
ވައިރޯޅިތަކާއެކު ގަސްތަށް ނަށަމުން ގެންދިޔައީ ހިތްގައިމު ގޮތަކަށެވެ. ރޭގަނޑުގެ އެ ކަޅުފޮއެ ކަމަށް އިތުރު އަނދިރި ކަމެއް ގެނެސްދެނީ މެދު އުޑުގައި ރަނިކަން ކުރަމުން ގެންދިޔަ ހަނދު ފަރުދާ ކޮށްލި ބޯ ގަސްތަކުންނެވެ. މަގުގައި ހޮޅި ބުރިއެއް ނެތް ހިސާބުގައި ދުއްވާ އެއްޗެއް އަލިކަންވެސް ނުފެނުނެވެ. އަނދިރި ކަމަށް ލޯބިކުރާ މީހަކަށް ހިތްގައިމު އެހާމެ ހިތްފަސޭހަ މާހައުލެކެވެ. އަމިއްލަ ނަފްސާއެކު ވަގުތު ކޮޅެއް ހޭދަކޮށްލަން މިއަށް ވުރެ ފުރިހަމަ ތަނެއް ނުވާނެއެވެ. މިނެޓަކު ދެދަޅަޔަށް ގަސްތަށް އެއްރާގެއްގައި ނަށާލަމުން ބައެއް ފަތްތަށް ގޮފިގަނޑުން ވަކިކޮށްލާ އަޑާ އެކުވެގެން ގުގުމާލީ ހޮނު ގުގުރީގެ އަޑެވެ. އިންސާނާގެ ހިތް އެއަޑަށް ސިހުން ވާ ފަދައިން ކަޅު ވިލާގަނޑެއްގެ ފަހަތަށް ހަނދު ވަދެ ނިވާވެއްޖެއެވެ. އަސްތާއެވެ. ރީތި މޫސުން ބަނަކޮށްލީއެވެ. އިތުރު އިންޒާރެއް ދިނުމެއްނެތި ވާރޭ ކެރިގަނޑެއް އޮއްސާލީ ހިޔާނުކޮށް ހުރި ހުރިހާ އެއްޗެއް އެ ފިނި ޝަބްނަމް ތިކި ތަކުން ތެންމާލަމުންނެވެ.
“މަގޭ ލޯތްބާ ރަންދޫންޏާ މަޑުކުރޭ..ދޫކޮށްފާ ނުދޭ ލޯބިވާ..ހިތް ރޮއްވާނުލާ..” ހުޅުމާލޭގެ ތާރު އެޅި އަމާން މަގުތަކުގައި ޒުވާން އުމުރުގެ ފިރިހެން ކުއްޖެއް ދުވަމުން ގެންދިޔައީ އޭނާގެ މޭގައި އަތް އަޅައިގެން ހުރެ އާދަޔާ ޙިލާފު ގޮތަކަށް ރޮމުންނެވެ. އެ ރުއިންގަނޑުގެ ތެރެއިން ހިނިގަނޑު މަތަކުރަން ކުރަމުން ގެންދިޔަ ހިތްވަރުގެ ސަބަބުން ބަލާލާ މީހެއްގެ ހިތުގައި ޝައްކު އުފެދޭނެއެވެ. ދުވެފައި ގޮސް ޝާވިން ބައްދައިގަތީ ދުރަށްދާން އުޅުނު ހިޝާމް ގައިގައެވެ.
ދެމީހުން އެކުގައި ބިމަށް ގުޅަ ޖެހުނެވެ. އެއާއެކު އަތްތިލަ ބަޑީގެ އަޑު ގުގުމާލީ ހަތަރު ފިރިހެނުންގެ ހުނުމާއެކުގައެވެ. ކެމެރާތަކަކާއެކު ދުރުގައި ތިބި ނިޔާފްއާއި އަޔާން ވެސް ހީހީ ގޮސް ނުހިފޭއްޓިގެން ބިމުގައި އޮށޯތެވެ. ޗަކަސް ހެދިފައި އޮތަސް އެ ހަތަރު މީހުންނަށް ހަމަ ވަރިހަމައީއެވެ. “އޯ ބޭބީ އައި ގޮޓް ޔޫ. ވަރަށް މާފްކޮށްދީ އައި ޑިޑް ނޮޓް މީން ޓު ޗީޓް އޮން ޔޫ” ހިޝާމްގެ ކޮލުގައި ހިފާލާފައި ޝާވިން އެއްބުމަ އަރުވާލިއެވެ. އަންހެނެއްހެން ތުއިވާން އެ ސޮރު ވަރެއް ހަމަ ނެތެވެ. “ޔެސް ބޭބީ އައިމް އޯލް ޔޯސް. ވަރަށް ލޯބިވޭ..” މޫނަށް ވައްތަރެއް ޖައްސާލަމުން އަނގަ ޗޭކޮށްލާފައި ހުޝާމް ބުނެލިއެވެ.
