ވީރާނާވެފައިވީ ޙަޔާތް މަގޭ 10
“ކޮންމެހެން ރޯނެކަމެއް ނެތް… ތި ކަރުނަތަކުން އަސަރުކުރާނީ މަންމަމެންނަށް… އަހަރެންގެ ހިތަކަށް އެއްވެސް އެއްޗެއް ނާރާނެ… މަންމައާއި ބައްޕަ ޝަބާ ބުނާހާ އެއްޗެއް ގަބޫލުކުރިޔަސް އަހަންނެއް ނުކުރާނަން… ފެންނަހާ ފިރިހެނެއްގެ ފަހަތުން އުޅެން ޖެހޭތަ؟؟… ކިހާ ދެރަކަމެއް… އަހަރެން ހިއެއް ނުކުރަން ތިއީ އެހާ ދަށުދަރަޖައިގެ މީހެއް ކަމަކަށް… ފައިސާއަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނަންދޯ؟” ރަޔާން އެންމެ ފަހުން ބުނެލި ވާހަކައިން، އަހަރެންގެ ކަރުނަތައް ކުއްލިއަކަށް ހުއްޓުނެވެ. ދެލޯ ބޮޑުކޮށްލަމުން ރަޔާންގެ މޫނަށް ބަލާލެވުނެވެ.
**********************
“އަހަރެންގެ މައިންބަފައިންގެ ފައިސާގެ ދަހިވެތިކަމުގައެއްނު ތި އުޅެނީ…. ލިބޭވަރު އަދިވެސް މަދީތަ؟ ގައިމު މަންމަމެން ޝަބާގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ…. ބޭނުންވާހާ ކަމެއް ކޮށްދޭން ތައްޔާރަށް އެ ތިބެނީ… ހިތްނުފުރެނީ ދޯ އެވަރުންވެސް؟… އިމާދަކީ މުއްސަންޖެއްވީމާ، މިހާރު އޭނާގެ ފަހަތުން ތި އުޅެނީ..” އަހަރެން ފައިސާގެ ދަހިވެތިކަމުގައި އެއްވެސް އިރެއްގައި ނޫޅެމެވެ. ބޮޑުބޭބެމެންގެ މުދަލާއި ހެދި އަހަރެން އުޅޭކަމަށް، ރަޔާންއަށް ހީވެފައިވާނަމަ، އެއީ ކުށްހީއެކެވެ. އަހަރެން އެމީހުންގެ އެއްވެސް މުދަލެއް ބޭނުމެއް ނޫނެވެ.
ދެން ރަޔާން ދެއްކީ އަހަންނަށް އަޑުއަހަން ކުޅަދާނަ ވާހަކަތަކެއް ނޫނެވެ. ފައިސާއަށްޓަކައި، އަހަންނަކީ އަމިއްލަ އަބުރާއި އިއްޒަތްވެސް ވިއްކާލަން ފަސްނުޖެހޭނެ މީހެއްކަމަށް ބުނެލިއިރު، އަހަންނަށް އެއްވެސް އެއްޗެއް ނުބުނެވިފައި ހުރެވުނީއެވެ. އެހާ ދަށުދަރަޖައިގެ ވިސްނުމެއް ރަޔާންގެ ހުރީތީ އަހަރެންގެ ހިތުގައި ޖެހުނެވެ. އަހަންނަކީ އެއްވެސް އަގެއްހުރި މީހެއް ކަމުގައި ރަޔާން ނުދެކެއެވެ.
“ބުނަން… ފާޑުފާޑުކުރަން ނޫޅޭތި… އަހަންނާއި އަހަރެންގެ މައިންބަފައިންނާއި ދެމެދަށް ވަންނަން މަސައްކަތްކުރީ މިއޮއް ހުރިހާ ދުވަހު… މިހާރު ތި އުޅެނީ އަހަންނާއި، އަހަރެންގެ ރައްޓެހިންނާއި ދުރުކުރަން… އެ މީހުންގެ ބޮލަށް އުނދަގޫވެގެން މިގެއަށްވެސް ނުވަންނަވަރު ކުރާކަށްނު ތި އުޅެނީ… ރައްޓެހިންގެ ކުރިމަތީގައި، އަހަރެންގެ އަގު ވައްޓާލާނެ ގޮތެއް ނޭންގިގެންތަ ތި އުޅެނީ؟؟…. މީހަކު މޮޔަވެދާނެ!…. އަހަންނަށް ކިރިޔާވެސް ހިތްހަމަޖެހުމެއް ލިބެން އޮންނަ ކަމަކަށްވިއްޔާ، ހުރަސްއަޅަން ހުންނާތި…” މިހެން ބުނެ، ރަޔާން ސޯފާ މަތީގައި އޮތް ކުޝަން ނަގާ ހޫރާލިއެވެ. އައިސްފައި ހުރި ރުޅި، ދިރުމެއްވެސް ނެތް އެއްޗެއްސަށް ބާލަމުން ދިޔައެވެ.
