Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިވާއޭ…1

kyly❤ Level 1
July 12, 2018 3 Mins Read
20 Comments

މޯޅިއަކަށް ދެމިލުމަށްފަހު އިރު އޭގެ ރަން ދޯދިތަށް ދުނިޔެމައްޗަށް އަލިކުރަން ފެށިއެވެ. އަރާމު ކޮށްލުމަށްފަހު އޭގެ ތަޙުތުަގައި އަލުން ރަސްކަން ކުރަންފެށިއެވެ. މުލުހާލުގެ އަޑު މުޅި ރަށުތެރޭގައި ގުގުމާލިއެވެ. ފަތިސް ނަމާދު ކޮށް ނިންމާލުމަށްފަހު މިސްކިތުން ފިރިހެންވެރިން ނިކުތީވެސް އެވަގުތެވެ. ސަލާން ދިނުމަށްފަހު އަންހެންވެރިންވެސް އެބައިމީހުންގެ ނަމާދު ދޮޅިތަށް ބާލާލިއެވެ. މުސައްލަ ފަތްޖަހާލަމުން މަގުމައްޗަށް ނިކުތީ ކުނިހާ އިލޮށިފަތި ހިފައިގެންނެވެ. ކުޑަކުދިންވެސް ގެ ތަކުން ނުކުމެގެން މަގުމަތީގެ އެކި ހިސާބުތަކަށް ދުއްވައިގަތެވެ.

“ޕޮއް.” ގޭދޮރުމަތި ކުނިކަހަން ގުދުވެއޮތް ހިބާގެ ކޮނޑުގައި ޖަހާ ކޮށްޕާލީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ނިޝާއެވެ. ހިބާ ހުރީ ރަނގަޅަށްވެސް ސިހިފައެވެ. “އިއްޔެ މަންމަ ބުނި މާލޭގެ ކޮންމެވެސް މަޝްހޫރު ވިޔަފާރިވެރިޔެއް މިރަށަށް އަންނަނިއްޔޯ މިއަދު ހަވީރު. އެ ކުންފުނީގެ ފިހާރައެއް މިރަށުގަ ހުޅުވާށޯ.” ނިޝާ އޭނާއަށް ލިބިފައިވާ މަޢުލޫމާތު އެކުވެރިޔާއާ ޙިއްސާކޮށްލިއެވެ. “ކޮންކަހަލަ ފިހާރައެކޯތަ ހުޅުވަނީ.” އުމުރުން އަށާރަ އަހަރުގެ ހިބާ ކުނިކެހުމައިގެން މަސްއޫލުވިއެވެ. “ކޮސްމެޓިކް ފިހާރައެކޯ. ބޮޑު ފިހާރައެކޭ އިނގޭތަ. ވިޔަފާރިވެރިޔާގެ ހަގު ފިރިހެން ދަރިވެސް އާދެ. ހޮޓު ވާނެ ކަންނޭނގޭ. މީހުން ކިޔާއަޑު އަހަން މާލެ ކުދިން ވަރަށް ރީއްޗޭ.” ފިރިހެން ކުދިންނަށް ޝައުގުވެރިކަން ހުންނަން ނިޝާ ހުރީ އުފަލުން ފޮޅިފައެވެ.

“އެހެންތަ.” ހިބާ އެހާ ގަޔާވާގޮތެއް ނުވިއެވެ. މީގެ ފަސްއަހަރު ކުރިން ނިޝާ ފަދައިން ރީތި ފިރިހެން ކުދިންނާ ހެދި މޮޔަވެގެން އުޅުނު ނަމަވެސް މިހާރު އެއީ އޭނާ އެންމެ ފޫހިވާ ކަންތަކެވެ. ހަޔާތުގައި ލޯބިވެވުނު އެންމެ ފިރިހެން ކުއްޖެއްގެ ސަބަބުންނެވެ. އެ ބޭވަފާތެރިޔަގެ ސަބަބުން ހުރިހާ ފިރިހެނުންނަކީ އެފަދަ ބޭވަފާތެރި ބަޔެއް ކަމަށް އޭނާ ހީކުރެއެވެ. “ދަނީ. މަންމަ މިހާރު މަ ހޯދާނެ. ހަވާދު ގަންނަން ނިކުތް މިހާއޭ މަމީ. މިއަދު މިއުޅެނީ ކުކުޅު ހަދަންވެގެން. ތިގެއަށް ގެންނާނަން އިނގޭ ކުކުޅު މަސް.” މިހެން ބުނެލުމަށްފަހު ނިޝާ ދިޔައެވެ.

