ބުނާށެ ލޯބި ނުވަނީހޭ 02
” ސަބަބު އެނގެން އަހަރެންވެސް ބޭނުން.. ލޯބިނުވާއިރު ދޮގު ހަދައި އޮޅުވާލި ސަބަބު އަހަރެން ހޯދަން ބޭނުން.. ކައިވެނިކުރީ އޭނަވެސް ލޯބިވާތީކަމަށް އަހަރެން ދެކުނީ.. އަހަންނަށް އެނގޭނީ އޭނަ އަހަރެންގާތު ބުނި އެއްޗެއްތާ ދޯ.. އެކަމަކު މަންމައާއި ވާހަކަ ނުދައްކައި އުޅެންވި ސަބަބެއް ނުވެސްނެތް.. އަހަރެންދެކެ ލޯބިނުވިޔަސް މަންމަދެކެ ލޯބިވާނެއެއްނު..” ރާދިން އެހެން ބުނެފައި ނިކުމެގެން ދިޔައީއެވެ.
************************
ލޯންޗު މާލެއާއި ކައިރިވަމުންދާ ވަރަކަށް ޔާނާގެ ހިތުގެތެޅުން އަވަސްވަމުން ދިޔައެވެ. މީހާ ނުތަނަސްވެ މޫނުމަތިން ދާހިތްލަންފެށެމުން ޓިޝޫއަކުން މޫނު ފުހަމުން ގެންދިޔައެވެ. ” ދަރިފުޅަށްޓަކައި ނޫންނަމަ މަންމި މިތަނަކަށް ނައިމުސް.. އޭނައާއި އެއްފަސްގަނޑެއްގައި އުޅޭކަށް މަންމިއަކަށް ފަސޭހައެއްނުވާނެ.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ދަރިފުޅު ރަގަނޅުވާނެ.. އޭރުން އަހަރުމެން މާމަކައިރިއަށް ދާނީ..” ޔާނާގެ އުނގުގައި ނިދާފައި އޮތް ތުއްތު ރާޔާގެ ބޮލުގައި ފިރުމަމުން އޭނާ ވާހަކަ ދައްކަމުން ދިޔައެވެ.
އެމްއެމްއޭ ކައިރިއަށް ލޯންޗު ލެފުމުން ލޯންޗުގައި ތިބި މީހުން ފައިބަމުން ދިޔައެވެ. ޔާނާ ހުރީ އެންމެ ފަހުން ނިކުންނަށް މަޑުކޮއްލައިގެންނެވެ. ރާޔާއަށް ގޮވައި ކުޑަކޮއް ރީތިކޮއްލުމަށްފަހު ޔާނާވެސް އިސްތަށިގަނޑު ރީތިކޮއްލިއެވެ. ލޮލުގައި އަވިއައިނެއް އަޅައި ބުލޮންޑް ކޮއްފައިވާ އޭނާގެ އިސްތަށިގަނޑުން މޫނުގެ އެއްފަޅި ފޮރުވޭނެހެން ކުރިމައްޗަށް ގެނެސްފައި އޮތެވެ. އެއައްފަހު ކުޑަދޮރުން ބޭރު ބަލައިލީ އޭނާ ބަލައި އައިސް އިންތޯއެވެ. ކާރެއް ކައިރީ މަޑުކޮއްލައިގެން އިން ޒުވާން އަންހެންކުއްޖާ ފެނުމުން ހިނިތުންވެލައިފައި ރާޔާ ގާތުގައި އާންޓީ އައިސްއެބަ އިނީ ބުނެލިއެވެ.
***********************
އައިރާ އެމްއެމްއޭ ކުރިމަތީގައި ހުންނަތާ މިހާރު ބައި ގަޑިއިރު ވަނީއެވެ. މެސެޖްގައި އެތަނަށް އަންނަން އޮތް ގަޑިއައްވުރެ އަވަހަށް އައިސްގެން އެއުޅެނީ ގޭގައި މަޑުނުކުރެވިގެންނެވެ. ލޯބިވާ ކޮއްކޮ ދެކެން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ކޮއްކޮއާއި ދިމާއަށް ވަރަށް އެއްޗެހި ކިޔާލާނަމޭ ހިތުގައި އޮތެވެ.
