Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދިނީ ޒަހަރު…. 18

Ushaali Level 810 Stories100 Comments100 Stories500 Comments
February 13, 2019 8 Mins Read
14 Comments

17 ވަނަބައިގެ ތެރެއިން….

އެރޭ ނުވައެއް ޖަހާލީހާއިރު ޔަނާލްް އިނީ ރަސްފަންްނުގައި ބަހައްޓާފައި ހުރި ޖޯއްޔެއްގައެވެ. އިރުކޮޅަކުން އެދިމާލަށް މަޑުމަޑުން ހިނގާފައި އަންްނަ ޔަޒްދާންް ފެނުމުން ޔަނާލްްގެ ހިތް ރޯލިއެވެ. ޔަޒްދާން އިށީނީ ޔަނާލާއި ޖެހިގެން އެއް ޖޯލި ދޫކޮށްފަ ޖެހިގެން ހުރި ޖޯލީގައެވެ. ދުރުން ބަލާ މީހަކަށްވެސް އެއީ އެކުގައި ތިބި ދެމީހުންކަން ފަހުމް ނުވާގޮތަށެވެ.

*******************************

“އަހަރެން ނުބުނަންތަ އަހަރެންގެ ބޮލަށް އުނދަގު ނުކުރާށޭ. ބުނީމެއްނު ވެދިޔަ ކަންތައް ހަނދާން ނައްތާލާށޭ” ފޯނަށް ބަލަހައްޓައިގެން އިނދެ ޔަޒްދާން ބުނެލިއެވެ.

އަހަރެން…. އަހަރެން ކިހިނެއް ހަނދާން ނައްތާލާނީ. އަހަރެންނަށް ނެތް ދުވަހަކުވެސް މިކަން ހަނދާން ނައްތާލެވޭކަށް. ޕްލީޒް އަހަރެންނާއި ދުރަށްނުދޭ”  ވާހަކަދައްކަން ފެށުމާއެކު ޔަނާލަށް ރޮވުނެވެ.

“އަހަންނަކަށް ނުވިސްނުނު ތިކިޔާ އެއްޗެއް. ވީކަމެއް ނުވާކަމަކަށް ނެހެދޭނެ މަށަކަށް. އެހެންނޫނަސް އަހަރެން މިތާ އުޅޭކަށް ނުވިސްނަން. އަހަރެން މިއުޅެނީ ވަރަށް އަވަހަށް ފުރަން” ފަރުވާކުޑަގޮތަކަށް ޔަޒްދާން ބުނެލިއެވެ.

“އަހަންނަށް ތިހެން ނަހަދާ. ދާން! އަހަރެން ޕްރެގް. އިނގެއެއްނު އެވަރުގެ ކަމެއް އަހަރެންނަށް ކުރެވުނީ ދާންއާއި އެކުގަކަން” ޔަނާލް ވާހަކަދެއްކިއެވެ. ރޮމުން ވާހަކަދެއްކިޔަސް މީހަކަށް ޝައްކުނުވާފަދަ ގޮތަކަށެވެ. ޔަނާލްގެ ޖުމްލައިން ޔަޒްދާނަށް ހީވީ އުޑު ބޮލަށް ވެއްޓުނުހެންނެވެ. އިންތަނުން ކޮޅަށް ތެދުވެވުނީ ކުއްލިއަކަށެވެ.

“މީ ތެދު. ގަބޫލުނުކުރަންޏާ ޔަޤީންކުރަން ހިނގާ ހޮސްޕިޓަލަށް” ޔަނާލް ބުނެލިއެވެ. ތުނިތުނިކޮށް ފަޅަން ފަށާފައިވާ ތުނބުޅީގައި އަތް ހާކާލުމަށްފަހު ހާސްކަމާއެކު އަލުން ކުރިން އިން ގޮނޑީގައި ޔަޒްދާން އިށީނެވެ.

“ނޫން. ނޫން… މިދަނޑިވަޅުގައި ތިކަމުގައި އަހަރެންނަށް ކޮށްދެވޭނެ ކަމެއްނެތް. ޔަނާލް މިތަނުންދޭ” ޔަޒްދާން ހާސްކަމާއެކު ބުނެލިއެވެ.

“ހެޔޮނުވާނެ. މިކަމުން އަހަރެން ސަލާމަތްކޮށްދީ…. ހި……ހިނގާ މެރީކުރަން. ޕްލީޒް” ޔަނާލް ބުނެލިއެވެ.

“ވަޓް؟؟؟ ނުވާނެތިކަމެއް. އަހަރެން ތިކަމަކަށް ތައްޔާރެއްނޫން” ޔަޒްދާން ތެދުވެގެން ހިނގައިގަތެވެ. ރޯލާރޯލާ ޔަނާލަށް އިނދެވުނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ.

ގެއަށް ވަދެގެން ދިޔަ ޔަޒްދާން ފެނުމުން ކޮޓަރިން ނިކުތް ކުލްޝޫމް ގޮވާލިއެވެ.

“ކިހިނެއް ފޯނަށް ހަދައިގެން ތިއުޅެނީ. މަންމަ ކިހާ ވަރަކަށް ގުޅައިފިން” ކުލްޝޫމް ބުނެލިއެވެ. ޔަޒްދާން ހުއްޓުނެވެ. ޖީބަށް އަތްލުމަށްފަހު ފޯނު ނަގާ ބަލާލިއެވެ. ތެދެކެވެ. ތިން ކޯލް މިސްވެފައި އެބައިނެވެ.

“ސޮރީ. ނޭނގުނީ. ފްރެންޑަކާއެކު ކޮފީއެއްގައި އިނީ” ޔަޒްދާން ބުނެލިއެވެ.

“ކާން ހަދަންތަ” ކުލްޝޫމް ބުނެލިއެވެ.

“މަންމާ! ނެތް ކާހިތެއް. ކޮފީއެއް ހަދައިގެން ގެނެސްދީ” ޔަޒްދާން ބުނެލިއެވެ.

“ދަރިފުޅުމެންނަށް މިރޭ ކިހިނެއްވެފަ ތިތިބީ. ފައި ވެސް ކާން ބެނުމެއްނުވި. މަންމަވެސް ނުކާނަން އެހެންވީމަ” ކުލްޝޫމް ބުނެލިއެވެ.

