ހިންދިރުވައިލަމުން އެމީހުނަށް ފުރަގަސްދީގެން އައިކްއާ އެކުގައި ކުޅެންހުރި އަރްޒަންއަށް ބަލައިލަމުން އިސްޖަހައިލުމަށްފަހު އެއްވެސް އެއްޗެއް ބުނުމެއްނެތި އެތަނުންދާން ޔަނާލް ހިނގައިގަތެވެ. އެތަންބަލަންހުރި ނިޝްޔާގެ މޫނުމަތީގައިއޭރުވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ޔަނާލްއާއި ދޭތެރޭގައި ތަޤުދީރު މިކުޅެނީ ކޮންކަހަލަ ކުޅިގަނޑެއް ހެއްޔެވެ؟ ޔަނާލް ދިއުމާއެކު ނުލަފާ ފާޑަކަށް ހެވިފައިހުރެ ނިޝްޔާ އަރްޒަންއާއި ދިމާއަށް ހިނގައިގަތެވެ. އޭނާ ބޭމުންވިކަންތައްވުމުން ހިތްހަމަޖެހިފައިހުރެއެވެ. އޭނާ ބޭނުންވަނީ ޔަނާލް އަރްޒަންއާއި ދުރުގައި ހުރުމަށެވެ. ފަރިހިނގުމެއްގައިގޮސް އަރްޒަންގެ ފަހަތަށް ހުއްޓެމުން ނިޝްޔާ އަރްޒަންގެ ކޮނޑުގައި އަތްބާވައިލިއެވެ. “ޔަނާ.. ބަލާބަލަ […]
ނައުރީން އޭނަގެ ފޯނު ނަގައި ދިނާޖުގެ ނަމްބަރަށް ޑައިލްކޮށްލިއެވެ. ” ހެލޯ ދިނާޖު… އައި ހޭވް އަ ނިއު ޕްލޭން… ” ދިނާޖު ފޯނު ނެގުމާއެކު ނައުރީން ވަރަށް ފޯރީގައި ބުނެލިއެވެ. ”ރިއަލީ… ވަޓްސް ދަ ޕްލޭން… ” ދިނާޖުވެސް އަވަސް އަވަހަށް އަހާލިއެވެ. އެކަމަށް އޭނަ ގަޔާވެފައި ހުރިވަރު ދިނާޖުގެ އަޑުންވެސް އިނގިގެން ދެއެވެ. ދިނާޖު ޕްލޭން އަކީ ކޮބާތޯ ސުވާލުކުރުމުން ނައުރީން އޭނަގެ ޕްލޭން ހިއްސާކުރިއެވެ. ” ވާއު ނައު… ސުޕާބް… އައިމް ޝުއާ […]
އަވަސް ހިނގުމެއްގައި އެކޮޓަރިން ނުކުންނަމުން ޔަނާލްއަށް ޝުކުރު އަދާކުރުމަށްފަހު އައިކް ގޮވައިގެން އަރްޒަންގޮސް ލިފްޓަށް އަރަންދެން ދޮރުމަތީގައި ބަލަހައްޓައިގެން ޔަނާލް ހުއްޓެވެ. ލިފްޓް ލެއްޕުމުގެ ކުރިން އައިކް ޔަނާލްއަށް ހަނާއަޅައިލިތަންފެނި އޭނާވެސް ހިނިތުންވެލަމުން އައިކްއަށް ހަނާއަޅައިލިއެވެ. އައިކްމެން ދިއުމުން ޔަނާލް އެތެރެއަށް ވަންނަމުން ދޮރު ލައްޕައިލިއެވެ. އަދި ވަރުބަލިކަމާއެކު އައިސް ސޯފާއަށް ވެއްޓިގަތެވެ. ރޭގެ ހަނދާންތަކާއެކު ޔަނާލްގެ ވަރުބައލިވެފައިވާ މޫނު މައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އަރްޒަންއާއެކުގައި ހޭދަކުރެވުނު ވަގުތުތަކުގެ އިތުރުން އައިކްއާއެކުގައި ހޭދަވި ކޮންމެ ސިކުންތެއް […]
އެހެންނަމަވެސް އަޔާން މަސައްކަތް ކުރަމުން ދިޔައީ އެ އަސަރު އެއްކޮށް ފިލުވާލެވޭތޯއެވެ. މޫދަށް ދިޔަ ގޮތަށް އެތަނުގައި އުޅުނު ގުރޫޕަކާ ބައިވެރިވެގެން ޒައިން އާއި އޭނާގެ އެކުވެރިޔާ އާސިފް ވެސް ސަކަރާތުގައި މަސްއޫލުވިއެވެ. އެހެން ނަމަވެސް ގަޑިން ފަސްގަޑި ބައި ވުމާއެކު ޒައިން އާސިފް އަށް ގޮވާލަމުން މޫދަށް އަރަން އެއްގަމާ ދިމާލަށް ހިނގައިގަތެވެ. ބޯޅައިން ކުޅެމުން ދިޔަ ކުޅިވަރު އެންމެ ފޯރި ގަދަވި ވަގުތު ޒައިން ދާން ފެށުމުން އެތަނުން އެއްކުއްޖަކު ޒައިން އަށް ގޮވާލަމުން […]
