Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދިނީ ޒަހަރު…32

Ushaali Level 810 Stories100 Comments100 Stories500 Comments
March 7, 2019 10 Mins Read
19 Comments

31 ވަނަބައިގެ ތެރެއިން…

“ތިއެއްނޫނޭ. އާދެބަލަ އެއްޗެއް ދައްކާލަން މިއައީ…” ޔަނާލް އަތުގައި ހިފައިގެން ހުރެ ފައިޒަން ހިނގައިގަތެވެ

“ވަޓްސް ރޯންގް؟” ފައިޒަން ލެޕް ހުޅުވާލުމުން ޔަނާލް އަހާލިއެވެ.

“ބަލާބަލަ” އަޅުވާފައި އިން ވީޑިއޯ ކްލިޕެއް ޕްލޭކޮށްލުމަށްފަހު ޔަނާލާއި ދިމާލަށް ލެޕް އަނބުރާލިއެވެ. ފެންނަމުން ދިޔަ މަންޒަރެއްގެ ސަބަބުން ޔަނާލަށް އަނގަމަތީގައި އަތް އެޅުނެވެ. އޭނާގެ މޫނުމަތީގައި ހައިރާންކަމުގެ ކުލަވަރު ވަށާލިއެވެ.

************************************

ވާނީވެސް އެހެންތާއެވެ. މާއިރާ ޒުވާން ފިރިހެނަކު ގޮވައިގެން އެތައް ރެއަކު ކޮޓަރިއަށް ވަންނަ މަންޒަރު އެދަނީ ފެންނަމުންނެވެ. ވީޑިޔޯގައި ފިރިހެން މީހާގެ މޫނު ސާފުކޮށް ނުފެނުނަސް މާއިރާ ހުރީ ވަރަށް ބޮޑަށް ފާހަގަވާށެވެ. ޔަނާލް އެންމެ ހައިރާންވީ އޭގެތެރޭގައި އިފްނާގެ ވީޑިޔޯއެއްވެސް އިނީމައެވެ.

“އިފްނާވެސްތަ….؟” ހައިރާންކަމާއެކު ޔަނާލަށް އަހާލެވުނެވެ. ފައިޒަން ބޯޖަހާލިއެވެ. ތި ވީޑިޔޯތައް ޕެންއަކަށް އަޅާފައި ބަހައްޓާތި. މާއިރާ ވަރަށް ރީތިގޮތަކަށް ލަދުގަންނަވާލާނަން” ޔަނާލް ބުނެލިއެވެ. އެދެމީހުން ތިރިއަށް ފޭބީ ސައިހަދާފައި ޝާއިރާ ގޮވާލުމުންނެވެ.

**********************************

ހަކުރު މައްޗަށް ދަނީކަމަށް ހީކޮށް ޑޮކްޓަރަށް ދެއްކުމަށްފަހު ހެދި ޓެސްޓްތައް ޑޮކްޓަރަށް ދެއްކުމަށް މާއިރާ ހޮސްޕިޓަލަށް ދިޔައެވެ. ނަންބަރ ޖެހުމާއެކު އޭނާ އެތެރެއަށް ވަނެވެ. ޓެސްޓްތަކުގެ ނަތީޖާ ރަނގަޅު ކަމުގައި ޑޮކްޓަރ ބުންޏަސް އިވުނު ހަބަރަކުން އޭނާގެ ނޭވާ އެތެރެހަށީގައި ތާށިވީ ކަހަލައެވެ. ދުވަހަކުވެސް އެވަރުގެ ސިހުމެއް ލިބޭނެކަމެއް ނޭނގެއެވެ. ޑޮކްޓަރު ކުރިމަތީގައި އޭނާ ނޭވާ ހިފަހައްޓާލާއިގެން އިނަސް ޑޮކްޓަރ ކޮޓަރިން ނިކުތުމާއެކު އޭނާގެ މޫނުމަތިން ކަންބޮޑުވުން ވަށާލައިފިއެވެ. ބޮލަށް އެނބުރުން އަރާހެން ހީވުމުން ކައިރީގައި ހުރި ގޮނޑިބަރީގައި އިށީނެވެ. ފޯނު ނަގާފައި އަވަސް އަވަހަށް ނަންބަރަކަށް ގުޅާލިއެވެ. ފޯނުން ވާހަކަތަކެއް ދެއްކުމަށްފަހު އޭނާ ކުރިއަށް ހިނގައިގަތެވެ.

ބުނި އެޑްރެހަށް ޓެކްސީ ކައިރިކޮށްލުމާއެކު މާއިރާ ފޭބިއެވެ. ދެފަޔަށް ބާރުލާފައި އަވަސް އަވަހަށް ލިފްޓަށް އެރިއެވެ. ފުރަތަމަ ފަންގިފިލާއަށް ލިފްޓް ހުއްޓާލުމާއެކު އޭނާ ފައިބައިގެން ގޮސް ޖެހުނު ފުރަތަމަ ފަންގިފިލާގައި ހުރި ހަމައެކަނި އެޕާޓްމަންޓް ދޮރުގައި ޓަކި ޖަހާލިއެވެ. އިރުކޮޅެއްވީތަނާ ހުޅުވާލިއެވެ. ކުރިމަތީގައި ހުރި ގާސިމް ފެނުމާއެކު މާއިރާ ރޮއެގަތެވެ. ގާސިމްގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ.

“ކިހިނެއްވީ….؟؟؟ ކީއްވެ ތިރޮނީ….؟” މާއިރާ ގަޔާ ދުރުކޮށްލަމުން ގާސިމް އަހާލިއެވެ.

“ގާއްޓޭ… އަހަރެން…. އަހަރެން ބަނޑުބޮޑު…..” މާއިރާ ބުނެލިއެވެ. ގާސިމްގެ މޫނުމަތިން ވަކި ކަންބޮޑުވުމުގެ އަސަރެއް ނުފެނެއެވެ.

“އަސްލުވެސްތަ….؟ ކޮންގްރާ… އެކަމަކު ދެރައީ ފިރިމީހާ ކައިރީގައި ނެތީމަ ދޯ…. ތިހަބަރު އޭނައަށް މިހާރު ދީފިންތަ…؟” ގާސިމް އަހާލިއެވެ. މާއިރާގެ ދެލޯ ބޮޑުވެގެން ދިޔައިރު ގާސިމްގެ މޫނަށް ބަލާލިއެވެ.

“ކީކެ ތިކިޔަނީ ގާއްޓޭ… މިއީ އަހަރެމެން ދެމީހުން ކުރިކަމެއްނު….” މާއިރާ ބުނެލިއެވެ.

“މަށޭ…. ނޯ.. މަގޭ ބޮލުގައި ނާޅުވާ….” ގާސިމް ބުނެލިއެވެ.

“ނޫން… ކީއްވެ ތިހެން ތިކަންތައްކުރީ. ގާއްޓެއަށް އަހަރެން ކޮން ދެރައެއްދިނީ..” މާއިރާއަށް ރޮވުނެވެ.

“އަހަރެން ގޮތަކަށް ކަންތައް ކޮށްފިންތަ…؟ އަހަރެންވެސް ޤަބޫލުކުރަން ދާންނުވާ ހިސާބަށް މާއިރާއާއި އެކުގައި ދެވުނުކަން. އެކަމަކު އަހަރެންނަށް ކޮން ޔަޤީންކަމެއް އޮތީ އެގޮތަށް އެހެން މީހުންނާއި އެކުގަވެސް މާއިރާ ނޫޅޭކަމުގެ…” ދެބުމަ ހިއްލާލަމުން ގާސިމް ބުނެލިއެވެ.

