިވެސް ރިމްޝާގެ މޫނުމަތިން ވަރުބަލިކަން ފާޅުވާންހުއްޓެވެ. ” އަނހަ. މިހާރު ކިހިނެއް؟ އޯކޭތަ؟ ތަނަކަށް ތަދުވޭތަ؟” ހާސްކަން ފޮރުވާލާ ހަމަޔަކަށް އެޅިލަމުން މީޝާ ސުވާލުފައްޗެއް އަމުނާލީ ފުޅާ ހިނިތުންވުމަކާއެކުއެވެ. ” މިހާރު ކުޑަކޮން އޯކޭ. އެކަމް ބޮލުގަ ރިއްސާ އެބަ. އަހަރެންނަށް ކިހިނެއްތަ ވީ އަސްލު؟” ނިތްމަތީގައި އަތް ބާއްވާލަމުން ރިމްޝާ ބުންޏެވެ. ” ދެން ތިވާހަކަ ދައްކާނީ ފަހުން. މިގަޑީގަ އިހަށް އަރާމުކޮށްލާ. ދޮންބެ އިރުކޮޅަކުން އަންނާނެ ބޭސްތައް ހިފައިގެން.” އޯގާތެރިކަމާއެކު ރިމްޝާގެ ބޮލުގައި ފިރުމާލަމުން މީޝާ ބުނީ އެވަގުތީ އެވާހަކަ ދައްކަން އެންމެ ރަނގަޅު ދަނޑިވަޅުނޫންކަން ވިސްނޭތީއެވެ. ނަމަވެސް އެކަމުގެ ޙަޤީގަތް ހޯދުމަށްފަހު ނޫނީ އޭނައަށް ހަމަޖެހުމުގެ ނޭވާއެއް ނުލެވޭނެއެވެ.

