Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދިނީ ޒަހަރު… 33

Ushaali Level 810 Stories100 Comments100 Stories500 Comments
March 10, 2019 9 Mins Read
21 Comments

32 ވަނަބައިގެ ތެރެއިން….

“ނަނާ އޭނައަށް ރަނގަޅުގޮތަށް ކަންތައް ކުރާއިރު ކީއްވެ މާއިރާއާއި އޭނަގެ ދަރިންނަށް ދެވަނަ ފުރުޞަތެއް ނުދޭންވީ. ކީއްވެ؟ ބުނެބަލަ؟ މީހަކު މަރާލަން ކަރުގައި ވަޅި ޖެއްސި މީހާއާއި އެކަމަށް ހިތްވަރުދޭ މީހާއަކީ ﷲ ގެ ހަޟްރަތުގައި ހަމަހަމ ވެގެންވާ ދެމީހުން. ދެން ކީއްވެ އެ އަންހެންކުއްޖާ ސަލާމަތްކުރަން ތިއުޅެނީ؟ ކީއްވެ އޭނައަށް ތިގެއިން ޖާގަދިނީ. މަށަށް މިހާރު ވިސްނިއްޖެ. ނަނާ ޑްރާމާ ޖައްސަނީކަން. ޙަޤީޤަތުގައި ނަނާގެ ހިތުގައި ދާންއަށްޓަކައި ލޯތްބެއްނެތް. އެހެންނަމަ ދާންގެ ގާތިލު ތިގެއަށް ވައްދައިގެން ފޮރުވައިގެން ނުގެންގުޅޭނެ” ފައިޒަންގެ މޫނުމަތިން ފެންނަމުން ދިޔަ ހިތްހަމަނުޖެހުން ރުޅިވެރިކަމަށް ބަދަލުވަމުން ދިޔައިރު އޭނައަށް ނޭނގުނެވެ. ކަޅި ޖަހާވެސްނުލާ އޭނާއަށް ބަލަހައްޓައިގެން އިން ޔަނާލްގެ ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފެނުމާއެކު ފައިޒަންއަށް ކާރުގެ ހުންގާނުގައި ދެއަތުން ބާރު އެތިފަހަރެއް ޖަހާލެވުނެވެ.

*********************************

ގޭޓުން އެތެރެއަށް ވަދެގެން އައި ކާރު ގަރާޖުގައި މަޑުކޮށްލުމާއެކު ޔަނާލް ދުއްވައިގަތެވެ. ފައިޒަންއަށް ނިކުވުނު އިރު ޔަނާލް އެތެރެއަށް ވަދެގެން ގޮށްސިއެވެ. ހާރޫނާއި ޝާއިރާ މަޑުކޮށްގެން ތިބީ ޔަނާލް ގެއަށް އަންނާނެ އިރަކަށެވެ. އެދެމީހުން ކުރިމަތިން ބަހެއްވެސް ނުބުނެ ދުވެފައި ޔަނާލް އެދިޔައީ އެދެމަފިރިން ސުވާލުތަކެއްގެ ތެރެއަށް ދޫކޮށްލާފައެވެ. ވަދެގެން އައި ފައިޒަން ފެނުމުން ހާރޫން ގޮވާލިއެވެ.

“ކަމެއްވީތަ….؟” ހާރޫން އަހާލިއެވެ. ފައިޒަން މޫނުމަތީގައިވަނީ ކަންބޮޑުވުމުގެ ކުލަވަރުތަކެވެ.

“ނަނާ ރުޅިގަދަވީ ދެއްކުނު ވާހަކައަކުން…” ފައިޒަން ބުނެލިއެވެ.

“އަޅާނުލާ… ހެނދުނު ހޭލާއިރު އެރުޅި ހުންނާނީ ފިލާފައި. އަވަހަށްދޭ ގެއަށް. ފައި ބޭނުމިއްޔާ މިގޭގައިވެސް މަޑުކުރެވިދާނެ” ފައިޒަންގެ ކޮނޑުގައި ޖަހާލަމުން ހާރޫން ބުނެލިއެވެ.

“ނޫނޭ… އޭރުން އެގޭގަ މަންމަ އެކަނި އޮންނާނީ. މަންމަ އަޅުގަނޑަށް އިންތިޒާރުކުރާނެ… ދަނީ އިނގޭ… ގުޑްނައިޓް…” ފައިޒަން ވާހަކަދެއްކިއެވެ. ހާރޫނާއި ޝާއިރާ ހިނިތުންވުމެއް ދިނުމުން އޭނާ ނިކުންނަން ދިޔައީ އެތައް ފަހަރަކު ޔަނާލް އަރައިގެންދިޔަ ދިމާލަށް ބަލަން ހުރެފައެވެ.

*******************************

ބަނޑުގައި ހެދިބޮޑުވަމުން އަންނަ ދަރިފުޅުގެ ފުރާނަ ދުއްވާލުމަށްޓަކައި މާއިރާ ދިޔައީ އެތައް މަސައްކަތެއް ކުރަމުންނެވެ. އެތައް ބޭހެއް ގަނެގެން ކައި ހުސްކުރިއިރުވެސް އެއްވެސް ނަތީޖާއެއް ނުނިކުތެވެ. އޭނާ ހަދާނެގޮތް ހުސްވިއެވެ. ހުރިހާ ރުޅިއެއް އަމާޒުވީ ގާސިމަށެވެ. ދުވަސްކޮޅަކުން އޭނާ މުޅި ދުނިޔެއަށް ބަދުނާމްވާނެއެވެ. އެތައް ގޮތަކަށް ވިސްނުމަށްފަހު އޭނާ ގޮތެއް ނިންމިއެވެ. އެދަރިފުޅު ހާރޫނުގެ ބޮލުގައި އަޅުވާށެވެ. އާއިލާތެރޭ ޙަޤީޤަތް ނުފޮރުވަސް އެގޮތަށް ކަންތައް ކުރުމުން ބޭރުގެ ކުރިމަތީގައި އޭނާ ބަދުނާމެއް ނުވާނެ ގޮތަށެވެ.

