Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދިނީ ޒަހަރު… 19

Ushaali Level 810 Stories100 Comments100 Stories500 Comments
February 14, 2019 7 Mins Read
15 Comments

18 ވަނަބައިގެ ތެރެއިން….

“ހެޔޮނުވާނެ… މިކަމަށް ހުރަސް ނާޅަބަލަ. އަހަރެން އުމުރުން ސަތާރަ އަހަރުވިޔަސް މިހާރު އަހަރެންނަކީ ކުޑަކުއްޖެއްނޫނޭ. އަހަރެން އަމިއްލަ ފުރާނައަށް ވުރެ ވެސް ބޮޑަށް ޔަޒްދާން ދެކެ ލޯބިވަން” މިހުރިހާއިރު ހިމޭނުން އިން ޔަނާލް ވާހަކަދެއްކިއެވެ. ހުރިހާ މީހުންގެ ނަޒަރު ޔަނާލަށް ހުއްޓުނެވެ. އެ ހުރިހާ މީހުންގެ ތެރޭގައި ޔަނާލް އޭނާ ޔަޒްދާނަށް އެދޭ މިންވަރު ހާމަކުރުމުން ދުރުގައި ހުރި ޔަޒްދާން ޔަނާލަށް ބަލާލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ.

******************************

“ޒުވާން އުމުރަށް އެޅިގެން އަންނަ ދެކުދިން ލޯބިވެގެން ކައިވެނިކުރަން ބޭނުންވެގެން އެކަންތައް މައިންބަފައިންނާއި ހަމައަށް ގެނައުމުން އެކަމަށް ހުރަސް އަޅާނީ އަހަރެން ދެކޭގޮތުގައި ވަރަށް ނުވިސްނޭ މައިންބަފައިން” ހިތްހަމަނުޖެހުމު ތެރެއިން ކުލްޝޫމް ބުނެލިއެވެ.

“ކުލްޝޫމް ކޮންމެ އެއްޗެކޭ ކިޔަސް ތިކަމަށް އަހަރެންނަށް ރުހުން ދެވޭކަށް ނެތް. ޔަނާލް އެވާހަކަ އެދައްކަނީ އޭނައަށް އަދި ކައިވެންޏަކީ ކިހާވަރެއްގެ އެއްޗެއް ކަމެއް ނޭނގޭތީ. އަހަރެންގެ ދަރިފުޅު ހަށިގަނޑު ހެދިފައި އިސްކޮޅުން ދިގުވެފައި ހުއްޓެއްކަމަކު އޭނާގެ ސިކުނޑި އަދި ވަރަށް ޅަ” އިސްޖަހައިގެން ރޮވިފައި އިން ޔަނާލަށް ބަލާލަމުން މާއިރާ ބުނެލިއެވެ.

“ކަލޭމެން ހާދަ ހެއްވައޭ. ބަލަ ކަލޭމެން ކިތަންމެ ވަރެއް ވިޔަސް ޔަނާލް އަލުން މަންމަގެ ބަނޑަށް ނުވަންނާނެ. އޭނަ ކުޑައެއްނުކުރެވޭނެ. ދުވަހެއް ދުވަހަކަށް އޭނާ ދާނީ ބޮޑުވަމުން. އަބަދު ކަލޭމެންގެ ތައްޕާހުގައި ތަތްކޮށްގެން އެކުއްޖާ ނުގެންގުޅެވޭނެ. ކޮންމެސް އެއްދުވަހަކުން ދިރިއުޅުމެއް ފަށައިގެން އެކުއްޖާވެސް ދާންޖެހޭނެ. ޤަބޫލުކުރަން ބޭނުންނުވިޔަސް އެއީ ދުނިޔޭގެ އުސޫލު” ކުލްޝޫމް ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“ކޮންމެގޮތެއް ވިޔަސް ހެޔޮ. ތިކަމަކާއި އަހަރެމެން ޤަބޫލެއްނޫން” މާއިރާ އޭނާގެ ފަހުގެ ނިންމުން އިއްވިއެވެ.

“އެންމެރަނގަޅު. މާއިރާމެންގެ ތިޔަ ނިންމުމުގެ ސަބަބުން އެދެކުދިން ލޯބީގައި އިންފަހަނައަޅާ ދިޔައިމަ ގިސްލާ ރޯން ތައްޔާރުވޭ. އެދެކުދިން ދެކުދިންދެކެ ލޯބިވާކަމުގައި ވާނަމަ އެދެމެދަށް ތިއިން އެއްވެސް މީހަކަށް ނުވަދެވޭނެ. އަހަރެން އަހަރެންގެ ދަރިފުޅު ގޮވައިގެން މިދަނީ. ކަލޭމެން ނާލްއަށް ވިސްނަދީ” ކުލްޝޫމް ތެދުވެގެން ގޮސް ހިފީ ޔަޒްދާންގެ އަތުގައެވެ. އަދި ނިކުންނަ ދޮރާއި ދިމާލަށް ހިންގައިގަތެވެ.

“ނޫން… ދާން… ނުދޭ… ވަރަށް ލޯބިވޭ ދާން ދެކެ. ބައްޕާ އެމީހުން ހުއްޓުވާ… އަޅުގަނޑު މެރީކުރަން ބޭނުން” މިހުރިހހާ އިރު އެއވެސް އެއްޗެއް ނުބުނެ އިން ހާރޫންގެ އަތުގައި ހިފާ ތަޅުވައިގަންނަމުން ޔަނާލް ބުނެލިއެވެ.

“އިހަށް މަޑުކުރޭ ކުލްޝޫމް” އެއިވުނީ ހާރޫންގެ އަޑެވެ.

