ވެލިގަނޑު މަތީގައި ޔާއިން އިށީނދެލިއެވެ. އޭނާގެ ހިމޭން ދުނިޔެއަސް ދަތުރުކުރަމުންނެވެ. އަމިއްލަ ހިޔާލުތަކަށް ގެއްލިފައި އިނދެވުނީއެވެ. މާޒީގެ ތެރެއަށް ގެނބުނެވެ. އެއީ މީގެ ފަސް އަހަރު ކުރިއެވެ. ފަސް އަހަރު ކުރި…____________________________________________ އޭރު ޔާއިންގެ އުމުރުން ބާވީސް އަހަރެވެ. ބޭބެ ޔޫޝައުާއި ދޮންތަ ޔަމާނީ އަދި ކޮއްކޮ ޔުމްނު މަންމަ ނިޔާޒާ ވެސް ބައިވެރިވެގެން ރ އަތޮޅަށް ކުރެވުނު ދަތުރަކީ ޔާއިންގެ މުޅި ހަޔާތް ބަދަލުކޮށްލި ދަތުރެކެވެ. އޮފީސް ކަަމަކު ބައްޕަ މާލޭގައި މަޑުކުރަން ޖެހުމުން ދަތުރުގައި […]
ސިޑި މަތީގައި ބަލަހައްޓައިގެން ހުރި މީހާގެ ސަބަބުން ޔާއިންގެ ދެލޯ ބޮޑުވިއެވެ. ފަޅާއެރީއޭ ހިތަށްއެރިއެވެ. “ހޭ ބްރޯ. ހުކުރަށް ނުދަންތަ. މިހާރު ބާރަގަޑި ވިހި ވީއެއްނު.” ޔަމާނީ ބުނެލިއެވެ. ޔާއިންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ނަސީބެކޭ ހިތަށްއެރިއެވެ. “ނޫން. މިދަނީ ދާކަށްނު. ތަންކޮޅެއް ލަހުންނޭ ހޭލެވުނީ.” ޔަމާނީއާއެކު ސިޓިންގް ރޫމަށް ވަންނަމުން ޔާއިން ޖަވާބު ދާރީވިއެވެ. “އަބަދުވެސް ޔާންއަށް ވާވަރެއްނު.” ޔަމާނީ ހިނިގަނޑެއް ޖަހާލިއެވެ. “ކޮބާ މިއޮށް އައީއެއްނު. ހިނގާ ދާން. މިސްކިތުގެ އެންމެ ފަހަތުގަ ކަންނޭނގެ […]
ދުވަހަކީ ހޮނިހިރު ދުވަހެކެވެ. ފެނުން ތޮޅިލުމަށްފަހު އިރު އޭގެ ރަން ދޯދިތަށް ދުނިޔެ މައްޗަށް އަލިކުރަން ފެށިއެވެ. ކޮންމެ މީހެއްގެ ހަޔާތުގެ އާދުވަހަކަށް މަރުހަބާ ކިޔަމުންނެވެ. ހިތުގެ ތެޅުން ނުހުއްޓި އަހަރެން މި ދުނިޔޭގައި ދިރިހުންނާނެ ކޮންމެ މިނަޓަކާއި ސިކުންތު ކޮޅެއްގައި ވާނެ ގޮތެއް ނޭނގޭ ހާލު އަރައިގެން އައި އިރާއެކު އަހަރެންވެސް ހޭލީމެވެ. އެނދުން ތެދުވެ މޫނުދިވެލައިގެން ސިޓިންގް ރޫމަށް ނިކުތީމެވެ. މިއަދަކީ ދަތުރު ދާން ހަމަޖެހިފައިވާ ދުވަސް ކަމުން ދަތުރުގެ އެންމެ ފަހުގެ ތައްޔާރީތަށް ކުރިޔަށްދާތަން […]
މޯޅިއަކަށް ދެމިލުމަށްފަހު އިރު އޭގެ ރަން ދޯދިތަށް ދުނިޔެމައްޗަށް އަލިކުރަން ފެށިއެވެ. އަރާމު ކޮށްލުމަށްފަހު އޭގެ ތަޙުތުަގައި އަލުން ރަސްކަން ކުރަންފެށިއެވެ. މުލުހާލުގެ އަޑު މުޅި ރަށުތެރޭގައި ގުގުމާލިއެވެ. ފަތިސް ނަމާދު ކޮށް ނިންމާލުމަށްފަހު މިސްކިތުން ފިރިހެންވެރިން ނިކުތީވެސް އެވަގުތެވެ. ސަލާން ދިނުމަށްފަހު އަންހެންވެރިންވެސް އެބައިމީހުންގެ ނަމާދު ދޮޅިތަށް ބާލާލިއެވެ. މުސައްލަ ފަތްޖަހާލަމުން މަގުމައްޗަށް ނިކުތީ ކުނިހާ އިލޮށިފަތި ހިފައިގެންނެވެ. ކުޑަކުދިންވެސް ގެ ތަކުން ނުކުމެގެން މަގުމަތީގެ އެކި ހިސާބުތަކަށް ދުއްވައިގަތެވެ. “ޕޮއް.” ގޭދޮރުމަތި ކުނިކަހަން ގުދުވެއޮތް ހިބާގެ ކޮނޑުގައި […]