ލޯންޗުން ފައިބައިގެން އައި ޔާނާ އޭނާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. މޫނުމަތިން ރުޅިވެރިކަން ދައްކަމުން ޔާނާ ކައިރިއަށް ދާންދިޔަ މީހާ ހުއްޓުނީ ޔާނާގެ އަތުގައި ހިފައިގެން ލޯންޗުން ފައިބަމުންދިޔަ ކުޑަ އަންހެން ކުއްޖާ ފެނިފައެވެ. އެއީ ހަމަ ކުޑަ ކުޑަ ޔާނާއެކެވެ. އެހާވެސް އެކުއްޖާ ޔާނާއާއި ވައްތަރެވެ. އެއީ ޔާނާގެ ކުއްޖެއްކަން އައިރާއަށް އެނގުނީ އެހެންވެގެންނެވެ. އޭނާއަށް އަނގަމަތީ އަތް އަޅައިލެވުނީ ހައިރާންވިވަރުންނެވެ. ޔާނާއަށް ދަރިއަކު ލިބުނުކަމެއް އޭނާއަށް އެނގިފައެއްނުވެއެވެ.
” ޔަންނު މީ ޔަންނުގެ.. ކޮން އިރަކު.. ކާކުގެ..” ޔާނާ އައިސް އޭނާ ކައިރީގައި މަޑުކޮއްލުމުން އައިރާ ވާނުވާ ނޭންގިފަހުރެ އަހައިލިއެވެ.
” ރާއްކޮ.. މީ ރާއްކޮގެ އާންޓް އިނގޭ.. އިރާ މީ ރާޔާ.. އަހަރެންގެ ދަރިފުޅު..” ޔާނާ ބުނެލިއެވެ. ރާޔާއަށް އޭނާ އެއްޗެކޭ ބުނިހެންވެސް ހީނުވެއެވެ. އައިރާއަށް އެކަން ފާހަގަކުރެވުނު ނަމަވެސް އެވަގުތު އޭނާ ބޭނުންވީ އެހެން އެއްޗެއް އޮޅުންފިލުވާށެވެ.
” ދެން މިތާ ތިބެތަ ވާހަކަ ދައްކަނީ.. އިރާ ހިނގާބާ އަހަރުމެންނާއިއެކު އަހަރެން ހިފާފަހުރި އެޕާޓްމެންޓަށް.. އިރާވާނެ ރާޔާ ކައިރިއަށް ވަރަށް ގިނައިން އަންނަން އިނގޭ.. އޭނައާއި ގިނައިން ވާހަކަ ދައްކަންވާނެ..” އައިރާ އެއްޗެކޭ ބުނަން އަނގަ ހުޅުވައިލުމުން ޔާނާ ބުނެލިއެވެ.
” އަހަރެން ހިފާފަހުރި އެޕާޓްމެންޓަށޭ.. ވާވް.. 4 އަހަރު ފަހުން އަހަރެން ކައިރިއަށް އައިސްފަވެސް އަހަންނާއި ވަކިން އުޅެންތަ ތިނިންމައިގެން ހުރީ.. އެކަނި އުޅެން ބޭނުންވަންޏާ ކިއްކުރަން ދެން އަހަންނަށް މެސެޖްކުރީ.. އަހަރެންމީ އެއްވެސް މީހެއްނޫނެއްނު ޔަންނުއަކަށް..” އައިރާ އެއްޗެހި ކިޔަން ފެށިއެވެ.
” އައި މިސްޑް ޔޫ.. ވަރަށް ވަރަށް ހަނދާންވި އިރާމަތިން..” އައިރާ ގައިގައި ބައްދައިލަމުން ޔާނާ ބުނެލިއެވެ. ރާޔާވެސް އައިރާ ގައިގައި ބައްދައިލިއެވެ. އޭނާގެ މަންމަވެސް ބައްދައިލީމައެވެ.
” ޔަންނު އުޅޭނީ އަހަރެން ކައިރީގައި.. ދެން ނުކެރޭނެ އަހަރެންނާއި ދުރަށްދާކަށް..” ޔާނާ ވަގުތުން ނޫނެކޭ ބުނެލިއެވެ.
” ޕްލީޒް އަހަރެން އެގެޔަށް ގެންދަން ނޫޅޭ.. ” އައިރާ ބުނީ އޭނާ އުޅެނީ އެގޭގައި ނޫންކަމަށެވެ. އޭނާ އުޅެނީ ފިރިމީހާ ހިފައިފައި ހުންނަ ތިން ކޮޓަރީގެ އެޕާރޓްމެންޓަކު ކަމަށެވެ. “ފިރިމީހާ އޭ..” ޔާނާ އަހައިލިއެވެ.