“މިކައިވެނި ކުރެވޭނެ. ކައިވެންޏަށް ތައްޔާރުކުރަން ފަށާ. އަހަރެން އަހަރެންގެ ދަރިފުޅަށް ވަލީދޭނަން” ޔަނާލްގެ ބޮލުގައި ފިރުމާލަމުން ހާރޫން ބުނެލިއެވެ. ވަގުތުން ޔަނާލް ހާރޫންގެ ގައިގާ ބައްދާލިއެވެ. އިހުސާސް ނުވިޔަސް މާއިރާއަށް ހީވީ އޭނާގެ ކަންފަތްމަތީގައި ހާރޫން ބޮނޑިއެއް އަޅާލިހެންނެވެ. އޭނާއަށް ކޯތާފަތުގައި އަތް ޖައްސާލެވުނީ ހާރޫނަށް ނަޒަރެއް ދެމުންނެވެ. އެތަނުގައި މަޑުނުކޮށް ހާރޫން ސިޑިން އަރައިގެން ދިޔައެވެ. މާއިރާ ހިތްހަމަނުޖެހިފައި ހުއްޓަސް އާކިންއަށް ރޮވިފައި ހުރި ޔަނާލް ކައިރިއަށް ނުގޮސް ކެތެއްނުވިއެވެ. އާކިން ޔަނާލްގެ ބޮލުގައި ފިރުމާލަމުން ދުރުގައި ހުރި މާއިރާއަށް ބަލާލިއެވެ. މާއިރާ ދެލޯ އަޅައިގަތުމާއެކު އާކިންއަށް ޖެހުނީ އެތަނުން ދާށެވެ. ފަހަތުން ރާކިން އަދި ޒާކިން، އިފްނާވެސް ދިޔައެވެ. ޔަނާލްގެ ދެފަރާތުން ކައިރިވީ ޝިފާއާއި ނާދެވެ.

“ދެން ހުއްޓާލާ…. ޑޭޓޭއް ފައިނަލްކުރޭ އަވަހަށް” ޔަނާލްގެ ދެލޯ ކައިރި ފޮހެދެމުން ޝިފާ ބުނެލިއެވެ. ޔަނާލްްހިނިތުންވެލަމުން މާއިރާއަށް ބަލާލިއެވެ. ނަމަވެސް މާއިރާ ހިތްހަމަނުޖެހިފައި ދިޔުމުން ޔަނާލް ހިތުގައިޖެހުނެވެ. މިނޫނީ ދުވަހަކުވެސް މާއިރާ އެގޮތަށް ކަންތައްކޮށްފައި ނުވާތީއެވެ.

*********************************

އެތައް އިރަކު ވިސްނަން ލައިބްރަރީގައި އިނުމަށްފަހު މާއިރާ ކޮޓަރިއަށް ދިޔައީ އޭނާގެ ރުޅިގަނޑު ފިނިވާހާ އިރުކޮށްފައެވެ. އޭރު ސްޓަޑީ ޓޭބަލް ކައިރީގައި ފައިލްތަކެއް ހިފައިގެން މަސައްކަތެއްގައި ހާރޫން އިނެވެ. މާއިރާ ފަހަތުގައި ހުރިކަން އެނގުމުން ހާރޫން ފައިލްތައް ލައްޕާލާފައި އަލަމާރީގައި ހުންނަ އޭނާ ތަޅުލައިގެން ގެންގުޅޭ ކަބަޑަށް ލިއެވެ.

“ކީއްތިކުރަނީ. ކޮފީތައްޓެއް ގެންނަންތަ؟” އެނދުގައި އިށިން ހާރޫން ކައިރީގައި އިށީންނަމުން މާއިރާ އަހާލިއެވެ. ހާރޫން މާއިރާގެ މޫނަށް ފުން ނަޒަރަކުން ބަލާލިއެވެ.

“އަހަރެން ހީކުރީ ހުންނާނީ ރުޅިއައިއްސަ ކަމަށް” ހާރޫން ބުނެލިއެވެ.

“ތެދަށް ބުނަންޏާ ހިތްހަމަނުޖެހުނު. އެންމެން ކުރިމަތީގައި ހާރޫން އެގޮތަށް ނިންމީމަ ލަދުވެސްގަތް. ކޮންމެގޮތެއް ވިޔަސް އަހަރެންގެ އަގުވެއްޓުނީތާ” މާއިރާ ދެރަވެފައި ވާހަކަދެއްކިއެވެ. ހާރޫން މާއިރާގެ އަތުގައި ހިފައިގެން ގެނެސް އޭނާގެ ކައިރީގައި ބޭންދިއެވެ.

“އަހަރެންނަށް މާއި ދެރަވާވަރުގެ ކަމެއް ކުރެވިފައި ވަނީނަމަ މަޢާފަށް އެދެން. އެގޮތަށް އަހަރެން ނިންމީ އެއްގޮތަކަށްވެސް މާއީ އަގުވައްޓާލާކަށްނޫން. ނާލްއަކީވެސް މީހާރު ބޮޑުވަމުން އަންނަ އަންހެންކުއްޖެއް. އޭނާގެ އުފާތަކަށް އެޅޭ ހުރަހަކަށް އަހަރެން ނެތިން ވާކަށް. ދަރިންގެ މިނިވަންކަމަށް މައިންބަފައިން ހުރަސް އެޅުމުން ދެން އޭގެ ނަތީޖާ ނިކުންނާނީ ވަރަށް ހަޑިކޮށް. އެހެންނޫނަސް އޭނާގެ ފިރިއަކަށްވާނީ ދުރު ކުއްޖެއްވެސް ނޫން. ޔަޒްދާނަކީ ރީތި ސްމާޓް އިންޓެލިޖެންޓް ޕްލަސް ސައިލެންޓް. އަހަރެން ހަމަ އެސޮރަށް ސަތޭކަވެސް ދީފާނަން” ހާރޫން ވާހަކަދައްކަމުން ދިޔައެވެ.