ފުން ނޭވާއެއް ފަޒާގެ ތެރެއަށް ބޭރުކޮށްލުމަށްފަހު އައިހަމް ފަހަތަށް އެނބުރިލިއިރު ކުރިމަތީގައިހުރީ މުޅިދުނިޔޭންވެސް އޭނަ އެންމެ ނަފުރަތުކުރާ އިންސާނާއެވެ. ޙަޤީގަތުގައި އިންސާނެއްގެ ސިފައިގައިހުރި ޖަނަވާރެކޭ ބުނުމަކުންވެސް ދޮގަކަށް ނުވާނެއެވެ. އެންމެ ތުއްތު އިރުންސުރެންވެސް މަޔަކު ފަދައިން އައިހަމްއަށް ލޯތްބާއި އަޅާލުންދީގެން ބަލާބޮޑުކުރަމުންދިޔަ ފަރާތުގެ ވަސްވެސް މިދުނިޔޭން ފޮހެލި އަނިޔާވެރި ގާތިލެވެ. އޭނަގެ ބޮޑުބޭބެއެވެ. ދެލޮލުުން އަލިފާންކަނި ނުބުރިއެއްކަމަކު ނަސީރު ފެންނަ ކޮންމެ ފަހަރަކުވެސް އައިހަމްގެ ގާތަށް އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. އަލިފާންފަދަ އެނަފްރަތުގެ ހޫނުން އެއިންސާނާ ފިއްސާ އަންދާލެވޭނެނަމަ އެކަންވެސް އައިހަމް ކުރީސްތާ ކިތަންމެ ދުވަހެއް ވެއްޖައީހެވެ. ނަސީރުގެ ކައިރީގައި 35 ވަރަކަށް އަހަރުގެ އަންހެނަކު ހުއްޓެވެ. ލާފައިހުރި ޒަމާނީ ހެދުމާއިއެކު އެންމެ މިހާރުގެގޮތަށް މޭކަޕްކޮށްލާފައި ހުރުމުންވެސް ފެށަނަށް ނުހަނު ލޯބިކުރާކަން ހާމަވެއެވެ. ނިވާކަންކުޑަ ހެދުމާއެކު ޝޯލްް އަޅާފައި ހުރި ގޮތުންވެސް ކަރުގެ ބޮޑު ބައެއް ވަނީ ހާމަޔަށެވެ. އެއަންހެނާގެ އަތުގައި ހިފަހައްޓާލައިގެން ނަސީރުހުރީ ނިކަން ހެވިލާފައެވެ. އައިހަމްގެ ހިތަށް އެރިއެވެ. ކޮންފަދަ ނުބައި އިންސާނެއްހެއްޔެވެ؟ ބޮޑުދައިތަ މަރާލުމަށްމަހު މިހާރު އެއުޅެނީ އެހެން އަންހެނަކާއެކު ދިރިއުޅުންފަށައިގެންނެވެ. އައިހަމްއަށް ނޭންގުނީ ނަސްރީނާ މަރާލުމަށްފަހު މިހާރު ނަސީރު ދެމީހުންނާ އިނދެއްޖެކަމެވެ.  ބޮޑުބޭބެގެ ވިޔާނުދާކަން އައިހަމްއަށް ފެނުނުމީ ފުރަތަމަ ފަހަރެއްނޫނެވެ. އައިހަމްއާއި ދިމާއަށް ދެބުމަގާތްކޮށްގެން ބަލަހައްޓައިގެން ހުރުމަށްފަހު ނުލަފާ ވައްތަރަކަށް ނަސީރު ހޭންފެށިއެވެ. ” ކޮބާ ކިހިނެއްވިއްޔޯ މާލެ އަރައިގެން ތިއުޅެނީ. އެއަންހެނާ ކަލޭ ދޫކޮށް ދިޔައީމަ އެހިތާމައިގަ އޮވެއޮވެފަ އެންމެ ފަހުން ހިތަށް ކެތްނުވެގެން ހޯދަން ނުކުތީދޯ. ދެން އެކަމް ނުފެނިއްޖިއްޔާ ކިހިނެއް ހަދާނީ؟ ވަރަށް މޮޅުތަކެއްވެއްޖެއެއްނު އަހަރެން ބުނި މަންޖެއާ ނީންދެ އެއަންހެނާގެ ފަހަތުން ދުވެގެން. ނޭންގެ ދެން ފެންނާނީ ތާކު މަރުވެފައޮތް މަސްގަނޑުނޫންކަމެއްވެސް.” ބޮޑުބޭބެގެ އަނގައިން ބޭރުވެގެންދިޔަ ރަޙުމްކުޑަ ބަސްތައް އިވިފައި އައިހަމްގެ ހަށީގައި ލޭތައް ކެކިއަރައިގަތީ އިސާހިތަކުއެވެ. އިޙުތިޔާރެެއްނެތި ބޮޑުބޭބެގެ މޫނާ ދިމާއަށް މެޅިގެންދިޔަ އަތް ގަދަކަމުން ތިރިކޮށްލުމަށްފަހު އަވަހަށް އެތަނުން ދާން ހިނގައިގަތީ އަތުން ފައިން ގޯހެއް ހެދިދާނެކަމުގެ ބިރުހީވުމުންނެވެ. ނަމަވެސް ހިތުގައި ސުވާލު އުފެދިފައިވަނީ ބޮޑުބޭބެއަށް ލިމްޝާ އޭނަ ދޫކޮށް ދިޔަކަމެއް އިނގުނުގޮތަކާ ދޭތެރޭގައެވެ. އިރުއޮއްސެންގާތްވެފައިހުރުމުން އަވަހަށް ގެއާއި ދިމާލަށް މިސްރާބުޖެހިއިރު މިއަދު ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން ސިކުނޑިތެރޭގައިވަނީ ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައެވެ.