” ކިހިނެއްވީ.. 4 އަހަރު ފަހުން ޔަންނު ކުޑަ ކުޑަ ކުއްޖެއް ގޮވައިގެން އައިއިރު އަހަރެންގެ ފިރިއެއް ހުރީމަ ހައިރާންވީ..” އައިރާ އެހެން ބުނެފައި ރާޔާ އުރައިލައިގެން ކާރަށް އަރަން ދިޔައެވެ. ފަހަތުން ޔާނާވެސް ގޮސް ކާރަށް އެރިއެވެ. ގެޔަށް ދިޔަ މަގުމަތީގައި އައިރާ ރާޔާއާއި ވަރަށް ވާހަކަ ދެއްކިއެވެ. ޔާނާއާއި އަނގައިންވެސް ނުބުނެއެވެ.
**************************
ފޯނާއި ކުޅެމުން ގެޔަށް އައިސްވަތް ރާދިން ސިޓިންރޫމުގައި ހުރި ބޮޑު ސޯފާގައި އިށީނެވެ. ފޯނު ކުރިމަތީ ހުރި މޭޒުމަތީ ބާއްވާފައި ހަށިގަނޑު ސޯފާގެ ތެރެއަށް ދޫކޮއްލައިގެން ކަނދުރާ މައްޗަށް ޖަހައިގެން ވިސްނަން އިނެވެ. ސޯފާގައި އިތުރު މީހަކު އިންކަމެއްވެސް އޭނާއަކަށް ނޭންގެއެވެ.
“ދަރިފުޅާ މިއަދު ހާދަ އަވަހަށް ގެޔަށް އައިސްގެން ތިއުޅެނީ..” ސޯފާގެ އެއްކޮޅުގައި އިށީންދެލައިގެން އިން ޔަސީރާ ރާދިން ކައިރީ އަހައިލިއެވެ. އެހެން ދުވަސް ދުވަހު އިރުއޮއްސޭ ފަހުން ގެޔަށް އަންނަ މީހާ މިއަދު އެހުރީ މެންދުރުނުވަނީސް އައިސްއެވެ. ” ކުޑަކޮށް ބޮލުގަ ރިއްސާތީ މިއަދު މިއުޅެނީ..” ޔަސީރާއަށް ބަލައިލަމުން ރާދިން ބުނެލިއެވެ.
” މަންމައަށް ހީވަނީ ދަރިފުޅު ކޮންމެވެސަ ކަމަކާއި ދޭތެރޭ ވިސްނަނީހެން.. ކޮންމެސް ކަމެއްނޫން..މަންމައަށް އިނގޭދެން އެނޫން ކަމަކާއި ދޭތެރޭ ދަރިފުޅު ނުވިސްނާކަން.. މަންމައަށް ފެންނަނީ ބައްޕަ އެބުނިހެން ދެން ދަރިފުޅު އެހެން މީހަކާއި އިންނަން.. ދަރިފުޅަށް އަދި އެންމެ 27 އަހަރު.. މުޅި ދިރިއުޅުން އަދި ކުރިޔަށް އޮތީއެއްނު.. ”
” އަހަރެން މީހަކާއި ނީންދެ ހުރިއްޔާ މަންމަމެންނަށްވާނީ ފަސޭހައެއްނު.. މަންމައާއި ތޮޅޭނެ ޅީދަރިއަކު ނުހުންނާނެއެއްނު..”
” އެކަމަކު ދަރިފުޅާ މާމަ ކިޔާނެ ކުއްޖެއްވެސް ބޭނުންވާނެއެއްނު..” ޔަސީރާ އެހެން ބުނުމުން ރާދިން ފެށީ ހޭށެވެ. ” މަންމަ ތިހާ ކުއްޖަކު ބޭނުންވަންޏާ އަހަރެން ކުޑަކުދިން ހިޔަލުން ކުއްޖަކު ގެނެސްދީފާނަމޭ.. އެހެންނޫނަސް ކާކަށް އެނގެނީ މިހާރު މަންމައަށް މާމަ ނުކިޔާކަމެއްވެސް..” ޔަސީރާ އާއެކޭ ބުނެފައި ދިޔައީ ބަދިގެއަށެވެ.