ކުނިކަހާ ނިންމާލަމުން ހިބާ މޯޅިއަކަށް ދެމިލިއެވެ. ގުދަށް އޮތުމުގެ ސަބަބުން ބުރަކަށީގައި ދޮރެއް ކެނޑިފައިވާ ފަދައެވެ. އިރުގެ އަލި ލޮލާ ދިމާލަށް އެޅިފައިވުމުން ލޯހުޅުވާލަށް އުނދަގުލެވެ. އަވީގެ ތެރޭގައި ނަމަވެސް މަގުމަތީގައި ކުޅެން އުޅުނު ކުޑަކުދިންގެ އަދަދު މަދެއް ނޫނެވެ. ހުކުރު ދުވަސްކަމުން ގޭގޭގައި ބޮޑެތި މީހުން އުޅުނީ ކެއްކުމާއި ސާފުކުރުމުގައި އަވަދިނެތިއެވެ. ކުޅުމާއި މަޖަލުގައި ކުޑަކުދިން އަވަދިނެތި އުޅޭ ފަދައިންނެވެ. ނިއްކުރިމަތީގައި ހުރި ދާތަށް ފޮހެލަމުން ހިބާ ގޭތެރެއަށް ވަނީ ބަދިގެތެރޭގައި ހަރަކާތްތެރިވަމުން ދިޔަ އޭނާގެ މަންމައަށް އެހީވެދޭށެެވެ.

**************************************

“ދަރިފުޅާ ޔާއިން. ތެދުވޭ ހުކުރަށް ދާން. މިހާރު ހުންނާނީ ވާވަރަށް ނިދިފައެއްނު. އެއޮށްގެން ބާރަ ޖަހަނީ މިހާރު. މަހަކު އެެއްފަހަރު ހުކުރަށް ދާ ފިރިހެނެއް މީ. ތިރީސް އަހަރު ވާއިރުވެސް އުޅެނީ ކުޑަކުއްޖެއް ހެން ވިއްޔަ ” ނިޔާޒާ އޭނާގެ ފިރިހެން ދަރިފުޅާ ދިމާަލަށް ކުދި ކިޔަމުން ގޮސް ކޮޓަރިދޮރުގައި ތަޅައިގަތެވެ. ޔާއިންގެ ޙަބަަރަށް ނުވުމުން ތަޅުގައި ހިފައި ދޮރު ހުޅުވާލިއެވެ. ރަޖާގަނޑާއެކު އެނދުން ތަޅުންގަނޑުމައްޗަށް ވެއްޓިފައި އޮތް  ހަތާވީސް އަހަރު ފުރިފައިވާ ޔާއިންފެނި ޕިސްޕިސް ކިޔާލިއެވެ. ހުސްގަޔާ ބޮކްސާރބުރިޔާއެކު އޭނާ އޮތީ ހުދު ބޯ ރަޖާގަނޑު ތެރޭގައި އޮޅިފައެވެ. އެނދުމަތީގައި ހުރި ބާލިސްތަށް އެ ބޮޑު ކޮޓަރީގެ އެކިހިސާބުތަކުގައި އުކާލެވިފައި ހުރި އިރު ޔާއިންގެ ޓީޝާރޓާއި ސޯޓު ބުރިވެސް އޮތީ މާރބްލް ޓައިލްސް ޖަހާފައިވާ ތަޅުންގަނޑު މަތީގައެވެ.