ރިމްޝާ ގެއަށް ދޫކޮށްލުމާއެކު މިޝާލްއާއި މީޝާ ރިމްޝާ ގޮވައިގެން ކާރަށް އެރިއެވެ. ތިންމީހުންގެވެސް މަންޒިލާ ހަމައަށް ފޯރަންދެންވެސް އެދެމެދުގައިވީ އާދަޔާ ޚިލާފު ހަމަހިމޭންކަމެކެވެ. ހީވާގޮތުން އެކަކަށްވެސް ދައްްކާނެ ވާހަކައެއް ނޭންގުނީއެވެ. ދުވަހަކުވެސް ވާހަކަހުސްނުވާ މީހުންނަށް އައި ބަދަލުން ރިމްޝާ އިނީ ހައިރާންވެފައެވެ. ވާނީވެސް އެހެންތާއެވެ. އެދެބެންނަކީ މީގެކުރިން މިނެޓަކަށް ނަމަވެސް އަނގަމަޑުން ލައިގެން ތިބޭ ބައެއްނޫނެވެ. ގޭތެރެއަށް ވަދެގެންދަނިކޮށް ކުއްލިއަކަށް ރިމްޝާގެ މޭނުބައިކުރަންފެށިއެވެ. ފާހާނައާ ހިސާބަށް ފޯރާވަރުވީ ހަމަަކިރިޔާއެވެ. ކަރުތެރޭގައި ގިނަވަމުންދިޔަ ހޮޑުތައް ބޭރުވެއްޖެއެވެ. ލޯގަނޑުން އަމިއްލަ ސޫރަޔަށް ބަލައިލިއިރު ދެލޯ ވަނީ ބޮޑުވެފައެވެ. ހިތުގައި ބިރުވެރިކަމުގެ ރާޅުބާނީއެއް ދަތުރުކޮށްލީ އެވަގުތު ހިތަށް އެރިއެއްޗަކުންނެވެ. ނަމަވެސް އެހިޔާލު ދޫކޮށްލުމަށް އަމިއްލަ ސިކުނޑިޔަށް ވިސްނައިދެމުން ފަހަތަށް އެނބުރިލިއިރު މީޝާ ބާރުބާރަށް އަންނަތަން ފެނުނެވެ. “ރިމް. ކިހިނެއްވީ؟” ހާސްވެފައިހުރެ މީޝާ އަހާލިއެވެ. ” މާބޮޑުކަމެއް ނުވެޔޭ. ކާރަށް އެރީމަ ބައެއްފަހަރު ހޮޑުލެވޭ.” ހިތާ ދެކޮޅަށްނަމަވެސް ރިމްޝާ ދޮގެއްހަދާލިއިރު މީޝާޔަށް ވާނުވާ ރަނގަޅަށް ފަހުމްވިއެވެ. ” އޯކޭ. ދެން ފެންވަރާލައިގެން އާދޭ ކާން.” މީޝާ އެހެންބުނެ ބަދިގެއަށް ދިޔައީ ރޭގަނޑު ކާނެއެއްޗެއް ތައްޔާރުކުރާށެވެ.

ގެއަށްދިޔަގޮތަށް އައިހަމް ފާހާނާޔަށްވަދެ ފެންވަރާލީ ސިކުނޑި ހަމަޖައްސާލުމަށެވެ. އެއަށްފަހު ނިދަންލާ ސޯޓު ލުމަށްފަހު އެނދުމައްޗަށް ބަންޑުންވެއްޓިގަތެވެ. ދެލޯ މަރާލައިގެން އެހެން އޮތްއިރު އެނދުގައި އަޅާފައިވާ ބެޑްޝީޓް ތެތްމަމުން ދިޔައީ އައިހަމްގެ ލޮލުން އޮހެމުންދިޔަ ހޫނު ކަރުތިކިތަކުންނެވެ. އަމިއްލަ ނިކަމެތިކަމާމެދު އޭނަޔަށް ޝަކުވާކުރެވެނީ މަދުފަހަރަކު ނޫނެވެ. ބޮޑުދައިތަ މަރުވެގެންދިޔަގޮތް ލޮލުންފެނި އަތުން ހިފިފައިވީ ނަމަވެސް އަދިއަދާ ހަމަޔަށްވެސް ބޮޑުދައިތަޔަށް އިންސާފު ހޯދައިދިނުމަށް އައިހަމްވަނީ ނުކުޅެދިފައެވެ.

