Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 10

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
July 6, 2018 4 Mins Read
9 Comments

އައްޒާމް ގޮސް ސައިކަލު މަޑު ކޮށްލީ ވަރަށް އާދައިގެ ގެއެށްގެ ކުރިމައްޗަށެވެ. އައްޒާމްގެ ފަހަތުން އެ ޒުވާނާވެސް ގޭތެރެއަށް ވަނެވެ.

ޒުވާނާގެ ފިޔަވަޅުތައް މަޑު ޖެހުނީ ވަރަށް ބާރަށް ދުވެފައި އައި މީހަކު އޭނާގެ ގައިގައި ޖެހުމުންނެވެ. ޖެހުނު ގޮތަށް ދެ މީހުންއެއްކޮށް ވެލިގަނޑު މައްޗަށް ވެއްޓުނެވެ. ޒުވާނާގެ ގައި މަތީ އޮތް އަންހެންކުއްޖާއަށް ބަލަހައްޓާގެން އޮވެވުނެވެ. އުމުރުން ނަވާރައަހަރުވީއިރު މިހާ ރީތި ކުއްޖެއް އޭނާއެށް ނުދެކެއެވެ. ވަށް ދޮން މޫނެކެވެ. ހިތިފަތު ބުމައެކެވެ. މަޑު ފިޔާތޮށިކުލައިގެ ތުންފަތެކެވެ. ފަން އިސްތަށިގަނޑުގެ އެއްބައި އޮތީ މޫނު މައްޗަށް ވެއްޓިފައެވެ. އެ ކުއްޖާ ލޯމަރާ ތަގުޅިކޮށްގެން އޮތްއިރު އެ މޫނުމަތިން މައުސޫމްކަން ފެނިގެން ދެއެވެ. އަންހެން ކުއްޖާ މަޑުމަޑުން އޭނާގެ ބޮޑު ދެ ލޯ ހުޅުވާލިއެވެ. އެދެލޮލުގެ ޖާދޫގައި ޒުވާނާ ޖެހޭކަށް އެންމެ ސިކުންތެއްވެސް ނުނަގައެވެ. ދިގު އެސްފިޔަތަކުގެ ސަބަބުން އަންހެން ކުއްޖާގެ ރީތި ކަން އިތުރުކޮށްދެއެވެ. ދެ މީހުންގެ ހަތަރު ކަޅި ހަމަވިއެވެ. ދެމީހުންނަށްވެސް ދެމީހުންގެ ލޮލުތެރެއަށް ގެނބިގެން ދިޔައެވެ. ދެ ޒުވާނުންނަށް ހޭވެރިކަންވީ އައްޒާމް ކަރުކެހިލި އަޑަށެވެ. ސިހިފައި އެ އަންހެން ކުއްޖާ ތެދުވަން އުޅުނެވެ. އެހެނަސް އެކަން އޭނާއަށް ކާމިޔާބުނުވީ އޭނާގެ ކަރުގަ އަޅާފަ އޮތްފަށް ޒުވާނާގެ ޓީޝާޓުގައި އިން ކަރުގޮށުގައި އަޅަައިގަނެފަ އޮތުމުންނެވެ. ޒުވާނާ ފަރުވާތެރިކަމާއެކު ފަށް ނައްޓަދިނެވެ. އެއާއެކު އެއަންހެންކުއްޖާ ތެދުވިއެވެ. ޒުވާނާވެސް އެކުއްޖާޔާ އެއްކޮށް ތެދުވިއެވެ. ” ހެއި މީ އަރްޝާދް ތީ؟” އަރްޝާދް ތަޢާރަފުވެލާމުން ސަލާމަށް އަތްދިއްކޮށްލިއެވެ. އައްޒާމަށް ނަޒަރެއް ދިނުމަށްފަހު އެކުއްޖާވެސް އަމިއްލައަށް ތަޢާރަފް ވިއެވެ. “މމމމ….. އަފްރާ” ވަރަށް ލަދުން ހުރެ އަފްރާ ނަންބުނެލިއެވެ. އަރްޝާދާ ސަލާންކުރާކަށެއް އަފްރާއަކަށް ނުކެރުނެވެ. “އަފްރާ” ހިތާ ހިތުން އަރްޝާދް އަފްރާގެ ނަން ކިޔާލިއެވެ. ސިފަޔާ އެއްވަރަށް އަފްރާގެ ނަންވެސް ރީއްޗެވެ. “އަފޫ އަރްޝާދަކީ މަގޭ ބެސްޓީ. އަރްޝާދް