“ނާލް! މިގަޑީގަ” ހުޅުވާފައި ހުރި ދޮރުމައްޗަށް އެރި ޔަނާލް ފެނުމުން ކުލްޝޫމް ބުނެލިއެވެ. ވަގުތުން ޔަޒްދާން އެނބުރި ބަލާލިއެވެ. ޔަނާލް ފެނުމާއެކު ޔަޒްދާން ހިތުގައި އިންތިހާއަށް ރިއްސާލިއެވެ. އެކުއްޖާ މިވަގުތު އޭނާގެ އެހީތެރިކަމަށް ބޭނުންވެފައިވާ ހާލު އަންދާޒާ ކޮށްލެވުނެވެ.

“ދައްތާ! ފައި އެބައުޅޭތަ ކޮޓަރީގަ” ގަދަކަމުން މޫނުމައްޗަށް ހިނިތުންވުމެއް ގެނުވަމުން ޔަނާލް އަހާލިއެވެ. ކުލްޝޫމް ބޯޖަހާލުމާއެކު ޔަޒްދާން ކުރިމަތިން ހުރަސްކޮށް ޔަނާލް ސިޑިން އަރައިގެން ދިޔައއެވެ.

ލެޕްޓޮޕް ނަގައިގެން ހެޑްފޯނު އަޅައިގެން އެނދުގައި އިން ފައިޒަންއަށް ކުއްލިއަކަށް ދޮރާއި ދިމާލަށް ބަލާލެވުނީ ދޮރު ހުޅުވާލި ޔަނާލް ފެނިފައެވެ. ފައިޒަން ފެނުމާއެކު ޔަނާލް ފަޅައިގެން ދިޔައެވެ. ފައިޒަންއަށް އިނދެވުނު ތަނެއްވެސް ނޭނގެއެވެ.  ދުމެއް ޖަހާފައި ޔަނާލް ކައިރިއަށް ދިޔައެވެ. އަދި ކޮޓަރިން ބޭރަށް ބޯދިއްކޮށްލުމަށްފަހު ދޮރު ލައްޕާލިއެވެ. ޔަނާލް ކުރިމަތީގައި ފައިޒަން ހުއްޓުމާއެކު ޔަނާލް ފައިޒަންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.

“ފައި! ޕްލީޒް ހެލްޕް މީ. އޭނަ… އޭނަ…. ރިފިއުސް ކުރީ” ޔަނާލް ރޮމުން ބުނަމުން ދިޔައެވެ.

“ސްޓޮޕް ކްރައިންގް. ލެޓް މީ ތިންކް….” ޔަނާލްގެ ހަށިގަނޑުގައި ދެއަތުން ވަށާލަމުން ފައިޒަން ބުނެލިއެވެ.

“އަހަރެން މަރުވެދާނެ” ޔަނާލް ބުނެލިއެވެ.

“ނޯ…. ތިހެން ނުބުނޭ…..ތިންކް ޕޮޒުޓިވް… އާދެބަލަ އިށީންނަން” ފައިޒަން ޔަނާލް ގޮވައިގެން ގޮސް އެނދުގައި ބޭންދިއެވެ. އިރުކޮޅެއްގެ ހިމޭންކަމަށްފަހު ޔަނާލް ރުއިން ހުއްޓާލިއެވެ. އޭރު އޭނާގެ ދެލޯލާއެކު މޫނުމަތި ވަނީ މަހެތި ވެފައެވެ.

“ނަނާއަށް ކެރޭނެތަ ބޭސްކައިގެން ބޭބީ އެބޯޓްކޮށްލަން” ފައިޒަން އަހާލިއެވެ.

“ނުކެރޭނެ. ފުރަތަމަ މިހާލު މިޖެހުނީވެސް ކުރެވުނު ފާފައެއްގެ ސަބަބުން. އަނެއްކާ މީގެ މައްޗަށް ފާފައެއް ކުރާކަށް ނުކެރޭނެ. އެކަމަކު ބޭބީ އުފަން ކުރާކަށްވެސް ނުކެރޭނެ. ކި….. ކިހިނެއް ވިހާނީ… ހާދަ ތަދުވާނޭ……..” ޔަނާލް ރޮމުން ވާހަކަދައްކަމުން ދިޔައެވެ.

“ތީ ކާކު ކުރިކަމެއް. އައި މީން ނަނާ ތިހާ ޓްރަސްޓެއް ތިކުރީ ކާކަށް” ފައިޒަން އަހާލިއެވެ.

“ނުކުރަން އެކަކަށްވެސް. މިއީ އަހަރެން ގަސްތުގައި ކުރި ކަމެއްނޫން. އަހަރެން ބޭނުމީ ކޮންމެސް މީހަކާއި ކައިވެނިކުރަން” ދެލޯ ފޮހެލަމުން ޔަނާލް ބުނެލިއެވެ.

“ވިލް ޔޫ މެރީ މީ” ފައިޒަން އަހާލިއެވެ. ޔަނާލަށް ފައިޒަންގެ މޫނަށް ބަލާލެވުނެވެ. ފައިޒަން ބުނި އެއްޗެއް ޤަބޫލުނުކުރެވިފައެވެ.

“ހިނގާ އަވަސްކުރަން. ނަނާއަށް ސެވަންޓީން ވިޔަސް ކުރެވޭނެ” ފައިޒަންގެ ދެލޮލުން ފެންނަނީ ޔަޤީންކަމެވެ. ޔަނާލް ބޯޖަހާލިއެވެ.

“ގެއަށް ދިޔުމުގެ ކުރިން ބުނެދީބަލަ ތި ކުއްޖާގެ ބައްޕައަކީ ކާކުކަން” ފައިޒަން އެދުނެވެ.

“ދަތުރު ދިޔަ ރޭގައި ހިނގި ހާދިސާއެއްމީ. މި ދަރިފުޅުގެ ރެސްޕޮންސިބިލިޓީ ނަގަން ޖެހޭ އަނެއް މީހަކީ ޔަ….ޔަޒްދާން…..” ޔަނާލް އިސްޖަހާލިއެވެ. ފައިޒަންގެ ދެލޯ ދިޔައީ މުދުނަށް އަރައިގެންނެވެ. އޭނައަށް ޤަބޫލެއްވެސް ނުކުރެވުނެވެ.

