މެޗު ނިމުމަށް ފަހު އޮތީ ގައުމީ ޓީމަށް ނަވީންކޮށްދިން ޚިދުމަތުގެ އަގު ވަޒަން ކުރުމެވެ. ހުރިހާ ސަޕޯޓަރުންނާއި މުޚާތަބުކޮށް ނަވީން ވާހަކަ ދެއްކިއެވެ. ހުރިހާ ކުޅުންތެރިންނަށާއި ސަޕޯޓަރުންނަށް ނަވީން ޝުކުރު އަދާކުރިއެވެ. ނަވީން ވާހަކަ ކުރިއަށް ގެންދަމުން ދިޔައިރު އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އުފާވެރި ކަމުގެ ކަރުނަޔާ ހިތާމައިގެ ކަރުނައެވެ. ނަވީންގެ އިތުރުން ތަޖުރިބާކާރު ގޯލް ކީޕަރު ސިމާހުވެސް ކުޅުން ހުއްޓާލި ވާހަކަ އިއުލާން ކުރިއެވެ. ނަވީނެކޭ އެއްފަދައިން ސިމާހުވެސް ވާހަކަ ދެއްކިއެވެ. އެދެކުޅުންތެރިންގެ […]
“ޒާ..ޒާވިލް. މިތާ.. މި.. މިތާ ކީކުރަނީބާ؟” އޭނާގެ ގޮނޑީގައި އިނށީދެވުމާއެކު ފެންކަޅިވެފައިއިން ޔަނާލްއަށް ބުނެލެވުނެވެ. އެއަޑު އޭނާގެ ފަހަތުންއައި އަރްޒަންއަށް ކިތަންމެ ރީއްޗަކަށްވެސް އިވުނެވެ. “ޔަނާ. ކިހިނެއްވީތަ؟” ފަހަތުން ޔަނާލްގެ ކޮނޑުގައި އަތްބާވައިލަމުން ކަންބޮޑުވެފައިހުރި އަރްޒަން އަހައިލިއެވެ. އަރްޒަންގެ އަޑުން ސިހިފައި ޔަނާލް އޭނާގެ މޫނަށް ބަލައިލިއެވެ. އެދެލޮލުގައިވި ބިރުވެރިކަމުންނާއި ބޮނޑިވެފައިވާ ކަރުނަތައް ފެނުމުން ވަރަށް ބޮޑުކަމެއް ވެއްޖެކަމުގެ އިހުސާސް އަރްޒަންއަށް ކުރެވުނެވެ. ޔަނާލްއަށް އެހުރިހައި ބަދަލެއް އެއައީ ޒާވިލް ފެނުމުންކަން އަރްޒަންގެ ސިކުނޑިއަށް ވިސްނުނީ އެދެމީހުން […]
ވިއްސާރަ ތިކި ތަކުން ހިޔާނުކޮށް ހުރި ހުރިހާ އެއްޗެއް ޖަރީކުރެވެމުން ދިޔައެވެ. ފިނި ފިނި ރޭގަނޑުގެ އަރާމުކަން އިތުރުކޮށްދޭ ބޯކެރިގަނޑެކެވެ. އެ ރޭގަނޑުގެ ހިމޭންކަން ނަގާލާފައި ވަނީ މަޑު މިއުޒިކެއް ފަދަ ވާރޭ މުތީތަކުގެ އަޑެވެ. ހިތަށް ހަމަޖެހުން ގެނުވާ ވައިރޯޅިތަށް ހުއްޓުމެއް ނެތި ހަށިގަނޑުގައި ބީހެމުންދިޔައެވެ. ގަސްތަށް އެއް ރާގަކަށް ނަށަނީއެވެ. މަގުގެ ވާތް ފަރާތުން ލާފައި ހިނގާފައި ދިޔައީ ޝާމިންއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ވަނީ އަމިއްލަ ފިޔަވަޅުތަކަށެވެ. ދެޖީބަށް އަތްޖަހާލައިގެން ހުރި އިރު […]
