Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވިންދޭ ލޯބި ތީ އެދޭ 28

ifoo Level 910 Stories100 Comments100 Login500 Login500 Comments100 Stories1K Comments
February 14, 2019 8 Mins Read
67 Comments

ހަތް އަހަރު ފަސް……….

ކަޅު ކުލައިގެ ޓެކްސީ އައިސް މަޑުކޮށްލީ ފަސް ބުރިއަށް ނަގާފައިވި އިމާރާތެއްގެ ކުރިމައްޗަށެވެ. ޓެކްސީ މަޑުކޮށްލުމާއެކު އޭގައި އިން އަންހެން ކުއްޖާ ޓެކްސީގެ ޑްރައިވަރަށް ފައިސާ ދެއްކުމަށްފަހު ޓެކްސީއިން ފޭބިއެވެ. އެކުއްޖާ ލައިފައިވަނީ ކަޅު ކުލައިގެ ގަޔަށް ދޫ ހެދުމެކެވެ. ހެދުމުގެ އަތުކުރިއަށް ހިމަ ރަބަރެއްލައްވާފައިރު ހެދުމުގެ ސީދަލަށް މެދުން ހުދު ކުލައިގެ ޖަވާހިރު ތަކެއްފަދަ އެއްޗެއް ހަރުކުރެވިފައިވުމުން ވަރަށް ރީތިކަމަށް ދައްކައެވެ. ބޮލުގެ އިސްތަށިގަނޑާއި މޭމަތި ރަނގަޅަށް ނިވާވާނޭހެން ކަޅު ކުލައިގެ ޝޯލް ރީތި ގޮތަކަށް އޮޅާފާވީއިރު އެދޮން މޫނު މަތީގައި ކޮށްފައިވި ލުއި މޭކަޕުން އިތުރަށް ފުރިހަމަ ކޮށްދެއެވެ. ޓެކްސީއިން ފޭބުމަށްފަހު އެއަންހެން ކުއްޖާ އޭނަގެ ކުރިމަތީގައި ހުރި ފަސް ބުރީގެ އިމާރާތަށް ނަޒަރު ހުއްޓާލިއެވެ. އެއާއެކު ފިޔާތޮށި ކުލައިގެ ލިޕްގްލޮސް އިން ފަވާލެވިފައިވި ތުނި ދެތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އިމާރާތުގައި ވަނީ މަޑު ނޫ ކުލައެއްގެ ބިއްލޫރި ޖަހާފައެވެ. ބަލާބެލުމަށް ވަރަށް ހިތްގައިމެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އެއަންހެން ކުއްޖާ އޭނަގެ ވައަތު ކޮނޑުގައި އަޅުވާފައިވި މުށި ކުލައިގެ ދަބަސް ރަނގަޅު ކޮށްލަމުން އެއިމާރާތުގެ އެތެރެއަށް ވަނުމަށް ހިނގައިގަތެވެ. އާދައިގެ ހިނގުމެއްގައި ގޮސް އެއަންހެން ކުއްޖާ މަޑުކޮށްލީ ރިސެޕްޝަން ކައިރީގައެވެ. އެއަންހެން ކުއްޖާ އައިސް ހުއްޓުމާއެކު ރިސެޕްޝަންގައި އިން އަންހެން ކުއްޖާ ހިނިތުންވެލަމުން ފައިލެއް ދިއްކޮށްލިއެވެ. އެއާއެކު ރައްދުގައި އެއަންހެން ކުއްޖާވެސް ހިނިތުންވުމެއް ރައްދުކޮށްލަމުން ފައިލުގައި ހިފާ އޭގާ ކޮންމެވެސް އެއްޗެއް ލިޔުމަށްފަހު ސޮއި ކުރިއެވެ. އަދި އަނބުރާ ރިސެޕްޝަންގައި އިން އަންހެން ކުއްޖާއަށް ފައިލް ދިއްކޮށްލިއެވެ. ” އަޝޫ… ނައުޝާދު ސާރ ބުނި ކެބިންއަށް ގޮސްބަލާށޯ… އަޝޫ އައުމުން ސާރގެ ކެބިންއަށް ދިޔުމަށް ބުނާށޭ ބުނި… ” އޭނަގެ ފަހަތުން ކުއްޖަކު ވާހަކަ ދެއްކި އަޑަށް ފައިލް ދިއްކޮށްލައިގެން ހުރި އަޝްރާ ފަސްއެނބުރި ބަލައިލިއެވެ. ” އޯކޭ… އައިމް ކަމިން… ” ހިނިތުންވެލަމުން އަޝްރާ އެހެން ބުނެ އިނގިލީގެ ނިޝާން ޖަހާ ޗެކިން ވުމަށްފަހު ލިފްޓާ ދިމާލަށް މިސްރާބުޖެހިއެވެ. ލިފްޓަށް އަރާ ފަސްވަނަ ފިތައް އޮބާލިއެވެ. އެއާއެކު ލިފްޓް މައްޗަށް އަރަން ފެށިއެވެ.

ލިފްޓް ގޮސް ފަސްވަނަ ބުރިއަށް ހުއްޓުމާއެކު އަޝްރާ ލިފްޓުން ފައިބާ ނައުޝާދުގެ ކެބިންއަށް ދިއުމަށް ހިނގައިގަތެވެ. ” ގުޑް މޯނިން ސާރ…” ހިނިތުންވެލަމުން ކެބިންގެ ތެރެއަށް ވަންނަމުން އަޝްރާ ބުނެލިއެވެ. ” ގުޑް މޯނިން އަޝޫ… ” ނައުޝާދުވެސް ހަމަ އެފަދައިން ހިނިތުންވެލަމުން ޖަވާބުދިނެވެ. ” ސާރ އަޅުގަނޑު ގާތު ކެބިންއަށް އައުމަށް ބުނީމަ މިއައީ… ” މޭޒު ކައިރިއަށް އައިސް ނައުޝާދުގެ ކުރިމައްޗަށް ވާނޭހޭ ހުއްޓިލަމުން އަޝްރާ ވާހަކަ ދެއްކިއެވެ. ” ހޫމް… ސްޓާފުންނާ ހިއްސާކޮށްލަން ޖެހޭ ވަރަށް މުހިއްމު ކަންތައްތަކެއް އެބަހުރި… އެކަންތައް ހިއްސާކޮށްލުމަށާ އަދި ވަރަށް ޚާއްސަ އެނައުސްމެންޓެއްވެސް އެބަ ކުރަންޖެހޭ… އެހެންވެ ސްޓާފުންނަށް އަންގާލާ ނުވައެއް ޖަހަންވާއިރަށް މީޓިން ހޯލް ތައްޔާރުކޮށްލާށޭ ބުނަން… ” ނައުޝާދު އެހެން ބުނުމާއެކު އަޝްރާ ކިޔަމަންތެރިކަމާއެކު ބޯ ޖަހާލިއެވެ. ދެންް ދިޔަޔަސް އެންމެ ރަނގަޅު ކަމުގައި ބުނުމުން އަޝްރާ ކެބިންއިން ނިކުމެ ސްޓާފުންނަށް މެސެޖަކުން މީޓިން އޮންނަކަން އެންގިއެވެ. އެއަށްފަހު މީޓީން ހޯލު ތައްޔާރުކުރާނޭ ގޮތް މަސައްކަތު މީހަކަށް ބުނެދިނުމަށްފަހު ނުވައެއްގެ ކުރިން ތައްޔާރުކޮށް ފޮނުވަންޖެހޭ ލިތުންތައް ތައްޔާރުކުރުމަށްޓަކައި އޭނަގެ އަމިއްލަ ކެބިންއަށް ގޮސް އެމަސައްކަތް ފެށިއެވެ. އަށްގަޑި ތިރީސް ފަހެއް ހިނގިއިރު ފޮނުވަންޖެހޭ ލިޔުންތައް ތައްޔާރުކުރެވުމާއެކު އަޝްރާ ލިޔުންތައް ހިފައިގެން ގޮސް ނައުޝާދުގެ ކެބިންއަށް ވަނެވެ. ނައުޝާދު ލިޔުންތައް ޗެކުކޮށް ސޮއި ކުރުމާއެކު އަނބުރާ އެލިޔުންތައް ހިފައިގެން އަޝްރާ ނައުޝާދުގެ ކެބިންއިން ނިކުމެ އޭނަގެ ކެބިންްއަށް ދިޔައެވެ. ކެބިންއަށް ގޮސް އެލިޔުންތަކުގައި އޭނާވެސް ސޮއި ކުުރުމަށްފަހު ކުންފުނީގެ ތައްގަނޑު ޖަހާ ސްކޭންކޮށް ފޮނުވަންޖެހޭ ފަރާތުގެ މެއިލްއަށް ފޮނުވާލިއެވެ. އެއަށްފަހު މީޓިން ހޯލަށް ގޮސްް ހުރިހާ ކަމެއް ރަނގަޅަށް ތައްޔާރުވެފައި ހުރިތޯ ބެލިއެވެ.