ވިސްނުމެއްނެތި ކޮށްފި ކޮންމެ ކަމަކުން ނިކުންނާނެ ނަތީޖާއެއްގެ ސަބަބުން ލިބިދޭ ހިތާމަތަކުގެ ޝިކާރައަކަށްވެ މީހާގެ ހަމަޖެހުން ގެއްލޭނެކަން އިފްނާ ފަދަ ދީނުން ބޭރުވެފައިވާ މީހަކަށް ނުވިސްނޭނެއެވެ. އެހެނޫންނަމަ އެގޮތަށް އޭނާ ކަރުނައޅާކަށް ނުޖެހޭނެއެވެ. ހޫދުގެ ދަރިއަކަށް އޭނާ ބަލިވެ އިނދެފާނޭ އޭނާގެ ހިތަށް ނިޔަތަށްވެސް ނާރައެވެ. އަދި ހާލަތު ކޮންމެގޮތަކަށް ބަދަލުވިނަމަވެސް ހޫދު އޭނާގެ އަތުން ދޫކޮށްލާފާނެ ކަމަށްވެސް އޭނާ ވިސްނާފައެއް ނެތެވެ. ނަމަވެސް މިއަދު މިވަނީ ހުރިހާކަމެއް ބަދަލުވެފައެވެ. އޭނާގެ ހަށިގަނޑުގައި ހޫދުގެ ލޯބީގެ ނިޝާން ގަރުބަގަނެއްޖެއެވެ. އޭނާ ދެކޭގޮތުގައި ހޫދު ދެކެ އޭނާވީ ހަޤީޤީ ލޯތްބެވެ. ހޫދު އޭނާގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފީއެވެ. މިއަދު އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއްނެތެވެ. އޭނާ އާކިންއަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟

“އަހަރެން ނެތިން އިފޫ ދޫކޮށްލާކަށް…..” އާކިން ބުނެލިއެވެ. ކުރިމަތީގައި އިފްނާ ހުރީ އިސްޖެހިފައެވެ.

“އަހަރެން… އަހަރެން ކީތްކުރާނީ އާކު….. އަހަރެން މިކަމުގެ ތެރެއަށް ވެއްދީ އާކުއެއްނު. އާކުގެ ކުށެއްވެސް އެބަވެއެއްނު..” އިފްނާ ވާހަކަދައްކަމުން ދިޔައެވެ. ދެލޮލުގައިވީ ކަރުނައެވެ.

“އަހަރެން ތިކަމަކާއި ދެކޮޅެއް ނުވަމެއްނު….. އަހަރެން ގޮތެއް ނިންމައިފިން. އަހަރެން އިފޫ ދޫކޮށެއް ނުލާނަން. އެކަމަކު ކުރިން އުޅުނުގޮތަށް އަހަރެންނަށް ނުވެސް އުޅެވޭނެ. މާނައަކީ އަހަރެން އިފޫ ބޭޒާރެއް ނުކުރާނަމޭ….” އާކިން އިފްނާއަށް ފުރަގަސްދިނެވެ. އިފްނާ އާކިންއަށް ޝުކުރުވެރިވިއެވެ.

*******************************

ދުވަހުގެ މެންދުރު ވަގުތެވެ. ޓައީއަށް ދޫކުރަމުން ގޭތެރެއަށް ވަދެގެން އައި ފައިޒަން ކޮޓަރިން ނިކުމެގެން ބަދިގެއާއި ދިމާލަށް ދިޔަ ކުލްޝޫމަށް ހިނިތުންވުމެއް ދިނެވެ. ކޮޓަރިއަށް ވަތްގޮތަށް ފައިޒަން ވަނީ ފާހާނާއަށެވެ. އޭނާ ފެންވަރައިގެން ނިކުމެ ޖަންގަލް ގްރީން ކުލައިގެ ޓީޝާޓަކާއި ގަދަ ނޫ ކުލައިގެ ޖީންސެއް ލީތަނާ ކުލްޝޫމް ދޮރުގައި ޓަކި ޖަހާލިއެވެ.

“ކީކޭ މަންމާ…” އަތުކުރީގައި ގަޑި އަޅަމުން ދޮރު ހުޅުވާލި ފައިޒަން ކުލްޝޫމަށް ބަލާލަމުން ބުނެލިއެވެ.

“ބަޔަކު އައިސް އެބަތިބި…” ކުލްޝޫމް ބުނެލިއެވެ. ފައިޒަންގެ ތުންފަތްމަތިން ހިނިތުންވުމެއް ފެނުނެވެ.

“ދަރިފުޅަށް އިނގޭތަ އެއީ ކޮންބައެއްކަން…” ފައިޒަންގެ ތުންފަތްމަތިން ފެނުނު ހިނިތުންވުން ފެނުމުން ކުލްޝޫމް އަހާލިއެވެ.

“އާނ… މަންމައަށް ވެސް އިނގިދާނެ… ހިނގާބަލަ ކުޅި ބަލާލަންދާން…” ކުލްޝޫމްގެ ކޮނޑަށް އަތް އެއްލައިގެން ހުރެ އޭނާ ހިނގައިގަތެވެ.

ބޯއަނބުރާވަރުން އެނދުގައި އޮތް މާއިރާ ނިކުތީ އިފްނާ އައިސް ގޮވާލުމުންނެވެ. ބަޔަކު ބައްދަލުކުރަން އައި ވާހަކަ ބުނުމުން އޭނާގެ ނިތަށް ރޫއަރައިގެން ދިޔައެވެ. އިފްނާއާއި އެކުގައި އޭނާ ހިނގައިގަތްއިރު މޫނުމަތީގައި ވަނީ ވަރުބަލިކަމުގެ ނިޝާންތަކެވެ.

“މިއީ ކޮންބައެއް…؟ ކީތްކުރަން އަހަރެން ހޯދަނީ…” މާއިރާ އަހާލީ ރުންކުރު ރާގެއްގައެވެ.

“ވަކި މާއިރާއަކާ ނޫން. ތީވެސް މިގޭ އުޅޭ މީހަކަށްވާތީ ގޮވާލީ…” ކުލްޝޫމް ވާހަކަދެއްކިއެވެ. މާއިރާ ކުލްޝޫމަށް ދެލޯ އަޅާލަމުން ކުރިމަތީގައި ރަސްމީކޮށް ތިބި ދެ ފިރިހެނުންނަށް ބަލާލިއެވެ. އޭރު އެތަނަށް ޒާކިންއާއި އާކިން އައިސް ހުއްޓެނީއެވެ. އާކިން ލޮލުން ކިހިނެއްވީތޯ އިފްނާ ކުރެން އަހާލިއެވެ. އިފްނާ ނޭނގެއޭ ބުނުމުގެ ގޮތުން ދެކޮނޑު އަރުވާލުމުން އޭނާ ޒާކިންއާއި ނަޒަރެއް ބަދަލުކޮށްލިއެވެ.

“ކޮބާތޯ ފައިޒަންއަކީ…؟” އެތަނުން އެކަކު އަހާލިއެވެ.

“އަޅުގަނޑަކީ ފައިޒަން. ކިހިނެއްވީތޯ…؟؟ ކުރިއަށް ޖެހިލަމުން ފައިޒަން ބުނެލިއެވެ. މާއިރާ ބަލަހައްޓައިގެން ހުރީ ފާޑަކަށެވެ.

