Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަކުރުވާހަކަލޯބި

ހިތި ހަނދާން ( ފަހުބަޔާއި އެކު )

ismail ali kaleyfaanu Level 310 Stories100 Login100 Comments
February 13, 2019 3 Mins Read
8 Comments

އިސްމާޢީލް އަލީ ކަނދޮޅުދޫ

ހުޅުމާލެ އަށް ދިއުމަށްޓަކައި އަހަރެން ފެރީއަށްއެރީމެވެ. އިށީންނަން ޖެހުނީ އަންހެނަކާއި ޖެހިގެންނެވެ. ވަރަށް ހިތްހަމަނުޖެހިގެންހުރެ އެތަނުގައި އިށީނީމެވެ. އަހަރެންނާއި، އަންހެމީހާއާއި ދޭތެރެ ކުޑަތަންކޮޅެއް ބާއްވާފައެވެ. ކަންދިމާކުރިގޮތުން އަހަންނާއިޖެހިގެން އެހެންމީހަކު އިށީންނަން ޖެހޭތީ ތަންކޮޅެއް ޖެހިލަންޖެހިއްޖެއެވެ.

އަހަރެންގާތުގައި އިން އަންހެންމީހާގެ ގައިން ވަސްގަދަ ސެންޓެއްގެ ވަސްދުވައެވެ. އެމީރުވަހުން އަހަރެންގެ ހިތަށް ތާޒާކަން ގެނެސްދެއެވެ. އަހަރެންހިތަށް އެރިއެވެ.އަންހެނުން ބޭރުތެރެއަށް ނުކުންނައިރު  އެހާމީރުވަސް ދުވާ ސެންޓު ބޭނުންކުރުން ރަގަޅު ނުވާ އެއްސަބަބަކީ މިއީތާއެވެ. އެމީރުވަސް ލިބިގަތުމަށްޓަކައި އަހަރެންގެ ހިތް އެދެންފެށުމުން އަދިވެސް ތަންކޮޅެއް ކައިރިއަށް ޖެހިލީމެވެ. މިހާރު އެކަކުގެ ހޫނު އަނެކަކަށް އިޙްސާސް ކުރެވޭނެއެވެ. އޭނާގެ ދިގު އިސްތަށިގަޑުން ބައެއް ވައިރޯޅިއާއިއެކު އަހަރެންގެ މޫނުގައި ބީހެމުން ދެއެވެ. އެވަގުތު އަހަރެންނަށް މަސްތީ ޢާލަމަށް ދެވެން  ފެށިއްޖެއެވެ.

އަހަރެމެން ދެމީހުން ދަތުރުކުރަމުން ދިޔައީ އެއްފެރީއެއްގައި ކަމުގައިވިޔަސް އަހަރެމެންގެ މަންޒިލް ތަފާތުވާނެއެވެ. އަހަރެންނަށް އޭނާގެ ކޮނޑުގައި އަތްބާއްވާލެވިއްޖެއެވެ.އެވަގުތު އޭނާ އަހަރެންގެ އަތުގައި ބޯއަޅާލިއެވެ. އަންމީހާގެ ނަޒަރު ފޯނަށް ހުއްޓާލައިގެން އިންކަމުގައި ވިޔަސް އަހަރެންގެ ކޮންމެ ޢަމަލަކަށް ފުރިހަމައަށް އިޖާބަދެމުންދެއެވެ. އަހަރެން އޭނާގެ މޫނަށް ބަލާލިއިރު އޭނާގެ ލޮލުން ކަރުނަ އޮހެރެމުންދެއެވެ. ދެމީހުންކުރެ އެކަކުވެސް އަނގަޔަކުން ނުބުނެއެވެ. އަހަރެންގެ ފޯނުރިންގުވަމުންދާއިރުވެސް އަހަރެންގެ އަތްހިއްލަލާކަށް ނުކެރުނެވެ.