ދާން….” ފައިޒަންއަށް މަޑުމަޑުން ބުނެވުނެވެ. ޔަނާލް ބޯޖަހާލިއެވެ.

“ޑޫ ޔޫ ލަވް ހިމް” ފައިޒަން އަހާލިއެވެ. ޔަނާލް ވަގުތުން ބޯޖަހާލިއެވެ. ފައިޒަން ޔަނާލް ގެނެސް ލޯބިން ބައްދާލިއެވެ. އޭރު އޭނާގެ ދެލޮލުން ކަރުނަތިއްކެއް ވެއްޓިގެން ދިޔައެވެ.

**********************************

ޔަނާލް ގެއަށް ގެންދިޔުމަށްފަހު ފައިޒަން ކާރުގައި އައިސް ގެއަށް ވަންއިރު ރޭގަނޑު ބާރަ ޖަހަން ގާތްވެއްޖެއެވެ. އޭނާގެ މޫނުމަތި ވަނީ މިލާފައެވެ. ކުއްލިއަކަށް ދިމާވި ކަންތަކުން އޭނާ ހުރީ ބޮލުގައި ރިހުމެއް އުފެދިފައެވެ. ކޮޓަރިއަށް ވަނުމުގެ ބަދަލުގައި އޭނާ މިސްރާބު ޖެހީ ޔަޒްދާންގެ ކޮޓަރިއަށެވެ. ދެތިން ފަހަރަކު ދޮރުގައި ޓަކި ޖަހާލުމާއެކު ޔަޒްދާން ދޮރު ހުޅުވިއެވެ.

“ވަންނަންތަ” ފައިޒަން އަހާލިއެވެ.

“އޮފްކޯޒް” ބޮޑަށް ދޮރު ހުޅުވާލަމުން ޔަޒްދާން ބުނެލިއެވެ.

ފައިޒަން ވަދެގެން ގޮސް ކޮޓަރި މެދުގައި ހުއްޓުނެވެ.

“ކޮޅަށްތަ ހުންނަނީ. އިށީންނަންވީނުން. ވަރަށް ސަޅި ފިލްމެއް މިބަލަނީ” މޫނުމަތީގައިވާ ހާސްކަން ފިލުވާލަމުން ޔަޒްދާން ބުނެލިއެވެ.

“ނޫން. ނެތް ބަލާހިތެއް. މިއައީ ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން. ވަރަށް ބޮޑު ކަމެއް ދިމާވެގެން މިއުޅެނީ” ފައިޒަން ބުނެލިއެވެ. ޔަޒްދާންގެ ޙަޤީޤަތް އޭނާއަށް އިނގޭކަން އަންގާކަށް އޭނާ ބޭނުމެއްނުވިއެވެ.

“އަނެއްކާ ކިހިނެއްވީ؟؟” ޔަޒްދާން އަހާލިއެވެ.

“މިއުޅެނީ ނަނާއަށް ވަރަށް ބޮޑު ކަންތައްގަނޑެއް ދިމާވެގެން” ފައިޒަން ބުނެލިއެވެ. ވަގުތުން ހާސްކަމާއެކު ޔަޒްދާނަށް ތުނބުޅީގައި އަތް ހިންގާލެވުނެވެ.

“ކިހިނެއްވީ އަނެއްކާ؟؟” ދެވަނަފަހަރަށް ޔަޒްދާން އަހާލިއެވެ.

“ނަނާއަށް ކޮންމެސް މީހަކު ވަރަށް ބޮޑުދެރައެއް ދީފި. އެމީހާގެ ދަރިއަކަށް ނަނާ އިނީ ބަނޑުބޮޑުވެފަ. ނާނާ އަބަދު ރޮނީ” ފައިޒަން ބުނެލިއެވެ. ޔަޒްދާންގެ މޫނުމަތިން ހައިރާންކަމެއް ނުފެނުނެވެ.

“ދެން؟ ދެން ކިހިނެއްހަދާނީ ދޯ” ޔަޒްދާން ބުނެލިއެވެ.

“އަހަރެން ބުނެފިން ނަނާ ކައިރީގަ ބޭސްކާންވެސް. އެއްބަހެއްނުވި. އަދި އެކަން ކުރީ ކާކާއި އެއްކޮށްކަމެއް ވެސް އަހާއަހާ ނުބުނި” ފައިޒަން ބުނެލިއެވެ.

“ދެން؟ ދެން ކިހިނެއް ހަދަން ނަނާ ވިސްނަނީ” ޔަޒްދާން އަހާލިއެވެ.

“ދެން ކިހިނެއް ހެދޭނީ. އެފަކީރު މަރުއެވަނީ. ކީއްކުރާނީ. އަންހެންކުއްޖާ ވިއްޔާ ދުނިޔެތެރެއަށް ބޭޒާރުވާނީ. އެފިރިހެނަކު އެކަމުން ރެކިގަނެއްޖެ. ކިހާ ނުލަފާ ވިޔާނުދާ އިންސާނެއް އެއީ” ފައިޒަން ބުނެލިއެވެ. ޔަޒްދާން މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރު ފައިޒަންއަށް ސިއްރު ކުރުމަށް އަނެއް ފަރާތަށް އެނބުރުނެވެ.

“އެކަމު ކޮންމެސް ކަމެއް ކުރަން ޖެހޭނެއްނު. ނުބުނޭތަ އޭނަ؟” ޔަޒްދާން އަހާލިއެވެ.

“ވީ އާރ ގެޓިންގް މެރީޑް” ފައިޒަން ބުނެލިއެވެ.

“ވަޓް؟؟؟؟” ތަންކޮޅެއް ބާރަށް ޔަޒްދާން ބުނެލިއެވެ.

“އާނ… ދެން ކާކު ހުރީ ނަނާއަށް އެހީވާން. އަހަރެން ކޮންމެ ހާލެއްގަވެސް ނަނާއަށް އެހީވާން ބޭނުން. އެއް އެކުވެރިއަކު އަނެއް އެކުވެރިއެއްގެ އެހީތެރިކަމަށް ބޭނުންވާނީ މިކަހަލަ ވަގުތަކުގައި” ފައިޒަން ބުނެލިއެވެ. ޔަޒްދާން ގަދަކަމުން ހީލިއެވެ.