“މިއައީ ނޯޓެއް ހަވާލުކޮށްލަން. ކުރިއަށް މިއޮތް ހަފްތާއެއްހާ ދުވަސްތެރޭގައި މިތަން ހުސްކުރަން ޖެހޭނެ. އަޅުގަނޑުމެންގެ ކުންފުނިން މި އިމާރާތް މިވަނީ ވަރަށް ބޮޑު އަގެއްގައި ގަނެފައި. މިތަނުގައި ގެސްޓްހައުސްއެއް އެޅުމުގެ މަސައްކަތް ފަށައިގަންނަން ހުރިހާ ލިޔެކިޔުމެއް މިހާރު މިވަނީ ނިމިފައި. ރޭގައި ކޮންޓްރެކްޓުގައި ވަނީ ސޮއިކޮށްފައި…” އެތަނުން އެކަކު އޮޅުންފިލުވައިދިނެވެ. ފައިޒަންގެ މޫނުމަތިން އެއްވެސް ކަންބޮޑުވުމެއް ނުފެނެއެވެ. މާއިރާ ހުރީ އިވުނު ވާހަކަތައް ޤަބޫލުކުރަން ދަތިވެފައެވެ.

“ކީކޭ….؟؟؟؟ މި އިމާރާތް ގަތީއޭ…؟ ކާކު ގަތީ…؟ މިތާނގެ ވެރިފަރާތަކީ މަގޭ ފިރިމީހާ…. ތިހެން އަދި ބަޔަކު އައިސް ވާހަކަތަކެއް ދެއްކިޔަސް އަހަރެމެން ޤަބޫލެއް ނުކުރާނަން. އަހަރެމެން ނުނިކުންނާނަން މިގެއަކުން…” މާއިރާ ކުރިއަށް ޖެހިލަމުން ވާހަކަދެއްކިއެވެ.

“ޤަބޫލުނުކުރެވެންޏާ މި ލިޔުން ކިޔާލަބަ…” އެތަނުން އެކަކު ބުނެލިއެވެ.

“އެކައްޗެއް ކިޔާކަށްވެސް ބަލާކަށްވެސް ނުޖެހޭނެ… ކާކުތަ މޮޔަވެގެން ލާރިތަކެއް ހޭދަކޮށްފަ ބަޔަކު އުޅެނިކޮށް މިތަން ގަނެލީ… ގަމާރަސް ބޮޑުވަރެއްނު…” މާއިރާ ހިތްހަމަނުޖެހިފައި ވާހަކަދެއްކިއެވެ.

“ތިޔަބުނާ ގަމާރު މީހާއަކީ އަހަރެން. އަހަރެން ގަތީ…” އަޑު އައި ދިމާލަށް މާއިރާ ބަލާލިއެވެ. ދޮރުން ވަދެގެން އައި ފިރިހެނަކު ބުނެލިއެވެ. ކޮންމެސް ތަނަކުން ފެނުނު މީހަކާއި ވައްތަރެވެ. އާދައިގެ އިސްކޮޅެއް ލިބިފައިވާ މީހެކެވެ. ތުނބުޅި ބޮލަސް މަތިމަހާއެކު ވަނީ ވަރަށް އެއްވަރުކޮށް ކޮށާލާފައެވެ. ލޮލުގައި އޮތީ ނަންބަރު އައިނެކެވެ.

“އައްޔުބެތަ….؟؟؟” އައްޔުމަން ދެނެގަތީ ތަންކޮޅެއް ދުރުގައި ހުރި އާކިންއާއި ޒާކިންއެވެ. މާއިރާ ދެދަރިން މޫނަށް ބަލާލިއެވެ. ދެން ބަލާލީ އައްޔުމަންގެ މޫނަށެވެ.

“އައްޔުމަން ކަލޭތަ…؟ ހާރޫންގެ ޑްރައިވަރަކަށް އުޅެފަ ހުރި މީހެއް. މި ބޮޑު ގަނޑުވަރެއްފަދަ އިމާރާތް ގަންނަން ކޮބާތަ ކަލޭގެ ހައިސިއްޔަތަކީ…” މަލާމާތުގެ ރާގެއްގައި މާއިރާ އަހާލިއެވެ.

“ހައިސިއްޔަތަކީ ކޮންމެ އެއްޗަކަސް މިހާރު މިގޭ ވެރިފަރާތަކީ އަހަރެން. ލިޔުމުގައި ބުނެފައިއެވާ ފަދައިން ތަން ހުސްކުރަން ކަލޭމެންނަށް ހަފްތާއެއްގެ މުއްދަތެއް ދީފައި އިންނާނީ…” ދެއަތް ފުރަގަހަށްލަމުން އައްޔުމަން ބުނެލިއެވެ.

“ކަލޭގެ ފެންވަރު އެބަހުރިތަ…؟” މާއިރާ ދޫކުރުރާކަށް ބޭނުމެއް ނުވިއެވެ.

“ހާރޫނަކީ އަހަރެންގެ އެއް އަތް. ހީކޮށްލާ މިއީ އަހަރެން ކޮށްދިން ކަމުގެ ބަދަލުގަ ހާރޫން ވެދިން އިހުސާންތެރިކަމެކޭ…” އައްޔުމަން ވާހަކަދެއްކިއެވެ. މާއިރާ ކަންފަތް ދަށުގައި އާކިން އެއްޗެއް ބުނެލިއެވެ. މާއިރާ ވިސްނާލިއެވެ. ތެދެކެވެ. ޔަނާލް ކަނޑުފެއްތި ރޭގައި ސަފާރީގައި ހުރީ އައްޔުމަންއެވެ. އައްޔުމަންއަށް ކަންތައްވީގޮތް އެނގުނީ ހެއްޔެވެ؟

“ބަޔަކު ތަނެއްގަ ހަމަޖެހިގެން އުޅުއުޅެ ތިއްބާ ތިގޮތަށް ތަންހުސްކުރަން ބުނާއިރު ވިސްނާލަންވާނެ… ފައިޒަން ކަލޭ އޭގައި ސޮއި ކުރާއިރު ނޭނގޭތަ އަހަރެމެންވެސް މިއީ އިންސާނުންކަން. ތިއީ ކޮންކަހަލަ ބައެއް…” މާއިރާގެ ލޮލުން ކަރުނަ ނީރާލިއެވެ.

“އަހަރެން މިޔަކު ސޮއެއް ނުކުރަން…” ފައިޒަން ބުނެލިއެވެ.

“ކާކުތަ ސޮއިކުރީ….؟” މާއިރާ އަހާލިއެވެ.

“މިގޭ ވެރިފަރާތް. އަބްދުﷲ ހާރޫން” އައިސް ތިބި ދެމީހުންގެ ތެރެއިން ލިޔުން ހިފައިގެން ހުރި މީހާ ލިޔުމުގައިވާ ނަމަށް ބަލާލަމުން ކިޔާލިއެވެ. ވަގުތުން މާއިރާގެ ދެލޯ ނިތަށް އަރައިގެން ދިޔައެވެ. އޭނާގެ ދެފައިގާ ތުރުތުރުލުމެއްވެސް އުފެދިއްޖެއެވެ. މޫނުމައްޗަށް އަނދިރިވެގެން ދިޔަ ވަގުތު އަރިއަޅާލިއެވެ. އާކިން މާއިރާގެ ގައިގާ ހިފަހައްޓާލިއެވެ. ސޯފާ ގޮނޑީގައި ބައިންދަމުން އިފްނާ ކައިރީގައި ފެންތައްޓެއް ގެންނަން ބުނެލިއެވެ.