އަށްގަޑި ފަންސާސް ފަހަކަށްވުމާއެކު ސްޓާފުން މީޓިން ހޯލަށް ޖަމާވިއެވެ. ނުވައެއް ޖެހުމާއެކު މީޓިން ފެށިގެން ދިޔައެވެ. ރަޝީދު އެކި ކަންކަން ހިއްސާކުރަމުން ގޮސް ވަރަށް މުހިއްމު ކަމެެއް އަދި ހިއްސާކޮށްލަން އޮތް ވާހަކަ ބުނެލުމާއެކު ހުރިހާ އެންމެންވެސް އެކަމެެއް އެނގެން ބޭނުންވިއެވެ. ”މިހާރު އަޅުގަނޑު މިދާއިރާގައި މަސައްކަތް ކުރާތާ ވަރަށް ގިނަ އަހަރުތަކެެއް ވެއްޖެ… މިހާރު ދެން ބޭނުންވަނީ މިކަމުން ބޮޑަށް އެއްފަރާތްވެލަން… މިހެން ފާހަގަކުރި ނަމަވެސް ކޮންމެވެސް ވަރަކަށް އަދިވެސް މި މަސައްކަތުގަ އުޅޭނަން… އެހެނަސް އިސްކޮށް ހަރަކާތްތެރިވާނީ އަޅުގަނޑެއް ނޫން… ދެން މި ކުންފުނި އިސްކޮށް ހިންގާ ބަލަހައްޓާނީ އަޅުގަނޑުގެ ދަރިފުޅު ނާއިލް… މާގިނަ ދުވަހެއް ނުވެ ނާއިލް އޮފީހުގެ ކަންކަމާ ހަވާލުވާނެ… ނާއިލްގެ ދަށުން މަސައްކަތްކުރާނީ ނައުޝާދު… ” ބައްދަލުވުމުގެ ޔައުމިއްޔާ ލިޔަމުން ދިޔަ އަޝްރާގެ ހަރަކާތްތައް ރަޝީދުގެ އެވާހަކައިން ވަގުތުން ހުއްޓުނެވެ. ދެލޯ ބޮޑުކޮށްލައިގެން އެއްވެސް ހަރަކާތެއްނެތި އަޝްރާއަށް އިނދެވުނެވެ. ކުންފުނި ހިންގުމާ ނާއިލް ހަވާލުވާނަމަ ދެން ކޮންމެ ދުވަހަކު އުޅެން ޖެހޭނީ ނާއިލްގެ ކުރިމަތީގައެވެ. ފަޒީފާގެ މާހައުލުގައި އެކަކު އަނެކަކާ ވާހަކަ ނުދައްކައެއްވެސް ނުވާނެއެވެ. ވޭތުވެދިޔަ ހަތް އަހަރު ތެރޭގައި އޭނަ އާއި ނާއިލްއާ ދެމެދު ވަނީ ބޯމިން ނޭނގޭ ފާރެއް ލެވިފައެވެ. ދެމީހުން އެކަކު އަނެކަކަށް ނުފެންނަތާވެސް އަހަރުތަކެެއް ވެއްޖެއެވެ. ނާއިލްގެ ކުރިމައްޗަށް އަންނަން ޖެހޭކަން އެނގުންވުމުން ހިތް އެވަގުތުވެސް ނުތަނަވަސްވިއެވެ. އެކި ވިސްނުންތަކުން އަޝްރާގެ ސިކުނޑި ހާސްކުރުވަމުން ދިޔައެވެ. ގަދަކަމުން ނަމަވެސް އެ ވިސްނުންތައް މިވަގުތައް އެއްފަރާތް ކޮށްލުމަށްފަހު މީޓިންގައި ދެކެވެމުންދާ ވާހަކައަށް އޭނާ ސަމާލުކަން ދެވޭތޯ މަސައްކަތްކުރިއެވެ. އެއްގަޑިއިރަށް ދިގު ދެމިގެންދިޔަ ބައްދަލުވުން ނިމުމާއެކު ސްޓާފުން މީޓިން ހޯލުން ނިކުންނަން ފެށިއެވެ. އެންމެންގެ ފަހަތުން އަޝްރާވެސް ނިކުންނަން ހިނގައިގަތެވެ. އެހެނަސް އެވަގުތު އަޝްރާގެ ހިނގުން ހުއްޓުނީ ރަޝީދު އޭނަގެ ނަމުން ގޮވާލަމުން އޭނަގެ ގާތަށް އައުމަށް ބުނުމުންނެވެ. ” ޔޭސް ސާރ… ” އަޝްރާ ފަސްއެނބުރި ހިނިތުންވެލަމުން ބުނެލިއެވެ. އަދި އާދައިގެ ހިނގުމެެއްގައި އައިސް ރަޝީދުގެ ކުރިމަތީގައި ހުއްޓުނެވެ. ” އަޝްރާ… ބޭބެ ބުނަމެއްނު މީހުން އެހާ ގިނައިން ނެތް ވަގުތުތަކުގަ ބޭބެ ކިޔާށޭ… އަޝްރާ އަކީ ހަމަ ބޭބެގެ ދަރިއެއްފަދަ ކުއްޖެކޭ… ” ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާކުރަމުން ރަޝީދު ވާހަކަ ދެއްކިއެެވެ. އެއާއެކު އަޝްރާވެސް ލުއި ހިނިތުންވުމަކާއެކު ބޯ ޖަހާލިއެވެ. ” ބޭބެ ކުރިންވެސް މިބުނިހެން ދެން މާގިނަ ދުވަހެެއްނުވެ ނާއިލް އޮފީސް ހިންގުމާ ހަވާލުވާނެ… ބޭބެ ބޭނުންވަނީ ނާއިލްގެ ޕީއޭގެ މަޤާމަށް އަޝްރާ ބަދަލުވާން… އަޝްރާއަށް މިހާރު އޮފީހުގެ ކަންތައްތައް ވަރަށް ރަނގަޅަށް އިނގޭނެ… ނާއިލް އަލަށް އޮފީހާ ޖޮއިންކުރާއިރު އާ ކުއްޖަކު އެ މަޤާާމަށް ނެގީމަ އޭނައަށް އުނދަގޫވެދާނެ… އަދި އަޝްރާ އާ ނާއިލްގެ އެކުވެރިކަމުގެ ގުޅުން އޮންނައިރު އެކުގަ މަސައްކަތްކުރަންވެސް މާ ފަސޭހަވާނެއެއްނު ދޯ…. އެހެންވީމަ ބޭބެ އެދެނީ އެގޮތަށް ކަންތައް ކުރަން… ދެން ނައުޝާދުގެ ޕީއޭ އަކަށް އަލުން އިއުލާންކޮށްގެން ރަނގަޅު ކުއްޖެއް ނަގާނީ… އަޝްރާއަށް އެއްވެސް މައްސަލައެއް އެބެއްތަ އެގޮތަށް ކަންތައް ކުރިޔަސް… ” ރަޝީދު އޭނަ ދައްކަން ބޭނުންވި ވާހަކަތައް މަޑުމައިތިރިކަމާއެކު ދެއްކިއެވެ. ފާޅުގައި އިންކާރު ކުރަން ނުކެރުމާއެކު އަޝްރާ ބޯ ޖަހާލިއެވެ. އެއާއެކު ރަޝީދުގެ އިތުރުން ނައުޝާދުގެ ތުންފަތަށް ހިނިތުންވުމެެއް ވެރިވިއެވެ. ދެން އެންމެ ރަނގަޅު ކަމުގައި ބުނުމާއެކު އަޝްރާ ކެބިން އިން ނިކުމެ ގޮސް އޭނަގެ ކެބިންއަށް ވަނެވެ.