އަފޫ އެއީ މަގޭ ކޮއްކޮގެ ބެސްޓް ފްރެންޑް ދެން މާގޭ ކޮއްކޮއެށް ކަހަލަ ކުއްޖެއް އަފޫއަކީ!” އައްޒާމް އިތުރަށް އަފްރާ އަކީ ކާކުކަން ބުނެދިނެވެ. އަފްރާ އަރްޝާދަށް ރީތި ހިނިތުންވުމެއް ހަދިޔާކުރިއެވެ. އަފްރާ ހިނިތުންވެލިއިރު ކަނާއަތު ކޮލަށް އެޅުނު އަޑިކޮޅުގެ ސަބަބުން އަފްރާގެ ރީތިކަން އިތުރުވެގެންދިޔައެވެ. ޕަރީއެއްފަދަ ރީތި އެކުއްޖާއަށް އަރްޝާދްގެ ހިތް އެކީ ދެވުނެވެ. ” އަނހާ ދަރުފުޅާ އައްޒާމް އައިތަ އަރްޝާދް ގޮވާގެން. ދަރިފުޅުމެން ލަސްވާތީވެ ނާންނަނީ ކަމަށް ހީކޮށް މަންމަ މިނިކުތީ ދަރިފުޅުމެން ކޮބާތޯ ބަލާލަން. އަވަހަށް އާދޭ އެތެރެއަށް ކާން.  އަރްޝާދް ވެސް ހުންނާނީ ވަރަށް ހައި ވެފައެއްނު ދޯ. އަފްރާވެސް އެބައިން ދޯ! ދައްތަ ހީކުރީ އަފްރާ ދިޔައީކަމަށް ދެން އާދޭ ކައިގެން ދާން.” ގޯތިތެރެއަށް ނުކުތް އައްޒާމްގެ މަންމަ އަޒީޒާ ބުންޏެވެ. އަޒީޒާގެ ފަހަތުން އައްޒާމްގެ އިތުރުން އަރްޝާދް އަދި އަފްރާވެސް ވަނެވެ. ބޭރުން ކިތަންމެ އާދާއިގެ ގޮތަކަށް ފެނުނު ނަމަވެސް ގެއަކީ ވަރަށް ފެންވަރުގައި ހަދާފަހުރިގެއެކެވެ. ގެހުންނަނީ ދެބުރިއަށް ނަގާފަކަން އެނގެނީ ގޭތެރެއަށް ވަނިީމައެވެ. ތިރީބައިގައި ހުންނަނީ ބޮޑު ސިޓިންރޫމަކާއި ދެ ކޮޓަރިއެވެ. ސިޓިންރޫމްގައިވަނީ މަޑު ނޫކުލައާއި ގަދަ ނޫކުލަލާފައެވެ. ސިޓިންރޫމްގެ މެދެއްހާ ހިސާބުގެ ކަނޑުނޫ ކުލައިގެ ބޮޑު ސޯފާއެއް ބަހައްޓާފައި ހުއްޓެވެ. ސޯފާއާ ކުރިމައްޗަށްވާ ގޮތަށް ބޮޑު ޓީވީއެއްވެސް ހުއްޓެވެ. ޓީވީގެ ކަނާއަތްފަރާތުގައި ބައިވަރު މެޑަލާއި ތަށިހުތި ރެކެއް ހުއްޓެވެ. ސިޓިންރޫމަށް އެކަނި ނަޒަރު ހިންގާލުނުން އައޒާމްމެންނަކީ ތަނަވަސް ބައެއްކަން އެނގެއެވެ. އަރްޝާދްގެ ފޮށި ހިފައިގެން އައްޒާމް ގޮސް މަޑު ކޮށްލީ ސިޑިއާ އެންމެ ކާރިގައި ހުރި ކޮޓަރި ކުރިމަތީގައެވެ. ” މީ އާރޭގެ ކޮޓަރި އިނގޭ ޖެހިގެން އެއީ މަ އުޅޭ ކޮޓަރި. ކާގެން އައިސްދޯ ކޮޓަރިއަށް ވަންނާނީ. ހިނގާ މައްޗަށް މަތީގަ ހުންނާނީ ކާކޮޓަރި” އަރްޝާދް އޭނާގެ ކޮނޑުގައި އޮތް ދަބަސް ފޮށިމަތީ ބެހެއްޓުމަށްފަހު އައްޒާމްއާ އެއްކޮށް ކާކޮޓަރިއަށް ދިއުމަށް ހިނގާގަތެވެ. އޭރު އަފްރާ އަޒީޒާގެ ފަހަތުން މައްޗަށް އަރާފިއެވެ. މަތީބައިގައި ވެސް ހުންނަނީ ދެކޮޓަރިއެވެ. ސިޓިންރޫމްގެ ބަދަލުގައި ބަދިގެއާ ކާގެއެވެ.

