ރޭގައި ވާރޭވެހިފައި ހުއްޓާލީ ފަތިސް ވީ ފަހުންނެވެ. އެހެންނަމަވެސް އުޑުމަތީގައި އެކަތި އަނެކެއްޗާ ސަކަރާތް ޖަހަމުން ދިޔަ ވިލާތަކަށް ބަދަލެއްނާދެއެވެ. އެ ވިއްލާގަނޑަށް ވުރެ އަނެއްވިލާގަނޑު ގަދަވުމަށް ކުރަމުން ދިޔަ މަސައްކަތުގެ ސަބަބުން އިރުގެ އަލި ދުނިޔެމައްޗަށް ފުރިހަމަ ގޮތުގައި ފެތުރުމަށް ހުރަސްއެޅިފައިވެއެވެ. ދޫނި ސޫފާ ސޫފީގެ އަޑުން ފަޒާ ގުގުމަމުން ދިޔައެވެ. ފަޒާގައި ހިފާފައިވި ފިނީގެ ސަބަބުން އުނދަގޫވެގެން އުޅޭހެން ހީވިއެވެ. ވިލާ ބޯކޮށްފައި އޮތަކަސް ވަޔެއްނުޖެހެއެވެ. އެހެންކަމުން ގަސްތަކުގެ ފަތްތަށްވެސް ފެންނަނީ އާދަޔާ ހިލާފަށް […]
ގާތުގައިހުރި އައިކް ފެނުމުން ޔަނާލްއަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. އެހެނަސް ދެވަނަ ސިކުންތުގައި އެހިނިތުންވުން ފަނޑުވެގެންދިޔައީ ކުރިމަތީގައި އައިކްގެ އަތުގައި ހިފަހައްޓައިގެން ހުއްޓިހުރި ފިރިހެންމީހާ ފެނިފައެވެ. ބީރަށްޓެހި ގޮތަކަށް ޔަނާލް އެފިރިހެންމީހާގެ މޫނަށް ބަލަމުންދިޔައިރު އަރްޒަންގެ ނަޒަރުވެސްވަނީ ޔަނާލްގެ ދޮންއޮމާން މޫނަށް ހުއްޓިފައެވެ. އަރްޒަންގެ ބެލުމުން އުނދަގޫވެގެން ޔަނާލް އިސްޖަހައިލިއެވެ. އަދި ގާތުގައި ހިނިތުންވެފައި ހުއްޓިހުރި އައިކްއާއި އެއްހަމައަކަށް ތިރިވެލަމުން އައިކްގެ ކޮލުގައި ލޯތްބާއެކުގައި ހިފައިލިއެވެ. ޔަނާލްގެ މިއަމަލުން އައިކްގެ ތުންފަތްމަތީގައި ދުވެލި ލަދުރަކިހިނިތުންވުންފެނި އޭނާއަށް ހެވުނެވެ. “އައިކް […]
ދުވަސްތަށް އޭގެ ހަލުވިމިނުގައި ފާތުވަމުން ދިޔައެވެ. ކޮންމެ ދުވަހެއްގެ ސައްވީސް ގަޑިއިރުގެ ތެރޭގައި އެތަށް ބަޔަކު މި ދުނިޔެއާ ޢަލްވަދާޢުކިޔަމުން ދާއިރު މި ދުނިޔެއަށް މަރުހަބާ ކިޔަމުން ދާ ތުއްތު ކުދިންގެ އަދަދުވެސް މަދެއް ނޫނެވެ. ފާއިތުވެގެން ދާ ކޮންމެ ދުވަހަކުންވެސް ޢިބުރަތް ހާސިލްކުރުން ނޫންކަމެއް އަހަރުމެން އިންސާނުންނަކަށް ނުކުރެވޭނެއެވެ. އެއްބަޔެއްގެ ހަޔާތަށް ޙަރީފު މޫސުން އައިސްފައެެވެ. އަނެއް ބަޔެއްގެ ހަޔާތަށް އައިސްފައިވާ ބަހާރު މޫސުމުގެ ފިނި ރޯޅި ތަކުގެ ތެރޭގައި އެބައިމީހުންގެ އުދުހެމުން ދިޔައެވެ. އުފަލުން […]
ތުރުތުރުއަޅަމުންދިޔަ ހާލު ފަހަތަށް ބަލާލި ޔަނާލްގެ އަނގައިން މަޑު އާހެއް ނުކުމެގެންދިޔައެވެ. އެވަގުތު ބަލާކަށްނުހުރެ އެމީހާ ބެލްޓް ޔަނާލްއާއި ދިމާއަށް މަޅައިލިއެވެ. ނޫނެކޭ ކިޔައި ޔަނާލްއަށް އަޑުގެ ނެތްތަނަށް ހަޅޭލަވައިގަނެވުނެވެ. ** ** ** ސިއްސައިގެން ގޮސްފައި ޔަނާލަށް ބާރަށް ހަޅޭލަވައި ގަންނަމުން ފުންމައިގެން ތެދުވެވުނެވެ. އޭރު މުޅިމީހާ ހުރީ ދާހިއްލައި ފޯވެފައެވެ. ފަނޑު އަލިކަމެއް ވެރިވެފައިވާ ކޮޓަރިއަށް ވަށައިގެން ޔަނާލް ބަލައިލީ އެއްވެސް މީހެއްގެ ހިލަމެއްވޭތޯއެވެ. މަޑުތުރުތުރެއް ހަށިގަނޑުގައި އުފެދިފައިވީ ނަމަވެސް އެނދުން ތެދުވެ ޔަނާލް […]
ނިޝްޔާގެ އަތުގައި ނުޖެހުމަށް ދުވަމުން ކާކޮޓަރިން ނުކުތް އައިކްގެ ހުނުމުގެ އަޑުވަނީ މުޅިގޭގައި ހަރުލައިފައެވެ. ފަހަތުން ނިޝްޔާވެސް ހެމުން ނުކުތީ އައިކް ހިފެހެއްޓުމުގެ ގޮތުންނެވެ. އެމަންޒަރުބަލަން ކާކޮޓަރީގެ ދޮރުމަތީގައި ހާޝިމާވެސް ހިނިތުންވެފައި ހުއްޓެވެ. ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މާބޮޑެތި ކަންތައްތަކެއް ބަދަލުނުވިނަމަވެސް އެމީހުންގެ ދިރިއުޅުން މިހާރުވަނީ ކުރިއެކޭ އެއްގޮތަށް އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމަކަށް ބަދަލުވެފައެވެ. އައިކްގެ ކަންތައް ގިނަވަގުތު ކޮށްދެނީ ހާޝިމާއެވެ. އެހެނަސް ނިޝްޔާ ގޭގައި އުޅޭ ވަގުތެއްނަމަ ހާޝިމާއަށް ނުޖައްސާ އައިކްގެ ކަންތައް […]
ޔޫހާން ދެ ލޯ މަރާލަމުން އިތުރަށް އައިލީން އޭނަގެ މެޔާއިލާ ބޮނޑިކޮށްލިއެވެ. އައިލީން ގިސްލަ ގިސްލާފައި ރޮމުން ދިޔަ ގޮތުން ޔޫހާންގެ ހިތަށް ދިޔައީ ވަރަށް އަސަރުކުރަމުންނެވެ. ” ޔޫހާން… އައިމް… އައިމް ސޮރީ… އަހަރެން… އަހަރެން ހުރީ ޔޫހާން ގާތު… ހުރިހާ… ހުރިހާ ވާހަކައްވެސް ބުނަން… އެކަމަކު… އެކަމަކު ދިނާޖު… ދިނާޖު ބުނީ ޔޫހާން ގާތު… އޮޅުވައިލައިގެން ވާހަކަތައް ދައްކާނަމޯ… އޭނަ ގުޅީމަ ފޯނުވެސް ނަގަންޖެހޭނެ އޭ ދިނާޖު… ބުނި… އެހެންނޫނީ އޭނަ ޔޫހާން ގާތު […]
