Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ދޫކޮށްފަ ލޯތްބާ އުފާ

kyly❤ Level 1
July 14, 2018 4 Mins Read
20 Comments

ދުވަހަކީ ހޮނިހިރު ދުވަހެކެވެ. ފެނުން ތޮޅިލުމަށްފަހު އިރު އޭގެ ރަން ދޯދިތަށް ދުނިޔެ މައްޗަށް އަލިކުރަން ފެށިއެވެ. ކޮންމެ މީހެއްގެ ހަޔާތުގެ އާދުވަހަކަށް މަރުހަބާ ކިޔަމުންނެވެ. ހިތުގެ ތެޅުން ނުހުއްޓި އަހަރެން މި ދުނިޔޭގައި ދިރިހުންނާނެ ކޮންމެ މިނަޓަކާއި ސިކުންތު ކޮޅެއްގައި ވާނެ ގޮތެއް ނޭނގޭ ހާލު އަރައިގެން އައި އިރާއެކު އަހަރެންވެސް ހޭލީމެވެ. އެނދުން ތެދުވެ މޫނުދިވެލައިގެން ސިޓިންގް ރޫމަށް ނިކުތީމެވެ. މިއަދަކީ ދަތުރު ދާން ހަމަޖެހިފައިވާ ދުވަސް ކަމުން ދަތުރުގެ އެންމެ ފަހުގެ ތައްޔާރީތަށް ކުރިޔަށްދާތަން އަހަރެން ދުށީމެވެ. މަންމަމެން ގާތަށް ޖެހިލައި އެމަސަތްކަތްތަކުގައި އަހަރެން ބައިވެރިވެލީމެވެ. ތަށިތަކަށް ކާނެ އެއްޗެހި އަޅާ ބަންދުކުރުމުގެ އިތުރަށް ދަބަސްތަށް ތައްޔާރު ކުރުމުގެ މަސަތްކަތްތަށް ނިންމާލެވުނީ އަހަރެން ވަރަށް ބޮޑު ހިއްސާއެއް އޮވެގެންނެވެ.

އެއްޗެހި ބަދަލުކޮށްލުމަށްޓަކައި އަހަރެން ކޮޓަރިއަށް ވަނީމެވެ. އަހަރެންގެ ލޯބިވެރިޔާ ޖައިޝްއަށް ގުޅާލީމެވެ. “ހަލޯ. ރެޑީވީތަ.” މިފަހަރު ހުޅުމާލެއަށް ދާ ދަތުރުގައި އޭނާވެސް ބައިވެރިވާތީވެ، ދަތުރު ދާން ތައްޔާރުވީތޯ ސުވާލުކޮށްލީމެވެ. އޭނާގެ ފަރާތުން ލިބުނު ޖަވާބުން އަހަރެން ވަރަށް އުފާވިއެވެ. “ތައްޔާރު ވެލައިގެން މިދަނީ ތިގެއަށް.” ކުރިއަށް އޮތް މަހު އަހަރެންގެ ކައިވެނި ހަމަޖެހިފައިވާ އުމުރުން ފަންސަވީސް އަހަރުގެ ޒުވާނާ ބުނެލިއެވެ.

އަހަރެން އެންމެ ސަޕޯޓްކުރާ ޓީމް ކަމަށްވާ ބްރެޒިލްގެ ޖާރސީ ލީމެވެ. ޓައިޓެއް ލަމުންނެވެ. “ދަރިފުޅާ މައިޝާ. އަވަހަށް ނިކުމޭ ދެން. މިހާރު ޖައިޝްއާއި އަޖުވަދުވެސް އައިއްސި.” މަންމަ ގޮވާލި އަޑު އިވުނެވެ. ދޮންތަގެ ލޯބިވެރިޔާ އަޖުވަދުއާއެކު ޖައިޝް އައި ވާހަކަ ބުނުމުން އަތްމަތި އަވަސްކޮށްލައިގެން އަހަރެން ނުކުތީމެވެ. ކޮޓަރިން ނިކުތް އިރު ގޭތެރެ ފެންނަނީ ވަރަށްވެސް ހަލަބޮލިކޮށެވެ. އަހަރެންގެ މަންމައާއި ބައްޕަގެ އިތުރުން އެއްބަނޑު އެއްބަފާ ދޮންތައާއި ދޮންބެއެވެ. ދޮންބެގެ އަންހެނުންނާ ދަރިފުޅާވެސް އެކުގައެވެ. މަންމަގެ އެއްބަނޑު އެއްބަފާ ދައްތަގެ ހަތަރު ކުދިންނާ އެމީހުން ދަރިންނާއެކު މިދާ ދަތުރަކީ ވަރަށް މަޖާ ދަތުރަކަށް ވާނެ ކަމަަށް އެންމެންވެސް ބުނަމުން ދިޔައެވެ. އެހެންނަމަވެސް ” ހޫ ނޯސް ވަޓް ފިއުޗަރ ހޯލްޑްސް” އެވެ.