ކާގެވެސް ވަރަށް ބޮޑެވެ. އަށްމީހުންގެ ޖާގައިގެ ބޮޑު މޭޒެށް ހުއްޓެވެ. މޭޒުމަތީގައި ތަފާތު ވައްތަރުގެ ބާވަތްތައް އަތުރާފައު ހުއްޓެވެ. ޒިންކް ކާރިއަށް ގޮސް އަތް ދޮވުމަަށްފަހު އަރްޝާދާ އައްޒާމް މޭޒުދޮށުގައި އިށީނެވެ. މޭޒުމަތިން ފެނުނު ކާއެއްޗިހީގެ ސަބަބުން އަރްޝާދް އިތުރަށް ހައިވިއެވެ. އޭނާއަށް އެންމެ މީރު މަސްބަތާ ތެލުލި ރިހާކުރުފެނުމުން ކުޅުދިޔާވިއެވެ. މޭޒުމަތީގައި ދެން އިތުރަށް ހުރީ ކޯއްޗެއްތޯވެސް ބަލާކަށް އަރްޝާދް ބޭނުމެއްނުވިއެވެ. ” ދައްތަ ހާދަ ރަނގަޅޭ. އަޅުގަނޑަށް އެންމެ މީރު އެތި މީ މަސްބަތާ ރިހާކުރު. މުޅި އުމުރަށްވެސް މި ކައިގެން އުޅެވިދާނެ.” ދެތަށި ޖޫސް ހިފައިގެން އަޒީޒާ ކާގެއަަށް ވަން ވަގުތު އަރްޝާދް ބުނެލިއެވެ. “އައްޒާމް ދައްތަ ގާތު ބުންޏޭ އަރްޝަދަށް މަސްބަތް ވަރަށް މީރު ވާނެޔޯ އެހެންވެ ދައްތަ މަސްބަތް ކެއްކީ. އެހެންވީމަ އަރްޝާދް ވާނެ ބަތްތެލި ހުސްކުރަން. ދެން މިގޭ އެކަކުވެސް މަސްބަތެއް ނުކާނެ.” އައްޒާމާ ޖެހިގެން އިން ގޮނޑީގައި އިށީންނަމުން އަޒީޒާ ބުންޏެވެ.

