Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވިންދޭ ލޯބި ތީ އެދޭ 34

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
March 7, 2019 11 Mins Read
54 Comments

ވަށާއިގެންވި މާހައުލަށް މާބޮޑު ސަމާލުކަމެެއް ނުދީ އެޒުވާނާ އެއާޕޯޓުން ނިކުތެވެ. އެއާޕޯޓުން ނިކުމެ މަގުގެ އެއްފަރާތުގައި މަޑުކޮށްލީ ކޮންމެވެސް މީހެއްގެ އިންތިޒާރުގައެވެ. މާގިނައިރެއްނުވަނީސް ކަޅު ކުލައިގެ ޕްރައިވެޓް ކާރެއް އައިސް މަޑުކޮށްލިއެވެ. ”އާން… ވެލްކަމް ބެކް ބްރޯ…” އަވަސް އަވަހަށް ކާރުން ފޭބި ނާއިލް އިއާން ފެނުމާއެކު ބުނެލިއެވެ. އަދި އަވަސް ފިޔަވަޅުތަކެެއްގައި ގޮސް އަތާއި އަތް ޖޯޑުކޮށް އެންމެ ގާތް އެކުވެރިޔާ އާއި ސަލާމްކުރިއެވެ. އޭރު ދެމީހުންގެ މޫނު މަތިންވެސް ފެންނަމުން ދަނީ އުފާވެރިކަމެވެ. ” ހައުޒް ޔޫ އާން… ” އިއާންގެ ކޮނޑުގައި އަތުން ތަދުނުވާނޭހެން ޖަހާލަމުން ނާއިލް ބުނެލިއެވެ. ” ހަމަ ވަރަށް ބަރާބަރު… ނާއިލް ކިހިނެއް… ” އިއާން ޖަވާބުދިނުމަށްފަހު ނާއިލްގެ ހާލުއަހުވާލުވެސް އަހާލިއެވެ. ” މަވެސް ހަމަ ވަރަށް ބަރާބަރު… ލެޓްސް ގޯ… އަދި ޕްލޭން ކުރިއަށް އޮތީއެއްނު… ” ނާއިލް ހިނިތުންވެލަމުން މިހެން ބުނެ ކާރާއި ދިމާލަށް ހިނގައިގަތުމާއެކު އިއާންވެސް ނާއިލްގެ ފަހަތުން ހިނގައިގަތެވެ. އޭރު މަގުމަތިން ދާ ގިނަ ޒުވާން އަންހެން ކުދިންގެ ނަޒަރު ވަނީ އެދެމީހުނަށް ހުއްޓިފައެވެ.

ކާރަަށް އަރާ ނާއިލް އިއާންގެ ގެއަށް ދިއުމަށް ކާރު ދުއްވާލިއެވެ. ކާރު ދުއްވަމުން ދިޔައިރު އިއާންގެ ނަޒަރު ހުރީ ކާރުގެ ބިއްލޫރިގަނޑުން ފެންނަމުން ދިޔަ މަންޒަރުތަކަށެވެ. ރަށަށް ވަނީ ވަރަށް ބޮޑު ތަރައްގީއެއް ގެނުވާފައެވެ. އާއްމުންގެ ދިރިއުޅުން ފަސޭހަވާނެފަދަ އެތައް ބައިވަރު ބަދަލުތަކެއް އައިސްފައިވެއެވެ. ” އާން… އެހާ ވަރަށް ބޭރު ތިބަލަނީ ހިތް އެދޭ ސޫރަ ފެނޭތޯ ދޯ… ” ކާރު ދުއްވަމުން އިއާންއަށް އަވަސް ނަޒަރެއް ދެމުން ނާއިލް ބުނެލިއެވެ. ” ހޫމް… އެހިތްގައިމު ސޫރަ ފެނޭތޯއާވެސް އެކުގަ… މިހިތަށް އަރަނީ ވަރަށް ބޮޑަށް ރަށްވެސް ތަރައްގީވެއްޖޭ… ” ނާއިލްއަށް ނަޒަރެއް ދެމުން އިއާން ބުނެލިއެވެ. ” އާނ… ވަރަށް ބޮޑަށް ތަރައްގީވެއްޖެ… އާންގެ ހިތްއެދޭ ސޫރަ މިގަޑީގަ ވާނީ ހޮސްޕިޓަލުގަ ޑިއުޓީގަ… މިހަފްތާގަ މޯނިން ޑިއުޓީއޭ ބުނި… ދެން އެކަމަކު އާންއަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެހިތްގައިމު ސޫރަ ނުހަނު ގާތުން ފެންނާނެއެއްނު… ” ހިނިތުންވެލައިގެން އިނދެ ކާރު ދުއްވަމުން ނާއިލް އޭނަގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ” ފެންނާނެ… އެކަމަކު… ހަމައެކަނި އެސޫރަ ދެކިލައިގެން ހިތްހަމަޖައްސާލަން ޖެހޭނީ… ކިތަންމެ ހިތް އެދުނަސް… ކިތަންމެ ބޭނުންވިޔަސް އެލޮއެބެއް ނުލިބޭނެތާ… ” ހިތި ހިނިތުންވުމަކާއެކު އިއާން އެހެން ބުނެލުމުން ނާއިލްގެ ހިނިތުންވުންވެސް ފަނޑުވެގެން ދިޔައެވެ. ” އާން.. ޑޯންޓް ސޭ ލައިކް ދެޓް… އެނީތިން އީޒް ޕޮސިބަލް… އަހަރެންވެސް ގަބޫލުކުރަން ވޭތުވެދިޔަ ހަތްއަހަރު ތެރޭގަ އަހަރެމެން ހަތަރު މީހުންގެ ގުޅުން ވަރަށް ބޮޑަށް ބަދަލުވެެއްޖެކަން… އަދި އާން އާ މިންނުގެ ސިޓުއޭޝަން މަށާ އަޝްރާގެ ސިޓުއޭޝަންއަށްވުރެވެސް މާ ތަފާތު… މާ ކްރިޓިކަލް… އެކަމަކުވެސް އަހަރެންގެ ހިތް ބުނޭ އަދި ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ… އަހަރެން ހިޔެއްނުކުރަން މަށާ އަޝްރާގެ ގުޅުންވެސް މީގެ ކުރިން އެހެން އޮތްއިރު ދުވަހަކުވެސް އަހަރެމެން ދެމީހުން އެކަކު އަނެކަކާ ބައްދަލުވިޔަސް ވާހަކަ ދައްކާ ހަދާނެ ކަމަކަށް… އެކަމަކު މިހާރު މަސައްކަތުގެ މާހައުލުގަ އުޅޭއިރު ކުރީގަހެން ދެމީހުން ވާހަކަ ދައްކާ ހަދަން… ފައިޓްވެސް ކުރެވޭ… އެހެންވީމަ މިންނުއާ އާންގެ ގުޅުންވެސް އަދި ރަނގަޅުވާނެ… މިހާ ދުވަސްވީއިރު މިންނު އާން އާމެދު ދެކޭގޮތް ބަދަލުވެދާނެއެއްނު… އަނެއްކާ އަހަރެން ބުނީމެެއްނު ދޭތެރެ ދޭތެރެއިން މިންނު އާން ކިހިނެއްތޯވެސް އަހާލަޔޭ ކިޔަވަން އުޅުންއިރު… ސޯ ތިންގްސް މައިޓް ޗޭންޖް… ރައިޓް… ” އިއާންގެ މާޔޫސްވެފައިވި މޫނު ފެނުމުން ނާއިލް އޭނަގެ އެންމެ ގާތް އެކުވެރިޔާއަށް ހިތްވަރުދިނުމުގެ ގޮތުން އެތައް ވާހަކައެއް ދެއްކިއެވެ. ނާއިލްގެ ވާހަކަތަކުން އިއާންއަށް ހިތްވަރު ލިބިގެން ދިޔައެވެ. އިއާންގެ ހިތުގައި މިންހާގެ ލޯބި ހާސިލްވެދާނެކަމުގެ އުއްމީދު އިތުރުވެގެން ދިޔައެވެ. މިހުރިހާ ދުވަހުވެސް އޭނާ އެހުންނަނީ މިންހާގެ ލޯބި ކޮންމެވެސް ދުވަހަކުން އޭނައަށް ހާސިލްވާނެކަމުގެ ފޮނި އުއްމީދުގައެވެ.