އައިސް ތިބި ދެމީހުންނާއެކު އައްޔުމަން ދިޔުމާއެކު ސޯފާގައި ފައިޒަންއާއި ކުލްޝޫމް އިށީނެވެ. އިފްނާ ދިން ފެންތަށި ހުސްކޮށްލުމަށްފަހު މާއިރާ ހަމަޖެހުމުގެ ނޭވައެއްލިއެވެ. އޭނާ ނަޒަރު ސީދާކޮށްލީ ކުރިމަތީގައި އިން ކުލްޝޫމާއެވެ.

“ހާރޫން އަތުވެއްޖެ. އޭނަ މާއިރާއާއި ވަރަށް އަވަހަށް ބައްދަލުކުރާނެ…” ކުލްޝޫމް ބުނެލިއެވެ. މާއިރާއަށް ވީގޮތެއްވެސް ނޭނގުނެވެ. ރޮއެގަންނަންވެސް ހީގަންނަންވެސް އޭނާއަށް ނުކެރުނެވެ.

“މާއިރާ އުފަލެއްނުވޭތަ…؟ ކުލްޝޫމް އަހާލިއެވެ.

“އަހަރެން ކީކޭ ބުނާނީ… އޭނާ އެވިސްނީ އަހަރެމެން މިގެއިން ނެރޭކަށްނު…” މާއިރާ ބުނެލިއެވެ.

“މާއިރާދެކެ ވަރަށް ހިތްހަމަނުޖެހިފަ ކަންނޭނގެ. އަނެއްކާ ކީތްކުރީ މާއިރާ…؟؟؟” ކުލްޝޫމް އަހާލިއެވެ.

“އަހަރެން އެއްވެސް ކަމެއް ނުކުރަން…. އޭނަ އަހަރެންނާއި ބައްދަލުކޮށްލަންވެސް ނައެއްނު…” ދެލޮލުން އައި ކަރުނަތައް ފޮހެލަމުން މާއިރާ ބުނެލިއެވެ.

“މިހާރު ކޮންމެހެން މިތަނުގައި އިނދެ ކެހިވެރި ކަރުނަތަކެއް ލޮލުން ބާލާނެކަމެއް ނެތް. ކަންކޮށްފަ މިހާރު ކޮންވާހަކައެއް ތިދައްކަނީ…؟” ފައިޒަން ބުނެލިއެވެ. ސިހުމަކާއެކު މާއިރާ ފައިޒަންއަށް ބަލާލިއެވެ. އޭނާ އެއްޗެއް ބުނުމުގެ ކުރިން ފައިޒަން ތެދުވެގެން ހިނގައިގަތެވެ.

********************************

ޓެރަސްމަތީގައި ރެއިލިންގައި އަތް އަޅުވާލައިގެން މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން ހުރި ޔަނާލަށް ގޭޓުން ވަދެގެން އަންނަ ފައިޒަން ފެނުނެވެ. އޭނާ ހަމަ އަޅާވެސްނުލާ ހުއްޓެވެ. އޭގެ އިރުގަނޑެއްފަހުން އޭނާގެ ނޭފަތުގައި ޖެހުނީ ފައިޒަން އާންމުކޮށް ޖަހާ ސެންޓުގެ ވަހެވެ. އެތަނަށް ފައިޒަން އަންނާނެކަން މާކުރިންވެސް އޭނާއަށް އިނގެއެވެ.

“އަނހަ ބައްޕަ ދޫނީ…” އޭނާގެ ފައިގައި ބައްދައިގަތް ޔާޒް އުރާލާ ދޮނެއް ދެމުން ފައިޒަން ބުނެލިއެވެ. ޔަނާލް ހަމަ އެހުރި ގޮތަށް އަޅާވެސްނުލާ ހުއްޓެވެ.

“ބަލާބަ. ދަރިފުޅު މަންމަ. އެހުންނަނީ ބައްޕިދެކެ ރުޅިއައިއްސަ. ބައްޕި މިއަދު ތައުޒަން ޓައިމްސް ގުޅިން. އެންގްރީ ބާރޑެއް ދޯ….” ޔާޒް އުރާލައިގެން ހުރެ ޔަނާލާއި ކުރިމަތިވާނެހެން ރެއިލިންގްގައި ބުރަކަށި ޖައްސާލަމުން ފައިޒަން ހުއްޓުނެވެ. ޔަނާލް އެއްފަހަރު ފައިޒަންއަށް ބަލާލިއެވެ. ފައިޒަން ހީލުމުން ޔަނާލް ހީ ނުލިއެވެ.

“މަންމި ރުޅިއައިމަ ކާކާ އެންމެ ވައްތަރީ… ތުންބިބީއަކާ ދޯ….” ފައިޒަން ބުނެލިއެވެ. ޔަނާލް ރިއެކްޓެއް ނުކުރިއެވެ. ތުންބިބީއަކީ ކޮލެޖު ދުވަސްވަރުގައިވެސް ޔަނާލް ކަމަކާއި ރުޅިއައިއްސިނަމަ ފައިޒަން ކިޔާ އުޅުނު ނަމެކެވެ. ފައިޒަން ވަރަށް ފުން ނަޒަރަކުން ޔަނާލަށް ބަލާލިއެވެ. ޔަނާލްގެ ދެލޮލުން ވެއްޓެން ތައްޔާރުވި ކަރުނަތިކި އޭނާ އަވަސް އަވަހަށް ފޮހެލިއެވެ. އެމަންޒަރު ފައިޒަންއަށް ފެނުމުން ހިތުގައި ރިއްސާލިއެވެ. ބޯޅައެއްދީ ޔާޒް ތިރިއަށް ދޫކޮށްލުމަށްފަހު ފައިޒަން ޔަނާލް ކައިރީގައި ހުއްޓިލިއެވެ. އަދި ފަހަތުން ޔަނާލްގެ ހަށިގަނޑުގައި ބައްދާލިއެވެ.

“އައިމް ސޮރީ ފޯރ ވަޓް އެވަރ އައި ސެއިޑް….. ޕްލީޒް ޕްލީޒް….. ފޮރގިވް މީ…” ޔަނާލްގެ ބޮލުގައި ބޮސްދެމުން ފައިޒަން ބުނެލިއެވެ. ޔަނާލްގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކުގެ ސްޕީޑްވީ އަވަހެވެ.

“ކޮންމެސް އެއްޗެއް ބުނެބަލަ. ނަނާ ތިގޮތަށް ކަންތައް ކުރީމަ އަހަރެން ވަރަށް ދެރަވާނެކަން އިނގެއެއްނު. މިހާރު ރުޅިންވެސް ހުރެވިއްޖެއްނު…” ފައިޒަން ބުނެލިއެވެ. ޔަނާލް ފައިޒަންގެ އަތު ތެރެއިން ނެއްޓިގެން ދުރަށް ޖެހިލިއެވެ.