ވިހި މިނެޓުގެ ދަތުރަކަށްފަހަު އަހަންނާއި އަހަރެންގެ އާއިލާ ދަތުރު ކުރި ފެރީ ހުޅުމާލޭގެ ހިތްގައިމު މަންޒިލަށް ވާސިލްވިއެވެ. ޖައިޝްގެ އަތުގައި ހިފާއްޓަލައިގެން ހުރެ އަހަރެން ދޯނިން ފޭބީމެވެ. ލޯބިވެރިންގެ ގޮތުގައި ހުޅުމާލެއަށް އަންނާނެ ފަހު ފަހަރަކީ މީކަމަށް ބުނެއެވެ. ހުޅުމާލޭގެ ބީޗަށް ވާސިލްވެވުނީ ބަހުގެ ދަތުރަކަށްފަހުގައެވެ. ފިނި ފިނި ރޯޅި ހަށިގަނޑުގައި ބީހޭ އެ މާހައުލު އޭހާ އަވިގަދައެއް ނޫނެވެ. ލޯހުޅުވާލެވޭ ވަރުވާކަން ނަސީބެކެވެ. އަވިއައިނު ތަކުގެ ބޭނުން ކުރާކަށް ނުޖެހުނެވެ.

ދަބަސްތަކާއި އެހެނިހެން ސާމާނު އެއް ހިސާބެއްގައި ބެހެއްޓުމަށްފަހު އެންމެން އެކީ މޫދަށް އެރުނީމެވެ. ޓީމް ބަހައިގެން ބޯޅަ ކުޅެން ފެށީމެވެ. އަންހެންވެރިން ވަކި ޓީމެކެެވެ. ފިރިހެންވެރިން ވަކި ޓީމެކެވެ. ކުޑަކުދިންތަ ވެލިގަނޑު މަތީގައި ކުޅެން ބޭތިއްބުމަށްފަހުގައި އަހަރުމެން އެންމެން ކުޅުމައިގެން މަސްއޫލުވީމެވެ.

“ކުޑަބޭ. އާދެބަ ސޭންޑް ކާސިލް އެއް ހަދައިދޭން.” އަހަންނަށް ބޮޑުދައިތަ ކިޔާ ކޮއްކޮ އެއް ކަމަށްވާ އީނާލް އޭނާގެ ވާން އުޅޭ ބޮޑުބޭބެ ޖައިޝްއަށް ގޮވާލިއެވެ. ކުޅެން ހުރެފައިވެސް އީނާލްގެ އެދުމަށް އިޖާބަ ދިނުމަށްޓަކައި ޖައިޝް އެއްގަމަށް ދިޔައެވެ. އޭނާ ނުލާވެސް އަހަރުމެންގެ ކުޅުން ކުރިއަށް ގެންދާށޭ ޖައިޝް ބުނުމުން އަހަރުމެން އެހެން ކަންކުރީމެވެ. ޖައިޝްއާއެކު ސޭންޑް ކާސިލް ހަދަން އަހަރެންވެސް އެއްގަމައެރީމެވެ. ނަމަވެސް ކޮއްކޮ ފައިހާއާއެކު ކުޅެން ފެއްޓުނީއެވެ. ވެއްޔާ ކުޅޭ ހިތް ނެތުނީ ހަމަ ކުއްލިއަކަށެވެ. ބޯޅަ ފަހަތުން ދުވަމުން ގޮސް އަހަންނަށް ވަރަށް ދުރަށް ދެވުނެވެ. އާއިލާގެ އެހެން މީހުން މޫދުގައި އުޅެމުން ދިޔަ މަންޒަރު ކިރިޔާ ލޮލުގެ ކޮޅަށް ފެންނަ ހިސާބަށެވެ. ނަމަވެސް ޖައިޝްއާއި ކޮއްކޮމެން ތިބި ހިސާބާއި ކައިރިއެވެ. ކޮއްކޮ ފައިހާއާއެކު ކުޅެން އުޅުމުގެ ތެރޭގައި ބޯޅަ މޫދަށް ދިޔައެވެ. މޫދުގެ އޮއިވަރާއެކު ދުރަށް ގެންދިޔައެވެ. އަތް ނުފޯރާހާ ދުރަށެވެ. އަހަރެން މޫދަށް އެރުނީ ބޯޅަ ބަލައެވެ. އަހަރެން މޫދަށް އެރުނު ހިސާބުގައި އެއްވެސް މީހަކު ނެތެވެ. ޙުދު އަހަރެން އެހިސާބަށް އެރުނުކަން އެނގޭ މީހަކުވެސް ނެތެވެ.