” އަހަންނަށް އޮޅުވާލާފަގޮސް އޭނަ އުޅޭނީ ވަރަށް އުފަލުގަ އެއްނު.. މިހާރު ނޭންގެ މީހަކާއި އިނދެ ދަރިއަކުވެސް ނުލިބޭކަމެއް.. ކެހިވެރިޔާ.. އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ.. މާފެއްވެސް ނުކުރާނަން.. ” އަމިއްލަ މީހާއާއި ވާހަކަ ދައްކަމުން ރާދިން ބުނެލިއެވެ. ” މޮޔަ ރާދިން.. އޭނަ މާފައް އެދޭނެތަ.. އޭނައާއި ދޭތެރޭ ނުވިސްނަބަލަ.. ކޮންމެ ގޮތަކަށް ކޮންމެތާކު އުޅުނަސް ރާދިންއަށް ކީއް..”
**************************
” އައިމް ސޮރީއޭ އިރާ..” ގެޔަށް ވަތް ގޮތަށް ޔާނާ ބުނެލިއެވެ. އައިރާ ޔާނާއައްވުރެ ބޮޑުވާނީ އެންމެ 3 މަސް ދުވަހެވެ. ޔާނާ އައިރާއަށް ނަމުން ކިޔަނީ އެހެންވެއެވެ. އައިރާއަކީ ޔާނާގެ ދޮންބައްޕަގެ ކުއްޖެކެވެ. އުމުރުން 3 އަހަރުން ފެށިގެން ދެކުދިން އުޅެ ބޮޑުވީ އެކީގައެވެ. ޔާނާގެ ދޮންބައްޕަ ނިޔާވީ އެދެމީހުން 18 އަހަރަށް އޮއްވައެވެ. މާލެއަށް ދިރިއުޅުން ބަަދަލުކުރީ ޔާނާގެ މަންމަ މާލޭގައި އުޅޭ މީހަކާއި އިނުމުންނެވެ.ކުރިން އެމީހުން ދިރިއުޅެމުން ދިޔައީ ލަންޑަނުގައެވެ.
” 4 އަހަރު ޔާނާ.. އެނގޭތަ މި 4 އަހަރު އަހަރުމެން އުޅުނު ގޮތް.. ޔާނާ އުޅޭނެހެން ހީވާ ހުރިހާ ތަނަކަށް ދިޔައިން.. ހުރިހާ ރައްޓެހިންނަށް ގުޅިން.. ހާދަ ހާސްވެފައޭ އެންމެން އުޅުނީ.. ޔާނާ ދުނިޔޭގަ ހުރިކަމެއްވެސް ނޭންގެ.. މަންމަ ކައިރީ ދިޔަ ތަނެއް ނުބުންޏަސް އަޅެ އަހަރެން ކައިރީ ބުނެލިނަމަ ދޯ.. އަހަރެން ހަމަ އެހާ ދުރުކޮއްލީތަ.. ކީއްވެ ޔަންނު ކީއްވެ.. އެންމެ ފަހަރަކު ގުޅާލިނަމަވެސް ރަގަނޅު.. މީހަކައި އިނދެ ދަރިއަކު ހޯދިއިރުވެސް ބުނެނުލާ.. އަހަރެންގެ ފިރިއަކު ހުރީމަ ދޯ އެކަމް މައްސަލައަކައްވީ ޔަންނުއަށް.. އަހަރެން ހާދަ ވަރަކަށް އުޅުނީމޭ ޔަންނު ހޯދަން.. ޔަންނުއަށް އެނގޭނެ ޔަންނު ނެތިސް ކައިވެނިކުރަން އަހަރެން ބޭނުމެއްނުވާނެކަން.. ވަރަށް އުޅުނިން ކައިވެނި ނުކުރަންވެގެންވެސް.. އެކަަމަކު ދެން އެންމެން ކިޔާތީ ކުރީ.. އެކަމް ޔަންނު ބަލާބަލަ.. ހީނުވޭ އަހަރުމެންމަތިން ހަނދާންވި ހެނެއްވެސް.. މުޅިން އާ ދިރިއުޅުމެއް ފަށައިގެން ތިއުޅެނީ.. ” އައިރާ ރޮމުން އޭނަގެ ހިތުގައިވާ ޝަކުވާތައް ޔާނާއަށް އިއްވާލިއެވެ.
