Skip to content
އެސްފިޔަ

އެހެނަސް…(11)

“ނުހާ…އެމް ގޮއިން ޓޫ..” މަލާކް ވާހަކަ ދެއްކީ ރަށަށް ދިޔުމާއި ބެހޭ ގޮތުންނެވެ. “އަލޫކް ގާތު ބުނެފިން؟” “އަހަރެން މިދުވަސްކޮޅު އިހަށް ބޭނުމެއްނޫން ވާހަކަ ދައްކާކަށް، އައި ވޮނަ ޓޭކް އަ ލިލް ބްރޭކް…ދެން އައިސް އެކަމާ އުޅޭނީ…” މަލާކްގެ ވާހަކަ އެގޮތަށްހުރި ކަމުގައި ވިޔަސް އޭނާގެ ހިތުގެ އަޑީން ގޮވަމުން ދަނީ ނުދިޔުމަށެވެ. އަލޫކާ ވާހަކަ ދައްކަން ކިތަންމެ ބޭނުންނަމަވެސް މަލާކްގެ ދޫ އެކަމަށް ނުކުޅެދިނެވެ. މެސެޖުކުރަން އުޅޭ އިރަށް މުޅި އަތާއި އިނގިލިތައް ތުރުތުރުއަޅަން ފަށައެވެ. ކުރިންރޭ އަލޫކް ކޮށްފައި ހުރި މެސެޖުތަކަށް ރިޕްލައި ކުރަންވެސް ބޭނުމެވެ. ނަމަވެސް…

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓުގެ އަންނަ މީހުންގެ ދޮރާށިން ނުކުމެގެން އައި މަލާކަށް މަރުހަބާ ކިޔަން މާޒްއާއި މަލާކްގެ މަންމަ ސަރާއައިސް ހުއްޓެވެ. މަލާކްއާއި ދާދި އެއްހަމައެއްގައި ހުރެގެންއައި ޒާހިލްއަށް މަރުހަބާކިޔަން ޒާހިލްގެ ތިމާގެ މީހުންވެސް އައިސް ތިއްބެވެ. އެންމެން އެއްކޮން ލޯންޗްގައި ކެލަޔަށްދާން ފުރިއިރު މަލާކްގެ ހިތް ދިޔައީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ. އަލަށް ރަށައް ދެވޭތީއެވެ.

އެޕާރޓްމެންޓްގެ ދޮރުމަތީގައި ހުޅުވާނެ އިރެއްގެ އިންތިޒާރުގައި އަލޫކް ހުއްޓެވެ. ދެތިން ފަހަރަކު ބެލްޖެހިފަހުން އެތެރެއިން ދޮރު ހުޅުވީ ނުހާއެވެ. އޭނާ ހުރީ ހައިރާންވެފައެވެ. “މަލާކް އުޅޭތަ؟” ނުހާއަށް ދޭނެ ޖަވާބެއް ނޭނގިފައި އިރުކޮޅަކު ހުރެވުނެވެ. “މަ..މަލާކް..ގޮއްސި ރަށަށް..ރާއްޖެއަށް..” “ވަޓް؟؟؟؟!!! ނޯވޭ..ޔޫ މަސްޓް ބީ ލައިންގް!!!” އަލޫކްއަށް ހުރީ ޤަބޫލުކުރަން ދަތިވެފައެވެ. “ނޫނޭ އަލޫކް..ޝީ ވެންޓް ޓޫ ޑޭސް އެގޯ..އެކަމް މިއަދު ކަންނެ ރަށަށް ދާނީ އަދި، އެމް އޯލްސޯ ލީވިން ދިސް މަންޑޭ..” “ވެން ވިލް ޝީ ބީ ބެކް ދެން؟؟ކޮން ރަށެއް އެއީ؟” “އައި ޑޯންޓް ނޯ..އެކަމް ދެން ކޮލެޖް ހޮލިޑޭ ނިމެން ވާއިރަށް އަންނާނެދޯ..ވަން މަންތް ވަރު ވާނެ..ކެލާ..ހއ.ކެލާ އެރަށަށް ކިޔަނީ..” “ވަން މަންތް އޭ!!!!!!؟؟؟ އޯ..ތޭންކްސް ނުހާ..ގޮޓަގޯ..”