ލުއި މިއުޒިކެއް ފަދައިން އަންހެން ކުއްޖަކު ހޭ އަޑުއިވުމުން އަރްޝާދް އެދުނާއަށް ބަލާލިއެވެ. އޭރު އައްޒާމްގެ ކޮއްކޮ އާލާއާ އެކޮށް އަފްރާ ކާގެއަށް ވަންނަނީއެވެ. އަރްޝާދަށް އިވިގެން ދިޔައީ އަފްރާގެ ހުނުމުގެ އަޑެވެ. “ދަރިފުޅުމެންވެސް އަވަހަށް އިށީންދޭން ކާން.” އަޒީޒާ ހިތްހެޔޮކަމާއެކު ބުންޏެވެ. އަލާ ގޮސް އައްޒާމް ކުރިމައްޗަށް އިން ގޮނޑީގައި އިށީނެވެ. އާލާއަކީވެސް ރީތި ކުއްޖެކެވެ. ހަމުގެ ކުލަ އަލިވެފައި ބުރު ސޫރަ ރީއްޗެވެ. ކޮނޑާހަމައަށް އޮތް ފަން އިސްތަށިގަނޑު އޮތީ ގަތާފައެވެ. މަޑު ފިޔާތޮށިކުލައިގެ އަރިމަތި ފެޅި މައްޗަކާ ގަދަފިޔާތޮށި ކުލައިގެ ފުއްޕިހަރުވާޅެއް ލައިފައި ހުރުމުން އިންޑާއާ ހިސާބު ގަނޑުކުއްޖެއް ވައްތަރު ޖަހައެވެ. އާލާ އެ ގޮނޑީގައި އިށީންނުމުން އަފްރާ ޖެހުނީ އަރްޝާދްގެ ކުރިމައްޗަށް ވާ ގޮތަށް އިން ގޮނޑީގައި އިށީންނާށެވެ. އަފްރާ އޭނާގެ ކުރިމަތީގައި އިށީންނުމުން އަރްޝާދަށް ރަނގަޅަށް ކެވޭ ގޮތްވެސް ނުވިއެވެ. އިރު އިރު ކޮޅާ އަފްރާއާ ދިމާއަށް ބަލާލައެވެ. އާލާއާ އަފްރާ އެމީހުންގެ އަމިއްލަ ވާހަކަ ދައްކާފައި ހުނެވެ. އަފްރާ ހިނިތުންވެލާ ކޮންމެ ފަހަރަކު އަރްޝާދަށްވެސް ހިނިތުންވެވެއެވެ. އަރްޝާދަށް ވަމުން ދިޔަ ގޮތް އައްޒާމަށް ފެންނަމުން ދިޔައެވެ. އެހެނަސް އެއްޗެކޭ ނުބުނެ ހުރީ އަޒީޒާ އިނުމުންނެވެ. އައްޒާމްގެ މޫނު މަތިން ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހުމުގެ ކުލަވަރު ފެންނަން ހުއްޓެވެ. ” އަރްޝާދް ދައްތަ މިހުންނަނީ ހަނދާންނެތިފައޭ ކޮބާތަ މިހްރާން ؟ އެ ސޮރު މީހަކާއިނދެފި ދޯ؟” ” ލައްބަ. ބޭބެ މިހާރު މެރީ ކޮށްގެން ކުއްޖެއްވެސް ހުރޭ” ވަށްކަޅިން އަފްރާއާ ދިމާއަށް ބަލާލަމުން އަރްޝާދް ބުންޏެވެ. ” ނާހަމަ ތެދެއް! ނުވެސް އިނގޭ! އެމަންޖެއާ ދަރިފުޅު ރަނގަޅުތަ؟” ސުވާލަކަށްފަހު ސުވާލެއް އަޒީޒާ ކުރަމުން ދިޔައެވެ. ” ދެން ރަނގަޅު ދައްތަވެސް ބޭބީވެސް އަދި އަހަރެއް މިވަނީ ފިރިހިންކުއްޖެއް ލިބުނީ މާއިޒް ކިޔަނީ” އަރްޝާދް ވެސް ދިޔައީ އަޒީޒާ ކުރަމުން ދިޔަ ސުވާލުތަކަށް ޖަވާބުދެމުންނެވެ. ކައި ނިންމާލުމަށްފަހު ވަރުބަލި ފިލުވާލުމަށްޓަކައި އަރްޝާދް ގެ ކޮޓަރިއަށް ދިޔައެވެ.

އަޒީޒާ ދިން ތަށިބަރި ހިފައިގެން އަފްރާ ގެއަށް ދާން ހިނގާގަތެވެ. ދޮރޯށިން ބޭރަށް ނުކުންނަމުން ގޯތި ތެރެއަށް ނަޒަރު ހިންގާލީ އިރުކޮޅެއް ކުރިން ހިނގާދިޔަ ހާދިސާ މަތިން ހަނދާންވުމުންނެވެ. އެއާއެކު އޭނާގެ މޫނަށް ޖަންބުކުލައެރިއެވެ. ނޭންގޭ އިހްސާސްތަކެއް ހިތުގައި އުފެދުނެވެ. އަފްރާގެ މޫނު މަތީގައިވި ހިނިތުންވުން ފަނޑުވީ ގެއާ ހިސާބަށްދެވުމުންނެވެ. އެންމެ ކުރީ ޒަމާނުގޮތަށް ހަދާފައިވާ ގެއެކެވެ. ގެއަށްވުރެ ހުސްޖާގަ ގޯތިތެރޭގައި އޮތެވެ. މުޅިގޭގައިވެސް ވަނީ ޖުމްލަ ދެ ކޮޓަރިއެވެ. އެއްވެސް ކޮޓަރިއެއް ސީލިންގްކޮށްފައެއް ނުވެއެވެ. ބިންމަތީގައި ވެސް އޮތީ ތަޅުން އަޅާފައެވެ. އަފްރާގޮސް އަތުގައި ހުރި ތަށިތައް ބަދިގޭގައިހުރި ލަކުޑި މޭޒުމަތީ ބަހައްޓާލިއެވެ. އެއަށްފަހު ގޭގެ އެތެރެއަށް ހުރި ކޮޓަރީގައި ޓަކި ޖަހާލިއެވެ. ދެތިން މިނެޓުތެރޭ އެތެރެއިން ތަންޑުހުޅުވާލިއެވެ. އަފްރާގެ ކުރިމަތީގައި ހުރީ ސާޅީހަކަށް އަހަރުގެ އަންހެނެކެވެ. “މަންމާ އާދެކާން! އަޒިއްތަ އެބަހުރި މަސްބަތް ފޮނުވާފަ އަވަހަށް އާދޭ ކާން” ” ދަރިފުޅު ކާފިންތަ؟” ކޮޓަރިން ނުކުންނަމުން އަފްރާގެ މަންމަ ފަރީހާ ވަރަށް ލޯބިން އަހާލިއެވެ. އަފްރާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އެއަށްފަހު ނިދާލަންދަނީ ކަމަށްބުނެ ކޮޓަރިއަށް ދިޔައެވެ. ފަރީހާ ކާގެއަށްވަދެ އަޒީޒާ ފޮނުވާފައި ހުރި ތަށިތަކަށް ބަލާލިއެވެ. އަދި ހިތާހިތުން އަޒީޒާއަށް ޝުކުރު އަދާކޮށްލިއެވެ. އޭނާ އެންމެ ނިކަމެތިވި ދުވަހު އޯގާތެރިކަމުގެ އަތްދިއްކޮށްލީ އަޒީޒާއާ އޭނާގެ ފިރިމީހާ އަބްދުﷲއެވެ.