“ވަރަށް ފުރިހަމަ ބްރާވޯ ބުރޯސް ކައެމެން މިކަހަލަ ލޯބީގެ ޑްރާމާ ގިނަގިނައިން ކުޅެން ވާނެ. ” ވޯޓާރ ޕްރޫފް ކެމެރާއިން އެ ހަތަރު މީހުން ވާރޭ ތެރޭގައި ކުޅުނު އަސަރުގަދަ ޑްރާމާއަށް ތައުރީފް ކުރަމުން ނިޔާފް ބުންޏެވެ. ކުރާނެ އިތުރު ކަމެއް ނެތިގެން އުޅޭ ހަތަރު މީހުންނަށް ޖަހާނެ ރަނގަޅު ސަކަރާތެއް ފެނިއްޖެއެވެ. މި ޒަމާނުގެ ޒުވާނުންނާ ޙިލާފަށް އެހެން މީހުންނަށް އުނދަގޫ ނުކޮށް އަމިއްލައަށް މޮޔަ މަޖާ ކަންތަށް އުފައްދައިގެން ކުރުމަކީ އުމުރުން ވިހި އަހަރަށް އެޅިފައި ތިބި މި ހަތަރު މީހުންނަށް ފައްކާ ކަމެކެވެ.
“ދެން ފަހަރަކުން ކައެ ޖެހޭނީ އަންހެން މަންޖެގެ ބައި ކުޅެން އިނގޭ. ހުވާ މަށަކަށް ނުދެވެވޭނެ ކައެ އަތު ކުރާކަށް.” އާދޭހުގެ ރާގަކަށް ޝާވިން ބުނެލިއެވެ. “ނޫނޭ އެހެން ކަމަކު ނުދާނެ ތުއި ވާން ވިންޓޭ ވަރެއް ނޯއްނާނެ މި ސީރީސްގެ މަންޖެއަކީ ތީ.” ކޮނޑުގައި ބޮނޑިއެއް އަޅާލަމުން އަޔާން ކުރި ތައުރީފު ބަލައިގަންނަމުން ޓީޝާރޓުގެ ގިރުވާނުގައި ހިފާ ކޮޅަށް ނަގާލަމުން ޝާވިން ފޮނިވެލިއެވެ. “ވިންޓެއަށް ވިންޓެ ކިޔަނީ އެހެންވެއޭ…” ޝާވިންއަށް އޭނާ ކިޔަން އުޅުނު ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ވާރެއިން ސަލާމަށް ވުމަށްޓަކައި އިސްދަށަށް ޖަހައިން ހުރެ ބާރަށް ދުވެފައި ކުރިއަށް ނުބަލާ އައި އަންހެން އޭނާ ގައިގައި ޖެހިގަތުމުންނެެވެ. އެފަދަ ކަމަކަށް ތައްޔާރު ނުވެ ތިބި ދެ ޒުވާނުންވެސް އެކު އެކީގައި ވެއްޓުނީ ބޮޑު ޗަކަގަނޑަކަށެވެ.
