ވާހަކަ ލިޔުނީ: ޢާއިޝަތް ރާނިޔާ އިބްރާޙީމް ގިނަދުވަސްތަކެއް ނުވަނީސް އަހަރެން މަސައްކަތް ކުރާތަން މަންމައަށް އެނގުނެވެ. އެތަށްފަހަރަކު އެމީހުންނާއިއެކު މަސައްކަތް ނުކުރުމަށް އަހަންނަށް ނަސޭޙަތްތެރިވިއެވެ. އެބުނި ބަސްތަކެއް އަހަންނަކަށް މުހިންމެއް ނުވިއެވެ. އެހެންކަމުން އަހަރެން މަސައްކަތްކޮށްދޭ މީހުންގެ ގާތަށްގޮސް ހަޅޭއްލަވާވެސް ހަދައެވެ. ޖެހިގެން އަންނަ ދުވަހު މަސައްކަތައް ދިއުމުން އެމީހުން ބުނާނެއެވެ. “ފައުޒާންގެ މަންމަ އަނެއްކާވެސް އައިސް ހަޅޭއްލަވާފަ ގޮއްސި. ކޮންމެ ދުވަހަކު އާދޭ. ކުރާނެކަމެއް ނެތީތަ؟” މިހެން ބުނާއަޑު އަހާފައި އަހަރެން ވަރަށް ލަދުގަނެއެވެ. އަހަންނަށް […]
އަރައިގެން އައި އިރުގެ ދޯދިތައް ރަޝާގެ މޫނަށް އެޅިފައިވެއެވެ. ކުޑަކޮށް އިސްޖަހާލީ އިރުގެ ދޯދިތައް އޭނާގެ ލޮލަށް ގޯނާކުރާތީ އެއިން ސަލާމަތްވުމަށެވެ. އަބަދުވެސް ފަތިސްނަމާދު ކޮށްލައިގެން ހޫނު ކޮފީތައްޓެއް ހިފައިގެން އޭނާ ގޮންޑުދިށަށް ނުކުމެއެވެ. އެބީދައިން މިޔަދުވެސް އޭނާ އިށީންދެލައިގެން އިނީ ކޮންމެދުވަހަކުވެސް އިންނަ ގަސްދޮށުގައެވެ. ކޮންމެދުވަހަކުވެސް އިރުއަރަނީ އޭނާ އެތާންގައި އިންދައެވެ. އިރު އަރާ މަންޒަރަކީ ރަޝާ އަބަދުވެސް ނިކަން ބަލާހިތުން ބަލާ މަންޒަރެކެވެ. ކޮންމެ ދުވަހަކު ބެލިކަމުގައިވިޔަސް، ބަލާ ފުހިނުވި މަންޒަރެކެވެ. އެރީތި މަންޒަރު […]
“އޭ ތިގޭގަ ވެއްޖެ އާލްގެ ލެޕް.. އެ ގެންދިޔަގޮތަށް ބާއްވާފަ އެއިރު އައީ.. ތިގެއަށ ްގޮއްސަ އެހެން ވީމަ ދެވޭނީ..” އާހިލް ވެސް ހަނދާން ބައްޔެވެ. އަހަރެމެން ގެއަށް އެއްޗެއް ގެންގޮއްސިއްޔާ ދުވަހަކުވެސް ދެވަނަ ފަހަރު އޭއްޗެއް ބަލައި އަލުން ބަލުން ގެއަށް ނުގޮހެއް ނުވާނެއެވެ. އެއްޗެއް ގެންގޮސްފިނަމަ އޭތި އަނބުރާ ގެންދަން ހަނދާން ނައްތާލާނެއެވެ. “ހިނގާ..” އަހަރެންވެސް އޭނާ ގޮވައިގެން ދާން އެއްބަސްވީމެވެ. ގޭގެ ދޮރު އަހަރެން ހުޅުވާލީ ނިކަން މަޑޫމަޑުންނެވެ. އަހަރެމެން އެތެރެއަށް ވަތް […]
