ފާއިޒް
ފާއިޒްގެ ޝެޑިއުލްއަކީ ހެނދުނު ދިހައެއް ޖަހާއިރު ހިއްލާލައިގެން ގޭމް ކުޅެލާ، ފޭސްބުކަށް ވަދެލާ، ފޮޓޯ އާއި ވީޑިއޯ ހޯދާ އެއްކުރުމެވެ.
އޭނާގެ މައިންބަފައިންނަކީ މުއްސަނދިންނަށް ނުވިޔަސް ގޭގެ ތިރީ ބައި ކުއްޔަށް ދީގެން ލިބޭ ލާރިން ފާއިޒަށް މަހަކު ދެހާސް ފަސްސަތޭކަ ރުފިޔާ ދެއެވެ. ކޮންމެ މަހަކުވެސް އެކައުންޓަށް އެފައިސާ ޖަމާވާނެއެވެ. އޭގެން މާރަނގަޅަށްވެސް ފާއިޒައަށް ފުއްދާލެވެއެވެ. ގޯސް ގޮތަކަށް ނޫޅޭ މީހަކަށް އެއީ ‘ރަން’ އެހެންނޫންތޯއެވެ؟
ހެނދުނު ތެދުވެ މަންމަ ސައި ހެދީމަ ސައިބޮއެގެން އިރު އޮއްސޭއިރުވެސް އިނދެވެނީ ލެޕްޓޮޕް އުނގުމަތީ ބައިނދައިގެންނެވެ. ދޮރުން ވަންނަ މީހަކަށް ލެޕްޓޮޕް ފެންނަ ގޮތަށެވެ. ނުދައްކަންވާ ވަރު ކަމެއް ނުކުރާތީ އެއީ ފާއިޒަށް މާ ބޮޑު ކަމެއް ނޫނެވެ. ދެން ރޭގަނޑު އެގާރަ ޖަހާއިރު ނިދުމަކީ ފާއިޒަގެ އާދައެކެވެ. އާދަވެފައިވަނީ ދުވާލު ހަތަރުދަމު ބޭރަށް ނުގޮސް ނެޓްގައި ފީނާ ފީނާ ވަރުބަލިގެން ނިދުމަށެވެ.
ޖުމްލަކޮށް ބުނާނަމަ އެއީ ވަރަށް ފައްކާ ސޮރެކެވެ.
މިކިޔައިދިން ވާހަކަ ތަކުގެ ސަބަބުން އޭނަގެ އެ ދިދިއުޅުން ޖަހަންނަމަ އަކަށް ވެދާނެއޭ އެކަކުވެސް ހީނުކުރާނެއެވެ. އެހެން ނޫން ހެެއްޔެވެ؟
އަދި ނުނިމޭ….. (ދެވަނަ ބަޔާއެކު މި ވާހަކަ ނިމޭނެ)
6 Comments!
Comments are closed.






Wow salhi ❤❤❤❤ gina episode thakuge vaahaka eh zidhan Ge faraathun fennane dhuvahaah vrh inthizaarun kurevey..u really have this talent nge brw ???????
Capan Zidey Mivaahaka Tha Kiyaathi???
Nooney heeve abdhu net ga ulhey kudhnnakhnu slhi bitun lbeyny hma v reethi
Vrh reethi……….when next part….??
Haadha kurey when next part
Wow nice story.