ދުވަހަކީ ހޮނިހިރު ދުވަހެކެވެ. ފެނުން ތޮޅިލުމަށްފަހު އިރު އޭގެ ރަން ދޯދިތަށް ދުނިޔެ މައްޗަށް އަލިކުރަން ފެށިއެވެ. ކޮންމެ މީހެއްގެ ހަޔާތުގެ އާދުވަހަކަށް މަރުހަބާ ކިޔަމުންނެވެ. ހިތުގެ ތެޅުން ނުހުއްޓި އަހަރެން މި ދުނިޔޭގައި ދިރިހުންނާނެ ކޮންމެ މިނަޓަކާއި ސިކުންތު ކޮޅެއްގައި ވާނެ ގޮތެއް ނޭނގޭ ހާލު އަރައިގެން އައި އިރާއެކު އަހަރެންވެސް ހޭލީމެވެ. އެނދުން ތެދުވެ މޫނުދިވެލައިގެން ސިޓިންގް ރޫމަށް ނިކުތީމެވެ. މިއަދަކީ ދަތުރު ދާން ހަމަޖެހިފައިވާ ދުވަސް ކަމުން ދަތުރުގެ އެންމެ ފަހުގެ ތައްޔާރީތަށް ކުރިޔަށްދާތަން […]
ރޭގައި ވާރޭވެހިފައި ހުއްޓާލީ ފަތިސް ވީ ފަހުންނެވެ. އެހެންނަމަވެސް އުޑުމަތީގައި އެކަތި އަނެކެއްޗާ ސަކަރާތް ޖަހަމުން ދިޔަ ވިލާތަކަށް ބަދަލެއްނާދެއެވެ. އެ ވިއްލާގަނޑަށް ވުރެ އަނެއްވިލާގަނޑު ގަދަވުމަށް ކުރަމުން ދިޔަ މަސައްކަތުގެ ސަބަބުން އިރުގެ އަލި ދުނިޔެމައްޗަށް ފުރިހަމަ ގޮތުގައި ފެތުރުމަށް ހުރަސްއެޅިފައިވެއެވެ. ދޫނި ސޫފާ ސޫފީގެ އަޑުން ފަޒާ ގުގުމަމުން ދިޔައެވެ. ފަޒާގައި ހިފާފައިވި ފިނީގެ ސަބަބުން އުނދަގޫވެގެން އުޅޭހެން ހީވިއެވެ. ވިލާ ބޯކޮށްފައި އޮތަކަސް ވަޔެއްނުޖެހެއެވެ. އެހެންކަމުން ގަސްތަކުގެ ފަތްތަށްވެސް ފެންނަނީ އާދަޔާ ހިލާފަށް […]
“ނުހާ…އެމް ގޮއިން ޓޫ..” މަލާކް ވާހަކަ ދެއްކީ ރަށަށް ދިޔުމާއި ބެހޭ ގޮތުންނެވެ. “އަލޫކް ގާތު ބުނެފިން؟” “އަހަރެން މިދުވަސްކޮޅު އިހަށް ބޭނުމެއްނޫން ވާހަކަ ދައްކާކަށް، އައި ވޮނަ ޓޭކް އަ ލިލް ބްރޭކް…ދެން އައިސް އެކަމާ އުޅޭނީ…” މަލާކްގެ ވާހަކަ އެގޮތަށްހުރި ކަމުގައި ވިޔަސް އޭނާގެ ހިތުގެ އަޑީން ގޮވަމުން ދަނީ ނުދިޔުމަށެވެ. އަލޫކާ ވާހަކަ ދައްކަން ކިތަންމެ ބޭނުންނަމަވެސް މަލާކްގެ ދޫ އެކަމަށް ނުކުޅެދިނެވެ. މެސެޖުކުރަން އުޅޭ އިރަށް މުޅި އަތާއި އިނގިލިތައް ތުރުތުރުއަޅަން […]