“އަހަރެން މަޑުން ހުއްޓަސް ހީނުކުރާތި ޝަބާއަށް ކާމިޔާބުވީއޭ…. މި ހުރިހާ ކަމެއްގެ ބަދަލު އަހަރެން ހިފާނަން.. ބަލަން ހުންނާތި…” ރަޔާން ދިނީ އިންޒާރެކެވެ. އަހަރެން ކޮއްޕާލުމަށްފަހު، ރަޔާން އެތަނުން ދިޔައީއެވެ. ހަމައެކަނި އިމާދު ދެއްކި ވާހަކަތައް ޤަބޫލުކޮށްގެން ހުރެ، އެހުރިހާ އެއްޗެއް އަހަންނާއި ދިމާއަށް ކިޔާފައެވެ. އަހަރެންގެ ގާތުން ވީގޮތް އަހާނުލިއިރު، ދައްކާ ވާހަކަ އަޑު އަހާކަށްވެސް ރަޔާން ބޭނުމެއް ނުވިއެވެ.
ރަޔާން ކޮއްޕާލުމުން، ސޯފާ ކުރިމަތީގައި ހުރި، މޭޒުގެ ކަނުގައި އަހަރެންގެ ބޯ ޖެހުނެވެ. ޖެހުނު ބާރުމިނުގައި، ދިލަ ތަދެއް އިހްސާސްކުރެވުނެވެ. ތަދުވަމުން ދިޔަ ތަނުގައި އަތް އަޅާލިއިރުވެސް، އަހަންނަށް ރޮވެމުން ދިޔައެވެ. އަތް ދުރުކޮށްލާ ބަލާލިއިރު، ލޭ އަންނަނީއެވެ.
އެދުވަހު ރަޔާން ކީ އެއްޗެހިން، އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އަހަރެންގެ ބޮލުގައި އެޅުވި ދޮގު ތުހުމަތުތަކުގެ ސަބަބުން އަހަރެން ވަރަށް ދެރަވިއެވެ. ފައިސާއަށްޓަކައި ކޮންމެ ކަމެއްވެސް ކޮށްފާނެއޭ ބުނިއިރު، ފައިސާއަށްޓަކައި އަހަރެން ކުރި ކަމެއް، ރަޔާންއަކަށް ބުނެއެއް ނުދެވުނެވެ. ކޮންމެ އަނިޔާއެއްގެ ނިޝާން، ބޭރު ފުށުން ފެންނާކަށް ނުހުންނާނެއެވެ. މީހުންގެ އިހާނެތި ބަސްތަކުން، ހިތަށް ލިބޭ އަނިޔާއަކީ ވަކި ކުޑަ އަނިޔާއެއް ނޫނެވެ. ތާޒާކަމާއެކު، އެފަދަ ޒަޚަމްތައް ތާއަބަދަށް ދެމިހުރެއެވެ. އެފަދަ ކަންކަން، ހަނދާންނައްތާލަންވެސް ފަސޭހަކަމަކަށް ނުވެއެވެ.
އެދުވަހު، ހަޤީޤަތް ބަލާނުލާ އަހަންނާއި ދިމާއަށް ހިތަށް އެރިހާ އެއްޗެއް ކިޔާ، އެންމެ ފަހުން އިންޒާރު ދީފައި ދިޔައިރުވެސް، އެއިން އެއްވެސް ކަމެއްގެ ވާހަކަ، އަހަރެން ބޮޑުބޭބެމެން ގާތު ނުބުނަމެވެ. މަސްލަހަތަށްޓަކައި، އަހަރެން އިޚްތިޔާރުކުރީ ހަނުހުރުމެވެ. އަހަންނަށް ލިބިފައި ހުރި އަނިޔާގެ ވާހަކަ އެހުމުން، އަހަރެން އޮޅުވާލީ، އެވާހަކަ އިތުރަށް ދައްކަން ބޭނުން ނުވާތީއެވެ. އަހަރެމެންގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް އެނގިގެން، އިތުރަށް މައްސަލަ ގޯސްކުރަން ބޭނުންނުވާތީއެވެ.