އަމިއްލަ ކެބިންއަށް ވަދެ އަޝްރާ ފުން ނޭވައެއް ލިއެވެ. އާދައިގެ ހިނގުމެެއްގައި ގޮސް އޭނަގެ މޭޒު ކައިރި އިން ގޮނޑީގައި އިށީންދެ ބޮލުގައި ދެއަތުން ހިފަހައްޓާލަމުން ލޯ މަރާލިއެވެ. އޭނަގެ ހިތް ވަނީ ނުތަނަވަސްވެފައެވެ. އެ ނުތަނަވަސްކަމުގައި އެއިން ގޮތަށް އަޝްރާ ދެތިން މިނިޓު ވީއިރުވެސް އިނެވެ. އެހެން އިންއިރު ނާއިލްގެ އެކި ޚިޔާލުތައް އޭނަގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އެންމެ ފަހުން އެދެމީހުންގެ ދެމެދުގައި ހިނގާދިޔަ ދެބަސްވުމުގައި އޭނާ ނާއިލްއާ ދިމާލަށް ކީއެއްޗެއް ހިތަށްއެރުމާއެކު ފުރަތަމަ ފަހަރަށް އަމިއްލަ ނަފްސު ކުށްވެރުކުރެވުނެވެ. އޭނައަށް އެދުވަހު ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަމަށް ފުރަތަމަ ފަހަރަށް އޭނަގެ ހިތާއި ސިކުނޑި އެއްބަސްވިއެވެ. އެވިސްނުންތަކުގައި އިން އަޝްރާ ދެލޯ ހުޅުވާލާ މޭޒު މަތީގައި އޮތް ފޯނުގެ ސްކްރީނަށް ބަލައިލީ ފޯނުގެ ރިންގުގެ އަޑު އިވުމުންނެވެ. ފޯނުގެ ސްކްރީނަށް އަރާފައިވި ނަން ފެނުމާއެކު ނުތަނަވަސްވެފައި އިން އަޝްރާގެ މޫނު މަތިން އުފާވެރިކަން ފެނިގެން ދިޔައެވެ. އަވަހަށް ފޯނު ނަގައި ހަލޯ އޭ ބުނެލިއެވެ. ” ހަލޯ… އަޝޫ… އައިމް ސޯ ހެޕީ… ގެސް ވަޓް… ” އަޝްރާ ފޯނު ނަގައި ހަލޯއޭ ބުނުމާއެކު އުފާވެފާހުރެ މިންހާ ވާހަކަ ދެއްކިއެވެ. ” ނޭނގެ ހަމައެއްގޮތަކަށްވެސް… މިންމު ބުނެބަލަ އެހާ އުފާވާންވީ ސަބަބެެއް… ހެހެހެ… ” ލުއި ހީލުމަކާއެކު އަޝްރާ ޖަވާބުގައި ބުނެލިއެވެ. ”އަޝޫ… އައި ގޮޓް ދަ ޖޮބް… މިއަދު ގުޅާފަ ބުނީ… މީގެ ތިން ދުވަސް ކުރިން އިންޓަވިއު ކުރީ… އެހާ އަވަހަށް ޖޮބް ލިބިދާނެ ކަމަކަށް ހިތަކަށް ނާރާ… ” އުފަލުން ފޮޅިފައިހުރެ މިންހާ އޭނަގެ އެންމެ ގާތް އެކުވެރިޔާއާ އެއުފާވެރި ޚަބަރު ހިއްސާކުރިއެވެ. ” އޯހް… އިޓްސް ގްރޭޓް… ކޮންގްރެޖުލޭޝަންސް ޑރ. އައިޝަތު މިންހާ އަޝްރަފް… ހެހެހެ… އައިމް ސޯ ހެޕީ ފޯ ޔޫ… ” އަޝްރާވެސް އޭނަގެ އެންމެ ގާތް އެކުވެރިޔާއަށްޓަކައި އުފާކުރާހާލު ބުނެލިއެވެ. އަޝްރާ ބުނެލި ގޮތުން މިންހާއަށް ހެވުނެވެ. ”ތޭންކްސް އަޝޫ… ހޫމް ދެން ބުނެބަލަ… އަޝޫ ކިހިނެއްތަ… ހުރިހާ ކަމެއްވެސް ރަނގަޅުތަ… ” މިންހާ ސުވާލުކުރިއެވެ. ” ނޯ… އެއްކަމެއްވެސް ރަނގަޅެއްނޫން… ވަރަށް ބޮޑު ކަމެއް ދިމާވެއްޖެ…” ކަންބޮޑުވުން އެކުލެވިގެންވީ ރާގެއްގައި އަޝްރާ ބުނެލިއެވެ. ” ކިހިނެއްވީ އަނެއްކާ… ” އަޝްރާގެ ވާހަކަ ހުރި ގޮތުން ހާސްވެފައި މިންހާއަށް ވަގުތުން އަހާލެވުނެވެ. ”ރަޝީދުބެ މިއަދު މީޓިންގަ ބުނި ނާއިލް އޮފީސް ހިންގުމާ ހަވާލުވަނިއްޔޯ… މާގިނަ ދުވަހެެއްނުވެ ނާއިލް އޮފީސް ހިންގުމާ ހަވާލުވާނެ… އަދި އިނގޭތަ… ނާއިލްގެ ޕާސަނަލް އެސިސްޓެންޓަކަށް އަހަރެން… ރަޝީދުބެ ބުނީމަ ފާޅުގަ އިންކާރުކުރާކަށްވެސް ނުކެރުން… އެކަމަކު ނާއިލްއާއެކު އަހަރެން ކިހިނެެއް މަސައްކަތްކުރާނީ… މިންނުއަށް އިނގެއެއްމު މަށާ ނާއިލްގެ ދެމެދު ކަންތައް ވެފައިވާ ގޮތް… އޭގެފަހުން އެކަކު އަނެކަކާ ވާހަކަވެސް އެއްވެސް ވަރަކަށް ނުދެއްކެއޭ ބުނެވޭނީ… ނުފެންނަތާވެސް އަހަރުތަކެއް ފާއިތުވެ ދިޔައީ… ނާއިލްގެ ޕީއޭގެ މަގާމުގަ ހުންނައިރު އަބަދު އުޅެންޖެހޭނީ ނާއިލް ފެންނަ ހިސާބުގަ… އައި ޖަސްޓް ޑޯންޓް އަންޑަސްޓޭންޑް ވަޓް ޓު ޑޫ… ” އަވަސްވެފައިވި ހިތަކާއެކު އަޝްރާ ހުރިހާ އެއްޗެއް އެއްފަހަރާ ކަހަލަ ގޮތަކަށް ކިޔާލިއެވެ. ”އަސްލުތަ… އަޝޫ… އަހަރެންވެސް ގަބޫލުކުރަން މީގެ އަހަރުތަކެއް ކުރިން އަހަރެމެން ހަތަރު މީހުންގެ ގުޅުމަށް ބޮޑެތި ބަދަލުތަކެެއް އައިސްފިކަން… އަހަރެމެން ހަތަރު މީހުންގެ ދެމެދުގައިވި އެކުވެރިކަން މުޅިން ބަދަލުވެފަ ވާކަން… އަޝޫ އާ ތުއްތުއާ ދެމެދު އަދި އަހަންނާ އާން އާދެމެދު ވަނީ ބޯ ފާރެއްލެވިފަހެން ހީވަނީ… އެކަކ އަނެކަކާ ވާހަކަ ދެއްކުމެއްނެތް… މަޖާކޮށްލާ ސަކަރާތްޖަހާލުމެއްވެސް ނެތް… އަހަރެން ބޭނުން ކުރިން އަހަރެމެން ހަތަރު މީހުންގެ ދެމެދުގަ އޮތް ފަދަ އެކުވެރިކަމެއް އޮންނަން… އައި ތިންކް ވަޓް ވީ ޑިޑް ވޯޒް ނޮޓް ގުޑް… އެކަމަކު އޭރު އަހަންނަށް ހީވި އެންމެ ރަނގަޅަށް އަހަރެން ކަންތައް ކުރީ… ހިތަކަށް ނާރާ މިހާ ބޮޑު ބަދަލެއް އަހަރެމެން ހަތަރު މީހުންގެ އެކުވެރިކަމަށް އައިސްދާނެ ކަމަކަށް… އަހަރެންނަށްވެސް އަދި ތިދުވަސް އަންނާނެ… އަހަންނާ އާން އާވެސް ޖެހޭނީ ހަމަ އެއް ހޮސްޕިޓަލެއްގައެއްނު މަސައްކަތްކުރަން ޖެހޭނީ… ދެމީހުންވެސް އެއް ފީލްޑެއްވީމަ… އާންވެސް ހަމަ ރަށު ހޮސްޕިޓަލުގައެއްނު ވޯކް ކުރާނީ… އައި ތިންކް ވެދިޔަ ތަން ހަނދާން ނައްތާލުމަށްފަހު އަހަރެމެން ދެމީހުން އިސްވެ ނަމަވެސް މިއެކުވެރިކަން އަލުން އަނބުރާ އުފައްދަންވީހެން… ބިކޯޒް… ސަމްހައު އައި ފީލް ދެޓް ވަޓް ވީ ޑިޑް ވޯޒް ރޯންގް… އަސްލު އަހަރެމެން އެހެން ކަންތައް ކޮށްގެން ނުވާނޭ ބައެއް ފަހަރު ހިތްބުނޭ… މިހާރު ދެން ވާހާ ދުވަހު ވާހަކަ ނުދައްކާ އެކަކު އަނެކަކަށް ނުފެނުވެސް ތިބެވިއްޖެ އެއްނު ދޯ… ” މިންހާ އޭނަގ ޚިޔާލު ފާޅުކުރިއެވެ. ” ހޫމް… އަހަންނަށްވެސް ހީވަނީ ތިހެން ކަންތައްކުރުންހެން ރަނގަޅީ… ” އަޝްރާވެސް މަޑުމައިތިރިކަމާއެކު ބުނެލިއެވެ. ” ހޫމް… ދެން ބުނެބަލަ… މިންނު ކޮންދުވަހަކުންތަ މިކޮޅަށް އަންނަނީ… ޖޮބަށް ނިކުންނަންޖެހެނީ ކޮން ދުވަހަކުން… ” ދެކެވުނު ވާހަކައެއްގެ ސަބަބުން އެދެމެދަށް ވެރިވެފައިވި ސީރިއަސްކަން ނައްތާލުމުގެ ގޮތުން ނިކަން ފޯރީގައި އަޝްރާ އަހާލިއެވެ. ” މާދަމާ ދާނަން އިންޝާ ﷲ… މެންދުރު ފްލައިޓުން… ޖޮބަށް ހަމަ ރަށަށް ދެވުނުހާ އަވަހަށް ޖޮއިން ކުރަންވީ… އަހަރެން އަންނަ ތަނަށް ނައިސްފިއްޔާ ހަނދާންކުރާތި އިނގޭ… އަޝޫއަށް އެންމެ ހަދިޔާއެއްވެސް ނުލިބޭނެ… ” މަޑުމައިތިރިކަމާއެކު ފެށި ވާހަކަ މިންހާ ނިންމާލީ އިންޒާރެެއްދޭ ފަދައިންނެވެ. ” އޯކޭ ޑރ… ދެން މިންނު އަންނަ ތަނަށް އަހަރެން ދާނެއެއްނު… އިންޝާ ﷲ… ” ހިނިތުންވުމެއްގައި ހުރެ އަޝްރާ ވާހަކަ ދެއްކިއެވެ. އިތުރަށް މާގިނައިރު ވާހަކަގައިގާ ނުތިބެ ދެމީހުންވެސް ފޯނު ބޭއްވިއެވެ. ފޯނު ބޭއްވުމަށްފަހު އަޝްރާ އޭނަގެ މަސައްކަތްތަކައިގެން ކުރިއަށް ދިޔައެވެ.

