އެތައްޒަމާންތަކަކަށްފަހު އަރީފް މާލެއައީ ދައްތައެއް ކައިވެނިކުރާތީކަމުގައިވިޔަސް ހިތުގައި ފޮރުވިފައިވަނީ ވަރުގަދަ އަޒުމެކެވެ. ދެއެކުވެރިންވެސް ފުރިހަމަ އުންމީދާއެކު އަތުކުރިއޮޅާލީ ނަސީމްއަށާއި ނަސްރީނާއަށް އިންސާފު ހޯދައިދިނުމުގެ ނިޔަތުގައެވެ. ******* ހަނދު އޭގެ ދައުރު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށްފަހު އިރަށް ތަންދެމުން ފަހަތަށް ޖެހިލިއެވެ. އިރުއަރަމުންދިޔައިރު އޭގެ ރަންދޯދިތަކުން ކަނޑުގެ ލޮނުގަނޑު ވިދާބަބުޅަމުންދިޔަ މަންޒަރު ބަލަންހުރި އިރު ރިމްޝާހުރީ އާޝޯޙްވެފައެވެ. ނަމަވެސް ޤުދުރަތުގެ އެފަދަ ރީތި މަންޒަރުތައް ދައްކުވައިދިނުމަށް ކުޅަދުންވަަންތަވެރި ފަރާތުގެ މަތިން އޭނާ ކުޑަކޮންވެސް ހަނދުމަވާހެނެއް ހިއެއްނުވެއެވެ. ހޫނު ކޮފީއެއްބޮމުން […]
ފުރާވަރަށްއެރުމާއެކު ޤާނޫނީ ވަކީލުގެ އެހީގައި އައިހަމް އޭނަގެ ނަމުގައިހުރި ހުރިހާ އެއްޗެއް ބޮޑުދައިތަ، ނަސްރީނާގެ ނަމަށް ބަދަލުކުރީ އެތަކެތި ބޮޑުދައިތަ ޤަބޫލުނުކުރާނެކަން އެނގިހުރެއެވެ. އޭނަ ޤަބޫލުކުރިގޮތުގައި އަމިއްލަ ދަރިއެއްފަދައިން އޭނަ ބަލާބޮޑުކުރަމުންދިޔަކަމަށްޓަކައި އެވަރު ބޮޑުދައިތަޔަށް ޙައްޤުވާނެކަމަށެވެ. ނަމަވެސް އެކަންތައްވެގެންދިޔައީ ނަސީރުއަށް ހަޖަމުކުރެވޭވަރުގެ ކަމަކަށްނޫނެވެ. އަނބިމީހާދެކެ ލޯބިވިއެއްކަމަކު މުދަލުގެ މައްޗަށް އިސްކުރެވޭނެ އެއްވެސް ލޯތްބެއް ނަސީރުގެ ދަހިވެތި ހިތަކުނުވިއެވެ. މުދަލުގެ ކަނުލޯބީގައިޖެހި ނަސީރުގެ މަކަރުވެރި ސިކުނޑިތެރޭގައި ރާވާލި މޮޅުރޭވުންގަނޑު ވެގެންދިޔައީ ދުވަހަކުވެސް ފިލައިގެންނުދާފަދަ އަނދިރި ސާލަކުން އެތައްބައެއްގެ ޙަޔާތް […]
ހަމަ އެވަގުތެވެ. ފޯނުގައިހުރި އައިހަމްއަށް ސިހުންގެނުވީީ ފަހަތުން މީހަކު އޭނަގެ ނަމުން ގޮވާލި އަޑުއިވުމުންނެވެ. އެއީ ކާކުގެ އަޑެއްކަން ވިސްނުމާއެކު އިސާހިތަކު އައިހަމްގެ މޫނުގެ ކުލަަވަރު ބަދަލުވެއްޖެއެވެ. ކަންފަތުން ފޯނު ވަކިކޮށްލިއިރު އަނެއް އަތްވަނީ މުށްކެވިފައެވެ. ދެބުމަ ކައިރިކޮށްލިގޮތުންވެސް އޭނަ ނުރުހުންވެފައިހުރިވަރު ހާމަވެއެވެ. ******* ރިމްޝާ ހޭއަރާނެ އިރެއްގެ އިންތިޒާރުގައި ކެތްމަދުވެފައި އިން މީޝާ އިނީ މަޑުމަޑުން ރިމްޝާގެ އަތްތިލައިގައި ހިފަހައްޓާލައިގެންނެވެ. އަދިވެސް ޑޮކްޓަރުގެ ބަސްކޮޅު އޭނަގެ ކަންފަތްދޮށުގައި ތަކުރާރުވޭވޭ ހުއްޓެވެ. ” ޕޭޝަންޓް އިޒް ޕްރެގްނެންޓް”. ނަމަވެސް […]