މައިންބަފައިންގެ ނުގަބޫލުގައި ފަރީހާ ސުހެއިދުއާ ކައިވެނިކުރިއެވެ. ސުހެއިދަކީ މާލޭގެ މުއްސަންޖެކެވެ. ކައިވެންޏަށް ފަހު ސުހެއިދުއާއެކު ފަރީހާ އޭނާގެ ދިރިއުޅުން މާލެއަށް ބަދަލުކުރިއެވެ. ކައިވެންޏަށް ދެއަހަރު ވީއިރު އެދެމަފިރިންނަށް ލޯބިލޯބި އަންހެން ކުއްޖަކު ލިބުނެވެ. އެދަރިފުޅު ލިބުމަށްފަހުވެސް ސުހެއިދުގެ ފާރަތުން ފަރީހާއަށް ލޮތްބާއަޅާލުން ލިބެމުން ދިޔައެވެ. އޭގެ ތިން އަހަރުފަހުން އަނެއްކާވެސް އެދެމަފިރިންނަށް ލޯބިލޯބި އަންހެން ކުއްޖެއް ލިބުނެވެ. ދެވަނަ ދަރިފުޅު ލިބުނު ފަހުން ސުހެއިދުގެ އުޅުމަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ފަރީހާއަށް ދޭ ވަގުތު މަދުވާންފެށިއެވެ. ހެނދުނު އަށެއް ޖަހާއިރު ގޭއިން ނުކުންނަ މީހާ ގެއަށް އަންނައިރު ހުންނަނީ ބާރަޖަހާފައެވެ. އެކަމާ ބެހޭ ގޮތުން ފަރީހާ ސުވާލު ކުރުމުން ސުހެއިދު ރުޅިއިސްކުރެއެވެ. އެދެ މީހުންގެ ދެވަނަ ދަރިފުޅަށް ހަތަރު އަހަރުގައި ސުހެއިދު ފަރީހާ ވަރި ކުށްފައި ރަށަށް ފޮނުވާލިއެވެ. އެހެނަސް އޭނާގެ ދެކުދިން ސުހެއިދުއެށް ނުދިނެވެ. ފަރީހާ ރަށަށް އައިރު އޮތީ ރިހޭ ފައިމައްޗަށް ފޮއެ ވެއްޓިފައެވެ. އޭނާ ސުހެއިދުއާ އިނދެގެން ދިޔަތާ ތިން އަހަރުނުވާނީސް އޭނާގެ މައިންބަފައިން ވަނީ މިދުނިޔެއާ އަލްވަދާއުކިޔާފައެވެ. އޭގެ އިތުރަށް އޭނާހުރީ އަފްރާއަށް ބަލިވެއެވެ. އޭނާ އެނބުރު ރަށަށް ދިއުމުން ރަށުގެ މީހުންގެ ފަރާތުން އޭނާއަށް ނުރުހުން އަމާޒުވިއެވެ. ފަރީހާއަށް އެހީވެދޭނެ އާއިލާގެ މީހަކުނުވިއެވެ. އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ އަޒީޒާއާ އަބްދުﷲއެވެ.