ފެރީ ޖެޓީއަށް ކައިރިކުރުމުން އޭނާބޯހިތްލާލާފައި އަހަރެންނާއި ދިމާއަށް ބަލާލިއެވެ. އަދި ވަރަށް ރީތިކޮށް ސޮރީއޭ ބުނެލިއެވެ. އަހަރެން ވަކިއެއްޗެއް ނުބުނެ ދާންފެށުމުން މަޑުކޮށްލަދޭން އެދުނެވެ. އަހެރެން މީޓިންއަކަށް ދާންހަމަޖެހިފައިވާތީ މިވަގުތު މަޑުކުރެވެންނެތްވާހަކަ ބުނުމުން އޭނާ ވަރަށް ދެރަވެލާފައި އެންމެ ރަގަޅު ކަމަށް ބުންޏެވެ.

އެއަންހެންމީހާ އަމިއްލައަށް ތަޢާރަފްވިއެވެ. އަހަރެންގެ ނަމަކީ ނާސިރާ ތިޔަބޭފުޅާއާއި ބައްދަލުކޮށްލަން ބޭނުމެވެ. އަޅުގަޑަށް ވަގުތުކޮޅެއް ލިބިދާނެތޯއެވެ. އެނާ ވާހަކަދެއްކީ ވަރަށް ރީތިކޮށެވެ. އަހަރެންބުނީމެވެ. އަހަރެންގެ ނަމަކީ ޢަލީއެވެ. ވަގުތެއް ހަމޖައްސަމާ ހިގާށެވެ.

އަހަރެމެން ބައްދަލުކުރީ ޖެހިގެންއައިރޭ ގައި ސެންޓްރަލް ޕާކުގައެވެ. އެދެމެދުގައި ހޭދަވީ ވަގުތުތަކުގައި ފޯނުން ވާހަކަދައްކާ ހެދީމެވެ.އަހަރެންނަށް އާދެވުނީ އަހަރެމެން ހަމަޖެއްސި ގަޑިއަސްވުރެ ބައިގަޑިއެއްހައިރު ލަހުންނެވެ. އޭނައިނީ އިންތިޒާރުގެ ވަގުތުތައް ގުނާލަގުނާލައެވެ. އަހަރެން ފެނުމުން ހިނިތން ވެލިއެވެ. ވަރަށް ރީތިވެލައިގެން އިންކަން ފާހަގަކުރެވުނެވެ. އަތްދިގު ޓީޝާޓަކާއި ކަޅު ޖީންސެއް ލައިގެން އިންއިރު ވަރަށް ޒުވާން ކަމަށް ދައްކައެވެ. އިސްތަށިގަޑުވަނީ ވަޔާކުޅެލަން ދޫކޮސްލާފައެވެ.އަހަރެންނަށް އޭނާ އިށިދެލައިގެން އިން ހިސާބަށް ނުދެވެނީސް އެއްކަލަ ސެންޓުގެ މީރުވަސް އަހަރެންގެ ނޭފަތުގައި ވައިރޯޅިއާއިއެކު އައިސް ޖެހެންފަށައިފިއެވެ.

އާދައިގެ ވާހަކައަށްފަހު އަހަރެންބުނީމެވެ. އެހާފަސޭހައިން ރޮވުނީކީއްވެތޯއެވެ. ނާސިރާ ކިޔާދިން ގޮތުގައި އޭނައަކީ ދިރިއުޅުމުގައި ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ މީހެކެވެ. އޭނާގެ ފިރިމީހާކޮށްފައިވާއެކިއެކި އަނިޔާތައް ވަކިވަކިން ކިޔައިދިނެވެ. އަހަރެން ބުނީމެވެ. ކޮންމެ މީހެއްގެ ޙަޔާތަކީވެސް އެހާ ފޮނި ޙަޔާތެއްނޫނެވެ. ދިރިއުޅުމުގައި ދިމާވާ ކަންކަން ތަޙައްމަލް ކޮށްގެން އުޅެން ދަސްކުރަންވާނެއެވެ. އަހަރެންވެސް މިހޭދަކުރަނީ ވަރަށް ހިތްދަތި ދުވަސްތަކެއް ކަމުގައި އަހަރެންބުނުމުން އަހަރެންގެ ފަތިފުށް އޭނައަޑު އަހާލަން ބޭނުންވުމުން އަހަރެންގެ ވާހަކަފެށީމެވެ.