ދުރަށް ފަތައިގަތީމެވެ. ވަކި ހިސާބަކަށް ދެވުނު އިރު މޫދުގެ ލޮނުގަނޑުން އަހަރެންގެ މުޅި ހަށިގަނޑު ނިވާވެއެވެ. ދެފައި ތެޅުވޭނެހާ ބާރަކަށް ތެޅުވީމެވެ. ނަމަވެސް މޫދުގެ އޮއިވަރާއެކު ނަސީބާ ދުރަށް އަހަރެންގެ ހަށިގަނޑު ދިޔައެވެ. ހަގީގަތުގައިވެސް ނަސީބު ދެރައީއެވެ. އަވިގަނޑު ނިވާލައިފައި ވާ ވާހަކަ ކުރިން ބުނީމެއް ނޫންހެއްޔެވެ. އެއީ މޫސުން ގޯސް ވުމުގެ ނިޝާނަކަށް ވިއެވެ. ވާރޭގެ ބޯ ކެރިގަނޑެއް އޮއްސާލިއެވެ. ތަންކޮޅެއް ދުރުގައި މަންމަމެން ސަކަރާތްޖަހާ އުޅޭތަން ކުޑަކޮށް ފެނެއެވެ. އެއިން މީހަކަށް އަހަރެންގެ ހާލު އިނގޭނީ އެމީހުންގެ ސަކަރާތުން މިންޖުވެވިގެން ނޫންހެއްޔެވެ. އަހަރެން ހޯދަންވެސް ނޫޅެނީހޭ ހިތަށް އެރިއެވެ. އަޑިއަށް ގޮއްސަ މައްޗަށް އަރާ ކޮންމެ ފަހަރަކު ހަޅޭތްލަވަން މަސަތްކަތް ކުރީމެވެ. ނަމަވެސް މޫދުގެ ލޮނުގަނޑު އަހަރެންގެ އަޑުގެ މައްޗަށް ކުރި ހޯދައެވެ.

ނޭވާވެސް ހުސްވަނީއެވެ. އުންމީދުގެ ހުޅުކޮޅުވެސް ނިވެނީއެވެ. އެގޮތަށް އަޑިއަށް ގޮސްފައި މައްޗަށް އެރިފަހަރެކެވެ. އަހަރެންގެ ނަސީބު އަތުގައި ހިފާލިއެވެ. އަލްހަމްދުލިއްލާހިއެވެ. އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގެނެވުނެވެ. ނަމަވެސް އެންމެ ފަހަރަކުއެވެ. ދެފައި ތަޅުވަން ފެށީމެވެ. ފަތަން ނޭނގޭ ތާނގައި ފްލޯޓުކުރަން ދަސްކުރެވުނު ނަމައޭ އެވަގުތު ހިތަށް އެރިއެވެ. ލޮނު ފެނުން ނިވާ ނުވާތަނަކީ އަހަރެންގެ ލޯ އެކަންޏޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ވާރޭގެ އަޑާއި އެކުވެފައިވާ އަހަރެންގެ ހަޅޭކުގެ އަޑު އިވި ޖައިޝް އޭނާގެ އަތުގައި އޮތް ކިކް ބޯޑު ހިފައިގެން މޫދަށް ފުންމާލައިފައި ފަތައިގަތްތަން ފެނުނެވެ. އޭނާއަކީވެސް މާ ރަނގަޅަށް ފަތަން އިނގޭ މީހެއް ނޫނެެވެ. ފަތަން އެނގޭ މިހަކަށްވެސް މި ބޯ ވާރޭ ތެރޭގައި ނުފެތޭނެކަން ޔަގީނެވެ. އަދިވެސް އާއިލާގެ އިތުރު މީހަކަށް ހަމަ ނޭނގޭއެވެ. އަހަރުމުން ތިބި ހިސާބު އެމީހުންގެ ހިސާބާ ދުރުކަމުންވެސް ވާނީ އެހެން ނޫންހެއްޔެވެ.