ހަވީރުގެ ވަގުތެވެ. ސާފު ނޫ އުޑުގައި ވިލާ ރޮއްޖެއްގެ މިންވަރުވެސް ނުވާއިރު ޖެހެމުންދާ މަޑު ފިނި ވައިރޯޅިން ހިތްތަކަށް އުފާވެރިކަން ގެނެސްދެއެވެ. މިހިތްގައިމު ވަގުތުގައި މިންހާ އޭނާ ކިޔަވަން އުޅުމުގައ ދިމާވެ އެކުވެރިވި ކުއްޖަކާއެކު ރަސްފަނުގެ ހިތްގައިމު ސަރަހައްދަށް ދިޔައެވެ. ރަސްފަންނުގެ އެކި ހިސާބުތަކުގައި އެކި އުމުރު ފުރާގެ މީހުން ހަރަކާރްތެރިވަމުން ދިޔައެވެ. ޒުވާން އުމުރުގެ ކުދިންނާއި ބައެއް ބޮޑެތި މީހުން ކުޑަކުދިން ގޮވައިގެން އުޅޭތަންވެސް ފެނެއެވެ. އުމުރުން ދުވަސްވެފައިވި މީހުންވެސް މަދުން ނަމަވެސް ފެނިގެން ދެއެވެ. މިންހާ އާއި އޭނަގެ އެކުވެރިޔާ މިސްރާބުޖެހީ އެތަނުގައި ހުރި ޖޯލިތަކަށެވެ. ވާހަކައިގައި ތިބެ ކުރިއަށް ދިޔަ މިންހާއަށް ސިހުން ގެނުވީ ދުވެފައިދިޔަ ކުޑަ އަންހެން ކުއްޖަކު އޭނަގެ ގައިގައި ޖެހުމުންނެވެ. ނޭނގި ހުއްޓާ ޖެހުމާއެކު މިންހާއަށް ބެލެންސް ކުރަން ދަތިވިއެވެ. އެއާއެކު އޭނަ ގޮސް ލައްވީ އޭނަ އާއި ދާދި ގާތުން ހިނގާފައިދިޔަ ޒުވާނާގެ ގައިގައެވެ. އޭރު ގިނަބައެއްގެ ނަޒަރު ވަނީ އެދިމާލަށް ހުއްޓިފައެވެ. އެޒުވާނާ ހުޝިޔާރުކަމާއެކު މިންހާގެ ދެކޮނޑުގައި ހިފެހެއްޓިއެވެ. އެހެންކަމުން މިންހާއަށް ނުވެއްޓެނީސް ބެލެންސް ކުރެވުނެވެ. ރަތް ކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ކުލައިގެ ސްކިނީގައި ހުރި އެޒުވާނާއަށް މިންހާގެ ރީތި ސޫރައަށް ބަލަހައްޓާއިގެން ހުރެވުނީއެވެ. ”މިންހާ… އާރް ޔޫ އޯކޭ… ” މިންހާގެ އެކުވެރިޔާ ރާޔާ އެހެން އަހާލުމާއެކު ރަނގަޅު ކަމުގައި ބުނެ މިންހާ އަވަހަށް އެޒުވާނާއާ ދުރުވެލިއެވެ. އެޒުވާނާ ބަލަންހުރި ގޮތުން އުނދަގޫވުމާއެކު މިންހާ އަވަހަށް އިސްޖަހާލަމުން ސޮރީއޭ ބުނެ ރާޔާގެ އަތުގައި ހިފައިގެން އެޒުވާނާގެ ކުރިމަތިން ދިޔައެވެ. އެޒުވާނާއަށް މިންހާމެން ދިޔަ ދިމާލަށް ބަލަހައްޓާއިގެން ހުއްޓެވެ. އޭނަގެ އެބެލުމުގައި މުޅިން އައު ވިދުމެއް ހުއްޓެވެ. އެހެން ހުރެ އެޒުވާނާ މަޑުމަޑުން މިންހާގެ ނަން އެދުލުން ކިޔާލިއެވެ. އެއާއެކު އެޒުވާނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

