Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދިނީ ޒަހަރު… 17

Ushaali Level 810 Stories100 Comments100 Stories500 Comments
February 12, 2019 8 Mins Read
18 Comments

ދުރުން އިވެމުން އައި ތޫލި އަޑެއް ކަންފަތުގައި ޖެހެން ފެށުމުން ޔަޒްދާން ދެލޯ ހުޅުވާލިއެވެ. އޭނާ ތެދުވެ މޯޅިއަކަށް ދެމިލި ވަގުތު ހަށިގަނޑު ހުސްކަން އިހުސާސް ކުރެވުނެވެ. ދެފަރާތް ބަލާލއިރު އޭނާ ލައިގެން ހުރި ޓީޝާޓާއި ސޯޓް ވަކިން ފެނުމުން އިނދެވުނު ތަނެއްވެސް ނޭނގުނެވެ. އޭރުވެސް އޭނާގެ އަތުގައި އަޅާފައި އިން ގަޑިން އެލާރމް އަޅަމުން ދިޔައެވެ. ބޮލަށް އުނދަގުވެގެން އެލާރމް އޮފްކޮށްލުމަށްފަހު ސޯޓާއި ޓީޝާޓް ލައިގެން ބޭރަށް ނިކުތުމަށް އެނބުރު ވަގުތު އަރިއަކަށް ނިދާފައި އޮތް ޔަނާލް ފެނުމުން ދެފައި ހީވީ ބިންގަނޑު ދަށުން ދެމިގެން ދިޔަހެންނެވެ. ޔަނާލްގެ ދޮން ބުރަކަށި ހާމައަށް އޮތްއިރު އިތުރަށް ބަލަން ނުކެރިގެން ޔަޒްދާން ދެލޯމަރާ ބާރުކޮށްލިއެވެ. އިސާހިތަކު ޔަނާލާއި އެކު ހިނގައިދިޔަ ހުރިހާ ކަމެއް އޭނާގެ ހިޔާލީ ލޯގަނޑަށް ފެންނަން ފެށިއެވެ. ޔަނާލް އޮތްގޮތަށް ބާއްވާފައި އެތަނުން ދިޔުމަށް އޭނާގެ ޒަމީރު އެއްބަހެއް ނުވިއެވެ. އެވަގުތު އޭނާގެ ހަރުކަށިކަން އެއްފަރާތް ކޮށްލުމަށްފަހު މަޑުމަޑުން ޔަނާލް ކައިރީގައި އިށީނދެލިއެވެ. ޔަނާލްގެ ހަށިގަނޑުގައި އިނގިލި ކުރިވެސް ޖައްސާނުލާ މަޑުމަޑުން ގޮވަން ފެށިއެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަމުގެ ތެރޭގައި ނިދީގެ ފޮނިމީރުކަން އިހުސާސް ކުރަމުން ދަނިކޮށް ޔަނާލް ހޭލައްވާލީ ޔަޒްދާންގެ އަޑުންނެވެ. ހޭވެރިކަމެއް ވުމާއެކު ޔަނާލް ފުންމައިގެން ތެދުވިއެވެ. އޭނާ ދެލޯ ބޮޑުކޮށް ކުރިމަތީގައި އިން ޔަޒްދާނަށް ބަލަމުން ދިޔައީ އެންމެ ރަނގަޅަށް މަސައްކަތް ނުކުރާތީއެވެ. ދެލޮލަށް ވެރިވެފައިވާ ނިދީގެ ލޮޑުކަން އޭނާގެ ހައްޓަށް ދިޔައީ އުނދަކު ކުރަމުންނެވެ. ހަށިގަނޑުގައި ފޭރާމެއް ނެތްކަން އޭނާއަށް އެނގުނީ ޔަޒްދާން އޭނާއަށް ނުބަލަން މަސައްކަތްކުރާތަން ފެނުމުންނެވެ. އަމިއްލަ ހަށިގަނޑަށް އަވަސް ނަޒަރެއް ދިނުމަށްފަހު ދެވަނަ ސިކުންތުގައި އޭނާ ދެއަތުން ހަށިގަނޑު ނިވާކުރުމަށް އަތް އެޅިއެވެ. ދެލޮލުން ކަރުނަ ފައިބާގަތްއިރު ކުރެވުނު ކަންތައް އިހުސާސް ވެއްޖެއެވެ. އޭނާ އަންނައުނުތައް ހަށިގަނޑަށް މާހާލިއިރު ހީވީ ފާސްޓް ފޯވާރޑް އޮންކޮށްލާފައި ހުރި ހެންނެވެ. ހުރި ދިމާލުން ތިރީގައި އިށީނުމައެކު އޭނާއަށް ކަކޫމަތީގައި ބޯއަޅާފައި ރޮއެގަނެވިއްޖެއެވެ. ޔަޒްދާން ހިތުގައި ރިއްސަން ފެށިއެވެ. ޔަނާލް ރޮއަޑު އިވުމުން އޭނާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވިއްޖެއެވެ. އޭނާއަށް އޭނާގެ ނަފްސު ކޮންޓްރޯލް ކުރެވެން ޖެހޭނެއެވެ. އޭނާގެ ދެލޯ ފުރިގެން އައެވެ. ޤަބޫލުކުރަން ބޭނުންނުވިޔަސް ވީކަމެއް ނުވާކަމަކަށް ނެހެދޭނެއެވެ. އޭނާއަށް ޔަނާލްގެ ޒުވާންކަމުގެ ފައިދާ ނެގިއްޖެއެވެ.