” ސަބަބު އެނގެން އަހަރެންވެސް ބޭނުން.. ލޯބިނުވާއިރު ދޮގު ހަދައި އޮޅުވާލި ސަބަބު އަހަރެން ހޯދަން ބޭނުން.. ކައިވެނިކުރީ އޭނަވެސް ލޯބިވާތީކަމަށް އަހަރެން ދެކުނީ.. އަހަންނަށް އެނގޭނީ އޭނަ އަހަރެންގާތު ބުނި އެއްޗެއްތާ ދޯ.. އެކަމަކު މަންމައާއި ވާހަކަ ނުދައްކައި އުޅެންވި ސަބަބެއް ނުވެސްނެތް.. އަހަރެންދެކެ ލޯބިނުވިޔަސް މަންމަދެކެ ލޯބިވާނެއެއްނު..” ރާދިން އެހެން ބުނެފައި ނިކުމެގެން ދިޔައީއެވެ. ************************ ލޯންޗު މާލެއާއި ކައިރިވަމުންދާ ވަރަކަށް ޔާނާގެ ހިތުގެތެޅުން އަވަސްވަމުން ދިޔައެވެ. މީހާ ނުތަނަސްވެ މޫނުމަތިން ދާހިތްލަންފެށެމުން ޓިޝޫއަކުން […]
އައިލީންގެ ހިތް ތެޅެމުން ދިޔައީ ގާތުގައި ހުރި ޔޫހާންއަށްވެސް އަޑު އިވޭނެހާާ ބާރަށެވެ. އައިލީން ޔޫހާންގެ މޭގައި އަތް އަޅާ ކޮށްޕާލުމަށްފަހު އަވަހަށް ދާން ހިނގައިގަތެވެ. އެހެނަސް ކުރިއަށް އެންމެ ފިޔަވަޅެއް އެޅިތަނާ ޔޫހާން ފަހަތުން އޭނަގެ އަތުގައި ހިފާ ބާރަށް ދަމާލިއެވެ. އެއާއެކު އައިލީން ގޮސް ޖެހުނީ ޔޫހާންގެ ގައިގައެވެ. އައިލީން އޭނަގެ ހަށިގަނޑުގައި އައިސް ޖެހުމާއެކު ޔޫހާން އޭނަގެ ދެއަތުން އައިލީންގެ ބަނޑުގައި ފަހަތުން ވަށާލިއެވެ. އެއާއެކު ކުރުވި އިހުސާސަކުން އައިލީންއަށް ޔޫހާންގެ އަތުގައި […]
ތެތްހެދުން ބަދަލުކޮށްލަމުން ނުކުތް ޔަނާލް މޭޒުމަތީގައިއޮތް މާބޮނޑި ނަގަމުން އެތަނުގައިހުރި ވާރސްއަކަށް ރީތިގޮތަކަށް ޖަހައިލިއެވެ. އަދި އެމާތަކުގައި އޭނާގެ ހިމަ އިނގިލިތަކުން ފިރުމައިލަމުން ވަސްބަލައިލިއެވެ. “އަރްޒަން.. އައި.. އައި ރިއަލީ ލަވް ޔޫ.” ނޭނގި ނަމަވެސް ޔަނާލްގެ ހިތް އަރްޒަންގެ މިލްކަކަށްވެ ނިމިއްޖެކަން ޔަގީނެވެ. ފާޚާނާއިން ނުކުތް އަރްޒަން ބޯހިއްކަމުން އައިސް ތުވާލި ހަރުގައި އަޅުވައިލުމަށްފަހު ކޮޓަރީގެ ކުޑަދޮރު ކައިރިއަށް ހުއްޓިލިއެވެ. ލައިގެންހުރި ސްވެޓް ޕޭންޓްގެ ޖީބަށް އެއްއަތްޖަހައިލަމުން އަނެއް އަތުން އޭނާގެ ތެތްއިސްތަށިގަނޑުގައި މަޑުމަޑުން އަތްހިންގައިލިއެވެ. […]