ހަތް އަހަރު ފަސް………. ކަޅު ކުލައިގެ ޓެކްސީ އައިސް މަޑުކޮށްލީ ފަސް ބުރިއަށް ނަގާފައިވި އިމާރާތެއްގެ ކުރިމައްޗަށެވެ. ޓެކްސީ މަޑުކޮށްލުމާއެކު އޭގައި އިން އަންހެން ކުއްޖާ ޓެކްސީގެ ޑްރައިވަރަށް ފައިސާ ދެއްކުމަށްފަހު ޓެކްސީއިން ފޭބިއެވެ. އެކުއްޖާ ލައިފައިވަނީ ކަޅު ކުލައިގެ ގަޔަށް ދޫ ހެދުމެކެވެ. ހެދުމުގެ އަތުކުރިއަށް ހިމަ ރަބަރެއްލައްވާފައިރު ހެދުމުގެ ސީދަލަށް މެދުން ހުދު ކުލައިގެ ޖަވާހިރު ތަކެއްފަދަ އެއްޗެއް ހަރުކުރެވިފައިވުމުން ވަރަށް ރީތިކަމަށް ދައްކައެވެ. ބޮލުގެ އިސްތަށިގަނޑާއި މޭމަތި ރަނގަޅަށް ނިވާވާނޭހެން ކަޅު ކުލައިގެ […]
18 ވަނަބައިގެ ތެރެއިން…. “ހެޔޮނުވާނެ… މިކަމަށް ހުރަސް ނާޅަބަލަ. އަހަރެން އުމުރުން ސަތާރަ އަހަރުވިޔަސް މިހާރު އަހަރެންނަކީ ކުޑަކުއްޖެއްނޫނޭ. އަހަރެން އަމިއްލަ ފުރާނައަށް ވުރެ ވެސް ބޮޑަށް ޔަޒްދާން ދެކެ ލޯބިވަން” މިހުރިހާއިރު ހިމޭނުން އިން ޔަނާލް ވާހަކަދެއްކިއެވެ. ހުރިހާ މީހުންގެ ނަޒަރު ޔަނާލަށް ހުއްޓުނެވެ. އެ ހުރިހާ މީހުންގެ ތެރޭގައި ޔަނާލް އޭނާ ޔަޒްދާނަށް އެދޭ މިންވަރު ހާމަކުރުމުން ދުރުގައި ހުރި ޔަޒްދާން ޔަނާލަށް ބަލާލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. ****************************** “ޒުވާން އުމުރަށް އެޅިގެން […]
17 ވަނަބައިގެ ތެރެއިން…. އެރޭ ނުވައެއް ޖަހާލީހާއިރު ޔަނާލްް އިނީ ރަސްފަންްނުގައި ބަހައްޓާފައި ހުރި ޖޯއްޔެއްގައެވެ. އިރުކޮޅަކުން އެދިމާލަށް މަޑުމަޑުން ހިނގާފައި އަންްނަ ޔަޒްދާންް ފެނުމުން ޔަނާލްްގެ ހިތް ރޯލިއެވެ. ޔަޒްދާން އިށީނީ ޔަނާލާއި ޖެހިގެން އެއް ޖޯލި ދޫކޮށްފަ ޖެހިގެން ހުރި ޖޯލީގައެވެ. ދުރުން ބަލާ މީހަކަށްވެސް އެއީ އެކުގައި ތިބި ދެމީހުންކަން ފަހުމް ނުވާގޮތަށެވެ. ******************************* “އަހަރެން ނުބުނަންތަ އަހަރެންގެ ބޮލަށް އުނދަގު ނުކުރާށޭ. ބުނީމެއްނު ވެދިޔަ ކަންތައް ހަނދާން ނައްތާލާށޭ” ފޯނަށް ބަލަހައްޓައިގެން […]