ފާއިޒްގެ ޝެޑިއުލްއަކީ ހެނދުނު ދިހައެއް ޖަހާއިރު ހިއްލާލައިގެން ގޭމް ކުޅެލާ، ފޭސްބުކަށް ވަދެލާ، ފޮޓޯ އާއި ވީޑިއޯ ހޯދާ އެއްކުރުމެވެ. އޭނާގެ މައިންބަފައިންނަކީ މުއްސަނދިންނަށް ނުވިޔަސް ގޭގެ ތިރީ ބައި ކުއްޔަށް ދީގެން ލިބޭ ލާރިން ފާއިޒަށް މަހަކު ދެހާސް ފަސްސަތޭކަ ރުފިޔާ ދެއެވެ. ކޮންމެ މަހަކުވެސް އެކައުންޓަށް އެފައިސާ ޖަމާވާނެއެވެ. އޭގެން މާރަނގަޅަށްވެސް ފާއިޒައަށް ފުއްދާލެވެއެވެ. ގޯސް ގޮތަކަށް ނޫޅޭ މީހަކަށް އެއީ ‘ރަން’ އެހެންނޫންތޯއެވެ؟ ހެނދުނު ތެދުވެ މަންމަ ސައި ހެދީމަ ސައިބޮއެގެން އިރު […]
‘ރުކުބުޑަށް ވެއްޓިފައި ހުރި ކާށިތައް ހޮވަމުން، ފަހަރަކު ކާއްޓެއް ކާލިޖަހަމުން، ކޮޑުމަތީގައި އޮތް ދަނޑިގަޑަށް ކާލި ޖަހާފައި ހުރި ކާށިތައް އަމުނަމުން އަހުމަދު އޭނާގެ އާދަކާދަވެ ކުރާ މަސައްކަތާއިގެން މަޝްޢޫލު ވެ އުޅުނެވެ. ހިޔާލެއް ފިކުރެއްނެތި ބޯޖަންގަލީގެ ތެރޭގައި އަހުމަދު އުޅުނީ އެކަންޏެވެ. މިއަދު އޭނާއާއި އެކީ އާދަވެ އަންނަ އެކިވެރިންގެ ހިލަމެއްނެތެވެ. ފަހަރަކު ރުކެއްގެ ބުޑުން ކާށިހޮވަމުން ދިޔަ އަހުމަދު އެކަނިވެރިކަން ފިލުވުމަށް ދޭތެރެއަކުން ރައިވަރެއް ކިޔައިލައެވެ. މާބޮޑަށް ތަންދޮރު އޮޅުންފިލައި ތައުލީމެއް ނެތެއްކަމަކު އަހުމަދަކީ […]
މޯޅިއަކަށް ދެމިލުމަށްފަހު އިރު އޭގެ ރަން ދޯދިތަށް ދުނިޔެމައްޗަށް އަލިކުރަން ފެށިއެވެ. އަރާމު ކޮށްލުމަށްފަހު އޭގެ ތަޙުތުަގައި އަލުން ރަސްކަން ކުރަންފެށިއެވެ. މުލުހާލުގެ އަޑު މުޅި ރަށުތެރޭގައި ގުގުމާލިއެވެ. ފަތިސް ނަމާދު ކޮށް ނިންމާލުމަށްފަހު މިސްކިތުން ފިރިހެންވެރިން ނިކުތީވެސް އެވަގުތެވެ. ސަލާން ދިނުމަށްފަހު އަންހެންވެރިންވެސް އެބައިމީހުންގެ ނަމާދު ދޮޅިތަށް ބާލާލިއެވެ. މުސައްލަ ފަތްޖަހާލަމުން މަގުމައްޗަށް ނިކުތީ ކުނިހާ އިލޮށިފަތި ހިފައިގެންނެވެ. ކުޑަކުދިންވެސް ގެ ތަކުން ނުކުމެގެން މަގުމަތީގެ އެކި ހިސާބުތަކަށް ދުއްވައިގަތެވެ. “ޕޮއް.” ގޭދޮރުމަތި ކުނިކަހަން ގުދުވެއޮތް ހިބާގެ ކޮނޑުގައި […]