އޭގެ ފަހުން، އަހަރެންގެ އަޒުމަކަށްވީ ކިޔަވައި ނިމިގެން، ވީ އެންމެ އަވަހަކަށް ވަޒީފާއެއް ހޯދުމެވެ. އަމިއްލަ ފައިމައްޗަށް ތެދުވެވުމުން، އެހެންމީހަކަށް ބަރޯސާނުވެ، ހަމަޖެހިލައިގެން ދިރިއުޅެވޭނެކަމަށް އަހަރެން ޤަބޫލުކުރީމެވެ. ވުމާއެކު، ކިޔެވުމުގައި ހޭދަކުރާ ވަގުތު އިތުރުކޮށް، ރަނގަޅު ނަތީޖާއެއް ހޯދުމަށް، އިތުރު ހިތްވަރާއެކު މަސައްކަތްކުރަމުން ދިޔައީމެވެ.
އެދުވަހުގެ ފަހުން، ރަޔާންއަށް އަހަރެން ފެނިއްޖެނަމަ، ރުޅިވެރިކަމުން ބަލާލާއިރު، ލޮލުން އަލިފާންކަނި ބުރާކަހަލައެވެ. ހީވަނީ އެދެލޮލުން އަހަރެން ފިއްސާލަން އުޅޭހެންނެވެ. އެހެންކަމުން، ރަޔާންގެ ކުރިމައްޗަށް އަރަން ބޭނުން ނުވާތީ، އަހަރެން ގިނަ ވަގުތު ހޭދަކުރަން ފެށީ ކޮޓަރީގައެވެ. ނޫނީ ރައްޓެހި ކުދިންނާއެކު، ގްރޫޕް ސްޓަޑީ ހެދުމުގައެވެ. އޭނާގެ ރައްޓެހިން އައިސްއުޅޭކަން އެނގިއްޖެނަމަ، އަހަރެން ކޮޓަރިއަކުން ނުނުކުންނަމެވެ.
ޖެހިގެން އައި އަހަރު، ރަޔާން ރާއްޖޭން ބޭރަށް ފުރީ، އިތުރަށް ކިޔަވަންވެގެންނެވެ. އޭރުވެސް، އަހަރެމެންގެ ގުޅުމަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ. ނަމަވެސް، ކުރީގައިހެން ރަޔާން ނުރުހިފައި ހުންނަ ތަނެއް ފަހުން ނުފެނެއެވެ. އެ ލޮލުން ކުރިން ފެނުނު ނަފްރަތު، ފަހުން ނުފެނުނީ ކީއްވެ ކަމެއް، އަދިއަދަށްދާންދެންވެސް، އަހަންނަކަށް ނޭންގެއެވެ.
ފަހުންފަހުން، އަހަރެން ފެނުނަސް އެއްވެސް އަސަރެއް އެމޫނުން ދައްކާނުލާ ހުންނައިރު، އޭގެ ސިއްރަކީ ކޮބާކަމެއް އަހަންނަކަށް ނޭންގެއެވެ. އެކަމަކުވެސް އަހަރެން ފެނިއްޖެނަމަ، ފިލަން މަސައްކަތްކުރާހެންވެސް ބައެއްފަހަރު ހީވެއެވެ. އަހަރެން، ރަޔާންގެ ކުރިމައްޗަށް އަރަން ބޭނުންނުވާހެން، އޭނާވެސް އަހަންނާއި ކުރިމަތިލާން ބޭނުންނުވަނީކަމަށް ވެދާނެއެވެ. ކޮންމެހެން ބުނަންޖެހޭ އެއްޗެއް ފިޔަވައި، މާ ގިނަ ވާހަކަތަކެއް އަހަރެމެންގެ މެދުގައި އޭރުވެސް ނުދެކެވެއެވެ. ދެކެވުނު ވާހަކައެއްވެސް ދެކެވިފައިވަނީ، ހަމައެކަނި ބޮޑުބޭބެމެންގެ ސަބަބުންނެވެ.
ރާއްޖޭއިން ބޭރަށް ދިޔަ ފަހުން، ރަޔާން ޗުއްޓީއަށްވެސް އަންނަނީ މަދު ފަހަރަކު، ހިތަށް އެރިއްޔާއެވެ. އަހަރެން އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީ، އަހަރެންގެ ދިރިއުޅުމައިގެން ކުރިއަށް ދެވޭތޯ ބެލީމެވެ. ބޮޑުބޭބެމެންނާއި އަހަންނާއިމެދު އޮންނަ ގުޅުމަށް، ރަޔާންގެ ސަބަބުން އެއްވެސް ދުރުކަމެއް އައިސްފައި ނުވާތީ، އަހަރެން އުފާކުރަމެވެ.