“އޭތް ޔާއިން ހަމަމިހާރު ތެދުވަންވީ. މަންމަ ކޮންއިރެއް ގޮވާތާ.” އަޑު އިވުނު ކަމަށްވެސް ނަހަދާ އަލުން ނިދީގެތެރެއަށް ޔާއިން ފީނާއިގަތުމުން އޭނާގެ މަންމަ ނިޔާޒާ ހިތްހަމަ ނުޖެހުނެވެ. ބާލީހެއް ނަގާ ޔާއިންގެ ގަައިގައި ތަޅައިގަތީ ތަދު ނުވާނެހެންނެވެ. “އަތްދިއްޔޯއި. މަންމާ. ދެން ނުގޮވަބަ. ވަރަށް ލަހުންނޭ ރޭގަ ނިދީ.” ނިދިން ނުހޭލުމަށްޓަކައި ޔާއިން ދައްކާލީ އުޒުރެކެވެ. “ހެވޭ އެކަމަކުވެސް. ފިލްމު ބަލަން އޮވެފަ ފަތިސް ވީމަ ނިދަނީ އަމިއްލައަކަށްނު.” އޭނާގެ އުޒުރު ނިޔާޒާ ގަބޫލެއް ނުކުރިއެވެ. އެދެމެދުގައި ކުޅެވުނު ޑްރާމާ ނިމުނުއިރު ޔާއިން ޖެހުނީ ބަލިގަބޫލުކުރާށެވެ. ކަންނެއް ހިނގުމެއްގައި ލޯ އުނގުޅަމުން ގޮސް އޭނާ ވަނީ ފާޙާނާއަށެވެ. ފާހާނާއަށް ވަދެ ސިންކު ކާއިރީގައި ހުުއްޓިލިއެވެ. “ފިލްމު ބަލަން އޮވެފަ ފަތިސް ވީމަ ނިދަނީ އަމިއްލައަކަށްނު.” ޔާއިންގެ ކަންފަތުގައި ގުގުމަމުން ދިޔައީ ދާދި ދެންމެއަކު އޭނާގެ މަންމަ ބުނި ބަސްތަކެވެ. ރޭގަނޑުގެ އަރާމު ނިދިން އޭނާ މަހްރޫމުވާ ސަބަބު އެ މަންމައަށް އެނގޭނެނަމައޭ ޔާއިން ހިތަށްއެރިއެވެ. އޭނާގެ ހަޔާތުގެ ސަފުހާތަކުގެ ތެރެއިން ސަފުހާއެއްގައި ވާ ހިތި ވާހަކައިގެ ސަބަބުންނެވެ. މުޅި އުމުރަށްވެސް އެހިތުގައިވާ ނުފިލާނެ ލަކުނުގެ ސަބަބުންނެވެ.

“ފާޙަނަ ތަށިމަތީގަ ނިދާނީކީ ނޫން އިނގޭ.” ކޮޓަރި ތެރެ ސާފުކޮށް ތަންމަތި އަޅާލަމުން ކޮޓަރިން ނުކުންނަން ހިނގައިގަތް ނިޔާޒާ ޔާއިންއަށް އިވޭނެވަރަށް ބުނެލިއެވެ. ކޮޓަރިި ދޮރު ލައްޕާލެވުނީ ސިޑީން ފައިބައިގެން އައި ދޮށީ ފިރިހެން ދަރިފުޅު ޔޫޝާއުގެ ކުރިމައްޗަށެވެ. “މޯނިން މަންމާ.” ނިޔާޒާގެ ކޮނޑަށް އަތްވައްޓާލާ ގަޔާ ކައިރިކޮށްލަމުން އޭނާ ބުނެލިއެވެ. ހުދު ކުލައިގެ ގަމީހަކާއި ކަޅު ޖިންސެއްގައި ހުރި އިރު އޭނާގެ އަތުގައި މުސައްލައެއް އޮތެވެ. ނަވާވީސް އަހަރު ފުރިފައިވިއަސް އޭނާ ފެންނަނީ ޒުވާން ކޮށެވެ. ބަލާބެލުމަށް ދެކުދިންގެ ބައްޕައޭ ނުބުނެވޭނެއެވެ. “ޔާނު ތައްޔާރުވީތަ.” ކޮއްކޮ ޔާއިންގެ ވާހަކަ ޔޫޝައު އެއްސެވެ. “އާން މިއައީ އެސޮރު ފާހަނައަށް ވައްދާފަ. އެހާވަރުން ނިދިން ހޭއްލެއްވެނީވެސް. ހަތާވީސް އަހަރުވީއިރުވެސް ބޮޑެއް ނުވޭ ވިއްޔަ. ދިހަ އަހަރުގެ ކުޑަކުދިންވެސް އެއަށްވުރެ ހަރުދަނާ ވާނެ ތޯއްޗެއް. ޔޫޝައު މަޑުކުރޭ ޔާންއާއެކު ދާން.” ނިޔާޒާ ބުނެލިއެވެ. ޔޫޝާއު ހިނިގަނޑެއް ޖަހާލިއެވެ. އޭނާއަށް ލިބިފައި މިހިރީ ދުވަހަކުވެސް ބޮޑު ނުވާ ކޮއްކޮ އެކޭ ހިތަށް އެރިއެވެ.