“ދެންހެވޭ. އަހަރެން އިންކާރުކުރީ އެދަރިފުޅު އަދި ފިރިހެނެއްގެ އަތްދޮށަށް ފޮނުވާލަން މި ހިތް ނޭދޭތީ. ލޯމަތިން ގެއްލެން ނޭދޭތީ. އެކަމަކު ދެން އަހަރެންވެސް ނެތިން މިކަމަށް ހުރަސް އަޅާކަށް. އެމަންޖެގެ އުފަލަކީ އަހަރެންގެ ވެސް އުފާ” މައިރާ ބުނެލިއެވެ. މާއިރާ ގަޔާ ކައިރިކޮށްލިއިރު ހާރޫންގެ ސިކުނޑި ތެރޭގައި އެނބުރެމުން ދަނީ މުޅިން އެހެންކަމެކެވެ. އޭނާގެ ހިތުގައިވަނީ ސުވާލެއް އުފެދިފައެވެ. ޖަވާބުދެވޭނީ ހަމައެކަނި ޔަނާލަށެވެ.

“މިއަންނަނީ” ހާރޫން ކޮޓަރިން ނިކުތުމުން މާއިރާގެ ކަޅި އަމާޒުވީ އެނދުގައި ހާރޫން އިން ދިމާލުގައި ބޭޢްވިފައި އޮތް ތަޅުދަނޑިއެވެ. އެއީ އަލަމާރީގައި ހުންނަ ވަތްގަނޑުގެ ތަޅުދަނޑިއެވެ. ހާރޫން އަބަދުވެސް ބަހައްޓަނީ އެވަތްގަނޑު ތަޅުލާފައެވެ. މިއަދު އޭގައިވަނީ ކޯއްޗެއްތޯ ބަލަން މާއިރާ ބޭނުންވިއެވެ. އޭނާ ތަޅުދަނޑި ހިފައިގެން ގޮސް ވަތްގަނޑު ހުޅުވާލިއެވެ. އޭގައިވަނީ ފައިލްތަކެކެވެ. ބަންޑުންޖަހާލައިފާ އޮތް ކުޑަ ފޮޓޯ ފްރޭމެއް އޮތެވެ. މާއިރާ އެނަގާ ބަލާލިއެވެ. ޒުވާން އަންހެނެއްގެ އުރުގައި ލޯބިލޯބި އަންހެންކުއްޖެއް އިން އެފޮޓޯ ހާދަ ސާފެވެ. މާއިރާއަށް ދަތްކުނޑި ވިކާލެވުނެވެ. ފޮޓޯގައި އެވަނީ ކާކުކަން އޭނާއަށް އިނގިއްޖެއެވެ. ނަމަވެސް މިހުރިހާ ދުވަހު ހާރޫން އެހާ ލޯބިން އެފޮޓޯ އާކުރަމުން ގެންދާކަން އެނގުމުން މާއިރާ ފޫހިވިއެވެ. ފްރޭމް އޮތްތަނުގައި ބޭއްވުމަށްފަހު ދެން މާއިރާ ނެގީ ނޫކުލައިގެ ރިބަންފަށަކުން އައްސާލާފައިވާ ކްރީމް ކުލައިގެ ފައިލެކެވެ. އޭގެ ބޭރުގައި ވަނީ ފަހުގެ ތާރީހެއް ޖަހާފައެވެ. އެފައިލްގައި ވަނީ ކޯޗެއްތޯ ބެލުމަށް އިންތިހާއަށް މައިރާ ބޭނުންވިއެވެ. އޭނާ ކޮޓަރީ ދޮރު ލައްޕާލާފައި އައިސް އެނދުގައި އިށީނުމަށްފަހު ރިބަންފަށް ނިއުޅުވަލިއެވެ. ގަނޑަކަށްފަހު ގަނޑެއް ކިޔަމުން ދިޔަ މާއިރާގެ މޫނުމަތީގެ ކުލަވަރު ހިނދަކަށްފަހު ހިނދެއް ދިޔައީ ބަދަލުވަމުންނެވެ. ބާރަކަށް ފައިލް ލައްޕާލުމަށްފަހު އިހު ހުރިގޮތަށް ރިބަނުން އައްސާފައި އޭގެ ޖާގައަށް ލުމަށްފަހު މާއިރާ އައިސް ހުއްޓުނީ ކޮޓަރި މެދުގައެވެ.

“އެހެންވިޔަކަ ނުދޭނަން. ހަމަހިލާވެސް އެހެންވިޔަކަ ނުދޭނަން” މާއިރާ އޭނާގެ އަމިއްލަ ނަފްސާއި ވާހަކަދައްކަމުން ދިޔައެވެ. އޭނާ މާނޭވާ އަޅަމުން ދިޔައިރު މޫނުމަތީގައި ވަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމާއި ނަފްރަތެވެ.

*********************************

ޔަޒްދާންގެ ފޯނެއްގައި އިން ޔަނާލް ސިހުނީ ކޮޓަރި ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުންނެވެ. އޭނާ ފޯނު ކުރުކޮށްލާފައި ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި ހާރޫން ފެނުމުން ޔަނާލް ހީލިއެވެ.

“ބައްޕަ ވަންނަންތަ؟” ހާރޫން އަހާލިއެވެ. ޔަނާލް ބޯޖަހާލުމާއެކު ހާރޫން އެތެރެއަށް ވަދެގެން ގޮސް އެނދުގައި އިށީނެވެ. ފަހަތުން ގޮސް ޔަނާލް އިށީނީ ބިންމަތީގައެވެ. އަދި ހާރޫންގެ އުނގުގައި ބޯއަޅާލިއެވެ.

“ބައްޕަ ކަމަކުތަ؟ އަޅުގަނޑަށް ގޮވާލެއްވިނަމަ” ޔަނާލް ބުނެލިއެވެ. ހާރޫން އިނީ ޔަނާލް އިސްތަށިގަނޑުގައި ފިރުމާލަ ފިރުމާލައެވެ. އޭނާ އިނީ ވިސްނުމެއްގައެވެ.