“ނޫން… ގާއްޓެއާއި ކައިރިވި ވަރަށް އަހަރެން އިންމީހާއާއި ވެސް ކައިރިވެފައެއް ނޯންނާނެ… ޕްލީޒް ހިނގާބަލަ މެރީކުރަން….” ގާސިމްގެ އަތުގައި ހިފާލަމުން މާއިރާ ބުނެލިއެވެ. މާއިރާގެ އަތް ފޮޅުވާލަމުން ގާސިމް ޖެހުނީ ދުރަށެވެ.

“ހޯހޯ…. މަށެއް ނެތިން ތިދަރިފުޅާއި ހަވާލުވާކަށް. ތީ މާއިރާ އަމިއްލައަށް ބުއި ބޮނޑިއެއް… އަހަރެން ފޫހި ފިލުވާލުމަށް މާއިރާއާއި ވާހަކަދައްކާލީ. އަހަރެން ގައިގަ ތަންތަނުގަ މާއިރާ ފިރުމަން ފެށީމަ އަހަރެންނަށް ކެތްނުކުރެވުނީ. އަންހެނަކު އެވަރަށް ގައިގަ ހޭކޭއިރު ފިރިހެނަކު ކިހިނެއް ރީތިކޮށް ހުންނާނީ…. އަދި ބުނެފިއެއްނު ކައިވެނި ކުރާށޭ.. އާދެބަލަ… ބަލާލަބަލަ… ފެނޭތަ….؟؟” މާއިރާ އަތުގައި ހިފައިގެން ގާސިމް ސިޓިންގްރޫމުގެ ތަންކޮޅެއް އެތެރެއަށް ޖެހިލިއެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން މާއިރާ ބަލާލިއެވެ. ފާރުގައި ހަރުކޮށްފައިވާ ބޮޑު ފޮޓޯ ލޯގަނޑުގައި ވަނީ އުފާވެރި އާއިލާއެއްގެ ތަސްވީރެވެ. ފިރިހެނަކަށް ހުރީ ގާސިމެވެ. ދެން ހުރީ ދޮން ރީތި އަންހެންކުއްޖެކެވެ. ފޮޓޯއިން ފެންނައިރު އަންހެންކުއްޖާ ބަނޑުބޮޑެވެ.

“އެއީ މަގޭ އާއިލާ…. މާއިރާ އަހަރެންގެ މިއުފާވެރި ދިރިއުޅުން ހަލާކުކުރަން ނޫޅުނިއްޔާ ރަނގަޅުވާނީ.. ދޭ މިގެއިން… ގޮސް ވިސްނަބަލަ އަސްލު ތި ދަރިފުޅުގެ ބައްޕައަކީ ކާކުކަން…” ގާސިމް ބުނެލިއެވެ. މާއިރާއަށް އެހެންގޮތެއް ނެތުމުން އެގެއިން ނިކުންނަން ހިނގައިގަތެވެ. ދޮރާއި ހަމަވެފައި އޭނާ ފަސްއެނބުރި ބަލާލިއެވެ. އޭރު އޭނާއަށް ފުރަގަސްދީގެން ގާސިމް ހުއްޓެވެ.

“ހަނދާންކުރާތި… އަހަރެން ކަލޭ މުޅި ދުނިޔެއަށް ބޭޒާރުކޮށްލާނަން. މިއީ ކަލޭގެ ދަރިއެއްކަން ހަމަ ރަނގަޅަށް ކަލެއަށް އިނގޭނެ.  ކަލެއަށް އަދި ތިހެން ސަލާމަތެއް ނުވެވޭނެ. ކަލެއަށް ތިއުޅެނީ މަށަކީ އަދި ކާކުކަން ނޭނގިގެން. ކަމެއް ކުރަން ހިތުގައި އަޅައިފިއްޔާ އެކަމެއް ނުކޮށް ދޫކޮށްލާނެ މީހެއްނޫން މަށަކީ…” މާއިރާ ގަދަވެލިއެވެ. އޭރުވެސް އޭނާގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.

“އެހެންތަ! ހާދަ ގަދައެއް ތިވީ. ތިއީ މަގޭ ދަރިއެކޭ ބުނެ ކަލޭ ދައްކާނީ ކޮން ހެއްކެއް. އަދިވެސް މައިތިރިވާކަށް ނުވޭތަ؟ ހަމަ މިހާރު މިގެއިން ނިކުމޭ… މިބުނީނު ނިކުންނާށޭ…” ރޮވިފައި ހުރި މާއިރާގެ އަތުގައި ހިފައިގެން ގެއިން ގަދަކަމުން ނެރެލާ އޭނާގެ މޫނު މައްޗަށް ދޮރުލެއްޕިއެވެ. މާއިރާއަށް އިތުރަށް ރޮވުން ނޫންކަމެއް ނުކުރެވުނެވެ.

*********************************

ރޭގަނޑު ނުވައެއް ޖަހާލީހާއިރެވެ. ޔާޒް ނިންދެވުމަށްފަހު ޔަނާލް ކޮޓަރިން ނިކުތެވެ. ބެލްކަނީގައި ހުރި ދެމީހުންގެ ޖާގައިގެ އުނދޯލީގައި ޝާއިރާއާއި ހާރޫން ތިއްބެވެ. އެތަނަށް ދާން އުޅެފައިވެސް ޔަނާލްގެ ޚިޔާލު ބަދަލުވިއެވެ. މަންމައާއި ބައްޕަގެ އެ ލޯބިވެތި ވަގުތުކޮޅަށް ހުރަހަކަށް ވާން އޭނާ ބޭނުންނުވާތީ އަލުން ކޮޓަރިއަށް ވަދެ ލެޕްޓޮޕް ނެގިއެވެ. ފޯނު ރިންގްވާން ފެށީ އޭނާ އެނދުގައި ހަމަޖެހިލިތަނާއެވެ. ނުދަންނަ ނަންބަރަކަށް ވުމުން އޭނާ އަޅައެއް ނުލިއެވެ. އޭނާގެ ފޯން ނަންބަރަކީ ހަމައެކަނި އާއިލާ މެންބަރުންނަށް އިނގޭ ނަންބަރަކަށް ވާތީ ނުދަންނަ ނަންބަރަކުން އޭނާގެ ނަންބަރަށް ގުޅާނީ ގުޅާ ފަރާތަށް ނަންބަރ އޮޅިގެންނެވެ. ފޯނު ބިޒީކޮށްލުމުން ދެވަނަ ފަހަރަށް ނުގުޅައެވެ. ނަމަވެސް މެސެޖެއް ލިބުނެވެ. މެސެޖް ކިޔާލުމަށްފަހު ޔަނާލް ފުންމައިގެން ތެދުވިއެވެ. އެ ނަންބަރަށް އަލުން ގުޅާލިއެވެ.

“މަޖޫ…..!!!” އެކޮޅުން ފޯނު ނެގުމާއެކު ޔަނާލް މަޖްލީނަށް ގޮވާލިއެވެ. މަޖްލީން ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނުމުން ޔަނާލް އެޑްރެސް ދިނެވެ. އޭނާ އެދުނީ ކާރުގައި އެގެއަށް އައުމަށެވެ. ކަންތައްތައް ހުރިގޮތުން އޭނާއަށް މަގުމައްޗަށް ނިކުމެވެން ނެތް ކަމަށެވެ.

އޭގެ ކުޑައިރުކޮޅެއް ފަހެވެ. ޔަނާލްގެ ކޮޓަރީގައި ޓަކި ޖަހާލާފައި ވަނީ ޝާއިރާއެވެ.

“ދަރިފުޅު ހޯދަން. މަޖޫއެކޭ ބުނީ…” ޝާއިރާ ބުނެލިއެވެ.