އޭނާގެ އަތުގައި އޮތް ކިކް ބޯޑު އަހަންނަށް ދިނެވެ. ސައިޒުން ވަރަށް ކުޑަ އީނާލްގެ ކިކް ބޯޑުގައި ހިފާއްޓައިލެެވެނީ އެންމެ މީހަކަށެވެ. ކިކް ބޯޑުގައި ހިފައްޓާލައިފައި ބަލާލިއިރު މި ތިބެވުނީ ކަނޑުގައިކަން އިނގުނެވެ. އަމިއްލަ މީހާ ގެނބިގެން ދާއިރުވެސް ޖައިޝް މަސަތްކަތް ކުރީ އަހަރެންގެ ފުރާނަ ސަލާމަތް ކުރާށެވެ. އަހަރެން އުރާ ލެވޭތޯވެސް އުޅުނެވެ. ނަމަވެސް އޭރުން އަޑިއަށް ދަނީ ދެމީހުން އެއްކޮށެވެ. ކިކް ބޯޑުގައި އަހަރެން ހިފައައްޓައިގެން ހުއްޓާ ޖައިޝް، އަހަރެން ދުރަށް ކޮށްޕާލިއެވެ. ސަލާމަތުގެ އައްސޭރިއަށް އަަހަރެން ކޮށްޕާލި ފަދައެވެ. އަހަންނާއެކު ޖައިޝް އަންނާކަށް ނޫޅުނެވެ. “އާދޭ އަހަންނާއެކު.” ޖައިޝް ސަލާމަތްކުރުމަށްޓަކައި އަހަރެން ބުނީމެވެ.

“ދޭ. މަ ސަލާމަތް ނުވިއަސް މައިޝާ ސަލާމަތްވިއްޔާ ރަނގަޅުވާނެ. ” ޖައިޝް ހުރީ ގަދަ ނޫކުލައިގެ ކަނޑުގެ ފެންގަނޑުގައެވެ. އަހަރެން ހުރީ މަޑުނޫކުލައިގެ ފެންގަނޑުގައެވެ. ވާރޭ ތުނިކޮށްލަން ފަށައިފައިވާއިރު ކިރިޔާ ފައިޖެހޭ ކަމެވެ. މައްސަލައަކީ ކިކް ބޯޑުގައި ހިފެނީ އެންމެ މީހަކަށްކަމެެވެ. “ނޫން. މަ ދާނީ ޖައިޝް އާއެއްކޮށް.” އަހަންނަށް ރޮވެން ފެށުނެވެ. އޮއިވަރާއެކު ދުރަށް ޖައިޝް ގެންދަންފެށިއެވެ. ރޮމުން ރޮމުން އޭނާއާ ދިމާލަށް އަތް ދިއްކޮށްލެވުނެވެ. އެއްގަމާ ދިމާލަށް އޮއިވަރު އަހަރެން ގެންދިޔައެވެެ. “ބޭބީ މަވަރަށް ލޯބިވޭ. ކިކް ބޯޑްގަ ހިފާއިގެން ދޭ. އޭަރަށް ސަލާމަތްވާނެ. މަ ދުނިޔޭގަ ހުންނާނެ ކަމުގެ އުންމީދެއް ނެތް. މަ ނެތް ދުނިޔެއެއްގަވެސް ފަތަން ދަސްކުރައްޗޭ އިނގޭ. އޭރުން ސަލާމަތް ކުރާނެ މީހަކު ނެތަސް އަމިއްލައަށް ސަލާމަތް ވެވޭނެ. އައި ލަވް ޔޫ.” އަހަންނާ އެތަށް ހާސް މޭލު ދުރުން ގެނބެމުން ދިޔަ ޖައިޝް ހަޅޭއްލަވައިގަތެވެ. އަޑިއަށް ދަމުން ދަމުން ގޮސް އެންމެ އަޑިއަށް އޭނާ ގަނބައިގަތެވެ. ކިކް ބޯޑާއެކު އޭނާއާ ދިމާލަށް މިސްރާބުޖަހަން މަސަތްކަތް ކުރީމެވެ. ނަމަވެސް މޫދުގެ އޮއިވަރަު އަހަންނާ ދެކޮޅު ހަދަނީއެވެ. އޭގެ ބާރުގައި އަހަރުމެން ދެ ލޯބިވެރިން ދެ މިސްރަބަކަށް ފޮނުވާލިއެވެ.