“ދަރިފުޅު ތީނީ އުފަލުންތަ؟” ހާރޫން އަހާލިއެވެ.

“އޮފްކޯޒް ބައްޕާ. އަޅުގަނޑު ވަރަށް އުފަލުން މީނީ” ޔަނާލް ބުނެލިއެވެ.

“ދަރިފުޅު ޔަޒްދާން ދެކެ ލޯބިވވޭތަ؟” ހާރޫން އަހާލިއެވެ.

“ވަރަށް ބޮޑަށް” ޔަނާލް ބުނެލިއެވެ.

“ބައްޕަ މިތަނަށް މިއައީ ދަރިފުޅު ކައިރީގައި ވާހަކައެއް އަހާލަން. ބައްޕަ އުއްމީދުކުރަން ދަރިފުޅު ތެދުތެދަށް ވާހަކަދައްކާނެކަމަށް” ހާރޫން ބުނެލިއެވެ. ޔަނާލް ބޯހިއްލާލާ ހާރޫންގެ މޫނަށް ބަލާލިއެވެ.

“މިހާ އަވަހަށް ހަމަ ކުއްލިއަކަށް ދަރިފުޅު ޔަޒްދާނާއި އިންނަން ބޭނުންވީ ކީއްވެ؟” ހާރޫން އަހާލިއެވެ. ޔަނާލް ބަސްހުއްޓުނެވެ. ސަބަބު ހާމަކުރަން އޭނާ ނުކުޅެދުނެވެ. އޭނާ ހާރޫންގެ މޫނުން ނަޒަރު ވަކިކޮށްލާ ދުރަށް ބަލަން ފެށިއެވެ.

“ދަރިފުޅާ! މީ ދުނިޔެ. ދުނިޔޭގައި އުޅޭއިރު ކުށްތަކަށް އަރައިނުގަނެވޭނެ އެއްވެސް މީހަކު ނުހުންނާނެ. ދަރިފުޅު ގޯހެއް ހެދީތަ؟” ޔަނާލް ފަސްޖެހުމުން ހާރޫން އަހާލިއެވެ.

“ބައްޕާ! އަޅުގަނޑަށް މަޢާފްކުރޭ. އަޅުގަނޑަށް މާބޮޑަށް ލޯބިވެވުނީ. އެއީ ހެދުނު ގޯހަކީ. އަޅުގަނޑު ބޭނުމެއްނޫން މެރީނުކޮށް ހުންނާކަށް. އަޅުގަނޑު ބިރުގަންނަނީ” ޔަނާލް ބުނެލިއެވެ.

“ދަރިފުޅުގެ ނިންމުމަށް ބައްޕަ އިހުތިރާމްކުރަން. އަންހެންކުއްޖަކަށްވެ ހުރެ ދަރިފުޅު ތިކަހަލަ ނިންމުމެއް ނިންމީމަ ބައްޕަ ވަރަށް އުފާވެއްޖެ. ބައްޕަ އެދެނީ ދަރިފުޅަށް އުފާވެރި މުސްތަގްބަލަކަށް” ހާރޫން ބުނެލިއެވެ.

“ތެންކިއު ބައްޕާ. ޔުއަރ ވޯލްޑް ބެސްޓް ފާދަރ” ޔަނާލް ބުނެލިއެވެ.

“އަދި ބައްޕަ ހަނދާން ނެތިފަ މިހުންނަނީ. އަންނަ އަހަރު ދަރިފުޅަށް އަށާރަ އަހަރު ވުމަށްފަހު ބައްޕަގެ މިހުރިހާ މުދަލެއްގެ ޙައްޤުވެރިއަކީ ދަރިފުޅު. ދަރިފުޅު މީހަކާއި އިނުމަށްފަހު އެމީހަކަށްވެސް ބައެއް ލިބޭނެ. އެމީހަކީ ޔަޒްދާންކަން އެނގުމުން ބައްޕަ ވަރަށް އުފާވެއްޖެ” ހާރޫން ވާހަކަދެއްކިއެވެ. ޔަނާލްގެ ދެލޮލުން ވެއްޓުނީ އުފާވެރިކަމުގެ ކަރުނައެކެވެ.

އާކިންގެ ކޮޓަރިއަށް ރާކިންއާއި ޒާކިން ގޮސް ވަނީ އެކީގައެވެ. އޭރު އެތެރޭގައި މާއިރާ ބޮޑު ގޮނޑީގައި އިނެވެ. ހުރިހާ ދަރިން ހަމަވުމާއެކު މާއިރާގެ އެންގުމަށް އިފްނާ ކޮޓަރި ތަންޑުއެޅުވިއެވެ.

“މަންމާ އަނެއްކާ ކިހިނެއްވީ؟” ރާކީން އަހާލިއެވެ.

“ބައްޕަ ޖަމާކޮށްދީފަ ހުރީ ކިހާ ފައިސާއެއްތަ ތިކުދިންގެ އެކައުންޓަށް” މާއިރާ އަހާލިއެވެ.

“އަޅުގަނޑަށް އެބައިން ފަސް ލައްކަ ކޮށްދީފަ” ޒާކިން ބުނެލިއެވެ. އާކިންއާއި ރާކިންވެސް އެއްބަސްވިއެވެ.

“ބައްޕަ ބުނުއްވީ އަމިއްލަ ބިޒްނަސްއެއް ފަށަން” ޒާކިން ބުނެލިއެވެ.

“މިހުރިހާ ދުވަހު ތިކުދިންނަށްޓާކައި މަންމަ މިއައީ ވަރަށް ބޮޑު ޤުރުބާނީތަކެއް ވަމުން. ހާރޫނަކީ މުޅި ރާއްޖެއިން ވެސް މުއްސަނދި ކަމުގައި ހޮވާލެވޭ މީހެއް. އޭނަ ކަންތައް އެކުރަނީ އަހަރެން އުއްމީދު ކުރި ގޮތަކަށްނޫން” މާއިރާ ވާހަކަދެއްކިއެވެ.