ލަސްފިޔަވަޅުތަކެއް އަޅަމުން އޮފީހުން ނިކުތް ރިމްޝާހުރީ ބޮލަށް އެނބުރުން އަރާގޮތްވެފައެވެ. ލަހިވެގެންގޮސް މޫނުމަތީގައި ދާތިކިތައް ބަބުޅަމުންދިޔައެވެ. ޓެކްސީއަކަށް އަތް ނަގައިގެންހުއްޓާ މޫނުމައްޗަށް އަނދިރިވާންފެށިއެވެ. އަރިއަޅާލައިގެންގޮސް ވެއްޓެމުންދަނިކޮށް ބާރުގަދަ އަތަކުން ރިމްޝާގެ ގައިގާ ހިފަހައްޓާލިކަން އޭނާއަށް އިޙްސާސްކުރެވުނެވެ. މެރެމުންދިޔަ ދެލޮލުން ރިމްޝާ އެޒުވާނާއަށް ބަލާލިއެވެ. ******* ކުރިމަތިން ފެންނަން އޮތް ސޫރަފެނިފައި އައިހަމްއަށް ދެލޯ ބޮޑުކޮށްލެވުނީ ޤަބޫލުކުރަން ދަތިވުމުންނެވެ. ތަޤުދީރުގެ ކޮންފަދަ މޮޅު ރޭވުމެއްހެއްޔެވެ؟ އައިހަމްއަށް ރިމްޝާޔާ އެއްފަސްގަނޑަކަށް އާދެވުނުފަހުން އެނިކަމެތި އަންހެންކުއްޖާޔަށް އެފަދަ ކަމެއްދިމާވާ ކޮންމެ ވަގުތަކު […]
އުޑުމަތި ސާފު ރީތި ދުވަހެކެވެ. އިރު ފެނުން ތޮޅިލީ މުޅިގޭތެރެ ހަލަބޮލިކޮށްލަމުންނެވެ. އަތްމަތި އަވަސްކޮށްލާފައި އެންމެންވެސް އުޅެމުންދިޔައީ ފުރުމުގެ އެންމެ ފަހުގެ ތައްޔާރީތައްވުމުގައެވެ. އީދު އަންނަން އަދި ދެތިން ދުވަހެއް އޮތްނަމަވެސް އަހަރެމެންނަށް މިއަދު ހީވަނީ އީދު އައިސްގެން އުޅޭހެންނެވެ. އެންމެ ކުޑަކުއްޖާވެސް ދަބަސްކޮޅެއް އަޅުވާލައިގެން މުޅިގޭތެރޭގައި ދުވަމުންދިޔަގޮތުން ހީވަނީ ދެންމެދެންމެ ބެލްކަނިންވެސް ފުންމާލަފާނެހެންނެވެ. އެތުއްތު ކުއްޖާވެސް އެހާ އުފާވެފައިވީއިރު ދެންތިބި އެންމެންވެސްވަނީ ދުވަސްގަނޑަކަށްފަހު އަމިއްލަ ރަށަށް ދެވެން އުޅޭތީ އުފަލުންގޮސް ފޮޅިފައެވެ. ނައިފަރުގައި އަހަރެމެން ދިރިއުޅެމުންދިޔައީ […]
“އުޖާލާވެގެންދިޔަ ޙަޔާތް” މިވާހަކަ އަޕްނުކުރެވޭތާ ގިނަދުވަސްތަކެއްވަމުންދާތީ ކިޔުންތެރިންގެ ފަރާތުން މާފަށް އެދެމެވެ. މިވާހަކައިގެ ކުރިޔަށްހުރި ބައިތައް އަޕްކުރެވޭނީ އީދުގެ ފަހުންކަން ކިޔުންތެރިންގެ ސަމާލުމަށްޓައި ދަންނަވަމެވެ.
