Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ސޫރަ ތިއޭ-2

Xeesh Level 110 Stories
September 10, 2018 4 Mins Read
13 Comments

އަމާން ބަލަމުންދިޔައީ ވައިބަރ ގުރޫޕްގެ ކޮންޓެކް ލިސްޓް އަށެވެ. އެންމެ ފަހަށް އިން ޒާޔާގެ ނަންބަރަށް ފިތާލުމަށްފަހު “ހާއި ޖަހާލިއެވެ”.ނުދަންނަ ނަންބަރަކުން މެސެޖްކޮށްފަ އިނުމުން ޒާޔާ އެއަށް ރިޕްލައި ނުކޮށް ކޮންޓެކްޓް ނަންބަރު ސޭވްކޮށްލީ ކާކުތޯ ޔަގީންކޮށްފައި މެސެޖްއަށް ރިޕްލައި ކުރާށެވެ.  “މީ އަމާން ، މިހާރު ތި އުޅެނީ ކާކުތޯ ޔަގީން ކުރަންށެންނު” އަނެއްކާވެސް އެ ނަންބަރު މެސެޖް އައުމުން ޒާޔާ މެސެޖް ކިޔާލިއެވެ. ” ޔޫ އާރ ކްރީޕީ” ޒާޔާ މެސްޖްއަށް ރިޕްލައިކޮށްލިއެވެ. ” ޔޫ އާރ ދަ ޕްރިޓިއަސްޓް ލޭޑީ އައި ހޭވް އެވަރ ނޯން” އަމާން ގެ މެސެޖް އިން ޒާޔާގެ މޫނަށް ހިނިތުންވުމެއް ގެނެސްފިއެވެ. ނަމަވެސް އޭނާ މާ ހުޝިޔާރެވެ. ” ޑޫ ނޮޓް ފްލާރޓް ވިތް މީ އޭ ކިޔާފައި ޒާޔާ މެސެޖް ކޮށްލުމަށްފަހު ކޮޓަރިން ނިކުތީ ގޭގެ ބެލް އާޅާލި އަޑަށެވެ. ދޮރު ހުޅުވާލި އިރު ކުރިމަތީގައި ހުރި މީހާ ފެނިފައި ޒާޔާއަށް ނޭވާ ހިފަހައްޓާލެވުނެވެ. “ވަޓް ދަ ހެލް ….. މިތާގައި ކީއްތިކުރަނީ ،ގެއަށް ތިއައީ ކީއްކުރަން ” ކުރިމަތިން ފެންނަހުރި އަމާންއާއި ދިމާލަށް ޒާޔާ ބުނެލިއެވެ. “މަގޭ ވަރަށް އުނދަގޫބޮޑުވާނެ … މިއަދު ދިމާވިޔަސް އަދި އެއްފަހަރު ތި ސޫރަ ބަލާލުމަށް ހިތް އެދޭތީ މި އައީ ” މަޑުމަޑުން އަމާން ބުނެލި ޖުމްލައިން ޒާޔާގެ ހިތުގެ ތެޅުން އަވަސްވިއެވެ. އަމާން އޭނާގެ އަތުގައި އޮތް ފޯނު ނެގުމަށްފަހު ޒާޔާގެ މޫން އަރާހެން ފޮޓޯއެއް ނެގުމަށްފަހު އިތުރު ވާހަކައެއް ބުނަން ޖާގަވެސް ނުދީ ސިޑިން ފައިބައިގެން ދިޔައީ މާދަމާ ކްލާހުން ދިމާވާނޭ ކަމަށް ބުނުމަށްފަހުއެވެ. ޒާޔާއަށް ގުޑިލަންވެސް ނޭގިފައި ހުރެވުނީ މިވަރު ކަމެއް އަދި އޭނާގެ ހަޔާތުގައި ނުދެކޭތީއެވެ. ” ދަރިފުޅާ ކާކުތަ އެއައީ ؟ނޭނގެ ފައިބައިގެން ގޮއްސި … އާފިޔާ އަށް ޖަވާބު ދިނުމަށްފަހު އޭނާ ކޮޓަރިއަށް ވަނެވެ. އަމާން ގޭގެ މައި ދޮރރާށިން ނިކުމެ ގެއާއި ދިމާލަށް ބަލާލިއެވެ. ދެ ބުރިއަށް ނާގާފައިވާ ގެ ވަށައިގެން ބިއްލޫރި ދޮރު ޖަހާފައިވާއިރު ގޭގެ ވަށައިގެން އެކި ވައްތަރުގެ މާގަސްތައް ހުއްޓެވެ . ކާރު ވައްދަން ގަރާޖެއް ހުރިއިރު މުޅި ގެއަށް ބަލާލުމުން ގޭގައި ދިރިއުޅޭ މީހުންނަކީ ތަނަވަސް ބައެއްކަން ހާމަވެއެވެ. އަމާން އިސްޖަހާލުމަށްފަހު ހިނގައިގަތީ މީ ކުރަން އެންމެ ރަނގަޅު ކަމެއް ނޫންކަން ހިތަށް ވިސްނައިދެމުންނެވެ.