“އަދި އެވީ ފޯ ތާރޓީ. ޓެންޓަށްދޭ. ފަތިސް ނަމާދަށް ގޮވަން ޓީޗަރުން އަންނާނެ. ޔަނާލް ނެތްކަން އެނގުމުން ކަންތައްތައް ވަރަށް ގޯސްވާނެ” ވެދިޔަ ކަންތަކާ ރޯން އިނަސް އެއްވެސް ކަމެއް ބަދަލުނުވާނެތީ ޔަނާލް އިންތަނުން ތެދުވެ ހިނގައިގަތެވެ. އެތައް ދުވަހަކު ބަލިވެ އުޅޭމީހަކު ހިނގާފައިދާ ގޮތަށް ޔަނާލް ދާން ފެށުމުން އެކަމުގެ އަސްލު ޔަޒްދާނަށް އިނގުނެވެ. އޭނާ އިސްތަށިގަނޑު ތެރޭގައި އަތް ހިންގާލުމަށްފަހު އަނެއްފަރާތަށް އެނބުރުނެވެ. ޔަނާލަށް ޓެންޓަށް ވަދެވޭނެހާއިރު ފަހުން އޭނާވެސް ހިނގައިގަތެވެ.

******************************************

ފަތިސް ނަމާދުކޮށް ނިމިގެން ފައިޒަން ދިޔައީ ޔަޒްދާންގެ ޓެންޓާއި ދިމާލަށެވެ. ޔަޒްދާން ނަމާދުގައި ބައިވެރިނުވާތީ ވީގޮތް ބަލާލުމަށެވެ. ނަމަވެސް ޓެންޓް ހުސްކޮށް އޮތްތަން ފެނުމުން ފައިޒަން ހައިރާންވިއެވެ. އެދިމާ މޫދުގައި މީހަކު ފަތާތަން ފެނިގެން ފައިޒަން ކައިރިވެލިއެވެ. އެއީ ޔަޒްދާންކަން އެނގުމުން ފައިޒަން އަތް ހޫރާލިއެވެ. އެއްގަމަށް ޔަޒްދާން އަރައިގެން އައިރު އޭނާގެ ކަސްރަތީ ހަށިގަނޑުގައި ލައިގެން ހުރި ސޯޓްވަނީ ތަތްލަވާފައެވެ. ގަހެއްގެ އޮފިގަނޑު މަތީގައި ބާއްވާފައި އޮތް ޓީޝާޓް ބޮލުން ވައްޓާލަމުން އޭނާ ފައިޒަންއާއި އަރާ ހަމަކުރިއެވެ.

“މީ ކޮންގަޑިއެއް މީހުން މޫދަށް އެރެން” ފައިޒަން އަހާލިއެވެ.

“އެއީ އެކޮޅުގަ އުޅުނުއިރުވެސް ކުރާކަމެއް. މިކަހަލަ ތަނަކަށް އާދެވުނީމަ އެރޭހިތްވީ” ޔަޒްދާން ބުނެލިއެވެ.

“ހިނގާ ސައިބޯން. ނަމާދުކުރަންވެސް ނާންނަމެއްނު. މަންމަ ބުންޏެއްނު ނަމާދަށް ފަރުވާކުޑަ ނުކުރައްޗޭ” ފައިޒަން ބުނެލިއެވެ.

“ކީއްކުރާނީ. މަޖްބޫރުވީ ފާޑަކަށް. އެކަމު މިދަނީ ނަމާދުކޮށްލަން” ޔަޒްދާން ފައިޒަންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.

“ނަނާ ވެސް ނަމާދަކަށް ނުނިކުމޭ. ނޭނގެ ވީގޮތެއްވެސް. ގޮސް ޗޭންޖްކޮށްލައިގެން އާދޭ ސަޔަށް. އެބަ އަންނަން ނަނާއަށް ވީގޮތެއް ބަލާލާފައި”  ފައިޒަން ހިނގައިގަތުމުން ޔަޒްދާންގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. އަނެއްކާ އަމިއްލަ ނަފްސު ކުށްވެރި ކުރެވެން ފެށުނެވެ. ރޭގައި ހިނގައިދިޔަ ކަންތައް ހިޔާލަށް އަންނަން ފެށިއެވެ. ޔަނާލްގެ ހަށިގަނޑު އެގޮތް މިގޮތަށް އޭނާގެ ދެއަތުތެރޭގައި ގެންގުޅެވުނު ގޮތް ލޯމަތީގައި ޕްލޭވާން ފެށުމާއެކު އޭނާ ދެފަރާތަށް ބޯހޫރާލިއެވެ.

ފައިޒަން ސައިބޯތަނަށް ދިޔައިރު ޔަނާލް އިނެވެ. މޫނުމަތި ވަނީ މިލާފައެވެ. އެއްވެސް ދިރުމެއްނެތެވެ. އޭނާގެ ހިތްވަނީ ބިރުގަނެފައެވެ. ކުރެވުނު ކަންތަކުން އެތާ ހުންނަން ބޭނުންނުވަނީއެވެ. ފައިޒަން ފެނުމާއެކު ޔަނާލްގެ ކަރުނަ ވަޅަށް ކަރުނަތައް ޖަމާވިއެވެ.

“އާރ ޔޫ އޯކޭ” ޔަނާލް ކައިރީ އިށީންނަމުން ފައިޒަން އަހާލިއެވެ. ޔަނާލް ނޫނެކޭ ބުނެލިއެވެ.

“ކުއްލިއަކަށް ފުރަން ޖެހިއްޖެ. ހުރިހާ ކުދިން އެއްޗެހިތައް ހަމަކޮށްގެން ދިހަމިނިޓް ތެރޭގައި މިތަނަށް އާދޭ” އެޑަމް ސަރ އެންގިއެވެ. ހުރިހާ ކުދިން ދިޔުމުން ޔަނާލާއި ފައިޒަން އެކަނިވިއެވެ.

“ބަނޑުގައި ރިއްސަނީ. ހޮޑުވެސް ލެވިއްޖެ. މަންމަމެން މަތިން ހަނދާންވަނީ. ބޭނުމީ އަވަހަށް ދާން” ފައިޒަން ކައިރީގައި ހަޤީޤަތް ހާމަކުރަން ޔަނާލަށް ނުކެރުނެވެ.