އަހަރެން ކިޔެވުން ނިންމާލުމަށްފަހު އޮފީހަކަށް ވަނީމެވެ. އަހަރީ ޗުއްޓީ ހޭދަކޮށްލުމަށްޓަކައި އަހަރެން ދިޔައީ ރާއްޖެތެރޭގެ ރަށަކަށެވެ. އެއީ މަންމަގެ ވަރަށްގާތް ރައްޓެއްސަކު އާދޭސްކުރާތީއާއިވެސް އެކުގައެވެ. މަންމަ ބޭނުންވަނީ އަހަރެންގެ ޙަޔާތުގެ ބައިވެރިއަކު ރަށްފުށުގެ ކުއްޖަކުހެދުމަށެވެ. މަންމަދެކޭގޮތުގައި ރަށްފުށުގެ ކުދިން ވަރަށް ގެވެހިވާނެއެވެ. ފިރިންނަށް ވަރަށް އޯގާތެރިވާނެއެވެ. ދަރިންނަށް އަޅާލާނެއެވެ.ލޯބިދޭނެއެވެ.

އަހަރެންނަކީ އެކަނިވެރިކަމަށް ލޯބިކުރާމީހެކެވެ. މިރަށުގައިވެސް އަބަދުހެން އުޅެނީ އެކަނިންނެވެ. ކޮންމެ ދުވަހެއްގެ ހަވީރުގެ ވަގުތުތައް ހޭދަކުރަނީ އެރަށުގެ އަތިރިމަތީގައެވެ. ފޮޓޯނެގުމަކީ އަހަރެންގެހޮބީއެވެ. ޤުދުރަތީ ރީތި މަންޒަރުތައް އަހަރެންގެ ކެމަރާގައި ރައްކާ ކުރަމެވެ.

އެއްދުވަހެއްގެ ހަވީރު އަތިރިމަތީގައި ފޮޓޯނެގުމުގެ މަސައްކަތުގައި އުޅެނިކޮށް ދެއަންހެންކުދިން އެތަނަށްއައިސް ފޮޓޯނަގައިދިނުމަށް އެދެފިއެވެ.  އިންކާރުކުރުމެއްނެތި އަހަރެން އެދެކުދިންގެ ފޮޓޯނަގައި ކެމަރާގައި ރައްކާކޮށްފީމެވެ. އެދެކުދިން ޝުކުރިއްޔާއޭ ބުނެ އަމިއްލައަށް ތަޢާރަފްވިއެވެ. އެތަނުން އެއްކުއްޖަކީ ތަސްނީމާ އަނެއްކުއްޖާއަކީ ޝަހީމާއެވެ. މީގެކުރިންވެސް މިދެކުދީން އެތަކެއްފަހަރު އަހަރެންނަށްވަނީ ފެނިފައެވެ. ޝަހީމާ،ތަސްނީމާ އެތަނަށް ދޫކޮށްލާފައި ހިގައްޖެއެވެ. ތަސްނީމާ ހުރީ ވަރަށް ލަދުންނެވެ. ތަސްނީމާއަކީ ވަރަށްރީތިކުއްޖެކެވެ. ލަދުގަނެފައި ހުރިއިރު މާރީތި ކަމަށް ފެނެއެވެ. އަހަރެން އޭނައާއި ވާހަކަ ދެއްކީމެވެ. އަދި ލޯބިވެސް ހުށައެޅީމެވެ. ތަސްނީމާ އަހަރެންގެ ލޯބި ޤަބޫލުކުރީ ހޫނުގަދަ ދުވަހަކު ފިނިބުއިމަކަށް އިންތިޒާރުކޮށްކޮށް ހުރިމީހަކަށް ފިނިބުއިމެއް ލިބުމުން ޤަބޫލުކުރާނެފަދައިންނެވެ.

މިދުވަހަށްފަހު އަހަރެމެން ދެމީހުން ގުޅިލާމެހިއްޖެއެވެ. ހަމައެއާއިއެކު ޗުއްޓީ ނިންމާލާފައި މާލެއައިއިރު އަހަރެމެން ކައިވެނީގެ މަތިވެރި ގުޅުމުންގުޅި އޭނާ ގޮވައިގެންނެވެ.

