Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 23

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
July 8, 2018 9 Mins Read
19 Comments

ޝައުނާ ޔައިޝްގެ ފަހަތުން ގޮސް ކޮޓަރިއަށް ވަނެވެ. އޭނައަށް އެންމެެ ފުރަތަމަ ވަށާއިގެން ކޮޓަރިއަށް ނަޒަރު ހިންގާލެވުނެވެ. ތަނަވަސް ބޮޑު ކޮޓަރިއެކެވެ. ކޮޓަރީގެ ހަތަރު ފާރުގައި ވަނީ އަޅި ކުލަ ލައިފައެވެ. ކޮޓަރިއަށް ވަންނަ ދޮރާއި ކައިރިން އެއްފަރާތުގައި އަޅި ކުލައިގެ ބޮޑު ސޯފާއެއް ހުރި އިރު ސޯފާގެ ކުރިމަތީގައި ހަތަރެސްކަން ބިއްލޫރި މޭޒެއް ހުއްޓެވެ. ޖެހިގެން ހުރި ބިތުގައި ފަސް ދޮރުފަތް ލީ އަޅި ކުލައިގެ އަލަމާރިއަކާއި ޑްރެސިން ޓޭބަލެއް ވެއެވެ. ކޮޓަރިއަށް ވަންނަ ދޮރުގެ އަނެއް ފަރާތުން ތަންކޮޅެއް ދުރުގައި ކިންގް ސައިޒުގެ އެނދެއް ހުއްޓެވެ. ބޭރު ފެންނާނޭހެން ކަހާލެވޭގޮތަށް ހުރި ބޮޑު ބިއްލޫރި ދެދޮރުން ބެލްކަނީގައި ހައްދާފައިވި މާތައް ނުހަނު ރީތިކޮށް ފެނެއެވެ. ކޮޓަރީގެ ކޮންމެ ދިމާލަކުންވެސް ފެންނަމުން ދަނީ ސާފުތާހިރުކަމާއި ތަރުތީބުކަމެވެ. ޔައިޝް ގޮސް ޑްރެސިން ޓޭބަލްގެ ވަތްގަނޑަކުން ހުދު ކުލައިގެ ޕްލާސްޓިކް ފޮއްޓެއް ނެގާ ޝައުނާއަށް ދިނެވެ. ޝައުނާ އެ ފޮށީގައި ހިފުމަށްފަހު އެނދުގައި އިށީނދެ އެ ފޮށި ހުޅުވާލިއެވެ. އޭގައި ގޮށް ހަރުކުރަން ބޭނުންވާ ސާމާނު ހުއްޓެވެ. ޔައިޝްވެސް ތަންކޮޅެއް ދުރުގައި އިށީނދެ ޝައުނާގެ ހަރަކާތްތަކަށް ބަލަން އިނެވެ. އޭރު އޭނަގެ ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ. ޝައުނާ ތިނޯސް ބުރުން ތިނޯހެއް ނެގުމަށްފަހު ހުދު ކުލައިގެ ބަރަނިން ރޮދި ލެއްވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ޔައިޝް ހިނިތުންވެލައިގެން އޭނައަށް ބަލަން އިނުމުން ޝައުނާއަށް އެކަމަށް ސަމާލުކަން ދެވޭ ގޮތެއް ނުވެއެވެ. އޭނައަށް އިރުއިރުކޮޅުން ޔައިޝްއަށް ބަލާލެވެއެވެ. ” ޔައިޝް… އެހެން ދިމާލަކަށް ބަލާފާނަންތަ… ތިވަރަށް ބަލަންޏާ އައި ކާންޓް ކޮންސެންޓްރޭޓް އޮން ދިސް… ” އެންމެ ފަހުން ޝައުނާއަށް ނީންދެވިގެން ތެދުވަމުން ބުނެލިއެވެ. އެހެން ބުނުމާއެކު ސިހިފައި ޔައިޝް ތެދުވެ ސޮރީ އޭ ބުނުމަށްފަހު ބެލްކަންޏަށް މިސްރާބު ޖެހިއެވެ. ޔައިޝްއަށް ވީ ގޮތް ފެނިފައި ޝައުނާގެ ގާތަށް ހިނިވެސް އައެވެ. ” އަހަރެންވެސް ދޯ… ” ބެލްކަނީގެ ރެއިލިންގެ ކައިރީގައި ހުއްޓި އަމިއްލައަށް ބޮލުގައި ބޮނޑިއެއް އަޅާލަމުން ޔައިޝް ބުނެލިއެވެ.                                         އިފާން ދެއްކި ކޮޓަރިއަށް އައިލީން ގޮސް ވަނެވެ. އޭނާ ގޮސް އެކޮޓަރީގެ ފާޚާނާއަށް ވަދެ ހެދުމުގެ ޑްރިންކް ވެރުނު ތަން ކުޑަ ފެން ފޮދެއް ލާ ރީތިކޮށް ދޮވެލިއެވެ. ފާޚާނާ އިން ނިކުމެ ތަންކޮޅަކަށް ދެވުނު ތަނާ ކަންފަތުގައި އިން އިއަރިންގް ވެއްޓުމުން އެ ނަގައި ޑްރެސިން ޓޭބަލްގެ ކުރިމަތީގައި ގޮސް ހުއްޓިލިއެވެ. ކަންފަތުގައި އިއަރިންގް ހަރުކުރަން ހުރި އައިލީން ސިހފައި ތެޅި ގަނެވުނީ ފަހަތުން މީހަކު އޭނަގެ ބަނޑުގައި ބައްދާލުމުންނެވެ. ” ހެހެހެ… އައިލީ.. މީ މަށޭ… ޓްރެސިން ޓޭބަލް