Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތުގެ އެދުމޭ ތީ ޓްރެއިލަރ

Nauura Level 1
July 7, 2018 4 Mins Read
18 Comments

” އަނބި ގަބޫލުކޮށްފިން…” ގާޒީގެ ސުވާލަށް އަރޫން ފިރިހެންވަންތަ އަޑުން ޖަވާބުދިނުމާއެކު މުޅި މާހައުލުގައި ގުގުމާލީ މެހެމާނުންގެ އަތްތިލަ ބަޑީގެ އަޑެވެ. އަލަތު އަނބިމީހާ މަލްޝާގެ އަތުގައި އޭނާ ހިފާލިއެވެ. މަލްޝާގެ ދޮން ނިއްކުރީގައި އަރޫން ބޮސްދިނީ ލޯތްބާއެކުގައެވެ. މުޅި އުމުރުގައިވެސް އޭނާއަށް ވެވުނު ފުރަތަމަ ލޯތްބަކީއެއީއެވެ. މީގެ ދެމިނެޓު ކުރިން މާލްޝާ އިނީ ލޯބިވެރިޔާގެ މަގާމުގައެވެ. ނަމަވެސް މިހާރު ރަނިކަން ކުރަމުން އެދަނީ ހަލާލު އަނބިމީހާގެ މަގާމުގައެވެ. މުޅި އުމުރަށްވެސް އޭނާގެ މިލްކެކެވެެ. ހަމައެކަނި އަރޫންގެ ހައްގެކެވެ. ދެމަފިރިންގެ ލިސްޓުގައި ރަންއަކުރުން އެ ޖޯޑުގެ ނަން ފެވިގެން ދިޔައެވެ.

އަލަތު ކައިވެނީގެ ޖޯޑް ހުންނަން ހަމަޖެހިފައިވާ ތަނުގައި މަޑުކޮށްލިއެވެ. އަރޫން އޭނާގެ ކޯޓުގެ ޖީބުން ފޮއްޓެއް ނެގިއެވެ. ފޮށި ހުޅުވާލުމުން ގިނަ ބަޔަކު ހައިރާންވިއެވެ. އުފާވެސް ވިއެވެ. މަލްޝާ އޭނާގެ އަތް ދިއްކޮށްލުމުން ރިހި ކުލައިގެ ހިތުގެ ބައްޓަމުގެ މުތީއެއް ޖަހާފައި އިން އަނގޮށްޓި މަލްޝާގެ ހިމަ ކަށި އިނގިލީގައި އަޅުވާދިނެވެ. ކެމެރާތަކުގެ ފްލޭޝް ލައިޓު އެދިމާލަށް އެޅިގެން ދިޔައެވެ.

**************************************

އިންތިޒާރުން ހިތުގަ އުފެދޭ ޖަޒުބާތޭ ލޮތްބަކީ ،

ހިތް ހަވާލޭ ހިތުގަ ވާނޭ މިބުނާ  ޖަޒުބާތާ އިޙްސާސްއާ

ހިތް ރޮއްވާނުލާނަމޭ…އޯ ހިތް ރޮއްވާނުލާނަމޭ

ލަވައިގެ މައިގަނޑު ކިޔާލަމުން އަރޫން މަލްޝާއަށް ބަލާލިއެވެ. އެ ބެލުމުގައި ވި ޖާދުގާ މަލްޝާ ޖައްސަން އުޅުނު ފަދައެވެ.

ފިރުމަ ދީގެން މިހިތް ނިންދަވާ ދޭނުތޯ…

ހިތުގެ ޖަޒުބާތުގައި ލޯމަރާ ދޭނުތޯ…

މި ބުނި ހުވަފެން ތަކުން ހިތް އުފާވާނެހެން…

ދިރިއުޅުން މުޝުތެރޭ ފޮރުވަ ދޭނުތޯ…

އަރޫން އެބައިތު ކިޔާލީ މަލްޝާއަށް ޙާއްސަކޮށެވެ. މަލްޝާ ކުރިމަތީގައި އެއްފައި މައްޗަށް ތިރިވެލިއެވެ. މަލްޝާގެ އަތްނަގާ އޭނާގެ ކޮލުގައި ޖައްސާލިއެވެ. ލަވަ ކުރިއަށް ގެންދަމުންނެވެ.