**********************
އެކަމަކު މިއަދު މިވީ ކިހިނެއްހެއްޔެވެ؟ އަހަރެން ހީކުރީ އެހާ ދުވަސްވީއިރުވެސް، އެކަހަލަ ވާހަކައެއްވެސް ދެކެވިފައި ނުވާތީ، ރަޔާން އެކަންތައްތައް ހަނދާން ނައްތާލީ ކަމަށެވެ. މިފަދަ ގޮތަކަށް، ބަދަލު ހިފުމުގެ ވިސްނުމެއް ގެންގުޅެފާނެކަމަކަށް، އަހަރެންގެ ހިތަށްވެސް ނާރައެވެ.
ކުރިން އަހަރެން އެއްޗެއް ނުބުނެ ހުރީ ހަމައެކަނި ބޮޑުބޭބެމެންގެ ހައްޤުގައެވެ. އަހަރެންގެ ހަނުހުރުމުގެ ނާޖާއިޒު ފައިދާ، މިގޮތަށް ނަގާފާނެކަމަކަށް ހިއެއް ނުކުރަމެވެ. ރަޔާންއަށް މިފަހަރު ހެދުނީ ގޯހެކެވެ. ވަރަށް ބޮޑު ގޯހެކެވެ. މިފަހަރު، ރަޔާން އެ ދިމާކުރީ، އަހަރެންގެ ފުރާނަފަދަ ދަރިފުޅާއެވެ. ކުރީ ފަހަރުތަކެކޭ އެއްގޮތަށް، މިފަހަރުވެސް އަހަރެން މަޑުން ހުންނާނެކަމަށް އޭނާއަށް ހީވާނަމަ، އެއީ ކުށްހީއެކެވެ. އަހަރެން މި މަޑުކުރަނީ، ރަނގަޅު ވަގުތު ޖެހެންދެނެވެ. އޭގެ ފަހުން، އަހަރެން ރަޔާންއާއި ކުރިމަތިލާނަމެވެ.
**********************
ޚިޔާލުތަކުގެ ތެރެއިން އަހަންނަށް ނުކުމެވުނީ، ފޯނު ރިންގުވާ އަޑަށެވެ. ފޯނު ނަގާ ބަލާލިއިރު، ދައްތަ ގުޅަނީއެވެ. ދެޚިޔާލެއްގައި ހުރެފައި، އެންމެ ފަހުން، އަހަރެން ފޯނުނެގީމެވެ. ދައްތަ، ޝާފީގެ ވާހަކަ އެހުމަށްފަހު، އަހަރެން ނާންނާތީ އައިނީ ދެރަވެގެން އުޅޭ ވާހަކަވެސް ބުންޏެވެ. އަދި އައިނީ ގޮވައިގެން ހަވީރު ގެއަށް އަންނާނެކަމަށް، ދައްތަ ބުންޏެވެ. މާ ގިނަ ވާހަކަ ނުދައްކާ، އަހަރެން ފޯނު ބޭއްވީމެވެ. ސޯފާގައި ހަމަޖެހިލަމުން ދެލޯމަރާލީމެވެ. އަނެއްކާވެސް ވިސްނުމުގެ ތެރެއަށް ގެއްލުނެވެ.
**********************
އެރޭ ބަދިގޭގެ މަސައްކަތް ނިންމާލުމަށްފަހު ކޮޓަރިއަށް އަހަރެން ދިޔައިރު، ޔަމާންއެއް ނެތެވެ. ޝާފީއަށް ނިދިފައި އޮތުމުން، އަހަރެން މަޑުކޮށްލީ، ސިޓިންގރޫމުން ނުކުމެވެން ހުންނަ ބެލްކަނީގައެވެ. ނަމަވެސް ވަށައިގެން ފެންނަ އެއްވެސް އެއްޗަކަށް، އަހަރެންގެ ސަމާލުކަން ދެވިފައެއް ނުވެއެވެ.