އަލޫކް ހުރީ ވާނުވާ ނޭނގިފައެވެ. އެންމެފަހުން ވަގުތުން ވަގުތަށް އޭނާ އޮފީހުން ޗުއްޓީނެގިއެވެ. ޓިކެޓު ނަގަން ބެލިއިރު އެންމެ އަވަހަށްވެސް ރާއްޖެއަށްދާ ފްލެއިޓަކުން ޓިކެޓްލިބެން އަންނަނީ އަދި ދެދުވަސް ފަހުންނެވެ.

ކެލާގެ ރީތިކަމާމެދު މަލާކްގެ ދުލުން ތަޢުރީފުގެ ބަސްތައް އޮހެމުން ދިޔައެވެ. ކިރުހުދުކުލައިގެ އެރީތި ގޮނޑުދޮށެވެ. އެވޯރޑް ހަމަ ޙައްޤުވެގެންވެއެވެ. ސާފު ބިއްލޫރިކޮޅެއްހައި ރީތި މޫދެވެ. ރަށަށް އަރައިން އަންނަ އިރު ، ފެހިކަންގަދަ ވިނަތަކުން ޒީނަތްވެފައި ފެންނަން އޮތް ބޮޑު ފުޓުބޯޅަދަނޑެވެ. މަގުގެ މެދުގައްޔާއި ދެއަރިމަތީގައި ހުރި ފެހިކަންގަދަ ހިޔާދޭ ބޮޑެތި ގަސްތަކެވެ. އެހާވެސް ހިއްފަސޭހަ މާޙައުލެކެވެ. މިހުރިހާދުހު މާލޭގައި އުޅެވުނީ މިފަދަ ރީތި މާޙައުލެއްގައި އުޅެވެން އޮއްވާކަން ހަނދާންވުމުން އޭނާއަށް ކުދި ކިޔުނެވެ. މީހުންވެސް އެހާ ހިތްހެވެވެ. މަގުމަތިން ހިނގާފައި ދާއިރުވެސް އަބަދުވެސް މީހުން ތިބެނީ ހިނިތުންވެލައިގެންނެވެ.

“މިހުރީ ގެ..” ރަށުގެ ބޮޑުމަގުތަކުގެ ތެރެއިން ފުއްޓަރާދިމާ މަގުގައި ހުރި ގެއަކަށް އިޝާރާތްކޮށް މާޒްބުންޏެވެ. “ސައިބޮއެ ހަދާލައިގެން ދާނީދޯ މާމަމެން ގެއަށް، އެހުރީ އެގެވެސް ހަމަ މިމަގުގަ..” ސަރާ މަލާކްއަށް ކިޔައިދިނެވެ. އޭނާގެ ކޮޓަރި ދޮރު ހުޅުވާދެމުން މާޒް މަލާކަށް ފޮށި ވައްދާދިނެވެ. “މަންމާ،،ދެން އެއައި ކުއްޖާގެ ގެ ހުންނަނީ ކޮންތާކު؟” “ސަކީނާ ދަރި ސޮރުތަ؟ އެގެހުންނާނީ ދަރިފުޅުމެން ބޮޑުބެމެންގޭ ކައިރީ..ކިހިނެއްވީ؟” “ހަމައަހާލީ..އަންނާނަން އަހަރެން ފެންވަރާލައިގެން އިނގޭ..މާޒް؟؟ މިފަހަރު ދޮންތަ ދިޔުމުގެ ކުރިން ވާނެ ހުރިހާ ތަންތަނެއް ދައްކާލަން..ބަކަރި ކޮއްޓެއްވެސް އެޅިވާހަކަ އަޑުއެހިން…” “ތިކަން ވެދާނެ، އެކަމު ދެން ބޭރުގަ ތިއުޅޭހެން ކޮންމެ ތާކަށް މޭކަޕްކޮށްގެން ދާންވެއްޖެއްޔާ އަހަންނަކަށް ހިޔެއްނުވޭ ދެރޭދެދުވާ ވާއިރު އަދި އެއްތަނެއްވެސް ބަލާނިމޭނެހެނެއް..!” މާޒް ދިމާކޮށްލިއެވެ. މާޒްއާ ދިމާލަށް ލޯއަޅާލަމުން މަލާކް ފެންވަރަންވަންނަން ދިޔައެވެ.

