27 ވަނަ ބައިގެ ތެރެއިން….. “ކުއްތާ މަރެއްވެސް ނުވިއެއްނު. މަގޭ ދަރިންކޮޅާއި މަ ބޭޒާރުކުރަން އަންނަނީ ވިއްޔާ. ލާހިކެއްނޫން މާލޭ ފަސްގަނޑުގަ ފައިޖައްސަން” މާއިރާ އަމިއްލަ ނަފްސާއި ވާހަކަދެއްކިއެވެ. އޭނާ ނިންމީ ރާއްޖެ އައުމުގެ ކުރިން ހާރޫންގެ ދުވަސް ދުއްވާލާށެވެ. އޭނާގެ އޯޑަރަށް މީހަކު މަރާލުމަށް މަސައްކަތްކުރި މީހަކު މިހާރުވެސް ހުރީ އޭނާގެ ކޯލެއްގެ އިންތިޒާރުގައެވެ. *************************************** މާއިރާ ދިން ހަބަރެއްގެ ސަބަބުން އާކިންއާއި ޒާކިން ރޭގަނޑުގެ ކެއުން މަތިންވެސް ފޫހިވިއެވެ. ހާރޫން އެނބުރި އައުމަކީ އެމީހުން […]
26 ވަނަ ބައިގެ ތެރެއިން…. “ފެނުނުތަ؟ މިހާރުވެސް އެބަހުރި ކަންނޭނގެ…. އަޅެ ނޭނގޭކަމަށް ހަދާލާފައި ބަލާލަބަލަ” ޔަނާލް މޫދަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. ފައިޒަން އެގޮތަށް އަމަލުކުރިއެވެ. އަދި ޔަނާލާއި ދާދި ގާތުގައި އިނދެ ފުރަގަހުން އަކިރިތަކުގެ މަތީގައި ދެއަތް ވިއްދާލަމުން ހަށިގަނޑު ފަހަތަށް ޖައްސާލިއެވެ. އޭނާ ވާހަކަދެއްކީ އެއަށް ފަހުގައެވެ. “މިހާރުނެތް. އެކަމަކު ހިއެއްނުވޭ ދާނެހެނެއް” ފައިޒަން ބުނެލިއެވެ. “ހެހެހެ… މަޖާކަމެއްދޯ….. އަހަރެމެންނަށް ވާނުވާ ބަލާނެ ބަޔަކު އެބަތިބިތާ ދޯ” ޔަނާލް ހީގަތުމުން އެމޫނަށް ފައިޒަން […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ޖެހުމުން ވަބާ މިޔަރު އެންގަޑަށް ދަހިވާހެން ދަހިކޮށްލަނީ މެދުނުކެނޑި ހިޔަހާ ނަސޭޙަތް ދިނަސް ފުރަގަސްދީ ދުވެދަނީ ޖެހުމުން ވަބާހިކި ކަށިގަޑަކަށް މީހާ ބަދަލުވެސް ކޮށްލަނީ މެދުނުކެނޑި ފަރުވާ ކުރިޔަކަސް ދުވަހަކު ރާޙަތެއް ނުކުރަނީ ޖެހުމުން ވަބާ ދަރިގެއްލިފައިވާ މަކުނެއް ގޮތަށް އުޅެވެނީ މެދުނުކެނޑި ރޮމުން ގޮވާގޮވުންތަކަށް ބީރުކަންފަތް ދެވެނީ ޖެހުމުން ވަބާ ހިކިހުއިގަޑެއް ފަދައިން ތިބާ އަނދާހުލިވަނީ މެދުނުކެނޑި ކުރިހާ މަސައްކަތް ލަހެއް ފަހެއް ނެތި ބީވެދަނީ ޖެހުމުން ވަބާ މާޔޫސްވެ އޮޔާދާ […]
25 ވަނަބައިގެ ތެރެއިން… .”މަންމައަށް ކޯއްޗެއް އެނގިގެން ޔާނާއާއި މެދު ތިގޮތަށް ކަންތައް ތިކުރަނީ. މަންމަ ތިހީކުރާކަހަލަ ކުއްޖެއް ނޫނޭ ޔާނާއަކީ” ކުލްޝޫމްގެ އަމުރަށް ކިޔަމަންވެގެން އެއްޗެއް ނުބުނެ ހުންނަން ފައިޒަން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ކަންތައްތައް ގޯހުން ގޯހަށް ދާން ފެށުމުން އޭނާއަށް ކެތެއްނުވިއެވެ. ކުލްޝޫމް ކުރިމަތިން ހުރަސްކޮށްފައި ގޮސް އޭނާ ހުއްޓުނީ ރޮމުން ދިޔަ ޔަނާލް ކުރިމަތީގައެވެ. “ޕްލީޒް…. ނޮޓް އަގެއިން…. އައިމް ސޮރީ….. އައި ހޭވް ޓު ޑޫ ދިސް. މަންމައަށް ހުރިހާ […]
