‘ލިލީ ދައްތާ’ ވެޑިން ޑްރެސް ގައިގައި ޖައްސައިގެން ލޯގަނޑުން ފަރިބަލަން ހުރި ލިލީ އަށް ކޮޓަރީގެ ހުޅިވިފައި ހުރި ދޮރުގައި ޓަކިޖަހާލަމުން ފަރީޝާ ގޮވާލިއެވެ. ފަރީޝާ ގޮވާލުމުން ލިލީގެ ފަރިބެލުން ހުއްޓާލައިފައި ކިހިނެއްވީހޭ އަހާކަހަލަ ގޮތަކަށް ފަރީޝާއަށް ބަލައިލިއެވެ. ‘ހައްވައްތަ ބުނެގެން، ލިލީ ދައްތަ ކާން ބަލާ!’ ލިލީއަށް ޖަވާބު ދެމުން ފަރީޝާ ބުންޏެވެ. ‘އޯހް! ކާން ދޯ! އަދި ތިކަން ނެތެއްނު ނުވެފައެއް؟ އާދެބަ އެބަހުއްޓޭ ފަރީއަށް ދައްކަންވެފަ ހުރި މޭކަޕް ސްޓައިލްތަކެއް.’ ވެޑިން ޑްރެސް […]
ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން އޮވެ ދާނިޔާ އެތައް އިރަކު ރުޔެވެ. ބޭރަށް އެއްލާލި ސިގިރެޓްފޮށި ތެމި ފޯވަންދެންނެވެ. ގޭގެ ދެވަނަބައިގެ ކުޑަދޮރަކުން ބޭރަށް ބޯލައިގެން އޮވެ ދާނިޔާ ބޭނުންވީ ހިތްފުރެންދެން ރޯލާށެވެ. ކަރުނަތައް ހުސްވަންދެން ރޯލާށެވެ. އެތައް އިރަކު ރޯން އޮތުމަށްފަހު ދާނިޔާ ތެދުވެ ލޯފޮހެލިއެވެ. ފޯނު ނަގައި ކޮންމެވެސް މީހަކަށް މެސެޖެއް ކޮށްލިއެވެ. އެއަށްފަހު ފާހާނާއަށް ވަދެ ނިކަން ރަނގަޅަން ފެންވަރާލިއެވެ. ދާނިޔާ ފާހާނާއިން ނުކުތްއިރު އޭނާހުރީ ވަރަށް ތާޒާވެލާފެއެވެ. އޭނާގެ ދިގު ފަން ރޭނގަޑެއް […]
‘ރުކުބުޑަށް ވެއްޓިފައި ހުރި ކާށިތައް ހޮވަމުން، ފަހަރަކު ކާއްޓެއް ކާލިޖަހަމުން، ކޮޑުމަތީގައި އޮތް ދަނޑިގަޑަށް ކާލި ޖަހާފައި ހުރި ކާށިތައް އަމުނަމުން އަހުމަދު އޭނާގެ އާދަކާދަވެ ކުރާ މަސައްކަތާއިގެން މަޝްޢޫލު ވެ އުޅުނެވެ. ހިޔާލެއް ފިކުރެއްނެތި ބޯޖަންގަލީގެ ތެރޭގައި އަހުމަދު އުޅުނީ އެކަންޏެވެ. މިއަދު އޭނާއާއި އެކީ އާދަވެ އަންނަ އެކިވެރިންގެ ހިލަމެއްނެތެވެ. ފަހަރަކު ރުކެއްގެ ބުޑުން ކާށިހޮވަމުން ދިޔަ އަހުމަދު އެކަނިވެރިކަން ފިލުވުމަށް ދޭތެރެއަކުން ރައިވަރެއް ކިޔައިލައެވެ. މާބޮޑަށް ތަންދޮރު އޮޅުންފިލައި ތައުލީމެއް ނެތެއްކަމަކު އަހުމަދަކީ […]
ދޮންކަމަނަ 1 ‘ޒަރާ ތަސްވީރުހޭ ތޫ، ނިކަލްކޭ ސާމްނޭއާ’ ގެ އަޑުން ގުގުމަމުންދާ ކޮޓަރިތެރޭގައި ދާނިޔާ އޮތީ ސޯޝަލްމީޑިޔާގެ ތެރެއަށްގޮސް ހުސްވެފައެވެ. ޕްރޮފައިލް އަކަށްފަހު ޕްރޮފައިލެއް ހާވާލަ ހާވަލައެވެ. ފޭސްބުކާއި، އިންސްޓަގުރާމާއި، ޓިންޑަރ އާއި، މިއުސިކަލީގެ ދުނިޔެއަށް ގެއްލިފައެވެ. އެއީ ދާނިޔާގެ އާދައެވެ. ދުނިޔެމަތީގައި ދާނިޔާ ކުރަނީ އެންމެ ތިންކަންތަކޭ ބުންނަސް ދޮގަކަށް ނުވާނެއެވެ. އެއީ، ނިދުމާއި، ވަޒިފާއަށް ދިއުމާއި، ސޯޝަލްޑިޔާ ހޭވުމެވެ. ވަޒީފާއިން އައިސް ކޮޓަރިއަށް ވަދެވުމާއެކު ކަމަކަށް އޮންނާނީ އެނދުމަށްޗަށް ވެއްޓިގަނެ އޮވެ ފޯނުން […]