“ޔަނާލް ތެދުވި ގޮތަށް ހޮޑުލާން ފަށައިފި. ނުގުޅޭ އެއްޗެއް ކެވުނީ ކަންނޭނގެ ދޯ. މިހާރު އޯކޭތަ؟” ދިހެ ޓީޗަރ އަސްމާ ޔަނާލާއި ކައިރިވެލަމުން އަހާލިއެވެ. ޔަނާލް ބޯޖަހާލިއެވެ. އެވަގުތު ދަބަސް ކޮނޑުގައި އަޅުވައިގެން އައިސް ހުއްޓުނު ޔަޒްދާންގެ ފައިން ފެށިގެން ބޮލާއި ހަމައަށް ޔަނާލް ބަލާލިއެވެ. ޔަޒްދާންގެ ނަޒަރުވަނީ ސީދާ ޔަނާލަށް ހުއްޓިފައެވެ. ޔަނާލް އިސްޖަހާލިއެވެ. އެމޫނަށް ބަލާނެހާ ހިތްވަރެއް އޭނާގެ ނެތެވެ.

“ނަނާ ބަނޑުގައި ރިއްސަނީޔޯ ވަރަށް ގަދައަށް” ޔަޒްދާނަށް ބަލާލަމުން ފައިޒަން ބުނެލިއެވެ. ޔަޒްދާން ހިތުގައި ޖެހުނެވެ. ދެވަނަ ފަހަރަށް ޔަނާލަށް ބަލާލަށް އޭނާއަށް މަޖުބޫރުވިއެވެ. ޔަނާލް އިނީ އިސްޖަހައިގެންނެވެ. ޔަނާލްގެ ކޯތާފަތް ހުރަސްކޮށް ރޮނގެހެއް ތިރިއަށް ދަތރުކުރި ކަރުނަތިކި ޔަޒްދާނަށް ފެނުނެވެ. އެކަރުނަތިކި ފޮހެދިނުމަށް އޭނާގެ އަތް އުފުލާލިއެވެ. ނަމަވެސް ޔަނާލްގެ ކޯތާފަތް ފޮހެދިނީ އޭނާއެއް ނޫނޭވެ. ފައިޒަންއެވެ.

**************************************

ތުނބުން ރާގެއް އަޅުވާލައިގެން ދަބަސް ކޮނޑުގައި އަޅުވާލައިގެން އަންނަ ޖާވިދުގެ އަތުގައި ހިފާ ލުއްކެއް ޖެހިއެވެ. ނުވިސްނާ ހުރި ޖާވިދު ލުއި ފަތެއްހެން އައިނީއާއި ދިމާއަށް އެއްލިގެން ދިޔައެވެ. ލޮލުގައި އިން އަވި އައިނު ނަގަމުން ޖާވިދު އައިނީއަށް ބަލާލިއެވެ. އޭރު އެދެމީހުންނަށް ތިބެވުނީ ކެޔޮނިރު ގަސްތަކެއްގެ ނިވަލުގައެވެ.

“ކިހިނެއްވީ؟ މިހާރު އެންމެން ހަމަވެދާނެ” ޖާވިދު ބުނެލިއެވެ.

“ޕްލޭން ކުރި ގޮތަށް އެއްވެސް ކަމެއްނުވި. އަހަރެން ލޯންގޭ ބުނިވަރަށް ރުފިޔާވެސް ދިނިން. އެއީ ދޮންބެކައިރިން ރޮއެގެން ހޯދި ފައިސާ” އައިނީ ރުޅިގަދަވެފައި ބުނެލިއެވެ.

“އަހަރެން ކީތްކުރާނީ. އައިނީގެ ފޯންކޯލްގެ އިންތިޒާރުގަ އަހަރެން އޮތިން ވަރަށް ގިނައިރު ވަންދެން. އެހެން އޮށްވާ މަށަށްވެސް ނިދިއްޖެ” ޖާވިދު ބުނެލިއެވެ.

“މަށަށް ނިދުނީއޭ. އެއީ އެ ޔަނާލްގެ ކަންތައް” އައިނީ ފޫހިވެފައި ބުނެލިއެވެ.

“ދެން… މި ކޮލެޖުން އަހަރެން އެންމެ ކުރަންބޭނުންވި ކަންތައް އެއީ. އަހަރެން ހީކުރީ ރޭގައި އެކަންތައް ކާމިޔާބު ވާނެކަމަށް” ޖާވިދު ބުނެލިއެވެ.

“ދެން ހިނގާ ކޮލެޖުގަ ފާހާނާބަރީގަ މިކަން ނިންމަމާ. އަހަރެން ބޭނުން އޭނާއަށް ލަނޑެއްދޭން. ކޮންމެގޮތެއް ހަދާފައިވެސް އަހަރެން ޔަޒްދާން ބޭނުން” އައިނީ ބުނެލިއެވެ. ޖާވިދު އެކަމަށް އެއްބަސްވިއެވެ.

މާލެ އައުމަށް ދޯނީގައި އިނދެވެސް ޔަޒްދާނަށް އިރުކޮޅަކާއި ފައިޒަންގެ ކޮނޑުގައި ބޯ ލައްކޮށްލައިގެން ނިދިފައި އިން ޔާނަލަށް ބަލާލެވެއެވެ. ޔަނާލް ލައިގެން އިން މުށި ކުލައިގެ އަތްދިގު ޓޮޕްކޮޅާއި ގަދަ ނޫކުލައިގެ ސްކިނީ އޭނާއާއި ވަރަށް ގުޅެއެވެ. ޔަޒްދާނަށް ދިޔައީ ޔަނާލްގެ ބައްޓަން ރީތި ހަށިގަނޑަށް ބެލެމުންނެވެ. އޭނާ ގަސްދުގައެއްނޫނެވެ. އޭނާ އަދިވެސް ބޭނުންވަނީ ޔަނާލާއި ދުރަށްދާށެވެ.