“މިފަހަރު ބ އަތޮޅަށް ބަައްޕައާއެކީ ޔޫޝައުވެސް ދަނާންތަ ފިހާރަ ހުޅުވަން.” ސިޑިން ފައިބައިގެން ގޮސް ސިޓިންގް ރޫމަށް އެދެމައިން ވަންނުމުން ސިޓިިންގް ސޯފައިގައި އިށީނދެގެން ޔާއިންއާއި ޔޫޝައުގެ އިންތިޒާރުގައި އިން އެ ދެކުދިންގެ ބައްޕަ އާމިރުއެއްސެވެ. “ބައްޕާ އަޅުގަނޑަށް މިފަހަރަކު ދެވެން ނެތް. އަޅުގަނޑު ގޮއްސިއްޔާ ލައި އަށް ވަރަށް އުނދަގޫވާނެ އެ ދެކުދިން ގޮވައިގެން އުޅެން.” ދާދި އިހަކަށް ދުވަހު ޔޫޝައުގެ ދެވަނަ ދަރިފުޅު މިދުނިޔެއަށް ގެނެސްދިން އޭނާގެ އަންހެނުން ލައިޝާގެ ވާހަކަ އޭނާ ފާހަގަ ކޮށްލިއެވެ. “އެހެންތަ. ތިހެންވެއްޖެއްޔާ މިފަހަރު ޔާއިން ގޮވައިގެން ދާނީ.” ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ އާމިރު ބުނެލިއެވެ.

ފަންސާހުގެ އަހަރުތަށް ގުނަމުންދާ އާމިރަކީ އެއްވެސް ދިވެއްސަކަށް އާމޫނަކަށް ވާނެހެން ހިޔެއް ނުވެއެވެ. ފަސް ވަރަކަށް އަހަރުގެ ތެރޭގައި ކުރިއަރައި ދިޔަ އޭނާގެ މަޝްހޫރު ވިޔަފާއި ކުންފުނި “ލަކީ ސްޓާރ” ގެ ސަބަބުންނެވެ. ހަތަރު ކުދިންގެ ބައްޕަ އާމިރުގެ ދޮށީ ދަރިފުޅު ޔަމާނީއަކީ އަންހެނުންގެ ޙާއްސަ ޑޮކްޓަރެކެވެ. ދެވަނަ ދަރިފުޅު ޔޫޝައުއާއި ތިންވަނަ ދަރިފުޅު ޔާއިންއަކީ އާމިރުގެ ވިޔަފާރީގައި ބޮޑު ހިއްސަާއެއް އަދާކުރާ ބަޔެކެވެ. ރީތިކަމުގެ ޕަރީއެއް ކަމަށްވާ ހަގު ދަރިފުޅު ޔުމްނާ މަސްތަކަތް ކުރަމުން ދަނީ ރާއްޖޭގެ ނެޝަނަލް އެއާރލައިންގެ ކެބިންް ކުރޫއެއްގެ ގޮތުގައެވެ.

ހަތް ބުރިޔަށް ނަގާފައިވާ “ސްޓާރ ހޯމް” ފުރަތަމަ ފްލޯގައި ބަދިގެއާ ސިޓިންގް ރޫމުއެއްވާއިރު ދެން ހުރި ފަސް ފްލޯވަނީ ހަތަރު ކުދިންނަށާއި އާމިރުގެ ދެމަފިރިންނަަށް ޙާއްސަ ކޮށްފައެވެ. ކޮންމެ ފްލޯރއެއްގައި ތިން ކޮޓަރި ހުރެއެވެ. އެންމެ މަތީގައި ހިތްހަމަ ޖައްސާލަން ޓެރަހެކެވެ.

ހަ ވަނަ ބުރީގައި ހުރި ޔާއިންގެ އެޕާރޓްމަންޓް ދޮރު ހުޅުވާފައި އޭނާ ނިކުތެވެ. ސިޑިން ފައިބައިގެން ގޮސް ފުރަތަމަ ފްލޯރގައި ހުރި ސިޓިންގް ރޫމަށް ވަތް އިރު އޭނާގެ ނަޒަރު ފޯނާ ވަކިނުވެއެވެ. ސިޓިންގެ ރޫމު ދޮރުމައްޗަށް އެރުމުން ފޯނު ސްކްރީނުން ފެންނަމުން ދިޔަ އަންހެން ކުއްޖާގެ ފޮޓޯގައި އޭނާ ފިރުމާލިއެވެ. “އައި ލަވް ޔޫ މައި ހިބާ ބޭބީ. ހޯޕް ޔޫ އަރ ހެޕީ. އައި މިސް ޔޫ” ފޮޓޯގަނޑުގައި ބޮސްދެމުން ފަހަތް ބަލާލީ ފަހަތުން މީހެއްގެ ހިލަން ވުމުންނެވެ. ސިޑި މަތީގައި ބަލަހައްޓައިގެން ހުރި މީހާގެ ސަބަބުން ޔާއިންގެ ލޯ ބޮޑުވިއެވެ. ފަޅާއެރީއޭ ހިތަށް އެރިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

kyly❤

Level 1

I'm a14 year old. Reading n writin stories are my fav things to do ☺..my dream is to become a successful writer someday insha allah ❤❤❤❤❤❤ I would love to see others opinion about my stories ??????? ur ideas are always wc