މިންހާ އާއި ރާޔާ ގޮސް  ޖޯއްޔެއްގައި އިށީނެވެ. ދެމީހުންވެސް އިށީންދެ ހަމަޖެހިލިތަނާ ކުޑަ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް އައިސް މިންހާގެ ކުރިމަތީގައި ހުއްޓިލިއެވެ. ދެކުދިންވެސް ހީވަނީ ދާދި އެއްވަރެއްގެ ކުދިންހެނެވެ. އެހެނަސް އަންހެން ކުއްޖާއަށްވުރެ ފިރިހެން ކުއްޖާ ތަންކޮޅެއް ދިގުކަމަށް ލަފާކުރެވެއެވެ. އަންހެން ކުއްޖާ މެރޫން ކުލައިގެ މަތިކޮޅަކާއި ފައިތިލައާ ހަމައަށް އަންނަ ސްކާޓެއްގައި ހުރިއިރު ދިގު ފަން އިސްތަށިގަނޑު ވަނީ މިނިވަންކަމާއެކު ފަހަތަށް ދޫކޮށްލާފައެވެ. ބޮލުގައި މެރޫން ކުލައިގެ ބޭންޑެއް އަޅާފައިވެއެވެ. ކަޅުކަންގަދަ ކަޅިއެެއް ލިބިފައިވި ބޮޑު ދެލޮލާއި ފިޔާތޮށި ކުލަ އަރާ ކުޑަ ދެތުންފަތުން އެއަންހެން ކުއްޖާ ނުލާހިކު ލޯބިކަމަށް ދައްކައެވެ. މޫނު މަތިން ފެންނަނީ މައުސޫމްކަމެވެ. އެއަންހެން ކުއްޖާގެ ގާތުގައި ހުރި ފިރިހެން ކުއްޖާ މަޑުމަޑުން އެއަންހެން ކުއްޖާގެ ކަންފަތް ކައިރީ ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ. އަންހެން ކުއްޖާ އާ ޚިލާފަށް ފިރިހެން ކުއްޖާގެ ކަޅި އިންނަނީ އަޅި ކުލައިގައެވެ. ވާނުވާ ނޭނގިފައި އިން މިންހާ ކުރިމަތީގައި ތިބި ކުޑަ ދެކުދިންނަށް ބަލައިލުމަށްފަހު އޭނަ އާއި ޖެހިގެން އިން ރާޔާގެ މޫނަށް ބަލައިލިއެވެ. ” އައިމް ސޮރީ ދައްތި… ” މިންހާ އެއްޗެކޭ ބުނަން އުޅުނު ވަގުތު އޭނަގެ ކުރިމަތީގައި ހުރި އަންހެން ކުއްޖާ މައުސޫމްކަމާއެކު ބުނެލިއެވެ. ” ސޮރީ… ” ސުވާލުގެ ރާގަކަށް މިންހާއަށް ބުނެވުނެވެ. އޭނާ އޭރުވެސް އިނީ ވާނުވާ ނޭނގިފައެވެ. ” އަޅުގަނޑު ދެވެފަ ދިޔައިރު ތި ދައްތި ގައިގަ ޖެހުނީމަ… ” މިފަހަރުވެސް އެއަންހެން ކުއްޖާ ވާހަކަ ދެއްކިއެވެ. ” އެހެންތަ… އިޓްސް އޯކޭ… ދައްތިގެ ފަރާތުންވެސް ސޮރީ… އެއީ ދައްތިއަށްވެސް ރަނގަޅަށް ނުބަލައެއްނު ދޯ ދެވުނީ… ” މިންހާ ވަރަށް އެކުވެރި ރާގަކަށް ހިނިތުންވުމަކާއެކު ވާހަކަ ދެއްކިއެވެ. އެއާއެކު އެދެކުދިންގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވިއެވެ. ” ކޮން ނަމެއްތަ ކިޔަނީ ކޮއްކޮއަށް… ” އަންހެން ކުއްޖާގެ ކޮލުގައި މަޑުމަޑުން ހިފާލަމުން މިންހާ އަހާލިއެވެ. ”ޔޫލީން” އެއަންހެން ކުއްޖާ ފުޅާކޮށް ހިނިތުންވެލަމުން ޖަވާބު ދިނެވެ. ” ދެން މި ކޮއްކޮއަށް ކިޔަނީ ކޮން ނަމެއް… ” ފިރިހެން ކުއްޖާއަށް ބަލައިލަމުން މިންހާ ބުނެލިއެވެ. ” ޔުއާން… ” އެފިިރިހެން ކުއްޖާވެސް ހިނިތުންވެލައިގެން ހުރެ އެކުއްޖާގެ ނަން ބުނެލިއެވެ. ” ހާދަ ރީއްޗޭ ދެކުދިންގެ ނަންވެސް… ” ދެކުދިންގެ މޫނަށް ބަލައިލަމުން މިންހާ ބުނެލިއެވެ.