*********************************************

ކޮޓަރިއަށް ވަދެވުމާއެކު ޔަނާލަށް އެނދު މައްޗަށް ވެއްޓިގަނެވުނެވެ. މޫނުމަތީގައި ބާލިސް އަޅާލުމާއެކު އޭނާއަށް ރޮވިއްޖެއެވެ. އޭނާގެ ހިޔާލަށް އަންނަން ފެށި މަންޒަރުތަކަކުން ހިތަށް އުނދަގުވާން ފެށިއެވެ. ރޭގެ ހަޤީޤަތް އަދިވެސް ޤަބޫލުކުރަން އޭނާ ބޭނުމެއްނޫނެވެ. ނަމަވެސް އެނޫންގޮތެއްވެސް ނެތެވެ. އޭނާގެ އާކަން މިވަނީ ކެނޑިފައެވެ. އޭނާގެ އިއްފަތްތެރިކަން ފިރިހެނެއްގެ އެންމެ ބީހިލުމަކުންމިވަނީ ހަދިޔާކުރެވިފައެވެ. އޭނާގެ ހަށިގަނޑު މިވަނީ ހިލޭ ފިރިހެނަކަށް ނީލަން ކިއިފައެވެ. އޭނާއަކީ ކޮންކަހަލަ އަންހެންކުއްޖެއް ހެއްޔެވެ؟ ދެން ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ ޔަނާލް ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ. ފެންމާގަނޑު ދޫކޮށްލައިގެން ހުރެވުނީ ކިހާ އިރެއް ވަންދެންކަމެއްވެސް ނޭނގެއެވެ.

*******************************************

މުސައްލަ މަތީގައި އިން ޔަޒްދާން ތެދުވެ ގޮސް ހުއްޓުނީ ހުޅުވާފައި ހުރި ކުޑަދޮރުކައިރީގައެވެ. ކުރެވުނު ފާފައަށް ތަޢުބާވެ ދެން އެފަދަ އަމަލެއް ނުހިންގުމަށް އޭނާ ވަރުގަދަ އަޒުމެއް ކަނޑައެޅިއެވެ. ކުއްލިއަކަށް އޭނާ ހިތަށް އައިސް ވަނީ ރިޔާޒެވެ. އޭނާވެސް އެވީ ރިޔާޒް ފަދައިންނެވެ. މައުސޫމް އަންހެންކުއްޖެއްގެ ފައދާ ނެގުނީއެވެ. ތަފާތަކީ ރިޔާޒް އެކަން ކުރީ އަންހެންކުއްޖާގެ ނުރުހުމުގައެވެ. ޔަޒްދާން އެކަން ކުރީ ދެފަރާތުން ވެސް ރުހިގެންނެވެ. ޔަޒްދާންގެ ދެލޮލުގައިވާ އުދާސްތައް ރުޅީގެ ސިފަ ހިޔާރުކުރަން ނެގީ ކުޑަ ވަގުތުކޮޅެކެވެ. އޭނާގެ ހުރިހާ ރުޅިއެއް އަމާޒުވީ ކުށެއްނެތް ޔަނާލަށެވެ. ޔަނާލް އޭނާ ނުހުއްޓުވީތީއެވެ. އެކަމަށް ޔަނާލް ދެކޮޅުނުވީތީއެވެ. އެދަންވަރު އެތަނަށް ޔަނާލް އައީތީއެވެ. އެތަނުން ދާން ޔަނާލް މަސައްކަތް ނުކުރީތީއެވެ. އޭނާގެ ހިތުން ޔަނާލްދެކެ ލޯބިވެވުނީތީ އެކަމާއެވެ. ޔަޒްދާން ރުޅިގަދަވެފައި އެނދު ކައިރިއަށް ގޮސް ފޯނު ނެގިއެވެ. ނަންބަރަކުން ގުޅަން ފެށުމުން ބަލާލިއިރު ޔަނާލެވެ. ކޮންޓެކްޓް ލިސްޓުގައި ނެތް ނަންބަރަކަށް ވިޔަސް އެ ނަންބަރަކީ މިހާތަނަށް އެންމެ ކުރިން އޭނާއަށް ދަސްވި ފޯން ނަންބަރެވެ.

“މީޓްކުރަން ބޭނުން. ތަން މެސެޖް މިކުރަނީ” ޔަނާލް ބުނެލާފައި ފޯންބޭއްވިއެވެ. ޔަޒްދާން ފޯނު އެނދުމައްޗަށް ހޫރާލިއެވެ. ޔަނާލާއި ބައްދަލުކުރަން އޭނާވެސް ބޭނުމެވެ. މުޅި އުމުރަށް ޔަނާލް އޭނާގެ ހަޔާތުން ދުރަށްލާން އޭނާ ނިންމިއެވެ. ޔަޤީނުންވެސް ދެން އެފަދަ ފާފައަކަށް އަރައިނުގަނެވޭނެތާއެވެ.

ރޭގަނޑުގެ ވަގުތެވެ. ޔަނާލް މަޑުކޮށްލައިގެން ހުރީ އެގޭ ޓެރެސްމަތީގައެވެ. ރެއިލިންގް ކައިރީގައި މަތިމައްޗަށް ހިއްލިލާފައިވާ މާލޭގެ އުސް އިމާރާތްތަކަށް އޭނާގެ ނަޒަރު ހުއްޓާލާފައިވާއިރު ސިކުނޑި ތެރޭގައި އެނބުރެމުންދަނީ ޔަޒްދާންގެ އަތުތެރޭގައި އޭނާ ވި ވަގުތުކޮޅެވެ. އެކަންތައް އޭނާގެ ސިކުނޑިން ފޮހެލަން މަސައްކަތް ކުރިނަމަވެސް ފިލައިގެން ނުދިޔައެވެ.

“ޓެލް މީ… ވަޓް ޔޫ ވޯންޓް” ޔަނާލް ސިހުނީ ދާދި ކައިރިން އިވުނު ޔަޒްދާންގެ އަޑުންނެވެ. ޔަނާލް އެނބުރި ބަލާލިއެވެ. މޭމަތިން ހުދުކުލައިގެ ހުރަސް ރޮނގުތަކެއް ދަމާފައި ހުރި ކަޅު ކުލައިގެ ޓީޝާޓުގައި ޔަޒްދާން ފެންނަނީ ވަރަށް ތާޒާކޮށެވެ. އެސަރަހައްދުގައި ހިފާލާފައިވަނީ ޔަޒްދާން ބޭނުންކޮށްފައިވާ ސެންޓްގެ ވަހެވެ. އިސްތަށިގަނޑު ފަހަތުން ދޫކޮށްލައިގެން ރަތްކުލައިގެ ބަޓަރފްލައި ހެދުމުގައި ޔަނާލް ވަރަށް ތަފާތެވެ. ޔަޒްދާނަށް އިރުކޮޅަކު ޔަނާލަށް ބަލަން ހުރެވުނެވެ.