” ހޫމް… ޔުއާ ރައިޓް… ތޭންކްސް ބްރޯ… ” އިއާން ނާއިލްގެ ކޮނޑުގައި އޭނަގެ އަތް ބާއްވާލަމުން ބުނެލިއެވެ. އިއާންގެ މޫނު މަތީގެ ކުލަވަރު ބަދަލުވެގެން ދިޔުމުން ނާއިލްއަށްވެސް ހިނިތުންވެލެވުނެވެ. ” ދެން ބުނެބަލަ… ނާއިލްއަށް ހަމަ ކަމުދާ ކުއްޖެއް ނުފެނޭތަ… ނޫނީ… މަށަށް ނާންގާ ސިއްރުންތަ ތިއުޅެނީ އަނެއްކާ… ހެހެހެ…” ނާއިލް އާއި ދިމާކޮށްލުމުގެ ގޮތުން އިއާން ލުއި ހުނުމަކާއެކު ބުނެލިއެވެ. ” ނުހުރޭ އަދި އެކަހަލަ ޚާއްސަ ކުއްޖެއް… ދެން އެހެންނޫނަސް އާންއަށް އިނގޭނެދޯ އަހަރެންގެ ލައިފްގަ އެކަހަލަ އިންޕޯޓެންޓް ކުއްޖެެއް ހުންނަނަމަ… އަހަރެން އާން ހެން ބުނަން ނުކެރިގެން ސިއްރަކުން ނޫޅޭނަން… ހެހެހެ… ” ނާއިލްވެސް ލުއި ހުނުމަކާއެކު ވާހަކަ ދެެއްކިއެވެ. ” އިނގިދާނެތާ… ތިހެން ބުނީމަ ދެން ބުނެލާނަން… މިސާލަކަށް ނާއިލްއާ އަޝޫއާދެމެދު އެފަދަ ގުޅުމެެއް އުފެެދިއްޖެނަމަ ބުނަން ނުކެރިފަ ނުހުންނައްޗޭ… އަހަރެން ހަމަ އުފަލާއެކު ތިދެމީހުންގެ ގުޅުން ބަލައިގަންނާނަން… އެނީތިން އީޒް ޕޮސިބަލްދޯ ހަމަ… ތިދެމީހުން ދޭތެރޭގަވެސް ހަމަ އެކަހަލަ ގުޅުމެެއް އުފެދިދާނެތާ… އަނެއްކާ ބައެއް މީހުން ބުނެއެއްނު… ނަފްރަތުގެ ގުޅުމަކީ ލޯބީގެ ފެށުމޭ… ” ނާއިލް އާއި ދިމާކުރުމުގެ ގޮތުން ލާނެއް ހިނިތުންވުމެއް ވެރިކުރުވައިގެން އިނދެ އިއާން ބުނެލިއެވެ. ” ތިހެން ބުނޭ ބައެއް މީހުން… އެކަމަކު މަށާ އަޝްރާއާ… އިޓްސް އިމްޕޮސިބަލް… ” ނާއިލް ވަރަށް ޔަގީންކަމާއެކު ބުނެލިއެވެ. އިއާން އެކަމާއި ބެހޭގޮތުން އިތުރު އެއްޗެކޭ ނުބުނެއެވެ. އޭނާ ހިނުތުންވުމަކުން ފުއްދާލީއެވެ. އިއާން ދެން ފެށީ އޮފީހުގެ ވާހަކަތަކެވެ. ” އޮފީހުގެ ކަންތައްތައް ހަމަ ވަރަށް ވަރާބަރު… އެކަމަކު އާންގެ އެހުންނަ ކޮއްކޮއަކާ ހެދި ބޮލަށް އުނދަގޫވާ ފަހަރު ގިނައީ… ހާދަހާވާ އަނގަގަދައޭ… އަދި އެހާ ގޮތްދޫނުކުރޭ… ބައްޕަ އަހަރެންގެ ޕާސަނަލް އެސިސްޓެންޓަކަށް ހަމަޖެއްސީ އަޝްރާ… އައި ވޯޒް ސަޕްރައިޒްޑް… ފުރަތަމަ ދުވަހުވެސް ފައިޓްތައް ބޮޑަށް ކުރިއަށް ދިޔައީ… އަހަރެން ހާދަ ރުޅިއަރުވާ ހިތްވެޔޭ އަޝްރާ… ހަމަ އެއްވަރަކަށްވެސް އަޝްރާ ބަދަލެެއްނުވޭ… ” އޮފީހުގެ ކަންތައްތައް ދަނީ ކިހިނެއްތޯ އަހާލުމުން އިއާން ޖަވާބުގައި ބުނެލިއެވެ. އިއާން ހިނިތުންވެލައިގެން ނާއިލްގެ ވާހަކަތައް އަޑުއަހަން އިނެވެ. ނާއިލް އެވާހަކަތައް ދައްކަމުން ދިޔައީ ނުހަނު ގަޔާވެފައި އިނދެކަން ހާމަވެގެންދެއެވެ. އެވަގުތު އޭނަގެ ކޮއްކޮގެ ދިރިއުޅުމުގެ ބައިވެރިއަކަށް ނާއިލް ވާނެ ނަމައޭ އިއާންގެ ހިތަށް އެތައް ފަހަރަކު އެރިއެވެ. އެޚިޔާލުން އިއާންގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. އެގޮތުގައި ގެއަށް ދެވެންދެންވެސް ދެއެކުވެރިން ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ އެކި ކަންކަން އެކަކު އަނެކަކާ ހިއްސާކުރަމުން ދިޔައެވެ.

ތިން ބުރިއަށް ނަގާފައިިވި އިމާރާތުގެ ކުރިމައްޗަށް ނާއިލް އޭނަގެ ކާރު މަޑުކޮށްލިއެވެ. އިއާން ކާރުން ފޭބުމާއެކު ކާރު ޕާކުކޮށްލުމަށްފަހު ނާއިލްވެސް އައިސް އިއާން ގާތު މަޑުކޮށްލިއެވެ. ” ހިނގާ ވަންނަން… ” ނާއިލް މިހެން ބުނުމާއެކު ހިނގާށޭ ބުނެ އިއާން އާއި ދެމީހުން ގޭގެ ބޮޑު ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. މަޑުމަޑުން ދެމީހުން ގޭތެރެއަށް ވަންނަން ހުންނަ ދޮރާއި އަރާ ހަމަވުމަށްފަހު އެކަކު އަނެކަކަށް ބަލައިލިއެވެ. އިއާން ލޮލުން އިޝާރާތްކުރުމާއެކު ނާއިލް ދޮރު މަތީގައި ހުރެ ސަލާމް ގޮވާލިއެވެ. ނާއިލް ސަލާމްގޮވާލުމާއެކު ކާކޮޓަރިން ނިކުން އާސިމާ ސަލާމް ބަލައިގަތެވެ. އޭރު އަރީފް ސިޑިން ތިރިއަށް ފައިބަނީއެވެ. ” ނާއިލް… އާދޭ އަވަހަށް އެތެރެއަށް… ކިހިނެއްތަ ނާއިލް… ޒަމާންތަކަކަށްފަހު ދޯ ތިއާދެވުނީ… އާދޭ އިށީންދޭ… ” އާސިމާ ނާއިލް ފެނުމާއެކު ހިނިތުންވުމަކާއެކު ވާހަކަ ދެއްކިއެވެ. ” ރަނގަޅު… އާސިމާއްތަ ރަނގަޅުތަ… އިއްޔެ މިކޮޅަށް އައީ… މިއަދު މިއައީ މިގެއަށް… އެހެންވީމަ ރަނގަޅެއްނުދޯ… ” ހިނިތުންވުމަކާއެކު އައިސް ސޯފާގައި އިށީންނަމުން ނާއިލް ބުނެލިއެވެ. އިއާން އެމީހުންގެ ޕްލޭން އާއި އެއްގޮތަށް އެތެެރެއަށް ނުވަދެ ބޭރުގައި މަޑުކޮށްލިއެވެ. ”އާނ… ގިނަގިނައިން އަންނަންވާނެ… ހެހެހެ… ” އާސިމާވެސް އައިސް ސޯފާއެއްގައި އިށީންނަމުން ވާހަކަ ދެއްކިއެވެ. އޭރު އަރީފް އައިސް ސިޓިންރޫމުގައި ހުއްޓެނީއެވެ. ” އަރީފްބެ… ކިހިނެއްތަ ބޭބެ… ” އަރީފް ފެނުމާއެކު ނާއިލް ތެދުވެ ސަލާމަށް އަތް ދިއްކޮށްލަމުން އެހެން ބުނުމާއެކު އަރީފްވެސް ފުރިހަމަ ހިނިތުންވުމެއްގައި ހުރެ ރަނގަޅު ކަމުގައި ބުނެ ނާއިލްގެ ހާލުވެސް އޮޅުންފިލުވާލިއެވެ. އެއާއެކު ނާއިލް އޭނަ ރަނގަޅު ކަމުގައި ބުނެލިއެވެ. ދެމީހުން އެކުގައި ސޯފާގައި އިށީނެވެ. ” އާސިމާއްތާ… އަރީފްބޭ… އަޅުގަނޑު މިއައީ ބޭބެމެނަށް ވަރަށް ޚާއްސަ ފަރާތަކާ ބައްދަލުކޮށްލުވަން… ” އާސިމާ އާއި އަރީފްގެ މޫނަށް ބަލައިލަމުން ނާއިލް ބުނެލިއެވެ. އެއާއެކު އެދެމީހުންގެ މޫނު މަތިން ސުވާލު އުފެދުނުކަން ހާމަވެގެން ދިޔައެވެ. ” ޚާއްސަ ފަރާތެއް… ކޮބާ އެޚާއްސަ ފަރާތަކީ… ކާކު އަނެއްކާ… ” ސުވާލު އުފެދިފައި އިނދެ އާސިމާއަށް ބުނެލެވުނެވެ. އާސިމާ އެހެން ބުނުމާއެކު ބޭރުގައި ހުރި އިއާންގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ. ” އެތެރެއަށް ވަދޭ… ” ނާއިލް ސޯފާއިން ތެދުވެ އެހެން ބުނުމާއެކު އެހިނިތުންވުމުގައި ހުރެ އިއާން ގޭތެރެއަށް ވަނެވެ.

” ދަރިފުޅާ އިއާން… ” ގޭ ދޮރާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން ތިބި އަރީފް އާއި އާސިމާއަށް ލިބުނު ހައިރާންކަމުގައި މަޑުމަޑުން އެއްފަހަރާ ބުނެލިއެވެ. ކުއްލިއަކަށް އެހެން އިއާން ފެނުމުން ދެމީހުނަށްވެސް ބޭއިޚްތިޔާރުގައި ކޮޅަށް ތެދުވެވުނެވެ. ” މަންމާ… ބައްޕާ… އަދި ޝޮކެއްގަ ހުންނަނީތަ… މީ ހަމަ އަޅުގަނޑޭ… ” އިއާން ހިނިތުންވެލައިގެން ހުރެ އެދެމީހުންގެ ކުރިމަތީގައި އައިސް ހުއްޓެމުން އޭނަގެ ދަބަސް އެތަނުން ސޯފާ ގޮނޑިއެއްގައި ބައިންދަމުން ބުނެލިއެވެ. އޭރު ނާއިލްގެ ތުންފަތުގައިވެސް ހިނިތުންވުމެެއްވިއެވެ. ” އިއާން… ދަރިފުޅު ރަނގަޅުތަ… ” އަރީފް އޭނަގެ ދޮށީ ދަރިފުޅު ގައިގައި ކުޑަކޮށް ބައްދާލަމުން އުފާވެފައިހުރެ ބުނެލިއެވެ. ” ދަރިފުޅާ… ކޮންއިރަކު އައީ… މަންމަމެން ގާތު ނުވެސް ބުނެލާ… ސަޕްރައިޒްވެއްޖެ ދަރިފުޅު ފެނުނީމަ… ” އާސިމާވެސް އުފާވެފައިހުރެ އިއާންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ” މަންމަމެނަށް ސަޕްރައިޒެއް ދޭންވެގެނޭ ނުބުނީ… އެހެންވެ ހަމައެކަނި ނާއިލް ގާތު ބުނީ… ނާއިލް ގާތު ބުނިން އެކަކު ގާތުވެސް ނުބުނައްޗޭ… ” އަރީފް އާއި ދުރުވެލަމުން އިއާން ވާހަކަ ދެއްކިއެވެ. ހަތަރު މީހުން ސޯފާގައި އިރުކޮޅަކު ވާހަކަ ދައްކަން ތިއްބެވެ.