އަފްރީންއާއި އަފްރާ ޓެރަހުގައި އަނގަތަޅަން ތިއްބެވެ. އަރްޝާދާއި އައްޒާމްވެސް ކޮންމެވެސް ވާހަކައެއްގައި ތިއްބެވެ. އަފްރީން ވަނީ އަރްޝާދަށް ހަގީގަތް ކިޔާދީފައެވެ. ހަގީގަތް އެނގުމުން އަރްޝާދް ވަނީ އަފްރާއާއި އައްޒާމްގެ ކިބައިން މާފަށް އެދިފައެވެ. އެ ދުވަހަށް ފަހު އައްޒާމާއި އަރްޝާދްގެ ކުރީގެ އެކުވެރިކަން ވަނީ އިޔާދަވެފައެވެ. “ސަޕްރައިޒް” އެންމެންގެ ނަޒަރު ދޮރާ ދިމާއަށް ހުއްޓުނީ އާރާޝްގެ އަޑު އިވުމުންނެވެ. އާރާޝް ފެނުމުން އަފްރާއަށް އިން ތަނުން ތެދުވެވުނެވެ. އަފްރީނަށްވެސް ވީ ހަމަ އެވަރެވެ. އާރާޝް ދިޔަ ގޮތަށް […]
މެންދުރުއްސުރެ އުޑުމަތި ބައްދަމުންއައި ބޯކަޅު ވިލާތަކުން ވާރޭ އޮއްސައިގަތީ ކުއްލިއަކަށެވެ. އިރެއް އިރަކަށް ޖެހެމުންދިޔަ ވައިރޯޅިވެސް ދިޔައީ ބާރުވަމުންނެވެ. ހީވަނީ ގަސްތައްވެސް މުލުން ލުހެލައިފާނެހެންނެވެ. މުޅި ދުނިޔެ ކަޅު ސާލެއް އޮޅައިލައިގެން އޮތް ފަދައެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަނީ އަނދިރިކަމެވެ. ވެހެމުންދިޔަ ބޯވާރޭގަނޑުގެ ތެރޭގައި ހުއްޓުންއަރައިފައި ސަހަރާގެ ތެރޭގައި އެކަނި އަރްޒަން ހުރީ އެތަނުންދާން ބޭނުންނުވެފައެވެ. ދާނީވެސް ކިހިނަކުންހެއްޔެވެ؟ ދާދި ދެންމެއަކު ކަށުކަމާކެމީގެ ކަންތައް ނިންމައިލުމަށްފަހު ބިމުގެ ތެރެއަށްލައި ފަސްއެލެވުނީ އޭނާގެ އަލަތު ލޯތްބެވެ. އުފަލާއި […]
“ތިއްތަައަށް އިނގޭތަ އަސްލު ސްޓޯރީ؟” އަހަން ނާހަން ހުރެފައި އާރާޝް އެހިއެވެ. އަފްރީން އާއެކޭ ބުނުމުގެ ގޮތުން ބޯޖެހިއެވެ. އަފްރާއާއި އަރްޝާދްގެ ލޯބީގެ ވާހަކަ ކިޔައިދިނުމަށް އާރާޝް އަފްރީން ގާތުން އެދުނެވެ. “ތިއްތަ ކިޔާދިނީމަ ކަމަކު ނުދާނެއްނު. ބައްޕަ ނޫނީ މަންމަ ގާތު އަހާ” “ނޯވޭ. ނުކެރޭނެ އަހާކަށް” އާރާޝް ވަގުތުން އިންކާރު ކުރިއެވެ. އާރާޝާއި މާނީ އާދެސްކުރުމުންވެސް އަފްރީން ނުކިޔާދިނެވެ. އޭނާ އެދުނީ އަފްރާ ނޫނީ އަރްޝާދު ގާތުން އެވާހަކަ ކިޔައިދިނުމަށް އެދުމަށެވެ. ******* އިވާން […]