“ރޭގައި އަހަރެމެން ދެމީހުންގެ މެދުގައި ހިނގައި ދިޔަ ކަންތައް ޔަޒްދާން ދެކެނީ ކިހިނެއް” ޔަނާލް ހިތްވަރުކޮށްލާފައި އަހާލިއެވެ. ޔަޒްދާން އެއްޗެއް ނުބުނެ އިރުކޮޅަކު ހުއްޓެވެ.

“ބުނެބަލަ؟” ޔަނާލް އަހާލިއެވެ.

“އެއީ އަހަރެން ބޭނުންވެގެން ކުރި ކަމެއް ނޫން” ޔަޒްދާން ބުނެލިއެވެ.

“ފެށީ ޔަޒްދާނެއްނު” ޔަނާލް ބުނެލިއެވެ.

“ޔަނާލްވެސް ބޭނުވެގެނެއްނު އެއީ” ޔަޒްދާން ބުނެލިއެވެ.

“އަހަރެން ކީތްކުރާނީ. އަހަރެން ކިހިނެއް ހުއްޓުވާނީ” ޔަނާލަށް ފާޑަކަށް ރޮވުނެވެ.

“ޔަނާލް ކީއްވެ އެތަނުން ނުދިޔައީ. ކީއްވެ ތިމާގެ ގައިގާ ފިރިހެނަކު ޓަޗް ކުރަން ޗާންސް ދިނީ. އެއީ ފަސްޓް ޓައިމެއްވެސް ނޫނެއްނު” ޔަޒްދާން ބުނެލިއެވެ. ޔަނާލް ޔަޒްދާނަށް ބަލާލިއެވެ. އެދެލޮލުގައި ވިދަމުން ދަނީ ކަރުނައެވެ.

“އަހަރެން ދުވަހަކުވެސް ފިރިހެނަކަށް އަހަރެންގެ ހަށިގަނޑުގައި އެނިޔަތުގައި ބީހިލުމުގެ ފުރުސަތެއް ނުދެން. އަހަރެން މިކަހަލަ ކަމެއް ކުރިން ކޮށްފައެއް ނޯންނާނެ. އިޓްސް ޔޫ. އެންމެ ފުރަތަމަ އަހަރެންގެ ހަށިގަނޑު…. ކީއްވެ ޔަޒްދާން އެކަން ކުރީ” ޔަނާލަށް ބުނެވުނެވެ.

“އަހަރެން ކުށްވެރި ތިކުރަނީ ކީއްވެ؟ ކުށްވެރިއަކީ ޔަނާލް. ޔަނާލް ކީއްވެ އެތަނުން ނުދިޔައީ” ޔަޒްދާން ބުނެލިއެވެ.

“އަހަރެން ދިޔަނުދީ ހިފެހެއްޓީ ޔަޒްދާން. ކީކޭ ބުނީ. އެޑަމްސަރ ހޭލާ އެބައުޅެޔޭ. ޓެންޓަށްދާނެ ކަމެއް ނެތޭ” ޔަނާލަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.

“އަހަރެން ދެން ކިހިނެއް ހަދާނީ” ޔަނާލް ބުނެލިއެވެ.

“ހަނދާންނައްތާލާ އެކަންތައް މަތިން. އަހަރެން ކުށްވެރިކުރާއިރު ޔަނާލަށް ހަމަ ގަދަހަދާފައިވެސް ދެވޭނެ ދޯ. އަހަރެންވެސް މީ ފިރިހެނެއް” ޔަޒްދާން ބުނެލިއެވެ. އޭނާ ޔަނާލަށް ފުރަގަސްދިނެވެ.

“ފަހުންވެސް ދާން އަހަރެން މަސައްކަތް ކުރީމޭ. އެކަމަކު ދާންގެ ބީހުންތައް އަހަރެން މޮޔަކުރުވީ. އަހަރެންވެސް ބޭނުންވީ. އަހަރެން ކިހިނެއް ދާންއަށް ނޯ އޭ ބުނާނީ” ޔަނާލް ބުނެލިއެވެ. އޭނާއަށް ވާހަކަދެއްކުނީ ޔަޒްދާނަށް ފުރަގަސް ދެމުންނެވެ.

“ކީއްވެ އަހަރެން؟” ޔަޒްދާން އަހާލިއެވެ.

“ކޯޒް އައި ލަވް ޔޫ ޑޭމިޓް” ޔަނާލަށް ޔަޒްދާންގެ މޭގައި ތަޅައިގަނެވުނެވެ. އޭނާއަށް ރޮވުނު ވަގުތު ޔަޒްދާންގެ މޭގައި ބޯއަޅާލެވުނެވެ. ބުނާނެ އެއްވެސް އެއްޗެއް ޔަޒްދާންގެ ދުލަކަށް ނައެވެ. ޔަނާލް އޭނާދެކެ ލޯބިވާކަމެއް ކުރިއަކުން އޭނާއަށް އެނގިފައެއް ނެތެވެ. އަދި މިހާތަނަށް އޭނާގެ ކުރިމަތީގައި ހުރެ އެއްވެސް އަންހެންކުއްޖެއް އޭނާދެކެ ލޯބިވާކަން ހާމަކޮށްފައެއް ނުވެއެވެ. ޔަނާލް ދެކޮނޑުގައި ހިފާ ދުރުކޮށްލުމަށްފަހު ޔަޒްދާން ފަހަތަށް ޖެހުނެވެ.

“ބަޓް އައި ޑޯޏްޓް” ޔަޒްދާން ބުނެލިއެވެ. ޔަނާލް އިސްއުފުލާ ޔަޒްދާނަށް ބަލާލިއެވެ. ޔަޒްދާން މަސައްކަތްކުރީ ޔަނާލާއި ހަތަރުކަޅި ހަމަނުކުރުމަށެވެ.