ކުރިމަތީ ހުރި އިރު ވެސް ސިހިއްޖެ… ” ޔޫހާން އެހުރި ގޮތަށް ހުރެ މަޑު ހުނުމަކާ އެކު ބުނެލިއެވެ. ” ސިހޭނެއްނު ސިއްރު ސިއްރުން އައިސް ތިހެން ކަންތައް ކުރީމަ… ޔޫހާން މީހަކަށް ފެ… ” ވާހަކަ ދައްކަމުން ދިޔަ އައިލީން އެހުރި ގޮތަށް ހުރެ ކުޑަކޮށް އޭނަގެ މޫނު ޔޫހާން އާއި ވީ ފަރާތަށް އަނބުރާލިއެވެ. އެވަގުތު ދެ މީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. ޔޫހާންގެ ލޮލުގައިވި އަސަރަކުން އައިލީންއަށް ވާހަކަ ފުރިހަމަ ކުރެވޭ ގޮތެއް ނުވިއެވެ. ދެ މީހުންގެ ހަތަރު ކަޅި ބައްދަލުވުމާއެކު ދެހިތުގެ ހިނގުން އިހުނަށްވުރެ ބާރުވިއެވެ. އައިލީންގެ ހިތް ހީވީ ނިކުމެދާނެ ހެންނެވެ. ޔޫހާން އެހާ ގާތުގައި ވުމުން އޭނަގެ އަތް ފައިވެސް ހީވަނީ ގަނޑު ފެންކޮޅެއް ހެންނެވެ. ޔޫހާންގެ ހާލަކީ ކޮބާތޯއެވެ. އައިލީންގެ އެ ރީތި މޫނު އެހާ ގާތުން ފެނުމުން އިހުސާސްތައް ކޮންޓްރޯލްކުރުންވީ ޔޫހާންއަށް ވަރަށް ދަތިކަމަށެވެ. އޭނަގެ ލޮލުގެ ނަޒަރު އޭރު ސީދާވެފައި ވަނީ އައިލީންގެ ފިޔާތޮށި ކުލަ އަރާ ތުންފަތަށެވެ. ޔޫހާން މަޑުމަޑުން އޭނަގެ މޫނު އައިލީންގެ މޫނާ ކައިރިކުރަމުން ދިޔައެވެ. ”ޔޫ… ޔޫހާން… ” އަޅައަޅައިގަންނަމުން އައިލީން މަޑުމަޑުން ޔޫހާންގެ ނަން ކިޔާލިއެވެ. އެހެނަސް ޔޫހާންއަށް އެއަޑު ނީވޭ ފަދައެވެ. ފަހަރަކަށް ވުރެ ފަހަރެއް ދިޔައީ ޔޫހާންގެ މޫނު އައިލީންގެ މޫނާ ކައިރިވަމުންނެވެ. ކުއްލިއަކަށް އައިލީން ޔޫހާން އާއި ދުރަށްޖެހިލިއެވެ. ޔޫހާންއަށް ހޭވެރިކަންވީ އައިލީން ދުރުވެލުމުންނެވެ.                                                   ސިޓިން ރޫމުގައި އެދެ މީހުން އެކަނިވުމާއެކު އިފާން ރިފްޝާގެ އުނަގަނޑުގައި ހިފާ އޭނަ އާއިވީ ފަރާތަށް ދަމާލިއެވެ. ލިބުނު ސިހުމުގައި ރިފްޝާއަށް ދެ ލޯ ބޮޑު ކޮށްލެވުނެވެ. ”އަދިވެސް ނުބުނަމެއްނު ރިފޫ އަހަރެންދެކެ ލޯބިވާ ކަމެއް.. ” ރިފްޝާގެ އަޅި ކުލައިގެ ލޮލާ ހަތަރު ކަޅި ހަމަކޮށްލަމުން އިފާން ބުނެލިއެވެ. ” ނުބުނިއްޔާ ފާން އަކަށް ނޭނގޭތަ އަހަރެން ފާން ދެކެ ލޯބި ވާކަމެއް… ” ރިފްޝާވެސް އިފާންގެ ކަރުގައި އަތް ވަށާލަމުން އޭނަގެ ލޮލަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. ” ތި ދުލުން ބުނާ އަޑު އަހާލަން ބޭނުންވަނީ… ” ރިފްޝާ އިތުރަށް އޭނަ އާއި ކައިރި ކޮށްލަމުން އިފާން ބުނެލިއެވެ. އެއާއެކު ރިފްޝާގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ. ” އައި ލަވް ޔޫ… ވަރަށް ވަރަށް ބޮޑަށް ލޯބިވޭ… ” އިފާންގެ ކަންފަތާއި ކައިރިވެލުމަށްފަހު ރިފްޝާ ބުނެލިއެވެ. އަދި އިފާންގެ ކޯތާފަތުގައި ބޮސްދިނެވެ. ރިފްޝާގެ ތުންފަތުގެ އިހުސާސްވުމުން އިފާންއަށް ލޯ މަރާލެވުނެވެ. ” މިހާރު އިނގިއްޖެތަ އަހަރެންވެސް ފާންދެކެ ލޯބިވާކަން… ” ރިފްޝާ އިފާންގެ ލޮލާ ހަތަރު ކަޅި ހަމަކޮށްލަމުން އަހާލިއެވެ. ” މާ ބޮޑަށް ވެސް… ” އިފާންވެސް އެހެން ބުނުމަށްފަހު ރިފްޝާގެ ދޮން ކޯތާފަތުގައި ބޮސްދިނެވެ. އެއާއެކު ރިފްޝާގެ ތުންފަތަށް ލަދު ރަކި ހިނިތުންވުމެއް ވެރިވިއެވެ.                                     