” ޕްރިންސަސް… ދައްތަ ގާތު ސޮރީ ބުނެފިންތަ… ” އެދެކުދިންގެ ގާތު އައިސް ހުއްޓުނު ފިރިހެން މީހާ ބުނެލިއެވެ. ” ޔެސް ޑެޑީ… ” ޔޫލީން ޖަވާބުގައި ބުނެލިއެވެ. އެއާއެކު ފިރިހެން މީހާ ހިނިތުންވެލަމުން ޔޫލީންގެ ބޮލުގައި ފިރުމާލިއެވެ. އެފިރިހެން މީހާއާއެކު އަންހެނަކުވެސް ހުއްޓެވެ. ކަޅު ކުލައިގެ އަބާޔާއެއް ލައިފާވީއިރު އަޅާފާވަނީ މެރޫން ކުލައިގެ ޝޯލްއެކެވެ. މޫނު މަތިން ހިތް ހެޔޮކަން ފެނިގެން ދެއެވެ. އެދެމީހުން ފެނުމާއެކު މިންހާ އާއި ރާޔާ ހިނިތުންވެލަމުން ޖޯލިން ތެދުވިއެވެ. ” ހާއި އައިމް އައިލީން… މީ އަހަރެންގެ ހަޒްބަންޑް ޔޫހާން… މީ އަހަރެމެންގެ ސަން އެން ޑޯޓާރ… އައިމް ސޮރީ… ޔޫލީން ދުވެފަ ދިޔައިރު ތިކުއްޖާ ގައިގަ ޖެހުނީމަ… ތަދުވިތަ އަނެއްކާ… ނަސީބެއްނު ނުވެއްޓުނުކަން…” އައިލީން ހިނިތުންވުމަކާއެކު އެމީހުން ތަޢާރަފު ވެލުމަށް ބުނެލިއެވެ. ” ހާއި… އައިމް މިންހާ… މީ އަހަރެންގެ ފްރެންޑެއް ރާޔާ… އިޓްސް އޯކޭ… އެއްވެސް ތަނަކަށް ތަދެއްނުވޭ… އެހާ ބާރަކަށް ނޫނޭ ޖެހުނީ… ” މިންހާވެސް ހިނިތުންވުމަކާއެކު ވާހަކަ ދެއްކިއެވެ. އެގޮތުގައި ތިބެ އެންމެންވެސް މާގިނަ އިރެއްނުވެ ރަހުމަތްތެރިވިއެވެ. މިންހާ އާއި ރާޔާ އައިލީން އާއި ޔޫހާން އަދި އެމީހުންގެ ދެދަރިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލިއެވެ. ޔޫލީން އާއި ޔުއާން މިންހާއަށް ވަރަށް ވަރުހުރެއެވެ. އެއެންމެންވެސް މިންހާމެނާ ވަކިވީ އަދި ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ބައްދަލުވާނެކަމުގެ އުއްމީދުގައެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. އަޅި ކުލައިގެ އަތްކުރު ޓީޝާޓަކާއި ކަޅު ކުލައިގެ ސޯޓެއްގައި ހުރި ޒުވާނާ އޭނަގެ ކޮޓަރީގެ ބެލްކަނީގައި ހުއްޓެވެ. ޖެހެމުން ދިޔަ މަޑު ފިނި ވައިރޯޅިތައް އޭނަގެ ބޮލުގެ އިސްތަށިކޮޅާ ސަމާސާ ކުރަމުންދެއެވެ. ސޯޓުގެ ދެޖީބަށް އަތް ޖަހާލައިގެން ހުރި އެޒުވާނާގެ ނަޒަރު ސީދާވެފައި ވަނީ ފެންނަމުން ދިޔަ އުސް އިމާރާތްތަކަށެވެ. ގިނަ އިމާރާތްތަކުގައި ވަނީ ފަނޑު އަލިކަމެކެވެ. ދަންވަރުގެ ވަގުތައްވުމާއެކު ގިނަ މީހުން ތިބޭނީ އަރާމުކޮށް ނިދާލާފަތާއެވެ. އެހެނަސް އެޒުވާނާގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނުވެއެވެ. އޭނަގެ ސިކުނޑީގައި އެނބުރެމުން ދަނީ މިއަދު ރަސްފަންނުގައި ހިނގާދިޔަ ހާދިސާއެވެ. އިމާރާތްތަކުން އޭނަގެ ނަޒަރު ވަކިކޮށްލާ އެޒުވާނާ އުޑަށް ނަޒަރު ހުއްޓާލުމަށްފަހު ދެވަނަ ސިކުންތުގައި ދެލޯ މަރާލިއެވެ. އެއާއެކު އެރީތި އަންހެންކުއްޖާގެ ސޫރަ އެޒުވާނާއަށް ސިފަވެގެން ދިޔައެވެ. ” މިންހާ… ” ލޯމަރާލައިގެން ހުރެ އެޒުވާނާއަށް ކިޔާލެވުނެވެ. މިންހާގެ އެފެނިލުމާއެކު އެޒުވާނާގެ ހިތާއި ސިކުނޑި ހިޞާރުކޮށްފާވަނީ މިންހާގެ ތަސްވީރުތަކުންނެވެ. މިރޭގެ ނިދިވެސް ވަނީ އޭނަ އާ އެތައް ހާސް މޭލެއް ދުރުގައެވެ. ލޯ މަރާލާއިރަށް ސިފަވަނީ މިންހާގެ ހިތްގައިމު ސޫރައެވެ. އެއިން ކޮންމެ ފަހަރަކު އެޒުވާނާގެ ތުންފަތަށް ހިނިތުންވުމެއްވެރިވެއެވެ.

 

 

 

 

 

 

Share Article

Follow Me Written By

ifoo

Level 910 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ތީއޭ މިހިތުގެ ވިންދަކީ…

Next

ތިމާގެ މޮޅުކަން ތިމާއަށް ފެނުމީ ގެއްލުންހުރި ކަމެކެވެ.

Next
February 14, 2019

ތިމާގެ މޮޅުކަން ތިމާއަށް ފެނުމީ ގެއްލުންހުރި ކަމެކެވެ.

Previews
February 14, 2019

ތީއޭ މިހިތުގެ ވިންދަކީ…

67 Comments!

  1. jiji says:
    February 14, 2019 at 8:20 pm

    Me first dhw????????????vrh vrh rythi mi prt..aee aan baa?..vrh vrh ufaa vejje mi prt up kohladhinyma..u r so gud..nd cvr pic vrh salhi nge..ifoo is a best???????????????????

    1. ifoo says:
      February 15, 2019 at 10:22 am

      My dear jiji ❤️❤️❤️???… Yesss ur first ???… Congratulations on being first ???… N thankyou soooooo much for the colourful Comment ❤️❤️❤️?????????… I’m so happy to see ur comment ???… It means a lot ???… V v v ufaavehje cover pic n story vx jiji ah reethi v ma ???… Let’s see who he is…. ???… Much loves from me ❤️❤️❤️?????????…

  2. ifoo says:
    February 14, 2019 at 8:20 pm

    Salaam dear readers ❤️❤️❤️???… Here is the next part ???… Hope all will like this part too n feel free to comment your views ???… Typing mistakes huredhaane… Cause hama liyefa check vx nukoh mi up kohly ???… Mi part ga cover vx change kohlee ???… Hws the cover pic??? ???… Hope all will like the cover pic ???… Waiting for comments ???… Thankyou soooooo much dear readers ifoo ah thidhey support ah ❤️❤️❤️?????????… Next part In Sha Allah Sunday night ga ???… Love you all ❤️❤️❤️?????????…

  3. Ishu says:
    February 14, 2019 at 8:22 pm

    Very nice me first dhw

    1. ifoo says:
      February 15, 2019 at 10:23 am

      Ishu ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… This time ur second ???…

  4. #$@¥@# says:
    February 14, 2019 at 8:26 pm

    eii aan tha?

    1. ifoo says:
      February 15, 2019 at 10:24 am

      Maybe or may not be ???… Heheh ???… Let’s see who he is… ???…

  5. aaff says:
    February 14, 2019 at 8:27 pm

    Wooowww. I am first dhww……and ailee and yooohan is back…❤️❤️❤️❤️❤️?…e ee aan dhw.. …..masha allah ifoo varah molhu

    1. ifoo says:
      February 15, 2019 at 10:27 am

      Aaff ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… This time ur 4th ???… Ailee n yoohaan mathin miss v ma hithah ery story ge knmes hisaabakun e dhekudhin ge baeh himanaalan ???… Hingaa balamaa dhw aee kaaku thr… Aaan ah vx vedhaane… Aaan ah nuvunvx ekasheegen vey ???… Let’s see what happens ???… V v v ufaavehje aaff ge Comment kiyaalaafa ???… Once again thankyou so much n hope to see ur comment more often ❤️❤️❤️?????????…

  6. Shehe says:
    February 14, 2019 at 8:33 pm

    Woooww .this part was so ni ce keep it up ifoo waiting for the nxt ???

