ވައިރޯޅިތަކާއެކު ގަސްތަށް ނަށަމުން ގެންދިޔައީ ހިތްގައިމު ގޮތަކަށެވެ. ރޭގަނޑުގެ އެ ކަޅުފޮއެ ކަމަށް އިތުރު އަނދިރި ކަމެއް ގެނެސްދެނީ މެދު އުޑުގައި ރަނިކަން ކުރަމުން ގެންދިޔަ ހަނދު ފަރުދާ ކޮށްލި ބޯ ގަސްތަކުންނެވެ. މަގުގައި ހޮޅި ބުރިއެއް ނެތް ހިސާބުގައި ދުއްވާ އެއްޗެއް އަލިކަންވެސް ނުފެނުނެވެ. އަނދިރި ކަމަށް ލޯބިކުރާ މީހަކަށް ހިތްގައިމު އެހާމެ ހިތްފަސޭހަ މާހައުލެކެވެ. އަމިއްލަ ނަފްސާއެކު ވަގުތު ކޮޅެއް ހޭދަކޮށްލަން މިއަށް ވުރެ ފުރިހަމަ ތަނެއް ނުވާނެއެވެ. މިނެޓަކު ދެދަޅަޔަށް ގަސްތަށް އެއްރާގެއްގައި […]