ތިނޯހަށް ރޮދި ލެއްވުމަށްފަހު ޝައުނާ ބެލްކަންޏަށް މިސްރާބު ޖެހީ ޔައިޝް ބެލްކަނީގައި ހުރުމުންނެވެ.  ” ރޮދި ލެއްވިއްޖެ… ” ޝައުނާ މިހެން ބުނެ އެތެރެއަށް ހިނގައިގަތުމުން ޔައިޝްވެސް ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. ޔައިޝް އައިސް ޝައުނާގެ ކުރިމައްޗަށް ހުއްޓުމާއެކު ޝައުނާ އޭނަގެ އަތް ދިއްކޮށްލިއެވެ. ޔައިޝް އޭނަގެ ޖީބުގައި އޮތް ގޮށް ޝައުނާގެ އަތަށް ލައިދިނެވެ. އެއަށްފަހު ދެ ޖީބަށް އަތް ޖަހައިލައިގެން ވަރަށް ހަމަޖެހިލައިގެން ހުއްޓެވެ. ޝައުނާގެ ހިތުގެ ހިނގުން އަވަސްވެފައި ވަނީ ޔައިޝްގެ ކުރިމަތީ އެހާ ގާތުގައި ހުންނަން ވުމުންނެވެ. ޔައިޝްއަށް އަވަސް ނަޒަރެއް ދެމުން އޭނާ ގޮށް ހަރުކުރުމައިގެން ކުރިއަށް ދިޔައެވެ. ޝައުނާގެ ހަރަކާތްތަކަށް ބަލަން ހުރި ޔައިޝްގެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. ގޮށް ހަރުކުރަމުން ދިޔަ ޝައުނާ ކުޑަކޮށް އިސްއުފުލާލި ވަގުތު ޔައިޝްގެ ނަޒަރު އޭނައަށް އަމާޒުވެފައިވާ ތަން ފެނި ހަރަކާތްތަށް މަޑުޖެހިލިއެވެ. ދެ މީހުންގެ ނަޒަރު ސީދާވުމާއެކު ދެ ހިތަށްވެސް އޭގެ އަސަރު ކުރުވިއެވެ. އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ދެ މީހުންނަށްވެސް ހުރެވުނެވެ. ” އާހް… ” ޝައުނާގެ ޗޮކްލެޓު ކުލައިގެ ދެ ލޮލަށް ގެއްލިފައި ހުރި ޔައިޝްއަށް ތެޅިގަންނަމުން ބުނެވުނެވެ. ”ކިހިނެއްވީ… ” ހާސްވެފައި ޝައުނާ އަހާލިއެވެ. ޔައިޝް އޭނަގެ މޭ މައްޗަށް ބަލާލުމުން ޝައުނާ ވެސް ޔައިޝްގެ މޭ މައްޗަށް ނަޒަރު ހުއްޓާލިއެވެ. ” ސޮ… ސޮރީ ސޮރީ… ވަރަށް ތަދު ވޭތަ… ” ޔައިޝްގެ މޭމަތީ ތިނޯސް ހެރުނު ތަނުގައި އަތުން ފިރުމާލަމުން ޝައުނާ ވާހަކަ ދެއްކިއެވެ. އޭނައަށް ޔައިޝްގެ މޭމަތީގައި ފިރުމާލެވުނީ އިޚްތިޔާރުން ބޭރުގައެވެ. މިތަން ފެނި ޔައިޝްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ” ޔައިޝް… އައިމް ރިއަލީ ސޮރީ… ތަދުވޭތަ… ” ދެވަނަ ފަހަރަށް ވެސް ޝައުނާ އަހާލިއެވެ. ” އެތާކަށް ތަދެއް ނުވޭ… އެކަމަކު މިތަނަށް ވަރަށް ތަދުވޭ… މީ ޑޮކްޓަރީ ބޭހުން ރަނގަޅު ކުރެވޭނެ ކަހަލަ ތަދެއް ނޫން… މި ތަން ރަނގަޅު ކުރެވޭނެ ފަރުވާއެއް ދެވޭނީވެސް ހަމައެކަނި ޝައުއަށް… ޝައުގެ ލޯބިން މިހިތަށް އެވާ ތަދު މުޅިން ކަނޑުވާލަ ދޭނެ… ޕްލީޒް އަހަރެންގެ މިހިތަށް ފަރުވާއެއް ދީ… ” ވަރަށް އަސަރާއެކު ޔައިޝް އޭނަގެ ހިތާ ވީ ދިމާލަށް އިޝާރާތްކުރަމުން ވާހަކަ ދެއްކިއެވެ. ޝައުނާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ޔައިޝްގެ ލޮލުން އޭނައަށް ލޯބި ފެންނަ އިރުވެސް އެ ލޯބި ގަބޫލުކުރާކަށް އޭނަގެ ސިކުނޑި ބޭނުމެއް ނުވެއެވެ. ހިތް އެދެނީ ޔައިޝްގެ ލޮއެބަށް އާބަސް ބުނާށެވެ. އެހެނަސް މާޒީގައި އޭނަ ހިތް އެދޭ ގޮތަށް ކަންތައް ކުރުމުން އޭނައަށް ވީ ފައިދާއެއް ނެތެވެ. ލޮއެބާއި އަޅާލުން ލިބުމުގެ ބަދަލުގައި އޭނައަށް ލިބުނީ ހުސް ހިތާމަ އާއި ވޭނެވެ. ޔައިޝްގެ ލޮލުން އޭރުވެސް އޭނަ ޖަވާބަކަށް ބޭނުންވެފައިވި ވަރު ހާމަވެގެންދެއެވެ. މާޒީގެ އެ ހަނދާންތައް އާވުމާއެކު ޝައުނާ އެހުރި ގޮތަށް ހުރެ އިސްޖަހާލަމުން