ކަރުނުން ލޭ ހެދޭ ކޯރުގައި ، ފީނާ ދާންވީ ފަތާ

ގެންބެނީއޭ ހިތާ ފިތް މަގޭ ، ފުން ކަނޑުގެ ބާނީ ތެރޭ

ރޮއެރޮއެ ކުރާހާ މިއާދޭސް ، ހާހުން ގުނާ މިނާށޭ

____________________

ވެހެމުން ދިޔައީ ބޯ ވާރޭ ތެރޭގައި ކުޑައެއް ހިފައިގެން ޖެހި ބުދެއް ފަދައިން ހުއްޓުން އަރާފައި މައިޝާ ހުރީ އެތަނުން ދާ ހިތް ނުވެފައެވެ. ނޫންނަމަ ދާނެ ހިތް ވަރެއް ނެތިފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ދާދި ދެންމެއަކު ފަސްގަނޑު ތެރޭގައި ބިމުން ހަ ފޫޓު އަޑީގައި ވަޅު ލެވިގެން އެދިޔައީ މުޅި އުމުރުގައިވެސް އޭނައަށް ވުނު ހަމައެކަނި ލޯތްބެވެ. ފުރަތަމަ ލޯތްބެވެ. ކައިވެނެ ކުރެވެން އެއް މަހަށް ވުރެ ކުޑަ ދުވަސްކޮޅެއް އޮއްވާ ޖައިޝްއެދިޔައީ އޭނާއާއި ވަކިވެގެންނެވެ މި ދުނިޔެއާ މާ ދުރަށެވެ. ލޯތްބާ އުފާ ދޫކޮށްފައެވެ.. އެއީ ހުސް މައިޝާގެ މައްސަލައޭ އޭނާ ހިތަށް އެރިއެވެ. ޖައިޝް މަރުވީ އޭނާ ސަލާމަތް ކުރަން ހަދައިގެންނޭ ހިތަށް އަރާ ކޮންމެ ފަހަރަކު އަމިއްލަ ނަފްސު ކުށްވެރި ކުރެވެއެެވެ.

މޫދު އަޑިއަށް ގެނބުމުގެ ކުރިން ޖައިޝް ބުނި ބަސްތަށް އޭނާއަދިވެސް ހަނދާން އެބަހުއްޓެވެ. އެ ބަހާއެއް ގޮތަށް އަމަލުކުރަން މައިޝާ އަޒްމު ކަނޑައެޅިއެވެ. އެ ލޯތްބަށްޓަކައެވެ. އޭނާ އަދިވެސް ޖައިޝްދެކެ ވަރަށް ލޯބިވެއެވެ. އެ ނޫން މީހެއް ދެކެ ދުވަހަކުވެސް ލޯތްބެއް ނުވެވޭނެއެވެ ހަގީގީ ލޯތްބަކީ ކޮންއެއްޗެއްކަން އޭނާ ދައްކުވައިދީފިއެވެ. އަމިއްލަ މީހާގެ ފުރާނައަށް ވުރެ ބޮޑަށް ތިމާ ލޯބިވާ ފަރާތުގެ ފުރާނަ މުހިންމުވިއެވެ. ފުން ކަނޑުގެ ބާނީތަކުގެ ތެރޭގައިވިޔަސް ހެވެއެވެ. ނުވަތަ ލޯތްބަށްޓަކައި އުނޑައެއްގެ ކުރިމައްޗަށް އަރަންވެސް ޖައިޝް ފަހެއް ނުޖެހޭނެއެވެ.  އެއީ ތެދުވެރި ލޯތްބެވެ. އެފަދައިން ލޯބިވެވޭނީ މަދުބަޔަކަށެވެ. އެހެންނަމަވެސް ކޮންމެ އެއްޗަކީވެސް ކޮންވެސް ދުވަހަކުން ބީވެ ދާނެ އެއްޗެކެވެ. އެފަދައިން އެ ލޯބިވެސް ބީވެގެން އެދިޔައީއެވެ. ކުޑަ ހިންދުކޮޅެއް ތެރޭގައެވެ. އެތަށް ފޮނި ހަނދާންތަކެއް ދޫކުރަމުންނެވެ. ހަގީގީ ލޯބީގެ ލާމަސީލު މިސާލު އެތަށް ބަޔަކަށް ދައްކުވައިދެމުނެވެ.