“އާދޭ މަޖޫ…” ޝާއިރާގެ ފަހަތުގައި ހުރި ޔަނާލް ޓީޝާޓްކޮޅަކާއި ކަށިމައްޗަށް އަންނަ ޓައިޓްގައި ފެނުމުން މަޖްލީންގެ މޫނުމަތިން ހައިރާންކަން ފާޅުވިއެވެ. އެމޫނު އޭނާއަށް ކޮންމެސްތަނަކުން ފެނުނު ހަނދާނެއްވިއެވެ. ނަމަވެސް އޭނާގެ ބަލި ސިކުނޑިއަށް ކޮންތަނަކުން ކަމެއް ހަނދާނެއް ނުވިއެވެ.

“ވަރަށް ތަފާތު… ކުރިން ފެނުނީ މޫނު އަޅާފައި ހުއްޓާ..” މަޖްލީން ބުނެލިއެވެ.

“ހޫމް… ވަގުތު ބަދަލުވަމުންދާ ވަރަކަށް ހާލަތުވެސް ދާނީ ބަދަލުވަމުން. އެވާހަކައެއްނޫނޭ… ކިހިނެއްވެފަ ތިހެރީ. ދެލޯ ހާދަ ރަތޭ…” މަޖްލީންގެ އަތުގައި ހިފައިގެން ހުރެ ޔަނާލް ނިކުތީ ކޮޓަރިން ނިކުމެވެން ހުންނަ ބެލްކަންޏަށެވެ.

“އިށީނދޭ… މިއަންނަނީ އިނގޭ ވަރަށް އަވަހަށް” ޔަނާލް ދިޔައީ ތިރިއަށެވެ. ހަމަ އެހާ އަވަހަށް ދެ ކޯކްތަށި ހިފައިގެން އޭނާ އައިސް މަޖްލީނަށް އެއްތަށި ދިއްކޮށްލިއެވެ.

“ކިހިނެއްވީތަ މާދެރަވެފަ…. ބޭބީ ރަނގަޅު ނޫނީތަ؟ އަނެއްކާ” ޔަނާލް އަހާލިއެވެ.

“ޔާނާ….!!! އަހަރެން މުޅިން އެކަނިވެރިވެއްޖެ. އަހަރެންގެ އެކަކުވެސް ނެތް. އަހަރެންގެ ދަރިފުޅު ނިޔާވެއްޖެ. އަހަރެން މޮޔަމިވަނީ. އަހަރެންނާ އަޅާލާނެ އެއްވެސް މީހަކު ނެތް…” މަޖްލީނަށް ގިސްލާފައި ރޯން ފެށުނެވެ. ހިތުގައި ޖެހުނުވަރުން ޔަނާލަށް ތުންފަތުގައި ދަތް އަޅާލެވުނެވެ.

“އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން… ކެތްކުރޭ މަޖޫ…” މަޖްލީންގެ އަތުގައި ހިފާލަމުން ޔަނާލް ހިތްވަރުދިނެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން މަޖްލީން ރުއިން ކޮންޓްރޯލް ކުރަން މަސައްކަތްކުރަމުން ދިޔައެވެ.

“މިއީ ދުނިޔެއަށް އަހަރެންނަށް ލިބުނު ފިލާވަޅެއް. މި ފިލާވަޅުން އަހަރެންނަށް ޢިބްރަތެއް ހާޞިލްވެއްޖެ. މީހަކަށް ދެރައެއް ދީފައި އެއްވެސް މީހަކަށް އުފަލެއް ނުލިބޭނެ. ކޮންމެސް އެއްދުވަހަކުން އެމީހަކު އެ ކުރި ކުށެއްގެ ބަދަލު ކޮންމެވެސް އެއް ސިފައެއްގައި މިދުނިޔެ މަތީގައި އެމީހަކަށް ދައްކަވާނެ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަހަރެންގެ ފިރިމީހާއާއި ދެދަރިން މި ފަނާކުރުވަނިވި ދުނިޔެއާއި ވަކިވެގެން އެދިޔައީ……މިއަށްވުރެ ވަކިން ބޮޑު އިމްތިޙާނެއް އިންސާނަކަށް ކުރިމަތިވާނެބާއޭ ހިތަށް އަރާ” މަޖްލީން ވާހަކަދައްކަމުން ދިޔައެވެ. މަޖްލީންގެ މޫނަށް ޔަނާލް ބަލަން އިންއިރު އޭނާގެ ހިތަށްވެސް ވަނީ އެތައް އަސަރެއް  ކޮށްފައެވެ.

“އައިމް އޯލްވޭސް ވިދް ޔޫ… ދެން ހިތާމަނުކުރޭ. ދުނިޔެ ހުރިހާ ދުވަހަކު ދިރިއުޅެންޖެހޭނެ. ތިމާއަށް ކުރެވިފައިވާ ފާފަތައް އިސްލާޙުކުރުމަށް އެކަލާނގެ ދެއްވި ދެވަނަ ފުރުޞަތެކޭ ހީކޮށްލާ” ޔަނާލް ވާހަކަދެއްކިއެވެ.

“އަހަރެން ހިތަށްއަރާ އެމީހުންނަށް އެކުއްޖާ މަރާލާފަ އެހެން ތިބެވޭ ބާއޭ… ސުބްޙާނަﷲ.. އަހަރެން މިހާރު ވަރަށް ބިރުގަނޭ..” މަޖްލީން ބުނެލިއެވެ.

“ކޮންބައެއްތަ އެއީ…؟” ގޮނޑީގައި ލެގިލަމުން ޔަނާލް އަހާލިއެވެ.

“އެއީ އަހަރެންގެ ކުޑައިރުގެ އެކުވެރިޔާ. އޭނަ ވަރަށް ކިޔައިގެން އަހަރެން ލެބްޓްރީން ހޯދި ކެމިކަލެއް އެއީ. އިފޫ… އިފްނާ ކިޔަނީ… އަހަރެން ކިހާ ނުބައި މީހެއް މިއީ….” މަޖްލީން ވާހަކަދެއްކިއެވެ. ވަގުތުން ޔަނާލަށް ހަށިގަނޑު ސީދާކޮށްލެވުނެވެ. ހައިރާންކަމާއެކު އޭނާ މަޖްލީންގެ މޫނަށް ބަލަމުން ދިޔައެވެ. ދެލޮލުން ކަރުނަ ނީރާލީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

“ކި….ކީކޭ…..؟ އެ ވިހަ އެމީހުންނަށް ދިނީ މަޖޫތަ….؟؟” ޔަނާލް އަހާލިއެވެ. އޭރު ކަރުނަތައް އޭނާގެ އޭގެ މަގާމް ދޫކޮށް ފައިބައިގަނެފިއެވެ.

“އާނ…. އެކަމު ޔާނާއަށް….” މަޖްލީން ޔާނާގެ މޫނަށް ފުން ނަޒަރަކުން ބަލާލިއެވެ. މިހާރު އޭނާ ހަނދާންވެއްޖެއެވެ. އިފްނާ އޭނާއަށް ފޮނުވި ފޮޓޯގައި އިނީ ހަމަ ޔަނާލެވެ. ހަމަ އެމޫނެވެ.

“އާނ… މަޖޫ ތިކުރި ނުބައި ވިޔާނުދާ އަމަލުގެ ސަބަބުން ޅަ އުމުރުގައި ހުވަފަތްވީ މި ނިކަމެތި އަހަރެން. ފިރިއެއްގެ އޯގާތެރި ފިރުމުންތަކުން އަހަރެން މަހުރޫމްވީ. އަހަރެންގެ އެކުޑަކުޑަ ދަރިފުޅަށް އުފަން ބައްޕަގެ މޫނު ނުފެނި މިދުނިޔެއާއި ވަކިވީ….” މޭގައި އަތް އަޅާލައިގެން އިނދެ ޔަނާލް ރޮމުން ދިޔައެވެ. ހިތަށް ކުރި އަސަރުންނާއި ގަތްލަދެއްގެ ބޮޑުކަމުން އިސްޖެހިގޮތަށް މަޖްލީނަށް އިސްއުފުލާލަންވެސް ނުކެރުނެވެ.

“ދުނިޔޭގައި ކަންތައްތައް ހިނގާގޮތް ނިކަން ވިސްނާލަބަލަ. އަހަރެންގެ ފިރިމީހާ މަރާލުމަށް ބަޔަކާއި ބައިވެރިވެގެން އެންމެ އިސްރޯލެއް ކުޅުނު ކުށްވެރިޔާ ތީނީ އަހަރެންގެ ކުރިމަތީގަ. މިކަމުންވެސް ދޭހަވަނީ އެކަލާނގެ ކުޅަދުންވަންތަކަން….” ޔަނާލް ވާހަކަދައްކަމުން ދިޔައެވެ. އޭނާއަށް ސިހުމެއް ލިބުނީ ކުއްލިއަކަށް މަޖްލީން އޭނާގެ ފައި ދަށަށް ވެއްޓުމުންނެވެ.

“އަހަރެން ދުވެ ނުފިލާނަން. ހެޔޮނުވާނެ. ބައެއްގެ އިހުމާލުން މަރުވެ ގޮސްފައިވާ މީހަކު ގެނައުމުގެ ބާރު އިންސާނުންނަށް ދެއްވާފައި ވާނަމަ އަހަރެން ޔާނާގެ ފިރިމީހާ ގެންނާނަން. އެކަމަކު އަހަރެންނަށް މިއަދު އެކަމެއް ނުވާނެ. ހެޔޮނުވާނެ އަހަރެންނަށް މަޢާފްކުރޭ! އަހަރެން އެޖަރީމާ ހިންގިން. އެކަމަށް އަހަރެން އެއްބަސް. އަހަރެން ފުލުހުންނާއި ހަވާލުކުރޭ. އަހަރެން މަރުވެ ދިޔުމުގެ ކުރިން ކުރި ކުށުގެ އަދަބު ލިބިގަންނަން ބޭނުން. ޔާނާ މިކަމާއި ނޫޅިއްޖެނަމަ އަހަރެން އަމިއްލައަށް ވެސް ފުލުހުންނާއި ހަވާލުވާނަން. އަހަރެން އާދޭސްމިކުރީ…. މާތް ރަސްކަލާނގެ ރަސްކަންފުޅަށްޓަކައި ޔާނާގެ ހިތް އަހަރެންގެ މައްޗަށް ހެޔޮކޮށްދީ… އަހަރެން މަރުވެދާނެ…” ރޮމުން ގިސްލަމުން މަޖްލީން ކިޔަމުން ދިޔައެވެ. ޔަނާލަށްވެސް ރޮވެނީއެވެ. ކުރިމަތީގައި ހުރި ޝާއިރާ ފެނުމުން ޔަނާލް ދުވެފައި ގޮސް ޝާއިރާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.

“މަންމާ….!!! މަޖޫ… އަހަރެންގެ ޔަޒްދާން މަރާލީ މަޖޫ… އެމީހުންނަށް ވިހަ ހަވާލުކުރީ މަޖޫ….” ޔަނާލް ކިޔަމުން ދިޔައެވެ.

“ހުއްޓާލާ ދަރިފުޅާ. މަންމައަށް ހުރިހާ ވާހަކައެއް އަޑު އިވިއްޖެ…. އާދެބަލަ މިތާ އިށީންނަން” ޔަނާލްގެ އަތުގައި ހިފައިގެން އައިސް ކުރިން އިން ތަނުގައި ބައިންދަމުން ޝާއިރާ ބަލާލީ ތިރީގައި ކުރުކަކޫ ޖަހައިގެން އިނދެ ރޮމުން ދިޔަ މަޖްލީނަށެވެ. ޝާއިރާ މަޑުމަޑުން މަޖްލީންގެ ދެކޮނޑުގައި ހިފާ އުފުލާލަމުން ކުރިން އިން ގޮނޑީގައި ބޭންދިއެވެ.

“ދަރިފުޅާ…!!! ދަރިފުޅަށް ވުރެ ގިނަ ދުވަހުގައި ދުނިޔޭގައި އުޅުނީ މަންމަ. ގިނަ ތަޖްރިބާ ހުންނާނީ މަންމަގެ. އަދި ދަރިފުޅަށް ރަނގަޅު ނަޞޭޙަތެއް ދިނަސް ނުބައި ނަޞޭޙަތެއް ދިނަސް ދޭން ހުރީ ހަމަ މި މަންމަ. މަންމަ ބުނާ އެއްޗެއް އަޑުއަހާނަންތަ..؟” ދެކުދިން ދޭތެރޭގައި ހުއްޓެމުން ޝާއިރާ ބުނެލިއެވެ. ޔަނާލް ބޯޖަހާލިއެވެ.

“މަޖްލީނަކީ ކުށްވެރިއެއްނޫން. އެކަލާނގެ ޙަޟްރަތުގައި މަޖްލީނަކީ ފާފައެއް ނުކުރާ މީހެއްފަދަ. އޭނާއަށް ކުރެވުނު ކަންތަކުގެ ބަދަލު އޭނާއަށް އެދަނީ ދައްކަވަމުން. އެއީ ނިކަމެތި ކުއްޖެއް. ހެއްދެވި ފަރާތްމަތިން ހަނދާންނެތި ދުނިޔޭގެ މަޖަލަށް އޭނާއަށް ހިތްދެވުނީ. އެކަމަކު މިހާރު އެކުއްޖާ އެވަނީ އަހަރެމެންގެ އެހީއަށް ބޭނުންވެފަ. މަޖްލީނަށް މަޢާފްކޮށްދީ… މަންމަގެ ހިތް މަޖްލީންގެ މައްޗަށް ވަރަށް ސާފު” ޔަނާލްގެ ދެލޮލުން އައި ކަރުނަތައް ފޮހެދެމުން ޝާއިރާ ބުނެލިއެވެ. ޔަނާލް މަޖްލީނަށް ބަލާލިއެވެ. އިސްޖަހައިގެން އިން މަޖްލީން އިނީ އަދިވެސް ރޯށެވެ.

“އަހަރެން މަޖޫއަށް މަޢާފްކޮށްފިން…އަހަރެންގެ ހިތް މަޖޫއަށްޓަކައި ސާފު. އަހަރެން މަޖޫގެ މައްޗަށް ކިތަންމެ ހިތް ނުބައި ކުރިޔަސް އަހަރެންގެ ދަރިފުޅުގެ ބައްޕަ އެނބުރި ނާންނާނެ……ނާންނާނެ…” ޔަނާލް ދެފަރާތަށް ބޯހޫރާލަމުން ބުނެލިއެވެ.

“ނޫން… އަހަރެންނަށް އެއްވެސް މީހެއްގެ މަޢާފް ޙައްޤެއްނޫން. އަހަރެންނަކީ ކުށްވެރިއެއް. އަހަރެން ފުލުހުންނާ ހަވާލުކުރޭ. އަހަރެންނަށް ތިހާ ރަނގަޅުނުވޭ” މަޖްލީން ކިޔަމުން ދިޔައެވެ.

“ދަރިފުޅުދޭ ތިރިއަށް. ކާމޭޒު ކައިރީގައި ބައްޕަ އެބަ އިންތިޒާރުކުރޭ. މަންމަ މަޖްލީނާއި ވާހަކަދައްކާލަން ބޭނުން……” ޝާއިރާ ބުނެލިއެވެ. ވަގުތުން ބޯޖަހާލުމަށްފަހު ދެލޯ ފޮހެމުން ޔަނާލް ތިރިއަށް ދިޔައެވެ.