“އެހެންނަހަދާ. ބޭނުމީ ދާންއާއި މެރީކުރަން. އަހަރެން ދުވަހަކުވެސް މިގޮތަށް ނުރޮން. އެންމެފަހުން ރުއި ދުވަހެއް ހަނދާނެއްވެސް ނެތް” ޔަނާލް ބުނެލިއެވެ.

“ސޮރ” ޔަޒްދާން ހިނގައިގަތެވެ. ތަންކޮޅަކަށް ދިޔުމަށްފަހު އޭނާ ހުއްޓުނެވެ.

“އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ޔަނާލް ކީތްކުރަން ދިވެހި އެއްވެސް އަންހެންކުއްޖަކަށް ޖާގައެއްނެތް. އަހަރެން ވަރަށް އަވަހަށް ފުރާނަން” ޔަޒްދާން ބުނެލުމަށްފަހު ދިޔައެވެ. ޔަނާލަށް ބާރަށް ރޮއެގަނެވުނެވެ. އޭނާގެ އަމިއްލަ ހަޔާތާއި ޝަކުވާ ކުރެވެން ފެށުނެވެ. އޭނާ ޖެހޭނީ އެކަންތައް ހަނދާން ނައްތާލާފައި ކުރިއަށްދާށެވެ.

ކާރަށް އެރުމަށްފަހު ޔަޒްދާން ކުރިއަށް ދުއްވާލިއެވެ. ފުރަތަމަ ފަހަރަށް އަންހެން ކުއްޖަކަށްޓަކައި އޭނާގެ ދެލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ. އޭނާ އެއްއަތުން ފޮހެލިއެވެ. ޔަނާލްގެ ރޮވިފައިވާ މޫނު އޭނާގެ ހިތަށް ފެންނަމުންދާ ވަރަކަށް ސްޕީޑް ދިޔައީ ބާރު ކުރަމުންނެވެ. އެންމެފަހުން އޭނާ ވަކި ހިސާބަކުން ބުރަކި ޖެއްސިއެވެ. ހުންގާނު މަތީގައި ބޯއަޅާލީ އޭނާއަށް ދެން ކުރިއަށް ނުދެވުމުންނެވެ.

“ސޮރީ ޔަނާލް. އަހަރެން ހަމަ މިވީ އަހަރެންގެ ބައްޕައަށް. ބައްޕަވެސް މަންމަގެ ފަރާތުން އުފާތަކެއް ހޯދާފައި މަންމަ ދޫކޮށްލީ. އަހަރެން ބޭނުމެއްނޫން ތިއާއިލާ ތެރެއަށް ވަދެގަންނާކަށް. އަހަރެން މަސައްކަތްކުރަނީ ޔަނާލައި ދުރަށްދާން. މިކަންތައް ހަނދާންނައްތާލާފައި ކުރިއަށްދޭ. އަހަރެން ލޯބިވާކަށް ބޭނުމެއްނޫން. އަހަރެންގެ ދިރިއުޅުމަށް ލޯބި ބޭނުމެއްނޫން. ބޭނުމެއްނޫން” ޔަޒްދާނަށް އަމިއްލަ ނަފްސާއި ވާހަކަދެކެވެމުން ދިޔައެވެ.

************************************************

“ކީކޭ؟ ދަނީއޭ؟ ކޮންތާކަށް؟ ކީއްވެ؟” ކުލްޝޫމް ވާހަކަދެއްކީ އޭނާގެ އެނދުމަތީގައި އިށީނދެގެން އިން ޔަޒްދާނާއެވެ.

“އިޓަލީއަށް” ޔަޒްދާން ބުނެލިއެވެ.

“މަންމައަށް އަހާލެވިދާނެތަ ސަބަބެއް. މަންމަ ގޯހީތަ؟ ނޫނީ ޔަޒްދާންގެ މިނިވަންކަމަށް ހުރަސްއެޅެނީތަ؟” ކުލްޝޫމް ދެރަވެފައި އަހާލިއެވެ.

“ނޫން ނޫން…. ނޭނގެ ވާގޮތެއް” ޔަޒްދާން ދެއަތުތެރޭގައި މޫނު ފޮރުވާލިއެވެ.

“ކަންތައްތަކާއި ދިމާވާނެ. ނަމާދުން ހިތްވަރު ހޯދާނީ. ދާންގެ ސިކުނޑި ތެރޭގައި އެނބުރެނީ ކޮންކަމެއްކަން މަންމައަށް ނޭނގޭ. އެކަމަކު ދަރިފުޅުގެ ހިތުގައި މި މަންމައަށްޓަކައި ކުޑަވެސް ލޯތްބެއްވާނަމަ މަންމަ ދޫކޮށްފައި ނުދޭ” ކުލްޝޫމް ޔަޒްދާންގެ އިސްތަށިގަނޑުގައި ފިރުމަމުން ބުނެލިއެވެ.

***********************************************

އެއްމަސް ފާއިތުވެގެން ދިޔައިރު ވެސް ޔަނާލްގެ ހިތާމަތަކަށް ނިމުމެއް ނާދެއެވެ. ޔަޒްދާން ފެންނަ ހިސާބަށް ދިޔުން އޭނާ ހުއްޓާލިއެވެ. ފައިޒަންއާއި އެކުގައި އެއްގޮތަކަށްވެސް އެގެއަށް އޭނާ ނުދޭއެވެ. ފައިޒަން ޖެހެނީ އަބަދުވެސް އެގެއަށް އަންނާށެވެ. މިވީ މަދު ދުވަސްކޮޅުގައި ޔަނާލްގެ އެ ހުންނަ މަޖާގޮތްގަނޑާއި ޅަ ގޮތްގަނޑު އެއްކޮށް ވަނީ ކެނޑިފައެވެ. އޭނާ އެދެނީ ޔަޒްދާނަށެވެ. އޭނާގެ ހަޔާތަށް އުފާވެރިކަމެއް ގެނެވޭނީ ޔަޒްދާނަށެވެ. އެކަނިވެއްޖެނަމަ އޭނާގެ ކަމަކީ ރުއިމެވެ.