ފިޔަވަޅެއް ފަހަތަށް އަޅާލިއެވެ. ފައި އެޅުނު ގޮތަކުން ވެއްޓެން ދިޔަ ޝައުނާގެ އުނަގަނޑުގައި ޔައިޝް އޭނަގެ ބާރުގަދަ ދެއަތުން ހިފަހައްޓާލަމުން އޭނަ އާއި ވީ ފަރާތަށް ދަމާލިއެވެ. ޝައުނާވެސް އޭނަގެ ދެއަތުން ޔައިޝްގެ ކޮނޑުގައި ބާރަށް ހިފަހައްޓާލިއެވެ. އޭނަގެ އަތުގެ ހިމާޔަތުގައި އޮތް ޝައުނާގެ ކަރުނަވީ ދެ ލޯ ފެނި ޔައިޝްގެ ހިތަށް ތަދުވިއެވެ. ޝައުނާ ޔައިޝް އާއި ދުރުވެލުމަށްފަހު ޔައިޝްއަށް ފަސްދީގެން އިރުކޮޅަކު ހުއްޓެވެ. ޔައިޝްވެސް ހުރީ ދެން އިތުރަށް ބުނާނެ އެއްޗެއް ނޭނގިފައެވެ. ޝައުނާ އެހެން ހުރުމަށްފަހު އަތުގެ ނުފުށުން އޭނަފެ ލޮލުން އޮހޮރުނު ކަރުނަތައް ފޮހެލިއެވެ. އަދި އެނބުރި ޔައިޝްގެ ކުރިމައްޗަށް އަރައި ގަމީހުގައި ގޮށް ހަރުކޮށްލަދިނެވެ. ޔައިޝް އޭރުވެސް ހުރީ ޝައުނާގެ ހަރަކާތްތަކަށް ބަލާށެވެ. ޝައުނާވެސް އެއްޗެކޭ ނުބުނާތީ ޔައިޝްވެސް އިތުރު ވާހަކައެއް ނުދައްކައެވެ. ދެ މީހުންގެ ދެމެދަށްވެސް ވެރިވެފައިވަނީ ހިމޭންކަމެވެ. ގޮށް ހަރުކޮށްލުމަށްފަހު ރޮދި ފަށް ކަތުރުން ވަކިކޮށްލިއެވެ. އަދި ޔައިޝް ދިން ފޮއްޓަށް އޭނާ ނެނގި ހުރިހާ ސާމާނެއްް ލުމަށްފަހު އެނދުގައި ބޭއްދިއެވެ. ޔައިޝްއަށް އިތުރަށް ބަލާލުމެއްވެސް ނެތި ޝައުނާ ކޮޓަރިން ނިކުމެގެން ދިޔައެވެ. ޔައިޝް ހުރި ތަނުގައި އެއްވެސް ހަރަކާތެއް ނެތި ހުއްޓި ހުރީއެވެ.                                             ހާސްވެފައިހުރި އައިލީން ދިޔައީ އަތުގެ އިނގިލި ތަކާއި ކުޅެމުންނެވެ. އައިލީންގެ ހިތުގެ ހިނގުން އަދިވެސް ހަމައަކަށް ނޭޅެއެވެ. އައިލީންގެ މޫނު މައްޗަށް އަރަމުން ދިޔަ ކުލަވަރުތައް އޭނަގެ ފަހަތުގައި ހުރި ޔޫހާންއަށް ޑްރެސިން ޓޭބަލްގެ ލޯގަނޑުން ދިޔައީ ފެންނަމުންނެވެ. އައިލީންގެ މޫނު މަތީގެ ކުލަވަރު ފެނި ޔޫހާންގެ ތުންފަތުގައި ކުޅެލީ ލާނެއް ހިނިތުންވުމެކެވެ. ޔޫހާން ދެވަނަ ފަހަރަށް ވެސް ކުރިއަށް ޖެހިލާ އައިލީންގެ ބަނޑުގައި ފަހަތުން ބައްދާލިއެވެ. ކުރީ ފަހަރެކޭ އެއްފަދައިން މިފަހަރުވެސް އައިލީ ސިހިގެން ދިޔައެވެ. އެހެނަސް ދެވަނަ ސިކުންތުގައި އޭނަގެ ތުންފަތުގައި ކުޅެލީ ލަދު ރަކި ހިނިތުންވުމެކެވެ. ” ޔޫހާން… މީހަކަށް ފެނި ދާނޭ… ޕްލީޒް… ” އައިލީން ޔޫހާންގެ އަތް ނެއްޓުވޭތޯ މަސައްކަތްކުރަމުން ބުނެލިއެވެ. އެހެނަސް އޭނައަށް އެކަން ކުރެވޭ ގޮތެއް ނުވިއެވެ. ޔޫހާން ހުރީކީ ދޫކޮށްލާ ގޮތަކަށް ނޫނެވެ. ”އައިލީ… ނުފެންނާނޭ އެއްވެސް މީހަކަށް… ޝައު އާ  ޔައި ވީ ޔައިގެ ކޮޓަރީގައެއްނު… ފާން އާ ރިފޫ ސިޓިން ރޫމުގަ… ދެން އެހެން ވީމަ އަހަރެނެން ދެމީހުން އެކަނި… ހާދަ އިންތިޒާރެއް ކޮށްފީމޭ އައިލީ އާއެކު އެކަނިވެލާނެ ފުރުސަތަކަށް… އެކަމަކު އައިލީ ތިއުޅެނީ އަހަރެންނަށް އެ ފުރުސަތު ނުދޭން… މިހާރު ފޫހި ވީތަ އައިލީ އަ… ” ޔޫހާންގެ ވާހަކަ ފުރިހަމަ ނުކުރެވުނީ އައިލީން އޭނަ އާއި ވީ ފަރާތަށް އެނބުރި ޔޫހާންގެ ތުންފަތުގައި ޝަހާދަތް އިނގިލި ކުރި ޖެއްސުމުންނެވެ. ” ނޫން… ދުވަހަކުވެސް ޔޫހާންދެކެ ފޫއްސެއް ނުވާނަން… ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ޔޫހާން