    1. ifoo says:
      February 15, 2019 at 10:29 am

      Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Keep waiting dear ???.. Next part hopefully Sunday night ga ???…

  7. @Ikleel says:
    February 14, 2019 at 9:02 pm

    Yes….!!! ❤❤????…Its here again….❤❤????…Hwx you dear…?? Hope you will be fine..❤❤????..This part also very very very nice and intresting…❤❤????…I just love this wonderful story dear….❤❤????…I dont know why…!!!..❤❤????…Mi site ga mihaaru in emme salhi story…❤❤????…Wow….You changed the cover..!!!❤❤????…Cover is very nice and lovely too..❤❤????….Kobaa aan…??He is my favourite..❤❤????.. Hope next part ga aan ge habareh vaane kamah…!!! ❤❤????…Kobaa mihaaru e aloof men…??.Keep it up your good work dear ifoo…❤❤????….God bless you dear ifoo…❤❤???? ..Waiting for the next part dear…❤❤????….Love you a lotx…❤❤????
    THE BEST STORY
    THE BEST WRITTER
    ❤❤❤❤????

    1. ifoo says:
      February 15, 2019 at 10:33 am

      Thankyou soooooo much for the colourful Comment ❤️❤️❤️?????????… V v v ufaavehje mi site ge enme reethi Story ah mi story v ma plus cover pic reethi v ma ???… It means a lot ???… Let’s see where they are ???… Story kuriah dhaa varakun ingeyne ???… Much loves ❤️❤️❤️?????????…

  8. Mimmi says:
    February 14, 2019 at 9:12 pm

    Woow???V reethi mi bai ves ❣️???. e kamu aan get habareh nuveema V foohi??☹️☹️anehkaa rasfannun dhimaave meeha e eiee aan baa?? Dhen avahah emeehun gulhuvaba ?? can’t wait to see them together?????….. I’m eargaly waiting for the next part.. ❤️????????❣️gud night sweet dreams ifoo…. ????❣️???

    1. ifoo says:
      February 15, 2019 at 10:35 am

      Mimmi ❤️❤️❤️… Thankyou soooooo much dear for the colourful Comment ❤️❤️❤️?????????… As usual mimmi ge comment v v reethi ???… Let’s see what happens ???… Rasfannun e fenuny aaan kamah vx vedhaane… Noony hama ehen myhakah vx vedhaane ???… Much more loves from me ❤️❤️❤️?????????…

  9. scarlet says:
    February 14, 2019 at 9:22 pm

    Woww Varah reethi story vx and cover pic vx. I wonder who that boy is ?? ? new characters vx aissi dho now. Let’s see what happens
    Hama mihaaa reethi koh next part gennachey dear ❤️❤️❤️

    1. ifoo says:
      February 15, 2019 at 10:39 am

      Scarlet ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… It means a lot for me ???… Hingaa balamaa kaaku thr ???… Hhehe… Yahh… Aileen, yoohaan, yooleen n yuaan aee ifoo ge first story ge characters ???… E kudhinn ge baeh story ga himanaalaa hihveema e characters ge bai genaee… Will try my best to make the next part more beautiful ???… Much more loves from me ❤️❤️❤️?????????…

  10. Naum says:
    February 14, 2019 at 9:35 pm

    Yaayy..its here again… varah inthizaar kurevihjje vaahaka ah miadhu.. erukolhakaa balailevey up v thw… varah kiyaa hithun indhaa up thi kohdhinee…
    Alhey wow..???.. vaahaka varah varah reethi.. MashaAllah.. e ee aan dhw?
    And cover is awesome…varah loabi cover eh..??❤?❤?❤
    Aneh part kiyan mihaaruves keh madhu vehjje..curiously waiting for next part…
    Much love.?❤?❤?❤?❤?.

    1. ifoo says:
      February 15, 2019 at 10:43 am

      Naum ❤️❤️❤️… Ur one of my best reader ❤️❤️❤️???… I’m so happy to see ur comment regularly ❤️❤️❤️???… Thankyou soooooo much ifoo ah thidhey support ❤️❤️❤️?????????… It really means a lot for me ???… V v v ufaavehje naum ge Comment kiyaalaafa ???… I’m so glad that you like the story n cover pic ???… He might be or might be not… Heheh ???… Let’s see who is he ???… Much more loves from me ❤️❤️❤️?????????…

  11. A..na says:
    February 14, 2019 at 10:20 pm

    Mi stry hama habeys… varah ves reethi.mi kahala strys varah madhu vaane…. i ge fav stry and ifooo ah thanks bunan mi varuge nice stry ehcheh share kohlaathy its awsome dear … avaha next part up kohdheythi????????e zuvaanaa aky aan baa excited to know … waiting for next part

    1. ifoo says:
      February 15, 2019 at 10:46 am

      A..na ❤️❤️❤️… Ur most welcome dear n thankyou soooooo much for the support ❤️❤️❤️?????????… V v v ufaavehje comment kiyaalaafa ???… Favourite story ah v ma adhi maabodahvx ufaavehje ???… Vedhaane aee aan kamah vx… Noonee hama ehen myhakah vx ???… Waiting zuvaanaa akee kaaku thr balamaa dhw ???… Keep waiting dear…. Next part In Sha Allah Sunday night ga ???… Much loves from me ❤️❤️❤️?????????….

  12. SCARLET❤ says:
    February 14, 2019 at 11:35 pm

    OMG… 7 yrs later…haadha bodu badhaleh.. n ifoo plz mifaharu Aaan n minhaa gulhuvahchey????.. plz plz plz dear..luv the stry..❤❤??

    1. ifoo says:
      February 15, 2019 at 10:49 am

      SCARLET ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Yahh it’s 7 year’s later n a lot has changed in their life ???…let’s see what happens ???… Much loves from me ❤️❤️❤️?????????…

  13. unique says:
    February 15, 2019 at 12:10 am

    maasha allah its so nice
    ifoo im loosing my words hahah
    i mean idk what to say its so nice
    ly ifoo thanks for bringing such nice stories
    miss yh

    1. ifoo says:
      February 15, 2019 at 10:52 am

      My dear sweet unique ❤️❤️❤️???… Thankyou soooooo much dear ifoo ah thidhey support ah ❤️❤️❤️?????????… Ur one of my best reader ???… V v v ufaavehje unique ge comment kiyaalaafa ???… Ur most welcome ???… Miss you too dear n much more loves from me ❤️❤️❤️?????????…

  14. A..na says:
    February 15, 2019 at 9:22 am

    Cover ga kon meehunneh e thiby

    1. ifoo says:
      February 15, 2019 at 10:55 am

      Cover ga ethibi kudhinn aee adhi secret eh ???… Couples v ma mihaaru ifoo cover ga thibi kudhin bunefinama readers ah ingeyne ehnu dhw couples ah vaane kudhin ???… Ingunyma mihaaru haa interesting eh nuvaane ehnu dhw ???… So its a secret for now ???… Sorry dear ???…

  15. Maai says:
    February 15, 2019 at 9:38 am

    Maasha allah vvv reethi mi vaahaka..hama sifa kurun ves habeys..❤❤i luv u stories..keeep it up dear????…v avahah next ep up kohlachey…

    1. ifoo says:
      February 15, 2019 at 10:57 am

      Maai ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Next part hopefully Sunday night ga bt if possible e ah vure kurin vx up kohdheynan ???… Keep waiting ???.. Much loves from me ???…

  16. Some one says:
    February 15, 2019 at 9:39 am

    bohoath ahchaahey..??

    1. jiji says:
      February 15, 2019 at 9:42 am

      Thoa????..tum kiyaa karungii..lol?????????..just kidding ngey???????

    2. ifoo says:
      February 15, 2019 at 10:58 am

      Bohoath Bohoath shukriyaa Some one ❤️❤️❤️?????????… Hhehe ???…

  17. Cute Lips says:
    February 15, 2019 at 11:30 am

    ey alooof tha e boy aky… ohh plzz get him out here..