ހޮސްޕިޓަލުގެ ދޮރުމައްޗަށް ޓެކްސީ ހުއްޓުމާއެކު ޑްރައިވަރަށް ފައިސާ ދެއްކުމަށްފަހު ހޮސްޕިޓަލަށް ވަންނަން އުޅުނު މިންހާގެ ފިޔަވަޅުތައް ހުއްޓުނީ ފެނުނު މަންޒަރަކުންނެވެ. އެވަގުތު ސައިކަލުގައި އައިސް މަޑުކޮށްލި އަލޫފްގެ ނަޒަރުވެސް އޭނައަށް ބަލަހައްޓާއިގެން ހުރި މިންހާއަށް ހުއްޓުނެެވެ. ކަޅި ޖަހާނުލާ ދެމީހުނަށްވެސް އެކަކު އަނެކަކަށް ބަލަން ހުރެވުނެވެ. ސިކުންތުކޮޅަކަށްފަހު މިންހާގެ ނަޒަރު އަލޫފްގެ ސައިކަލު ފަހަތުގައި އިން ޝަމްހާއަށް ހުއްޓުނެވެ. ޝަމްހާ އިނީ އަލޫފް އާއި ޖެހި ފިތިގެންނެވެ. އޭނާާ އިނީ އަލޫފްގެ ކޮނޑުގައި ހިފަހައްޓާލައިގެންނެވެ. އޭގެ ދެވަނަ […]
22 ވަނަބައިގެ ތެރެއިން…. ޔާޒްއަށް ނިދުނުކަން އެނގުމުން ޔަނާލް ތެދުވެ ރީތިކޮށް އެނދުގައި ޔާޒް ބޭއްވިއެވެ. އަދި ކޮޓަރިތެރެ ހަމައަކަށް އަޅުވާލުމަށްފަހު ކޮޓަރިން ނިކުތެވެ. އޭނާ މިސްރާބު ޖެހީ ކުލްޝޫމްގެ ކޮޓަރިއާއި ދިމާލަށެވެ. މިވަގުތު ކުލްޝޫމް އިންނާނީ ކޮޓަރީގައިކަން އޭނާއަށް އެނގޭއެވެ. ޔަނާލް ދެފަހަރަކު ދޮރުގައި ޖަހާލިއެވެ. އެތެރެއިން ހަބަރެއް ނުވިއެވެ. ތިންވަނަ ފަހަރަށް ޖަހާލުމަށްފަހު ކުޑައިރުކޮޅަކު މަޑުކޮށްލިއެވެ. ހަބަރެއް ނުވުމުން ޔަނާލް ދޮރު ހުޅުވާލިއެވެ. އަނދިރިކަން ވެރިވެފައިވާ ކޮޓަރި ތެރެއިން ފެންނަ ހަމައެކަނި އައްޔަކީ ލައްޕާފައިހުރި […]
23 ވަނަބައިގެ ތެރެއިން…. “ބަނޑެއްގައި ރިއްސާތީ އަހަރެން އޮތީ ނުނިދިފައި. އެހެން އޮށްވަ ފެނުނީ ވަރަށް ސިއްރުން ޒާކް ތެދުވެގެން ކޮޓަރިން ނިކުންނަން ދިޔަތަން. އަހަރެން ވަރަށް ހައިރާންވި ޒާކު އެގޮތަށް އުޅުނީމަ. އޭނައަށް ހީވީ ކަންނޭނގެ އަހަރެން އޮތީ ނިދާފައޭ. އެހާ ސިއްރުން ޒާކް އުޅުނީމަ ހިތަށް އެރީ ކުރަން އެއުޅޭ ކަމެއް ހަމަ އެހާ ސިއްރުން އަހަރެންވެސް ބަލާނަމޭ. އެހެންވެ ފަހަތުން ދިޔައީ. ޒާކް ވަނީ މަންމަ ކޮޓަރިއަށް. ޒާކް ވަނުމުން އަހަރެން ވަރަށް […]
(މިވާހަކަ އަކީ ސުނާމީ ކާރިސާގައި ދިމާވި ޙާދިސާއެއްގެ މައްޗަށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެެވެ) އާދައިގެ މަތިން މިއަދުވެސް ޞޮބީޙާ ފަތިޙު ހޭލައިގެން ފަތިސް ނަމާދުކޮށްގެން ބަދިގޭގައި އަވަދިނެތި ސައިހެދުމުގެ މަސައްކަތާއިގެން ކުރިއަށްދިޔައެވެ. އާދަނު މަހަށްފުރާނީ އަބަދުވެސް ސައިބޮއެގެންނެވެ. ޞޮބީޙާ މިއަދު ސަޔަށް އެ ތައްޔާރުކުރަނީ އާދަނަށް އެންމެ މީރު ބަރަބޯ މަސްހުންޏާއި، ހުނިރޮއްޓެވެ. އާދަނު ފުރަންދިޔުމުން، އަނާވެސް ނުހޭލާތީ، އަނާކައިރީ އޮށޯވެލައިގެން އޮއްވާ ޞޮބީޙާއަށް ވެސް ނިދިއްޖެއެވެ. ޞޮބީޙާ އަށް ސިއްސައިގެން ގޮސް ހޭލެވުނީ ދޮރުގައި […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަހަރެން ލޯބިވާ މައިންބަފައިންނާއި އުފަން ރަށް ދޫކޮށްލީ ހަމައެކަނި ފިރިމީހާއަށްޓަކައެވެ. އެކަމަކު އޭނާ ކިހާ އިންސާފެއްނެތް ހެއްޔެވެ؟ އަހަރެން ގެނެސް އޭނާގެ ރަށަށް ލުމަށްފަހު އޭނާއުޅެނީ މާދުރު ރަށްރަށުގައެވެ. އަހަރަކު އެއްފަހަރުވެސް އަހަރެންގެ ޙާލު ބަލާލަން އާދެވޭ ކަމަކަށް ނުވެއެވެ. އޭނާނެތި މިތަނުން އަހަރެންނަށް ލިބޭނީ ކޮން އުފަލެއް ހެއްޔެވެ؟ އޭނާގެ ޢާއިލާގެ މީހުން ރަގަޅެވެ. އެކަމަކު އަހަރެން ހޯދަން މިއުޅެނީ ކޮން އެއްޗެއް ހެއްޔެވެ؟ އަހަރެން މިހައި ދުރަށް ގެނައި ބާރު […]