“މަލާ..މަންމަ ބޭނުން މިހާރުދެން މަލާކް ބުރުގާ އަޅަން…ކިހިނެއްވާނީ؟” “އޯކޭވާނެ. މިއަދުމީ ރަނގަޅު ދުވަހެއްތަ ބުރުގާއަޅަން،،” “އާނ..މީ ބައްޕަގެ ފާތިހާދުވެސް…ހަމަރަނގަޅުވާނެ، ދަރިފުޅު ކުޑަބެ އަންހެނުން އެބަހުރި ވަރަށް ޝޯލްއާ ބުރުގާ ފޮނުވާފަ، އިނގެއެއްނުދޯ އެދައްތަ އެއެއްޗެހި އެތެރެކުރާ މީހެއްކަން، މިފަހަރު ފިހާރަޔަށް އާމުދާ ގެންނަންވެގެން މިކޮޅަށް ފޮނުވީ މަލާކަށޭ ކިޔާފަ…މިއަދު ދެން އަޅަން ހިނގާ..ދޯ؟” “މަންމަ ބޭނުން ގޮތެއް ހަމަ ރަނގަޅުވާނެ..”

ހަވީރުގެ ސަޔަށްފަހު މަލާކް ރީތިވެލިއެވެ. ކަޅުކުލައިގެ ޑެނިމް ޖިންސަކާ، ކަކުލަށްވުރެ މައްޗަށްހުންނަ ވަރުގެ ވައްތިރި ފްލޯރަލް ހެދުން އޭނާއާ ވަރަށް ގުޅެއެވެ. ބުރުގާ އެޅި ފުރަތަމަ ދުވަސްކަމުން އޭނާއަށް އެހީވާން ސަރާގެ ދެބެންގެދެދަރި ކޮއްކޮ އަފާވެސްއައިސް އުޅެއެވެ. ޑަސްޓް ޕިންކުކުލައިގެ ޝޯލްއެއް ރީތިގޮތަކަށް އަޅާލައިގެން ތުންފަތުގައި ވަރަށް މަޑު ފިޔާތޮށި ލިޕްގްލޮސްއެއް ޖައްސާލައިގެން މަލާކް ނުކުތްއިރު، ބުރުގާ އެޅުމުގެ ސަބަބުން އޭނާގެ ރީތިކަން ދެގުނަވެއްޖެހެން ހީވެއެވެ.

މާޒްއާއި މަލާކާއި އެމީހުންގެ ‘ކަޒިން’ އަފާ، ދިޔައީ ރަށުގައި ހިނގާލާށެވެ. އަފާވެސް ކިޔަވަނީ އެރަށު ސްކޫލުގެ ގްރޭޑް ދިހައެއްގައެވެ. މާޒްއަށް ވުރެ އަފާ ކުޑައީ އެންމެ ދެމަސްދުވަހެވެ. މަލާކްގެ އައިފޯނުން ފޮޓޯ ނަގާ ‘ސެލްފީ’ ނަގަމުން ދިޔައިރު އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ރަށުގެ ގެސްޓް ހައުސްތަކާ ދިމާ ސިމެންތި ޖެޓީ ކައިރިއަށް އެމީޙުން ދިޔައިރު މާޒްގެ ރައްޓެހި ފިރިހެން ކުދިންތަކަކާ ދިމާވިއެވެ. “އޮހޯ މާޒޫ..އަންގާވެސް ނުލާ..ކޮބާ ސައި؟” އެތަނުގައި ހުރި އެންމެ އަނގަގަދަ އެކަކު މާޒްއާ ދިމާކޮށްލިއެވެ. “ބަލަ ކަލޭމެން މޮޔަދޯ، އެމައެ ދޮންތައޭ..ސާބަސް!!” ވަގުތުން އެމީހުން އަނގަބަންދުވެގެން ދާން ހިނގައިގަތެވެ. މަލާކްއާއި އަފާގާތަށް ހިނިއައިސްގެން ގޮސް ކޮޅަށް ހުރެވޭވަރެއްވެސް ނޫނެވެ. މާޒްއާ ދިމާކޮށްކޮށްފައި ފޮޓޯ ނެގުމަށްފަހު އިރުއޮއްސެން ކައިރިވުމުން ގެއަށްދާން މިސްރާބުޖެހިއެވެ.