ހަސަނަކީ އެއްއިރެއްގައި މާލޭގެ ނަންމަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގައި ނަންހިނގި ކުޅަދާނަ ވިޔަފާރިވެރިއެކެވެ. ލޯބިވާ އަނބިމީހާ، ޒިޔާދާގެ ފުރިހަމަ ލޯތްބާއި އެއްބާރުކުމާއެކު ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުންގޮސް ހަސަނުގެ ވިޔަފާރި ފުޅާވެގެންދިޔައީ ފަތުއަޑުކިޔާފައެވެ. މާލޭގެ އެކިއެކި ހިސާބުތަކުގައި ހަސަނުގެ ފިހާރަތަކާއި ރެސްރޯރެންޓްތައް ހުޅުވިއެވެ. ހަސަނު ދެކުންގޮތުގައި އެހުރިހާ ކާމިޔާބީއެއްގެވެސް އަސްލަކީ ޒިޔާދާގެ ލޯތްބެވެ. ޒިޔާދާޔާނުލާ ހަސަނަށް އެހިތްވަރެއްނުލިބޭނެކަމަށް އޭނާ ބުންޏެވެ. މިގޮތުގައި ދެލޯބިވެރިންވެސް ދިރިއުޅުން އާރާސްތުކުރަމުންދިޔައިރު އިންތިޒާރުކުރަމުންދިޔައީ އެދެމަފިރިންގެ ލޯބީގެ ގުލްޝަނުގައި މޭވާއެއް އަޅާނެ ދުވަހަކަށެވެ. އެބޮޑު ގޯތިތެރޭގެ ފަޅުފިލުވާލަދޭނެ ތުއްތު ތުއްތު އަޑަކަށެވެ. އެދެމަފިރިންގެ ހުވަފެންތަކުގައި ކުލަޖައްސާދެމުން އައިހަމް މިދުނިޔެއަށް ލީ ފުރަތަމަ ނޭވާޔާއެކު ޒިޔާދާގެ ފަހު ނޭވާ ބޭރުކޮށްލީ އެއަމާނާތަށް ފުރިހަމަޔަށް ރައްކާތެރިވުމަށް އެދެމުންނެވެ. ނަމަވެސް ޒިޔާދާގެ ވަކިވެދިޔުންވީ ހަސަނަށް ކެތްވާވަރުގެ ކަމަކަށްނޫނެވެ. ދިރިއުޅުން އާބާދުކޮށްދިން ލޯބީގެ ބާރު ވެގެންދިޔައީ ހަސަނު މިދުނިޔޭން ވަކިކުރި ބާރަށެވެ. އެހިތާމައިގައި ހަސަނު މިދުނިޔެ ދޫކޮށްދިޔައީ އޭނަގެ ހުރިހާ ވިޔަފާރިއަކާ ބިންތަކެއްވެސް ދަރިފުޅުގެ ނަންމައްޗަށް ބަދަލުކޮށްފައެވެ. ކޮންމެވެސް ދުވަހަކުން އެދަރިފުޅަށް އޭގެން މަންފާކުރާނެތީއެވެ. އެންމެ ތުއްތު އިރުންސުރެވެސް އައިހަމްއާ ހަވާލުވީ ބޮޑުބޭބެ، ނަސީރުގެ އަންހެނުން ނަސްރީނާއެވެ. އުފަންދަރިނޫނެއްކަމަކު ނަސްރީނާ އައިހަމް ބަލާބޮޑުކުރަމުންދިޔައީ އުފަންދަރިޔަކަށްވުރެން އެންމެ ތަންފުކެއްވެސް އުނިނުކޮށެވެ. އެހާވެސް ލޯތްބާއި އަޅާލުންދީގެންނެވެ. އައިހަމް ބޮޑުވަމުންދިޔަ ވަރަކަށް ނަސްރީނާ ދިޔައީ ހުރިހާ ހަޤީގަތެއް އައިހަމްއަށް ކިޔައިދެމުންނެވެ. ނަސްރީނާއަކީ އައިހަމްގެ މަންމަނޫންކަން އިނގުމުންވެސް ނަސްރީނާދެކެ އައިހަމްވީ ލޯތްބަކަށް ކުޑަކޮންވެސް ގުޑުމެއްނާރައެވެ. އޭގެ ބަދަލުގައި ނަސްރީނާޔަށް އައިހަމް ކުރަމުންދިޔަ ޤަދަރާއި ޢިއްޒަތްވީ ހައްތަހާ އިތުރެވެ. ފުރާވަރަށްއެރުމާއެކު ޤާނޫނީ ވަކީލުގެ އެހީގައި އައިހަމް އޭނަގެ ނަމުގައިހުރި ހުރިހާ އެއްޗެއް ބޮޑުދައިތަ، ނަސްރީނާގެ ނަމަށް ބަދަލުކުރީ އެތަކެތި ބޮޑުދައިތަ ޤަބޫލުނުކުރާނެކަން އެނގިހުރެއެވެ. އޭނަ ޤަބޫކުކުރިގޮތުގައި އަމިއްލަ ދަރިއެއްފަދައިން އޭނަ ބަލާބޮޑުކުރަމުންދިޔަކަމަށްޓަކައި އެވަރު ބޮޑުދައިތަޔަށް ޙައްޤު ވާނެކަމަށެވެ. ނަމަވެސް….