ސާދައަހަރު ކުރީގެ ހަނދާންތައް އާވެގެން ދިޔުމުން ފަރީހާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އަފްރާ ދުނިޔެއަށް އުފަންވިކަމެއްވެސް ސުހެއިދުއަކަށް ނޭންގޭނެއެވެ. އަނެއްކޮޅުން ފަރީހާގެ ދޮށީ ދެކުދިންގެ ހާލަކީ ކޮބާ ކަމެއް ފަރުހާއަކަށް ނޭންގޭނެއެވެ. ދެކުދިންވެސް ތިބޭނީ ބޮޑުވެފައޭ ފަރީހާގެ ހިތަށް އެރިއެވެ. ލޮލުން ކަރުނަ ފުހެލުމަށްފަހު ފަރީހާ ކާންއަވަސްވެގަތެވެ.

*****************

” އަފްރާއަށް އަދި އެންމެ ސާދައަހަރުތަ؟” ގަބޫލު ނުކުރެވިގެން އަރްޝާދް އަހާލިއެވެ. އައްޒާމް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އަރްޝާދްގެ ހިތް މާޔޫސްވިއެވެ. އޭނާއަށް ލޯބިވެވުނީ ކުޑަކުއްޖެއް ދެކެއެވެ. އައްޒާމް އަފްރާއާާ ބެހޭ ގޮތުން ހުރިހާ އެއްޗެށް އަރްޝާދަށް ކިޔާދިނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

އުޖާލާވެގެންދިޔަ ޙަޔާތް (8)

Next

ހިތުގެ އެދުމޭ ތީ ޓްރެއިލަރ

Next
July 7, 2018

ހިތުގެ އެދުމޭ ތީ ޓްރެއިލަރ

Previews
July 6, 2018

އުޖާލާވެގެންދިޔަ ޙަޔާތް (8)

9 Comments!

  1. Kiyara says:
    July 6, 2018 at 10:58 pm

    Slm all miothy mi storyge 10vana part. And kury partah comment kuri hurihaa kudhinnah ves varah bodah thanks. Mi vaguthuge gothun comments ah reply nukureveny. Ekam ves alhugandah dhehvva support ah varah bodah shukuriyya. Hurihaa kudhinnah ves mi bai kamudhaane kamah ummedhu kurana LY all ?♥️♥️

  2. unique says:
    July 6, 2018 at 11:02 pm

    oh kiyara thanks

    1. Kiyara says:
      July 7, 2018 at 12:51 pm

      Ure welcome unique

  3. Shima says:
    July 7, 2018 at 12:31 am

    Ehen part thah fadhain mi part vess v reethi …. Hope v avas mudhdhatheh gai aneh part kiyaalan libeyne kamah…..n gud luk

    1. Kiyara says:
      July 7, 2018 at 12:52 pm

      Thanks shima Insha Allah varah avah kiyaalan libeyne dhen oii part

  4. Reader says:
    July 7, 2018 at 5:36 am

    Story varah reethi.. Dhen faharakun aibai fiyyah samaau kan dheyne kamah unmeedhu kuran

    1. Kiyara says:
      July 7, 2018 at 12:53 pm

      Thanks reader dhen ohnna partga ekan rangalhu kohleveytho balaanann. Mistake bunedhinyma vara bodah thanks.

  5. Stry Kiyaa Man says:
    July 7, 2018 at 10:56 am

    Ohh no kiyaa kihineh hadhaafa mi hury dear. Nan thah mi hury olhun bolhun vefa ehnu.like shuheidh or humeidh thr fareeha or farhaa thr.
    N mi part vex salhi . Mi hen nan thah olhun araafa hury ma mihaar kula vehje araash and maany ge dhontha onna gulhuma kiyy kba kan.
    afra and arshadhah mistake eh hedheny dhw.hahaha.dhen maa fahun igeny.miyy ST Man ah kulavi goih .haha.waiting 4 nw part.
    -salaam-????

    1. Kiyara says:
      July 7, 2018 at 11:58 am

      Wslm ST Man. Varah bodah thanks mistake thah faahaga kohdhinyma. Aslu kurin humaidh liyefa fahun nan change kuryma ehthanuga change nukurevi iny. Dhen faryhaa ah faruhaa jehifa iny auto correct in. Mihaaru hunnane rangalhu kohllafa update kohlaafa. Varah ufaavehjje ST man kahala readers mi stry kiyaalaathyve. ISA varah avah nxt part kiyaalan libeyne. ????

Comments are closed.

Next Episodeރާސްތާ 11←


All Right Reserved!