“ދެން ދަނީ. އެކަކު ކައިރީގައިވެސް މިވާހަކަ ނުދައްކާތި. ވަރަށް ހެނދުނާ ހޭލައިގެން ޖެހޭނެ މިކަންތަކާ އުޅެން. ހާރުންބެއާއި ވާހަކަވެސް ދައްކަންޖެހޭ. މަންމައާ ވެސް ވާހަކަދައްކަންޖެހޭ. މާދަމާ ކޯޓަށް ފޯމްލާން އަހަރެން ބޭނުން” ފައިޒަން ބުނެލިއެވެ.

“ގުޑްނައިޓް” ޔަޒްދާން ބުނެލިއެވެ. ފައިޒަން ނިކުތުމާއެކު ޔަޒްދާން ދޮރު ލެއްޕިއެވެ. ހާސްކަމާއެކު އެނދުގައި އިށީނދެވުނުއިރު އޭނާގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. ދެއަތް ތެރޭގައި މޫނު ފޮރުވާލެވުނު އިރު އޭނާ ބަލިކަށިވެއްޖެއެވެ. އޭނާގެ އަމިއްލަ އިހުސާސްތަކާއި ހަނގުރާމަކޮށްކޮށް ވަރުބަލިވެއްޖެއެވެ. އޭނާގެ މުޅި ހަޔާތުގައި ވެސް އެންމެ ފުރަތަމަ ލޯބިވި އަންހެންކުއްޖާ އަކީ ޔަނާލެވެ. ޔަނާލްގެ ހަށިގަނޑުގައި އޭނާއަށް ބީހުނީވެސް އެލޯބީގެ ބާރުގައެވެ. އެހަށިގަނޑުން އޭނާއަށް ދޫކޮށްނުލެވުނީވެސް އެހެންވެއެވެ. އަމިއްލަ ފުރާނައަށް ވުރެ ވެސް ބޮޑަށް އޭނާ ޔަނާލް ދެކެ ލޯބިވެއެވެ. ޔަނާލާއި ގުޅުމެއް ނުބާއްވާ ކިތަންމެ ދުވަހަކުވެސް އޭނާ ކެތްކޮށްފާނެއެވެ. އެހެންނަމަވެސް އޭނާ ދުނިޔޭގައި ހުއްޓާ ޔަނާލް އެހެންމީހެއްގެ ހައްގަކަށްވާތަން ބަލަން އޭނާއަށް ކެތްނުކުރެވޭނެއެވެ. ޔަނާލް ބަނޑުގައި އޭނާގެ ދަރިއަކު ހެދިބޮޑުވަމުން އަންނަކަން އެނގުނު ހިނދު އެލޯބި އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ. ވަގުތު ފާއިތުވުމުގެ ކުރިން އޭނާ ޔަނާލް ހާސިލްކުރާނެއެވެ.

************************************

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ނުނިދިގެން ޔަނާލް އެނދުގައި ދެކޮޅަށް ފުރޮޅި ފުރޮޅި އޮތެވެ. ފޯނަށް މެސެޖެއް އައީ ފާހާނާއަށް ދާން ތެދުވި ވަގުތުއެވެ.

“ބައްދަލުކުރަން ބޭނުންވެގެން މިއައީ. މިހިރީ ތިރީގަ” ޔަޒްދާންގެ މެސެޖް ކިޔާލި ހިނދު ޔަނާލްގެ ހިނިތުންވުމަކުން ދެފަރާތަށް ދެމިލިއެވެ. ވަގުތުން ކަރުނައިގެ ތެރެއިން އޭނާގެ ދެލޯ ވިދައިގަތެވެ. ފާހާނާއަށް ނުވަދެ ކޮޓަރިން ބޭރަށް ނިކުތެވެ. އަދި މައި ދޮރާށިން ނިކުތުމުގެ ބަދަލުގައި ޔަޒްދާނަށް ގުޅުމަށްފަހު ފަހަތުގައި ހުންނަ ގުދަން ކައިރިއަށް އައިމަށް އެދުނެވެ. އަދި ގުދަނަށް ވަނުމަށްފަހު ގުދަން ތެރެއިން ލާފައި އެގޭ ޓެރަސްއަށް އެރޭނެ ކަމަށާއި އެއަށްފަހު ސިޑިން ފައިބައިގެން އައުމަށް އެދުނެވެ. ކުޑައިރުކޮޅެއް ފަހުން ޔަޒްދާން ސިޑިން ފައިބައިގެން އައިރު ޔަނާލް ހުރީ ކުރިމަތީގައެވެ.

“މިތަނުގަތަ ވާހަކަދައްކާނީ” ޔަޒްދާން އަހާލިއެވެ. ޔަނާލް ފެނުމުން އޭނާ ކުޑަކޮށް ލަދުގަތެވެ. ޔަނާލް ކުރިއަށް ހިނގައިގަތުމުން ފަހަތުގައި ހުރެ ޔަޒްދާންވެސް ހިނގައިގަތެވެ. ކޮޓަރިއަށް ވަނުމަށްފަހު ޔަނާލް ދޮރު އެތެރެއިން ލޮކް ކޮށްލިއެވެ. ޔަޒްދާން ޔަނާލަށް ބަލާލިއެވެ. ފެހިކުލައިގެ ގޮޅިޖެހި ކުރުތާއާއި ހަރުވާޅުގައި ޔަނާލްގެ އިސްތަށިގަނޑުވަނީ ދެފަރާތަށް ގަތާލާފައެވެ. ފަސް ވަރަކަށް އަހަރުގެ ކުޑަ އަންހެންކުއްޖަކާއި އެގޮތަށް ހުންނައިރު ޔަނާލް ހާދަ އެއްގޮތެވެ. މޫނުމަތި ވަނީ ކުލަ އޮށްސިފައެވެ. ތުންފަތުގައިވަނީ ވަރަށް ފަނޑު ފިޔާތޮށި ކުލައެކެވެ. ދެލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ޔަޒްދާނަށް ބަލަހައްޓައިގެން ހުރީ މައުސޫމް ބެލުމަކުންނެވެ.