އެއްދުވަހެއްގެ އިރާކޮޅުގެ ވަގުތެވެ. އެމަހުގެ ސައިކަލް މިސްވެގެން ދިޔުމުން ޔަނާލްގެ ސިކުނޑި ވަނީ ގޮވަން ކައިރިވެފައެވެ. އޭނާ ވިސްނާ ވިސްނާ  ހުންނަނީ އަބަދުވެސް ރޮވިފައެވެ. ފޯނު ނަގައިގެން އެނދަށް އަރާ ޕްރެގްނެންސީއާއި ބެހޭގޮތުން މައުލޫމާތު ހޯދަންފެށިއެވެ. މާބަނޑު މީހަކަށް ފެންނާނެ ކަމަށް އޭގައިވާ ހުރިހާކަމެއް ޔަނާލަށް އަންނަނީ ކުރިމަތިވަމުންނެވެ. ހާސްކަމުގައި ޔަނާލް ދެކޮޅަށް ހިނގަމުން ދަނިކޮށް އެކޮޓަރިއަށް އައިސް ވަނީ ފައިޒަންއެވެ.

“ކަމެއްވީތަ؟ ހާދަ ބިރެއްގަނެފަ” ޔަނާލް ހުރިގޮތުން ފައިޒަން އަހާލިއެވެ. ޔަނާލް ކަންބޮޑުވެފައި ބަލާލީ ފައިޒަންގެ މޫނަށެވެ. އަދި ބާރަށް ހިނގާފައި ގޮސް ދޮރުލެއްޕުމަށްފަހު އެތެރެއިން ތަންޑުއެޅުވިއެވެ.

“ފައި މަށަށް ކަމެއް ކޮށްދީފާނަން” ފައިޒަންގެ ކުރިމަތީގައި ހުއްޓިލަމުން ޔަނާލް އަހާލިއެވެ. ނުވިސްނާހުރި ފައިޒަން އަވަހަށް ބޯޖަހާލިއެވެ. އޭނާ ބޭނުންވަނީ ދިމާވެގެން އެއުޅޭ ކަންތަކުގައި ޔަނާލަށް އެހީތެރިވާށެވެ.

“އަން. އެންމެ ކައިރި ފާމަސީއަކުން މަށަށް ކިޓެއް ގަނެގެން ގެނެސްދީބަލަ” ފައިޒަންގެ އަތަށް ރުފިޔާ ލައިދެމުން ޔަނާލް ބުނެލިއެވެ.

“ކޮންކަހަލަ ކިޓެއް. ސްވިމިގް ކިޓެއްތަ؟” ފައިޒަންއަށް މަޖާވިއެވެ.

“ފައި. ވެރީ ފަނީ… ޕްރެގްނެންސީ ޓެސްޓް ކިޓެއް” ފައިޒަންގެ ދެލޮލަށް ޔަނާލް ބަލަން ހުރިއރު އެދެލޯ ވަނީ ކަރުނުން ފުރިފައެވެ.

“ވަޓް؟” ފައިޒަން ތެޅިގަތެވެ.

“ޔެސް… އައި ތިންކް އައެމް ޕްރެގްނެންޓް. ޖަސް ވޯނަ ކޮންފަރމް. އަހަރެން ފައިއަށް ހުރިހާ އެއްޗެއް ކިޔާދޭނަން. އިހަށް މިކަން ކޮށްދީބަލަ” ޔަނާލް ބުނެލިއެވެ. ފައިޒަން ނިކުމެގެން ދިޔައިރު އެންމެ ރަނގަޅަށް އޭނާގެ ސިކުނޑި މަސައްކަތެއް ނުކުރެއެވެ.

ނިކުމެގެން ދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފައިޒަން އައީ ޔަނާލް ބޭނުންވި އެތި ގަނެގެންނެވެ. ހާސްކަމާއެކު ކޮޓަރީގައި ހުރެ ދެކޮޅަށް ހިނގަމުން ދިޔަ ޔަނާލަށް ކޮޓަރިއަށް ވަތް ފައިޒަން ފެނުމާއެކު ގޮސް ހުއްޓުނީ ކުރިމަތީގައެވެ. ޖީބަށް އަތްލުމަށްފަހު ކޮތަޅު ޔަނާލް އަތަށް ދިއްކޮށްލިއިރު ފައިޒަންގެ މޫނުމަތިން ފެންނަނީ ހިތާމައިގެ ކުލަވަރުތަކެވެ.

ފަސްމިނިޓްގެ ވަގުތުކޮޅަކަށްފަހު ފާހާނާއިން ނިކުތް ޔަނާލްގެ މޫނުމަތި ވަނީ މިލާފައެވެ. ދިރުމެއް ނެތް މައްޔިތެއް ފަދައިން ޔަނާލް ވެއްޓިޖެހުނީ ފާހާނާއިގެ ދޮރު ބުޑަށެވެ. ފައިޒަން ދުމެއް ޖަހާފައި އެދިމާލަށް ގޮސް ޔަނާލް ނެގިއެވެ. އަދި ގޮވައިގެން އައިސް އެނދުގައި ބޭންދިއެވެ.

“ފައި. އައެމް ޕްރެގްނެންޓް. ދެން ކިހިނެއް ހަދާނީ” އޭނާގެ ލޮލުން ދިޔައީ ހުއްޓުމެއްނެތި ކަރުނަ އޮހެމުންނެވެ.

“ތިއީ ކޮންއިރަކު ނަނާ ކުރިކަމެއް. ކިހާ ދެރަ” ފައިޒަން ބުނެލިއެވެ. ޔަނާލެކޭ އެއްގޮތަށް ފައިޒަންއަށް ވެސް އިނީ ރޮވިފައެވެ.

“ވަރަށް ބިރުގަނޭ. މަންމަ އާއި ބައްޕައަށް އެނގިއްޖިއްޔާ ވާނެގޮތެއްވެސް ނޭނގޭ. ބޭބީއެއް ގެންގުޅެންވެސް ނޭނގޭ” ޔަނާލް ރޮމުން ވާހަކަދައްކަމުން ދިޔައެވެ.