އެތާންގައި ހުރެވުނީ ކިހާ އިރެއް ވަންދެންކަމެއް އަހަންނަކަށް ނޭންގެއެވެ. އެހާވެސް ބޮޑަށް ފިކުރުތަކުގެ ތެރެއަށް، އަހަރެން ހުރީ ގެއްލިފައެވެ. ހަމަހޭވެރިކަމެއްވީ ޔަމާންގެ އަޑު ދާދި ގާތުން އިވުމުންނެވެ. ސިހިފައި އަހަންނަށް ބަލާލެވުނެވެ. އިރުކޮޅެއްވަންދެން، ދެމީހުންކުރެ އެކަކުވެސް އަނގައިން ނުބުނެ ތިބީމެވެ. ޔަމާން އަހަރެންގެ މޫނަށް ބަލަމުން ދިޔައީ، ކަމެއް ދިރާސާކުރާ ފަދައިންނެވެ. އަހަރެންގެ މޫނުން، އޭނާ ހޯދަމުން ދިޔައީ ކޮން އެއްޗެއް ކަމެއް އަހަންނަކަށް ނޭންގެއެވެ.
ދުރަށް ނަޒަރު ހުއްޓާލި ވަގުތު، ޔަމާން އަހަރެންގެ އަތުގައި ހިފާ ގަޔާއި ކައިރިއަށް ދަމާލިއެވެ. އަހަރެންގެ ހަށިގަނޑުގައި ދެއަތް ވަށާލުމުން، އަހަރެންވެސް އެ މޭގައި މޫނު ޖައްސާލައިގެން ހުރީމެވެ.
“ޝަބާ… އެއްވެސް ކަމެއް އަހަންނަށް އެބަ ސިއްރު ކުރަންތަ؟…. ނޫނީ ކިޔައިދޭން ބޭނުންވާ ކަމެއް އެބަ އޮތްތަ؟” ސިހިފައި އަހަންނަށް ޔަމާންގެ މޫނަށް ބަލާލެވުނެވެ.
“އަހަންނަށް ޝަބާގެ މޫނުމަތިން ފެންނަ ކަންބޮޑުވުމުގެ އަސަރަކީ، ހަމައެކަނި ޝާފީއަށް ދިމާވި ހާލަތުގެ ސަބަބުން ފެންނަ ކަމެއްތަ؟” އަހަންނަށް އެއްވެސް އެއްޗެއް ނުބުނެވި އުޅެނިކޮށް، ޔަމާން އަނެއްކާވެސް ސުވާލުކުރިއެވެ.
“އިރާދަކުރެއްވީތީ، ޝާފީގެ ހާލު އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުވަމުން އެދަނީ… އެކަމަކު، ޝަބާގެ މޫނުމަތިން ފެންނަނީ ހާސްކަމާއި ނުތަނަވަސްކަން… ކީއްވެ؟” ދެންވެސް ވާހަކަ ދެއްކީ ޔަމާންއެވެ. އެ އަޑުގައި އެކުލެވިގެންވި، ކަންބޮޑުވުމުގެ އަސަރުން އަހަންނަށް އިސްޖަހާލެވުނެވެ. ޔަމާންއަށް އެވާހަކަތައް ކުރިން ކިޔައިނުދެވުނީތީ ދެރަވިއެވެ.
“ޔަމާން…” ފުންނޭވާއެއް ދޫކޮށްލުމަށްފަހު، ޔަމާންގެ މޫނަށް ބަލާލީމެވެ. އަހަރެން ދައްކަން މި އުޅޭ ވާހަކަ ފެށުމަށް ތައްޔާރުވެލީމެވެ. ޔަމާން ފަރުވާތެރިކަމާއެކު، އަހަރެންގެ މޫނަށް ބަލާލިއެވެ.
“ޔަމާން…… ޔަމާން…. އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުން….” ރަޔާންގެ ވާހަކަ ބުނާނީ ކިހިނެއްކަމާއިމެދު އަހަރެން ވިސްނާލީމެވެ.
“އަހަރެން މިހުރީ އަޑުއަހަން…” ޔަމާން އަހަންނަށް ވާހަކަ ކުރިއަށް ގެންދިއުމަށް ހިތްވަރު ދިނެވެ.
“ޔަމާން… ޝާފީ….. ޝާފީ އެ ދުވަހު ސިޑިން…” އަހަންނަށް އެ ވާހަކަ ބުނާކަށް ފަސޭހައެއް ނުވިއެވެ.
“އަހަންނަށް ހީވަނީ… އަހަންނަށް ހީވަނީ… އެއީ އެކްސިޑެންޓެއް ނޫންހެން…” އުނދަގުލުން ނަމަވެސް، އަހަރެން އެވާހަކަ ބުނީމެވެ. ޔަމާންގެ މޫނުމަތިން ހައިރާންކަން ފެނިގެން ދިޔައެވެ. އަހަރެންގެ ވާހަކަ މެދުކަނޑާލެވުނީ، ކުރިއަށް ގެންދަން އުނދަގޫވުމުންނެވެ.