ކުޑަވަރެއްގެ ދޯންޏެކެވެ. ގިނަދުވަސްވުމުގެ ސަބަބުން ދޯނީގެ މަޑޫތައްވަނީ ފީވަން ފަށާފައެވެ. އެކި ދިމަދިމާލުން ފަނިތައް ކައި ހުސްކުރަމުންދަނީއެވެ. އެދޯނީގައި ރާޅަކަށް ކެތްކޮށްލާނެ ވަރުވެސް ނުހުންނާނެކަން ގައިމެވެ. އެހެންވެގެން ކަންނޭނގެއެވެ ދޯނިވަނީ އެއްގަމަށް އެހެލާފައެވެ. އަހަރެން ވަށައިގެން ބަލައިލީމެވެ. ދީފައިވާ ތޫނު ހަނދުވަރުގެ ތެރެއިން ދިގުދެމިގެންވާ ތުނޑިއެއް ނޫން އެހެން އެއްޗެއް ފެންނާކަށް ނެތެވެ ދޯނިން ފުންމާލައިގެން އަހަރެން ހިނގައިގަތީމެވެ. ވަކި މަންޒިލެއްނެތެވެ. މީ އަހަރެން ނުދަންނަ ބިމެކެވެ. ފަސްގަނޑުގަޢި ފައި ޖެހުމުން ފިނިކަމެއް އިހުސާސް ކުރެވުނެވެ. ތެތްފިނި […]
ކުޑަވަރެއްގެ ދޯނިގަނޑެކެވެ. ދޯނީގެ ތެރޭގައިވަނީ ފަޅުކަމެވެ. ދޯނި އޮތީ ފަރެއްގެ ބޭރަށް އަރާ ހިކިފައެވެ. ދޭތެރެ ދޭތެރެއިން ދޯނީގެ ތެރެއަށް ބިޔަ ރާޅުތައް ބިންދާލައެވެ. ބިންދާލާ ކޮންމެ ރާޅަކަށް ދޯނީގެ ކުރީކޮޅުގައި ހަދާފައިހުރި ގެގަޑު މަތީގައި ތިބި މެހިތައް އުދުއްސާ ގަންނާތީ ފެނެއެވެ. އެއީ އާދަޔާ ހިލާފަށް ބޮޑެތި މެހިތަކެއް ކަމަށް ލަފާކުރެވެއެވެ. އެ ގެގަޑު މަތީގައި ލޭގެ ކޯރެއް ހެދިފައި އޮތެވެ. މެހިތައް އިށީދެގެންތިބީ އެލޭގެ ކޯރުތެރޭގައި އޮތް އެއްޗެއްގެ މަތީގައެވެ. އެ ކޯންޗެއް ބާވައެވެ؟ […]
މަޑުން މަޑުން ދުއްވައިފައި ދިޔަ ދޯންޏެކެވެ. ދޯނީގެ ކުރީކޮޅުގައި އެއިނީ އަހުމަދުފުޅެވެ. އޭނާ އިނީ ފުރަގަސްދީގެނެވެ. ކުރާކަމެއް ބުނެދޭކަށް ނޭނގެއެވެ. ގޮވާލަންވީކަން ނޭނގެއެވެ. ކީއްކުރަން؟ ދޯނީގެ އެހެން މީހަކު އުޅޭތޯ ބަލައިލަންވީކަން ނޭނގެއެވެ. އަހުމަދުފުޅު އެއިނީ ކުޑަކަމުދާން ނިކުމެ ކަން ނޭނގެއެވެ. ކައިރީގައި ފެން ހަމެއް އެބަހުއްޓެވެ. އާންމުކޮށް ދޯނިފަހަރުގައި އެޒާތުގެ އަމަލުތައް ހިންގަނީ ފުރަގަސްދީގެންނެވެ. އެންމެ ރަނގަޅުވާނީ އުދަނގު ނުކުރިއްޔާއެވެ މި ދޯނި އެދަނީ ކޮންތާކަށްބާވައެވެ. ދޯނީގެ ތެރޭގައި މީހުން ހޭލަމޭލައަށް އުޅޭތީއެއް ނުފެނެއެވެ. ދިރުބާކޮޅާއި […]
“އިރުވައި މޫސުމުގެ ދުވަސްތަކުގެ ތެރެއިން ދުވަހެއްގެ ހިތްފަސޭހަ ހަވީރެކެވެ. ކަނޑުމަޑެވެ. އިރުމަތީފަރާތުން ޖެހެމުންދިޔަ މަޑު ތެތްފިނި ވައިރޯޅިއަށް ގަސްގަހުގެ ފަތްތައް އިރުއިރުކޮޅާ ނަށާތީފެނެއެވެ. އޮއްސެމުންދިޔަ އިރުގެ މަންޒަރުތަކުން ހިތްފަސޭހަކަން ހޯދުމަށް ރަށުގެ ހުޅަނގުކޮޅުގައި ރީތިދޮންވެލިގަނޑު މަތީގައި ރީޝާ އިށީނދެލައިގެން އިނެވެ. ކައިރީގައި ކޮއްކޮ ރީމާ، ރީޝާގެ އިސްތަށިގަނޑާ ކުޅެލަ ކުޅެލާ ހުއްޓެވެވެ. ތަންކޮޅެއްދުރުގައި ރާޅުޖަހައި ފަށުގައި ސާދަ ފަނަރައިގެ އަންހެން ކުއްޖަކު ތެލިދޮންނަން އިނެވެ. އެކުއްޖާގެ ކައިރީގައި އެއްގަމުގައި ތިބި ކާޅުތައް އިރުއިރުކޮޅާ އެކުއްޖާއަށް އުދަނގު ކޮށްލާތީފެނެއެވެ. […]