” ދޮންބޭ… ” ވާހަކައިގައި ތިބި ހަތަރު މީހުން ދޮރާއި ދިމާލަށް ބަލައިލީ އަޝްރާގެ އަޑަށެވެ. އޭރު އަޝްރާ ދެލޯ ބޮޑުކޮށްލައިގެން އިއާންއަށް ބަލަހައްޓާއިގެން ހުއްޓެވެ. ” ޔެސް މައި ޑިއާ ސިސްޓަރ… ހައުޒް ޔޫ އަޝޫ… ” ސޯފާއިން ތެދުވަމުން ފުޅާ ހިނިތުންވުމަކާއެކު އިއާން ބުނެލިއެވެ. ” ދޮންބެ… ކޮންއިރަކު އައީ… ކީއްވެ އެކަކުވެސް އަޅުގަނޑު ގާތު ނުބުނީ… ” އަޝްރާ އައިސް އެންމެންގެ ކުރިމައްޗަށް ވާނޭހެން ހުއްޓިލަމުން ފުރަތަމަވެސް ޝަކުވާ ކޮށްލިއެވެ. ”ބަލާބަލަ އަޝްރާއަށް… އައި ގޮތަށް އައިސް އެންމެ ފުރަތަމަވެސް ޝަކުވާ އެކުރީ… އެހާ ދުވަސްފަހުން އާން ފެނުނީމަވެސް އާންގެ ހާލުވެސް ބަލާކަށް ބޭނުމެއްނޫން މީނައެއް… އާން ކުރި ސުވާލަށްވެސް ޖަވާބު ދިނުމެއްނެތި ފުރަތަމަވެސް ޝަކުވާ… ” އަޝްރާ ރުޅިއަރުވާލުމުގެ ބޭނުމުގައި ނާއިލް ބުނެލިއެވެ. ކަންވީވެސް އެހެންނެވެ. ” ޔޫ ޝަޓް އަޕް ނާއިލް… ދިސް އީޒް ނަން އޮފް ޔުއާ ބިޒްނަސް… ” އައި ރުޅީގައި އަޝްރާ ބުނެލިއެވެ. ” އަޝްރާ… ” އެވަގުތު އަރީފް އަޝްރާއަށް ގޮވާލިއެވެ. އެއާއެކު ބައްޕަގެ ކުރިމަތީގައި ނާއިލް އާއި ދިމާލަށް އެހާ ބާރަށް ބުނެވުމުން އޭނާ އަނގަ ސަކަރާތްވިއެވެ. އަޝްރާގެ މޫނު މައްޗަށް އެރި ކުކަވަރުން ނާއިލްއަށް މަޑުމަޑުން ހީލެވުނެވެ. އެއާއެކު އެހެން އެންމެނަށްވެސް ހެވުނެވެ. ” ކީއްވެތަ ތިހެނީ އެންމެން ނާއިލްއާ އެއްބައިވެގެން… ދުވަހަކުވެސް އަޅުގަނޑާ އެއްބައެއްނުވާނެ އެކަކުވެސް… ” ޝަކުވާގެ ރާގެއްގައި ނާއިލް އާއި ދިމާއަށް ދެލޯ އަޅާލުމަށްފަހު އަޝްރާ ބުނެލިއެވެ. ” ހެވޭނެެއެއްނު ނާއިލް އެވަރު އެއްޗެެއް ބުނީމަ ދަރިފުޅަށް އެހާ ވަރުވީމަ… ހެހެހެ… ” ލުއި ހުނުމަކާއެކު އަރީފް ވާހަކަ ދެއްކިއެވެ. ” ދޮންބެ… އައިމް ފައިން… ދޮންބެ ކިހިނެއްތަ… އައި މިސްޑް ޔޫ ސޯ މަޗް… ކީއްވެތަ އަޅުގަނޑު ގާތު ނުބުނީ ކުރިން އަންނަ ވާހަކަ… ” އަޝްރާ އިއާންގެ ގާތަށް ގޮސް ހުއްޓެމުން ބުނެލިއެވެ. ” ދޮންބެ ވަރަށް ބަރާބަރު… އައި މިސްޑް ޔޫ ޓޫ މައި ސިސްޓަރ… ދޮންބެ ނުބުނަމޭ މަންމަ އަދި ބައްޕަ ގާތުގަވެސް އަންނަ ވާހަކައެއް… ހަމައެކަނި ނާއިލް ގާތު ބުނީ… ” އަޝްރާގެ ކުޑަ ނޭފަތުގައި މަޑުމަޑުން ހިފާލަމުން އިއާން ބުނެލިއެވެ. އެއާއެކު ދެބުމަ ގޮށްޖަހާލައިގެން ހުރެ އަޝްރާ ނާއިލްއަށް ބަލައިލިއެވެ.

” މިހާރު ކިހިނެއްވީ ދެބުމަ ގޮށްޖަހައިގެން ހުރެ ތިބަލަނީ… ” ނާއިލް އަޝްރާ އޭނައަށް އެހެން ބަލަން ފެށުމުން އަހާލިއެވެ. ” ކީއްވެ ނުބުނީ ދޮންބެ އަންނަކަށް އިނގޭއިރު… ” ހިތްހަމަނުޖެހިފައި ހުރެ އަޝްރާ ބުނެލިއެވެ. ”އާން ބުނީ އެކަކު ކަރިވެސް ނުބުނާށޭ… އެންމެނަށް ސަޕްރައިޒެއް ދޭން… ” ހަމަޖެހިލާފައި އިނދެ ނާއިލް ޖަވާބުދިނެވެ. ” އެކަމަކު ނާއިލްއަށް އަހަރެން ކައިރި ބުނެވިދާނެއެއްނު… މަންމަމެން ގާތު ނުބުންޏަސް… ” އަޝްރާ ރައްދުގައި ބުނެލިއެވެ. ” އާން ބުނީ އެކަކު ކައިރިވެސް ނުބުނާށޭ… ދެން ކީއްކުރަން އަޝްރާ ކައިރި ބުނަންވީކީ… ” އެއްވެސް ފަރުވާލެއްނެތް ގޮތަކަށް ނާއިލް ބުނެލިއެވެ. ” ހޫމް.. ދެން ސުވާލާ ޖަވާބު ނިމުނީ އަޝޫ… މިދެމީހުން ތިބެނީ ހަމަ އެކަކު އަނެކަކު ނުފެނިފައޭ ކޮންމެވެސް އެއްޗެކޭ ކިޔާފަ ދެބަސްވާން.. ދޮންބެ އައިއްސައެއްނު މިހިރީ މިހާރު… ސަޕްރައިޒް ކޮށްލީމަ މާ ރަނގަޅެއްނު…” އިއާން ބުނެލިއެވެ. އިއާން އެހެން ބުނުމާއެކު އާސިމާ އާއި އަރީފްގެ ލުއި ހުނުމުގެ އަޑު އިވިގެން ދިޔައެވެ. ” ހިނގާ އެންމެން ކާން ދާން… ނާއިލްވެސް ވާނީ ކައިގެން ދާން… ” އާސިމާ ކާގެއިން ނިކުމެ ކާކޮޓަރިއަށް މިސްރާބުޖަހަމުން ބުނެލިއެވެ. ” ނޫނޭ އާސިމާއްތާ… ދެން އެހެން ފަހަރަކުން… ފުދޭވަރަކަށް އިރުވެެއްޖެ ބޭރުގަ އުޅޭތާ… ދެން އޮފީހަށް ދާން މިދަނީ… ” ނާއިލް މިހެން ބުނެ އެގެއިން ނިކުމެ އޮފީހަށް މިސްރާބުޖެހިއެވެ. އެއާއެކު އިއާންގެ އެކުޑަ އާއިލާ އެކީގައި ގޮސް މެންދުރުގެ ކެއުމަށް އިންސާފުކުރަން ފެށިއެވެ.

އުފާވެރި މާހައުލެއްގައ ތިބެ އެންމެންވެސް ކެއުމައިގެން ކުރިއަށް ދިޔައެވެ. ” ދަރިފުޅާ އިއާން… ވަޒީފާއަށް ނިކުންނަން ޖެހެނީ ކޮން ދުވަހަކުންތަ… ” ކެއެމުގެ ތެރެއިން އަރީފް ސުވާލުކުރިއެވެ. ” މާދަމާ ނިކުންނަންޖެހޭ… ” އިއާން ޖަވާބުގައި ބުނެލިއެވެ. ” މިންނުވެސް މިހާރު ދޭ ހޮސްޕިޓަލަށް… ކިހާ ރަނގަޅަށް މިދިމާވީ… އެއްކޮށް އުޅޭ ހަތަރު ކުދިން ވަޒީފާގެ މާހައުލުގައިވެސް ނުހަނު އެއްކޮށް އުޅެން މިޖެހުނީ… އާންއާ މިންނުއާ ޑޮކްޓަރުންގެ ގޮތުގަ އެއް ހޮސްޕިޓަލެއްގަ މަސައްކަތްކުރާއިރު އަޝްރާއާ ނާއިލް މަސައްކަތްކުރަނީ އެއްއޮފީހެެއްގަ… ” ހިނިތުންވެލައިގެން އިނދެ އާސިމާ ދެއްކި ވާހަކައަކުން އަޝްރާ އާއި އިއާންއަށް އެއްފަހަރާ އެކަކު އަނެކަކަށް ބަލައިލިއެވެ. ދެވަނަ ސިކުންތުގައި ދެމީހުންވެސް އާސިމާއަށް ބަލައިލާ ހިނިތުންވެލިއެވެ. މެންދުރުގެ ކެއުމަށްފަހު އަޝްރާ އާއި އަރީފް އެމީހެއްގެ އޮފީހަށް އަނބުރާ ދިޔައެވެ. ކައިގެން އިއާން ކުޑަ ވަގުތުކޮޅަކު ސިޓިން ރޫމުގައި ޓީވީ ބަލަން އިނެވެ. އާސިމާވެސް ތަށިތައް ނަގާފައި އައިސް ސޯފާގައި ޖައްސާލިއެވެ. ” މަންމާ… އަޅުގަނޑު ކުޑަކޮށ ނިދާލަން މިދަނީ ފެންވަރައިގެން… ” އިއާން ސޯފާއިން ތެދުވަމުން ބުނެލިއެވެ. ” ދަރިފުޅު ދޭ ފެންވަރަން… މަންމަ އާންގެ އަންނައުނުތައް އަލަމާރިއަށް ލާނަން… ދަބަސްވެސް އދި ގެނައި ގޮތަށް އެހުރީނު… ” އާސިމާވެސް ސޯފާއިން ތެދުވަމުން ވާހަކަ ދެއްކިއެވެ. އެއާއެކު އިއާން ބޯ ޖަހާލަމުން އޭނަގެ ދަބަސް ހިފައިގެން މައްޗަށް އަރަންފެށިއެވެ. އާސިމާވެސް އިއާންގެ ފަހަތުން ގޮސް ހިނގައިގަތެވެ.