    1. ifoo says:
      February 16, 2019 at 11:01 am

      Cute Lips ❤️❤️❤️… He might be aloof or someone else ???… Let’s see who he is ???… Thankyou ❤️❤️❤️?????????…

  18. Saajy says:
    February 15, 2019 at 12:46 pm

    Hey its up dhw finaly… Nice ingey v mi partves… ?????.. Waiting for next part.. N ifu sifa kohdhinumuga thivareh nei ibgey????… Story kiyaa laa iru hyvany hama filmeh balaaleveyhen… ????

    1. ifoo says:
      February 16, 2019 at 11:03 am

      Saajy ❤️❤️❤️… Awwwwnn ❤️❤️❤️???… Thankyou soooooo much ❤️❤️❤️?????????… Saajy ge comment eh fenunyma ifoo v v v ufaavehje ???… Abadhuvx try kuran sifakurunthah v enme furihama koh genesdheveythr ???… Ekan kaamiyaabu vaakan ingunyma v v v ufaavehje ???… Much more loves from me ❤️❤️❤️?????????…

    2. Saajy says:
      February 16, 2019 at 6:56 pm

      Heheh avahah aneh bai up kohla dhyba keh madhuvefa mi iny ifo?????????❤❤❤?❤?❤?❤?

    3. ifoo says:
      February 16, 2019 at 10:40 pm

      Sorry dear… Adhi kiriyaa 300 words liyevuny…. Today I’m not feeling well… Ehenve miadhu story ge ehvx masaikatheh nukurevey… Will try to upload the next part tomorrow night… ❤️❤️❤️?????????…

  19. Noor says:
    February 15, 2019 at 1:19 pm

    Aloof heo minnu ah nudhehkiyas muhaaru beynun vanee iyan&minnu ekuga fennan vaahaka varah reethi Ekam miadhu varah kuru hen heevanee

    1. ifoo says:
      February 16, 2019 at 11:07 am

      Noor ❤️❤️❤️… Thankyou soooooo much ???❤️❤️❤️??????… Let’s see what happens ???… Kurutha??? Bt it’s almost 2000 words… Job ga ulhemun mi masaikah kuraathy aslu beynun vaa dhigukoh nugenesdheveny… Ekamaku veeevarakun masaikah kuraanan mi kan ragalhu kureveythr ???…

  20. Nivuu says:
    February 15, 2019 at 2:25 pm

    Vara reethi cover pic and stroy also keep it up sis…. sis age buneyleyvidaney thrr? Anywasy once agin stroy vara reethi . Maashaa allah… love u…. waiting next part

    1. jiji says:
      February 15, 2019 at 6:58 pm

      Hey Nivuu dear..ifoo is 18 ey she told ehnu kury prt eh ga?..

    2. ifoo says:
      February 16, 2019 at 11:10 am

      Nivvu ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… Jiji is right nivvu ???… I’m 18 years old ???… Much more loves from me dear ❤️❤️❤️?????????… N jiji thanks ???❤️❤️❤️…

    3. jiji says:
      February 16, 2019 at 2:37 pm

      Welcome ifoo??..aee sorry bunan jehey varu kameh noon sis❤❤??

    4. ifoo says:
      February 16, 2019 at 9:31 pm

      ???❤️❤️❤️…

  21. rifoo says:
    February 15, 2019 at 3:09 pm

    varah reethi story ifoo.. eii kaaku baa.. aan beynumy minnu aa eky ingey.. luv u sis.. take care..

    1. ifoo says:
      February 16, 2019 at 11:12 am

      Rifoo ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje rifoo ge comment eh fenunyma ???… Let’s see who he is ???… N let’s see minnu libeny kaakahthr ???… Much more loves from me dear n take care ❤️❤️❤️?????????…

  22. Naju says:
    February 15, 2019 at 10:49 pm

    Sorry for the late rply dear I was super bxy bt hama free time eh hoadhaalaagen mi story ah cmnt eh kohlanyvx plus kuruvunvx ekasheegen vedhaane sorry for that… Dear story was awesome ingey hama… i just love it ?????????❤❤❤????????????

    1. ifoo says:
      February 16, 2019 at 11:15 am

      Naju ❤️❤️❤️… Thankyou soooooo much ehaa bxy koh ulhemunvx story kiyaalaafa comment eh kohlyma ??????❤️❤️❤️???… It means a lot for me ???… Baeh faharu comment kuruvx vaane… It’s not a problem ???… Much more loves from me ???❤️❤️❤️??????…

  23. ifoo says:
    February 17, 2019 at 1:50 pm

    Salaam dear readers… I’m so sorry to say that today I won’t be able to upload a new part cause I’m not feeling well… Last two days n today also not feeling well… Hope all will understand n hopefully next part Tuesday ga… Hurihaa kudhin vx next part ah kehtherikamaaeku inthizaaru kuraane kamah ummeedhukuran ???…

    1. jiji says:
      February 18, 2019 at 1:52 pm

      Miadhu up kohdheynan dhw ❤❤❤??????..GWS..will wait patiently..Thankyou thihen vx bunela dhinyma❤❤❤..Shafaakallah one’s again!???..

    2. ifoo says:
      February 19, 2019 at 7:32 pm

      Now next part kiyaaleveyne ???… Thankyou jiji ❤️❤️❤️?????????…

  24. unique says:
    February 17, 2019 at 5:50 pm

    shafakallah ifoo gws will miss you n tvgc
    eat medicines

    1. ifoo says:
      February 19, 2019 at 7:41 pm

      Unique ❤️❤️❤️… Thankyou soooooo much ?????????❤️❤️❤️…

  25. A..na says:
    February 18, 2019 at 3:04 pm

    Get well soon ifoo!!! Maai allah thibaayah heyo rahmaii lahvaashi.???☺☺and waiting for next part!! ?????????????

    1. ifoo says:
      February 19, 2019 at 7:45 pm

      A..na ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… May Allah bless you too ???…

  26. Ainth says:
    February 18, 2019 at 11:08 pm

    Avas shifaa akah edhen ifooo ❤❤ maadhan vaahaka kiyaalan libeyne kamah umeedhukuran … rangalhah beys kaigen rest kohlaaa ??

    1. ifoo says:
      February 19, 2019 at 7:46 pm

      Ainth ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Now story kiyaaleveyne ingey ???…

  27. Sidu says:
    February 18, 2019 at 11:52 pm

    Avas shifaa yaka aedhen ifoo mi vaahaka varah reethi umeedhu kuran avaha kiyaalan libeene kama

    1. ifoo says:
      February 19, 2019 at 7:47 pm

      Sidu❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Now story kiyaaleveyne ingey ???…

  28. Zuha says:
    February 19, 2019 at 8:07 am

    Haadha reechea

    1. ifoo says:
      February 19, 2019 at 7:54 pm

      Zuhaa ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Now story kiyaaleveyne ingey ???… V v v ufaavehje ???…

  29. nunnu says:
    February 19, 2019 at 2:52 pm

    kon dhuvahakun aneh bai up vaanee?

    1. ifoo says:
      February 19, 2019 at 7:55 pm

      Now story kiyaaleveyne ???…

  30. Yaax says:
    February 19, 2019 at 8:35 pm

    Get well soon ifooo

  31. Nivuu says:
    February 19, 2019 at 10:10 pm

    Me aa vuren kuda dhw ifoo… me aa 19 but i will call u sis love u and thanks jiji

    1. jiji says:
      February 21, 2019 at 9:12 am

      Hehe..thanks Nivuu ..hama yageenun vx jiji thi dhekudhinnah vurekuda vaane..ifoo dhoonii hinteh ingey..swchl student eh miii????????❤????????????

Comments are closed.


All Right Reserved!