“ދެރަނުވޭ. ތި ބޭބީގެ ބައްޕައެއްވެސް ހުންނާނެއްނު. ކާކުތަ އެއީ؟” ފައިޒަން ބުނެލިއެވެ. ވަގުތުން ޔަނާލް ކޮޅަށް ތެދުވިއެވެ. ޔަޒްދާނާއި ބައްދަލުކުރަން މިހާރުން މިހާރަށް އޭނާ ބޭނުމެވެ.

“ފައި އަހަރެން އޭނައާއި މީޓްކޮށްފަ ހުރިހާ ވާހަކައެއް ކިޔާދޭނަން” ފޯނަށް ބަލަން އިނދެ ޔަނާލް ބުނެލިއެވެ. އޭރު އޭނާ އިނީ ޔަޒްދާނަށް މެސެޖްކޮށްފައި ރިޕްލައިއެއްގެ އިންތިޒާރުގައެވެ.

“ފައި! ޕްލީޒް މިކަންތައް އަދި ސިއްރުކޮށްދެއްޗެ” ފައިޒަންގެ އަތުގައި ހިފާލަމުން އާދޭހުގެ ރާގެއްގައި ޔަނާލް ބުނެލިއެވެ.

“އަހަރެން ފުރާނަދިޔަސް ނަނާގެ އެއްވެސް ކަމެއް ބޭޒާރެއް ނުކުރާނަން. ނަނާ އަހަރެންގެ ހެލްޕެއް ބޭނުންވިއްޔާ ބުނައްޗެ” ޔަނާލް ގައިގާ ބައްދާލަމުން ފައިޒަން ބުނެލިއެވެ.

**********************************************

އެރޭ ނުވައެއް ޖަހާލީހާއިރު ޔަނާލް އިނީ ރަސްފަންނުގައި ބަހައްޓާފައި ހުރި ޖޯއްޔެއްގައެވެ. އިރުކޮޅަކުން އެދިމާލަށް މަޑުމަޑުން ހިނގާފައި އަންނަ ޔަޒްދާން ފެނުމުން ޔަނާލްގެ ހިތް ރޯލިއެވެ. އޭނާއަށް އަމިއްލަ ބަނޑުގައި އަތުން ފިރުމާލެވުނީ އޭނާއަށް ޔަޒްދާން ދެކެ ވެވިފައިވާ ތެދުވެރި ލޯބީގެ ނިޝާން އޭނާ ރަހިމުގެ ތެރޭގައި ވިންދުޖަހަން ފެށިކަން އެނގުމުންނެވެ. އޭނާ އިން ޖޯއްޔާއި އެއް ޖޯލި ދޫކޮށްފައި ޔަޒްދާން އިށީނީ ކަރުނަވީ ލޮލަކުން އޭނާއަށް ބަލަހައްޓައިގެން ޔަނާލް އިންދައެވެ. ދުރުން ބަލާ މީހަކަށް އެއީ އެކުގައި ތިބި ދެމީހުންކަން ފަހުމް ނުވާގޮތަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ހިތި ހަނދާން

Next

ހިތި ހަނދާން ( ފަހުބަޔާއި އެކު )

Next
February 13, 2019

ހިތި ހަނދާން ( ފަހުބަޔާއި އެކު )

Previews
February 11, 2019

ހިތި ހަނދާން

18 Comments!

  1. Ushaali says:
    February 12, 2019 at 6:19 pm

    Salaam.
    ummydhu kuran mi bai ves kiyuntherinnah kamudhaane kamah 🙂

  2. Aki says:
    February 12, 2019 at 7:05 pm

    alhe haadha reethi part e mee…. adhi mirey one part up kohla dheebaa pls pls

    1. Ushaali says:
      February 12, 2019 at 7:36 pm

      thankyou so much Aki 🙂
      maadhama dhn in part kiyaalan libeyne. insha allah 🙂

  3. Sumaana says:
    February 12, 2019 at 7:13 pm

    Varah reethi masha Allah. When next part?

    1. Ushaali says:
      February 12, 2019 at 7:37 pm

      thankyou so much Sumaana 🙂
      maadhama. insha allah 🙂

  4. SCARLET says:
    February 12, 2019 at 8:05 pm

    Mi Yazdhaan vx dhw… goiyy dhookuran vaanennu??loabi eaky vevey ehchkey.. Btw stry haadha reehchey.. vvv salhi.. luv it???

    1. Ushaali says:
      February 12, 2019 at 8:44 pm

      🙂 thankyou so much SCARLET
      Yaxdhaan size ah annaane vr avahah

  5. Leen says:
    February 12, 2019 at 8:08 pm

    V reethi.waitinh for next part.

    1. Ushaali says:
      February 12, 2019 at 8:45 pm

      🙂 thankyou so much Leen

  6. Ina Inaya says:
    February 12, 2019 at 8:50 pm

    V reethi

    1. Ushaali says:
      February 13, 2019 at 4:54 pm

      🙂 thankyu Ina Inaya

  7. Lara says:
    February 12, 2019 at 9:34 pm

    Hey author. The story is fabulous. ♥️ Where can I read the previous parts. In fenvaru online it’s just the second part only.
    Plus keep going like this. I really like your story.

    1. Ushaali says:
      February 13, 2019 at 4:57 pm

      🙂 🙂 fenavru ga innaany 5 r hamayah. face book page eh innaane ‘ushaaly ge vaahaka” kiyaa. page ah vanyma kiyaaleveyne huriha episode thakeh

  8. Kai says:
    February 12, 2019 at 9:57 pm

    Ushaali ge furaanadhandhen e story ge new oarteh genes dheynee kon irakun

    1. Ushaali says:
      February 13, 2019 at 4:55 pm

      one ah fonuvaafa innaany. minhaa ah gulhaafa ahaalan v kannenge

  9. faza says:
    February 13, 2019 at 12:04 pm

    next part up kohla dheebaa

    1. Ushaali says:
      February 13, 2019 at 4:55 pm

      mi kollany

  10. eddy121 says:
    February 13, 2019 at 5:24 pm

    Next part avas kohlaba

Comments are closed.

Next Episodeދިނީ ޒަހަރު…. 18←


All Right Reserved!