ގެ އަލުން ތިން ބުރިއަށް ނެނގުމާއެކު އިއާންގެ ކޮޓަރި މިހާރު ހުންނަނީ ތިންވަނަ ބައިގައެވެ. ކޮޓަރީގެ ދޮރު މައްޗަށް އަރާ ގަދަ މުށި ކުލައިގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. ތަނަވަސް ބޮޑު ކޮޓަރިއެކެވެ. ކިންގް ސައިޒުގެ ބޮޑު އެނދު ޖައްސާފާވި ފާރު ޒީނަތްތެރިކުރެވިފައި ވަނީ ހުދާއި މަޑު ނޫކުލައިގެ ރީތި ޑިޒައިނަކުންނެވެ. އެހެން ފާރުތަކުގައި ލައިފައިވަނީ މަޑު ނޫކުލައެވެ. ހުރިހާ ފަރުނީޗަރެއްވެސް ފުރިހަމައަށް ހުރިއިރު އެހުރިހާ އެއްޗެެއްވެސް ހުރީ ކޮޓަރި އާއި ގުޅޭނޭހެން މަޑު ނޫކުލަ އާއި ހުދު ކުލައިންނެވެ. ކޮޓަރީގެ އެއްފަރާތުގައި މަޑު ނޫކުލައިގެ ބޮޑު ސޯފާއެއް ހުރިއިރު އެސޯފާ މަތީގައި ތަރުތީބުކަމާއެކު ތިން ކުޝަން ބޭއްވިފައެވެ. ސޯފާ އާއި ޖެހިގެން ހުރި ފާރުގައި ޖައްސާފައި ހުރި ފޮތް ހަރުގަނޑުން އިއާން އަކީ ފޮތް ކިޔުމަށް ލޯބިކުރާ ފަރާތެއްކަން އިނގޭނެއެވެ. ކިންގް ސައިޒުގެ އެނދުގައި އަޅާފައިވި ބެޑް ޝީޓާއި ބްލޭންކެޓްގެ އިތުރުން ބާލީސްތަކުގައިވެސް ހިމެނެނީ ހުދު ކުލަ އާއި މަޑު ނޫކުލައެވެ. ކޮޓަރި ތެރެއިން ބެލްކަންޏަށް ނިކުމެވޭ ގޮތަކަށް ބޮޑު ބިއްލޫރި ދޮރެއް ހުރިއިރު އެދޮރުގައިވި ދޮރު ފޮތިތައްވެސް ހުރީ ހަމަ އެދެކުލައިންނެވެ. ” ދަރިފުޅާ… ކޮޓަރިއާއިމެދު ހިތްހަމަނުޖެހެނީތަ… ” އިއާން ކޮޓަރީގެ އެކި ތަންތަނަށް ނަޒަރު ހުއްޓަމުން ދިޔައިރު އެއްވެސް އެއްޗެކޭ ނުބުނުމުން އާސިމާ އަހާލިއެވެ، ” ނޫނޭ މަންމާ… ކޮޓަރިއާމެދު ހަމަ ވަރަށް ހިތްހަމަޖެހޭ… އެންމެ ރީތި ދެކުލައިންނެއްނު މިހުރީ ހުރިހާ އެއްޗެެއްވެސް… ” އުފާވެރި މޫނަކާއެކު އޭނަގެ މަންމަ އާއި ކުރިމަތިލަމުން އިއާން ބުނެލިއެވެ. އިއާން އޭނަގެ ދަބަސް އެނދު މަތީގައު ބޭންދުމާއެކު އަންްނައުނުތައް އަލަމާރިއަށް ލުމުގައި އާސިމާ އުޅުނެވެ. ” އާން… މަންމަ މިއަދު ވަރަށް އުފާވެއްޖެ މަންމަގެ ދެދަރިންވެސް ބޮޑުވެ ކިޔަވައިގެން ހަރުދަނާ ޒުވާނެއްގެ ގޮތުގަ މުޖުތަމައަށް ނިކުތީ… މަންމަ ބޭނުންވި ފަދައިން ދެކުދިންނަކީވެސް އަޚުލާޤް ރަނގަޅު ހެވާއި ނުބައި ވަކިކުރަން އިނގޭ އެހެން މީހުންގެ އިހުތިރާމު ހޯދަން އިނގޭ ދެކުދިން… އަޝްރާ މިހާރު އެއުޅެނީ ކިޔަވައިގެން ވަޒީފާގަ… ރަޝީދުބެމެން އެންމެންވެސް އަޝްރާގެ މަސައްކަތްތައް ފާހަގަކުރޭ… މިހާރ އާންއަށްވެސް ވަޒީފާ ތިލިބުނީ… މަންމަ އުއްމީދުކުރަން ދަރިފުޅުވެސް ވަޒީފާގެ މާހައުލުގައި ރީތި ނަމޫނާއެެއް ދައްކާނެކަމަށް… ” ކޮނޑުގައި އަންނައުނުތައް އަޅުވާ އަލަމާރިއަށް ލަމުން އާސިމާ އޭނަގެ ވާހަކަ ކުރިއަށ ގެންދިޔައެވެ. ” އިންޝާ ﷲ ވަޒީފާގެ މާހައުލުގަވެސް މަންމަ ބޭނުންވާނެފަދަ ދަރިއަކަށް ވާނަން… ” އާސިމާއަށް ހިނިތުންވުމެެއް ރައްދުކޮށްލަމުން އިއާން ބުނެލިއެވެ. އަލަމާރިއަށް ހުރިހާ އެއްޗެއް ލުމަށްފަހު ކޮޓަރިން ނިކުތުމަށް އާސިމާ ހިނގައިގަތެވެ.

” އާން… ” ކޮޓަރިން ނިކުންނަން ދޮރާއި ހަމައަށް ގޮސްފައިވެސް ފަހަތަށް އެނބުރި އާސިމާ އިއާންއަށް ގޮވާލިއެވެ. އާސިމާގެ އަޑަށް ފޯނަށް ނަޒަރު ހުއްޓާލައިގެން އިން އިއާން އޭނަގެ މަންމައަށް ބަލާލީ ކިހިނެއްވީހޭ ބުނާ ފަދައިންނެވެ. އާސިމާ ބަލަހައްޓާއިގެން ހުރި ގޮތުން ކޮންމެވެސް އެއްޗެކޭ ބުނަން ބޭނުންވެފައި ހުރިހެން އިއާންއަށް ހީވިއެވެ. އާސިމާ އޭނަގެ ގާތަށް އަންނަން ފެށުމުން އިއާން އެނދުން ތެދުވިއެވެ. ” އާން… މަންމައަށް އިނގޭ އަދި މިވާހަކަ ދައްކަން އަވަސްކަން… އެކަމަކުވެސް… މަންމައާ ބައްޕަ މިދުވަސްދެކެން ނުހަނު ބޭނުންވާތީ މިބުނަނީ… މަންމައާ ބައްޕަ ވަރަށް ބޭނުންވޭ ދަރިފުޅުމެންގެ ކައިވެނިކުރެވޭ ދުވަސް ދެކިލަން… މާމަ ކާފަ ކިޔާ ދަރިންނާއެކު އުޅެލާހިތްވޭ… އެއީ މިހާރު މަންމަ އާ ބައްޕަ އެންމެ ދެކެން ބޭނުންވާ އެއްދުވަސް… މިހާރު ދަރިފުޅަށް ވަޒީފާވެސް ލިބުނީނުދޯ… ވަޒީފާގެ ކަންކަން ހަމަޖެހި ހުރިހާ ކަމެއް ހަމައަކަށް އެޅުނީމަ ދަރިފުޅު މިކަމާ ވިސްނައްޗޭ… މަންމަ ވަރަށް ބޭނުން މިގެއަށް ދަރިފުޅުގެ އަންހެނުންގެ ގޮތުގަ ކުއްޖަކު ގެންނަން… އެދުވަހަކުން މަންމަ ވަރަށް އުފާވާނެ… ވަރަށް އިންތިޒާރުކުރަން އެދުވަހަކަށް… ” އާސިމާ އިއާންގެ އަތުގައި ހިފަހައްޓާލައިގެން ހުރެ އުއްމީދާއެކު ވާހަކަ ދެއްކިއެވެ. އާސިމާ އެވާހަކަތައް ދެއްކިއިރު އިއާންގެ މޫނު މަތީގައިވީ ބަޔާންކުރަން ދަތި އަސަރުތަކެވެ. އާސިމާގެ ވާހަކަތަކުންވެސް އިއާންއަށް އެންމެ ފުރަތަމަވެސް ސިފަވީ މިންހާއެވެ. ” ދަރިފުޅާ… ” އާސިމާ އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް އިއާންގެ ފަރާތުން ޖަވާބެއް ނުލިބުމުން އާސިމާ އިއާންއަށް ގޮވާލިއެވެ. އާސިމާގެ އަޑަށް އިއާންއަށް ހަމަހޭވެރިކަންވިއެވެ. ”އިންޝާ ﷲ މަންމަގެ ތިއެދުން ފުރިހަމަކޮށްދެވޭތޯ މަސައްކަތްކުރާނަން…” ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން އިއާން ބުނެލިއެވެ. އެއާއެކު އާސިމާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއްވެރިވިއެވެ. އޭނާ ނުހަނު ލޮއެބާއެކު އިއާންގެ ބޮލުގައި ފިރުމާލިއެވެ. އެއަށްފަހު އިއާން ގާތު އަރާމު ކުރުމަށް ބުނެ އާސިމާ އެކޮޓަރިން ނިކުތެވެ.