” އަހަރެން އާ ދިރިއުޅުމެއް ނުފަށަމޭ އިރާ.. އިރާމެން މަތިން އަހަރެން ހަނދާން ނެތިދާނޭ ހީކުރީވެސް ކިހިނެއް.. އަހަންނަށް ވަކި ފަސޭހަވާނެތަ އިރާމެންނާއި ނުލައި އުޅެން.. އެކަމް އަހަރެން އެގޮތަށް ކަންތައްކުރީ އަހަންނަށް އެނޫން ގޮތެއް ނެތިގެން.. އަހަންނަށް މިތާގައި އުޅެން ކެތްނުވާނެތީ އަހަރެން ދިޔައީ.. ”
” ކީއްވެ ކެތްނުވާންވީ.. ޔަންނު އަމިއްލައަށެއްނު ވަރިވީ.. އެވެސް އޭނަގެ އެއްވެސް ކުށެއްނެތި.. އަހަރެން މިހުރީ އެވާހަކަ ނުދައްކަންކަމަށް.. ކީއްވެ ޔަންނު ވަރިވީ.. އެވެސް ކައިވެންޏަށް މަހެއްވެސް ނުވަނިސް.. ” އައިރާގެ އެސުވާލަށް ޔާނާ އެއްވެސް ޖަވާބެއް ނުދިނެވެ.
” އޯކޭ.. ޔަންނު ބުނަން ބޭނުންނުވަންޏާ އަޅައިނުލާ.. ކޮން އިރަކު ދެވަނަ ކައިވެންޏެއް ކުރީ.. ރާއްކޮއަށް ކިތައް އަހަރު ވެއްޖެ.. ހީވަނީ ތިން އަހަރަށް ހެން އޮތީ..” ރާޔާއަށް ބަލައިލަމުން އައިރާ އަހައިލިއެވެ.
ޔާނާ ޖަވާބުދޭން އުޅެފައި ހުއްޓުނީ އޭނާގެ ފޯނު ރިންގްވާން ފެށުމުންނެވެ. ފޯނު ނަގައި ބަލައިލިއިރު ޖުވެއިރިޔާ ގުޅަނީއެވެ. ހަލޯ މަންމާއޭ ބުނަމުން އޭނާ ދުރަށް ޖެހިލިއެވެ. އައިރާއަށް ޔާނާ މަންމާއޭ ބުނި އަޑު ރީތިކޮށް އިވުނެވެ.
“މަންމަ.. މަންމައާއި ޔަންނު ވާހަކަ ދައްކަންތަ.. އެކަމް މަންމަ އަބަދުވެސް ކިޔާނެ ޔަންނުގެ ހަބަރެއް ނުވާ ވާހަކަ.. އުޅޭ ތަނެއް ނޭންގޭހޭވެސް އަހާނެ.. މަންމައަށް އިނގޭތަ ޔަންނު އުޅުނު ތަނެއް..” ޔާނާ ފޯނު ބާއްވައިފައި އައުމުން އައިރާ ސުވާލުކުރިއެވެ.
” އެއީ ޖުވޭ މަންމަ.. ދީނާ މަންމަ އެއީ.. ދީނާ ކައިރީ އަހަރެން ބުނީ އިރާ ކައިރީ އަހަރެން އެކޮޅު އުޅޭ ވާހަކަ ނުބުނާށޭ.. މިހުރިހާ ދުވަހު އަހަރެން ހުރީ އެރަށުގައި.. އަހަންނާއި ރާއްކޮއަށް ހުރިހާ ކަމެއް ކޮއްދިނީ ޖުވޭ މަންމަ.. ރާއްކޮ ގޮވައިގެން މިކޮޅަށް އަންނަން ނުޖެހުނުނަމަ އަހަރެން މިހާރުވެސަ ހުރީހީ އެރަށުގައި.. ރާއްކޮއަށް ކާންދީފަ ނިންދަން އުޅެންވީ ދޯ.. ވަރަށް ވަރުބަލިވެފަ ހުންނާނީ މިހާރު..” ޔާނާ އެހެން ބުނުމުން އައިރާ އޭނައަށް އެގޭގައި ހުސްކޮށް ހުރި ކޮޓަރި ދެއްކިއެވެ. ދެމައިން ފެންވަރައިގެން ނިކުންނަންވާއިރަށް ކާއެއްޗެއް ތައްޔާރުކޮއްލާނެ ކަމަށް ބުނެފައި އޭނާ ނިކުތީއެވެ.