ދެކެ ލޯބިވުމެއްވެސް ނުހުއްޓާނަން އިންޝާ ﷲ… ތީ އަހަރެންގެ އެންމެ ފުރަތަމަ ލޮއެބަކީވެސް އަދި އެންމެ ފަހުގެ ލޮއެބަކީވެސް… ދުވަހަކުވެސް ޔޫހާން ނޫން އެހެން ފަރާތަކަށް މިހިތަކުން ޖާގައެއް ނުލިބޭނެ… އަބަދުވެސް މިހިތުގަ ވާނީ ޔޫހާންގެ ނަން… ” ޔޫހާންގެ އަޅި ކުލައިގެ ޖާދުވީ ދެ ލޮލާ ހަތަރު ކަޅި ހަމަކޮށްގެން ހުރެ ސާބިތުކަމާއި ލޮއެބާއެކު އައިލީން ބުނެލިއެވެ. ޔޫހާންއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. ޔޫހާންވެސް ނުހަނު އޯގާތެރިކަމާއި ލޮއެބާއެކު އައިލީންގެ ނިތުގައި ބޮސްދިނެވެ. އައިލީންގެ ތުންފަތުގައިވި ހިނިތުންވުން ފުޅާވެގެން ދިޔައެވެ. ” ހޫމް.. ގެނޭ މި އިއަރިންގް އަހަރެން ހަރުކޮށްލަ ދޭނަން… ” އައިލީންގެ ނިތަށް ބޮސްދިނުމަށްފަހު އައިލީންގެ އަތުގައި އޮތް އިއަރިންގް ފެނި ހިނިތުންވުމެއް ހަދިޔާކުރަމުން ޔޫހާން ބުނެލިއެވެ. އައިލީންވެސް އިއަރިންގް ޔޫހާންގެ އަތަށް ދިނުމަށްފަހު ޑްރެސިން ޓޭބަލް އާއި ކުރިމަތި ވާނޭހެން ހުއްޓިލިއެވެ. ޔޫހާން އައިލީންގެ އިސްތަށިކޮޅުތައް އެއްފަރާތް ކޮށްލުމަށްފަހު ކަންފަތުގައި އިއަރިންގް ހަރުކޮށްލަ ދިނެވެ. ޔޫހާންގެ ހޫނު ނޭވާ އިހުސާސް ކުރެވެމުން ދިޔަ އައިލީން ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. ޔޫހާން ކައިރި ވެލާ ކޮންމެ ފަހަރަކު އޭނަގެ ހިތް އާދަޔާ ޚިލާފަށް ތެޅެންފަށައެވެ.                                     ޔޫހާން އިއަރިންގް ހަރުކޮށްލަ ދިނުމާއެކު އައިލީން ފަސް ދީފާ ދާން ހިނގައިގަތެވެ. އެވަގުތު ޔޫހާން އައިލީންގެ މަޑު އަތްތިލައިގައި ހިފާ މަޑުކުރުވިއެވެ. އައިލީން މަޑުމަޑުން ޔޫހާން އާއި ވީ ފަރާތަށް އެނބުރިލިއެވެ. ދެ މީހުންގެ ލޮލާއި ލޯ ސީދާވުމުން ދެ މީހުނަށްވެސް މިފަހަރު އިތުރު ބާރެއް ނުދެއްކުނެވެ. އައިލީންގެ ކަޅުކަން ގަދަ ކަޅިއެއް ލިބިފައިވި އެ ބޮޑު ދެ ލޮލަށް ނަޒަރު ހުއްޓާލައިގެން ހުރެ ޔޫހާން ދިޔައީ އައިލީން އާއި ގާތަށް ފިޔަވަޅު އަޅަމުންނެވެ. ޔޫހާން ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކަށް އައިލީން ދިޔައީ ފަހަތަށް ފިޔަވަޅެއް އަޅަމުންނެވެ. އައިލީން ގޮސް ހުއްޓުނީ އޭނާ ފާރުގައި ލައްވުމުންނެވެ. އޭރު ޔޫހާން ކާއިރިއަށް އައިސް ފާރުގައި އަތް ވިއްދާލަނީއެވެ. އެ ދެލޮލުގައިވި އަސަރު ފެނިފަވެސް އައިލީންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ޔޫހާން އޭނަގެ މޫނު އައިލީންގެ މޫނާ  ކައިރި ކޮށްލުމާއެކު އައިލީން އޭނަގެ މޫނު އަނެއް ފަރާތައް އަނބުރާލިއެވެ. އޭރު އެ ތުންފަތުގައިވަނީ ހިތްތަށް ކަތިލާނޭ ފަދަ ހިނިތުންވުމެކެވެ. ” އައި ލަވް ޔޫ އައިލީ… އަހަރެންގެ މިހިތަކުންވެސް ދުވަހަކުވެސް އައިލީއަށް ނޫނީ މިފަދަ މަގާމެއް ނުދެވޭނެ… އަބަދުވެސް އައިލީ ދެކެ އިންތިހާއަށް ލޯބިވާނަން… ” ޔޫހާންގެ ބަސްކޮޅު އިވިފައި އައިލީން އޭނަގެ މޫނު ޔޫހާންގެ މޫނާ ސީދާ ކޮށްލިއެވެ. އެއާއެކު ދެ މީހުންފެ ނޭފަތް ޖެހުނެވެ. އޭރު އެދެ މީހުން ތބީ އެހާވެސް ކައިރީގައެވެ. ޔޫހާން އޭނަގެ ދެއަތުން އައިލީންގެ މޫނުގައި ހިފާލިއެވެ. އައިލީންގެ ހިތް ދިޔައީ ކުރީ ފަހަރު ތަކަށް ވުރެވެސް އަވަސްވެގެންނެވެ. ކުރިއަށް ވުރެވެސް އައިލީން އާއި ގާތް ވެލާ ޔޫހާން އައިލީންގެ ފިޔާތޮށި ކުލަ އަރާ ތުންފަތުގައި މަޑުމަޑުން ބޮސްދިނެވެ. ބޭއިޚްތިޔާރުގައި އައިލީންއަށް ދެލޯ މަރާލެވުނެވެ. އޭރު ދެ ހިތަށްވެސް ކުރަމުން ދިޔައީ ބަޔާންކުރަން ދަތި އިހުސާސްތަކެކެވެ. ދެ މީހުނަށްވެސް ސިހިފައި ދުރަށް ޖެހިލެވުނީ ޔޫހާންގެ ފޯނު ރިންގުވުމުންނެވެ. ދެ މީހުންވެސް ދުރުވެލުމަށްފަހު އެކަކު އަނެކަކަށް އަވަސް ނަޒަރެއް ދިނެވެ. އައިލީން އަވަސް އަވަހަށް ކޮޓަރިން ނިކުތެވެ. ޔޫހާން އައިލީން ދިޔަ ދިމާލަށް ބަލަން ހުރި އިރު އޭނަގެ ތުންފަތުގައިވީ ރީތި ހިނިތުންވުމެކެވެ. އޭނާއަށް ހަމަ ބިމަށް އާދެވުނީ ދެވަނަ ފަހަރަށްވެސް ފޯނު ރިންގުވުމުންނެވެ.                                              ” ހަލޯ… ބައްޕާާ…. ކިހިނެއްވީ… ” ޔޫހާން ފޯނު ނެގުމަށްފަހު ވާހަކަ ދެއްކިއެވެ. ” ދަރިފުޅު ގޭގަ ނޫޅޭތީ… ނުކަނީތަ މިރޭ… ބައްޕަ ކާން އައިއްސަ މި ގުޅާލީ… ”ޔާސިރު އެހެން ބުނުމުން ޔޫހާން އޭނަ މިރޭ ނުކާނެކަމަށާއި އަދި މިއުޅެނީ ޔައިޝްގެ ގޭގައި ކަމުގައިވެސް ބުންޏެވެ. ޔާސިރު އެންމެ ރަނގަޅޭ ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. އައިލީން ކޮޓަރިން ނިކުން ގޮތަށް ގޮސް އެތަނުގައި ތަނބެއްގެ ފަހަތަށް ވަނެވެ. އޭނާ ތަނބުގައި ލައްވެލުމަށްފަހު މޭގައި އަތް އަޅާލިއެވެ. އެއަށްފަހު ފުން ނޭވައެއް ލީ ހަމަޖެހުމުގެ ގޮތުންނެވެ. އެހެން ހުރެ ދެ ލޯ މަރާލުމާއެކު ދެންމެ ވީ ކަންތައް އޭނަގެ ލޯ ކުރިމަތީ ސިފަވެގެން ދިޔައެވެ. އެއާއެކު އައިލީންގެ ތުންފަތަށް ލަދު ރަކި ހިނިތުންވުމެއް ވެރިވިއެވެ. ޔޫހާން އައުމުގެ ކުރިން އެތަނުން ދިޔުމަށް އޭނާ އަވަސްވެގަތެވެ. އައިލީންގެ ހަރަކާތްތަކަށް ބަލަން ހުރި ޔޫހާންގެ މޫނުމަތިން ފެންނަމުން ދަނީ އުފާވެރިކަމެވެ. އައިލީންއަށް އޭނަ އެތާ ބަލަން ހުރި ކަމެއް ނޭނގޭނޭއެވެ.                                 ކޮޓަރީގެ ދޮރު ހުޅުވާލާފައި ނިކުން ޝައުނާއަށް ނިކުމެވުނީ އައިލީންގެ ކުރިމައްޗަށެވެ. އައިލީން އެންމެ ފުރަތަމަވެސް އަަޅާއިގަތީ ޝައުނާގެ ރަތް ވެފައިވި ދެ ލޮލެވެ. ޝައުނާ އައިލީން ފެނުމުން ގަދަކަމުން ހިނިތުންވެލިއެވެ. އައިލީންވެސް ހިނިތުންވެލުމަށްފަހު ދެ މީހުން އެކުގައި ތިރިއަށް ފައިބަން ދިޔައެވެ. އައލީން ހުރީ ހަމަޖެހިގެން ޝައުނާ އާއި ވާހަކަ ދައްކަން ނިންމައިގެންނެވެ. އައިލީންމެން އަންނަ ތަން ފެނި ރިފްޝާއައި އިފާންވެސް އެކަކު އަނެކަކާ ދުރުވެލައި ހަމަޖެހިލިއެވެ. އައިލީން އާއި ޝައުނާ އައިސް ތިރިއަށް ފޭބިތަނާ ޔޫހާން އާއި ޔައިޝްވެސް ތިރިއަށް ފޭބިއެވެ. އެންމެން އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ދިހައެއް ޖަހަން ގާތްވެފައި ވުމުން ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ. ރިފްޝާ އިފާން އާއެކު ސައިކަލުގައި ދިޔައިރު އައިލީން އާއި ޝައުނާ ދިޔައީ ޔޫހާން އާއެކު ކާރުގައެވެ. ގެއަށް ގޮސް އެންމެންވެސް ނިދަން އޮށޯތެވެ. އައިލީން އާއި ޔޫހާންގެ އިތުރުން ރިފްޝާ އާއި އިފާން މިރޭ އެކަކު އަނެކަކާއެކު ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅު ހިތުގައި ރައްކާކުރަމުން ދެ ލޯ މަރާލުމާއެކު މާ ގިނަ އިރެއްނުވެ ލޮލަށް ނިދި ސަވާރުވެއްޖެއެވެ. އެއާއި ޚިލާފަށް ޔައިޝް އާއި ޝައުނާ އޮތީ ނުނިދިފައެވެ. ނިދި ވަނީ އެދެ މީހުނާ މާ ދުރުގައެވެ. ޔައިޝްގެ ސިކުނޑީގައި ކޮންމެ ފަހަރަކު ޝައުނާ އޭނަގެ ލޮއެބަށް ފަސްދީފައި ދާ މަންޒަރުތައް އެނބުރެމުން ދިޔައިރު ޝައުނާގެ ހިޔާލުގައި ވަނީ ޔައިޝް އާއެކު ހޭދަކުރުވުނު އުފާވެރި ވަގުތުކޮޅުތަކެވެ. ޔައިޝްގެ ފަރާތުން އޭނައަށް ލިބުނު އޯގާތެރިކަމެވެ. ޔައިޝްގެ ލޮއެބަށް މިފަހަރުވެސް ފަސް ދިނުމުން އޭނަގެ ހިތަށް ތަދުވިއެވެ. އެހެނަސް އެކަން ގަބޫލުކޮށް އެ ލޮއެބަށް އާބަސް ބުނާކަށް މިފަހަރުވެސް އޭނަގެ ސިކުނޑި އެއްބަހެއް ނުވިއެވެ. އެހިޔާލުތަކާއި ދުރުވެ ނިދޭތޯ ޝައުނާ ދެ ލޯ މަރާލިއެވެ.                                            ގޭތެރެ އާއި ކޮޓަރިތައް ފޮޅާ ކުނިކަހާ ސާފުކުރުމަށްފަހު އާފިޔާގެ ކޮޓަރީގެ އެނދުގެ ބެޑް ޝީޓު ބަދަލުކުރުމަށް ރިޝްފާ އެކޮޓަރިއަށްވަނެވެ. ބާލީހުގެ އުރަ ބަދަލުކުރުމަށް ބާލީސް ނެގިއިރު އޭގެ ދަށުގައި ބަންޑުން ފޮޓޯގަނޑެއް އޮތް ތަން ފެނި ރިޝްފާ ހައިރާންވިއެވެ. މަޑުމަޑުން އެ ފޮޓޯ ގަނޑު ނަގަން އަތް ތިރިކޮށްލި ތަނާ އާފިޔާ އަވަސް އަވަހަށް އައިސް އެ ފޮޓޯ ގަނޑު ނަގައި އަލަމާރިއަށް ލިޔެވެ. އާފިޔާގެ އެ ހަރަކާތުން ރިޝްފާއަށް ސިހުންގެނުވިއެވެ. ” ދަރިފުޅާ… ކީއްކުރަނީ މި ކޮޓަރީގަ… ކަމެއް ބޭނުން ވީތަ…” ރިޝްފާއަށް ބަލާލަމުން ހަމަޖެހިލުމަށްފަހު ހިނިތުންވެލަމުން އާފިޔާ އަހާލިއެވެ. ” މީ ބެޑް ޝީޓް ބަދަލުކޮށްލަނީ… މަންމާ އެއީ ކާކުގެ ފޮޓޮއެއް… ” ރިޝްފާ އަހާލިއެވެ. ” އެއީ ރިފޫގެ… ރިފޫ މަތިން މާ ބޮޑަށް ހަނދާންވާތީ މަންމަ ފޮޓޯ ފްރޭމް އިން ނެގި ފޮޓޯ ގަނޑެއް ތީ… ” އާފިޔާ ވަރަށް ހަމަޖެހިލަމުން ވާހަކަ ދެއްކިއެވެ. ” ދެން އެކަމަކު ކީއްވެ މަންމަ އެހާ ހާސްވީ… ” ރިޝްފާ އަނެއްކާވެސް އޭނަގެ ހިތުގައި އުފެދުނު ސުވާލެއް ކުރިއެވެ. ” މަންމަ ހާހެއް ނުވޭ… އެއީ މަންމަ ބޭނުންނުވީ މަންމަ ރިފޫ އާ މެދު ވިސްނާކަން ރިޝްއަށް އިނގެން… ރިޝް ބުނާނެ ވިއްޔަ މަންމަ ގާތު ނުވިސްނާށޭ… ރިޝްއަށް އެނގިއްޖިއްޔާ މަންމައަށް ބޮޑު ލެކްޗަރެއް އަޑުއަހަން ޖެހޭނެ… ހެހެހެ… ” މަޑު ހުނުމަކާއެކު އާފިޔާ ބުނެލިއެވެ. ރިޝްފާ ވެސް އެ ހުނުމުގައި ބައިވެރިއެވެ. އެހެނަސް ރިޝްފާއަކަށް އާފިޔާގެ އެވާހަކަ ގަބޫލެއް ނުކުރެވުނެވެ. ނަމަވެސް އޭނަ އެކަން މޫނު މައްޗަކުން ނުދައްކައެވެ. އެ ފޮޓޯ ގަނޑުގެ ހަގީގަތް ހޯދުމަށް އޭނަ ހުރީ ނިންމައިގެންނެވެ. އެހެންވެ އޭނާ މަންމަގެ ކުރިމަތީގައި އެކަން ގަބޫލުކުރިކަމަށް ހެދުނީއެވެ. ދެ މީހުންވެގެން ބެޑް ޝީޓް އެޅުމުގައި ހަރަކާތްތެރިވިއެވެ. ކޮންމެ މީހަކުވެސް ދިޔައީ ދެން ކަންތައްކުރާނެ ގޮތަކާމެދު ވިސްނަމުންނެވެ. ދެ މީހުންކުރެ އެކަކުވެސް އެކަން މޫނު މައްޗަކުން ނުދައްކައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