ޖެހިގެން އައި ދުވަހު ކްލާހަށް ގަޑިއަށް ދިއުމުގެ ބަދަލުގައި ޒާޔާ ދިޔައީ ލައިބްރަރީއިން ނަގާފައިވާ ފޮތެއް ހަވާލުކުރުމަށެވެ. މާނީ ކްލާހަށްވަދެ ޒަޔާ އަންނަންވާއިރަށް ޖާގަ ހަދާލިއެވެ. އަމާން އައިސް ޒަޔާގެ ގޮނޑިއާއި ޖެހިގެން އިން ގޮނޑީގައި އަށީނދެލުމަށްފަހު ޒާޔާގެ މޭޒުމަތީގައި އޮތް ފޮތް ތެރެއަށް ގަނޑުކޮޅެއް ލިއެވެ. މާނީ ފޯނަށް ގެއްލިފައި އިނުމުގެ ސަބަބުން އަމާން ކުރި ކަމަކަށް މާ ބޮޑަކަށް ސަމާލުކަމެއް ނުދެވުނެވެ. ޒާޔާ ކްލާހަށް ވަދެ ގޮނޑީގައި އިށީނދެލުމަށްފަހު އަމާން އާއި ދިމާލަށް ބަލާލިއެވެ. ނަމަވެސް އަމާން ގެ މޫނުމަތިން އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ.  “މީ ކޮންކަހަލަ އިންސާނެއް ، އިއްޔެ އުޅެވުނު ވައްތަރެއްވެސް ހިތަކަށް ނާރާ … ނަސީބެއްކަންނޭގެ މާނީ އާއި ޝެއާރ ނުކުރެވުނު ކަން އެހެންނޫނީ ލަދުން ބޯ ހަލާކު…” ޒާޔާ ހިތާ ހިތުން ކިޔާލެވުނެވެ. ދުވަހަށް ހަމަޖެހިފައިވާ ކްލާސްތައް ނިންމާލުމަށްފަހު ޒާޔާ އާއި މާނީ ގެއަށް އައި މަގުމަތީގައި އަމާންގެ ވާހަކަ މަދު މަދުން ދެކެވުނެވެ. މާނީ އަށް އަމާން ރީތި ވާހަކައެވެ. ” ލުކް މާނީ … މިއަދު އޭނަ އަހަރުން ފެންނަ ކަމަށްވެސް ނަހަދާ … ހީ ލުކްސް ލައިކް އަ ސްޓްރޭނޖަރ… އައި ތިންކް ހީ އިޒް އަ ހޭނޑްސަމް ސައިކޯ” ޒާޔާ ބުނެލި ވާހަކައިން މާނީ ހޭން ފެއްޓިއެވެ. ޒާޔާ ގެއަށް އައިސް ވަނުމަށްފަހު އޭނާގެ ފޮތްތަށް އެނދު މައްޗަށް ވައްޓާލުމަށްފަހު އަސުރު ނަމާދަށް އަރަށް ރީތިވެލިއެވެ. ފާހަނައަށް ވަދެފައި ނިކުތްއިރު އާފިޔާ ހުރީ ޒާޔާގެ އެނދުމަތީގައި ހުރި ފޮތްތައް ނަގަންށެވެ. ” ޒާޔާ މަންމަ ކިތައްފަހަރު ބުނާނީ ގެއަށް އަންނަ ގޮތަށް ފޮތްތައް ކަބަޑުގަ ބަހައްޓާށޭ … އެނދުމަތީގައި ބެހެއްޓުމަށްވުރެ ރަނގަޅެއްނު ”  އާފިޔާ ވާހަކަ ދައްކަން ފެށުމުން ޒާޔާ އައިސް އޭނާގެ މަންމަގެ ދެ ކޮލުގައި ހިފާލިއެވެ. ” ސޮރީ މަންމާ … ނަމާދަށް އަރަންވެގެން އަވަސް