ރާޔާއަށް މެންދުރު ކާންދީފައި އޭނާ ނިންދީ އައިރާއެވެ. ރާޔާ ނިންދައިފައި ނިކުތްއިރު ޔާނާ ސިޓިންރޫމްގައި އިން ސޯފާގައި އޮށޯވެގެން އޮތެވެ. އައިރާ އައުމުން އޭނާއަށް އިށީންނަން ތަންދެމުން ޔާނާ ތެދުވެ އިށީންދެލިއެވެ.
” ދައްކަބަލަ އަހަންނަށް ޖީޖޫގެ ފޮޓޯއެއް..ވެޑިން ޕިކްސްވެސް ބަލަން ބޭނުން” ޔާނާ ބުނެލިއެވެ.
” މަޑުކުރޭ.. ޔަންނުއަށް އޭނަ ދައްކާނަމޭ.. 4 ޖަހާއިރު އަންނާނެ ގެޔަށް.. އައިމަ ފެންނާނެއެއްނު.. ޔަގީން ސަޕްރައިޒްވާނެކަން.. ” އައިރާ އެހެން ބުނުމުން ޔާނާ ބުނެލީ އޯކޭއޭއެވެ. ކުރިޔައްވުރެ ޔާނާ ބަސްމަދުކަން އައިރާ ފާހަގަކުރިއެވެ.
” ހޫމް ދެން އަހަރެންނަށް ޔަންނުގެ ހަޒްބެންޑް ދައްކާލަބަ.. ކޮންތާކު އުޅޭ ކާކުކަމާއި ހުރިހާ އެއްޗެއް ކިޔައިދޭންޖެހޭނެ އިނގޭ.. އަވަހަށް ފޮޓޯ ދައްކާ.. ޔަންނުއާއި ގުޅޭތޯ ބަލަން ޖެހޭނެއެއްނު..” އައިރާ ބުނެލިއެވެ. ” ޔަންނު ދެން ޕްލީޒް އަހަންނަށް ދައްކާލަބަަލަ އޭނަ.. އަނެއްކާ މާރީތި މީހަކީތަ.. އަހަރެން ޖޭ ވެދާނެތީތަ.. ކުޑައިރު ދެމީހުންނަށް އެކަކު ކަމުދިޔަސް މިހާރަކު އެހެނެއްނުވާނެޔޭ.. ފޮނިނުވެ އަހަންނަށް ފޮޓޯ ދައްކަން އުޅޭ..” ޔާނާ އެއްޗެކޭ ނުބުނުމުން އައިރާ އަނެއްކާވެސް ފޮޓޯ ދެއްކުމަށް ބުނެލިއެވެ.
” އިރާ.. އަހަރެންގެ ފިރިއަކު ނުހުރެޔޭ..އަަހަރެން އިތުރު ކައިވެންޏެއް ނުކުރަން..” ދެއަތް ދެއަތާއި ޖޯޑުކޮއްލަމުން ޔާނާ ބުނެލީ އައިރާ އުއްމީދުވެސް ނުކުރާ ފަދަ އެއްޗެކެވެ. ހައިރާންވެފައި ހުރެ ރާޔާއަކީ ޔާނާގެ ދަރިއެއްނޫންހޭ އަހައިލިއެވެ. ” ރާޔާއަކީ އަހަރެންގެ ދަރިއެއް.. އިރާއަށް އޭނަ އަހަންނާއި ވައްތަރެއްނޫންތަ..”
” ނޯ.. ރާޔާ ހީވަނީ ހަމަ ކުޑަ ކުޑަ ޔަންނުއެއްހެން.. އެހެންވެ ޔަންނުގެ ކުއްޖެއްކަމަށް ހީކުރެވުނީވެސް.. އެކަމް ޔަންނު އެކަނިއެއް ކުއްޖަކު ނުހޯދޭނެއެއްނު.. އެންޑް އަހަރެން ދަންނަ ޔަންނުއަކީ އެވަރުގެ ބޮޑު ފާފައަކަށް އަރައިގަންނާނެ މީހެއްނޫން.. ކައިވެންޏަށް މަހެއްވެސް ނުވަނިސް ވަރިވެއްޖެ.. އިތުރު ކައިވެންޏެއް ކުރީކީ ނޫން.. އެހެންވިއްޔާ ރާޔާއަކީ.. ވެއިޓް.. ރާޔާއަށް ކިތައް އަހަރު ވެއްޖެ..” ޝައްކުގެ ނަޒަރަކުން ޔާނާއާއި ދިމާއަށް ބަލަމުން އައިރާ އަހައިލިއެވެ.