މިސްކިތްމަގު ބުޅާ

Next

ހިތުގެ އެދުމޭ ތީ…1

Next
July 8, 2018

ހިތުގެ އެދުމޭ ތީ…1

Previews
July 8, 2018

މިސްކިތްމަގު ބުޅާ

19 Comments!

  1. Aki says:
    July 8, 2018 at 3:48 pm

    varah ufaa vehje vaahka up kohladhineema .thank

  2. Ifoo ifoo says:
    July 8, 2018 at 3:56 pm

    Salaam dear readers ???❤️❤️❤️???… Here is the 23rd part ???… Hope all will like this part too… Ifoo bxy kamun ragalhah check vx nukoh levun… If there is any mistakes please point out for me so that I can improve ???… N last part ge comments thakah In Sha Allah mirey reply kohlaanan
    ???… Love you all my readers n thankyou so much all ifoo ah thidhey support ah ???❤️❤️❤️??????…

  3. Shiman says:
    July 8, 2018 at 4:01 pm

    Masha Allah vvvvvv reethi mi part…????❤❤❤❤waiting for next part..

  4. liyaa says:
    July 8, 2018 at 4:32 pm

    lobikan ??????????

  5. Naju says:
    July 8, 2018 at 4:44 pm

    Wow nice cover pic n story vvvvvvvvv nice n rom.. Shauvx dhw dhen yaige loabi except kohbr… Story hama v obi… ????

    1. Naju says:
      July 8, 2018 at 9:09 pm

      Haadhahaa rom ey dhw yoon ????adhivx bodah rom kohlabaya ???

  6. Stry Kiyaa Man says:
    July 8, 2018 at 4:46 pm

    Masha allah vvv furihama.keep it ip ifoo.
    ekamaku shaunaa heyo nuvaane dhw yaish bro dhera kuraakah.e sorah yes ey bune bala.hehe.
    thanks igey busy vex yass stry up koh dhey thiyy.waiting 4 next part.
    -salaam-

  7. unique says:
    July 8, 2018 at 7:40 pm

    vvv loabi mi story ifoo vv miss vi sry comment kurun las vaathy im really bxy… n cover pic hama amazing but eyga rifoo, faan, yaish n shaunaaves himeninama vv furihama vaanehen unique ah heevany……….. dont mind ingey its just my view

  8. unique says:
    July 8, 2018 at 7:41 pm

    vvv loabi mi story ifoo vv miss vi sry comment kurun las vaathy im really bxy… n cover pic hama amazing but eyga rifoo, faan, yaish n shaunaaves himeninama vv furihama vaanehen unique ah heevany……….. dont mind ingey its just my opinion

  9. Livee says:
    July 8, 2018 at 8:53 pm

    Story varah fahka
    Koba tha nunnu miadhu

  10. Nunnu says:
    July 8, 2018 at 8:56 pm

    V reethi
    Masha Allah
    Alhey dhen shau aa bas bunan veenu dho
    When next part

  11. Mal says:
    July 8, 2018 at 11:13 pm

    Vvvvv reethi…. Masha Allah…. Waiting for next part..

  12. Afaa says:
    July 9, 2018 at 8:46 am

    Masha Allah ❤ V furihama ❤ V reethi. ❤ Waiting for the next part ??

  13. Shaa says:
    July 9, 2018 at 5:43 pm

    Omg…V vvvvvv loabi story….juss love it…?????❤❤❤❤❤❤ waiting for next part ifoo..??

  14. Be says:
    July 10, 2018 at 9:36 am

    Nice story..v v furihama

  15. Ifoo ifoo says:
    July 11, 2018 at 11:18 am

    Dear readers… Ifoo balikoh ulheythy next part genesdhinun lasvany… I’m really sorry dear readers… As soon as I feel better next part genesdheveythr try kuraanan… Sorry dear readers…

    1. Naju says:
      July 11, 2018 at 1:03 pm

      It’s ok ifoo dear knme insaanakuvx bali vaane… Get well soon my dear… Always gud tc…

  16. Hawwor; says:
    July 14, 2018 at 2:45 pm

    Waiting 4 next prt……

  17. Lammi says:
    July 15, 2018 at 9:18 am

    V nice story eh..
    waiting for the next part dear
    plx awas khla dhyba

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 24←


All Right Reserved!