*********************************

ނުކައި ނުބޮއެ ދެދުވަސް ވަންދެން މާއިރާ ކޮޓަރީގައި ތަޅުލައިގެން އުޅުނެވެ. އޭނާގެ އެއްވެސް ދަރިއެއް ވަނަ ނުދެއެވެ. އެކަމާއި އާކިންއާއި ޒާކިން ހުންނަނީ ވަރަށް ކަންތައް ބޮޑުވެފައެވެ. މާއިރާއަށް ވީގޮތެއް ނޭނގޭތީ އެދެމީހުން ތިބީ މާޔޫސްވެފައެވެ. ބަނޑަށް ކެތްނުވެގެން މާއިރާ ތިރިއަށް ފޭބިއިރު ކާމޭޒު ކައިރީގައި އާކިންއާއި ޒާކިން ކޮފީއެއް ބޯން ތިއްބެވެ. ސިޓިންގރޫމުގައި މޮޕު އަޅަން ކުލްޝޫމް އުޅުނެވެ. ޔަނާލް ދިޔަފަހުން އެގޭތެރޭގައި ކުރާ ހުރިހާ މަސައްކަތެއް ކުރަނީ ކުލްޝޫމެވެ.

“މަންމާ…..!!!!” މާއިރާ ފެނުމާއެކު އާކިން ފުނންމައިގެން ތެދުވިއެވެ.

“ކިހިނެއްވެފަ މަންމައަށް ތިހެރީ….” ޒާކިން އަހާލިއެވެ. މާއިރާގެ ދެއަތުގައި ހިފާ ގަޔާ ކައިރިކޮށްލައިގެން ގެނެސް ގޮނޑީގައި ބޭންދީ އާކިންއެވެ.

“ދަރިފުޅުމެން މަންމައަށް ކާއެއްޗެއް ގެނެސްދީބަލަ. މަންމަ މަރުވަނީމި” ބަލި އަޑަކުން މާއިރާ ބުނެލިއެވެ.

“ޒާކު ދޭބަލަ ހޮޓަލުން ބަތަކާއި ރިހައެއް ވިޔަސް ހިފައިގެން އަންނަން…” އަވަހަށް އާކިން ބުނެލިއެވެ.

“އައްޗީޑި… ހޮޓަލުން ގެން އެއްޗެހި މަށަށް ނުދިރޭނެ…” އެހާލުގައި އިނދެވެސް މާއިރާ ބުނެލިއެވެ.

“މިގޭ ކައިރީގައި ހުރި ރެސްޓޯރަންޓުން ބިރިޔާނީއެއް ހިފައިގެން އާދޭ.. އަވަސް…..” އާކިން ބުނެލިއެވެ. ފިޔަވަޅުތަކަށް ބާރުލާފައި ވަގުތުން ޒާކިން ދިޔައެވެ.

“މަންމަ ކައިގެންވާނެ އިނގޭ ޑޮކްޓަރަށް ދައްކާލަން ދާން” އާކިން އެދުނެވެ.

“ދަރިފުޅާ! މަންމަ ޑޮކްޓަރަށް ދައްކައިފިން. ބުނީ ހަކުރުހުރީ މަތީގަޔޯ… އެދެން ބޭސްކައިގެން ކޮންޓްރޯލް ކުރެވޭ ބައްޔެއްނު. މަންމަ ކޮޓަރިން ނުނިކުމެ އޮތީ ވަމުންދާ ކަންތައްތަކާއި މެދު ވިސްނާލުމަށް” މާއިރާ ވާހަކަދެއްކިއެވެ.

“އެ ޔަނާލް މިގެއިން ނިކުމެގެން ދިޔައިމަވެސް މަންމައަށް އުފަލެއް ނެތްތަ” އާކިން އަހާލިއެވެ.

“ލިބޭނެތަ؟ ބަނޑުގައި ބަލާވެރިކަމެއް ބޮޑުވޭ އެބަ” ހިތާއި ހިތުން މާއިރާ ކިޔާލިއެވެ.

***************************

ލޯގަނޑު ކައިރީގައި ހުރެ ތައްޔާރުވަމުން ދިޔަ ޔަނާލް އެންމެފަހު ކަމަކަށް ތުންފަތުގައި ލިޕްސްޓިކް ހަކާލިއެވެ. ލައިގެން ހުރި ޑަސްޓީ ގްރީން ކުލައިގެ ސްކާރޓާއި އެކުގައި ދަށަށް ޖަހާފައި ހުރި ޓީލް ކުލައިގެ އަތްދިގު ގަމީސްކޮޅަށް ދަމާލަމުން އޭނާގެ ފުރިހަމަ އިސްކޮޅަށް ބަލާލިއެވެ. އެނދުމަތީގައި އޮތް ފޯނު ނަގަމުން އޭނާ ނިކުތީ ކޮނޑުގައި އޭނާ ގެންގުޅޭ އަތް ދަބަސް އަޅުވާލައިގެން ހުރެއެވެ. ޖެހިގެން ހުރި ކޮޓަރި ދޮރުގައި ދެފަހަރަކު ޓަކި ޖަހާލިތަނާ ދޮރު ހުޅުވާލިއެވެ.

“އަޅެ… ނުވަންތަ ރެޑީއެއް. ބުނީމެއްނު ފެމެލީ އެއްކޮށް ޑިނަރއަށް ދާ ވާހަކަ” ކުރިމަތީގައި ނިދާ ހެދުމުގައި ހުރި މަޖްލީން ފެނުމުން ޔަނާލް ބުނެލިއެވެ.

“ޔާނާގެ ފެމެލީއެއްނު. އަހަރެން ދިޔައިމަ ކަމަކުނުދާނެ. ޔާނާމެންދޭ… އަހަރެން މިރޭ މަޑުކޮށްލާނީ…” މަޖްލީން ބުނެލިއެވެ. އެ އާއިލާ އެކީގައި ކުރާ ކަންތައްތަކާއި ބައިވެރިވާން އޭނާ ބޭނުމެއްނުވެއެވެ. އޭނާއަކީ އެމީހުންގެ ކުށްވެރިއެކެވެ. އޭނާ އެހެރީ އެއާއިލާއަށް ލިބުނު އަގުބޮޑު ޖަވާހިރެއްގެ މައްޗަށް ފަސްއަޅާ ފޮރުވާފައެވެ. އޭނާއަކީ ކުށްވެރިއެއްކަން އިނގޭ އިރުވެސް އެގެއިން އޭނާއަށް ބޯހިޔާކޮށްލަން ތަނެއް ދިއްކޮށްލިކަން އެއީ ޝާއިރާގެ ހިތްހެޔޮކަމެވެ.

“ދެން… ތިހާ ދުރުވެގެން ނޫޅެބަލަ. އަހަރެން މިއުޅެނީ މަޖޫ ބަދުނާމް ކުރާކަށްނޫނޭ. ބުނީމެއްނު މަޖޫގެ މައްޗަށް އަހަރެންގެ ހިތް ސާފޭ. މަންމަވެސް ބައްޕަވެސް މަޖޫއަށް ހިތްހެޔޮކޮށްގެން ތިބީ… އެހެންނޫނަސް މިގެއިން މަޖޫއަށް ޖާގަދިން ދުވަހުން ފެށިގެން އަހަރެން ދެކެނީ ތިއީ އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތަގެ ގޮތުގައި. ދެން ހިނގާ….” މަޖްލީންގެ އަތުގައި ހިފާލަމުން ޔަނާލް އެދުނެވެ.