“ކީއްވެ ތިހެން ތިބުނީ؟..” އަހަރެންގެ މޫނަށް ބަލަން ހުރުމަށްފަހު ޔަމާން ސުވާލުކުރިއިރު، އެ އަޑުގައިވެސް ހައިރާންކަން އެކުލެވިގެންވެއެވެ.
“އެދުވަހު…. އެދުވަހު އަހަންނަށް…. ޝާފީ ވެއްޓިފައި އޮއްވާ ފެނުނުއިރު، ރަޔާން ހުރި ސިޑި މަތީގައި…” އަހަރެންގެ ވާހަކަ އަޑުއިވުމުން، ޔަމާންގެ ނިތަށް ރޫ ގިނަވިއެވެ. ހީވަނީ އަހަރެން ބުނި އެއްޗެއް، އޭނާއަށް ސާފު ނުވަނީހެންނެވެ. އަހަރެންގެ މޫނަށް ބަލަމުން ދިޔަ ގޮތުން، މި ވާނުވާއެއް އޭނާއަކަށް ނޭންގެއޭ ބުނާ ކަހަލައެވެ.
“ދެން؟…” ޔަމާން އެދެމުން ދިޔައީ އިތުރު ތަފްސީލަށެވެ. އަހަރެން ދެން ބުނާނެ އެއްޗަކާމެދު ވިސްނަމުން ދިޔައީމެވެ.
“ކީކޭ ބުނަން ތި އުޅެނީ؟…. ސާފުކޮށް ބުނެބަލަ ޝަބާ… ޕްލީޒް…” އަހަރެންގެ އަތުގައި ހިފަމުން، ޔަމާން ސުވާލުކުރިއެވެ. ސުވާލު އުފެދިފައި އަހަރެންގެ މޫނަށް ބަލަމުން ދިޔައިރު، ކެތްތެރިކަމެއް ނެތި ޔަމާން އިންތިޒާރު ކުރަމުން ދިޔައީ، އަހަރެން އެވާހަކަތައް ކިޔައިދޭނެ އިރަކަށެވެ.
“ރަޔާން އެތާ ހުރުމާއި، ޝާފީ ވެއްޓުމާއި………. އަހަންނަށް ހީވަނީ ރަޔާން ކުރި ކަމެއްހެން އެއީ…” އަހަރެން ޔަމާންގެ މޫނަށް ބަލާލަމުން ބުނީމެވެ.
“ވަޓް؟؟” އަޑަށް ބާރުލާފައި ޔަމާންއަށް ބުނެވުނެވެ. ލިބުނު ސިހުމުގައި، ޔަމާންއަށް އަހަރެންގެ އަތުން ދޫކޮށްލެވުނެވެ. އެ މޫނުމަތިން، ލިބިފައިވާ ހައިރާންކަން ސިއްރެއް ނުވިއެވެ. އަހަރެންގެ މޫނަށް ބަލަމުން ދިޔަ ގޮތުން، އެއީ ޔަމާންއަށްވެސް ޤަބޫލުކުރަން ފަސޭހަ ވާހަކަތަކެއް ނޫންކަން އެނގުނެވެ. އަދި އެއީ އޭނާއަށް އަހަރެންގެ ފަރާތުން، އިވިދާނެކަމަށް ކުޑަކޮށްވެސް އުންމީދުކުރި ވާހަކައެއް ނޫންކަން، އެ މޫނުން ފެނުނު އަސަރުތަކުން ބުނެދިނެވެ.
“ތިބުނަނީ އެއީ… އެއީ ރަޔާން ގަސްދުގައި ކުރި ކަމެކޭތަ؟” އަހަރެންގެ މޫނަށް ބަލަން ހުރެ އަހާލިއެވެ. އަހަރެން މަޑުމަޑުން ބޯ ޖަހާލީމެވެ. އިސާހިތަކު ޔަމާންގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރު ފާޅުވިއެވެ. ކަތުރުކަށިގަނޑަށް ވާންވެލި ގޮތުން ޔަމާން ނުރުހުންވިވަރު، އަހަންނަށް އަންދާޒާކޮށްލެވުނެވެ. ދެބުމަ ގޮށްޖެހިފައިވާއިރު، ދެއަތް ވަނީ މުއްކަވާލެވިފައެވެ. މިއީ މަދުން ނޫނީ ޔަމާންގެ ފަރާތުން ފެންނަ ކަންކަމެއް ނޫނެވެ. ޔަމާންއަކީ، ރުޅި މަޑު މީހެކެވެ. ހިތްހަމަނުޖެހޭ ކަމެއް ދިމާވިއަސް، އެކަން ފާޅުކޮށް، މައްސަލަ ބޮޑުކުރާ މީހެއް ނޫނެވެ.