މަރުވެ ދަންދެން ކަލާޔާ އެކީ ވާނަމޭ…

ވަޢުދު އަހުދާ ނުލާ ހިތް އުފާ ދޭނަމޭ…

ކަރުނަ ދެލޮލާ ހިތުން އޮހޮރިދާފަދަ ގޮތެއް…

މަރުވެދާންދެން ކަލާޔަށް ނުޖައްސާނަމޭ…

ހިތް ރޮއްވާނުލާނަމޭ..އޯހް ހިތް ރޮއްވާނުލާނަމޭ..

ދެން އިވިގެން ދިޔަ އަޑުން އެންމެން ހައިރާން ކުރުވިއެވެ. ލަވައިގެ ފަހު ބައިތަށް ކިޔަން ފެށީ ދުވަހަކުވެސް ލަވަކިޔާނެކަމަށް ހީކުރެވިފައިނުވާ މީހާއެވެ. މަލްޝާގެ ހިތްގައިމު އަޑުން އިވިގެން ދިޔަ އެ ބައިތު އަޑުއަހަން އަރޫން ހުރީ އާޝޯޙްވެފައެވެ. ހުވަފެނެއް ތޯ ބަލާލުމަށްޓަކައި މަޑުމަޑުން އަމިއްލަ އަތުގައި ވިކައިގަނެވުނެވެ.

މަލްޝާ އޭނާގެ ފިރިމީހާ ކައިރިއަށް ޖެހެލިއެވެ. މައިކާއެކުވެސް އަރޫންގެ ދެއަތުގައި ހިފާލިއެވެ. އޭނާގެ މަޑުނޫކުލައިގެ ފުން ކަނޑެއްފަދަ ލޮލުގެ ތެރެއަށް އަރޫންގެ ގެނބިގެން ދިޔައެވެ. އެވަގުތު އެ ދެ ޖޯޑް ސިއްސުވާލީ ރަނާއާއި އިޝާންއެވެ. ޕާރޓީ ޕޮޕާއެއް ޕޮޕް ކޮށްލިއެވެ. މުޅި މާހައުލުގައި ގުގުމާލީ އޭގެ އަޑެވެ. އެންމެންގެ ހުނުމުގެ އަޑާވެސް އެކުގައެވެ.

ކައިވެނީގެ އެ ހަފުލާ ނިންމާލީ އެންމެންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ގެނުވަމުންނެވެ. އާ ކައިވެނީގެ ޖޯޑުގައި ބަރަކާތް ލެއްވުން އެދި ދުޢާ ކުރަމުންނެވެ.

**********************************

” ވަރަށް ލޯބިވޭ…މަލް ތީ ހަމައެކަނި މަގޭ ހައްގެއް..” ކޮޓަރިއަށް ވަދެވުމާއެކު ފަހަތުން އައިސް މަލްޝާގެ ބަނޑުގައި އަރޫން ބައްދާލިއެވެ. މަލްޝާވެސް އޭނާގެ ބޯ އަރިކޮށްލުމުން އަރޫން އޭނާގެ ދަތްދޮޅި މަލްޝާގެ ކޮނޑުގައި އަޅުވާލިއެވެ. އޭނާގެ ޝޯލްގައި ހަރުކޮށްފައިވާ ޕިންތަށް ނައްޓަށްފެށިއެވެ. މަލްޝާ ހުރީ ލަދުން އިސްޖަހާލި ގޮތަށް އިސްއުފުލާލަން ނުކެރިފައެވެ.

