“މައްސަލައެއް ނެތް. އަހަރެން ބުނެފާނަން.” ކޮނޑު އަރުވައިލަމުން ޒާވިލް ބުނެލިއެވެ. މިކަމުގައި އޮތީ ހަމައެކަނި އޭނާގެ ކުށެއް ނޫނެވެ. ވީއިރު އޭގެ އަދަބު ހަމައެކަނި އޭނާއަށް ލިބޭކަށް ޒާވިލް ބޭނުމެއް ނުވެއެވެ. “ޔޫލީ މަރައިލީ.. ކަލޭގެ.. ބޮޑުދައިތައާ އޭނާގެ ދަރި ނިޝްޔާ.” ޒާވިލްގެ ޖުމުލަ އަރްޒަންއަށް އިވުނީ ހޮނުގުގުރިއެއްގެ ސިފައިގައެވެ. ގަބޫލު ނުކުރެވިފައި ހަޅޭލަވައި ގަންނަމުން އަރްޒަންއަށް ދެފަރާތަށް ބޯހޫރުވައިލެވުނު އިރު ޔަނާލްއަަށްވެސް އަނގަމަތީގައި އަތްއަޅައިލަމުން އަރްޒަންއަށް ބަލައިލެވުނެވެ. ދުވެފައި އައިސް އެގޭގެ ދޮރުމައްޗަށް މަޑުކޮށްލި ނިޝްޔާވެސް […]
ސައިޑް ކަބަޑު މަތީގައި އިން ސޯނާ ގަޑިން އެލާމްވާ އަޑަށް ނިދާފައި އޮތް ޔޫހާންއަށް ހޭލެވުނެވެ. އޭނާ ސޯނާ ގަޑި އޮފްކޮށްލުމަށްފަހު ކަންނެއްކަމާއެކު ދެލޯ ހުޅުވާލަމުން މޯޅިއަކަށް ދެމިލިއެވެ. އެނދުން ތެދުވެ ފެންވަރާ ތާޒާވެލުމަށްފަހު ޔޫހާން ފާޚާނާއަށް ވަނެވެ. ފެންވަރާއިގެން ނިކުމެ އަލަމާރިން މުށި ކުލައިގެ އަތް ކުރު ޓީޝާޓަކާއި ކަޅު ކުލައިގެ ސްކިނީއެއް ލިއެވެ. ފަތިހުގެ މި ވަގުތުގައިވެސް ޔޫހާންގެ މޫނު މަތިން ފެންނަމުން ދަނީ ތާޒާކަމެވެ. ޑްރެސިން ޓޭބަލް ކުރިމަތީގައި އިސްތަށިގަނޑު ސްޓައިލްކުރަން ހުއްޓާ […]
އެންދުކޮޅުގައި ބާލީހެއް ލައްކުރުމަަށްފަހު އޭގައި ލެނގިލީމެވެ. އަދި އެނދުމަތީގައި އޮތް ބުލޫޓޫތު ސްޕީކާރ ފޯނާ ގުޅާލުމަށްފަހު ލަވައެއް ޖަހާލީމެވެ. ބެކްގުރައުންޑަށް ލަވަ ލައިފަ އަަހަރެން ކުރަން އުޅު ކަންތަކާއިގެން މަސްޢޫލު ވީމެވެ. ? ދުނިޔެއީ ދައުރުވާ އެއްޗެއްމެ ބަދަލު ހަމަވާނޭ ދިރިއުޅުން ކޮއްމެ ސިކުންތަކުމެ ބަދަލު ހަމަވާނޭ ދިވެހި ފިލްމު “ބޮސް” ގެ އެ މަޑުމައިތިރި ލަވަ އިވެމުން ދެއެވެ. މިއަދަކީ އަހަރެންގެ ހަޔާތުގައި ކަމެއް ނިއްމާލާނެ ދުވަހެވެ. އާއެކެވެ. ކުރަމުން އައި އިންތިޒާރަށް ނިމުމެއް ގެންނަ […]
ކަރުނުން ތެމިގެންދިޔަ ދެ ލޯ ފުހެލާފައި ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން ޔާނާ ތެދުވިއެވެ. އޭނާގޮސް އިށީނީ ރާޔާގެ ކުރިމަތީ މުށިގަނޑުމަތީގައެވެ. ރާޔާގެ ދެއަތުގައި ޔާނާގެ ދެއަތުން ހިފާލައިފައި އެދެއަތުގައި ބޮސްދިނެވެ. ” މަންމި ހުއްޓަ ކީއްކުރާ ބައްޕިއެއްތަ ބޭބީ.. ދެމީހުންނަށް ވާވަރަށް މަންމި ލޯބިދެމޭ.. ރާއްކޮއަށް ބައްޕިއެއް ބޭނުންނުވާ ވަރަށް އަދިވެސް މަންމި ލޯބިދޭނަމޭ އިނގޭ..” ޔާނާގެ ވާހަކަތައް އަޑުއަހާފައި އައިރާ ގާތަށް ރުޅިއައެވެ. ” ކޮންމެ ކުއްޖެއްގެވެސް ބައްޕިއެއް ހުންނާނެ އިނގޭ ބޭބީ.. ރާއްކޮގެ ބައްޕިވެސް […]