“ނު…..ނުނިދަންތަ؟” ބުނާނެ އެއްޗެއް ނޭނގިގެން ޔަޒްދާން އަހާލިއެވެ.

“ކޮން ވާހަކައެއް ދައްކަންވެގެން މީޓްކުރަން ބުނީ” ޔަނާލް އަހާލިއެވެ. ޔަޒްދާނަށް ކެތެއްނުވިއެވެ. މަޑު ހިނގުމެއްގައި ގޮސް ޔަނާލްގެފައި ބުޑުގައި އިށީނެވެ. ޔަނާލް ދިޔައީ ސިހިގެންނެވެ.

“ނާލް! އައެމް ސޮރީ ވަޓް އެވަރ އައި ސެއިޑް އެންޑް އައި ޑިޑް” އޭނާ ވަގުތުން ޔަޒްދާން ކައިރީގައި އިށީނެވެ.

“ނޫން. ޑޯޏްޓް ޑޫ ދެޓް. ދާންގެ މަގާމަކީ އަހަރެންގެ ފައި ބުޑެއްނޫން. އަހަރެންގެ ހިތް” ޔަޒްދާންގެ އަތް ގެންގޮސް އޭނާގެ މޭގައި ހިތާއިވީ ފަޅީގައި ޖައްސާލަމުން ޔަނާލް ބުނެލިއެވެ. ޔަޒްދާން ޔަނާލާއި ހަތަރުކަޅި ހަމަކޮށްލިއިރު ޔަޒްދާނަށް ވަނީ ރޮވިފައެވެ. ޔަޒްދާންގެ ލޮލުން  ކަރުނަ ފެނުމާއެކު ޔަނާލަށް ކެތެއްނުވިއެވެ. އެދެލޮލުގައި ޔަނާލް ބޮސްދިނެވެ.

“އައި ލަވް ޔޫ ސޯ މަޗް. ނާލް އެހެންމީހަކާއި ކައިވެނިކުރާ މަންޒަރު އަހަރެން ކިހިނެއް ބަލާނީ. އެއަށްވުރެ މަރުވިޔަސް މާ ރަނގަޅު. އައި ކާންޓް ލިވް ވިދް އައުޓް ޔޫ. އައި ލަވް ޔޫ މޯރދެން އެނީތިންގް” ޔަނާލްގެ މޫނުގައި ބޮސްދެމުން ޔަޒްދާން ކިޔަމުން ދިޔައެވެ. ޔަނާލް އިނީ އިވެމުން ދިޔަ ބަސްތައް ޤަބޫލުނުކުރެވިފައެވެ.

“ބޭނުމެއްނޫން ބޭބީ ދެރަކޮށް ރޮށްވާކަށް. ސޮރީ” ޔަޒްދާން ޔަނާލް އޭނާގެ އަތު ތެރޭގައި ފިއްތާލިއެވެ. ވައިރޯޅިއަކަށްވެސް ދެމެދަށް ނުވަދެވޭނެހެން އޭނާގެ ގަޔާއި ޔަނާލް ގާތްކޮށްލުމަށްފަހު ކަނދުރާގައާއި ކަރުދަށުގައި ބޮސްދެމުން ދިޔައެވެ.

“އަހަރެން ހިއެއް ނުކުރަން މިދަރަޖައަށް އެއްވެސް މީހެއްދެކެ ލޯބިވެވިދާނެ ކަމަކަށް. އަހަރެން މިލޯތްބަށް ފިލަން ވަރަށް މަސައްކަތްކުރިން. އަމިއްލަ ހިތަށް އޮޅުވާލަން ވަރަށް މަސައްކަތްކުރިން. އައިނީގެ މަޅީގައިވެސް ޖެހުނީ މިކަމުގެ ތެރެއިން ސަލާމަތްވާން އުޅެނިކޮށް. އަހަރެން ތިލޯތްބަށް އެދި ސަލާންޖަހަން” ޔަނާލްގެ ހަށިގަނޑުގާ ބައްދާލައިގެން އިނދެ ވާހަކަދައްކަމުން ދިޔައެވެ. ޔަޒްދާން ދައްކަމުން ދިޔަ ކޮންމެ ވާހަކައެއް ޔަނާލަށް ހީވަނީ އޭނާގެ ކަންފަތް ދަށުގައި ހިތްގައިމު މިޔުޒިކެއް ކުޅެވެމުން ދިޔަހެންނެވެ. އޭނާގެ ހިތަށް ލިބިފައިވާ އުފާވެރިކަން މިހުރިހާ ދުވަހު އޭނާ ކުރި ހިތާމަތައް ހަނދާނުން ފޮހެލައިފިއެވެ.

“އަހަރެން މާލޯބިވޭ… ވަރަށް ވަރަށް ލޯބިވޭ. އެންމެފުރަތަމަ ފެނުނު ދުވަހުން ފެށިގެންވެސް” ޔަނާލް ބުނެލިއެވެ. ޔަޒްދާން ޔަނާލްގެ ބޮލުގައި ބޮސްދިނެވެ.

“ބޭބީ! ވިލް ޔޫ މެރީ މީ” ޔަޒްދާން ބުނެލިއެވެ. ޔަނާލް ޔަޒްދާންގެ މޭގައި އިތުރަށް ތަތްވެލަމުން ބޯޖަހާލިއެވެ. ޔަނާލް ދަތްދޮޅީ ދަށުގައި އަތް ޖައްސާލަމުން ޔަޒްދާން ކުޑަކޮށް އުފުލާލާ އޭނާގެ ލޮލާއި ހަތަރުކަޅި ހަމަކުރުވިއެވެ. ޔަޒްދާން ހިނިތުންވުމާއެކު ޔަނާލް ރަކިވެފައި އެސްފިޔަތައް ތިރިކޮށްލިއެވެ. ޔަނާލް ލަދުގަތްކަން އެނގުމުން ޔަޒްދާން ބޮޑަށް ހިނިތުންވެލިއެވެ.