އަތްދަނޑި މައްޗަށް މަލްޝާ ހިއްލާލީ ލުއި ފަތްކޮޅެއް ފަދައިންނެވެ. ބޮޑު ވެޑިން ޑްރެސްއާ އެކުގައެވެ. ފަރުވާލެއްނެތެވެ. މަލްޝާގެ ހަށިގަނޑު އެނދުމައްޗަށް ވައްޓާލުމުން އެނދުމަތީގައި ” އައި ލަވް ޔޫ ” ފިނިފެން މަލުގެ ފިޔަތަކުން ޖަހާފައިވާ ލިޔުންކޮޅު ކޮޓަރި ތެރެއަށް ބުރައިގެން ދިޔައެވެ. އަރޫން އޮށޯވެލީ މަލްޝާގެ ގައިމަތީގައެވެ. އަރޫންގެ މޭމަތީގައި އަޅައި ކޮށްޕާލަމުން މަލްޝާ ދުއްވައިގަތެވެ. އަރޫންވެސް އޭނާ ހުއްޓުވާކަށް ނޫޅެއެވެ.

ލޯގަނޑު ކުރިމަތީގައި ހުއްޓިލަމުން ޒިބު ނެއްޓޭތޯ މަލްޝާ އުޅެގަތެވެ. ކާމިޔާބު ވާގޮތެއް ނުވިއެވެ. މަންޒަރު ބަލަން އޮތް އަރޫން ތެދުވެގެން ގޮސް މަލްޝާގެ ޒިބު ދަމާލިއެވެ. އޭނާ ސިއްސުވާލާފައެވެ.

ދެވަނަ ފަހަރަށް މަލްޝާ އެނދުމަތީގައި ބާއްވާލިއެވެ. އުނބައްތީގެ ހުޅުކޮޅުވެސް ދިޔައީ ކުޑަވަމުންނެވެ. ނަމަވެސް މަލްޝާއާއި އަރޫންގެ ޖިސްމުގައި އަނދަމުން ދިޔަ އަލިފާންގަނޑުގެ ހުޅުގަނޑު ހިނދުކޮޅަކަށް ވުރެ ހިނދުކޮޅެއް ބޮޑުވަމުންނެވެ. ނޭވާތަށް އަވަސްވަމުން ދިޔަ ވަރަކަށް ހަރަކާތްތަށްވެސް އަވަސްވިއެވެ. އުނބައްތީގެ ފަޑު އަލިކަމުގެ ތެރޭގައި ދެ ޒުވާނުނެގެ ހަށިގަނޑު ގުޅިލާމެހިގެން ދިޔައެވެ.

************************************

” އަރޫން..ގެސް ވަޓް ” ދުވެފައި އައިސް ބެލަކަނި ކައިރީގައި ހުރި އަރޫންގެ ހަށިގަނޑުގައި ބައްދާލަމުން މަލްޝާ ބުނެލިއެވެ. އޭނާގެ އަޑުގެ ބުނެދޭން ނޭނގޭފަދަ އުފާވެރިކަމެއް ވިއެވެ. އަރޫން އެއްބުމަ އަރުވާލީ ނޭނގެއޭ ބުނަމުންނެވެ. މަލްޝާ ދައްކާލީ އޭނާ އަތުގައި އޮތް ރިޕޯރޓެވެ. ” ޕޮސިޓިވް..” ރިޕޯޓް ކިޔާލި އަރޫން އުފާވެރިކަމުގެ ކަރުނައިގެ ތެރެއިންވެސް ހިނިތުންވިއެވެ. މަލްޝާ ގައިގައި އޭނާ ބައްދާލީ އެހަށިގަނޑު ތެރޭގައި މަލްޝާ ފޮރުވާލަން އުޅޭ ފަދައިންނެވެ. ” ތެންކިޔު ސޯ މަޗް ބޭބީ…ޔު އަރ ދަ ބެސްޓް އައި ލަވް ޔޫ…ވަރަށް ލޯބިވޭ މަލް…އަދިވެސް މަށަށް ގަބޫލު ނުކުރެވޭ…އާރވީ ރިއަލީ ގޮނަ ބީ ޕޭރަންޓްސް ” މަލްޝާ އުރާލައިގެން ބެލްކަނީގައި އެނބުރުނު އިރު ކިޔޭ ނުކިޔޭ އެއްވެސް އަރޫންއަކަށް ނޭނގެއެވެ. އޭނާގެ އަޑުވެސް ރަނގަޅަށް ނުނިކުމެއެވެ.