“މިހުރިހާ ދުވަހުވެސް ކަންތައް ކުރަމުން މިއައީ މަންމަ ބޭނުންވި ގޮތަށް މަންމަ ބުނުއްވި ގޮތަށް” އާކިން ބުނެލިއެވެ.

“އިނގޭތަ؟ ޔަނާލާއި ޔަޒްދާން ކައިވެނިކުރުމަށްފަހު މިގޭ މިލްކުވެރި ފަރާތަކީ ޔަޒްދާން. އެގޮތަށް ފަތްލިޔެ ނިންމާފައި މިހާރު އޮތީ. އަހަރެން މިއައީ ލޮލުން ދެކިފައި” މާއިރާ އަހާލިއެވެ.

“ވަޓް؟” އާކިންއަށް ބުނެވުނެވެ.

“އާނ… ޔަނާލަށް އަށާރަ އަހަރުވީމަ މިގޭ ވެރިންނަށްވާނީ އެދެމީހުން” މާއިރާ ބުނެލިއެވެ.

“ދެން ކިހހިނެއްހަދާނީ؟” އާކިން ބުނެލިއެވެ.

“ކަންތައް ކުރާނީ އަހަރެން ބުނާގޮތަށް” މާއިރާ އޭނާގެ ހުރިހާދަރިން އެއްކޮށްލައިގެން ސިއްރު ވާހަކަތަކެއް ދައްކާ ނިންމާލިއެވެ. ހާރޫން އޭނާ ނުބައި މީހަކަށް ހަދަން އުޅެންޏާ އޭނާ ވާނީ ނުބައި މީހަކަށެވެ.

*********************************

ޔަނާލްގެ ކައިވެނީގެ ކަންތައް ވަރަށް ހަލުއި ކަމާއެކު ކުރިއަށް ދިޔައެވެ. ބޮޑު ޕާޓީއެއް ބާއްވަން ޔަނާލް ބޭނުންނުވުމުން ނިމުނީ އެގޮތަށެވެ. ނަމަވެސް ދެފަރާތުގެ އާއިލާއިން ނިންމީ އާއިލާ އެކުގައި ކައިވެނީގެ ހަފްލާ ފާހަގަކޮށްލުމަށެވެ. ޔަނާލާއި ޔަޒްދާންގެ ކައިވެނީގެ ތާރީހް ކަނޑައެޅިގެން ދިޔުމުން އެކަމާއި ދެފަރާތުގެ އާއިލާ ދިޔައީ އުފާ ފާޅުކުރަމުންނެވެ. ނަމަވެސް އެކަކުގެ ހިތް ދިޔައީ ރޮމުންނެވެ. ފައިޒަން ހިތާމަކުރަމުން ދިޔައީ މުޅި ދުނިޔެއަށް ވެސް ސިއްރުންނެވެ. ޔަނާލް ޔަޒްދާން ދެކެ އިންތިހާއަށް ލޯބިވާކަން އެނގުނު ހިނދު ފައިޒަންގެ ތުންފަތްމަތިން ފެނުނީ ޕްލާސްޓިކް ހިނިތުންވުމެކެވެ. ޔަނާލަށް ހިތްވަރުދީ ހެޔޮގޮތް މިންވަރު ކުރެއްވުމަށް އެދި ދުޢާ ކުރަމުން ދިޔައިރު އޭނާގެ ހިތުގައި ވަނީ އެތައް ރެނދުތަކެއް ލާފައެވެ. ފައިޒަން ބޭނުންވީ ކަފުނުން ބަނދެވުމާއި ހަމައަށް ދާންދެން އެލޯބި އޭނާގެ ހިތުގައި ވަންހަނާ ކުރާށެވެ. ފުރާނަ ފަދަ ލޯބިވާ އެކުވެރިޔާ އަދި އެކުވެރިއެއް ފަދަ ލޯބިވާ ބޭބެގެ ލޯބީގެ ގުޅުމުގައި އޭނާގެ ސަބަބުން ކޫރުމެއް އެޅެންވެސް ބޭނުންނުވާތީއެވެ.

****************************************

ޔަޒްދާނާއި ޔަނާލްގެ ކައިވެނި ކުރެވިގެން ދިޔައީ ޔަޒްދާންމެން ގޭގައެވެ. ދެފަރާތުގެ އާއިލާއަށް ކެއުން ހާއްސަކޮށްފައިވާ ރެސްޓޯރަންޓަށް ވަނުމާއެކު ދެން ފެށިގެން ދިޔައީ ފޮޓޯއާއި ވީޑިއޯ ނެގުމުގެ ކަންތައްތަކެވެ. ކެއުމަށް އިންސާފުކުރީ އެއަށްފަހުގައެވެ.

“ކިހިނެއްވެފަ ތިހުންނަނީ” މާދުރުގައި ފައިޒަން ހިޔާލަކަށް ގެއްލިފައި ހުރިތަން ފެނުމުން އެތަނާއި ކައިރިވެލާފައި ޔަނާލް އަހާލިއެވެ. ޔަނާލްގެ އަޑުން ފައިޒަން ދިޔައީ ސިހިގެންނެވެ.

“އެނ… ނަނާ އެއްޗެއް ބުނިންތަ؟” މޫނުމަތީގައިވާ މާޔޫސްކަން ފޮރުވާލަމުން ފައިޒަން ބުނެލިއެވެ.