( ނިމުނީ )

Share Article

Follow Me Written By

kyly❤

Level 1

I'm a14 year old. Reading n writin stories are my fav things to do ☺..my dream is to become a successful writer someday insha allah ❤❤❤❤❤❤ I would love to see others opinion about my stories ??????? ur ideas are always wc

Other Articles

Previous

ހިތް އެދުނަސް… (ފެށުން)

Next

އަބަދުވެސް ލޯބި ދޭނަން….2

Next
July 14, 2018

އަބަދުވެސް ލޯބި ދޭނަން….2

Previews
July 13, 2018

ހިތް އެދުނަސް… (ފެށުން)

20 Comments!

  1. Baby girl ❤ says:
    July 14, 2018 at 2:20 pm

    Vrh vrh loabi….
    ????????

    1. kyly❤ says:
      July 14, 2018 at 5:46 pm

      Thanks baby girl ❤❤❤ vrh loabi vey too ??

  2. Roxy says:
    July 14, 2018 at 2:21 pm

    U jst played wth my fylns kyly ?? my currnt situation r vrh gulhey vrhaka nukyr vx ngijje vvv reethi vrnekn pic fnunyma vx rovijje vvvv reethi dearie ???

    1. kyly❤ says:
      July 14, 2018 at 5:49 pm

      Awww thank you alhey…ehaa ginain nurohchey karuna hus vedhaane ❤❤??

  3. lodge says:
    July 14, 2018 at 3:28 pm

    ma midhanee hama mihaaru fathan dhas kuran, magey karunaige koruga ?????

    1. kyly❤ says:
      July 14, 2018 at 5:52 pm

      Avahah dhey… anehkka dhaskuran ulhumuge therey nugebehchey nge gud luck dear ❤❤❤❤

  4. kyly❤ says:
    July 14, 2018 at 5:45 pm

    Salaam everyone ..this is a heart touching story . But not a real story. Its just imaginary i tried to deliver this very emotionally. I’m hoping I did well . I would love to see what you all think about the story.❤❤❤❤
    Thank you for the support loves??
    ( make sure you all learn to swim )??????

  5. ummu says:
    July 14, 2018 at 8:51 pm

    v.nice

    1. kyly❤ says:
      July 15, 2018 at 9:08 pm

      Thank you ❤❤

  6. Bell says:
    July 14, 2018 at 8:55 pm

    Woww.. vrh vrh nice stry eh

    1. kyly❤ says:
      July 15, 2018 at 9:11 pm

      Aww..thank you bell ?❤❤

  7. kitty says:
    July 14, 2018 at 11:55 pm

    i juss pray tht this doesnt happen to anyone… mihen vaanyves mihaa ekaku anekaku dheke lwbi vaameehun ulhey nama thaa dhw.. silly me.. BTW storey is awsm

    1. kyly❤ says:
      July 15, 2018 at 9:28 pm

      I’m pray for the same too ? yh…there are a less amount of people who loves selfless like this..hehe thank you kitty ❤❤❤❤❤❤

    2. kyly❤ says:
      July 15, 2018 at 9:29 pm

      I’m pray for the same too ??dhw…anyways thank you kitty ❤❤❤❤❤❤

  8. kitty says:
    July 14, 2018 at 11:56 pm

    fathaakah neynge.. but v ragalhah fethen ngey.. hehehehe….

    1. yann says:
      July 15, 2018 at 1:40 pm

      hehe true…i also know vrh rangalhah fethen….don’t know how to swim….hehe

    2. kyly❤ says:
      July 15, 2018 at 9:34 pm

      Ehehe…mee too…dhaanvee dhaskuran ?

  9. hamtii says:
    July 15, 2018 at 5:10 pm

    maisha u ge jaish ahtakaa fathan dhas kurey avah….hehe….majaakohly mi…..ly kyly

    1. kyly❤ says:
      July 15, 2018 at 9:38 pm

      Ethedhekey dhw..hahah ?❤❤ Thank you ?

  10. Zidhan Mohamed says:
    July 16, 2018 at 6:51 am

    *Broken* kyly theethi salhi ey!

Comments are closed.



All Right Reserved!