Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައެހެނިހެން

ވަދާޢުގެ އާމީން

Allura Level 110 Stories
March 6, 2019 2 Mins Read
8 Comments

‍‍‍‍‍‍‍‍‍‍‍‍‍އުންމީދަކީ ގެނުވާ ބަދުނަސީބެކެވެ. ދެ މަލެއް އެކުވެ ފޮޅުވި މައު އަތްދަށުން ކެހިގަނތްފި އެވެ. މޫސުން ޚަބަރެއް ފައުޅުކުރުވި ފަދަ އެވެ. ޚިޔާލާތުތަކާއި މުސްތަޤުބަލުތަކާމެދު އެވެ. ނަމަވެސް ހިއްސުތައް މައުޖޫދުވެރިއެއް ނޫނެވެ. ކުރިމަގުގެ ތަޞައްވުރުތަކަކީ ވެސް ޢާލަމެކެވެ. އޭގައި ވަނީ ފޮނިކަމެވެ. ވިސްނުމުގެ ތަނަވަސްކަމުގައި ޝަރީކުކުރެވެދެއެވެ. ހުރިހާ ކަމެއް ފުރިހަމަވެފައިވާ ކަމަށް ދުށުމެވެ. ހާލަތެއްގައި ދެ ފަރާތެއް ނެތުމެވެ. ކުށަކީ އިޚުތިޔާރުގައި އޮންނަ ކަމަކަށް ވުމެވެ. އަދި އެ ކަމެއް އިސްލާޙުކޮށް ނަފުސު ޖުރުމުވެރިކުރުވެދިނުމުން ބަރީއަވެގަތުމެވެ. ތަޤުދީރަކީ އެހާ ފަސޭހަކަމެއްނަމަ އެވެ.

‘ މިޒޫ, ތި އަވަސްކޮށްބަލަ. އުޑުމަތި ވެސް ވަރަށް ބަނަކޮށްފި. ސިއްހީ މަރުކަޒަށް ގޮސް އަވަހަށް އާދެވޭތޯ ބަލަން. ‘ ސާރާ, އޭނާގެ އަހަރެއްފުރިފައިވި ދަރިފުޅު އުރައިލަަިގެން ހުރެ އޭނާގެ ހަގު ކޮއްކޮ, މިޒުނާގެ ކޮޓަރީގައި ޓަކިޖަހަައިގަތެވެ. ވިންދުތައް އަވަސްކަމެއްގައެވެ.

‘ސަަައިކަލުގަ ދާން ދޯ މިހާރު ތި އުޅެނީ..’ މަންމަ, އަމީނާ އޭނާގެ ކޮޓަރިން ނުކުމެ ބޮޑުކޮޓަރި އަށް ވަދެގަންނަމުން ބުނެލި އެވެ. ތުއްތު ލޯބިގަނޑު އުރާލުމަށް އަތަ ދިއްކޮށްލި އެވެ.
‘ކިރަން ދެން މާދަމާ ދާން ހުންނަންވީ އެއްނު.. ވަރަށް ބޯ ވިއްސާރަގަނޑެއް ކުއްލިއަކަށް މި އެރީ.’ ނުތަނަވަސްވެރިކަމެކެވެ. ފަތުރުއްވާފައިވި އަނދިރިކަމަކުންނެވެ.

‘ތައްޔާރުވެވިފަ މިހުރީ.. މާ ލަސްވެއްޖެ މިހާރު..’ ދިގުނުލެވެނީސް އެ ނުކުތީ މިޒޫ އެވެ. ފެތުރުވި އަތަރެއްގެ އަސަރަކުން ހިއްސުތައް އުތުރިއަރުވައިފި އެވެ.
‘ޗީ.. ކޮންފަދަ ކަމެއްތަ ތީ ދެން މިޒޫ..’ ދަރިފުޅާ އެކު ކޮޓަރި ދޮރު ދޮށުން ސާރާ ދުރުވެގަތެވެ. ބޭރަށް ނުކުތުމަށެވެ.

‘ލަސްނުކޮށް އާދެވޭތޯ ބަލާތި ކަލޭމެން. ވާރޭ ހީވަނީ ހަމަ ދެންމެ އޮހިގެންފާނެހެން.’ ބޮޑުކޮޓަރި ދޮރުބުޑުގައި މަޑުޖެހިލައިގެން އަމީނާ އަށް ހުރެވުނެވެ. ލޮލަށް އެ ކުދިން ފޭދެންދެކައެވެ.