އާސިމާ ދިޔުމުން ކޮޓަރި ތަޅުލުމަށްފަހު އިއާން ފެންވަރާލުމަށް ފާޚާނާއަށް ވަނެވެ. ފެންވަރާލައިގެން އައިސް އޭނާ އެނދުގައި އޮށޯތީ ވެފައިހުރި ވަރުބަލިން އަރާމުކޮށްލަން ބޭނުންވީތީއެވެ. އެނދުގައި އޮށޯވެ ދެލޯ މަރާލުމާއެކު ފުރަތަމަވެސް އިއާންއަށް ސިފަވެގެން ދިޔައީ މިންހާގެ ހިތްގައިމު ސޫރައެވެ. އަދިވެސް އޭނަގެ ހިތުގައި މިންހާއަށްޓަކައި ފަނޑުވުމެއްނުވާ ލޯބިވެއެވެ. މިވީ އަހަރުތަކުގެ ތެރޭގައި އެލޯބި ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. މިންހާގެ ހަނދާންތައް އާނުވާ އެންމެ ދުވަހެއްވެސް ވޭތުވެގެން ނުދެއެވެ. ރަށަށް އައިންސުރެވެސް އޭނަގެ ދެލޯ ހޯދަމުން ދަނީ އެސޫރައެވެ. އެމައުސޫމް ސޫރަ ފެންނާނީ ކޮންއިރަކުންބާއޭ ހިތުގައި ސުވާލު އުފެދިފައިވެއެވެ. ކެތްތެރިކަމެއްނެތި އިއާންގެ ހިތް މިންހާ ދެކެލުމަށް އިންތިޒާރުކުރެއެވެ. ދާދި ދެންމެ އާސިމާ ދެއްކި ވާހަކަތަކުން އިތުރަށް މިންހާގެ ޚިޔާލުތައް އޭނަގެ ސިކުނޑީގައި އެނބުރެން ފެށިއެވެ. އޭނާ އަމިއްލަ ދިރިއުޅުމެއް ފަށާ އާއލާއެއް ބިނާކުރަން ބޭނުންވަނީ ހަމައެކަނި މިންހާއާއެކުއެވެ. އެހެން އަންހެން ކުއްޖަކަށް އޭނަގެ ދިރިއުޅުމުންވެސް އަދި ހިތަކުންވެސް ޖާގައެއް ދެވޭކަށް ނެތެވެ. މިންހާ ވަނީ އޭނަގެ ހިތް މިލްކުކޮށްލާފައެވެ. އެހެނަސް އޭނަގެ އެއުއްމީދު ހާސިލްވާނެބާއެވެ؟ މިންހާގެ ހިތުން އިއާންއަށް ކުޑަނަމަވެސް ޖާގައެއް ލިބިދާނެ ހެއްޔެވެ؟ އޭނައަށް މިންހާ މަތިން ހަނދާން ނައްތާނުލެވޭއިރު މިންހާއަށް އަލޫފް މަތިން ހަނދާންނައްތާލެވިދާނެ ހެެއްޔެވެ؟ ހުސްވެސް ޖަވާބު ނޭނގޭ ސުވާލުތަކެވެ. މިފަދަ ޚިޔާލުތަކުން އިއާންގެ ސިކުނޑި އިތުރަށް ހަލަބޮލިކުރުވިއެވެ. ހަށިގަނޑަށް ވެރިވެފައިިވި ވަރުބަލިކަމާއެކު ސިކުނޑީގައި އުފެދިފައިވި ހަލަބޮލިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ދެލޯ މަރާލުމާއެކު މިފަހަރު މާގިނަ އިރެއްނުވަނީސް ނިދީގެ ފުން ކަނޑަށް އިއާން ގެނބިގެން ދިޔައެވެ.

މިންހާ އޭނަގެ ކެބިންގައި ދައްކަން އަންނަ ޕޭޝަންޓުން ބަލަން އިނެެވެ. އެންމެ ފަހު ޕޭޝެންޓު ބަލާ ނިމުމުން އޭނަގެ ކެބިންއިން ނިކުތުމާއެކު މިންހާ ފުން ނޭވައެއް ދޫކޮށްލިއެވެ. ގެއަށް ދިޔުމުގެ ކުރިން ފަހު ފަހަރަށް ވޯޑުގައި ތިބި ޕޭޝަންޓުން ބަލާލަން ބޭނުންވުމުން މިންހާ ގޮނޑިން ތެދުވިއެވެ. އެޅި ފުރަތަމަ ފިޔަވަޅާއެކު މޭޒު މަތީގައި އޮތް އޭނަގެ ފޯނަށް މެސެޖެެއް އައި އަޑު އިވުނެވެ. ފޯނު ނަގައި ބަލާއިލުމާއެކު މިންހާގެ ދެބުމަ ގާތްވީ ނުދަންނަ ނަންބަރަކުން މެސެޖު އައިސްފައިވުމުންނެވެ. ” އައިމް ސޮރީ…” އެނުދަންނަ ނަންބަރުން އައިސްފައިވި މެސެޖު މިންހާ ކިޔާލިއެވެ. އިރުކޮޅަކު ވިސްނަން ހުރުމަށްފަހު ފޯނު މޭޒު މަތީގައި ބޭއްވުމަށްފަހު ވޯޑަށް ދިޔުމަށްޓަކައި ކެބިންއިން ނިކުތެވެ. އޮޅިގެން މީހަކަށް ފޮނުވުނު މެސެޖެއްކަމަށް ނިންމާ މިންހާ އަޅާނުލީއެވެ. އާދައިގެ ހިނގުމެއްގައި ގޮސް ވޯޑުގެ ތެރެއަށް ވަދެ ޕޭޝިންޓުންގެ ހާލަތު އޮޅުންފިލުވާލުމަށްފަހު އިތުރަށް ސަމާލުކަން ދޭންވީ ކަންތައްތަކާއި ކަން ކުރަންވީ ގޮތް އޮޅުންފިލުވައިދިނުމަށްފަހު އަނެއްކާވެސް އަމިއްލަ ކެބިންއަށް މިސްރާބުޖެހިއެވެ. މިންހާ އޭނަގެ ކެބިންއަށް ގޮސް ކޮނޑުގައި ދަބަސް އަޅުވާލާ އަނެއް އަތުގައި ޑޮކްޓާރސް ކޯޓު އަޅުވާލައިގެން އޭނަގެ ފޯނު ހިފައިގެން ކެބިންއިން ނިކުންނަން ހިނގައިގަތެވެ. އެވަގުތު އަނެއްކާވެސް ފޯނަށް މެސެޖެއް އައެވެ. ފޯނުގެ ސްކްރީނަށް ބަލައިލި މިންހާއަށް ހައިރާންކަން ލިބުނީ އެނުދަންނަ ނަންބަރުން އިތުރު ދިހަ މެސެޖު ފޮނުވާފައިވުމުންނެވެ. ހައިރާންކަންމަތީގައި ހުރެ މިންހާ ލޮކް ހުޅުވާލުމަށްފަހު މެސެޖުތައް ކިޔާލިއެވެ. ” އައިމް ސޮރީ… ” ކޮންމެ މެސެޖެއްގައިވެސްވީ އެހެންނެވެ. މިންހާގެ ހިތުގައި ސުވާލު އުފެދިގެން ދިޔައީ ނުދަންނަ ނަންބަރަކުން މެސެޖު ކުރުމުންނެވެ. ނޭނގިގެން އެއްމެސެޖު ފޮނުވިދާނެތާއެވެ. އެކަމަކު މިހާ ގިނަ އަދަދަކަށް އެމެސެޖު ފޮނުވާނީ ކާކުކަންވެސް އިނގުނީމަ ތާއެވެ. މިންހާ އެނަންބަރަށް ގުޅަންވެސް ހިތަށްއެރިއެވެ. އެހެނަސް ކޮންމެ މީހަކަށްވެސް ވެދާނެތީ ގުޅާކަށް އޭނަގެ ހިތެއް އެއްބަހެއްނުވިއެވެ. މިންހާ ނިންމީ މެސެޖެއްކޮށްލުމަށެވެ. ” ހޫ؟؟؟ ” މިންހާ އޭނަގެ ފޯނުގެ ކީބޯޑުން އެހެން ޓައިޕްކޮށްލުމަށްފަހު އެނަންބަަރަށް ފޮނުވާލިއެވެ. ދެނިޓެއްވަރު ވަންދެން މިންހާ އެމެސެޖަށް ޖަވާބެއް ލިބޭތޯ މަޑުކޮށްލިއެވެ. އެހެނަސް ދެމިނިޓު ފާއިތުވެ ދިޔައިރުވެސް އޭގެ ޖަވާބެއް ނުލިބުނެވެ. އިތުރަށް މަޑުކުރުމެއްނެތި މިންހާ ކެބިންއިން ނިކުތެވެ. ހޮސްޕިޓަލުން ބޭރަށް ނިކުމެ ޓެކްސީއެއްގައި މިންހާ އޭނަގެ ގެއަށް ދިއުމަށް ދަތުރު ފެށިއެވެ. ޓެކްސީގައި އިނދެ މިއަދު ހަވީރު ފަހެއް ޖަހާހާއިރަށް ދާނެކަމުގައި ބުނެ އަޝްރާއަށް މެސެޖުކޮށްލިއެވެ. އަޝްރާ ވަގުތުން އޯކޭއޭ ލިޔެ މެސެޖުގެ ރިޕްލައި ފޮނުވިއެވެ. އެއާއެކު މިންހާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

ގެއަށް ގޮސް މިންހާ ފެންވަރާ ތާޒާވެލައިގެން އަޞްރު ނަމާދު ކޮށްލިއެވެ. އެއަށްފަހު ތައްޔާރުވެލައިގެން އަވަސް ފިޔަވަޅުތަކެއްގައި ސިޑިން ފައިބަމުން ދިޔައެވެ. ސިޑިން ފައިބަމުން ދިޔަ މިންހާ އަތުގައި އޮތް ފޯނުގެ ރިންގުގެ އަޑަށް ފޯނުގެ ސްކްރީނަށް ބަލައިލިއެވެ. އެއާއެކު އޭނަގެ ހަރަކާތްތައް ހުއްޓުނީ މެސެޖު ކުރި ނުދަންނަ ނަންބަރުން ގުޅަން ފެށުމުންނެވެ. ދެޚިޔާލެެއްގައި ހުރެވެސް މިންހާ ފޯނު ނަގަން ނިންމިއެވެ. ”ހަލޯ… ” ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން މިންހާ ބުނެލިއެވެ. އެކޮޅުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ” ތީ ކާކު… ” މިންހާ ދެވަނަ ފަހަރަށްވެސް ވާހަކަ ދެއްކިއެވެ. އެވަގުތު އެކޮޅުން އެއްވެސް އެއްޗެއް ބުނުމެއްނެތި ފޯނު ކަނޑާލިއެވެ. މިންހާވެސް އަޅާނުލާ ސިޑިން ތިރިއަށް ފޭބިއެވެ. ނާހިދާ ގާތު އަޝްރާ ގާތަށޭ ބުނެ ގެއިން ނިކުތެވެ. ހިނގާލާފައި ދާން ބޭނުންވުމުން ޓެކްސީއަކަށް ގުޅުމެއްނެތި ހިނގައިގަތެވެ. އަޝްރާމެންގޭ ދޮރު މައްޗަށް އާދެވުމާއެކު ބޮޑު ދޮރާށި ހުޅުވާލަމުން މިންހާ އެތެރެއަށް ވަނެވެ. ގައު ޖަހާފައިވި ވޯކްވޭއިން ހިނގާލާފައި ގޮސް ސިޓިންރޫމަށް ވަދެވޭ ގޮތަށް ހުންނަ ދޮރުގެ ކުރިމަތީގައި ހުއްޓި ސަލާމް ގޮވާލިއެވެ. މާގިނަ އިރެއްނުވަނީސް ބަދިގޭގައި އުޅުނު އާސިމާ އައިސް ސަލާމް ބަލައިގަތެވެ. ”މިންނު… އާދޭ އާދޭ… ހާދަ ދުވަހެއް ފަހުންނޭ ދޯ މިފެނުނީ… ކިހިނެއްތަ… ” މިންހާ ފެނުމާއެކު ލިބުނު އުފަލެއްގެ ބޮޑުކަމުން އޯގާތެރިކަމާއެކު މިންހާގެ ބޮލުގައި ފިރުމާލަމުން އާސިމާ ވާހަކަ ދެއްކިއެވެ. ” އަޅުގަނޑު ވަރަށް ރަނގަޅު… އާސިމާއްތަ ކިހިނެއްތަ… ” މިންހާވެސް ހިނިތުންވުމަކާއެކު ބުނެލިއެވެ. ” އާސިމާާއްތަވެސް ވަރަށް ރަނގަޅު… ސައިބޯން މިންނު ބަލާދާށޭ އާސިމާއްތަ އުޅުނީ… އެކަމަކު އަޝޫ ކިޔައިފި މިންނު މިއަދު އަންނާނަމޭ ބުނި ވާހަކަ… ނާއިލްއާ ދެކުދިން ސައިބޯން ގެންނަން ސައި ތައްޔާރުކޮށްފަ ހުންނާނީ… އަޝޫ ވެއްޖެ ކޮޓަރީގަ… އަޝޫ ތައްޔާރުވީމަ ދެކުދިންވެސް އާދޭ އިނގޭ… ” އާސިމާ މިހެން ބުނުމުން ހިނިތުންވުމަކާއެކު ބޯ ޖަހާލަމުން މިންހާ ސިޑިން މައްޗަށް އަރަންފެށިއެވެ.