މާލެއަށް އާދެވުމާއިއެކު އޭނާ މާލެއަށް ހޭނިއްޖެއެވެ. ހެދުމުގެ ފެޝަން ބަދަލުވެއްޖެއެވެ. އިސްތަށިގަޑުގެ ސްޓައިލް ބަދަލުވެއްޖެއެވެ. އަހަރެންނަކީ މިފަދަ ކަންކަމަށް ތަރްޙީބުދޭ މީހެއްނޫނެވެ. އެހެންނަމަވެސް ތަސްނީމާގެ އުފާތަކަށް ހުރަސްއެޅިދާނެތި ދޫހިމޭނުންލައިގެން ހުރީއެވެ. އަދި ކުއްޖަކުލިބުމުން އެއުޅުމަށް ބަދަލުއަތުވެދާނޭ ކަމަށްހީކޮށް ހުރެވުނީއެވެ.

ކައިވެންޏަށް އަހަރެއްނުފުރެނީސް ވަރަށްލޯބި ފިރިހެން ކުއްޖަކު ލިބިއްޖެއެވެ. ވިހައި ގަދަނުވަނީސް އަނެއްކާވެސް ކުރީގެ އުޅުން އުޅެން ފަށައިފިއެވެ. ކުޑަދަރިފުޅުގެ ކަންތައް ކޮށްދޭންޖެހެނީ އަހަރެންގެ މަންމައަށެވެ. ދެމަސްނުވަނީސް ގާތުން ދިނުން ހުއޓާލައިފިއެވެ.

އަހަރެންބުނާ އެއްވެސް ވާހަކައެއް ޤަބޫލެއްނުކުރެއެވެ. މަންމައާއި ދިމާއަށްވެސް ހިތުހުރިއެއްޗެއް ގޮވާލުމަކަށްވެސް ފަހެއްނުޖެހެވެ. އަދިގަދަކަމުން ވަރިވެގެން ދަރިފުޅުވެސް ދޫކޮށްލާފައި ރައްޓެއްސަކާއިއެކު އިންޑިޔާއަށް ހިގައްޖެއެވެ.

އަހަރެންގެ އެކަނިވެރި ދުނިޔެއިން ލިބޭހާވެސް އުފަލަކީ އެތުއްތު ތުއްތު ދަރިފުޅެވެ. މާމަގެ ފުރިހަމަ ލޯތްބާއިއެކު އެދަރިފުޅު ބޮޑުވަމުން އަންނަނީ މީހަކު ޢަޖާއިބު ވާހާވެސް އަވަހަށެވެ.

ނާސިރާ ބުނަންތަ އަހަރެން އެންމެ ދެރަވަނީ އެދަރިފުޅުގެ ސިފަ މަންމައާއި ވައްތަރުވީތީއެވެ.އެކަމުގެ ސަބަބުން އެހަނދާންތައް ހިތުންފޮހެލަން ވަރަށް އުނދަގޫވެއެވެ. ހަނދާންކުރަން ބޭނުން ނުވާ އެހިތި ހަނދާންތައް އާލާވަނީ އެދަރިފުޅުގެ ސަބަބުންނެވެ.އެދަރިފުޅު ހިނިތުންވެލާއިރު ތަސްނީމާގެ ކޮލުގައިވާފަދަ އަޑިކޮޅެއް އެތުއްތު ތުއްތު ކުށެއްނެތް ދަރިފުޅުގެ ކޯތާފަތުން ފާޅުވެއެވެ. އެހެންނަމަވެސް އެދަރިފުޅުގެ ކުށަކީ ފަހެ ކޮބާބާއޭ ހިތަށް އެރުމުން އެދަރިފުޅު ގަޔާލާ ބޮނޑިކޮށްލެވެއެވެ. އަދިފުރިހަމަލޯބިދީގެން އެދަރިފުޅު ގެންގުޅުމަށް ޢަޒުމް ކަނޑައެޅީމެވެ. މިހާރު ދަރިފުޅަށް ހަތަރު އަހަރު ފުރިއްޖެއެވެ. މަންމަ އުޅެނީ ބަލިވެއެވެ.

ޢަލީގެ ހިތާމަވެރި ފަތިފުށް އަޑުއަހާފައި ނާސިރާ ޢަލީއަށް އެހީތެރިވެދީފާނެ ކަމުގައި ބުންޏެވެ. ނަސިރާއަށް ކުދިން ނުލިބޭނެ ކަމުގައި ޑޮކްޓަރުންވަނީ ލަފާދީފައެވެ. އެހެންވުމާއިއެކު އަލީގެ ދަރިފުޅަށް މަންމައެއްގެ ލޯބި ނާސިރާގެ ފަރާތުން ލިބިދާނެއެވެ.

