ސިހިފައި ފަހަތަށް އެނބުރުނު އިރު ކުރިމަތީގައި ހުރި ޝައުނާ ފެނި އައިލީން މޭގައި އަތް އަޅާލަމުން ހަމަޖެހުމުގެ ނޭވައެއް ލިޔެވެ. ” ހޯނެއް ހެން މިތަނަށް ވަދެ ކީއްވެ ފިލާ ތިހިރީ… ހެހެހެ… ” ހެމުން ހެމުން ޝައުނާ ބުނެލިއެވެ. ޝައުނާ ބުނި އެއްޗަކަށް ފަރުވާލެއްނެތި އައިލީން އެކި ފަރާތް ފަރާތް ހޯދަންފެށިއެވެ. އައިލީންގެ ހަރަކާތްތައް ހުރި ގޮތުން ޝައުނާ ހުރީ ހައިރާންވެފައެވެ. ” އައިލީ… ކިހިނެއް ވީ؟ ކާކުތަ ތި ހޯދަނީ… ހާދަ ހާސްވެފަ ތިހިރީ… […]
ބޮލުން ފައިބަމުންދިޔަ ފެންތައް ތުވާއްޔަކުން ހިއްކަމުން ފާޚާނާއިން ނުކުތް މީޝަލްއަށް ހުއްޓެވުނީ ކޮޓަރި ދޮރުމަތީގައިހުރި އޭނާގެ މަންމަ ފެނިފައެވެ. ކޮޓަރީގެ ދޮރުކަނީގައި އެއްއަތް ވިއްދާލައިގެން މީޝަލްއާއި ދިމާލަށް ބަލަންހުރި ލަތީފާގެ މޫނުމަތިން ފެންނަންހުރީ ރުޅިވެރި ކަމެވެ. ” މަންމާ… އަހަ…އަހަންނަށް.. ނުހޭލެވުނީ..” އަޅައަޅައިގަންނަމުން މީޝަލް ބުނެލި ޖުމްލައާއިއެކު ލަތީފާގެ ރުޅިގަނޑު ފަޅައިގެންދިޔައެވެ. ” ނުހޭލެވުނިއްޔޭ؟.. ކަލޭ ލަދެއް ނުގަނޭތަ ތިހެން ބުނާކަށް؟.. ދަންވަރު ދޭއް ތިނެއް ޖަހާއިރުވެސް ނުނިދާ ގެއަށް ނުވަދެ ބޭރުގަ އުޅެއުޅެފަ އަދި ބުނެފިއެއްނު […]
ނިހާ އޭނާގެ ތުއްތު ދަރިފުޅު އުރައިލައިގެން މަޑުމައިތިރި ހިނގުމެއްގައި ގޮނޑު ދޮށާއި ދިމާއަށް ދިޔައެވެ. އޭނާ ވަނީ ފުން ހިޔާލެއްގެ ތެރެއަށް ގޮސްގެއްލިފައެވެ. އޭނާގެ ހިޔާލުގައި ވަނީ ދާދި އިހަކަށް ދުވަހަކު ހިނގި ހާދިސާއެކެވެ. އޭނާ އާއި އޭނާގެ ކުޑަކުޑަ އާއިލާ އުޅުނު ގެ އަނދާ އަޅިއަށްވީއެވެ. ފިރިމީހާ މުއްދަސިރާ އެކު ނިހާގެ ދޮށީ ދެދަރި ކަމަށްވާ ނީވާން އާއި މަތުލާ މިދުނިޔެ އާއި ވަކިވެގެން ދިޔައީއެވެ. ދެން ހުރީ ކުޑަކުޑަ ލަހާއެވެ. ކުރާނީ ވަކި ކީއްހެއްޔެވެ. މި ކައިވެންޏަކީ މަންމަ އާއި ބައްޕަގެ ނުރުހުމުގައި ކުރި ކައިވެންޏެކެވެ. އެއްބަނޑު އެއްބަފާ ފަނަރަ […]
ވާހަކަ އަޕްލޯޑް ނުކުރެވި ގިނަ ދުވަސްވެފައިވާތީ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް އަޅުގަނޑު މާފަށް އެދެމެވެ. އިރާދަކުރެއްވިއްޔާ މާދަމާ މިވާހަކައިގެ އާ ބައެއް ގެނެސްދޭނެ ވާހަކަ ދަންނަވަމެވެ.