“މާދަމާ އަހަރެން ހާރޫންބެ ކައިރިއަށް އަންނާނަން. އަހަރެމެންގެ ދަރިފުޅު ބޮޑުވާނީ މަންމަދެވެސް ބައްޕަގެވެސް ލޯބި ލިބިގެން” ޔަނާލްގެ ހިނދި ބަނޑުގައި އަތް ޖައްސާލަމުން ޔަޒްދާން ބުނެލިއެވެ. ޔަޒްދާންގެ މޫނަށް ޔަނާލް ބަލާލުމުން ޔަޒްދާން މޫނު ގާތްކޮށްލާ ޔަނާލްގެ ތުންފަތުގައި ތުންފަތް ޖައްސާލިއެވެ. ދެވަނަ ފަހަރަށް ޔަނާލް އެސްފިޔަތައް ތިރިކޮށްލި ގޮތުން ޔަޒްދާނަށް މަޖާވިއެވެ. ދެއަތް މައްޗަށް ޔަނާލް އުފުލާލައިގެން ގެންގޮސް އެނދުގައި ބާއްވަމުން ކައިރީގައި އޮށޯވެލިއެވެ.

“އަހަރެން މިރޭ މިތާ ބޭބީ ކައިރީގައި ނިދާލިޔަސް ހެޔޮތަ؟ ޕްލީޒް ނޫނެކޭ ނުބުނައްޗެ” ޔަޒްދާން އޭނާގެ އަތްމައްޗަށް ޔަނާލް ލަމުން ބުނެލިއެވެ. ޔަނާލް ބޯޖަހާލިއެވެ. ޔަޒްދާންގެ އަތްދަނޑި މަތީގައި އޮވެ ޔަނާލް ދެލޯ މަރާލުމުން ޔަޒްދާން އޮތީ އެމޫނަށް ބަލަހައްޓައިގެންނެވެ. އެގޮތަށް އިރު އަނރަންދެންވެސް އޮންނަން އޭނާ ބޭނުންވިއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެ އަންހެންކުއްޖާ އޭނާ ރަނގަޅަށް މޮޔަ ކޮށްލައިފިއެވެ. ޔަނާލްގެ މޫނާއި ދެއަތުގައި ބޮސްދެވެން ފެށުމާއެކު ޔަޒްދާން ވަގުތުން ކޮންޓްރޯލު ކުރަން ބޭނުންވިއެވެ. އެފަދަ ކަމެއް ތަކުރާރު ކުރަން އޭނާ ބޭނުމެއްނޫނެވެ. ޔަނާލަށް ރަނގަޅަށް ނިދުމުން ލައިޓް އަލި މަޑުކޮށްލުމަށްފަހު ކޮޓަރި ދޮރު ލައްޕާލާފައި ނިކުތެވެ.

***************************

އަރައިގެން އައި އިރާއެކު ގޭތެރޭގައި ހީވީ ބޮމެއް ގޮވައިގެން އުޅޭ ހެންނެވެ. ޔަނާލް ކައިވެނިކުރަން ބޭނުންވާ ވާހަކަ ބުނުމުން އެކަމާއި ހިތްހަމަނުޖެހުނީ މާއިރާއެވެ. އޭނާއަށް ޔަނާލް އަދި ބޮޑެއް ނުވެއެވެ.

“ކުއްލިއަކަށް ދަރިފުޅު ކީއްވެގެން ދައްކާ ވާހަކައެއްތަ ތީ” މައިރާ އަހާލިއެވެ. ކައިރީގައި އިސްޖެހިފައި ޔަނާލް އިނެވެ. އޭނާ އެއްޗެއް ނުބުނެއެވެ. އެއްޗެއް ބުނާނީވެސް ކިހިނެއް ހެއްޔެވެ؟  ކައިވެނިން ބޭރުން އޭނާ ބަލިވެއިންކަމަށް ބުނާނީ ކޮން ދުލަކުންހެއްޔެވެ؟ ވަކިން ހުރިސޯފާގައި ހާރޫން އެކައްޗެއްވެސް ނުބުނެ އިނެވެ. މިވަގުތު އޭނާގެ ސިކުނޑި ތެރޭގައި އެތައް ވާހަކަތަކެއް އެނބުރެމުން އެބަދެއެވެ.

ހެނދުނު ނާސްތާއަށް ހުރިހާ މީހުން ހަމަވުމާއެކު ޔަޒްދާން ކަރުކެހިލިއެވެ. ފައިޒަންއާއި ކުލޝޫމް ޔަޒްދާނަށް ބަލާލިއެވެ.

“އައްދެ! މަންމައަށް ހާދަ ހީވެޔޭ ވާހަކައެއް ބުނަންއުޅޭހެން” ކުލްޝޫމް ތައްޓަށް ފެންއަޅަމުން ބުނެލިއެވެ.

“މަންމާ! ވަރަށް ބޮޑު ވާހަކައެއް ބުނަން މިއުޅެނީ. މިކަމަށް މަންމަގެ އެހީ ވަރަށް ބޭނުން” ޔަޒްދާން ބުނެލިއެވެ. ފައިޒަން އިނީ ޔަޒްދާނަށް ބަލަހައްޓައިގެންނެވެ.

“އަޅުގަނޑުވެސް ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ އެބައޮތް މަންމަ ކައިރީގައި” ފައިޒަން ބުނެލިއެވެ.

“އަސްތާ. މަންމަގެ ދެދަރިންނަށް މިއަދު ކިހިނެއްވެފަ މިތިބީ. އެހެންވީމަ ސައިބޯން ނުފަށާ ދެކުދިން ތިދައްކަން އުޅޭ ވާހަކަ އަޑުއަހާލާނީ. ދާން ބުނޭ އެންމެފުރަތަމަ” ކުލްޝޫމް ބުނެލިއެވެ.

“މަންމާ! މިވަގުތު އަޅުގަނޑުގެ މަންމައަކަށްވެސް ބައްޕައަކަށްވެސް ހުރީ ތި މަންމަ. ތި މަންމަ ދެކެ އަޅުގަނޑު އުފަން މަންމައެއް ފަދައިން ލޯބިވަން” ޔަޒްދާން ކުރިއަށްދިޔައެވެ. ފައިޒަން ކަޅިޖަހާވެސް ނުލާ އިނީ ޔަޒްދާނަށް ބަލަހައްޓައިގެންނެވެ.