“އަހަންނަކަށް ނޭނގޭ އަހަރެން ކަހަލަ ޑްރާމާ ކުޅޭ މީހަކުދެކެ ފައި ތިހާ ލޯބިވަނީ ކީއްވެ ކަމެއް…؟” ޔަނާލް ބުނެލިއެވެ. ފައިޒަން ހަނދާންވިއެވެ. އެރޭ އޭނާ ޔަނާލް ޑްރާމާ ކުޅޭކަމަށް ބުނެވުނެވެ.

“ސޮރީ އޭ… ދެން ދުވަހަކުވެސް އެހެން ނުބުނާނަން” ފައިޒަން ބުނެލިއެވެ. ޔަނާލް ފައިޒަންގެ މޫނަށް ބަލާލިއެވެ.

“ފައި އެކަނިތަ ދެރަވަނީ. ދުވަހަކުވެސް ނަމުން އަދި ނުކިޔާ. އެކަމަކު އެރޭގަ ފުރިހަމަ ނަމުން ވެސް ކިއީ…” ޔަނާލް ވާހަކަދެއްކިއެވެ.

“އޯވް… އެއީ ދޯ އަސްލު ސަބަބަކީ…. ކިހިނެއްތަ ސޮރީއޭ ބުނާނީ…. އޯކޭ މަޑުކުރޭ….” ދެކަންފަތުގެ ކުޑަފޫޅުގައި ހިފައިގެން ފައިޒަން އިށީނދެފައި ތެދުވިއެވެ. ޔަނާލް އެއްޗެއް ނުބުނުމުން ތަކުރާރު ކުރިއެވެ. ފައިޒަންގެ އަތުގައި ހިފާ ނަގަމުން ޔަނާލް ހީލިއެވެ.

“އިޓްސް އޯކޭ…” ޔަނާލް ބުނެލިއެވެ.

“ތޭންކް ގޯޑް…” ފައިޒަން ބުނެލިއެވެ.

އެހެންނޫނަސް މެރީ ކުރުމުގެ ކުރިން ފިރިހެނެއްވިއްޔާ ޖެހޭނެ ގިނަގިނައިން ސޮރީ ކިޔަން ދަސްކުރަން…..” ފައިޒަން މަޑުމަޑުން ބުނެލިއެވެ.

“ކީކޭ….؟؟؟ އެއްޗެއް ބުނިންތަ….؟” ޔަނާލް އަހާލިއެވެ.

“ނުބުނަން….” އަވަސް އަވަހަށް ފައިޒަން ބުނެލިއެވެ.

“ދެން ކޮބާތަ ފަހުގެ ހަބަރަކީ…؟” ކުރިމައްޗަށް ނަޒަރު ހުއްޓާލަމުން ޔަނާލް އަހާލިއެވެ.

“އިނގޭތަ! މާއިރާއަށް އިނގިއްޖެ ހާރޫންބެ މިކޮޅުގަ އުޅޭކަން. މިއަދު ގެ ހުސްކުރަން އަންގައިފި” ފައިޒަން ވާހަކަދެއްކިއެވެ. އެވާހަކަތަކާއި ޔަނާލް ގަޔާވިއެވެ. އެގޭތެރޭގައި ވީ ހުރިހާ ކަމެއް ފައިޒަން ޔަނާލަށް ކިޔާދިނެވެ. ޔަނާލްގެ ތުންފަތްމައްޗަށް ވެރިވީ ހިނިތުންވުމެކެވެ. ޔަނާލްގެ ތުންފަތްމަތިން ފެނުނު ހިނިތުންވުން ފައިޒަންގެ ހިތަށް ހިތްހަމަޖެހުން ގެނުވިއެވެ. ޔަނާލާއި ލާނެއް ސަމާސާއެއް ކޮށްލަން ފައިޒަންގެ ހިތަށް އެރީ ހަމަ ކުއްލިއަކަށެވެ. އޭނާ ތައްޔާރުވެލިއެވެ.

“އަހަރެން ދީފާނަން ނަނާއަށް ގިފްޓެއް. ޤަބޫލުކުރާނަންތަ…؟” ފައިޒަން އަހާލިއެވެ.

“އޮފްކޯޒް ޤަބޫލުކުރާނަން. ފައި ދިން ކޮންމެ އެއްޗެއްވެސް ޤަބޫލުކުރާނަން…” ޔަޤީންކަމާއެކު ޔަނާލް ބުނެލިއެވެ.

“އެހެންވިއްޔާ ބަލާބަ. ކުރިމަތީ އެހުރިގޭ ބެލްކަންޏަށް. ކޯޗެއްތަ ނަނާއަށް ފެންނަނީ…” ފައިޒަން ކުޑަކޮށް އިނގިލިން އިޝާރާތްކޮށްލަމުން ބުނެލިއެވެ. ޔަނާލް އެދިމާ ބަލާލިއެވެ. އެތަނުގައި ހުރީ ހުސްގަޔާ ހުރި ފިރިހެނެކެވެ. ބޮޑު ބަނޑެއްލާފައިވާ އުމުރުން ދުވަސްވީ މީހެކެވެ. ހުރީ ސިނގިރެޓް ބޯށެވެ. ބޮލުގައި ވަނީ ނުރަ އިސްތައްޓެވެ. ޔަނާލް ބަލާލުމުން އެމީހާ ހީލިއެވެ. އަނގައިގާ ހުރީ ދެތިން ދަތެވެ.

“ސާބަސް. އެއީ މުސްކުޅި ކާފައެއްނު. އެއީ އެގޭ އުޅޭ މީހެއް. ވަރަށް ހިތްހެޔޮ ކާފައެއް އެއީ.. ފެންނައިރަށް ހީލާނެ…” އެމީހާއަށް ބަލަން ހުރެ ޔަނާލް ވާހަކަދެއްކިއެވެ.

“އެހެންތަ. އެމީހާ ނަނާއާއި ވަރަށް ގަޔާވޭ ކަންނޭނގެ. ނަނާއަށް އެމީހާ ހިބައިން ދީފިން. އަވަހަށް ކައިވެނިކުރޭ…” ފައިޒަން ބުނެލިއެވެ. ޔަނާލް އައި ރުޅިން ފައިޒަންގެ ގައިގާ ޖަހަން އަތް ނެގިއެވެ. އޭގެކުރިން ހިނިގަނޑަކާއެކު ފައިޒަން ދުރަށް ޖެހުނެވެ. ޔަނާލް ފައިޒަން ފަހަތުން މުޅި ޓެރަސްގައި ދުވުނެވެ. އޭނާ ހުރީ ހިނިވެސް އައިއްސައެވެ. މަންމައާއި ބައްޕަ ޖަހާ ސަކަރާތް ބަލަން ހެވިފައި ޔާޒް އިނީ މަޖާވެފައެވެ.