އެވާހަކަ އަހަރެން ތަންކޮޅެއްފަހުން އަރްޒަންއަށް ކިޔައިދޭނަން. މިވަގުތު އަހަރެން އޭނަގެ ވާހަކަ ދައްކާކަށް ބޭނުމެއްނޫން.” އެއްޗެއްއަހަން އަނގަ ހުޅުވައިލި އަރްޒަން ފެނުމުން އަވަސް އަވަހަށް ޒާވިލް ބުނެލިއެވެ. އެއަޑުގައިވި ނަފުރަތުން ހަމަރަނގަޅަށްވެސް އަރްޒަން ހައިރާންވިއެވެ. އޭނާގެ ވާހަކަ ދެއްކިއަސް ޒާވިލްގެ ހިތް ނަފުރަތުން ފުރެއެވެ. އެނަން ގަންނަންވެސް އޭނާ ބޭނުންނުވާ ކަހަލައެެވެ. އެއްއިރެއްގައި އެހައި ލޯބިވި މީހެއްދެކެ އެދަރަޖައަށް ނަފުރަތު ކުރެވޭނީ ކޮންމެވެސް ބޮޑުކަމެއް ވެގެންކަން އަރްޒަންގެ ހިތް ބުނެލިއެވެ. އެހެނަސް ޒާވިލް އަމިއްލައަށް ފެނިގެން އެވާހަކަ […]
“އަހަރެންނަން މިހެން ވީ ކީއްވެ؟” ޝަކުވާ ގެ ބަސްތައް އަނގައިން ނުކުންނަމުން ދިޔަ ނަމަވެސް އެ އަޑު އަހާނެ އެއްވެސް މީހަކު ނެތެވެ. ހިއްސާ ކޮށްލާނޭ މީހަކުނެތެވެ. ހުރިހާ ކަމެއް އަމިއްލަ ހިތު ތެރޭގައި އޮއްބާލައިގެން ހުރެ ހުރެ އޭނާ ވަރުބަލިވެއްޖެއެވެ. ހެނދުނުގެ ވަގުތެވެ. ފަތިސް ވީފަހުން ވާރޭ ތުނިކޮށްލާފައި ވީނަމަވެސް އޭރުވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުން ދިޔައެވެ. އާދީއްތަ ދުވަހަށް ވުމުން މަގުމަތީގައިވެސް މީހުން ގިނައެވެ. ހެނދުނު ދަންފަޅިއަށް ސްކޫލަށް ދާ ކުދިން ސްކޫލަށް […]
އާރޓިފިޝަލް ބީޗުގެ ވެލިގަނޑު މަތީގައި އެޅެމުން ދިޔަ އަމިއްލަ ފިޔަވަޅުތަކަށް ބަލަމުން އަހަރެން ކުރިޔަށް ދިޔައީމެވެ. ގޮތް ހުސްވެ އެކަނިވެރިވެފައިވާ މީހެއް ފަދައިންނެވެ. ހަޔާތުގެ ހިތި ސަފުހާތަކުގެ ތެރެއަށް ގެނބެމުން ދިޔަ ވަރަކަށް ލޮލުގައި ފުރި ބާރުވެފައިވާ ކަރުނަތަށް ކޯތާފަތްމަތީގައި ބީހެން ފެށިއެވެ. ރޭގަނޑުގެ އެ ހިތްފަސޭހަ ވަގުތު ހަށިގަނޑުގައި ބީހެމުން ދިޔަ ފިނި ރޯޅިތަކަށް ވުރެ އެ ކަރުނަތަކުގެ ބީހުން މާ އަރާމެވެ. ވެހެމުން ދިޔަ ބޯ ވާރޭގެ ހިތްގައިމު އަޑަށްވުރެ އަހަރެންގެ އަމިއްލަ ގިސްލުމުގެ […]
އައިކް ގޮވައިގެން ކާރަށް އަރައި ހަމަޖެހިލަމުން އަރްޒަން ހުންގާނުގައި އަތުން މަޑުމަޑުން ޖަހައިލިއެވެ. “ވައި އޭމް އައި ޑުއިންގް ދިސް؟ ހެހެހެ.” އަމިއްލަ ނަފުސާއި ސުވާލުކޮށްލަމުން އަރްޒަން ކުޑަކޮށް ހީލީ ހަގީގަތުގައިވެސް އޭނާއަށް ޔަނާލްގެ ދިރިއުޅުމާއިމެދުގައި ޝައުގު އުފެދި އެހުރިހަކަމެއް ކުރެވެންވީ ސަބަބެއް ނުވިސްނުމުންނެވެ. ޔަނާލްއާާއި ދިމާވިފަހުން އޭނާގެ ތަބީއަތަށް ބަދަލުތަކެއް އަތުވެއްޖެކަން ގައިމެވެ. ** ** ** ސްކޫލް ނިންމައިލުމަށްފަހު ގެއަށް އައިސްވަތް ޔަނާލްގެ މޫނުމަތިން ވަރުބަލިކަން ފާޅުވަމުންދިޔައެވެ. ސިޓިންގް ރޫމްގައިހުރި ސޯފާތަކުން ގޮނޑިއެއްގައި އިނށީދެލަމުން […]
ގެއަށް ވަދެ އެންމެ ފުރަތަމަވެސް އައިލީން މިސްރާބު ޖެހީ ކޮޓަރިއަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް ކޮޓަރީގައި ދެކޮޅަށް ދެކޮޅަށް ހިނގަ ހިނގައިހުރި ޝައުނާގެ ހަރާކާތްތަކަށް ހުއްޓުމެއް އައެވެ. އައިލީންގެ ރޮއެރޮއެ ރަތްވެފައިވި ދެ ލޯ ފެނި ޝައުނާ އާއި ރިފްޝާއަށް އައިލީންގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރެވުނީއެވެ. ”ޝައު… ތެންކްޔޫ ސޯ މަޗް… ވަރަށް ބޮޑަށް ތޭންކްސް… އެންމެ މުހިއްމު ވަގުތު ޝައު ޔައި ގާތު ޔޫހާންއަށް ގުޅަން ތި ބުނީ… މިހާރު ހުރިހާ ކަމެއްވެސް […]