އަންހެން ކުއްޖާގެ ބާރު ހަޅޭއްކުގަ އަޑާ ހޮނު ގުގުރީގެ އަޑު އެއްވިއިރު ކަރަންޓު ޝޮކެއް ޖެހުމުން ހީމޭންވާ ފަދައިން ޝާވިން ހިމޭންވިއެވެ. ޗަކަ ފެންތަކުތެރޭގައި އޭނާ މައްޗަށް ބަލަަހައްޓައިގެން އޮތްނަމަވެސް އެހަރަކާތް މަޑު ޖައްސާލީ ލޮލަށް ވެއްޓުނު ވަރޭ ތިއްކެވެ. ގައިމަތީގައި ބަރު އެއްޗެއް އޮތްކަން އިހްސާސްވީވެސް ދެނެއެވެ. ޝާވިންގެ މޭމަތީގައި ބޯ އަޅައިގެން އޮތް އަންހެން ކުއްޖާ އިސްއުފުލާލިއެވެ. ދެ މީޙުންގެ ހަތަރު ކަޅި ބައްދަލު ވީ ހިނދު ސިފަވި ރީތި މަންޒަރު ޙަރާބުކޮށްލީ ގަޑިއިރު ދެފަހަރު ޝާވިން ކުރާ ކަންތަކެވެ. ނިިދި ދުވަހަކުވެސް ހަމަ ނުވާ ޝާމިން އަނގަ ތަންމިނަށް ހުޅުވާލަމުން އާފުރިލިއެވެ. އެހެން ފިރިހެންނުންނާ މުޅިން ޙިލާފެވެ. ކަޅުކަންގަދަ ބޯ ބުމައަކާއި އަޅި ކުލައިގެ ކަޅި ރައްކާތެރިކޮށްދޭ ބޮޑު ދެލޮލާއި ގަދަ ފިޔާތޮޅި ތުންފަތެއްގެ އިތުރަށް ކޮނޑާހަމައަށް ދިގުކޮށްފައި އޮތް ފަންއިސްތަށިގަނޑުގެ ވެރި އަންހެން ކުއްޖާ ފެނުމުން ޝާވިންގެ ހިތަށް ގޮތެއް ނުވިކަން އެއީ އަޖައިބެކެވެ. ތަންކޮޅެއް ދުރުގައި ކުޅި ބަލަން ތިބި ޝާވިންގެ ތިން އަކުވެރިންވެސް ހައިރާންވިއެވެ. އެކުވެރިއާގެ މޮޔަކަމާމެދު ހިތާމަވެސް ކުރިއެވެ.
“އައްޗީޑި.” ޝާވިން އާފުރި ލުމާއެކު އޭނާގެ ގައިމަތީގައި އޮތް ޔާލްވީ މޫނަށް ވައްތަރު ޖައްސާލަމުން ޝާވިންގެ މޫނު މަތީ އަތް ހޫރާލިއެވެ. “ދެން ތިހާ އައްޗީޑި ވަންޏާ ތި ކުއްޖާ ތެދުވަންވީނު. އައްޗި މީހުންގެ ހަށިގަނޑުމަތީ އޮންނަ މާ އަރާމީތަ.” ޔަލްވީ ތެދުވޭތޯ އޭނާ ކޮނޑުގައި ކުޑަކޮށް ކޮއްޓާލަމުން ބޯ ހިއްލާލި ޝާވިން އެއްސެވެ. “ހޫނނ..މި މީހުން އުޅޭ ފާޑެއް އަންހެނަކު ފެންނައިރަށް އޭނަ ގޮވައިން ޗަކަ ގަނޑު ތަކަށް ފުންމާފަ ފްލާރޓު ކުރަން..؟ އިހުތިރާމު ކޮށްބަލަ” ޔަލްވީ ބުންޏެވެ. ޗަކަގަނޑު އެތެރެއަށް އަތްކޮށްޕާފައި ބިމުގައި އަތްޖެހުމުން އަތް ވިއްދާލަފައި ތެދުވަން އޭނާ އުޅެގަތެެވެ. “ބަލަ ތިޔަ ކަމަނާ ނޫންތޯ ބާރު ދުވުމުގައި ވަޑައިން އަޅުގަނޑަ ވައްޓަވާލެއްވީ މި ޗަކަފުޅު ތެރެއަށް.” ޔަލްވީގެ އުޅަނބޮށީގައި ހިފައި އަލުން ވައްޓާލަމުން ޝާވިން ޖެއްސުމަށް ވާހަކަ ދެއްކީ އިޙްތިރާމް ކުރަން އުޅޭ ކަހަލައަކުންނެވެ. އޭނާގެ ބަހުރުވަ ހުރި ގޮތުން އަޔާން ނިއްކުރީގައި އަތުން ޖަހާލިއެވެ. ދެން ތިބި މީހުންވެސް ޕިސް ޕިސް ތެޅިއެވެ. “އިޙްތިރާމު ކުރަން ނޭނގޭ ގަމާރާ ދިވެހި ގަޑީގަ ނިދަނީ ވިއްޔަ ދެން ކޯއްޗެއް ދަސްވާނީ.” ޝާޥިންއަށް ނީވުނު ކަމުގައިވިޔަސް ދަތްޕިލަ ޖައްސައި ބާރުކޮށްގެން ހުރި ނިޔާފް ކުދި ކިޔައިގަތެެ.