ކަންބޮޑުވެފައި އަރްޒަން ފޯނަށް ބަލައިލިއެވެ. އޭނާއަށް ޔަނާލަށް ގުޅުނު އަދަދެއްވެސް މިހާރު ނޭނގެއެވެ. މިވީ ދުވަސްކޮޅު ތެރޭގައި އޭނާ ގުޅުމުން އެއްފަހަރުވެސް ޔަނާލް ފޯނު ނުނަގާފައެއް ނެތެވެ. ޔަނާލްއަށް ކޮންމެވެސް ކަމެއްވީކަމުގެ އިންޒާރު އޭނާގެ ސިކުނޑިން ދޭން ފެށުމުން އަރްޒަންއަށް އަތުގައިއޮތް ފޯނަށް ބާރުކޮށްލެވުނެވެ. ދޮރުބޮޑަށް ހުޅުވައިލަމުން ޒާވިލް އެތެރެއަށް ފިޔަވަޅެއް އަޅައިލިއެވެ. އެއާއެކު ޔަނާލްއަށްވެސް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނީ ބޭއިޚްތިޔާރުގައެވެ. ޔަނާލްގެ އެހަރަކާތުން ޒާވިލްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެތެރެއަށް ވަނުމަށްފަހު ދޮރު ލައްޕައި […]
” އައި ނިއު އިޓް ޑޭޑް… އަޅުގަނޑަށް އޭރުވެސް އެނގޭ ޑޭޑް އަޅުގަނޑު ބުނާ ކަމެއް ކޮށްދޭނެކަން… އަޅުގަނޑުގެ އުފަލަށްޓަކައި ކޮންމެ ކަމެއް ކުރަންވެސް ޑޭޑް ފަސްނުޖެހޭނެކަން… ” ނައުރީން އޭނަގެ ބައްޕަގެ ގައިން ދޫކޮށްލުމަށްފަހު ހިނިތުންވެފައިހުރެ ނަސީރުގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. އޭއާއެކު ނަސީރުވެސް ހިނިތުންވެލަމުން ނައުރީންގެ ކޮލުގައި ފިރުމާލިއެވެ. އަދި ނައުރީންގެ އުފަލަށްޓަކައި ކޮންމެ ކަމެއް ކުރަންވެސް ތައްޔާރަށް ހުރި ކަމުގައި ބުނެލިއެވެ. ނަސީރު އެހެން ބުނުމާއެކު ނައުރީންގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައެެވެ. […]
“ހަލޯ.” މަޑުމަޑުން ޔަނާލް ބުނެލިއެވެ. “ޔަނާ. އަހަރެން ފޮނުވި އެއްޗެއް ލިބުނުތަ؟” އަރްޒަންގެ އަޑުން އޭނާ ހިތްހަމަޖެހިފައިހުރިކަން އިނގެއެވެ. “ހޫމް. އެކަމަކު.. މީ.. މީ ކީކުރަން؟” ޔަނާލް ފާޑަކަށް އިނދެ އަހައިލިއެވެ. “ކިހިނެއްވީ؟ ޔަނާއަަށް ކަމުނުދަނީތަ؟” ފާޑަކަށް ހެވިފައިހުރެ އަރްޒަން އަހައިލިއެވެ. “ނޫން. ވަރަށް ރީތި.” ލަދުގަނެފައި ޔަނާލް ބުނެލިއެވެ. އެއާއެކު އަރްޒަންގެ ލުއި ހުނުމުގެ އަޑު ފޯނުގެ އަނެއްކޮޅުން އިވިގެންދިޔައެވެ. “ޔަނާ. މިރޭ 8.30 އަށް ރެޑީވޭ އިނގޭ. ތިހެދުން މިރޭ ޔަނާ ލާން އަހަރެން […]
އެތަންކޮޅު ކިޔައި ނިންމައިލަމުން އަރްޒަންއަށް ފޮތް ލައްޕައިލުމަށްފަހު ގެނެސް މޭގައި ޖައްސައި ބާރުކޮށްލެވުނެވެ. “ނޫން ޔަނާ. ވަރަށް ލޯބިވޭ. ވަރަށް ވަރަށް ލޯބިވޭ. ސޫން ޔޫ ވިލް ބީ މައިން އިންޝާ ﷲ..” ވައިއަޑުން އަރްޒަންއަށް ބުނެލެވުނެވެ. ** ** ** އަރްޒަން އޮފީހުން އައިސް ގެއަށް ވަތްގަޑީގައި ސިޑިން ފޭބި ޝިހާމް އޭނާފެނި ގޮވައިލިއެވެ. ކިހިނެއްވީތޯ އަހައިލަމުން އަރްޒަން ޝިހާމު ގާތުގައި ގޮސް ހުއްޓިލިއެވެ. “ދަރިފުޅު ދޭ އެހަށް ތާޒާ ވެލައިގެން އަންނަން. ބައްޕަ ވާހަކައެއް […]
” ހޫމް މީހަކާއި އިންނަންވީ.. އެކަމަކު އަހަންނެއްނޫން.. އަހަރެން އަދި މީހަކާއި އިންނަވަރަށް ބޮޑެއްނުވެއެއްނު ދޯ.. ރާދްވީ ދެވަނަ ކައިވެންޏެއް ކުރަން.. ރާދް ބޭނުންވާ ކަހަލަ ކުއްޖަކު ބުނޭ.. އަހަރެންނަށް އަންހެން ކުދިން ހޯދަ ދެވިދާނެ.. ތިހެން ހުސްކޮށް ހުރުމުގެ ބޭނުމެއްނެތް.. އެވެސް އެއަންހެނާއާއި ހެދި.. ދައްތަ ބުނިހެން އެންމެން އެއްގޮތެއް ނުވާނެ.. ރާދް ތިހެން އުޅޭތީ ބޭބެމެން ހާދަ ކަންބޮޑުވެޔޭ.. އަބަދު މީހާ މަސައްކަތުގައި މާ ބިޒީކޮއްލައިގެން ތިއުޅެނީ އެޔާނާއެއް މަތިން ހަނދާން ނެތޭތޯއެއްނު.. އޭނަމަތިން […]