މިކުރަނީ އެހެންވެޔޭ … ދެއްވާ އަޅުގަނޑަށް ” އާފިޔާ އަތުގައި ހުރި ފޮތްތައް އަތުލަމުން ޒާޔާ ބުނެލިއެވެ. އާފިޔާ ކޮޓަރިން ނިކުތުމުން ޒާޔާ ފޮތްތައް ކަބަޑަށް ލުމަށްފަހު ނާމާދަށް އެރުމާއިގެން މަސްއޫލްވިއެވެ. ފޯނުގެ ބީޕް އަށް ޒާޔާ ފޯނު ހޯދާލިއެވެ. އެނދުމަތީގައި އޮތް ފޯނު ނަގަން ގުދުވެލިއިރު ފޯނު ކައިރީ ވެއްޓިފައި އޮތް ގަނޑު ކޮޅު ލޮލުގައި އަޅައިގަތެވެ. ” ހަލޯ ޒާ … ހިނގާބަ މިރޭ ހުޅުމާލެއަށް ދާން ” މާނީ ފޯނުން ވާހަކަދައްކަމުން ދިޔައެވެ. ޒާޔާ އޭނާގެ އަތުގައި އޮތް ގަނޑުކޮޅަށް ބަލަން އިނުމަށްފަހު ފަހުން ގުޅާނޭ ކަމަށް ބުނެފައި ފޯނު ބޭއްވިއެވެ. ޒާޔާ އޭނާގެ އަތުގައި އޮތް ގަނޑުކޮޅު ހުޅުވާލައި އޭގައި އޮތް އެއްޗެއް ކިޔާލިއެވެ. ” އަހަރެން ވަރަށް މީހުން ނުކުރާ ކަންތައް ކުރާ ހިއްވޭ …. އިނގޭ ނޯޓް ޕާސް ކުރުމަކީ ކުރީ ޒަމާނުގެ މީހުން ކުރި ކަމެއް ކަން .. އެކަމަކު އަހަރެން ބޭނުން އެކަން ތަޖްރިބާ ކޮށްލަން … ދެން ހިތަށް ތި އަރަނީ އަހަރެން މިއަދު އިގްނޯރ ކޮށްލީއޭ ދޯ …އަސްލު އައި ލައިކް ޔޫ ވެރީ މަޗް… ކޯލް މީ ވެން ޔޫ ގެޓް ދިސް”  ޒާޔާ  ގަނޑުކޮޅު ކިޔާލުމަށްފަހު ފޯނު ނަގާ ކަނފަތުގައި ޖަހާލިއެވެ. ” މާނީ ލުކް ހޫ އިޒް ސްޓޯކިންގް މީ ” ޒާޔާ މާނީ ކައިރީ އޭނާގެ ވާހަކަތައް ކިޔާދިނެވެ. އަމާންގެ ވާހަކަ މާނީ އަށް އަޑު އިވުމުން އެކުވެރިޔާއަށްޓަކައި ހިތް އުފަލުން ނަށާލިއެވެ. ” ސާބަސް ޒާ އަށް އަދި ކިރިޔާ ދޯ ފިރިހެން ކުއްޖަކަށް ޒާ އާއި ސީދާ ކުރިމަތިލާން އެ ކެރުނީ … ވިއާރޑް ވިޔަސް އޯކޭ އެންނު … ހީ އިޒް ސޯ ހޭނޑްސަމް ..” މާނީގެ ވާހަކަތައް އަޑު އަހާފައި ޒާޔާ އަށް އެއަށް ބުނާނެ އެއްޗެއް ނޭނެގުނެވެ. އޭނާގެ އުމުރުން މި ވީހާ ދުވަހު އޭނާ އާއި ހެދި އެއްވެސް މީހަކު އެހެން އުޅެފައެއް ނެތެވެ. މާނީ އާއި އިރުކޮޅަކު ވާހަކަ ދެއްކުމަށްފަހު ހުޅުމާލެއަށް ދާން އިޝާ ނަމާދުކޮށްލައިގެން ބާލާ ދާނޭ ކަމަށް ބުނެފައި ފޯނު ބޭއްވިއެވެ.