” އައިޝާ. އައިޝާ. ” ގޭތެރެއަށް ވަދެގެން އައި އަޝްފާގު އަޑުގެ ނެތްތަނަށް އޭނާގެ އަންހެނުންނަށް ގޮވަމުން ދިޔައެވެ. ހީވަނީ އައިޝާ ގެއްލިގެން އުޅޭ ހެންނެވެ. ބަދިގެ ތެރޭގައި އުޅުނު އައިޝާވެސް ދުވެފައި ނިކުމެގެން އައެވެ. ޔޫއާންވެސް ފޯނާ ކުޅެމުން ގެއަށް ވަތް ވަގުތަކީ އެއީއެވެ. ބައްޕަގެ އަޑު ހުރިގޮތުން ކަމެއް ގޯސްވެއްޖެކަން ދެނެގަނެވުނެވެ. ފަތުގައި މީހަކު ހުރިހެން ހީވެގެން އަޝްފާގު ފަހަތް ބަލާލިއެވެ. ޔޫއާން ފެނުމުން އޭނާގެ މޫނުމަތިން ފާޅުވީ ރުޅިވެރިކަމެވެ. ޖެހި ބުދެއްހެން ހުރި […]
ޖިންނި ޝައިތާނުންގެ ވާހަކަ އަކީ ގިނަބަޔަކު ގަބޫލު ކުރާ ވާހަކަ އެންނޫނެވެ. އެކަން ދިމާވެފަވާ މީހެންގެ ހިތުގެ ޝުއޫރުތަކާ އެ މީހަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ އަނެކާއަށް އިހުސާސް ވާނޭ ކަންކަމެއްވެސް ނޫނެވެ. ހަގީގަތުގައި ބުނަނީނަމަ ދާދި އިހަކަށް ދުވަހާޖެހެންދެން އަހަރެން މިވާހަކަތަށް ގަބޫލެއް ނުކުރަމެވެ. އޭރުގަ ބުނާނަމަ އަހަރެންގެ ނަޒަރުގައި ޝައިތާނީ ވާހަކަތަކަކީ ކުޑަކުދިން ބިރުގަންނަވަން މީހުންދައްކާ ތޯތޯ ވާހަކަ ތަކެކެވެ. އެހެންނަމަވެއް ލޯކުރިމަތީ ފެންނަން އޮއްވާ އެއްވެސް މީހަކަށް ދޮގު ކުރެވޭނެބާއެވެ؟ އަހަންނަށް ވެސް ވީ […]
“އައްސަލާމްޢަލައިކުމް!” އެންމެ ފަހަރަކު ގޮވާލުމާއެކު ސަލާމް ބަލައިގަތެވެ. “ވަޢަލައިކުމްސަލާމް!” ކުޑަ ކުޑަ ކުއްޖަކު އަތަށް ލައިގެން އަހަންނާ އެއް އުމުރެއްގެ އަންހެނަކު ނުކުތެވެ. އޭނާ ހުރީ އިސްޖަހައިގެން ކަމުން މޫނެއް ނުފެނުނެވެ. ކުއްލިއަކަށް އޭނާ އިސްއުފުލާލާ އަހަންނާ ދިމާއަށް ބަލައިލުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ފަހަތަށް ފިޔަވަޅެއް އަޅަން ހިތަށް އެރި ނަމަވެސް މަޑު ކޮށްލީމެވެ. މަޑު މަޑުން ކުރިއަށް ހިނގައިގަތީމެވެ. އޭނާ ހުރި ފިޔަވަޅުމަތީ ހުރީއެވެ. ކުރިއަށް ޖެހެމުން ގޮސް ދެތިން ފޫޓު ދުރުގައި ހުއްޓިލާ އޭނާގެ އަތުގައި އޮތް ތުއްތު ކުއްޖާގެ މޫނަށް ބަލާލީމެވެ. ދަންނަ ވައްތަރު ޖަހާހެން ހީވިއެވެ. އެކުއްޖާގެ މޫނުގައި ފިރުމާލަން އަތްދިއްކޮށްލީމެވެ. ވަގުތުން އޭނާ އެކުއްޖާ ދުރަށް ލިއެވެ. “ޚަބަރުދާރު! ކަލޭ ނުޖެހޭނެ އެ ކުއްޖާއާ ވައިވެސް އެޅިލާކަށް! ކަލެއްކަށް ހައްޤެއް ނޯންނާނެ!” ކޮންމެ ޖުމްލައެއް ހީވީ އަހަރެންގެ ހިތް ކަފާ ކުދި ކުރަމުން ދިޔަހެންނެވެ. ‘ކަލޭ’ ކިޔައިގެން ދުވަހަކުވެސް އަހަންނާ ވާހަކަ ދައްކާފައިވާ މީހެއް ނޫނެވެ. އާނއެކެވެ. އެއީ ޝީންއެވެ. “އަދިވެސް ބަލަހައްޓައިގެން ހުންނަނީތަ؟ ހަމަ މިހާރު ނުކުމޭ މިގެއިން! ކަލެއާ ކައިސަން އަހަންނަށް ހެދުނު ވަރު މަދީތަ އަދިވެސް؟ އަޑެއް ނީވޭތަ؟ ނުކުންނާށޭ!” އަހަންނަށް ހަމަ ހުރެވުނީއެވެ. ގަބުވެފައެވެ. އެއީ ހަމަ ޝީން ބާވައެވެ. އަހަރެން ޝީންއަށް ހެދީ ކޮން ގޮތެއްހެއްޔެވެ؟ ފެންދެމޭ ކޯރެއްފަދައިން ލޮލުން ކަރުނަތައް އޮހިގަތެވެ. “ޝީން! އުފާވެރި ޚަބަރެއް! އަހަރެމެން ދެމީހުން ކައިވެނި ކުރަންވީ! ޔެސް!!!” ދޮރުން ވަދެގެން އައި ފިރިހެން މީހާ ބާރު ހިނގުމެއްގައި އައިސް ޝީންގެ އަތުގައި އޮތް ކުއްޖާ ނަގައިގެން އުރާލިއެވެ. “ބައްޕިގެ ޒާން! ދޫނި ހީލަބަލާ! ބައްޕިގެ ދޫނިޔާ!” އެފިރިހެންމީހާއަށް އަހަރެން ފާހަގައެއް ނުކުރެވުނެވެ. “ހިނގާ އަހަރެމެން އަވަހަށް ކައިވެނި ކުރަމާ! ކައިސަންވެސް އެހުރީ ޖަލުގައެއްނު! ދެން ޝީން ނުޖެހޭނެ އެކަމާ ހާސް ވާކަށް! ކައިނާއާއި ކައިސަން ވަކިވީއެއްނު! ހެޕީތަ ޑިއާ؟” އެހެން ބުނުމަށްފަހު އޭނާ ޝީންއާއި ދިމާއަށް ބަލާލިއެވެ. ޝީން ހާސްކަމާއެކު ދެލޯ ބޮޑުކޮށްލައިގެން ހުރީ އަހަރެންނާ ދިމާއަށް ބަލާށެވެ. އެ ފިރިހެން މީހާއަށް އެކަން އެނގުމުން ޝީން ބަލަންހުރި ދިމާއަށް ބަލާލިއެވެ. “ކަކަ..ކައިނާ!!؟؟” ކައިލާން ހައިރާންވެފައި ގޮވާލިއެވެ. އަހަރެންގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ. އަހަރެން ޝީންއާ ގާތަށް ޖެހިލީމެވެ. އަދި ކައިލާންގެ އަތުގައި އޮތް ޒާންއާ ދިމާއަށް އިނގިލި ދިއްކޮށްލީމެވެ. “އެއީ ކާގެ ދަރިއެއް؟” އަހަރެން ސުވާލު ކޮށްލީމެވެ. ޝީން ޖަވާބެއް ނުދިނެވެ. ޝީން ބަލާލީ ކައިލާންއާ ދިމާއަށެވެ. އޭގެން އަހަންނަށް ޖަވާބު އެނގުނެވެ. މަޑުމަޑުން ކައިލާންއާ ދިމާއަށް ހިނގައިގަތުމަށްފަހު ޒާންއާ ދިމާއަށް ބަލާލީމެވެ. މިހާރު އަހަންނަށް ޔަގީން ވެއްޖެއެވެ. އެވަގުތު އަހަންނަށް ޒާން ވައްތަރުވީ ކައިލާންއާއެވެ. އެއީ ކައިލާންއާ ޝީންގެ ދަރިއެކެވެ. “ދޮންބޭ! ކީއްވެ އަހަންނަށް އޮޅުވާލީ؟ އަހަރެންގެ ކޮން ކުށެއް އޮތީ؟ ކީއްވެ އަހަންނާ ކައިސަންއާ ދުރުކުރީ؟” އަހަންނަށް ކޮޅަށް ނުހުރެވުމުން އިށީންނީމެވެ. “ކައި.. ދޮންބެއަށް މާފުކުރޭ! ދޮންބެ ޝީންދެކެ ވަރަށް ލޯބިވޭ.. އެހެންވެ ޝީން ބުނާހާ ކަމެއް ކޮށްދެމުން މި ދަނީ… ޝީން އެދުނީ ކައި އާ ކައިސަން ދުރުކުރުވަންވެސް.. އެހެންވެ އެކަމަށް އެއްބަސް ވެވުނީ.. ސޮރީ ކޮއްކޯ.. ދޮންބެއަށް މާފު ކުރޭ! ޕްލީޒް!” ކައިލާން ބުނި ވާހަކަ ގަބޫލުކުރަންވެސް ދަތިވިއެވެ. “އެހެންވީމާ އާއިލާ މީހަކަށްވުރެ ލޯބިވާ މީހާ މުހިއްމުތާ ދޮންބެއަށް!” ކަރުނަ މަތަކުރަމުން ބުނެލީމެވެ. “ނޫން! އެއްގޮތަކަށްވެސް ތިހެނެއް…” އަތުގެ އިޝާރާތުން އަހަރެން ކައިލާން ހުއްޓުވީމެވެ. ޝީން ކައިރިއަށް ޖެހިލީމެވެ. “ކީއްވެ ޝީން އަހަރެންނާ ކައިސަންއާ ދުރުކުރުވަން މަސައްކަތް ކުރީ؟ ޝީންއަށް އުނދަގުލެއް ވަނީތަ؟ ކީއްވެ މިކަމުގެ ތެރެއަށް ދޮންބެ ވެެއްދީ؟ ކީއްވެ؟ ކީއްވެތަ ޝީން އަހަންނާ ކައިސަން އާ ވަކިކުރީ؟” ޝީންގެ ކޮނޑުގައި ހިފާ ތަޅުވާލަމުން ހަޅޭއްލަވައިގަތީމެވެ. “އެއީ އަހަރެން ކައިސަންދެކެ ލޯބި ވާތީ!” ހީވީ އަހަރެންގެ ކަންފަތްދޮށުގައި މީހަކު އެތިފަހަރިކުން ވީއްލާލިހެންނެވެ. “ތީގެ މާނައަކީ… ތިބުނީ ޝީން އަހަރެންދެކެ ލޯތްބެއް ނުވެއޭދޯ!” ކައިލާންވެސް ހީވީ މޮޔަވިހެންނެވެ. “އާނ! އަހަރެން ލޯބިވީ ކައިސަން ދެކެ! އަހަރެން ލޯބި ވަނީވެސް ކައިސަން ދެކެ. އަހަރެން ކައިލާން ބޭނުންކުރީ އަހަންނަށް ކައިސަން ލިބޭތޯ.. އެކަމަކު އަދިވެސް އެ ކައިސަން ވިސްނަނީ ކައިނާއާ ދޭތެރޭ… އަހަރެން ކޮންމެ ދުވަހަކު ކައިސަން އާ ބައްދަލު ކުރަން ދަން… ދާއިރަށް އަހާނެ ކައިނާ ކޮބާހޭ ކައިނާ ރަނގަޅުހޭ ކައިނާގެ ބޮލޭ އޭއްޗެކޭ މީއްޗެކޭ… އެހެންވެ އަނެއްކާވެސް އަހަރެން އަނބުރާ ގެއަށް އަންނަނީ… އަހަރެން ލޯބިވަނީ ކައިސަންދެކެ… ކައިލާން ދެކެއެއް ނޫން!”މިހެން ބުނެ ޝީން ދިޔަ ބާރު މިނުގައި ގެއަށް ވަނެވެ. އަހަންނަށް ހުރެވުނީއެވެ. ބުނާނެ ހަމަ އެކައްޗެއްވެސް ނޭނގުނެވެ. އެއްފަހަރު ކައިލާންއަށް، އަނެއްފަހަރު ޝީން ވަދެގެން ދިޔަ ދޮރާ ދިމާއަށް ބަލާލެވުނެވެ.