މިވަގުތު ދުނިޔޭގައި ހުރި އެންމެ އުފާވެރި މީހާއަކީ އޭނާއޭ ބުންޏަސް ދޮގަަކަށް ނުވާނެއެވެ. ރޭނގަނޑުގެ އެވަގުތު މުޅި މާލެއެކީހެން ނިންވާލާފައި ވާއިރު ދިއްލާފައިވަނީ މަލްޝާމެންގެ އެޕާރޓުމަންޓް އެކަންޏެވެ. ގިނަ ބަޔަކު ނިދީގައި ތިބެ އެމީހުންގެ މުސްތަގުބަލާ މެދު ހުވަފެންތަށް ދެކެމުން ދިޔައިރު މަލްޝާއާއި އަރޫން ހުވަފެން ދެކެމުން ދިޔައީ ހޭލާ ތިބެއެވެ. އެކަކު އަނެކަކުގެ އަތުތެރޭގައެވެ.

***********************************

ހޮސްޕިޓަލުގެ ޕްރައިވެޓު ރޫމުގެ ދޮރު ހުޅާފައި އެތެރެއަށް ވަދެގެން އައި އަރޫން އެނދުގައި އޮށޯވެގެން އޮތް އޭނާގެ ހިތުގެ މަލިކާއަށް ނަޒަރު ހިނގާލިއެވެ. ބަލިގޮތަކަށް ނަމަވެސް މަލްޝާ ލޯހުޅުވާލިއެވެ. އެންމެ އުނމީދުކޮށްގެން ހުރި ސޫރަ ފެނުމުން ވަރަށް އުފާވިއެވެ. މަލްޝާ ކައިރީގައި ބާއްވާފައި އޮތް ތުއްތު އަންހެން ކުއްޖާ އަރޫން އުރާލިއެވެ. އުނދަގުލުން ނަމަވެސް މަލްޝާ އެނދުގެ ފަޑީގައި ލެނގިލިއެވެ. އަރޫންވެސް އިށީނދެލީ މަލްޝާ ކައިރީގައެވެ.

” މަންމަ އެހި ކޮން ނަމެއް ހޯ ކިޔަނީ މި ފުއްގަނޑަށް…” ލޯބި ގޮތަކަށް ނިދާފައި އޮތް ދަރިފުޅަށް ނަޒަރު ހިނގާލަމުން މަލްޝާ ބުނެލިއެވެ.

” އައިޝަތް އަޔާނީ އަރޫން..ޑޯރޓާރ އޮފް މަލްޝާ އެންޑް އަރޫން…” އަރޫން ބުނެލީ ފަޙުރުވެރިކަމާއެކުގައެވެ. މަލްޝާވެސް ލޯބިނަމެކޭ ބުނެލަމުން އަރޫންގެ ކޮނޑުގައި ބޯ އަޅާލިއެވެ.

***********************************

ހަތަރު މަސް ފުރިފައިވާ އަޔާނީ ނިންދަފާލުމަށްފަހު އަޔާނީއަށް ެèޙާއްސަކުރެވިފައިވާ އެނދުގައި ބާއްވާލިއެވެ. މައުސޫމު ކަމާއެކު ނިދާފައި އޮތް އިރު އޭނާ ވަނީ މަލްޝާގެ ހުރިހާ ސިފައެއް މިލްކު ކޮށްފައެވެ. ގަދަ ފިޔާތޮށި ކުލައިގެ ތުންފަތަކާއި ނޫކުލައިގެ ކަޅިރަވައެކެވެ.