ހުޅުމާލޭގެ ހިތް ފަސޭހަ މަގުތަކުގައި ސައިކަލު ބަހައްޓާފައި ހިނގަމުން ދިޔައިރު ޒާޔާއަށް ވިސްނެމުންދިޔައީ އަމާންގެ ސިޓީ އާއި ދޭތެރޭގައެވެ. ގުޅުމަށް އެދިފައި އޮތް އިރު އޭނާ އެކަމަށް ފަސްޖެހެނީ ކީއްވެ ކަމެއް ހުދު އޭނާ އަކަށްވެސް ނޭނގެއެވެ. ލަކުޑި ޖެޓީ ދޮށުގައި ހުރި ގޮނޑިއެއްގައި ދެކުދިން އިށީނދެލައިގެން ހުރިއިރު މާނީ އަށް ދެއްކެމުން ދިޔައީ އޭނާގެ ލޯބިވެރިޔާ އަލީގެ ވާހަކައެވެ. މާނީ އަބަދުވެސް އަލީ އާއި ދިމާކުރުމަށް ހުޅުމާލެ އަންނަނީ ޒާޔާ ގޮވައިގެންނެވެ. ދެމީހުން ބައްދަލުކޮށް ނިންމާފައި އަންނަން ދެން ޒާޔާ މަޑުކުރަން ޖެހެނީ އެތާގައެވެ. އަލީ ސައިކަލުގައި ބަލާ އައުމުން މާނީ އަންނާނަމޭ ކިޔާފައި އަލީ ފަހަތަށް އަރައި ދުއްވާލިއެވެ. ޒާޔާ އޭނާގެ ފޯނު ނަގައި ހުޅުވާލިއެވެ.ފަހަތުން މީހެއްގެ ހިލަމެއް ވީހެން ހީވުމުން ފަހަތް ބަލާލިއެވެ. ޒާޔާ ސިއްސައިގެން ދިޔައީ އަމާން ފަހަތުގައި ހުރުމުންނެވެ. ހުދު ކުލައިގެ ގަމީހަކާއި މަޑު ނޫކުލައިގެ ޖީންސެއް ލާފައި ހުރުމުން ބޭރުގެ ފިލްމް ސްޓާރެއް ހާ ފުރިހަމައޭ ޒާޔާގެ ހިތަށް އެރިއެވެ. ” އަމާން …” ޒާޔާގެ ދުލުން އަމާންގެ ނަން ބޭރުކޮށްލިއެވެ. ޒާޔާ އިތުރު ވާހަކައެއް ބުނުމުގެ ކުރިން އަމާން ބުނެލިއެވެ.” އަހަރެން ބުނެގެން މާނީ ޒާޔާ ގޮވައިގެން ހުޅުމާލެ އައީ … އަހަރެން ޒާޔާ އާއި މީޓް ކުރަން އެދިގެން…. ސޮރީ ” އަމާން ޒާޔާ ކައިރީ ހަމަޖެހޭށޭ ބުނުމަށްފަހު އޭނާގެ ކައިރީގައި އިށީނެވެ. ޒާޔާ އަށް އަދިވެސް އޭނާގެ ކުރިމަތިން ފެންނަން ހުރި އަމާން އާއި ދިމާލަށް ބަލަން އިނދެވުނީއެވެ. “ޒާ” އަމާން ޒާޔާގެ މޫނުމަތީގައި އަތް ހޫރުވާލުމުން ޒާޔާ އެނބުރު ދުރަށް ބަލާލިއެވެ. ” ރުޅިއައިސްސަތަ؟ ” އަމާން ސުވާލުކޮށްލިއެވެ. “ނޫން .. އަހަރެން ކީއްވެ އަމާންދެކެ ރުޅިއަންނަންވީ …. ” ޒާޔާ ދުރަށް ބަލަން އިނދެ ބުނެލިއެވެ. ” އަސްލު އަހަރެންގެ ހިތަށް އަރާ އިއްޔެ ފެނުނު ކުއްޖަކާއި ހެދި އަމާން ހާދަވަރެއްވެއްޖެޔޭ ….” ޒާޔާ ދެން ބުނެލި ޖުމްލައިން އަމާން ހިނިއައެވެ. ” ޒާ އަށް އިނގޭތަ އަހަރެން ދުވަހަކުވެސް އަންހެން ކުއްޖަކު ފެނިގެން މިހެނެއް ނޫޅެން… އެކަމަކު އެންމެ ފެނިލުމަކުންވެސް ތި ސޫރަ އަހަރެންގެ ހިތާއި ސިކުނޑިއާ ކުޅެލައިފި” އަމާންގެ ޖަވާބުން ޒާޔާގެ މޫނު މައްޗަށް ލަދު ރަކި ހިނިތުންވުމެއް ވެރިވިޔެވެ. ” އަސްލު މީހުން ބުނާނީ އަހަރެން އަންހެން ކުއްޖަކު ފެނިގެން ހޭބަލިވަނީއޭ…. އެކަމު ތި ކުއްޖާ ތީ ހޭބަލިވާހާވެސް ލޯބި ކުއްޖެއް” އަމާން ބުނެލިއެވެ. އަމާން އޭނާގެ އަތް ޒާޔާ އަށް ދިއްކޮށްލީ ހިފާނެކަމަކަށް ނޫނެވެ… ނަމަވެސް ޒާޔާ އަށް ބޭ އިހުތިޔާރުގައި އަމާންގެ އަތާ އަތް ޖޯޑު ކޮށްލިއެވެ. “ތި ބުނީ ޒާޔާ އަހަންނާ ރައްޓެހިވީ އޭތަ؟ އަމާން ސުވާލުކޮށްލިއެވެ. ” މިބުނީ ވީ ކޭން ޓްރައި ޓު ބީ އަ ކަޕްލް އޭ … ޒާ އަކަށް އަސްލު ނޭނގޭ މީހުންނާއި ރައްޓެހިވާކަށް …މޭބީ ވީކޭން ” ޒާޔާގެ ޖަވާބުން އަމާންގެ މޫނުމައްޗަށް ފުޅާ ހިނިތުންވުމެއް ގެނުވިއެވެ. “އެހެން ވީމާ ތިބުނީ ޔޭސް އޭ … ނުބުނާތި ފަހުން އެހެނެކޭ ނޫނޭ ބުނީކީއެއް ” އަމާން ބުނެލިއެވެ. މާނީ އައިސް ޒާޔާގައިގައި ފަހަތުން ބައްދާލީ ވަރަށް އުފާވެއްޖެކަމަށް ބުނެލުމަށްފަހުއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Xeesh