“ރަޔާން…” ކުއްލިއަކަށް އަހަންނާއި ދުރަށްޖެހިލަމުން ރަޔާންގެ ނަން ކިޔާލިގޮތުން އަހަރެން ޖެހިލުންވިއެވެ. އައިސްފައި ހުރި ރުޅީގައި، ގައިގައި ހުރި ބާރެއްލާފައި ރެއިލިންގައި ޖެހިއެވެ. އަނެއްފަރާތަށް އެނބުރެމުން، ރެއިލިންގ ބާރަށް ހިފައްޓާލިއިރު، އަތުގެ ނާރުތައް ފުއްޕާލާފައިވެއެވެ. އިރުކޮޅަކުން ފެނުނީ، ހަލުވި ފިޔަވަޅުތަކެއްގައި، ބެލްކަނިން ނުކުތްތަނެވެ. އަހަރެންވެސް ޔަމާންގެ ފަހަތުން ނުކުތީމެވެ. އޭނާގެ މިސްރާބު ހުރީ، ގެއިން ބޭރަށް ދިއުމަށެވެ. ސިޓިންގރޫމް ދޮރު ހުޅުވާލި ވަގުތު، އަހަންނަށް ޔަމާންގެ އަތުގައި ހިފާލެވުނީ ކިރިޔާއެވެ. ޔަމާންގެ ފިޔަވަޅުތައް ހުއްޓުނެވެ. އެކަމަކު ފަސްއެނބުރި ބަލައެއް ނުލިއެވެ.
“ޔަމާން…” އަހަރެން ޔަމާންއަށް ގޮވާލަމުން، ޔަމާންގެ ބުރަކަށީގައި މޫނު ޖައްސާލީމެވެ. ޔަމާން އެހުރިގޮތަށް ހުރެ، އޭނާގެ މޭގައި ޖައްސާލެވިފައިވާ، އަހަރެންގެ އަތުގައި ހިފިއެވެ. އަހަރެން ޔަމާން ހުއްޓުވީ، އެއީ އެވަގުތަށް، އެންމެ ރަނގަޅު ގޮތް ކަމުގައި އަހަންނަށް ފެނުނީމައެވެ. އައިސްފައި ހުރި ރުޅީގައި، ކޮންމެ ކަމެއްވެސް ކުރެވިދާނެއެވެ. ޝާފީދެކެ އަމިއްލަ ދަރިއެއް ފަދައިން ޔަމާން ލޯބިވެއެވެ. ޝާފީއަށް އެފަދަ ގޮތަކަށް އަނިޔާއެއް ލިބުނުކަން އެނގުމުން، ޔަމާން މަޑުން ނުހުންނާނެކަން އަހަންނަށް އެނގެއެވެ.
**********************
އެކަމާ ގުޅޭގޮތުން އަހަރެމެން އެރޭ އެތައް އިރެއްވަންދެން ވާހަކަ ދައްކަން ތިބީމެވެ. އެހެން މީހުން ގާތު އެވާހަކަ ނުދައްކާ، އިހަށް މަޑުކުރަން ނިންމީ މަސްލަހަތަށް ބަލާފައެވެ. އެއްވެސް މީހަކަށް އެކަން އެންގުމުގެ ކުރިން، އެކަން ސާބިތުކުރެވޭ ވަރަށް ހެކިވެސް ބޭނުންވާނެތީއާއި އެކުގައެވެ. އަދި ޝާފީއާއިވެސް އެކަމާ ގުޅޭގޮތުން ސުވާލުކުރަން ޖެހޭނެއެވެ. އެކަމަކު އަދި ޝާފީ ކުޑަކޮށް ރަނގަޅުވެލަންދެން މަޑުކޮށްލާނީއެވެ.
ކުރިން އަހަރެން ރަޔާންގެ ވާހަކަ ނުބުނީތީ ޔަމާން ޝަކުވާ ކުރިއެވެ. ޔަމާންގެ މޭގައި މޫނު ޖައްސާލަމުން، އަހަރެން މާފަށް އެދުނީމެވެ. އަހަރެންގެ ހަށިގަނޑުގައި ޔަމާންގެ ދެއަތުން ވަށާލިއެވެ. އަދި ދެން ދުވަހަކުވެސް، އެފަދަ އެއްވެސް ކަމެއް ސިއްރު ނުކުރުމަށް އެދުނެވެ.