ޝާވިންގެ ވާހަކަ ތަކުން އަނގައިން ބަސްހުސްވުމުން ޔަލްވީގެ މޫނަށް ރަތް ކުލަ އަރައިގެން ދިޔަތަން ޝަވިން ވަރަށް ކައިރިން ދުއްޓެވެ. އެެއީ ހަމަ ލޮލުން އަލަށް ބަލާލަން ލިބުނު މަންޒަރެއް ކަމުން އާޝޯޙްވިއެވެ. ނަމަވެސް ހިތުގެ އެދުމާ ދެކޮޅު ހަދަމުން އޭނާ ބޯ ހޫޜާލިއެވެ. އިހްސާސް ތަކުގެ މައްޗަށް ބާރު ފޯރުވަން ކެރޭ ޝާވިންގެ އެ މަސަތްކަތް ނާކާމިޔާބު ކޮށްލީ ކުޅި ބަލަން ތިބި އޭނާގެ އެކުވެރިންނެވެ. އިޝްގީ އިހްސާސްތަށް ދުރުކުރަން އުޅުނުނަމަވެސް އަޔާން ޖަހާލި ލަވައިން ހައްތަހާ ޝާވިން ގެނބޭ ގޮތްވީއެވެ. ޗަކަގަނޑު ތެރެއަކަށް ނޫނެވެ. ނަމަވެސް ޔަލްވީ އަޅި ކަޅީގެ ތެރެއަށެވެ. އަލަށްވެސް ނުކުރެވޭ އިހްސާސެއް ކުރެވުނީ އެ ލޮލު ތެރެއިން އޭނާއަށް ދުވަހަކުވެސް ނުފެންނަ އަޖައިބެއް ފެނުމުން ކަންނޭނގެއެެވެ. ޝާވިން ހިފާއްޓާފައި ވާލެއް ބާރުކަމުން ޔަލްވީއަށް ތެދުވެވޭ ގޮތެއް ހަމަ ނުވިއެވެ ވާރޭގެ ހިތްގައިމު އަޑާ ލަވައިގެ އަޑު އެކުވުމުން އެ މާހައުލުގެ ފުރިހަމަކަން ގަލަމުން ބަޔާންކޮށްދޭން އުނދަގޫވާނެއެވެ.
ހީލާ ދެމީހުން ބަލާލާ ސީދާ ލޮލުންވެސް އަޅާލާ…
ހައިރާން ކަމެއް ނެތި އާހާލާ ކުރިޔަށް ދެމީހުން ދަމާތާ…
ހަރާކާތްތަކުން މަޑުން ކިޔައިދެމުން…
ބަރަކާތްތަކެއް ދެން މިތާ ވެދުން..
ފެނިފާ ދެލޯ ފަރި ތިހާ ވެލުން..
އެެދެމޭ ލިބުން ތިޔަ ހިތާއެކު…
(ނުނިމޭ)
17 Comments!
Comments are closed.
Me first dhw luyuuu!
Curious to read this story!
?
Yeshhh u first dear ❤❤ insha allah I’ll try meeting ur expectations thank yoouu???
OMG…. vvvvvvv reethi???❤❤… Knirakun nxt prt up kurany… ehaa ginadhuvas nukurahchey.. can’t wait.. luv ur stry dear???❤❤
Alheyyyyyy awwn ❤❤ Thank you so much scarlet dear ?? so sweet…next part on Friday insha allah ?? much luv ?
Alheyy vrh rythi mi prt????❤❤❤?????..heekuran mi stry nimendhen genesdheyne kamah..so sweet?????…anehhen ehvx mistake eh neiy…luyuuu mihaaru vx thihiry full improved vefa???????..heheh..????????????????..LYSM dear????
Awesome.. Hadha reehchey…. When next part…..
Eheh awwwn ❤❤ thanks alot dear ?? on Friday insha allah ??
Its beautiful luyuuu.. Masha allah ????❤️❤️… Next part ah inthixaar kuraanan
Awwwww kittyyy dearrr ❤❤ Thank you so much luv ?? vrh ufaavejje dear inthizaaru kuraane kan ingey thii ??
Welcome❤️❤️???ly… Avahah up kohla dhehchey???..
?starting was really commendable.
Alhe thnkx assu thr? ❤??
When next prt
Waiting
Friday ga ?
Waiting ? very nice story feshun ❤️
Nice. Waiting for next part..
Ma hadhaan nethunee egadi comment kuran??sorry luyuu??btw vaahaka hama habeyss???whens nextu??ehaa inthizaaru nukuruvacheyy???luvzz