************************************

އަބަދުހެން މާއިރާ ހުންނަނީ ސިހިސިހިއެވެ. މީހަކު އޭނާއަށް ގޮވާލިޔަސް ހުންނަނީ ބިރުންނެވެ. އޭނާގެ ވަގުތު ހަމަވާން އުޅޭކަން މިހާރު އޭނާއަށް ކަށަވަރު ވެއްޖެއެވެ. ފިލައިގެން ދިޔަސް އޭނާ ހޯދާނެއެވެ. އޭނާ އިނީ ކޮޓަރީ ސޯފާގައެވެ. ވިސްނާ ވިސްނާ ބޮލުގައި ވަނީ ރިހުމެއް އުފެދިފައެވެ. ހުރިހާކަމެއް ލައިގަންނަނީ އެކީގައި ހެއްޔެވެ؟ އޭނާ އަތުން ނިތްކުރި މަތީގައި އަތް ހިންގާލިއެވެ.

“ދެން ކީތްކުރެވޭނީ…؟ ލައްކަ ދުވަހު އުފަލާ އަރާމުގަ އުޅެވިއްޖެ” މާއިރާ ހިތާހިތުން ކިޔާލިއެވެ.

“މަންމާ….” ވަދެގެން އައި އިފްނާ މާއިރާއަށް ގޮވާލިއެވެ.

“ކީކޭ…. ދާންވީތަ؟ ފުލުހުން އައީތަ….؟؟” ސިހިފައި ހަށިގަނޑު ސީދާކޮށްލަމުން މާއިރާ ބުނެލިއެވެ.

“ސާބަސް މަންމާ… އަދި ތިކަހަލަ ނުރައްކަލެއް ނެތެއްނު. އެހެންނޫނަސް ހާސްނުވެބަލަ. އަޅުގަނޑު ބައްޕައާއި ވާހަކަދައްކައިގެން ލޯޔަރެއް ހަޔާ ކޮށްފިން” މާއިރާއާއި ދާދި ގާތުގައި އިށީންނަމުން އިފްނާ ވާހަކަދެއްކިއެވެ.

“ހަމަ ރަނގަޅަށްތަ ދަރިފުޅާ…” ރޮވިފައި އިން މާއިރާ އަހާލިއެވެ.

“ކިތަންމެ ބޮޑު އަގެއް ދީގެން ވިޔަސް ޖަލުން ސަލާމަތްވެވޭނެ. އެހެންނޫނަސް މިޒަމާނުގަ ފައިސާގެ ބާރުން ނުކުރެވޭނެ ކަމެއް ނޯންނާނެ. އަހަރެމެންގެ އާކު އަތުގަވެސް އަދި ޒާކު އަތުގަވެސް މިހާރު ފައިސާ ހުންނާނެ” އިފްނާ ޔަޤީންކަން ދިނެވެ. މާއިރާގެ ހިތަށް ކުޑަ ލުޔެއް ލިބުނެވެ.

************************************

ރޭގަނޑުގެ ކެއުމުގައި ޔަނާލްގެ އާއިލާއާއި އެކު ފައިޒަންއާއި ކުލްޝޫމް ބައިވެރިވިއެވެ. އެމީހުން ކުރިއަށް ރާވާފައިވާ ކަންތައްތަކުގެ ވާހަތަކާއި ބެހޭގޮތުން ސުފުރާމަތީގައި މަޝްވަރާ ކުރިއެވެ. އޭގެތެރެއިން ހާރޫނާއި ޝާއިރާ އެގެއަށް މާއިރާއާއި ބައްދަލުކުރަން ދާނެ ވާހަކަވެސް ދެކެވުނެވެ. ކައި ނިމިގެން ޝާއިރާއާއި އެކުގައި ތަށިތައް ނެގުމުގައި ކުލްޝޫމްވެސް ބައިވެރިވިއެވެ. ޔަނާލް އަތަށް އެއްވެސް ކަމެއް ކުރަން ޝާއިރާ ނުދިނެވެ. އެކަމާއި ޔަނާލް ހުރީ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ.

ބޮޑުކޮޓަރީގެ ސޯފާގައި ޓީވީ ހުޅުވައިގެން އިން ހާރޫނު އަތަށް ދުފާ ތަބަށް ދިއްކޮށްލަމުން ޖެހިގެން ހުރި ސޯފާގައި ޝާއިރާ ޖައްސާލިއެވެ.

“ހާރޫންބެ އެ އިމާރާތް އައްޔުބެއަށް ދިނީތަ…؟” ފައިޒަން އަހާލިއެވެ.

“އައްޔުމަންއަކީ އަނބި މަރުވެފައިވާ ނިކަމެއްޗެއް. އަދި އިޚުލާސްތެރިއެއް. އަހަރެންގެ ނާލް މަރުގެ ތުންފަތްމަތިން ސަލާމަތްކޮށް އޭނާ އެކޮށްދިން ކަންތައް ދުނިޔަ ޤިޔާމަތަށް ދިޔަސް އަހަރެން ހަނދާންނައްތާ ނުލާނަން” ހާރޫން ވާހަކަދެއްކިއެވެ.

“އެ ލިޔުމުގައިވާ ގޮތުން އެ އިމާރާތް އައްޔުބެ ގަތީ. އަނެއްކާ މައްސަލައެއް ނުޖެހޭނެތަ..؟ އެލިޔުން ހުށައަޅަންޖެހޭ ވަރަށް ބައިވަރު ތަންތަން އަދި އެބަހުރި” ފައިޒަން ވާހަކަދެއްކިއެވެ.

“ފައިއަށް ރަނގަޅަށޭ ތިފެނުނީ. އައްޔުމަންއަށް އަހަރެން ވިއްކީ. އަދި އޭނާ އިމާރާތް ގަތީ އަހަރެން އޭނާއަށް ދިން ފައިސާއިން. ލޯނެއްގެ ގޮތުގައި. އޭގައި އެއްވެސް މައްސަލައެއް ނުޖެހޭނެ. އަހަރެން އޮންނާނީ އެކަމާއި ގުޅުންހުރި ކިތަންމެ ބަޔަކާއި ވާހަކަދައްކާފަ” ހާރޫން ވާހަކަދެއްކިއެވެ.

“ލޯނެއްގެ ގޮތުގަ ދިނީޔޭ.. ކީއްވެތަ ބައްޕާ… އަޅުގަނޑު ބޭނުމެއްނޫން އެބައްޕައަށް އަގަކަށް އެއްވެސް ކަމެއް ކޮށްދެން” ޔަނާލް ވާހަކަދެއްކިއެވެ. ހާރޫން ޔަނާލަށް ބަލާލިއެވެ.

“ބައްޕަގެ ފުރާނަޔާ! ބައްޕަ ވަކި ބޭނުންވެގެނެއްނޫން ލޯނެއް ގޮތުގަ ދިނީ. ބައްޕަ އެއްވެސް އަގަކާއިނުލާ ދިނީ. ހަމަހިލާ އެއްބަހެއް ނުވިއެއްނު. ބުނީ ނާލް ސަލާމަތްކޮށްދިނީ ބަދަލުގަ އެއްވެސް އެއްޗެއް ބޭނުންވެގެނެއްނޫނޯ… އިރާދަކުރެއްވީތީ ﷲ ވަނީ ބައްޕައަށް ތަނަވަސްކަން ދެއްވާފައި. އެތަނަވަސްކަމުން އައްޔު ފަދަ ނިކަމެއްޗަކަށް ބައެއް ދިނުމަކީ ބައްޕައަށް ބޮޑުކަމެއްނޫން. ލޯނެކޭ ބައްޕަ ބުންޏަސް އައްޔު ދޭ އެއްވެސް އެއްޗެއް ބައްޕަ ނުހިފާނަން” ހިނިތުންވުމަކާއެކު ހާރޫން ވާހަކަދައްކަމުން ދިޔައެވެ.