Other Articles

Previous

ވަފާތެރިޔާ

Next

“ހިތް” ލޭ ކޮށެވިފައި……07

Next
July 12, 2018

“ހިތް” ލޭ ކޮށެވިފައި……07

Previews
July 12, 2018

ވަފާތެރިޔާ

20 Comments!

  1. Yumna says:
    July 13, 2018 at 8:25 am

    Wow❤❤❤❤❤❤❤❤ vvvvvvvv reethi
    Vaahaka up vaa dhuvastha bunela dheythi higey waitin for next part????????

    1. kyly❤ says:
      July 13, 2018 at 8:53 am

      Thank you ❤❤❤❤vaahaka up vaany Friday Sunday Tuesday n Thursday ga but it might be sooner than these days nge?

  2. kyly❤ says:
    July 13, 2018 at 8:48 am

    Salaam everyone!…here is my the first part of my first story..I hope you all like it.? n there will be a lot of mistakes cuz Im still new and young..it will be really helpful if you point them out for me ☺…vaahakaiga new parteh konmme Friday. Sunday. Tuesday. N Thursday eh ga genesdheynan insha allah..but I’m really trying to publish a new part every day.. ❤❤❤❤❤
    Thank you ?

  3. Dandelion says:
    July 13, 2018 at 9:32 am

    This part is awesome ingey ??kyly❤Next part Sunday ga dho☺☺☺will be waitin..???love you dear….
    -Dandelion-

  4. Roxy says:
    July 13, 2018 at 11:03 am

    Hma vvv obi inge dhoonyrr waitin 4 nxt prt ?? n vv hpy vhje young kujjh stry lyrthy young ey bunyx roxy ah vure ehme year eh adhi kudaii hehe ?? stry nimndhn up khlhchey lil sis vvv reethi vrnehn heeve ?????

    1. The says:
      July 13, 2018 at 1:34 pm

      Roxy Aroo

    2. kyly❤ says:
      July 13, 2018 at 7:50 pm

      Hehe…thank you big sis ❤❤❤insha allah nimendhen genes dheynan nge ???

  5. ❤Shim❤ says:
    July 13, 2018 at 11:16 am

    Hi gud luck ingey… first stry ge first part vvvvv reeethi ….mi vrrhaka vvv reeethi vaanehen heevei….dhen hama vvv reethi…bunaaane ithuru ehcheh neiy..?

    1. kyly❤ says:
      July 13, 2018 at 7:49 pm

      Awwwww..thank you❤❤❤ bunaane ehcheh alhe visnaalaba next part akah ??????

  6. Baby girl ❤ says:
    July 13, 2018 at 11:41 am

    Wowowowow….vrh vrh loabi

    1. kyly❤ says:
      July 13, 2018 at 7:46 pm

      Eh hehe…thank you so much. .❤❤ haadha dhigu wow ekey…? love you too ❤❤❤

  7. Its me says:
    July 13, 2018 at 1:44 pm

    Masha Allah❤ reethi vaanehen heeve

    1. kyly❤ says:
      July 13, 2018 at 6:25 pm

      Thank you…Reethi vaane insha allah❤❤❤?

  8. Lotus says:
    July 13, 2018 at 4:07 pm

    Seems nice.. best of luck dear ???

    1. kyly❤ says:
      July 13, 2018 at 6:23 pm

      Oh….thank you ❤❤❤

  9. Ereen says:
    July 13, 2018 at 7:57 pm

    V reethi, hyve v reethi vaanehen☺?

    1. kyly❤ says:
      July 13, 2018 at 11:35 pm

      Thankeyw vv much ❤❤??

  10. FAISAL says:
    July 13, 2018 at 11:17 pm

    14 years tha kokko… vaahaka varah reethi… Ekamaku kuda kamun dhow kamana?

    1. kyly❤ says:
      July 13, 2018 at 11:33 pm

      Yup 14 years hehe ?? evaru kudatha?? ??☺ anyways thank you beybey ❤❤❤❤

  11. JINNI says:
    July 15, 2018 at 6:29 pm

    Varah nala inge

Comments are closed.



All Right Reserved!