“އިނގޭ. އަހަރެންވެސް ދެކެނީ ތިއީ ކޮއްކޮއެއް ފަދައިން. މިފަހަރު ޔާނާމެން ދޭ. ދެން ފަހަރަކުން އަހަރެން ބައިވެރިވާނަން އިނގޭ. އެހެންނޫނަސް އެމެޖެންސީއަކަށް ހޮސްޕިޓަލުން ގުޅައިފި. އެބަޖެހޭދާން… އިނގޭ… ޑޯންޓް ގެޓް މީ ރޯންގް” ޔަނާލްގެ މޫނުގައި ފިރުމާލަމުން މަޖްލީން ބުނެލިއެވެ.

“ޕްރޮމިސް…” ޔަނާލް އަތްތިލަ ދައްކާލަމުން ބުނެލިއެވެ. މަޖްލީން ހީލާފައި އެއަތުގައި ހިފާލަމުން ވަޢުދުވެލިއެވެ. ޙަޤީޤަތުގައި އޭނާއަށް ދާން ނުކެރުނީއެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވޭތީއެވެ. އެއީ ދުވަހަކުވެސް އޭނާގެ ހިތުންފިލާނެކަމެއް ނޫނެވެ.

************************************

ޔަނާލްގެ އާއިލާ އެކުގައި މިސްރާބުޖެހީ ޕިއްޒާހަޓާއި ދިމާލަށެވެ. އެންމެން އެކުގައި ތިބެގެން ޕިއްޒާ ގެނެސްގެން ކަމުން ދިޔައިރު ތަފާތު އެކި ވާހަކަތަކުގެ ކުރިފަޅައިގެން ދައްކަމުން ދިޔައެވެ. މާއިރާގެ ކަންތައްތައް ފަޅާއަރުވާލާނެ މޮޅު ގޮތެއް އެމީހުން ދިޔައީ ރާވަމުންނެވެ. އެމީހަކަށް ފެންނަގޮތަކަށް ވާހަކަދައްކަމުން ދަނިކޮށް ހުރިހާ މީހުންގެ ނަޒަރު ހުއްޓުނީ ޔަނާލްގެ ފަހަތުން އައިސް ހުއްޓުނު މީހަކަށެވެ. ހާރޫނާއި ފައިޒަންގެ ތުންފަތްމަތިން ހިނިތުންވުމެއް ފާޅުވިއިރު ފަހަތުގައި ހުރި މީހާ އިޝާރާތުން މަޑުންތިބުމަށް ބުނެލިއެވެ. އެމީހާ މަޑުމަޑުން ޔަނާލްގެ ދެލޯ މަތީގައި އަތް އެޅިއެވެ. މުޅިތަން އަނދިރިވެގެން ދިޔުމާއެކު ޔަނާލަށް ދިޔައީ ސިހުން ލިބިގެންނެވެ. އަތްއަޅާފައި ހުރީ ލޯމަތީގައިކަން އެނގުމުން އޭނާ ހަމަޖެހުމުގެ ނޭވައެއްލިއެވެ.

“ކާކު….؟” ޔަނާލް އަހާލިއެވެ. އޭނާ ދިޔައީ އެމީހާގެ އަތުގައި އަތް ހާކަމުންނެވެ. އޭނާއަށް އެއީ ފިރިހެން އަތެއްކަން އެނގުނީ އެމީހާގެ އަތުގައި ފަޅާފައި ހުރި އިސްތަށިތަކުގައި އަތް ލެވުމުންނެވެ.

“މަންމާ…!!! އަޅެ ކާކުތަ… ނޭނގުނޭ….” ޔަނާލް ބުނެލިއެވެ.

“ގެސްކޮށްބަލަ ދަރިފުޅު….” ހާރޫން ބުނެލިއެވެ.

“އެނގިއްޖެ. ބައްޕަ ދޯ….” ޔަނާލް އެހެން ބުނުމާއެކު އައްޔުމަން ހިނިގަނޑަކާއެކު ޔަނާލްގެ ލޯމަތިން އަތް ނެގިއެވެ. ލޮލުގެ ފުސްކަން ކަނޑުވާލުމަށް ދެފަހަރަކު ދެލޯ ބާރަށް މަރާލުމަށްފަހު އޭނާ ތެދުވެ އައްޔުމަންގެ ހަށިގަނޑުގައި ބައްދާލިއެވެ.

“ކިހިނެއްތަ ބައްޕަ….؟” ޔަނާލް އަހާލިއެވެ.

“ފަސްޓް ކްލާސް…..” އައްޔުމަން ބުނެލިއެވެ.

“ބައްޕަ މިތަނަށް އަންނަ ވާހަކަ ނުވެސް ބުނަމެއްނު…” ޔަނާލް ބުނެލިއެވެ.

“ބުނިނަމަ ކިހިނެއްތަ ނާލްގެ މޫނުމަތިން މިހާރު ތިފެންނަ އުފާވެރިކަން ފެންނާނީ…” ވެއިޓަރ އިތުރު ގޮނޑިއެއް ގެނެސްދިނުމުން އިށީންނަމުން ހާރޫން ބުނެލިއެވެ.

“މިއޮށްކަމެއް. ކިތައް ބައްޕަ ކިތައް މަންމަ ހުރޭތަ…؟” ފައިޒަން ޔަނާލް ރުޅިއަރުވާލިއެވެ.

“މިސްޓަރ ޖޭ….” ޔަނާލް ތުން އަނބުރާލިއެވެ.

“އެހެންޏަ. ބޮލަށް އުނދަގުވެއްޖޭ…” ފައިޒަން ބުނެލިއެވެ.

“ހެޔޮ އުނދަގުވިޔަސް. ދެ މަންމައާއި ދެ ބައްޕަ. ގިނަތަ އެވަރު. އޭނީ އެއް މަންމަ މީނީ އަނެއް މަންމަ. މިތަނުން އެއް ބައްޕައަކީ އަހަރެން މިދުނިޔެއަށް ގެންނަން މަންމައަށް އެއްބާރުލުން ދިން މީހާ. އަނެއް ބައްޕަޔަކީ ދެވަނަ ފަހަރަށް އަހަރެންނަށް ދުނިޔެ ދެއްކި މީހާ… މިހާރު އިނގިއްޖެތަ މިސްޓަރ ޖޭ……؟؟؟؟ އަނގައަށް ގޮތެއް ހަދާލަމުން ޔަނާލް ބުނެލިއެވެ. އޭނާގެ ވާހަކައާއި ރާގުތައް ހުރިގޮތުން އެންމެންނަށް ތިބީ ހެވިފައެވެ.

ކައި ނިމިގެން ނިކުތުމުން ހުރިހާ މީހުން ގެއާއި ދިމާލަށް މިސްރާބު ޖެހިއިރު ފައިޒަން ބޭނުންވީ ޔަނާލް ގޮވައިގެން ދުއްވާލަން ދާށެވެ. އެކަމަށް ޝާއިރާއާއި ހާރޫންގެ ހުއްދަ ލިބުމުން އޭނާ ޔަނާލް ގޮވައިގެން ކާރުގައި ނައްޓާލިއެވެ. ބްރިޖު ހުރަސްކޮށް ދިޔައިރު ޔަނާލް ދިޔައީ ބްރިޖުގެ އެކި ދިމާލަށް ބަލަމުންނެވެ.

“މި ރާއްޖޭގަ އެންމެފަހުން ބްރިޖަށް އެރި މީހާ މަށަކީ” ޔަނާލް ބުނެލިއެވެ. ފައިޒަންއަށް މަޖާވެގެން ހީލިއެވެ. ހުޅުމާލޭގެ ބީޗު ސަރަހައްދުގައި އަލިކޮށްފައި ހުރި ހިސާބެއްގައި ކާރު މަޑުކޮށްލަމުން ފައިޒަން ޔަނާލަށް ބަލާލިއެވެ.