“އަހަރެން ހީކުރީ މިރޭ އެންމެ ބޮޑަށް އުފާވާނީ ފައި ކަމަށް. ޔަޤީނުންވެސް ފައި ގެ ވެޑިންގް އޮންނަ ރެއެއްގައި މަށަށް ވުރެ ބޮޑަށް އެއްވެސް މީހަކަށް އުފާކުރާކަށް ލާހިކެއްނޫން” ގަދަވެލާފައި ޔަނާލް ބުނެލިއެވެ.

“އެހެންތަ! އަސްލު ބުނަންތަ މިވަގުތު މިހެރީ ވަރަށް ދެރަވެފަ. އަހާބަލަ ކީއްވެތޯ” ޔަނާލް ކޮނޑަށް އަތް ވައްޓާލަމުން ފައިޒަން ބުނެލިއެވެ.

“ކީއްވެޔޯ” ޔަނާލް އަހާލިއެވެ.

“ސިއްރެއް އިނގޭ މީ. ދާން ކައިރީގަވެސް ނުވާނެ ބުނެގެނެއް” ފައިޒަން ބުނެލިއެވެ.

“މިއުޅެނީ މީހަކާއި އިންނަހިތުން. ވޯނަ އެކްސްޕީރިއަންސް………” ފައިޒަންއަށް ޖުމްލަ ފުރިހަމަ ނުކުރެވުނީ އޭނާގެ ބަނޑުގައި ޔަނާލް ވިކާލުމުންނެވެ.

“ނޯޓީ… ” ޔަނާލް ބުނެލިއެވެ.

ލަސްލަހުން ކޯކްތައްޓެއް ބޯންއިން ޔަޒްދާންގެ ނަޒަރު ހުއްޓިފައިވަނީ އޭނާގެ ކުރިމަތީގައި ހުރެ ފައިޒަންއާއި ސަކަރާތްޖަހަމުން ދިޔަ ބުދެއް ފަދަ ރީތި އަންހެންކުއްޖާއަށެވެ. ޔަނާލްގެ ކޮންމެ ހަރަކާތެއް ޔަޒްދާންގެ ހިތުގައި ބިންވަޅުނެގެމުން ދިޔައެވެ. ހުދުކުލައިގެ މިޑީ ހެދުމުގައި ޔަނާލްގެ ޗާލުކަމާއި އެއްހަމައެއްގައި ވާދަކޮށްލެވޭނެ ދެވަނަ ރީތިކަމެއް މި ބިމުގައި ނުވާނެކަން ކަށަވަރެވެ. ޔަޒްދާން އިން ދިމާލަށް ޔަނާލަށް ބަލާލެވުނީ އޮޅުމަކުންނެވެ. ނަމަވެސް އެވަގުތު ޔަޒްދާން ބަލަން އިންގޮތުން ޔަނާލްގެ ހިތަށް ފިނިވެލައިގެން ދިޔައެވެ. ދުވަހަކުވެސް ފިރިހެނަކު އެފަދަ ބެލުމަކުން އޭނާއަށް ބަލާފައެއްނެތެވެ. ޔަޒްދާން ކޮށްލި ހަރަކާތަކުން ޔަނާލްގެ ދޮން ކޯތާފަތަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. ޔަޒްދާންގެ ބެލުމުގައި ވަނީ އާދަޔާޚިލާފް ބާރެކެވެ. އޭނާއާއި ދިމާލަށް ލައިގެން ހުރި ހެދުން ކޮށި ކޮށްލައިގެން ހުރެ ޔަނާލް ހިނގާފައި ދިޔައީ ވެސް އެލޯބީގެ ބާރުގައެވެ. ޔަނާލް އެހިސާބާއި އަރާ ހަމަވުމާއެކު ޔަޒްދާން ގޮނޑިން ތެދުވިއެވެ. ޔަނާލް ލަސްލަހުން އޭނާއަށް ވުރެ އިސްކޮޅުން ދިގު ޔަޒްދާނުގެ މޫނަށް ބަލާލިއެވެ. ޔަނާލްގެ ދެއަތްތިލަ ޔަޒްދާން އޭނާގެ އަތު ތެރެއަށް ލަމުން ޔަނާލްގެ މޫނާއި މޫނު ކައިރިކޮށްލާ ކޯތާފަތުގައި ބޮސްދިނެވެ. އެވަގުތު ޔަނާލް ރަކި ހީލުމަކުން ހީލުމަށްފަހު މޫނު އަރިކޮށްލިއެވެ. އެލޯބިވެތި ވަގުތުކޮޅު ފައިޒަން ގެންގުޅުނު ކެމެރާގައި ރައްކާކޮށްލިއެވެ.

ޔަނާލް ޔަޒްދާނާއި ހަވާލުކުރުމަށްފަހު އެތައް އިރަކު މާއިރާ ރުޔެވެ. މާއިރާ އެހާ ހިތަށް އަސަރުކޮށްފައި ހުރުމުން ހާރޫންވެސް ހުރީ އަޖައިބުވެފައެވެ. ކުރިން މާއިރާއަކީ އެހާ ހިތްބަލި މީހެއްކަމެއް އެމީހުންނަށް އެނގިފައެއްނެތެވެ. މާއިރާގެ ކަރުނަތަކުން ފަހު ވަހުތު ޔަނާލްގެ ހިތްވެސް ރޮށްވާލިއެވެ. ޔަނާލްގެ ތިން ބޭބެއިންވެސް ޔަނާލަށް ހެޔޮ ދުޢާ ކުރުމަށްފަހު ކާރުތަކުގައި ދިޔައީ އިތުރަށް ޔަނާލް ރޮށްވާލާފައެވެ.

*****************************************

ކޮޓަރިއަށް ވަދެވުމާއެކު ޔަޒްދާން ޔަނާލް ނަގާ އަތްމައްޗަށް ލިއެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓުމަށްފަހު ފަހަތުން ޔަނާލްގެ ގައިގާ ބައްދާލިއެވެ. ޔަނާލް އެނބުރިލާފައި ޔަޒްދާންގެ ކަރުގައި ދެއަތް ވަށާލިއެވެ.