” ޕްލީޒް މަންމަ ކައިރީ ނުބުނާތި.. އަހަރެން މިކޮޅަށް އައިކަންވެސް މަންމައަށް އަންގައިގެން ނުވާނެ.. މަންމައަށް އެނގިއްޖެއްޔާ މަންމަ އޭނަގާތު ބުނާނެ.. އަހަރެން ބޭނުމެއްނޫން އޭނައަށް އަހަރެންގެ ދަރިފުޅު ދައްކާކަށް.. ” އައިރާ ބުނީ އޭނައަށް އެހީވީ ހަމަ ރަގަނޅަށް ތާއޭއެވެ.
” ވަރިވިއިރަކު އަހަންނަކަށް ނޭންގެ އަހަރެން ބަޑުބޮޑު ކަމެއް..އަހަންނަށް ބަލިވެ އިންކަން އެނގުނީ ކެންދުއަށް ދިޔަތާ ތިންވަނައަށްވީ ދުވަހު..އިރާއަށް ގުޅަންވެސް ހިތައްއެރި.. އެކަމަކު އިރާ މަންމަ ކައިރީ ބުނެދާނެތީ ނުގުޅީ.. ވަރިވުމުގެ ކުރިން އެނގުނު ނަމަވެސް އަހަރެން އޭނަ ކައިރިން ވަރިވީމުސް.. ”
” ޔަންނު އެއީ ރާއްކޮގެ ބައްޕައޭ.. އޭނައަށް އެނގެންޖެހޭނެ ދޯ އޭނަގެ ކުއްޖަކު ހުންނަކަން.. ޔަންނު އޭނަދެކެ ތިހާ ރުޅިއަންނަން ޖެހޭ ސަބަބެއް އަހަންނަކަށް ނުވިސްނުނު..ކައިވެނިކުރީ ދެމީހުންވެސް ލޯބިވެގެން.. ވަރިވީ ޔަންނު ބޭނުންވެގެން.. އޭނަ ހާދަ ލޯބިވިޔޭ ޔަންނު ދެކެ.. އަހަންނަށް ފެނުނޭ ޔަންނު އޭނަ ދޫކޮއްލުމުން އޭނަ އުޅުނު ހާލު.. ކިތަންމެ ރުޅިއަޔަސް އެއީ ރާޔާގެ ބައްޕަ ނޫންކަމަކަށް ނެހެދޭނެ.. އަހަރެން ބުނާނަން މަންމަ ކައިރީގައި.. މީހަކަށް ކެހިދިނުމުގައި އަހަރެން ބައިވެރިއެއްނުވާނަން..” އައިރާ އެހެން ބުނެފައި އަވަސްވެގަތީ ފޯނުނަގައި އޭނާގެ ދޮންމަންމައަށް ގުޅާށެވެ.
” ކީއްވެތަ އިރާ އޭނަގެ ސައިޑްއަށް ތިވާހަކަ ދައްކަނީ.. އެންމެ ފަހަރަކުވެސް އަހަރެން ކައިރީ އަހާބަލަ އަހަރެން އޭނަ ދޫކޮއްލީ ކީއްވެހޭ.. އިރާ ތިހީކުރާހާ މާތް މީހެއްނޫން އެއީކީ.. އަހަރެންގެ މުޅި ދިރިއުޅުން ހަލާކު ކޮއްލީ އޭނަ.. މަންމައާއި ދުރުގަ އިރާއާއި ދުރުގަ އުޅެން ޖެހުނީ ހަމަ އެރާދިންއަކާއި ހެދި.. އޭނަ އަހަރެންދެކެ އެއްވެސް ލޯތްބެއްނުވޭ އިރާ.. އަހަރެން ވަރިވީމަ އެންމެން ކުރިމަތީ މޮޅު އެކްޓެއް ޖެއްސީ ދޯ.. އެންމެންނަށް އަހަރެން ދޯ ގޯސްވީ.. އެކަކުވެސް އޭނަ ކައިރީ އެހިންތަ އަހަރެން ދުރުވީ ކީއްވެތޯ އޭ.. އަހަރެންވެސް އަހާ ބޭކާރު ސުވާލު ދޯ.. އޭނަ ބުނާނެތަ މީހެއް ކައިރީ އޭނަ އަހަންނަށް އޮޅުވާލީއޭ.. ލޯބިވެޔޭ ކިޔައިގެން ދޮގުހެދީއޭ.. ” އައިރާ އަތުން ފޯނު ޖަހައިގަނެފައި ސޯފައިން ތެދުވެފައި ޔާނާ ވާހަކަ ދެއްކިއެވެ.
އައިރާހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ޔާނާ އެދެއްކި ވާހަކަ އޭނާއަށް ގަބޫލުކުރަންވެސް ދަތިވިއެވެ. ރާދިންގެ ގޮތް އޭނާއަށް އެނގޭތީއެވެ. ނަމަވެސް ޔާނާ އެގޮތަށް ދޮގުނަހާނެކަންވެސް އޭނައަށް އިނގެއެވެ. ޔާނާ ރޮމުން ކޮޓަރިއަށްވަތް އިރުވެސް އައިރާ އެއިން ގޮތަށް އިނީއެވެ. 4 އަހަރު ކުރިން އޭނާއަށް ނޭންގޭ ކަމެއް ޔާނާއާއި ރާދިންއާއި ދެމެދު ހިނގައިދިޔަކަމަށް އޭނާގެ ހިތް ބުނަމުން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
41 Comments!
Comments are closed.




Salaam everyone..
Here is the second part of the story..hope yuh all will like it..kiyaalaafa mistakes bunedhehchey ingey ??
me first dhw kiyaalaafa comment kollaanan ingey
Yes Hudher ah first ?
dear stry hama habey hama ehaa vx rythi maasha alllah
I am so glad yuh liked it
Thank yuh ?
Yahhh. V reethi story. Whn next part????
Thank yuh dear
Next part tomorrow ?
Story v v reethi. Next part avahah up kohdhehchey ingey
Thank yuh Ninni ?
Her mind is amazing. So smart ?❤️
Comment on the story idiot ?❤
Hendhunu heylaigen esfiya ah vadhuny Nauge story up vefa inthw.. hehe fenuny blackpearlge Bunaashe loabi nuvanyhey.. mi storyvx hama v v reethi ingey..daily koh up kohdheyne kamah hope kuran and vaahaka nimendhen genesdhehchey dear ?
Heheh
Story kamudhiyaima ufaa vehje ingey ?
Insha Allah nimendhen genesdheynan
Daily koh up koh nudhevunas balaanan dhe dhuvahun ehdhuvahu up kohdheveythw ?
Sorry I have a huge crush on black pearl. I just got lost in her thoughts for a while. But when is the next part. Waiting for it ❤️
Are yuh kidding me man ?♀️
Next part tomorrow Insha Allah
salhi …keep going ..its bieng intresting day by day
Thank yuh maya ?
Mii ‘GUNESIN KIZLARI’ tha????? Story vvv riithi ekam photo ga eyga ulhey mii hun thibii ma. Avahah up koh lahchey
Illy photoga eyga ulhey myhun thibyma okay eh noon tha???
Insha Allah maadhan next part up kohla dheynan ?
Story hama habeys ?
Waiting for the next part ❤
Thank yuh Reen
Keep waiting ?
4 years kuryga sirru thakeh eba ulhey dhw.. Raadhin ah avahah angahchey Raahko aky eynage dhariehkan ?
Lets see dhw dear ?
Piss piss mi site ah comment kuran haadha undhaguley dhw..
Ehury comments liyevifahunna goiy ?♀️
Hehe its okay ey dear..
Kiyan ingeyey ehn inas ?
V v v reethi
Waiting for the next part ?❤
Thank yuh Manje ?
Wow story varah furihama
Mistake eh faahaga eh nukurevunu dear..hehe
Waiting for the next part
Thank yuh so much dear ?
V reethi..next part avahah up kohdhybaa
Thank yuh Yash dear ?
Insha Allah next part varah avahah kiyaalan libeyne ?
Miadhu new part eh up kuraanan dhw dear
Yes Ana Darling ?
I have already submited the third part of the story..
When next part up kurany
Dear submit kohfa innaany
Ekamaku mihaaru thihen bunithaavx kon irehtha
Yes I know
Adhivx pending ga iny
Still waiting…
? Still pending
Bunaashe loabi nuvaneehey gnamuga 2 story ebain dhw ??,
Bunaashe loabi nuvanyhey ge namuga furathama story up kohffa inee blackpearl
this story is mind blowing..v v interesting..Maasha Allah.