“ތިކަމަކަށް މަންމަ ޝައްކެއް ނުކުރަން. މަންމަވެސް ވަރަށް ލޯބިވވޭ ދަރިފުޅުދެކެ” ކުލްޝޫމް ބުނެލިއެވެ.

“މަންމާ! އަޅުގަނޑު ކުއްޖަކުދެކެ ލޯބިވެއްޖައިން. ވަރަށް ބޮޑަށް. އަދި ބޭނުމީ ކުރިއަށް މިއޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި ކައިވެނިކުރަން” ޔަޒްދާން އޭނާގެ ބޭނުން ހާމަކުރިއެވެ. ކުލްޝޫމަށް ލިބުނީ ހައިރާންކަމެކެވެ. ފައިޒަން ދެލޯ ކުޑަކޮށްލީ ޔަޒްދާން އެހެންކުއްޖަކާއި އިންނަން އުޅޭކަމަށް ހީކޮށްފައެވެ.

“ދަރިފުޅު މީހަކާއި އިނުމަކުން އެއްވެސް މައްސަލައެއްނެތް. އެކަމަކު މިހާ ކުއްލިގޮތަކަށް. ކިހިނެއްވީ އަނެއްކާ؟ އަދި ދަރިފުޅަށް ވީ އެންމެ އަށާރަ އަހަރު. ދިރިއުޅުމަކީ ކިހާވަރެއްގެ އެއްޗެއްކަން ދަރިފުޅަށް ނުވިސްނޭނޭ މަންމަ ނުބުނާނަން. އެކަމަކު ކައިވެނިކުރަން ބޭނުންތިވާ ކުއްޖާއަކީ ކޮން އާއިލާއަކުން އައިސް ހުރި ކިހާވަރެއްގެ ކުއްޖެއްތޯ ވެސް ބަލާލަންވާނެ” ކުލްޝޫމް އޭނާގެ ހިޔާލު ފާޅުކުރިއެވެ.

“މަންމާ! އުމުރުން ކިތަންމެ ހަގު ނަމަވެސް އަޅުގަނޑަށް ހުރިހާ ކަމެއް ވިސްނޭ. އަތްންބަކު ގޮވައިގެން އުޅެން އަޅުގަނޑަށް އިނގޭނެ. އަޅުގަނޑު ކައިވެނިކުރަން މިއުޅޭ ކުއްޖާއަކީ ކާކުކަން މަންމަމެންނަށް އިނގޭނެ. އެއީ މިއާއިލާއަށް އަލަށް އަންނާނެ ކުއްޖެއްނޫން” ޔަޒްދާން ބުނެލިއެވެ.

“އެހެންތަ! ކޮންކުއްޖެއް އެއީ” ކުލްޝޫމް ހައިރާންވެފައި އަހާލިއެވެ. ފައިޒަންގެ ހިތްވެސް ދިޔައީ އާދަޔާހިލާފު ބާރުމިނެއްގައި

ތެޅެމުންނެވެ.

“އެއީ….އެއީ ޔަ…ޔަނާލް…..” ޔަޒްދާން ލަސްލަހުން ބުނެލިއެވެ. ވަގުތުން ކުލްޝޫމްގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.

“މަންމަ ތިކައިވެންޏާއި ވަރަށް ޤަބޫލު. ޔަނާލަކީ މަންމަގެ ދަރިއެއްފަދަ ކުއްޖެއް. ތީ ކޮންއިރަކު ކުރިކަމެއް” ކުލްޝޫމް ހިނިތުންވުމަކާއެކު އަހާލިއެވެ. ކުރިން ހައިރާންކަން ފެނުނު ނަމަވެސް މިހާރު ފައިޒަންގެ ތުންފަތްމަތީގައި ވަނީ ހިނތުންވުމެކެވެ. ޔަޒްދާނަށް ވިސްނުނީތީ އޭނާ އުފާކުރިއެވެ.

“އަޅުގަނޑު މިރަށަށް އައިއްސުރެ ފެށިގެންވެސް. އަޅުގަނޑު ވަރަށް މަސައްކަތްކުރިން އެ ލޯތްބަށް ފިލޭތޯ. ނުފިލުނު. އަޅުގަނޑު ބޭނުންވަނީ ޔަނާލް އަޅުގަނޑުގެ އަތްންބަކަށް ހަދަން. މިގޮތް ޔަނާލްވެސް ބޭނުންވަނީ” ޔަޒްދާން ވާހަކަދެއްކިއެވެ.

“ތިކަމުގަ މަންމަ ކޮށްދެންވީ ކޮންކަމެއް” ކުލްޝޫމް އަހާލިއެވެ.

“މަންމަ ހިނގާ އެގެއަށް އަޅުގަނޑުމެންނާއެކު މިވާހަކަދައްކަން” ޖަވާބުދިނީ ފައިޒަންއެވެ.

“އައްދެ އައްދެ…. ދަރިފުޅުވެސްތަ” ކުލްޝޫމް ފައިޒަންއަށް ބަލާލަމުން ބުނެލިއެވެ.

“ހޫމް… އަޅުގަނޑުވެސް އުޅުނީ މިކަމާއި ގުޅުންހުރި ވާހަކައެއް ބުނަން. އެއީ ނަނާ އަޅުގަނޑު ކައިރީގައި ބުނީ ވީހާވެސް އަވަހަކަށް މެރީކުރަން ބޭނުމޯ” ފައިޒަން ބުނެލިއެވެ. އަދި ކުލްޝޫމްގެ ގައިގާ ބައްދާލަމުން އޭނާއަށް ބަލަން އިން ޔަޒްދާނަށް އެއްލޯ މަރާލިއެވެ. ފައިޒަންގެ އެ އަމަލުން އޭނާ ބޭނުންވަނީ ކުލްޝޫމަށް އޮޅުންވާލުންކަން ޔަޒްދާނަށް އެނގުނެވެ.