“އަފާ އަންނަޗެ މާދަން ފުއްޓަށަށްދާން އިނގޭ…އެންޑް އަފާޖެހޭ އެބަ މަލާދޮންތަ ގޮވައިން ޒާހިލްމެންގެ ދައްކާލަންދާން” މަލާކް ވާހަކަދެއްކީ އަފާއާއެވެ.

އަލޫކަށް އެންމެ ދުވަހެއްވެސް ވީ އަހަރަކަށެވެ. ކެތްކުރެވޭވަރަށްވުރެ އޭނާގެ ހިތުގައި އަޅާވޭން މާބޮޑެވެ. މަލާކް ނެތުމުން އޭނާގެ ހިތަށްވާ ތަދު އަދި މާ ބޮޑެވެ. އަދި އެންމެ ދުވަހަކު ކެތްކޮށްަލުމަށް އެދި އޭނާ އަމިއްލަ ހިތަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (23)

  1. Kitty

    Me first dhw.. story is awsm

    1. Zelll
      Kitty

      awnn thanks yeah, ily too kitty

  2. sheen

    wow nice when next part

  3. eekko

    reethi…whn nxt

  4. Nunnu

    reethi
    when next part

  5. Baby girl ❤

    Vrh vrh loabi ??❤?? …… when next part

  6. laura

    vrh salhi vaahaka..whn next part?

  7. unique

    vvv reethi missed u n all the best

    1. Zelll
      unique

      awnn thankyou unique

  8. Zuhoooo

    Nice bt waiting 4 next part when next part

  9. kitty

    story is awsm.. n best of luck 4 yr exams dear.. ly

    1. Zelll
      kitty

      Thanks kitty, thanks so much and that means a lot actually

  10. Sheyou?

    Guess what. Mala aa aluke eiii siblings dhw

    1. Zelll
      Sheyou?

      Nop! Eiyy aamukonn vrh gina vrhaka thakuga vrgothekennu, they’re not siblings, that’s the only hint i could give mihisaabah ingey Sheyou

    2. Sheyou?
      Sheyou?

      Ok darling
      Now get vejje
      Mala ge classmate akah eulhey boy aa aluke siblings. Ekahala kommes kanthah gadehnuhiga nudhaane ey hiybunany

  11. Zelll

    Nop! Eiyy aamukonn vrh gina vrhaka thakuga vrgothekennu, they’re not siblings, that’s the only hint i could give mihisaabah ingey Sheyou

  12. Zelll

    Thankyou EVERYONE, i donno exactly ekam it might take time, sorry, but hope i’l get your support still

  13. ❤❤❤

    Zell thy boy eh thr or girl eh thr???

  14. Hanan

    Varah reethi mi vaahaka… When is next part?

  15. Kitty

    Take your time dear.. zell dear ah free v ma up kohlleema owkeii vaane ngey??

  16. pi;mk

    mi vaahaka huhtaaleetha??????????

    1. Zelll
      pi;mk

      No huhttaeh nulann dear

  17. Zeek

    I am waiting….

Comments are closed.