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (25)

  1. Inoo

    Varah reethi mi part vx… waiting for the next part ❤️❤️

    1. No one
      Inoo

      Thank u so much inoo dear…♥️♥️♥️

  2. unique

    yay noone thanks a lot dear

    1. No one
      unique

      U re most wlcm♥️

  3. ..

    Wow. What a nice story. Next part vx thankolheh avahah up kohdhehcheyy

    1. No one
      ..

      Thanks a lot dear.. i will try v haa vx avahah up kureveytho

  4. Nunnu

    alhey rimshaa preg vee dho
    haadha dheraey
    keehvebaa rim sirru kurany
    I think ey rim ah meehaku dhin landeh
    rim rape kollee kanneynge dho
    so sad
    vvvvvvvvvvvvv reethi mi part ves
    when next part

    1. No one
      Nunnu

      Thank u so much nunnu… Really happy nunnu ah mi part kamudhiyaiima… ?♥️♥️ Vedhaane hama thihen vx.. dhn balamaa dhw

  5. Roxy

    Dearie mi prt vx hama awesme ?? whn nxt prt buddyy i undrstnd nge cox roxy vx hama vvvvvvv bxy vyya btw u grade 10?? ???

    1. No one
      Roxy

      Thank u roxy… Yh

    2. Roxy
      Roxy

      same here ?

  6. Livee

    Aan livee ah ves heevany thihen
    Rim aa aiham aa gulhuvaba pls
    I think aiham ge bodu beybe hen limsha maraaly

    1. No one
      Livee

      Hehe.. vedhaane dhw hama. Hingaa balamaa dhn vaagotheh

  7. unique

    vvv reethi thanks dear

    1. No one
      unique

      So happy unique ah story kamudhiyaiima♥️♥️

  8. Neih bunaa hitheh

    Vrh reethi mi part ves ❤?

    1. No one
      Neih bunaa hitheh

      Thanks jumss♥️♥️

  9. Aiminath

    Wow. Nice story

    1. No one
      Aiminath

      Thanks♥️

  10. Yaa

    Maa ginain fb ashaa ehchiss ah nuvadhe thankolheh avahah vaahaka up kohdhybala plx..

    1. No one
      Yaa

      Nuvannanamey raaya vannahaa ginainneh???

  11. maya

    vv reethi no one ,,than kolheh avahah up kohdhehcheyy,….

    1. No one
      maya

      Thanks maya.. I’m trying

  12. Hairaan

    Kba 9..varah reethi maabodah lasvany up kuran.

  13. Someone

    V v v v nice.. keep it up dear♥️♥️

Comments are closed.