*****************************

“ކުލް! ހަމަ ކުލްތަ ތިބުނަނީ ތިހެން. ބަލަ ޔަނާލަކީ އަދި ކުޑަކުއްޖެއް” މައިރާ ބުނެލިއެވެ. އޭނާއާއި ޖެހިގެން ކުލްޝޫމް އިންއިރު ފާރުގައި ލެގިލައިގެން އެއްފައި ކުރުކޮށް ފާރުގައި ޖައްސާލައިގެން ޔަޒްދާން ހުއްޓެވެ. އޭނާ އިސްޖަހާލައިގެން ހުރީ އެމީހުންނަށް ބަލަން ނުކެރިގެންނެވެ. އޭނާ އާއި ދާދި ކައިރީގައި ފައިޒަންް ހުރިއިރު އެންމެންގެ ތެރޭގައި ޔަނާލް ރޮވިގައި އިނެވެ.

“ބަލަ ސަތާރަ އަހަރަކީ މިޒަމާނުގަ ކުޑަކުއްޖެއްގެ އުމުރެއް ނޫނޭ. ނާލް ޔަޒްދާން ދެކެ ލޯބިވާނެތަ އޭނާއަށް އޭނާ ކުޑަކަން އިހުސާސް ކުރެވޭނަމަ” ކުލްޝޫމް ޖަވާބުދިނެވެ.

“އަހަރެން ތިކަމަކާއި ޤަބޫލެއްނޫން. އަހަރެމެންނަށް ނާލް އަދި ބޮޑެއްނުވޭ. ދުވަހަކުވެސް ނުވާނެ” މައިރާ ބުނެލިއެވެ.

“އެބުނާހެން. ނާލްއަކީ އަދި ކުޑަކުޑަ ކުއްޖެކޭ” މާއިރާގެ ވާހަކައާއި އިފްނާ އެއްބައިވިއެވެ.

“އެކަމަކު މަންމާ! ނާލްކޮއްކޮ ވެސް ދާން ދެކެ ލޯބިވަންޏާ މިކަން ހުއްޓުވަން އަޅުގަނޑަކަށް ނުފެނޭ” މައިރާ އިން ސޯފާގެ އަތްގަނޑު މަތީގައި އިން ރާކިންގެ އަންހެނުން ޝިފާ ބުނެލިއެވެ.

“މިކަމުގަ އަހަރެންނަށް އެދެވުނުތަ ޝިފާގެ ހިޔާލަކަށް” ވަގުތުން ޝިފާ އިސްޖަހާލިއެވެ. ކަރުނަވީ ދެލޮލަކުން އޭނާ ކުރިމަތީގައި އިން ރާކިންއަށް ބަލާލިއެވެ.

“އަހަރެމެންނަށް އަހަރެމެންގެ ޕްރިންސަސް ދުރުކޮށްގެން ނޫޅެވޭނެ” އާކިން ބުނެލިއެވެ.

“ހެޔޮނުވާނެ… މިކަމަށް ހުރަސް ނާޅަބަލަ. އަހަރެން އުމުރުން ސަތާރަ އަހަރުވިޔަސް މިހާރު އަހަރެންނަކީ ކުޑަކުއްޖެއްނޫނޭ. އަހަރެން އަމިއްލަ ފުރާނައަށް ވުރެ ވެސް ބޮޑަށް ޔަޒްދާން ދެކެ ލޯބިވަން” މިހުރިހާއިރު ހިމޭނުން އިން ޔަނާލް ވާހަކަދެއްކިއެވެ. ހުރިހާ މީހުންގެ ނަޒަރު ޔަނާލަށް ހުއްޓުނެވެ. އެ ހުރިހާ މީހުންގެ ތެރޭގައި ޔަނާލް އޭނާ ޔަޒްދާނަށް އެދޭ މިންވަރު ހާމަކުރުމުން ދުރުގައި ހުރި ޔަޒްދާން ޔަނާލަށް ބަލާލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ހަދިޔާ (ސަތިރީސްވަނަ ބައި)

Next

ބުނާށޭ ލޯބި ނުވަނީހޭ….5

Next
February 13, 2019

ބުނާށޭ ލޯބި ނުވަނީހޭ….5

Previews
February 13, 2019

ހަދިޔާ (ސަތިރީސްވަނަ ބައި)

14 Comments!

  1. Ushaali says:
    February 13, 2019 at 5:58 pm

    salaam all
    mi bai ves huriha kiyuntherinnah kamudhaane 🙂 🙂 kamah ummydhu kuran

  2. Aki says:
    February 13, 2019 at 5:58 pm

    hama inthizaaru ga huhta thi up kohla dhinee… thanks

    1. Ushaali says:
      February 13, 2019 at 6:23 pm

      😀 aslutha

  3. Asha says:
    February 13, 2019 at 7:55 pm

    Awww ??❤❤??

    1. Ushaali says:
      February 13, 2019 at 8:51 pm

      🙂 thankyou Asha

  4. SCARLET❤ says:
    February 13, 2019 at 8:42 pm

    Alhe dhw… vaane gothevx neyge dhn… vv curious… but vv reethi..waiting for the nxt prt???

    1. Ushaali says:
      February 13, 2019 at 8:59 pm

      🙂 thankyou so much SCARLET

  5. Nim says:
    February 13, 2019 at 9:18 pm

    Mi vaahakaige 1to8 vana parts thakeh nufenun…ushaali ge story thah v reethi masha allah❤❤v dhuvas fahun mi site ah mi vadhe lee vaahak kiyan..bt mi story ge e part thakeh nufenun..

    1. Ushaali says:
      February 13, 2019 at 9:22 pm

      ushaaly ge vaahaka’ mi page ah vadhelaba. eyrun huriha part thakeh fennaane

  6. Winks says:
    February 13, 2019 at 11:56 pm

    Alhey ushaaly haadha molhey dhw
    Btw whts ur age
    I’m 17

    1. Ushaali says:
      February 14, 2019 at 8:08 am

      🙂 thankyou so much dear
      ushaaly akee thi age ge kuda kuhjjeh 😀 😀 😀 nooney dhoony

  7. shy says:
    February 14, 2019 at 8:49 am

    1to8 nufenuney plx bunedhee bala fennaane goteh pxl

    1. Naz Naz says:
      February 14, 2019 at 9:28 am

      Fb page,,, Ushaalige vaahaka, mi page in hurihaa part eh kiyaalevey.

  8. Mal says:
    February 14, 2019 at 9:13 am

    Nice. Love it

Comments are closed.

Next Episodeދިނީ ޒަހަރު… 19←


All Right Reserved!