Skip to content
އެސްފިޔަ

ހިމޭންކަން..

އަރައިގެން އައި އިރުގެ ދޯދިތައް ރަޝާގެ މޫނަށް އެޅިފައިވެއެވެ. ކުޑަކޮށް އިސްޖަހާލީ އިރުގެ ދޯދިތައް އޭނާގެ ލޮލަށް ގޯނާކުރާތީ އެއިން ސަލާމަތްވުމަށެވެ. އަބަދުވެސް ފަތިސްނަމާދު ކޮށްލައިގެން ހޫނު ކޮފީތައްޓެއް ހިފައިގެން އޭނާ  ގޮންޑުދިށަށް ނުކުމެއެވެ. އެބީދައިން މިޔަދުވެސް އޭނާ އިށީންދެލައިގެން އިނީ ކޮންމެދުވަހަކުވެސް އިންނަ ގަސްދޮށުގައެވެ. ކޮންމެދުވަހަކުވެސް އިރުއަރަނީ އޭނާ އެތާންގައި އިންދައެވެ. އިރު އަރާ މަންޒަރަކީ ރަޝާ އަބަދުވެސް ނިކަން ބަލާހިތުން ބަލާ މަންޒަރެކެވެ. ކޮންމެ ދުވަހަކު ބެލިކަމުގައިވިޔަސް، ބަލާ ފުހިނުވި މަންޒަރެކެވެ. އެރީތި މަންޒަރު ބަލަން އިންއިރު އެ މައުސޫމް މޫނުމަތީގައިވާ ހިނިތުންވުން އެކަމުގެ ހެއްކަކަށް ފުދެއެވެ.

އިރުކޮޅަކު އެތާ މަޑުކޮއްލުމަށްފަހު ރަޝާ ހިނގައިގަތީ ގެއާ ދިމާލަށެވެ. އެެގެ އިންނަނީ އަތިރިމަތީގައި ކަމުން މިނެޓެއްތެރޭ އޭނާއަށް ގެއަށް ދެވެއެވެ. ގޭތެރެއަށް ވަދެގެން ދިޔަ އިރު އޭނާގެ މަންމަ ބަދިގެއަށް ވަންނަނީއެވެ. ރަޝާގެ މަންމަ ހުސްނާ އަކީ  ވަރަށް ގެވެހި އަންހެނެކެވެ. އޭނާގެ އެ ރީތި އުޅުން ހަމައެކަނި ހުރި ދަރި، ރަޝާއަށް  ވަރަށް ރަނގަޅަށް ދަސްކޮށްދީފައިވެއެވެ. ގަޑިން ގަޑިއަށް ނަމާދުކުރުމާއި ގޭތެރޭގެ ހުރިހާ ކަމެއްގައިވެސް މަންމައާއިއެކު ނުހަނު ހީވާގި ކަމާއިއެކު ރަޝާ އުޅެއެވެ. އުމުރުން 18 އަހަރު ވިއިރު، ރަށުން ކިޔެވޭ އެންމެ މައްޗަކަށް އޭނާ ހުރީ ކިޔަވައިގެންނެވެ. އެއީ ގުރޭޑް 12 އާއި ހަމައަށެވެ. އޭގައި ހެދި އިމްތިހާނުގެ ނަތީޖާ ދެކުމަށް ރަޝާ ވަނީ ކެތްމަދުވެފައެވެ. ސަބަބަކީ އެންމެ މަތިން ފާސްވުމަށް އެނާ ވަރަށް މަސައްކަތް ކުރިއެވެ. އެމީހުންގެ އާއިލާއަކީ އެހާ ތަނަވަސް އާއިލާއެއްނޫން ކަމުން ސްކޯލަރޝިޕް ލިބުމަކީ  އޭނާއަށް ލިބޭނެ ވަރަށް ބޮޑު ނިއުމަތެކެވެ. އެނިއުމަތް ހާސިލް ކުރުމަށް ރެއާދުވާލު ކެންޑިނޭޅި އެތައް މަސައްކަތެއް އޭނާ ކުރިއެވެ.

ދެމައިންވެގެން ނިކަން އަވަހަށް ސައިހަދައި ނިންމާލައިފިއެވެ. ރަޝާ ސައި ޖޯޑުތައް މޭޒުމަތީގައި ބަހައްްޓާފައި އެނބުރިލިއިރު އޭނާގެ ބައްޕަ ފަރީދު، އައިސް ކާގެއަށް ވަންނަނީއެވެ. ބައްޕައަށް ގޮވާލާފައި ސައިބޯން ދުރުވާށޭ ބުނެފައި ރަޝާ ދިޔައީ ތައްޔާރުކުރި އެއްޗެހި ބަލައެވެ. މި ކުޑަ ކުޑަ އާއިލާއަކީ  އަބަދުވެސް އެކުގައި އެއްމޭޒެއްގައި ކައި ސަކަރާތްޖަހާ ބައެކެވެ. މިމަންޒަރު ފެންނަ މީހެއްގެ މޫނަށްވެސް ހިނިތުންވުން ވެރިވާނެކަން ޔަގީނެވެ. ސައިމޭޒުގައި އިންދެފައި ފަރީދު ބުންޏެވެ.