“ކީއްވެ މިތަނަށް…” ޔަނާލް އަހާލިއެވެ.

“ކަމުނުދަންޏާ ހިނގާދާން. މާއިރާއާއި އޭނާގެ ދަރިންގެ ކުރިމައްޗަށް. އެމީހުންނަށް ފޮރުވަން މިތަނަށް މިގެނައީ” ފައިޒަން ބުނެލިއެވެ.

“އޯކޭވާނެ މިތަން. ހިނގާ އިށީންނަން” ރާޅުޖަހާ ހިސާބާއި ތަންކޮޅެއް ދުރުގައި އިށީންނަމުން ޔަނާލް ބުނެލިއެވެ. ދެކުދިން އެތަނުގައި ޖައްސާލިއިރު އެހިސާބު ކައިރީގައި ހުޅުވާފައި ހުރި ރެސްޓޯރެންޓަކުން ކައްކަމުން ދިޔަ ތަފާތު މީރު ކާއެއްޗެހީގެ ހިތްގައުމު ވަސް ދުވަދުވާ ހުއްޓެވެ.

***********************************

ގެއަށް ވަދެގެން އައި މާއިރާ ދެފައި އެއްތަނެއްގައި ހަރުނުލައެވެ. އޭނާއަށް ފެނުނީ ޙަޤީޤަތެއް ކަމާމެދު ޝައްކެވެ. ނަމަވެސް އެ މަންޒަރު ފެނުނުފަހުން އޭނާ އެއުޅެނީ ދެފަޔަށް ހިނި އަރައިގެން އުޅޭ ކަހަލަ ގޮތަކަށެވެ.

“ކަމެއްވީތަ އަނެއްކާ…؟” ވަދެގެން އައި ޒާކިން އަހާލިއެވެ.

“ކޮބާ ދޮންބެ….؟” މާއިރާ އަހާލިއެވެ.

“ވެއްޖެ ކޮޓަރީގަ” ފައިޒަން ބުނެލިއެވެ.

“ގޮވާބަލަ. ބުނެބަލަ މަންމަ ބުންޏޭ މިހާރު ކޮޓަރިއަށް އައިސްބަލާށޭ…” އެނދުގައި އިށީންނަމުން މާއިރާ ބުނެލިއެވެ.

“ތިކަމެއްނުވާނެ އަޅުގަނޑަށް މަންމާ. ދޮންބެއާއި ދޮންބެދައްތަ ކޮންމެސް ކަމަކާ ޒުވާބުކުރާ އަޑު އިވެނީ… ބުނެބަލަ ކިހިނެއްވީތަ…؟” ޒާކިން ބުނެލިއެވެ.

“އަހަރެންނަށް ޔަޤީނެއްނޫން. އެކަމަކު ޝާއިރާއާއި ވަރަށް ވައްތަރު މީހަކު ފެނިއްޖެ” މާއިރާ ބުނެލިއެވެ.

“ވައްތަރު މީހެކޭ… ކޮންތާކުން…..” ޒާކިން އަހާލިއެވެ.

“އަހަރެން ފޫހިވެގެން މިގޭ ކައިރީގައި އުޅޭ ލުޖޭމެންނާއެކު ތަނަކަށް ކާން ގޮށްސަ އަންނަނިކޮށް. ބުރުގާވެސް އަޅާފަ ހުރި މީހެއް އެއީ. އެކަމަކު އެހެންވެދާނެތަ…؟” މާއިރާ އަހާލިއެވެ.

“ތިބުނީނު ވައްތަރު މީހެކޭ…. ނުބުނަންތަ އަހަރެމެން. މަންމައަށް މަގުމަތީގައި އުޅޭ މީހުންވެސް އެފެންނަން ފެށި މަރުވެފައި ތިބޭ މީހުންގެ ސިފައިގަ. ދުވަސްކޮޅަކުން ބުނާނެ މަންމައަށް ޔަނާލް ފެނިއްޖޭ… މަންމަ ބުނެބަލަ އެމީހުން އުޅޭނަމަ އަޅުގަނޑުމެންނަށް މިބޮޑު ގޭގަ މިހާ އަރާމުގަ އުޅެވޭނެތަ…؟” ޒާކިން ވާހަކަދެއްކިއެވެ. މާއިރާ ވިސްނާލިއެވެ. ޒާކިންވެސް އެބުނީ ދޮގެއްނޫނެވެ. އެއިން އެކަކުވެސް އުޅޭނަމަ އެމީހުން މިހާރު ތިބޭނީ ޖަލުގައެވެ.

“ހުރިހާވެސް މައްސަލައަކީ އަހަރެންގެ ވިސްނުން. މި ވިސްނުން ބަދަލުކޮށްގެން ނޫނީ ނެތް ކުރިއަށްދެވޭކަށް…..” މާއިރާ އޭނާގެ އަމިއްލަ ނަފްސާއި ވާހަކަދެއްކިއެވެ.

**********************************

“ނޫން. މައްސަލައަކީ ނަނާގެ ތި ވިސްނުން. އަހަރެން އެއްގޮތަކަށްވެސް ރުހޭކަމެއްނޫން ތިއީ” ކާރުގައި މާލެއާއި ދިމާލަށް ދަތުރުކުރަމުން ދިޔަ ފައިޒަންގެ މޫނުމަތީގައި ވަނީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ.

“ދެން ރުޅިނާދެބަލަ. ފައިއަކާ ނުވެސް ގުޅޭ…” ފައިޒަންގެ އަތުގައި ހިފާލަމުން ޔަނާލް ބުނެލިއެވެ.

“އަހަރެން ނަނާދެކެ ދުވަހަކުވެސް ރުޅިއެއް ނާންނާނެ. އެކަމަކު ނަނާ ތިކޮށްގެން އުޅޭ ކަންތަކަށް އަހަރެން ތަރުޙީބެއް ނުދެން. ވިސްނަބަލަ. މަންމައަށް އިނގިއްޖިއްޔާ ކިހާ ދެރަވާނެ” ފައިޒަން ބުނެލިއެވެ. އޭރު ބުރިޖު ހުރަސްކޮށް ކާރު ދަތުރުކުރަމުން ދިޔައީ ބޮޑުތަކުރުފާނު މަގު ހުރި ގޮތަށެވެ.

“ދެން ފައި ވިސްނަބަލަ. ނިޔާވެގެން ދިޔައީ މަގޭ ފިރިމީހާ. ގެއްލުނީ މަގޭ ދަރީގެ ބައްޕަ. ނިކަމެތިވީ އަހަރެން. އަހަރެން އޭނައަށް މަޢާފްކޮށް ހިތްސާފުވިއިރު ފައިއަށް ކީއްވެ ނުވާންވީ…” ޔަނާލް ބުނެލިއެވެ. ފައިޒަން އެއްފަރާތުގައި ކާރު މަޑުކޮށްލީ ކުއްލިއަކަށެވެ. އޭނާ ޔަނާލްގެ މޫނަށް ބަލާލިއިރު އެ މޫނުމަތީގައި ވަނީ ހިތްހަމަނުޖެހުމާއި ހިތާމައާއި އެކުވެފައިވާ އަސަރުތަކެވެ.

“ތިބުނާ ގޮތުން ވިއްޔާ ނިޔާވީ މަގޭ އެއްބަފާ ހަމައެކަނި ހުރި މީހާ. މަންމަގެ ދަރިފުޅު. ކޮބާ ތަފާތެއް؟ ފަހަރެއްގައި އަހަރެންނަކީ ޔަނާލް ކަލަހަ ހިތްހެޔޮ މީހަކަށް ނުވެދާނެ… ތިދައްކާ ވާހަކަތައް އަހަރެންނަށް އެއްގޮތަކަށްވެސް ކަމަކުނުދޭ..” ފައިޒަން ބުނެލިއެވެ.