އެރޭގެ ބައްދަލުވުން ނިންމާލީ ދެމީހުންވެސް މާޒީ ހަނދާން ނައްތާލުމަށްފަހު ދެމީހުން ގުޅިގެން އަލުން ޙަޔާތެއް ފެށުމަށް ދެމީހުން އެއްބަސް ވުމަށް ފަހުގައެވެ.

ﷲ އިންސާނުން ހައްދަވާފައިވަނީ އެކަކު އަނެކަކަށް އަޅާލައި އެހީތެރިވެދީގެން އުޅެވޭ ގޮތަށެވެ. ޢަލީއަށް ރަގަޅު އަނތްބެއް ވަނީ ބޭނުން ވެފައެވެ. ދަރިފުޅަށް ލޯބިވެތި މަންމައެއް ބޭނުންވެއެވެ. ޢަލީގެ މަންމައަށް އަޅަލާނެ މީހަކު ބޭނުންވެއެވެ. ނާސިރާ ވަނީ ރަގަޅު ފިރިއެއްގެ އޯގާތެރި ފިރުމުންތަކަށް ނުހަނުބޮޑަށް އެދިއެދިއެވެ. މައިވަންތަކަން ފޫބައްދާދޭނެ ގޮތެއް ހޯދަން މަޖްބޫރުވެފައެވެ. މިދެފަރާތް ކައިވެނީގެ މާތްގުޅުމުން ގުޅެވުމުން އެތަކެއް ގުޅުންތަކެއް ބަދަހިވެގެންދާނެއެވެ. ހިތްތަކަކަށް ހަމަޖެހުން ލިބިގެންދާނެއެވެ.

( ނިމުނީ )

Share Article

Follow Me Written By

ismail ali kaleyfaanu

Level 310 Stories100 Login100 Comments

Other Articles

Previous

ދިނީ ޒަހަރު… 17

Next

ޔާރާ – 2

Next
February 13, 2019

ޔާރާ – 2

Previews
February 12, 2019

ދިނީ ޒަހަރު… 17

8 Comments!

  1. SCARLET says:
    February 13, 2019 at 7:13 am

    Vvv reethi.. unmeedhu kuran mikahala aa vaahaka eh v avahah kiyaalan libeyne kamah..?????

    1. ismail ali kaleyfaanu says:
      February 13, 2019 at 7:42 am

      shukran.

  2. ކަލާ123 says:
    February 13, 2019 at 11:27 am

    އިސްމާޢީލުގެ ވާހަކަ ލިޔުމުގެ ހުނަރު ތަޖުރިބާއާއެކު ކުރިއަރައި ތަރައްގީވަމުންއަންނަކަން އުފަލާއެކު ފާހަގަކުރަން.ކުޑަތަންކޮޅެއް ފާހަގަކޮށްލާނަން. އެއްޗެއް ހީ ނުކުރެއްވުން އެދެން.އަޅުގަނޑަށް ފެންނަ ގޮތުގައި ވާހަކައިގެ ފަހު ޕެރެގްރާފު ކޮންމެހެން ބޭނުމެއް ނޫން.

    1. ismail ali kaleyfaanu says:
      February 13, 2019 at 7:01 pm

      shukran. alhugadahves ehen heevey.

  3. Kitty says:
    February 13, 2019 at 4:56 pm

    Sory ingey maa lahun vaahaka kiyaalevunyma kuryga ves up vefa huhtaa dhekunin.. But schwl gadi vma busy kqmun kiyaa nulevuny… But story varah reethi ingey isse.. Masha allah.. Maai allah isse liyuntheri kamuge rongun ithurah kuri aruvaashi.. Aameen.. Dhn Koniraku ehen vaahakaeh up kurany..?

  4. Kitty says:
    February 13, 2019 at 4:56 pm

    ????❤️❤️❤️ varah reethi

    1. ismail ali kaleyfaanu says:
      February 14, 2019 at 10:24 am

      thank u.

  5. Kitty says:
    February 14, 2019 at 6:12 pm

    Isse dhn Koniraku ehen vaahakaeh liyany..???.. Isse ge ehen vaahaka akah Inthixaar kuraanan ingey

Comments are closed.



All Right Reserved!