“ދަރިފުޅާ، ކޮންއިރަކުންތަ ނަތީޖާ ލިބެޔޭބުނީ؟ ބައްޕަ ނަމާދުންފައިބައިގެން ހޮޅުއަށީގަ އިންދާ ހުސޭނުބެ އައިސް ވާހަކަ ދައްކަމުން ބުނި ޝާޒުއާ ދެން ހަގަށް ތިބި ދެކުދިން ގޮވައިގެން މާލު ދާންއުޅޭ ވާހަކަ. ބައްޕަ އަހާލީމަ ބުނި އަންނަ މަހު 5 ހިސާބުގަޔޯ ފުރަނީ. މިހިތަށް އަރަނީ ދަރިފުޅާ މަންމަ ގޮވައިގެން މާލެއަށް ގޮސްލަން އެމީހުން ދާއިރު.”

ރަޝާ ހިނިތުންވެލާފައި ބުންޏެވެ.

“އެއްމެ ފަހުން މަދަރުސާއަށް ވަދެ އޮފީސް ބައިގަ އުޅޭ ކުއްޖެއް ގާތު އަހާލީމަ ބުނި ހަފްތާއެއްތެރޭ ނަތީޖާތައް ލިބޭނެވާހަކަ.”

ފަރީދާ ވެސް އެދެބަފައިންގެ ވާހަކައާއި ގުޅިލިއެވެ.

“ތީ ވަރަށް ރަނގަޅު ހިޔާލެއް ފަރީދް. އޭރަށްވާއިރަށް އެހެންވީމަ ރަޝާގެ ނަތީޖާތައްވެސް ލިބޭނެއެެއްނު. އޭރުން ހަމަޖެހިލައިގެން ރަޝާއަށް ވެސް ޗުއްޓީ ހޭދަކޮށްލެވޭނީ. ވަޒީފާއަކަށް އެއަށްފަހު ދިޔަސް، ނޫނީ ދަރިފުޅު އިތުރަށް ކިޔަވަން ގަސްތުކުރިއަސް އަކަންވެސް އެއަށްފަހު ހަމަ ކުރަންވީ.”

ރަޝާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލާފައި ބުންޏެވެ.

“ލައްބަ މަންމާ. މިހާރުވެސް ނަތީޖާ ނުލިބިގެން އެކަމާ އަބަދު ވިސްނެނީ. ވާނެގޮތެއް ނޭންގޭތީ. ރަނގަޅު ވާނެކަމަށް އެކަމު އުއްމީދުކޮށްގެން މިހުއްނަނީ، އިންޝާﷲ. ނަތީޖާ ލިބުނީމަ ފުރަތަމަ ވަޒީފާއަކަށްދާން ގަސްތުކުރަނީ. އޭރުން ބައްޕަމެއްނަށް ވެސް ކުޑަކޮށް ލުއިވާނެއެއްނު.”

ހިނިގަނޑެއް ޖަހާލައިފައި ފަރީދު އޭނާގެ ދަރިފުޅުގެ  ބޮލުގައި ފިރުމާލަމުން، ދަރިފުޅު ބޭނުން ގޮތެކޭ ބުނެލިއެވެ.

ސައިބޮއި ނިންމާލުމަށްފަހު، މޭޒުމަތި ސާފުކޮށްލާފައި ރަޝާވަނީ އޭނާގެ ކޮޓަރިއަށެވެ. ވަދެ އިސްތަށިގަނޑުގައި ޖަހާފައިވާ ހުޅި ނައްޓާލައި ބޯ ނިއުޅުވާލިއެވެ. އުނަގަނޑަށްވުރެއް ދިގު އެ އިސްތަށިގަނޑު އޭނާގެ ގައިގައި ބީހޭކަހަލައެވެ. ކުޑަކޮށް އަރާމް ކޮށްލުމަށް އެނދަށް އަރާ، އެނދުގައި އޮތް އޭނާގެ ފޯނުނަގާ ބަލާލިއެވެ. އޭރު އޭނާ އެ މެސެޖަކަށް އިންތިޒާރު ކުރަމުން ދިޔަ މެސެޖް އައިސްފައި އޮތެވެ. މެސެޖްގައި ވެއެވެ.

“ގުޑް މޯނިން، ރަޝާ.”

މަޑުމަޑު ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެވެ.

(ނުނިމޭ)

Comments (9)

  1. Niha

    Ooh me first dhw.. Anyway Mi stry Varah reethi… When next part…

    1. Mystical
      Niha

      insha allah will be updating dhedhuhun ehdhuhu.. 🙂 thankyou for the feedback

  2. Kitty

    Varah reethi mi part… Dhn onna part avahah up kohla dhehchey… Rythi kamun hama kiyaala hithun bunely ingey… Gud luck dear… Will be waiting for the next part ❤️❤️❤️

    1. Anonymous
      Kitty

      hehe thankyou dear♥️♥️. in sha allah will update today or tomorrow. trying my best to update everyday free vaa kamah vanyaa. ehen noonee dhedhuhun ehdhuhu huraa kahala gothakah visnaafa othy.

  3. Kitty

    Thanks and welcome.. Y anonymous ey jahaafa othy olhigen dhw

    1. Anonymous
      Kitty

      thibunee ? i am actually new to this so dont really knw how the website works ?

    2. Kitty
      Kitty

      Mibuny… Thiya faraathuge namakah jahaafa othy mystical ey noontho… Dhn kyhvehey anonymous jahaafa othy….. Alhugandah hyvany E mistake eh hen…. E vaahaka mi buny aslu .

  4. Hernu

    I guess it would b nice but the author is giving too much details which actually makes the readers a bit bored. Hope in the next part you would correct the part Ive mentioned. Over-all its a nice story

  5. Anonymous

    sure. will try to improve myself . i am not actually a good writer. or in fact someone who writes at all. doing this for the first time. but i have noted your suggestion 🙂 thankyou

Comments are closed.