ވައިރޯޅިތަކާއެކު ގަސްތަށް ނަށަމުން ގެންދިޔައީ ހިތްގައިމު ގޮތަކަށެވެ. ރޭގަނޑުގެ އެ ކަޅުފޮއެ ކަމަށް އިތުރު އަނދިރި ކަމެއް ގެނެސްދެނީ މެދު އުޑުގައި ރަނިކަން ކުރަމުން ގެންދިޔަ ހަނދު ފަރުދާ ކޮށްލި ބޯ ގަސްތަކުންނެވެ. މަގުގައި ހޮޅި ބުރިއެއް ނެތް ހިސާބުގައި ދުއްވާ އެއްޗެއް އަލިކަންވެސް ނުފެނުނެވެ. އަނދިރި ކަމަށް ލޯބިކުރާ މީހަކަށް ހިތްގައިމު އެހާމެ ހިތްފަސޭހަ މާހައުލެކެވެ. އަމިއްލަ ނަފްސާއެކު ވަގުތު ކޮޅެއް ހޭދަކޮށްލަން މިއަށް ވުރެ ފުރިހަމަ ތަނެއް ނުވާނެއެވެ. މިނެޓަކު ދެދަޅަޔަށް ގަސްތަށް އެއްރާގެއްގައި […]
އިސްމާޢީލް އަލީ ކަނދޮޅުދޫ ހުޅުމާލެ އަށް ދިއުމަށްޓަކައި އަހަރެން ފެރީއަށްއެރީމެވެ. އިށީންނަން ޖެހުނީ އަންހެނަކާއި ޖެހިގެންނެވެ. ވަރަށް ހިތްހަމަނުޖެހިގެންހުރެ އެތަނުގައި އިށީނީމެވެ. އަހަރެންނާއި، އަންހެމީހާއާއި ދޭތެރެ ކުޑަތަންކޮޅެއް ބާއްވާފައެވެ. ކަންދިމާކުރިގޮތުން އަހަންނާއިޖެހިގެން އެހެންމީހަކު އިށީންނަން ޖެހޭތީ ތަންކޮޅެއް ޖެހިލަންޖެހިއްޖެއެވެ. އަހަރެންގާތުގައި އިން އަންހެންމީހާގެ ގައިން ވަސްގަދަ ސެންޓެއްގެ ވަސްދުވައެވެ. އެމީރުވަހުން އަހަރެންގެ ހިތަށް ތާޒާކަން ގެނެސްދެއެވެ. އަހަރެންހިތަށް އެރިއެވެ.އަންހެނުން ބޭރުތެރެއަށް ނުކުންނައިރު އެހާމީރުވަސް ދުވާ ސެންޓު ބޭނުންކުރުން ރަގަޅު ނުވާ އެއްސަބަބަކީ މިއީތާއެވެ. އެމީރުވަސް ލިބިގަތުމަށްޓަކައި އަހަރެންގެ […]
ދުރުން އިވެމުން އައި ތޫލި އަޑެއް ކަންފަތުގައި ޖެހެން ފެށުމުން ޔަޒްދާން ދެލޯ ހުޅުވާލިއެވެ. އޭނާ ތެދުވެ މޯޅިއަކަށް ދެމިލި ވަގުތު ހަށިގަނޑު ހުސްކަން އިހުސާސް ކުރެވުނެވެ. ދެފަރާތް ބަލާލއިރު އޭނާ ލައިގެން ހުރި ޓީޝާޓާއި ސޯޓް ވަކިން ފެނުމުން އިނދެވުނު ތަނެއްވެސް ނޭނގުނެވެ. އޭރުވެސް އޭނާގެ އަތުގައި އަޅާފައި އިން ގަޑިން އެލާރމް އަޅަމުން ދިޔައެވެ. ބޮލަށް އުނދަގުވެގެން އެލާރމް އޮފްކޮށްލުމަށްފަހު ސޯޓާއި ޓީޝާޓް ލައިގެން ބޭރަށް ނިކުތުމަށް އެނބުރު ވަގުތު އަރިއަކަށް ނިދާފައި އޮތް […]