“ވަރަށް ލޯބިވޭ ދާންދެކެ” ޔަނާލް ބުނެލިއެވެ. ޔަޒްދާން ހީލަމުން ޔަނާލްގެ ކަރުގައި ބޮސްދިނެވެ.

“އަހަރެން މާބޮޑަށް ލޯބިވޭ. ދުވަހަކުވެސް އަހަރެން ނާލް ދޫކޮށްފައެއް ނުދާނަން. އަހަރެމެން ދެމީހުން ދުރުކުރެވޭނީ ހަމައެކަނި ބާރަކީ މަރު” ޔަނާލްގެ ގައިގާ ބައްދާލައިގެން ހުރެ ޔަޒްދާން ބުނަމުން ދިޔައެވެ.

“ޝްޝްޝް… ތިހެން ނުބުނާތީ. އަހަރެންނަށް ވުރެ ކުރިން ދާން މަރުވާކަށް ބޭނުމެއްނޫން. އެފަދަ ދުވަހެއް ނުދައްކަވާށި” ޔަނާލްގެ ކަނާއަތުގެ ޝަހާދަތް އިނގިލި ޔަޒްދާންގެ ތުންފަތުގައި ހުރަސްކޮށްލަމުން ބުނެލިއެވެ. އެ އިނގިލީގައި ޔަޒްދާން ލުއިލުއިކޮށް ބޮސްދިނެވެ. ޔަނާލްގެ ލޮލުގެ ތެރެއަށް ޔަޒްދާން ގެނބެން ހިނދުކޮޅެއްވެސް ނުނެގިއެވެ. ރަތްކުލައަކުން ފަވާލާފައިވާ ޔަނާލްގެ ތުންފަތުގައި ޔަޒްދާން އިނގިލި ބީއްސާލިއެވެ.

“ލިބިދާނެތަ؟” ޔަޒްދާން ޔަނާލްގެ ކަންފަތާއި އަނގަ ގާތްކޮށްލުމަށްފަހު ބުނެލިއެވެ. ތިރިކޮށްލާފައިވާ އެސްފިޔަތައް ހިއްލާލަމުން ޔަނާލް ޔަޒްދާންގެ މޫނަށް ބަލާލިއެވެ. އަދި ޔަޒްދާންގެ ފައިތިލަ މައްޗަށް މަޑުމަޑުން އަރާލުމަށްފަހު ޔަޒްދާންގެ ބުރަކަށީގެ ދެފަރާތުން ހިފަހައްޓާ ފުންނާބު ކޮޅު ހިއްލާލިއެވެ. އެހިނދު ޔަނާލް މޫނާއި ޔަޒްދާންގެ މޫނު ހުރީ އެއްވަރެއްގައެވެ. ޔަނާލް ޔަޒްދާންގެ ތުންފަތުގައި ލޯބިކުރަން ފެށުމުން އެކަމަށް ޔަޒްދާން ފުރިހަމައަށް އެއްބާރުލުން ދިނެވެ. ޔަނާލްގެ ހިމަ ހަށިގަނޑުގައި ބައްދާލައިގެން ހުރީ އޭނައަށް ނޭވާލާންވެސް ދަތިވާ ވަރަށެވެ. ޔަޒްދާން ދޫކޮށްލީ ކުރިން ޔަނާލް ހުއްޓާލުމުންނެވެ. އޭރު ޔަނާލްގެ ތުންފަތް ވަނީ ކުރިއަށް ވުރެ ވެސް ބޮޑަށް ރަތްވެފައެވެ. ތެތްކަމެއް އުފެދިފައިވާ ޔަޒްދާން އެއްތުންފަތުން ހީލީ ޔަނާލް ލަދުގަނެފައިވާ ވަރު ފެނުމުންނެވެ.

“މިރޭ ބޭނުމެއްނޫން ނިދާކަށް” ޔަނާލް ގަޔާ ގާތްކޮށްލަމުން ޔަޒްދާން ބުނެލިއެވެ.

“ދެން؟ ރޭގަނޑުގެ ނިންޖަކީ ބޭބީއަށާއި މަންމައަށް ނުލަހިކު ބޭނުންކަމެއް” ޔަނާލް އޭނާގެ ބަނޑުގައި ފިރުމާލަމުން ބުނެލިއެވެ.

“ޔެސް. ހަނދާންނެތުނީ… އާދެބަލަ އެހެންވިއްޔާ” ޔަނާލް އަތުގައި ހިފައިގެން ގޮސް ޔަޒްދާން އިށީނީ އެނދުމަތީގައެވެ. އަދި ޔަނާލް ގެނެސް ބޭންދީ އޭނާގެ އުނގުތެރޭގައެވެ.

“ނާލް! ދުނިޔޭގެ ލޯމައްޗަށް މިވަގުތު އަހަރެމެން ދެމީހުންނަކީ ދެމަފިރިން ކަމުގައި ވިޔަސް ހަޤީޤަތުގައި މިކައިވެންޏަކީ ސައްހަ ކައިވެންޏެއްނޫން. އެކަން އިނގޭ ދޯ” ޔަނާލްގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން ޔަޒްދާން ބުނެލިއެވެ. ޔަނާލް ބޯޖަހާލިއެވެ.

“ނާލް ވިހަންދެން އަހަރެމެން ޖެހޭނެ މިހެން އުޅެން. ވިހެއިމަ އެކަކަށްވެސް ނާންގާ އަލުން އިންނާނީ” ޔަޒްދާން ބުނެލިއެވެ.

“ހޫމް… ވަން އެންޑް ހާފް މަންތްސް ވީމަ ވާނެ ޕްރެގްކަން އެންމެން ކައިރީގައި ބުނަން ދޯ. މިހާރުވެސް އަދި އެންމެ ދެހަފްތާ މިވީ” ޔަނާލް ބުނެލިއެވެ.