މަލްޝާގެ ހަނދާން އާވުމާއެކު އަރޫންގެ ލޮލަށް ކަރުން ބޮނޑިވެގަތެވެ. އެއްވެސް އިޙްތިޔާރަކާ ނުލާ އޮހިގެން ދިޔައެވެ. އޭނާގެ ހިތުގައި މަލްޝާއަށްޓަކާ ވާ ލޯތްބަށް ކުޑަނަމަވެސް ފަނޑުކަމެއް ނާދެއެވެ. އެކުގައި ހޭދަކުރެވުނު ފަޅި ސިކުންތެއްވެސް ހިތަކުން ނުފިލައެވެ. އަދިވެސް ހަމަ އެދެވެމުން ދަނީ އެ ލޯތްބަށެވެ. މަލްޝާ އުޅޭ ނޫޅޭ ހާލެއް ނޭނގޭތީ އެހިތުގައި ރިއްސައެވެ. އުފަލުގައި ލެއްވުމަށްއެދި ދުޢާކުރެވެއެެވެ.

**********************************

ބާރު ސްޕީޑެއްގައި ސައިކަލު ދުއްވާފައި ދިޔަ އަރޫން ކަފިހިހުރަސް މަތިން ހުރަސްކުރި ކުއްޖާފެނި ބުރަކިޖައްސާލިއެވެ. އާނއެކެވެ. އެއީ ހަމަ އޭނާއެވެ. ނޫކުލައިގެ ޝޯލްއަކާއި ހުދު ކުލައިގެ ކުރުތާއެއް ލައިގެން އެހެރީ ހަމަ އޭނާގެ ރާނީއެވެ. ހިތުގެ މަލިކާއެވެ. އިންތިޒާރު ނިމުމަކަށް އައީ އޭ ހިތާ ސައިކްލު ހުރިތާނގައި ބަހައްޓާފައި އަރޫން ދުއްވައިގަތެވެ. ހިނގާފައި ދިޔަ މަލްޝާއާއި ދިމާލަށެވެ. އޭނާ ގޮސް ފަހަތުން މަލްޝާގެ އަތުގައި ހިފައި އަނބުރާލިއެވެ. މަލްޝާގެ މޫނު ޖެހުނީ އޭނާގެ ތަނަވަސް މޭމަތީގައެވެ.

” ބޭބީ..ޔޫ އަރ ބެކް…މަ ހާދަ އިންތިޒާރެއް ކުރީމޭ..އަޔާނީ އިޒް ވެއި ޓިން ފޯ ޔޫ…” ބާރުގަދަ އަތުތެރޭގައި މަލްޝާ ހައްޔަރު ކޮށްލަމުން އަރޫން ބުނެލިއެވެ. އޭނާގެ ލޮލުން އަންނަމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. ‘މަލްޝާގެ މޫނުގައި އޭނާ ހިފާއްޓާލިއެވެ.

” ތީ ކާކު…” މަލްޝާ ބުނެލިއެވެ. އަރޫންއަށް ލިބިގެން ދިޔައީ ޝޮކެކެވެ. އެހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަލްޝާ އޭނާ ހަނދާންނައްތާލީހެއްޔެވެ. ކޮންމެ ގޮތެއްވިޔަސް އޭނާގެ ހިތް ދޮގެއް ނުބުނާނެއެެވެ. އެއީ ހަމަ އޭނާގެ ” މަލް ” އެވެ.

އިންތިޒާރު ކޮށްލައްވާ !!!!!