ނޭނގިފަައިވީ ފޭދެވިގެން ގެއްލެނިކުރުވި ދުރުމިނެވެ. އެ ކަމެއްގައި ޚާއްސަވެރިކަމެއް ނެތެވެ. ވާރާގެ މޫސުމެވެ. އެ ފެނިވުމަކުން ސިކިުނޑިތައް ޤައިދުކުރުވަދެނީ މާޒީގެ ތަޖުރިބާކުރެވުންތަކުގައެވެ. ފެނުގެ ޖޯޝުން ހަންގަނޑު ފިނިކުރުވާ ދެ ހިތް ގުަޅުވި ދޯދިތަކެވެ. ހަވާސާގައިވި ފޮނިކަމުން ރަހަތަކެއް ބަދަލުކުރުވި ބީހުންތަކެވެ. ފޭރާންތަކުގެ ތެތްފޯވެރިކަމުން ދެ ޖިސްމު ތަތްކުރުވި ބަވަނަކުރުމެވެ. ގޮނޑުދޮށުގައިވި ރުއްގަސްތަކުގެ ނެށުންތަކުން ދެ ރޫޙު އުދުހެނިކުރުވި ކުޅުންތެރިކަމެވެ. މި ހުރިހާ ތަމުސީލުތަކެއް ދެ ނަފުސުގެ ސިއްރިއްޔާތުގަ އެވެ. ދެ ލޯ ދުށެވެމުން ދިޔައީ ބޯފުސްކަމެއްގައެވެ.

……………….

މިޒުނާ, އޭނާގެ ސަައިކަލު ދުއްވުމުގެ ލައިސެންސު ލިބުނުތާ އެވީ މަހެކެވެ. ފަރިތަކަމުގައި އަލެވެ. އަދި އިހުސާސްކުރެވެމުން ދިޔަ ޖޯޝުވެރިކަމުގައި ޒަމާންތަކެއްގެ ހަތުރުކަން ބޭރުކުޅައުމެކެވެ. ފަހަރުގައިވެސް މިއީ ފަސޭހަކަން ލިބިގަތުމަކަށް ނޫނެވެ. ހަޖަމުކުރުމުން ބޭރުގައިވި އެދުންވެރިކަމެއްގެ ފަހަތުގައި ގުންފައިޖެހެވުމެކެވެ. ހިތްތިރިކަމެއް އުފެއްދުވުމުގައި ޟަމީރު ކޮޅުފައިޖެހިވިފަ އެވެ. އެއީ މާ ފަހުގެ ބަދަލުވުންތަކެކެވެ. ދެކެވެމުން ދިޔަ މަތްފާތަކުގެ ހަންހާރަވެތިކަމަކުންނެވެ. ނަފުސުގަައި ކޮންޓުރޯލެއް
ނެތްފަދަ އެވެ.