އެދުވަހު ފެނުނު މަންޒަރުން އައިހަމް ހީކޮށްގެން ހުރީ ޒައިންއާއި ރިމްޝާގެ މެދުގައި ގުޅުމެއް އޮންނަކަމަށެވެ. ނަމަވެސް މިރޭ ޒައިންގެ އަމަލުތައް ހުރި ގޮތުން އެއީ ކުރެވުނު ކުށްހީއެއްކަން އައިހަމްއަށް ޔަޤީންވެއްޖެއެވެ. އެދެމީހުންގެ މެދުގައި އެއްވެސް ގުޅުމެއްވާނަމަ ޒައިން އެގޮތަށް މާދުރުގައި ރިމްޝާއަށް ބަލަން ނީންނާނެކަމަށް އައިހަމްއަށް ޤަބޫލުކުރެވުނެވެ. ސިކުނޑިތެރޭގައި އެނބުރެމުންދިޔަ ޙިޔާލުތަކުން އައިހަމްއަށް ބޭއިޙްތިޔާރުގައި ހިނިތުންވެލެވުނެވެ. ******* ދެފަރާތަށް ފުރޮޅި ފުރޮޅިއޮތް ރިމްޝާގެ ލޮލުގައި ނިދީގެ އަސަރެއްވެސް ނެތެވެ. މެންދަމު އެކެއްޖަހަންދިޔައިރުވެސް ރިމްޝާގެ ހާލަކީ އެއީއެވެ. މިރޭ […]
ހީހީފައި ދެއެކުވެރިން ވާހަކައިގާ ތިބިއިރު ރިމްޝާއަށް ނޭންގުނުކަމަކީ އެދެމީހުން އެތަނަށް ވަނީންސުރެން އެތަނުގައި އިން ޒުވާނެއްގެ ނަޒަރު ހިނދުކޮޅަކަށްވެސް ރިމްޝާއާ ވަކިނުވާކަމެވެ. ****** ” އޭތް މިހާރު ދެން ތިހޯދަން އުޅުނު ލިމްޝާއެއް ފެންނަވަރުވެއްޖެތަ؟” ރެސްޓޯރެންޓެއްގައި އައިހަމްއާއިއެކު ކާންއިން މިޝާލް އަހާލިއެވެ. އަނގަޔަށްލާންއުޅުން އެތިކޮޅުވެސް އަނބުރާ ތައްޓަށްލުމަށްފަހު އިސްދަށަށް ޖަހާލި އައިހަމް ދެފަރާތަކަށް ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އެމީހުން ތިބި ހިސާބު ފުދޭވަރަކަށް އަނދިރި ނަމަވެސް އައިހަމްގެ މޫނުމަތިން އަރާ ފައިބަމުންދިޔަ ކުލަވަރު މިޝާލްއަށް ރަނގަޅަށްފެނުނެވެ. […]
ރަޙުމްކުޑަކަމާއެކު ގެއިންނެރެ އެއްލާލި މަޔަކަށްޓަކައި ކަރުނައަޅާނުރޮއުމަށް އޭނަ އަޒުމްކަނޑައެޅިއެވެ. އަދި ޙަޔާތުގެ އެހިތާމަވެރި ޞަފްޙާތަކުގައި ތަޅުއަޅުވާ މުޅިން އާ ޞަފްޙާތަކެއް ލިޔުމަށް އަޒުމް ކަނޑައެޅީ އެކަމަށް މަގުފަހިކޮށްދިން އެކުވެރިޔާއަށް ޝުކުރުކުރާ ޙާލުގައެވެ. ނަމަވެސް މިއުފާވެރިކަން މާގިނައިރަކު ދެމިގެންދާނެބާއެވެ؟ ތަޤްދީރުގައި ރިމްޝާއަށްޓަކައި ކުރިޔަށް ލިޔެވިފައިވަނީ ކޮންފަދަ ކަންތައްތަކެއްބާއެވެ؟ ******* މުޅިން އާދުވަހަކަށް އިރުފެނުންތޮޅިލީ ރިމްޝާގެ ދިރިއުޅުމަށްވެސް ބޮޑެތި ބަދަލުތަކެއްގެންނަމުންނެވެ. ރޭގައި ރަނގަޅަށް ނުނިދުމުގެ ސަބަބުން މިއަދު ރިމްޝާއަށް ހޭލެވުނީ ތަންކޮޅެއްލަހުންނެވެ. ބިނދިފައިވާ ފައިގެ ސަބަބުން ދަތިތަކެއްކުރިމަތިވީނަމަވެސް އަވަސްކޮށްލައިގެން ފާހާނާއިންނުކުތްއިރު […]