“އައި ލަވް ޔޫ ބައްޕާ…” ޔަނާލް ދެލޮލުން ކަރުނަ ނީރާލިއެވެ.

” ﷲ އިރާދަކުރެއްވިއްޔާ މިކަންތައް ނިމުނީމަ މި ރާއްޖޭގައި ބޮޑެތި ބަލިތަކުގެ ޝިކާރައަކަށްވެ އެހީތެރިކަމަށް އެދި އާދޭސް ކުރަމުން އެދާ އަތްތަކުގައި ބައްޕަ ހިފާނަން. ކިތަންމެ ބޮޑު އެއްޗެއް އަތުން ހޭދަވިޔަސް ބައްޕަގެ ފަރުވާލެއްނެތް. މާތް ﷲ ގެ މަގުގައި ހޭދަކުރާ އެއްޗަކީ ގެއްލިގެން ދާނެ އެއްޗެއްނޫން” ޔަނާލްގެ ބޮލުގައި ފިރުމާލަމުން ހާރޫން ބުނެލިއެވެ.

“ގޯޑް ބްލެސް ޔޫ ބައްޕާ…” ޔަނާލް ބުނެލިއެވެ.

“ދެން އެހެންވިއްޔާ ކީއްވެތަ އެއް ކަންތައް އަޅުގަނޑަށް ތި ސިއްރު ކުރަނީ..” ޔަނާލް އަހާލިއެވެ. ހުރިހާ އެންމެންގެ ނަޒަރު ހާރޫނަށް ހުއްޓުނެވެ.

“އެއީ ދަރިފުޅުގެ މަންމަ ބޭނުންވެގެން. އެވާހަތައް ދަރިފުޅަށް ޙިއްސާކޮށް ދަރިފުޅު ދެރަކުރަން މަންމަ ބޭނުންނުވާތީ…” ހާރޫން ޖަވާބުދިނެވެ.

“ކަމްއޯން މަންމާ… މިއީ ކުރީގެ ޔަނާލެއްނޫން މިހާރު. ކަންތައްތަކުގެ ކެތްކުރަން އިނގޭ އަންހެނެއްމީ….” ޔަނާލް ވާހަކަދެއްކިއެވެ.

“އެކަމަކު….” ޝާއިރާ އެއްޗެއް ބުނަން އުޅުނެވެ.

“ޕްލީޒް …ޕްލީޒް…..” ކުޑަކުއްޖެއްހެން ޔަނާލް ކުސްތަޅާލިއެވެ.

“ޕްލީޒް ޝާއްތާ…” ފައިޒަންވެސް ޔަނާލާއި އެއްބައި ވެލިއެވެ.

“ކޮންކަމެއްގެ ވާހަކަތަ އެންމެން މިދައްކަނީ…” ކުލްޝޫމް އަހާލިއެވެ.

“މާއިރާ އަހަރެންނާއި މެދު ކަންތައް ކުރި އިހާނެތި ގޮތްތަކުގެ ވާހަކަ. އަހަރެން ނުކުޅެދޭ މީހަކަށް ހަދާލި ނިކަމެތި ގޮތުގެ ވާހަކަ” ހާރޫން ވާހަކަދެއްކިއެވެ.

“އެކުދިން އެކަންޏެއްނޫނޭ… އަހަރެންވެސް ނުލާހިކު އެނގެން ބޭނުން ކަމެއް ތިއީ…” ހީލަމުން ކުލްޝޫމް ބުނެލިއެވެ.

“ތިވީ ދެން ކިޔައިދޭންތާ ދޯ…. ހެހެހެ…” ހިނިގަނޑަކާއެކު ހާރޫން ބުނެލިއެވެ.