“ދެން މިކަމާއިވެސް ޒުވާބެއްތަ ކުރަންވީ. އެކުއްޖާ ހުރީ ކުރެވުނު ކުށަށް ތަޢުބާވެގެން އޭނާއަށް ހުރީ މިދުނިޔޭގަ ކުރެވުނު ކަންތަކުގެ ބަދަލު ދެއްވާފައި” ޔަނާލް ބުނެލިއެވެ.

“ނަނާ އޭނައަށް ރަނގަޅުގޮތަށް ކަންތައް ކުރާއިރު ކީއްވެ މާއިރާއާއި އޭނަގެ ދަރިންނަށް ދެވަނަ ފުރުޞަތެއް ނުދޭންވީ. ކީއްވެ؟ ބުނެބަލަ؟ މީހަކު މަރާލަން ކަރުގައި ވަޅި ޖެއްސި މީހާއާއި އެކަމަށް ހިތްވަރުދޭ މީހާއަކީ ﷲ ގެ ހަޟްރަތުގައި ހަމަހަމ ވެގެންވާ ދެމީހުން. ދެން ކީއްވެ އެ އަންހެންކުއްޖާ ސަލާމަތްކުރަން ތިއުޅެނީ؟ ކީއްވެ އޭނައަށް ތިގެއިން ޖާގަދިނީ. މަށަށް މިހާރު ވިސްނިއްޖެ. ނަނާ ޑްރާމާ ޖައްސަނީކަން. ޙަޤީޤަތުގައި ނަނާގެ ހިތުގައި ދާންއަށްޓަކައި ލޯތްބެއްނެތް. އެހެންނަމަ ދާންގެ ގާތިލު ތިގެއަށް ވައްދައިގެން ފޮރުވައިގެން ނުގެންގުޅޭނެ” ފައިޒަންގެ މޫނުމަތިން ފެންނަމުން ދިޔަ ހިތްހަމަނުޖެހުން ރުޅިވެރިކަމަށް ބަދަލުވަމުން ދިޔައިރު އޭނައަށް ނޭނގުނެވެ. ކަޅި ޖަހާވެސްނުލާ އޭނާއަށް ބަލަހައްޓައިގެން އިން ޔަނާލްގެ ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފެނުމާއެކު ފައިޒަންއަށް ކާރުގެ ހުންގާނުގައި ދެއަތުން ބާރު އެތިފަހަރެއް ޖަހާލެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ލޯބި ވީމޭ ސިއްރު ސިއްރުން (26

Next

ބުނާށޭ ލޯބި ނުވަނީހޭ…11

Next
March 7, 2019

ބުނާށޭ ލޯބި ނުވަނީހޭ…11

Previews
March 6, 2019

ލޯބި ވީމޭ ސިއްރު ސިއްރުން (26

19 Comments!

  1. Ushaali says:
    March 7, 2019 at 3:08 pm

    salaam all
    mi bai ves huriha kudhinnah kamudhaane kamah heekuran.
    ushaaly ah dhn vahaka genesdheveynee sunday ga ingey. ehenve mi bai mi genesdhinee ehen baithakah vure dhigukoh.

    kiyuntheringe hiyaaleh eba beynunvey….
    majleen ah maaf haggotho nuvatha noon tho? eyna fuluhunna havaalu kuraaneetho nuvatha noontho?

    1. Jasmine says:
      March 7, 2019 at 6:22 pm

      Jasmine… Majleen ah maafu haggu.. Konme insaanakahves kuh kureveyne..faafa kureveyne.. Egigennaa neygi ves…Kushah thaubaa vumah angaafaivey.. Majleen ves eyna kushah iuthiraaf vey.. Faafa ah thaubaa vejje…ehnvyru eyna ah maafu haggu nuvaan vee sababeh neh… Vaahaka v reethi MA

  2. Ummu Xahaa Xaan says:
    March 7, 2019 at 3:09 pm

    Wow

  3. Ummu Xahaa Xaan says:
    March 7, 2019 at 3:09 pm

    First

  4. Aminath Asima says:
    March 7, 2019 at 3:16 pm

    Kiyaalan v dhww

  5. Anonymous says:
    March 7, 2019 at 3:30 pm

    Maaf deynvee eaynaa kusha thaubaavagey noone dho v v v v v v v v riti vahaaka

  6. S says:
    March 7, 2019 at 3:37 pm

    Koneme insaanakav
    Ves maaf haggo thauba vaje nama so yes ey ena ebase veema

  7. Sid says:
    March 7, 2019 at 4:23 pm

    Mashaa Allah. Varah varah furihama. Thanks mihaa avahah upload kohdhineema. You are the best ?. Insha Allah you will blessed with all your doings. Waiting for the next part ??

  8. yaaanaa says:
    March 7, 2019 at 5:37 pm

    masha allah..??? varah reethi

  9. SCARLET❤ says:
    March 7, 2019 at 6:19 pm

    Wow… V salhi… ekamu yanaal buny dhogeh… eaky eh noon enme fahun bridge ah eri meehaky.. maybe I will be… adhivec bridge ah neyrey????hehe.. stry v salhi ingey

  10. Kau says:
    March 7, 2019 at 6:20 pm

    Konme insanakah kuhkureweyne . Kusha adhabu ves libenjeeynei.
    Story v reethi. Comment nukurias huriha part e ves kiyan.usha keep goin .?

  11. Alya says:
    March 7, 2019 at 9:02 pm

    Masha allah ❤ story varah furihama adhi ehaame interesting..
    Knme myhakah ves kuh kureveyne and kushah thauba ve iuthiraaf vaa myhunnaky hageeegy muslimun.. majoo ah kuh kurevunu and eyna ekan gabool ves kurey . Yanaal and family maaf kuriyas majoo sarihyathah gendhan jeheyne eyrun eyna ah eyna kuri kushuge haggu adhabu libeyny.. emotional vegen nuvaane decision nagaakah . Majoo sarihyathah gengos eyna ah haggu adhabu dhinun aie yanaalmen ge vaajibeh fadha kameh.. dheenug thauba furihama vumuge aharutheh aie kuh gabool koh eyah adhabu libigathun aie.. shifa ge husband ah ves sazaa liben jeheyne eyna yanaal maraali iru balahattain huttas.. hithun thauba viyas haggu adhabu knme myhakuves libigannan vaane

  12. ?sajy? says:
    March 8, 2019 at 9:05 pm

    ❤varah furihama❤
    ❤mi story ah ehvana dheynvee hama❤
    Masha allah❤

  13. Abdulla says:
    March 9, 2019 at 11:49 am

    Dheeny gothun balanya enme rangalhu gothaky maafu dhinun… vaahakaves bodah reethivaany eyrun..

  14. Koo says:
    March 9, 2019 at 2:22 pm

    Fenvarun ves fenunee 1 to 5 aa hama ah.. some one plx 6 to 8 haa hama ah link foanva dheeba… stry varah salhi..

  15. Siya says:
    March 9, 2019 at 9:13 pm

    Mi vaahakaige 1 to 8 fennaanee konthaakun

  16. scarlet says:
    March 10, 2019 at 3:48 pm

    when next part???

  17. Sid says:
    March 10, 2019 at 6:16 pm

    When will the next part uploaded? Can’t wait to read it ?

  18. No name says:
    March 10, 2019 at 6:47 pm

    Haadha lahey up vaaleh.. Sunday ga up vaaney buni.. Miadhu Sunday ehnu.. So Dhn up kuran vehje ehnu mihaaru…

Comments are closed.

Next Episodeދިނީ ޒަހަރު… 33←


All Right Reserved!