ހެދުން ފަސޭހަ ވަރަށްވުރެ ތަންކޮޅެއް ދިގުވުމުން ހިނގަމުން ދިޔައިރު ގިނަ ފަހަރަށް ދިޔައީ ހެދުމުގެ ފަސްބަޔަށް އެރެމުންނެވެ. މިންހާ ކުޑަކޮށް ހެދުން ދެއަތުން ހިއްލާލައިގެން އިސްޖަހާއިގެން ހުރެ ކުރިއަށް ދަމުން ދިޔައެވެ. އެވަގުތު އަވަސް އަވަހަށް ސިޑިން ފައިބަމުން އައި ޒުވާނާގެ ގައިގައި ޖެހި މިންހާ ފަހަތަށް ވެއްޓެން ދިޔައެވެ. ލިބުނު ސިހުމުގައި މިންހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެޒުވާނާ ހުޝިޔާރުކަމާއެކު މިންހާގެ އެއްއަތުގަައި ހިފާ އޭނަ އާއި ގާތަށް ދަމާލިއެވެ. އެވަގުތު މިންހާ އައިސް ޖެހުނީ އެޒުވާނާގެ ގައިގައެވެ. އެއާއެކު މިންހާއަށް އޭނަގެ ދެއަތުން އެޒުވާނާގެ ދެކޮނޑުގައި ހިފަހައްޓާލެވުނެވެ. އޭރު އެޒުވާނާގެ ދެއަތް ވަނީ މިންހާގެ އުނަގަނޑުގައި ވަށާލެވިފައެވެ. ދެމީހުނަށްވެސް އެކަކު އަނެކަކަށް އެއްފަހަރާ ބަލައިލެވުނެވެ. އެއާއެކު ދެމީހުނަށްވެސް ސިހުން ލިބިގެން ދިޔައެވެ. އެހާ ގާތުން ނުވިސްނާ ހުއްޓާ އިއާން ފެނުމުން މިންހާއަށް ވީގޮތް ބުނެދެންވެސް ނޭނގުނެވެ. ދެލޯ ބޮޑުކޮށްލައިގެން އޭނައަށް އިއާންގެ މޫނަށް ބަލަހައްޓާއިގެން ހުރެވުނެވެ. ކަޅުކަން ގަދަ ކަޅިއެއް ލިބިފައިވި ތޫނު ދެލޯ އޭނައަށް އަމާޒުވެފައިވުމުން މިންހާގެ ހިތުގެ ހިނގުން އަވަސްވެގެންދިޔަ އިހުސާސެއް ކުރެވުނެވެ. ހަމުގެ ކުލަ ކުރިއަށްވުރެ އަލިވެފައިވީއިރު އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ތުނިތުނިކޮށް ހުރި ތުނބުޅި އާއި މަތިމަހުންނެވެ. ބޮލުގެ ފަން އިސްތަށިކޮޅު ރީތި ގޮތަކަށް ސްޓައިލްކޮށްލާފައިވީއިރު ލައިފައިވަނީ ކަޅު ކުލައިގެ އަތްދިގު ގަމީހަކާއި ގަދަ ނޫ ކުލައިގެ ޖިންސެކެވެ. ގަމީހުގެ އަތް އުޅަބޮއްޓާއި ހަމައަށް ވަނީ އޮޅާލާފައެވެ. އިއާން ފެންނަ ކޮންމެ އަންހެން ކުއްޖެއްގެ ހިތްވެސް ފިދާވާނެހާ ފިރިހެންވަންތައެވެ.

އިއާންއަށްވެސް މިންހާގެ މޫނުން ނަޒަރު ވަކިކޮށެއް ނުލެވުނެވެ. މަޑު ނޫ ކުލައިގެ ޝޯލްގެ ތެރެއިން ފެންނަމުންދިޔަ ދޮން އޮމާން މޫނަށް ބަލަހައްޓާއިގެން ހުރެވުނީ ބޭއިޚްތިޔާރުގައެވެ. އޭރު އިއާންގެ ހިތުގެ ހިނގުންވެސް ވަނީ އަވަސްވެފައެވެ. ސާފު ގަދަ މުށި ކުލައިގެ ކަޅިއެއް ލިބިފައިވ އެބޮޑު ދެލޯ ވަށާއިގެން އަނދުން އަޅާފައިވީއިރު ދިގު އަދި އެހާމެ ބޯ އެސްފިޔަތަކުގައި ވަނީ މަސްކަރާ އަޅާފައެވެ. ތުނިތުނި ދެތުންފަތުގައި މަޑު ފިޔާތޮށި ކުލައިގެ ލިޕްގްލޮސް ޖައްސާފައިވުމުން އިތުރަށް ރީތިކަމަށް ދައްކައެވެ. މިންހާގެ އެރީތި ސޫރަ ފެނުމުން އިއާންގެ ހިތުގަައިވި ޖަޒުބާތުތައް އުތުރި އަރަންފެށިއެވެ. އެހިތް އުފަލުން ނަށަންފެށިއެވެ. އެވަގުތުކޮޅަށް ނިމުމެެއް ނާންނާނެ ނަމައޭ އިއާންގެ ހިތަށް އެރިއެވެ. އަބަދުވެސް އެހިތްގައިމު ސޫރައަށް ބަލަން ހުރެވޭނެ ނަމައޭ ހިތަށްއެރިއެވެ. ދެމީހުންގެ ހޫނު ނޭވާ އެކަކު އަނެކަކުގެ މޫނަށް އެޅެމުން ދިޔައިރު ދެހިތުގެ ތެޅުންވެސް ދަނީ އަވަސްވަމުންނެވެ. އެކަކު އަނެކަކާ ދުރުވާން ނޭނގިފައި ދެމީހުންވެސް ތިބީ ހުއްޓުންއަރާފައެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ބުނެދޭށޭ ރުހެމޭ 2

Next

ލީޝް….. ފަހުބައި

Next
March 8, 2019

ލީޝް….. ފަހުބައި

Previews
March 7, 2019

ބުނެދޭށޭ ރުހެމޭ 2

54 Comments!

  1. ifoo says:
    March 7, 2019 at 10:42 pm

    Salaam dear readers ❤️❤️❤️???… Finally here is the next part n hope all will like this part too ???… I’m sorry lahun up kohlevunyma… Ifoo beynun vi hisaabah liyelan vegen lasvee… Feel free to comment your views ???… Thankyou soooooo much dear readers for the support n love ?????????❤️❤️❤️… Love you all my readers ❤️❤️❤️?????????… Next part In Sha Allah Sunday night ???… Keep waiting ???… Waiting for comments ???…

  2. A..na says:
    March 7, 2019 at 10:47 pm

    Yey me first dhw kiyaalaafa comment kohlaanan

    1. ifoo says:
      March 8, 2019 at 8:17 pm

      A..na ❤️❤️❤️… Yesss dear ur first ???… Congratulations on being first ???❤️❤️❤️???…

  3. SCARLET❤ says:
    March 7, 2019 at 10:49 pm

    Ohh.. my heart is beating too much.. kinehbaa dhn vaany.. Aan n minnu gulhuvahchey.. luv ur stry… V nice..

    1. ifoo says:
      March 8, 2019 at 8:19 pm

      Heheh ???… Me too SCARLET ???… Let’s see what happens ???… Thankyou soooooo much ❤️❤️❤️?????????… Much more loves from me ❤️❤️❤️?????????…

  4. Maayu says:
    March 7, 2019 at 11:08 pm

    Ohh ifoooo.. Aan nd minnu dhn gulhuvaba dhww.. Btw story is hama best ingeyy.. lotts of lurrv and best wishes frm me.. Bxy kamun hama comment koh nulevenyy.. But knme part eh vx kiyan ingeyy..