“މަރުޙަބާ ޝޫރާ!” އިވިގެން ދިޔައީ ހަމްދާންގެ އަޑެވެ. އެއާއެކު އަމީމް ބަލާލީ ސިހުމަކާއިވެސް އެކީގައެވެ. ކައިރީގައި ހުރި އަމްނާ ފެނި އިތުރަށް ސިހުން ގެނުވިއެވެ. މަންމަމެން ބުނީ ތެދެކެވެ. އަމްނާއަށް އޭނައާއި ނުލާ އުޅެވޭނެއެވެ. އަމްނާ ލޯބި ވަނީ އޭނަ ދެކެ އެއް ނޫނެވެ. އެހެންނަމަ މިރޭ އެހާ ރީތި ހިނިތުންވުމަކާއި އެކީ އޭނާގެ ކައިވެނީގެ ވަލީމާއަކަށް އަލަތު ފިރިމީހާއާއި އެކީ ނާންނާނެއެވެ. ދެލޯބިވެރިއެއްގެ ދެމެދަށް ވަންނާކަށް އަމީމްގެ ހިތެއް ދުވަހަކުވެސް ނުބުނާނެއެވެ. ދެން އެހެންވީއިރު މިވަނީ […]
އަހަަރުގެ ފަހު ދުވަހަކީ ނަފްސާނީ ބަލީގެ ޝިކާރައަކަށްވެ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ އެ ޒުވާނާގެ މުޅި ހަޔާތް ބަދަލުކޮށްލުމުގެ ފެށުމެވެ. އާއުއަހަރުގެ ފެށުން ފާހަގަ ކުރުމަށްޓަކައި އެރޭ ބޭއްވި މިއުޒިކީ ފެސްޓިވަލުގެ ތެރެއިން ދިމާވި އަންހެން ކުއްޖާގެ ސަބަބަުންނެވެ. އެ ދުވަހަކީ މިއަދާ ހަމައަށްވެސް އަޝްފާންގެ ހިތު ގައި ބިންވަޅު ނެގިފައިވާ ދުވަހެކެވެ. އައުއަހަރެއްގެ ފެށުމާއެކު އަޝްފާނުގެ ހަޔާތުގައިވެސް ފެށިގެން ދިޔައީ އައު ބާބެކެވެ. ެއެ އަހަރު ވެގެން ދިޔައީ އޭނާގެ ހިތުގައި ދުވަހަކުވެސް ނުއުފެދޭ ފަދަ އިޙްސާސް ތަކެއް […]
ހަނދު ހުރީ ބުރުހަމަކޮށެވެ. ވިލާތައް ހާވިޔާކޮށް ހުރުމުން ހަނދު އޭގެ ހައިބަތު ދައްކައިދެމުން ދިޔައެވެ. އަލި ބުރަކުން ހަނދުގެ ގޯތިވެސް ފެންނާން ހުއްޓެވެ. މިއީ ސާދަ ފަނަރައިގެ ހަނދެވެ. ދަންވި ދަންވިހެން ފަރިވަމުން ދިޔައެވެ. ނަމަވެސް އަހަންނަކީ އެހަނދެއް ނޫނެވެ. ހަނދަށް ލިބިފައިވާ ހިނިތުންވުން އަހަރެންގެ މޫނަކު ނެތެވެ. މާޒީގެ ސަފުހާތަކުން އަހަރެންގެ ހިތުގައި ގަނޑު އުކެމުން ދިޔައެވެ. ފެންދެމޭ ކޯރެއް ފަދައިން އަހަރެންގެ ލޯތެންމަމުންނެވެ. ކުރާނެ މާ ބޮޑު ކަމެއް ނެތެވެ. މިއީ އެހެން މީހުންނަށް […]
ލަސްފިޔަވަޅުތަކެއް އަޅަމުން އޮފީހުން ނިކުތް ރިމްޝާހުރީ ބޮލަށް އެނބުރުން އަރާގޮތްވެފައެވެ. ލަހިވެގެންގޮސް މޫނުމަތީގައި ދާތިކިތައް ބަބުޅަމުންދިޔައެވެ. ޓެކްސީއަކަށް އަތް ނަގައިގެންހުއްޓާ މޫނުމައްޗަށް އަނދިރިވާންފެށިއެވެ. އަރިއަޅާލައިގެންގޮސް ވެއްޓެމުންދަނިކޮށް ބާރުގަދަ އަތަކުން ރިމްޝާގެ ގައިގާ ހިފަހައްޓާލިކަން އޭނާއަށް އިޙްސާސްކުރެވުނެވެ. މެރެމުންދިޔަ ދެލޮލުން ރިމްޝާ އެޒުވާނާއަށް ބަލާލިއެވެ. ******* ކުރިމަތިން ފެންނަން އޮތް ސޫރަފެނިފައި އައިހަމްއަށް ދެލޯ ބޮޑުކޮށްލެވުނީ ޤަބޫލުކުރަން ދަތިވުމުންނެވެ. ތަޤުދީރުގެ ކޮންފަދަ މޮޅު ރޭވުމެއްހެއްޔެވެ؟ އައިހަމްއަށް ރިމްޝާޔާ އެއްފަސްގަނޑަކަށް އާދެވުނުފަހުން އެނިކަމެތި އަންހެންކުއްޖާޔަށް އެފަދަ ކަމެއްދިމާވާ ކޮންމެ ވަގުތަކު […]
އިފާން ރިފްޝާގެ އަތުގައި ހިފާ އޭނަ އާވީ ދިމާލަށް ދަމާލުމަށްފަހު ރިފްޝާގެ ގައިގައި ބާރަކަށް ބައްދާލިއެވެ. ދެ ލޯ ބޮޑު ވެފައި ރިފްޝާއަށް ހުރި ގޮތަށް ހުރެވުނީއެވެ. ރިފްޝާއަށް ލިބުނު ކުއްލި ސިހުމުގައި އެއްވެސް ހަރަކާތެއްނެތި ހުރިގޮތަށް ހުރެވުނީއެވެ. ހީވީ އޭނަގެ ނޭވާ ވެސް ތާށިވީ ހެންނެވެ. ” ރިފޫ އަކީ އަހަންނަށް ވަރަށް ހާއްސަ ކުއްޖެއް… މިރޭ އަށް ގަޑި ފަނަރައަށް ރަސްފަންނަށް އައިސްލަދީ… އޭރުން ރިފޫ އަށް އިނގޭނެ ރިފޫ އަކީ އަހަންނަށް ކިހާ […]