އަމާން ބަލަމުންދިޔައީ ވައިބަރ ގުރޫޕްގެ ކޮންޓެކް ލިސްޓް އަށެވެ. އެންމެ ފަހަށް އިން ޒާޔާގެ ނަންބަރަށް ފިތާލުމަށްފަހު “ހާއި ޖަހާލިއެވެ”.ނުދަންނަ ނަންބަރަކުން މެސެޖްކޮށްފަ އިނުމުން ޒާޔާ އެއަށް ރިޕްލައި ނުކޮށް ކޮންޓެކްޓް ނަންބަރު ސޭވްކޮށްލީ ކާކުތޯ ޔަގީންކޮށްފައި މެސެޖްއަށް ރިޕްލައި ކުރާށެވެ. “މީ އަމާން ، މިހާރު ތި އުޅެނީ ކާކުތޯ ޔަގީން ކުރަންށެންނު” އަނެއްކާވެސް އެ ނަންބަރު މެސެޖް އައުމުން ޒާޔާ މެސެޖް ކިޔާލިއެވެ. ” ޔޫ އާރ ކްރީޕީ” ޒާޔާ މެސްޖްއަށް ރިޕްލައިކޮށްލިއެވެ. ” […]
ޒަޔާ ދޮރު ހުޅުވަބަލަ…. ކިހާވަރުގަދަ ކަމެއްތަ މީ” މުޅި ގޭގައި ގުގުމާލީ އާފިޔާގެ އެލާމް ގެ އަޑެވެ. ޒަޔާ ދޮރު ހުޅުވާލުމަށްފަހު އޭނާގެ ދޮންމަންމައާއި ދިމާލަށް ބަލާލީ ނުރުހުމުގެ ނަޒަރަކުންނެވެ. ” ހޫން ދެން ތިހެން ބަލަން ނީދެ ފެންވަރައިގެން ކޮލެޖެއަށް ދާން ތައްޔާރުވޭ ” އާފިޔާ ބަދިގެއާއި ދިމާލަށް މިސްރާބު ޖެހީ ޒަޔާ ފާހާނައަށް ވަތް ކަން ޔަގީން ކުރުމަށްފަހުއެވެ. އާފިޔާ އަނގައިން ކުދި ކިޔެމުން ދިޔައީ މަނިކުއަށްޓަކައި އޭނާ އުފުލަން ޖެހޭ ބުރަ ހިތަށް […]
{ނޯޓް: އަޅުގަނޑުގެ އިމްތިހާނުތައް (ޔުނިޓު ޓެސްޓު) ފެށުމުގެ ސަބަބުން ވާހަކަ މެދު ކަނޑާލެވުނީއެވެ. ﷲ އިރާދަ ކުރެއްވިއްޔާ އަނެއްކާވެސް މިވާހަކަ ދުވަހުން ދުވަހަށް އަޕް ކޮށްދެވޭތޯ މަސައްކަތް ކުރާނަމެވެ.} “ހަލޯ! އޯކޭ… މިދަނީ..” ކައިސަން ފޯނުކޯލަކަށް ޖަވާބުދިނެވެ. “ކާކު؟” އަހަރެން ސުވާލުކުރީމެވެ. “ހިނގާބަ ވަރަށް އަވަހަށް މަންމަގެ ގެއަށް” “ކިހިނެތްވީ؟” އަހަރެން ހާސްވާން ފެށިއެވެ. ކައިލް އަށް ކާންދިނުމަށްފަހު ތިން މީހުން އެކުގައި މަންމަގެ ގެއަށް ދިއުމަށް ހިނގައިގަތީމެވެ. ހިތް އަވަސްވާން ފެށިއެވެ. ނަމަވެސް މޫނުމަތިން އެކަން ނުދައްކާ ވޭތޯ ބެލީމެވެ. މަންމަގެ ގެއަށް ވަދެވުނު އިރު މަންމަ ހުރީ ދޮރުމަތީ ހުއްޓިލައިގެންނެވެ. ކައިލާން ނުކުތީ އެވަގުތުއެވެ. ޝީން ގޮވައިގެންނެވެ. […]