    1. ifoo says:
      March 8, 2019 at 8:21 pm

      Maayu ❤️❤️❤️… After a long time dhw ???… V v v ufaavehje bxy koh ulhemunvx story kiyaalaafa comment eh kohlyma ???… Thankyou soooooo much dear ❤️❤️❤️?????????… It means a lot for me ???… Let’s see what happens… Minnu libidhaane hama knme myhakah vx ???… Hope to see ur comment more often ???… Much loves ❤️❤️❤️?????????…

  5. A..na says:
    March 7, 2019 at 11:25 pm

    Awwn … ☺☺☺☺ifooo mi part hama vvvvvvvvvvvvvvvvvvvvvvvvvvvvv ves salhiey. .. ????????lahun namaves up kohdhiny thy varah happy vehjje….??? and also iru kohkolhaa belunu up v thw?? ifooo stry liyaa iru sifa kohdhyfa vaa gothun hama real koh fenna hen heevany …? ??adhi meege words thakugeves mean ehaa fun…???? hama ehenme varah reethi genes dhyga vaagoii.. ??????thats y i say u are the best writter i ever seen…. ????kuriyah oii thaa avaha minnu and aan gulhuvaala … ???????want to see them together … ???????ifoo u r the best and good luck .. ??????????
    May allah bless you!!! ❤❤❤❤And be happy always … ?????u r really telented. …. ??????waiting for next part …… ???????lots of love from me….?????????????????????????????????????????❤❤❤❤❤❤❤❤

  6. A..na says:
    March 7, 2019 at 11:35 pm

    Awwwnnn …….. ☺☺☺??so glad to see minnu and aan together …..???????dhen avaha minnu and aan gulhuvaala. …??????i want see them together always?????ifoooo mi baa gennes deefa inlleh hama vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv ves reethi… ???????? ifoo stry ga sifa kurunthah genesfa hunna gothun hama heevany real koh balaalevey hen???????? and the words beynun kohfa hurileh varah furihama varah funn koh mean negey ?????thats y i say u are the best writter i have seen????? masha allah u have a great talent ifooo…??????may allah bless you???????be happy always ifooo???????waiting for next part..???next part hama mihaa reethikoh genes dhechey?????❤❤❤❤lots of love from me to my dear best writter ifoo?????????????????????????????❤❤❤❤❤❤❤???????????????????????????

    1. ifoo says:
      March 8, 2019 at 8:26 pm

      Awwwwnn ❤️❤️❤️???… A..na ❤️❤️❤️.. I just don’t know what to say ???… Dear ge comment kiyaalaafa ifoo v v v ufaavehje as usual ???… It means a lot for me ???… Thankyou sooooooooo much ❤️❤️❤️?????????… In Sha Allah mi part ah vure vx reethi koh next part genesdheveythr masaikah kuraanan ???… V v bodah encourage vehje comment kiyaalaafa???… Ur one of the best reader ey buneveynee ❤️❤️❤️?????????… Much more loves from me my dear A..na ❤️❤️❤️?????????…

  7. Sidu says:
    March 8, 2019 at 12:06 am

    Ifoo Kihine tha?varah reethi mi part vess. Aan aee dho…..waiting next part

    1. ifoo says:
      March 8, 2019 at 8:28 pm

      Sidu ❤️❤️❤️… Alhamdhulillah ifoo hama v ragalhu ???… Hope ur fine too ???… Yeah… Aaan is back ???… Thankyou soooooo much ❤️❤️❤️?????????… Much loves ❤️❤️❤️??????????…

  8. Choppi says:
    March 8, 2019 at 1:08 am

    Mashallah. This part is also very beautiful. Finally minhaa n aan meet vejje. Very curious to know what will happen next. Waiting for the next. Plz ifoo next part thankolheh avahah up kohdhybala. Ingey as a readers we r becoming selfish kan, ifoo ah ves write kurevey varakun Kan up kureveyny. But what to do. Love to read this story very much. Hope u will understand it. Much love..

    1. ifoo says:
      March 8, 2019 at 8:31 pm

      Choppi ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… I’m so happy to see ur comment regularly ???… I can understand ???… Bt I’m also really bxy… But will try my best to make it fast ???… If possible avahah up kohdheynan ???… If not enme avahahvx Sunday night ga ???… Much more loves from me ❤️❤️❤️?????????…

  9. Naai says:
    March 8, 2019 at 3:27 am

    Ifoo mi part vx vvvvvvvvvvv reethii??? waiting for next part ? ifoo ge storys vrh vrh vrh reethi? keep it up ?

    1. ifoo says:
      March 8, 2019 at 8:33 pm

      Naai ❤️❤️❤️… Awwwwnn ❤️❤️❤️???… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Much more loves from me dear ❤️❤️❤️?????????…

  10. yaaanaa says:
    March 8, 2019 at 6:34 am

    alheyyy.. haadha reethi hisaBakunn neyy thi ninmaalee.. ?????vaahaka nimuni iruvss neyge gunu..???mashah allah?????varah furihama❤❤❤hama heevanee vaahaka ulheveyhnn sifa kurunnthah ehaa vss furihama ?? u r the best writer mi site ga ulheyy???masha allah.. ??next part avahah up kohdhehche… much love from me.. ifoooo.❤❤??????

    1. ifoo says:
      March 8, 2019 at 8:38 pm

      Yaaanaa ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… As usual v v v ufaavehje ???… I’m so happy to see ur comment regularly ???… It means a lot ❤️❤️❤️???… I will try my best ???… Much more loves from me yaaanaa ❤️❤️❤️?????????…

  11. juma says:
    March 8, 2019 at 6:50 am

    varah salhi . ehme reethi hisaabun thi nihmaalee. story kiyaali iru hama loakurimahcah sifa vey. ehaaves furihama.

    1. ifoo says:
      March 8, 2019 at 8:46 pm

      Awwwwnn ❤️❤️❤️???… Thankyou soooooo much juma ❤️❤️❤️?????????… V v v ufaavehje ???… Much more loves ❤️❤️❤️?????????…

  12. Noor says:
    March 8, 2019 at 8:21 am

    E aloof aa minnu nugulhuvaathi konmehen mihaaru dhen nudhanna number in msg kuraane kameh neiy thimaage kokko mioh ulhey gothakun bolah Undhagoo vegenves mi vaanuvaa balan vejje dho Mihaaru.. aloof Heevanee eyna kulhen gengulhey budheh henyiyya mee Ekam dhonbege kokkoyo dhonbe dho kokkoyah goiy kiyaanee kukulhahvure bis dhoshivegen ulhey manje ey thi ealaaf thee

    1. ifoo says:
      March 8, 2019 at 8:53 pm

      Noor ❤️❤️❤️… Heheh ???.. Let’s see what happens ???… Aloof loves his sister a lot… Anyways let’s see what happens… Thankyou ❤️❤️❤️?????????…

  13. Shehe says:
    March 8, 2019 at 10:22 am

    Alheyyy vaahaka kiya kiyaa indhaa a nimunee. Minnu aa aan gulhuvahcheyy ifoo anyways this part was so nice ❤❤❤❤❤❤ waiting for the nxt part ????

    1. ifoo says:
      March 8, 2019 at 8:55 pm

      Thankyou soooooo much ❤️❤️❤️?????????… It means a lot for me ???… Let’s see what happens ???… Much more loves from me dear ❤️❤️❤️?????????…

  14. jiji says:
    March 8, 2019 at 10:25 am

    So cute, lovely, Amazing,??????????????❤..neyge mi prt vx rythi kamuge vaahaka bunedheyne goiy vx..it’s really awsm????????????????..vrh mistakes nufene..ifoo thy hama best ingey…ehaa dhigu vefa sifakurun vx ithuru kohlaafa huryma hyvany miulheveny mi stry ga ey..heheh?????????????????????..Thnkx ingey mihaa lwbi stry eh genesdheythy…aan n minnu gulhuvaba avahah..I can’t wait to see them together..May Allah bless you n fullfill ur dreams…Ly ifoo sis????❤❤???????..Waiting for Sunday ah mihaaru..kyp up the gud wrk…

    1. ifoo says:
      March 9, 2019 at 11:51 am

      Awwwwnn ❤️❤️❤️???… Thankyou soooooo much jiji ❤️❤️❤️?????????… V v v v bodah ufaavehje ???… It encouraged me a lot ???❤️❤️❤️… Let’s see what happens ???… Once again thankyou soooooo much jiji for the support n love ❤️❤️❤️?????????… Much more loves from me ❤️❤️❤️?????????…

  15. maai says:
    March 8, 2019 at 11:27 am

    yey..finally up v dhw…miss vaahaka ah inthixaaru koh koh varubalivejje???…25 times ah vure ginain check kurin up vefa tho..☺☺vaahaka kiyan libumun ufalun kameh neiii….ifoo loabi gadaa mi vaahaka haadha reachey❤❤❤❤❤❤…maasha Allah..your are amazing writer.??????????..haadha reachey mi baives….lahun comment kurevuny ma sry ingey.???…dhen ehen dhuvahakun dhigu dhigu commenteh liyelaanan…??????
    ifoo I am really proud of you..and appreciate your hard work….love u ifoo dhoony???

    1. ifoo says:
      March 9, 2019 at 11:54 am

      Awwwwnn ❤️❤️❤️???… Thankyou soooooo much maai ❤️❤️❤️???… V v v ufaavehje ???… Ur so sweet dear ???❤️❤️❤️… It’s ok lahun vx comment kohleema ???… I’m really proud that I got a reader like you ???❤️❤️❤️???… Once again thankyou soooooo much maai n love you too dear ❤️❤️❤️?????????…

  16. Naum says:
    March 8, 2019 at 12:23 pm

    Awwnn..finally aan is here, and miinu and aan meet vehjje…????❤❤❤❤❤… im so so so happy…???.. wow vaahaka kiyaa iru hama heevany film eh balaa levey hen..sifa kurun hama ehaaves reethi. MashaAllah..❤❤❤.. mi vaahaka kithanme varakah kiyas foohi nuvaane meehaku, hama ehaa ves reethi.??. Hama hithaa kulhelaa vaahaka kiyamun dhaairu, mi buny hurihaa feelings eh feel vey… and thats the best part about this story..vaahaka kiyan fashaafa huhttaalaa hitheh nuvey ehkkoh nukiya eh.. ehn vaahaka thakakah nuvey mihenneh. Mi site ga hunna gina vaahaka kiyan ekam mi vaahaka kahala vaahaka eh neih..??. Vaahaka reethi kamun comment nukoh nuhureveny ves…
    Varah dhuvas vehjje dhw naum ge comment eh nulibey tha..bxy kamun comment eh nukureveny…im sorry for that..ekam kiyan hurihaa baeh ves..??.
    Much love ❤❤❤❤ and happy women’s day??