Level 110 Stories

Other Articles

Previous

ރާސްތާ 34

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 14

Next
September 10, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 14

Previews
September 9, 2018

ރާސްތާ 34

13 Comments!

  1. She says:
    September 10, 2018 at 5:34 pm

    Me first thw.. vrh lwbi mi vrhaka.. kb irakun nxt part.. nxt part thankolheh dhigu koh genesdhinyma dhn baraabaru vaane.. gerey ???

    1. Xeesh says:
      September 12, 2018 at 11:45 am

      Next Part Wednesdayga uppkohlla dheynan … thanks She 🙂

  2. samm says:
    September 10, 2018 at 6:09 pm

    vrh rythi mi part vx …….whn next part, ??waiting

    1. Xeesh says:
      September 12, 2018 at 11:46 am

      Next Part Wednesdayga … thanks Samm 🙂

  3. ?? says:
    September 10, 2018 at 6:14 pm

    Story v rythi..mii xeesh ge first story tha?

    1. Xeesh says:
      September 12, 2018 at 11:47 am

      This is my second story 🙂

  4. maya says:
    September 10, 2018 at 6:15 pm

    me second dhw..vv reethi..good luck zaayaa and amaan..vv lwbi u both

    1. Xeesh says:
      September 12, 2018 at 11:47 am

      Thanks Maya 🙂

  5. awww says:
    September 10, 2018 at 6:48 pm

    Love the story i hope the story will not end in a sad way u have written.love and sad happy ending ehlahcheyy pls and thankolheh dhigu kohlachey

    1. Xeesh says:
      September 12, 2018 at 11:48 am

      It will surely not end sad koh … next part dhigu kohlaanan 🙂

  6. Reader says:
    September 10, 2018 at 7:59 pm

    Lmaoooooooooo varah majaa. But story reethi
    Let me describe using 2 emojis
    “?❤️”

  7. Hudher says:
    September 10, 2018 at 8:08 pm

    Stry v v v v habeys…maasha allah….whn next…kyp up the gud work dear….luv yahh

    1. Xeesh says:
      September 12, 2018 at 11:50 am

      Thanks Hudher 🙂 next part Wednesday ga …

Comments are closed.

Next Episodeސޫރަ ތިއޭ -03←


All Right Reserved!