“އަހަރެންނަށް ވަރަށް އުނދަގުވާނެ ނާލްއާއި ކައިރިނުވެ އެއްކޮޓަރީގައި މިހެން އުޅެން. އެކަމަކުވެސް ކީތްކުރާނީ ދޯ. ހިއްސުތައް ކޮންޓްރޯލުކުރަން ބޭސްކާން ފަށަންވީ” ޔަޒްދާން ހީލަމުން ބުނެލިއެވެ.

“މީ އަހަރެންގެ ހަޔާތަށް އަންނާނެ އެންމެ އުފާވެރި ރޭ. އޯ ދާން….. މީ ހުވަފެނެއްތަ” ޔަޒްދާންގެ މޭގައި ބޮނޑިވެލަމުން ޔަނާލް ބުނެލިއެވެ.

“ދައްކަބަލަ.”

“އައުޗް. ކީއްތިކުރީ.. ތަދުވެއްޖެ” ޔަނާލް ތުންފަތުގައި އަތް ޖައްސާލަމުން ބުނެލިއެވެ.

“މިހާރު އެނގިއްޖެއްނު ހުވަފެނެއްނޫންކަން. ސޮރީ މައި ކްއީން” ޔަނާލް ގަޔާ ކައިރިކޮށް ނިތުގައި ބޮސްދެމުން ޔަޒްދާން ބުނެލިއެވެ.

“ދޮންބެ! މިގަޑީގަ ކީތްކުރަން ދާންއަށް އެގުޅަނީ” ސައިޑްކަބަޑް މަތީގައި އޮތް ޔަޒްދާންގެ ފޯނު ނަގަމުން ޔަނާލް ބުނެލިއެވެ.

“ނޭނގެ. ނަގަންވާނެ. ނާލްގެ ބޭބެމެންނަކީ މިހާރު އަހަރެންގެވެސް ބޭބެމެން” ޔަޒްދާން ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން ބުނެލިއެވެ. އޭނާ އެނދުން ތެދުވެ އިރުކޮޅާކު އާކިން އާއި ފޯނުން ވާހަކަދައްކަން ހުއްޓެވެ. އެކޮޅުން ދައްކާ ވާހަކަ އަޑު ނީވުނަސް ޔަޒްދާންގެ ތުންފަތްމަތިން ހިނިތުންވުން ފެންނަމުންދާތީ ޔަނާލް އެނދުގައި އިނީ އެގަޑީގައި އާކިން ގުޅައިގެން ދެއްކި ވާހަކައަކީ ކޮބާތޯ ބަލަން ބޭނުންވެފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ބުނާށޭ ލޯބި ނުވަނީހޭ….5

Next

އެހާރާއި މިހާރު …….

Next
February 14, 2019

އެހާރާއި މިހާރު …….

Previews
February 13, 2019

ބުނާށޭ ލޯބި ނުވަނީހޭ….5

15 Comments!

  1. Aki says:
    February 14, 2019 at 12:15 pm

    haadha rangalhey… me first dho

    1. Ushaali says:
      February 14, 2019 at 12:21 pm

      😀 yes you first
      🙂 thankyou so much

  2. Ushaali says:
    February 14, 2019 at 12:20 pm

    🙂 salaam all
    mi bai ves huriha kiyuntherinnah kamudhaane 🙂 🙂 kamah ummydhu kuran

  3. SCARLET❤ says:
    February 14, 2019 at 12:26 pm

    U r the best ushaali???… hurihaa prt eh vx avahah up kohdhethy mi vaahaka ??nukiyaavx nuhureveyne..luv it…❤❤❤

    1. Ushaali says:
      February 14, 2019 at 12:32 pm

      🙂 awwwww
      🙂 thankyou so much SCARLET. love your comment
      working huriha dhuvahegga new episode 🙂 🙂 eh genesdheveyne

  4. Juvey says:
    February 14, 2019 at 1:53 pm

    Wow haadha reehcheyy. .❤??adhi 1 part mirey genes dhevidhaane tha doonyaa ❤❤❤❤????

    1. Ushaali says:
      February 14, 2019 at 2:02 pm

      🙁 so sorry juvey. miadhu hiyeh nuvey thikan vedhaanehen. and thankyou so much 🙂 🙂 vahaka kiyaaleethee

  5. Winks says:
    February 14, 2019 at 2:09 pm

    vv nice mi part vex… aslu i thought ur same age kamah aanmu koh mi site ga ulheny evaru ge kudhin v ma.. thats why dhw ur storys are matured

    1. Ushaali says:
      February 16, 2019 at 12:03 am

      Adhi mi enguny mi site ga ulheny thihaa kuda kudhin kan. Ehen ingeykah neendhey viyya dhw ? and thankyou so much story kiyaalithee ?

  6. Shen says:
    February 14, 2019 at 7:09 pm

    Heyy usualiie?
    Mi story ge feshey bai kiyaalan libeyniie konthaaku tha?????

    1. Ushaali says:
      February 16, 2019 at 12:04 am

      Fenvaru online ga innaane

  7. Zawjath says:
    February 15, 2019 at 3:06 pm

    ushaali .. fenvaru ga iny 1st part in 4th part ar hamayah . 4 tha part in feshigen kiyaalan kihineh hadhan jeheyny .. Fb ah nuvahnnan

    1. Ushaali says:
      February 16, 2019 at 12:05 am

      Link dhevidhaane

  8. Rose says:
    February 15, 2019 at 8:07 pm

    Nice story! Keep it up!!!! Can’t wait…… Avahah up kohdheeba

    1. Ushaali says:
      February 16, 2019 at 12:07 am

      Thankyou so much Rose ?
      Sunday ga new episode eh genesdheynan. Insha allah ?

Comments are closed.

Next Episodeދިނީ ޒަހަރު…. 20←


All Right Reserved!