    1. ifoo says:
      March 9, 2019 at 11:57 am

      Awwwwnn ❤️❤️❤️???… Thankyou soooooo much naum ❤️❤️❤️?????????… V v v ufaavehje comment eh kohlyma ???… Naum ge comment kiyaalaafa ifoo ah bunaane ehcheh vx neynge ???… Ehaa vx ufaavehje ??????… Once again thankyou soooooo much for the support n love ❤️❤️❤️?????????… I hope abadhuvx thigothuga naum ge support libeyne kamah ???… Much more loves from me ❤️❤️❤️?????????…

  17. @Ikleel says:
    March 8, 2019 at 6:05 pm

    Yes…!!! ❤❤????….Its finally here again…❤❤????…Wow…!!! Its wonderful my dear…❤❤????….Howx you my dear…❤❤????…Hope you will be fine…❤❤?????..This story is just flawless dear…❤❤????…Imaginations are just super…❤❤????….Words are nicely arranged…❤❤????…Nothing bad in this story…❤❤????…I just like the way you bring it….❤❤????….Thnx aan genesdhinyma anekkaa vex…❤❤???….The ending of this part was just fantastic….❤❤????….Alhe e dhe kudhin gulhuvaba avahah…❤❤????…Nail and ash ge fights vex vrh salhi….❤❤????…Vrh majaa e kudhin ulhey goiy….❤❤????….I think they are also good to go for relation…And i think aan ge mom preffer kuraane aan minnu aa gulhen…If it happens..,Its great…❤❤????…Keep it up your good work dear…❤❤????…I will support you always…❤❤????….May god bless you dear….❤❤????…Thanks readers happy koh dheyn thi kuraa bura masakkathah…❤❤????…I really appriciate it….❤❤????…Waiting for next part….❤❤????…Hope next part mi part ah vure salhi koh gennaane kamah….❤❤????..Mi part vex ehaa salhi…❤❤????…Jumla koh mulhi story vex vrh vrh salhi….❤❤????…Miss you and much loves from me….❤❤❤??????
    THE BEST STORY
    THE BEST WRITTER
    ❤❤❤❤????

    1. ifoo says:
      March 9, 2019 at 12:00 pm

      Wowwww… Thankyou soooooo much @Ikleel for the colourful Comment ❤️❤️❤️?????????… V v v bodah ufaavehje comment kiyaalaafa ???… It means a lot for me ???… Let’s see what happens ???… Keep waiting ???… Much more loves from me ❤️❤️❤️?????????…

  18. unique says:
    March 8, 2019 at 7:32 pm

    ifoo this story is just amazing unique doesnt have any words to describe how nice the story is
    just love the story
    may you have a blessed future
    ameen

    1. ifoo says:
      March 9, 2019 at 12:01 pm

      My dear sweet Unique ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… I’m so happy to know that u like it ???… It means a lot for me ???… Much more loves from me n may you have a bright future ❤️❤️❤️?????????…

  19. Shehe says:
    March 8, 2019 at 9:28 pm

    Ifoo Instagram beynun kuran tha

    1. ifoo says:
      March 9, 2019 at 12:03 pm

      No… Now use nukuran ???…

  20. Livy says:
    March 9, 2019 at 1:27 am

    Hi my DEAREST ifoo ❤❤?? Hope you’re doing good ???? HAAADHA REECHEY STORY ALHEYYY MASHA ALLAH ???????????????❣❣❣❣❣❣❣❣❣❣???????????❤❤❤❤❤ hama huva bunaane ehcheh ves neynge hama reeethi kamun gos livy iny hama gelli hus vefa ?? I thought cinema akah vadhe movie eh beleny kamah ?? hama ehaaaa ves reethy ey.. My god you have that one talent so bright ???????????????? Keep shining love ?????? And omg that ending ?? aan aa minnu aa ekkoh in fahu part kiyaalaafa hama hithuga kulhely lava eh.. Maybe you would know silsila badalte rishton ka ge title song ❤❤❤ I really love that song ❣❣❣ Hama e song hithah aee furathama ves ??? Kuriyah oi thaaga e dhekudhin ge scenes thakuga dhaany hama eki lava lava jehemun livy hithuga ingey ???? and this part is sooooo long ?? varah kamudhiya ehenve ves.. Dhen ifoo thee hama best ehnun abadhuves ???? and oh god ?? Aan ge entry aa dheytherey keeekey bunaany.. Airport in nukumegen car ah araa gey dhoru mahchah gos emmenah surprise dhee room ah vanna hisaabah hama buneveynee superb ey eyoh description ❤❤❤❤❤❤❤❤❤❤❤ Love love love love lovedddd it hama ???????? I dont know I am so happy Livy ah mihaa varuge story eh kiyaalan choose kollevunyma.. Thank you so so so so so so much ifoo darling mihaa loaaabi story thakeh livy menaa hama yah genesdheythee ???? i am very veryyy thankful ???? can’t wait to see aloof ge reaction when he sees Minnu and Aan together hahaha ?? and oh yeaaah !! Somebody kept texting dho minnu ah.. Sorry ey kiyaafa.. Im so sure thats aloof ??????? anyway mihen gos kiyanyaa kee dhaane lakka ehchehi ves ❤❤❤❤ Varah varah varah reethi keep it up my darling ???? so proud of you ??? lots lots looooots of love ❤❤❤ mihaaru nuves nidheyey kiyaa hithun mi story dhen vaane gothakaa dheytherey visnan hadhain ???? hama ifoo ge molhu kan.. Love youuu ????????????????????????Maa bondi dozen eh dheynan hama ????????????????????????????????????????????????????

    1. ifoo says:
      March 9, 2019 at 12:16 pm

      Livyyyyy❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️… I’m just speechless ???… After reading your lovely comment I just don’t know what to say ???… I don’t know have any word to describe how much happy I am ???… Livy ❤️❤️❤️… I just want to say that I’m really proud that I got a reader like you ???❤️❤️❤️??????… You have proved me that you are a true supporter
      for me ❤️❤️❤️?????????… From the first story onwards I am getting ur full support n love ❤️❤️❤️???… Livy akee ifoo ge hama enme best eh reader ❤️❤️❤️?????????… Livy ge konme comment akun vx v v v bodah encourage vey ❤️❤️❤️?????????… Ehaa bodah ufaavey ❤️❤️❤️?????????… I feel lucky cause I have a reader like you ❤️❤️❤️?????????… Only I can say is thankyou sooooooooo my Dearest livy for the long, colourful, supportive comments ❤️❤️❤️?????????❤️❤️❤️… I’m really thankful for the support n love ❤️❤️❤️?????????… Dhn neynge bunaane ehcheh vx ufalun gos ???… Everytime you made me speechless ???… Livy ge mi comment ifoo ah repeated koh kiyunu vareh vx neynge ???… Hama mi comment kiyaalaa hithunvx online velan eba ???… Ummeedhaky abadhuvx thigothugaa livy ifoo ah support kuraane kamah ???❤️❤️❤️?????????… Once again thankyou soooooo much dear Livy n much much more loves from me ❤️❤️❤️?????????❤️❤️❤️…

    2. ifoo says:
      March 9, 2019 at 1:41 pm

      N yesss livy ❤️❤️❤️???… I know that song ???… V v reethi e lava ifoo ah vx plus v gulhey e lava story ge e situation aa n whole story aa vx gulhey e lava ??????… Ifoo regular koh hama v balaa hithun balaa drama series eh aeee ???… Hehheh…

    3. Livy says:
      March 10, 2019 at 7:06 pm

      Haha alheyyy ❤❤❤ Livy huriha comment eh ves liyany varah liyaa hithunney ??? Thank you sooo much ??❤❤❤??????

    4. ifoo says:
      March 11, 2019 at 10:59 am

      Hehhe… Ekan ingey livy ge knme comment ehvx kiyaaleema ❤️❤️❤️??????… Most welcome dear ❤️❤️❤️?????????…

  21. rifoo says:
    March 9, 2019 at 10:19 am

    wowwwwwwww……. alhey ifoooooooo.. varah loabi ingeyh.. mihaaru varah comment nukurevey dhw.. varaaaaaaaahh reethi story.. dhen e dhe couple avahah gulhuva… varah loabivey ..

    1. ifoo says:
      March 9, 2019 at 12:19 pm

      Awwwwnn ❤️❤️❤️???… Rifoo ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… It means a lot for me ???… Let’s see what happens ???… Much more loves from me dear n hope to see ur comment more often ❤️❤️❤️?????????…

  22. Naju says:
    March 9, 2019 at 12:24 pm

    Awwwwwn ??? Ifoo mi partvx v v v rythi ingey ??????… lahun namavx up kohladhinyma v v v happy vehje plus dhigukoh genasdhinyma ❤❤❤???… Ur the best writer i ever seen ??????… n ur a really great ??????… much n more loves ???❤❤❤?????????

    1. ifoo says:
      March 9, 2019 at 1:38 pm

      Naju ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????.. Much more loves ❤️❤️❤️??????????…

  23. ifoo says:
    March 9, 2019 at 12:27 pm

    Dear readers ❤️❤️❤️???❤️❤️❤️??????… Thikudhinge comments thah fenifa hama hurihaa readers ah haasakoh post eh kohlaahihvee ifoo ??????❤️❤️❤️… Enme furathama vx ifoo beynun vany ifoo ah thidhey support ah thihurihaa readers ah shukuru dhanavan ???❤️❤️❤️… I’m really very thankful from bottom of my heart to all my readers for the support n love ❤️❤️❤️?????????… Ifoo ge stories kiyaa, comment koh, like dhey hurihaa kudhinnah hama v v v v bodah shukriyaa ❤️❤️❤️?????????… Thikudhinge comments thakun ifoo ah v v v bodu hihvareh libigendhey mi rogun kuriah dhiyumah ????❤️❤️❤️… Thikudhinge support aa nulaa ifoo ah mi hisaabakah naadheveyne… So adhivx ehfaharu ifoo ge hithuge adin thihurihaa kiyuntherinnah v v v bodah shukriyaa ❤️❤️❤️?????????… Ummeedhukuran abadhuvx thigothugaa ifoo aaeku vaane kamah ???❤️❤️❤️??????… Love you all my dear readers ❤️❤️❤️?????????…

  24. A..na says:
    March 9, 2019 at 7:37 pm

    U are most wlc dear??????our full support is always with u ifooo?????????❤❤❤❤?????????

    1. ifoo says:
      March 9, 2019 at 9:41 pm

      Awwwwnn ❤️❤️❤️???… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… Much more loves ❤️❤️❤️?????????…

  25. Mi says:
    March 9, 2019 at 10:49 pm

    Koniraku vaahaka up kuranee

    1. ifoo says:
      March 11, 2019 at 10:57 am

      I have uploaded the story last night ???…

  26. juma says:
    March 10, 2019 at 2:40 pm

    when next part

    1. ifoo says:
      March 11, 2019 at 10:57 am

      I have uploaded the story last night ???…

  27. ishhhhh says:
    March 10, 2019 at 7:56 pm

    Dear ifooo afe you ifsha

    1. ifoo says:
      March 11, 2019 at 10:58 am

      No… I’m not… My real name is not ifsha ???…

Comments are closed.

Next Episodeވިންދޭ ލޯބި ތީ އެދޭ 35←


All Right Reserved!