Share Article

Follow Me Written By

Nauura

Level 1

Im a girl ?__yrs.. writting and reading stories are what I like to do the most ❤❤❤ ❤❤❤❤❤Lots of love from naura

Other Articles

Previous

ރާސްތާ 10

Next

“ހިތް” ލޭ ކޮށެވިފައި…..02

Next
July 7, 2018

“ހިތް” ލޭ ކޮށެވިފައި…..02

Previews
July 6, 2018

ރާސްތާ 10

18 Comments!

  1. Malsha says:
    July 7, 2018 at 1:29 am

    Wow…vvv reethi…waiting for next part… By the way mee ves malsha eh…

    1. Nauu says:
      July 7, 2018 at 3:11 am

      Thank you mal dear ??? oh ihthifaageh dhw…?hehe..wait kohlachey first part ah it won’t take long ❤❤❤ congra for being the first ??

  2. Nauu says:
    July 7, 2018 at 3:08 am

    Salaam everyone ☺..alhugandu mi site ah liyaa furathama story ge trailer hurihaa readers ah ves kamudhaane kamah ummedhukuran ☺☺ there will be a lot of things to learn…pls let me know so I can always correct next time..mi vaahakaiga first part mi week ge therey fenigendhaane insha ❤????allah
    ❤❤❤❤❤Thank you
    ?Naura

  3. Baby girl ❤ says:
    July 7, 2018 at 5:41 am

    Vrh vrh salhi….heevey kuri ah annan oyy part vrh habeys vaanehen…… nd umeedhu kuran nimendhen up kohdheyne kamah….

    1. Nauura says:
      July 7, 2018 at 9:28 am

      Aye..thank you baby ❤❤ insha allah nimendhen genes dheynan ???

  4. Lotus says:
    July 7, 2018 at 7:13 am

    Wow trailer v nice.. best of luck dear ???

    1. Nauura says:
      July 7, 2018 at 9:40 am

      Thank you vry much….❤❤❤❤❤ ummah ??

  5. annoying reader says:
    July 7, 2018 at 8:51 am

    Nau ge first story tha mi? i remember nau ge stories read kuri hadhan mi site in. anehkka thi ehen nau eh tha? anyway varah reethi story ge trailer. so excited for it. i am sure varah reethi vaane hen

    1. Nauura says:
      July 7, 2018 at 9:18 am

      Yes my first story..I also read aneh nau ge stories it’s obeautiful ❤I’m a different nau ..thank you so much for the lovely comment dear❤❤❤❤❤???

  6. xeybooo says:
    July 7, 2018 at 9:11 am

    salhi waane hen vvv heevey…vahaka liye ninmaafa baraabarah update kuran masaiahkah kuraathi ..vv interesting and looking forward igey..<3

    1. Nauura says:
      July 7, 2018 at 9:42 am

      Thank you xeybooo❤❤❤ won’t let you down insha allah ???

  7. Airah says:
    July 7, 2018 at 10:12 am

    v reethi vaaneahen heevey.waithing for the first part.

  8. Anonymous says:
    July 7, 2018 at 11:04 am

    vr reethi?

  9. Livee says:
    July 7, 2018 at 11:47 am

    Wow varah reethi

  10. Baby girl ❤ says:
    July 7, 2018 at 6:18 pm

    Wowowow….vrh reethi feshumeh…umeedhu kuran nimendhen up kohdheyne kamah….nd curiously waiting waiting

  11. maya says:
    July 8, 2018 at 12:59 pm

    wowwoowow vvvv reethi trailer ..unmeedhu kuran nimen dhen genesdhey ne kamah ,,,.and curiously waiting for the 1st part>>>>3

  12. Twinkle? says:
    July 8, 2018 at 1:09 pm

    Hyvey vvvv rythi vaane hn… masha allah

  13. Nauura says:
    July 8, 2018 at 11:00 pm

    Thanks everyone for the lovely support ❤❤❤ luv yuh ???

Comments are closed.


All Right Reserved!