…………………

‘މމ.. މައާފް.. މާފްކުރޭ..’ މިއީ މިޒުނާގެ ދުލުން އަޑު ބޭރުކުރެވުނު އެންމެ ފަހުގެ ލަފުޒެވެ. ވަަައިއަޑުން ނެރުނު ބަސްތަކެއް ނުދަނެ ހުއްޓެވެ. ފަހަރުގައި އެއީ ޝަހާދަތްކަމަށް ވެސް ވެދާނެ އެވެ. ނޫނީ އަމިއްލަ ނާނާ އެކެވެ. ކޮންމެއަކަސް އެ އަޘަރިއްޔާތުތަކެއް ފުރާނަ ނިންދުވައިފި އެވެ. ދެ ލޯ މެރި ކަަައުބަތުގެ އާލަމަށް ގެންބުވިއްޖެ އެވެ. ސާރާގެ ދެ ލޮލުގެ ތެރެއިންނެވެ. އޭނާގެ ވިންދުތައް ކެނޑިދިއުމުގެ ސިކުންތަކެއް ކުރި އެވެ. ނަމަވެސް ދަރިފުޅެއް ސިފަ އެއް ނުކުރެވުނެވެ. ލޯ މައްޗަކު ނެތުމުންނެވެ. ނޫނެކެވެ. ސިކުނޑި އެ ކަމަކަށް އިޖާބަ ނުދިނީ އެވެ. އިތުރު ގިލަންވެރިކަމަކުން ހިތުތެރެ ރައްކައުކުރުމަށެވެ. ސިކުނޑި އާއި ހިތް އެކުނިވެއްޖެ އެވެ. ދާން އޮތް މިސްރާބު ދެނެހުރީތީ އެވެ. ޚީލާފުކުރުންތަކުން އަމަލެއް ނުނެރެވޭނަކަން ފެނިވަމުންދިޔަތީ އެވެ. ހުސްވެސް ރޫޙިއްޔަތެވެ. ޖިސްމުގެ ބާރު ކެނޑިގޮސްވާތާ ގަރުނެއްފަދަ އެވެ. އެ މަޑުކުރުވުމުގައި ވި އަނިޔާވެރިކަމާައި އެވެ. ފުރާނަ ހަމަޖެހިފައެވެ. ނަށަމުންދިޔަ ފަދަ އެވެ. އެހެނީ އެ އަކަށް މަރުވުމެއް ނެތެވެ. ހަމައެކަނި ހަށިން ނުކުމެވޭ މިނިވަންވުމެވެ. ނަމަވެސް އިޚުތިޔާރެއް އޮތް ނަމަތާ އެވެ.

………………

ސައިކަލު ވައިޓަރުގެ މަށިގާތަކު މަތީ ކެހިވިފަ އެވެ. ސާރާ އާއި މިޒުނާގެ ހަންގަނޑު, ވާތް ފަޅީގައިވި ވެލިގަނޑުތަކުގައި ތަތްވެފަ އެވެ. އަދި ސާރާގެ ތުއްތު ލޯބި, ފަޅުތެރޭގެ ކަނޑަށް ޢަރަޤުވެވިފަ އެވެ. ކާރު ހުރި ތަނެއްގައި ގަބުޖެހެވިފަ އެވެ. އެކަކުގެ ވެސް ކުށެއް ނެތެވެ. އިހުމާލުތަކެވެ. ވިސްނުންތަކުގަައި ވި އަރާރުންވުންތަކެވެ. މުއާމަލާތުގައި ފަސަޖެހިވުމެވެ. އަދި ތަޤުދީރު އެ ހާލަތައް ތަންދެވިފައިވި ނިޔަތެވެ. އެ ބަޔަކު އެކަހެރި ނުކުރައްވާށި އެވެ. އާމީން ވެދުންކުރަމު އެވެ.

(ނިމުނީ)

Share Article

Follow Me Written By

Allura

Level 110 Stories

Other Articles

Previous

ވާ ލޯބި އެނގޭ ނަމަ 19

Next

އަހަރެން އެނބުރި އަންނާނަން! … (3 ވަނަ ބައި)

Next
March 6, 2019

އަހަރެން އެނބުރި އަންނާނަން! … (3 ވަނަ ބައި)

Previews
March 6, 2019

ވާ ލޯބި އެނގޭ ނަމަ 19

8 Comments!

  1. Laalu says:
    March 7, 2019 at 7:20 am

    Almost Nice

    1. Allura says:
      March 7, 2019 at 11:37 am

      Thanks, Laalu. ?

  2. kala123 says:
    March 7, 2019 at 8:31 am

    You are one of a kind, so defferent from the other
    writers who write to this site.Just keep on writing!

    1. Allura says:
      March 7, 2019 at 11:37 am

      Thankss. ☺

  3. santhi says:
    March 7, 2019 at 4:44 pm

    lhenverikama vara boda gulhi laamehifa miothy .. vaahaka kiyamun dhiyairu ahanna heavi miothy mixvefa ey. lhen baithu jumla thakakun vaahaka kiyaadheefa ey mihuree. dhen vara molhu konme akas.. migotha liyefa hunna vaahaka vara nufeney…

    1. Allura says:
      March 7, 2019 at 10:22 pm

      Thanks. Really do appreciate the comment. ?

  4. maukko says:
    March 11, 2019 at 1:10 am

    Varah reeti

    1. Allura says:
      March 11, 2019 at 10:45 pm

      Thanxxx

Comments are closed.



All Right Reserved!