“ނާލްގެ މަރުގެ ހަބަރު ލިބުނުއިރު އަހަރެން ހުރީ އިންޑޮނޭޝިޔާގަ. އަހަރެން ވީ އެންމެ އަވަހެއް ކޮށްފަ މާލެ އައިން. ފުލުހުންނަށް މައްސަލަ ރިޕޯޓް ކުރަން އުޅުމުން މާއިރާގެ މޮޅެތި ވާހަތަކުން އަހަރެން ލައްވާ އެކަން ހުއްޓުވައިފި. އަހަރެން ހިތަކަށްވެސް ނާރާ ވިއްޔާ އެހުރިހާކަމެއްގެ ފަހަތުގައި ވާނީ މާއިރާއާއި އޭނާގެ ދަރިންނޭ. އޭގެފަހުން އަހަރެން މުޅި ދުނިޔެމަތިންވެސް ފޫހިވެ ކެއިން ބުއިން އެއީ އަހަރެން ދަންނަ ކަންތައްތަކެއްނޫން. ނިންޖާއި އަރާމަކީ އަހަރެންނަށް ބީރައްޓެހި ކަންތައްތައް. އަހަރެން އެންމެ ހިތާމަކުރަނީ ޔާޒް ފަކީރަށް ޖައްސާ ނިކަމެތި ހާލުން. އެކުއްޖާ ބަނޑަށް ރޮއެރޮއެ އޮތަސް އެއިން މީހެއްގެ ހިތަށް އެއްވެސް އަސަރެއްނުކުރޭ. އަހަރެން ބުނަންވެސް ބުނިން އެހެން އެސޮރަށް ނަހަދާށޭ. އެއީ މާއިރާގެ މާމަ ދަރިއެއްނޫންހޭ. ދެން އުޅޭނެ ވަރަށް ލޯބިން. އެއްދުވަހު އަހަރެން ކޮޓަރީގައި އޮވެފައި ނިކުތީ ވަރަށް ގަދަޔަށް ޔާޒް ރޯއަޑު އިވޭތީ. އާކިންގެ ކޮޓަރިއާއި ހަމަވެފައި އަހަރެން ބަލާލިއިރު އާކިން ޔާޒްގެ މޫނަށް ފެންތަށި ޖަހަނީ. އަހަރެންނަށް ހުރެވުނުތަންވެސް ނޭނގުނު. އެކުޑަކުޑަ ދަރިފުޅުގެ ނޯށަށް ފެންތައް އަރައިގެން ގޮސް ނޭވާ ނުހުއްޓުނީ ހަމަ ކިރިޔާ. އެދުވަހު އަހަރެން އާކިންގެ މޫނުމަތީގައި ޖެހޭނެ އެންމެ ބާރަކަށް ޖަހާލިން. އެކަމާއި މާއިރާ ރުޅިއައީ. އެރުޅިގަނޑުގަ އޭނާގެ އަމިއްލަ އަނގައިން ހުރިހާ ވާހަކަތަކެއް ކިޔާދިނީ. އަހަރެން ފިރިހެނަކަށްވެ ހުރެ ފިނޑިވާން ބޭނުންނުވާތީ ވަގުތުން މާއިރާ ވަރިކުރީ. އަދި ޔާޒް ގޮވައިގެން އަހަރެން ދިޔައީ ފުލުހުންނަށް ރިޕޯޓްކުރަން. އަހަރެން ސިޑިން ފައިބައިގެން އަންނަނިކޮށް އަހަރެންގެ ކުރި ބެއްދީ އާކިން. އިފްނާ ގަދަކަމުން ޔާޒް އަތުލީ. އަހަރެން މޫނުމަތީގައި އާކިން އަޅުވާލި އެތިފަހަރެއްގެ ސަބަބުން އަހަރެންގެ މޫނުމަތިން ކަނި ބުރައިގެން ދިޔައީ. އޭރު ޔާޒް ރޯ އަޑު އިވިއިވި ހުރި. ބޮލަށް އަރާފައި ހުރި އެނބުރުން ނުފިލަނީސް މާއިރާ އަހަރެންގެ ބޮލުގައި އެއްޗަކުން ޖެހީ. އަހަރެން ކޮށްޕާލީ އާކިން. އޭރުވެސް އަހަރެންގެ ހޭހުރި. ބޯޅައެއްގައި ފައިންތަޅާހެން މާއިރާ އަހަރެން މުޅި ގައިގަ ފައިން ތެޅީ. އަހަރެން ހަބަރު ހުސްވަމުން ދިޔަ ވަގުތު މާއިރާ ކިޔާ އަޑުއިވޭ މަރުވަންދެން ބާއްވާށޭ…. އެއީ…. އުމުރުގެ ބާކީ ތަން ހުރީމަ ސަލާމަތްމިވީ…. ކުލްއާއި ފައިޒަން ރާއްޖެއިން ބޭރުން އެނބުރި އައިރު އަހަރެންނަށް ވާނެ އެއްޗެއް ވެފަ އިނީ. އެމީހުން އަހަރެންނާއިމެދު ކަންތައް ކުރާގޮތް ކިޔާދޭން ވަރަށް ބޭނުންވި. ހިތަށް ވަރަށް އަސަރުކުރި. މާއިރާ އަތުން ގަދަކަމުން ޔާޒް އަތުލައިގެން ކުލް ގެންދިޔައިމަ ކުޑަވެސް ހިތްހަމަޖެހުމެއް ހިތަށް ލިބުނީ….” ހާރޫންގެ ވާހަކަތައް ނިންމާލިއިރު ޔަނާލް އިނީ ރޮވިފައެވެ. ކެތްކުރަން އޭނާ ވަރަށް މަސައްކަތްކުރިއެވެ. އެކަމަކު އޭނާގެ ކުޑަ ދަރިފުޅާއިމެދު އެމީހުން ކަންތައްކުރި އިހާނެތި ގޮތްތައް އެނގުމުން އިހުސާސްތައް ނުހިފެހެއްޓުނީއެވެ.

އަރައިގެން އައި އިރާއެކު މާއިރާއަށް އިވިގެންދިޔަ ހަބަރަކުން ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނު ކަހަލައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންޙާ 01

Next

ވިންދޭ ލޯބި ތީ އެދޭ 35

Next
March 10, 2019

ވިންދޭ ލޯބި ތީ އެދޭ 35

Previews
March 10, 2019

އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންޙާ 01

21 Comments!

  1. Ushaali says:
    March 10, 2019 at 8:38 pm

    salaam all
    …finaly mi bai up kurevuneemi. alhamdhulillah
    ummydhu kuran ves mi bai ves kiyuntherinnah kamudhaane kamah

  2. AMAAN says:
    March 10, 2019 at 8:50 pm

    vv rythi mi part ves….. mihaaru genesdhey ehme rythi story mee…..keep it up waiting for the next part

    1. Ushaali says:
      March 10, 2019 at 9:45 pm

      🙂 awwww
      thankyou so much… vr happi vehjje… keep reading

  3. AMAAN says:
    March 10, 2019 at 8:51 pm

    firts dhw mifaharu

    1. Ushaali says:
      March 10, 2019 at 9:46 pm

      yes

  4. Sid says:
    March 10, 2019 at 9:06 pm

    Mashaa Allah varah reethu. Me first dhw. Varah happy vehji. Hope to see the next part soon. ???

    1. Ushaali says:
      March 10, 2019 at 9:47 pm

      🙂 thankyu so much Sid
      tomorrow i will try to up next episode ingey

  5. Sid says:
    March 10, 2019 at 9:08 pm

    Mashaa Allah varah reethu. Me first dhw. Hope to see the next part soon. ???

  6. amin says:
    March 10, 2019 at 9:14 pm

    wowww… jiat wow
    . eagerly waiting for the next part

    1. Ushaali says:
      March 10, 2019 at 9:47 pm

      🙂 thankyou so much amin

  7. Scarlet says:
    March 10, 2019 at 9:30 pm

    V reethi masha allah

    1. Ushaali says:
      March 10, 2019 at 9:48 pm

      🙂 thankyou so much Scarlet

  8. Don't says:
    March 10, 2019 at 9:35 pm

    Ushaali ge ‘ furaanadhandhen ‘ story ge 7th vana bai kiyaani kihineh??? Engey kujjaku buneladheeba

    1. Ushaali says:
      March 10, 2019 at 9:50 pm

      7 vana episode innaany one ah fonuvaafa. heevany maadhama kollaanehen. ekudhin vr slow koh dhw ulheny

  9. yaaanaa says:
    March 10, 2019 at 10:05 pm

    finally up vejje dhww..vaahaka up vaane irakah inthizaaru miinnanee..???mashah allah.???. v reethi.. avahh aneh part up kohdhehche

    1. Ushaali says:
      March 10, 2019 at 10:14 pm

      🙂 thankyou so much yaaanaa
      i will try ingey maadhama up kollan

  10. ainth says:
    March 10, 2019 at 10:22 pm

    v lowbi mi part vx… thankolheh lahee up kohlaalen… plxxx plxxx maadhan next part up kohdhyba… ❤❤???

    1. Ushaali says:
      March 10, 2019 at 10:38 pm

      🙂 thankyou so much ainth

  11. Ushaali says:
    March 11, 2019 at 4:13 pm

    kiyuntherinnah
    34 vana bai maadhama morining ga up kolla dheynan. insha allah 🙂
    🙂 keep waiting

  12. Zer says:
    March 12, 2019 at 12:36 am

    Mi story feshigen kiyaalan libeyne gotheh nehtha.

  13. IshA says:
    March 12, 2019 at 12:17 pm

    Mi story is the best Mashah Allah

Comments are closed.

Next Episodeދިނީ ޒަހަރު… 34←


All Right Reserved!