**********************
ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. ފަތިހު ތެދުވީއްސުރެެ، ބޮލުގައި ރިއްސާތީ އުޅެފައ،ި މަންމަ ކޮޓަރިއަށް ދިޔަފަހުން އިރުކޮޅެއް ވެއްޖެއެެވެ. ގަޑި ބަލާލާފައި، އަހަރެން ގޮސް މަންމަ ކޮޓަރީގެ ދޮރުގައި، ޓަކި ޖަހާލީމެވެ. އެތެރެއަށް ވަންނަން ބުނުމުން، ދޮރު ހުޅުވާލާފާއި ބަލާލިއިރު، މަންމަ އޮތީ އެނދުމަތީގައި އޮށޯވެލައިގެންނެވެ. އަހަރެން ފެނުމުން، ތެދުވެ، އެނދުގައި އިށީންދެލިއެވެ.
“މަންމާ… މިހާރު ކިހިނެއް؟ އަދިވެސް ވަރަށް ބޮޑަށް ބޮލުގައި ރިއްސާތަ؟” އަހަރެން ސުވާލުކުރީމެވެ.
“ނޫނޭ ދަރިފުޅާ… މިހާރު ކުރިއަށްވުރެ ރަނގަޅު… ނިދާލީމަ ރަނގަޅުވެދާނެހެން ހީވަނީ…” މަންމަ ޖަވާބު ދިނެވެ.
“މަންމާ… ކޮންމެވެސް އެއްޗެއް ބޯލަންވީނު…” އަހަރެން ގެނައި ޓްރޭ ސައިޑްކަބަޑް މަތީގައި ބަހައްޓާލާފައި، ޖޫސްތަށި ނަގާ، މަންމައަށް ދިއްކޮށްލީމެވެ. ޖޫސްތަށި ހުސްކޮށްލުމުން ބޭސް ކާނަންތޯ އަހަރެން އެހީމެވެ.
“ނިދާލާފައި ތެދުވާއިރު، ރަނގަޅު ނުވިއްޔާ ބޭސް ކާނީ…” މަންމަ ޖަވާބުދިނެވެ. އަހަރެން، ސައިޑް ކަބަޑު މަތީގައި، ބޭސް ބެހެއްޓީމެވެ. އެއްވެސް ކަމެއް ބޭނުންވެއްޖެނަމަ، އަހަރެން ގާތު ބުނެލަން އެދުނީމެވެ. މަންމަ އޮށޯތުމުން، އަހަރެން ކޮޓަރިން ނުކުތީމެވެ.
**********************
ނަޒީލްގެ މަންމަ ގުޅީ، އަހަރެން ސިޓިންގރޫމްގައި އިންދައެވެ. ފޯނު ނަގާ ވާހަކަ ދައްކަމުން ދަނިކޮށް، ގޭގެ ބެލްޖެހި އަޑު އިވުނެވެ. ފޯންކޯލް ކުރުކޮށްލަމުން، ފޯނު ބޭއްވީމެވެ.
މިގަޑީގައި އައީ ކާކުބާވައޭ، އަހަރެންގެ ހިތަށް އެރިއެވެ. ގޭގެ ހުރިހާ ފިރިހެންވެރިންވީ އޮފީހުގައެވެ. ދޮންބެދައްތަވީ ރީމާ ގޮވައިގެން، އެމީހުންގެ ތިމާގެ މީހެއްގެ ގެއަށް ގޮހެވެ. މަންމަ ބަލިވެ އުޅޭތީ މިއަދަކު، މަންމައެއް މިބަޔަކަށް ނާންނާނެކަން އަހަންނަށް އެނގެއެވެ. އެހެން ނޫނަސް، އަހަރެން މި އައީވެސް، މަންމަ ނިދަން އޮށޯތުމުންނެވެ. ސުވާލުތަކެއްގެ ތެރޭގައިހުރެ، ދޮރު ހުޅުވާލިއިރު، ފެނުނު މީހެއްގެ ސަބަބުން އަހަރެންގެ ދެލޯ ބޮޑުވިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.




Varah reethi
Thank you so much Ibsha
??
Assalamu Alaikum dear readers
Here is part 10 of ‘Veeraanaa vefaivee hayaai magey’
Hope you will like it
Please share your view about the story
Woooooww varah salhi ? ? ? when next part..
Thank you so much Shahu ??
❤️❤️
Next part tomorrow In Sha Allah
Wow v reethi mi part vx❤❤❤
Thank you so much Beautym ?
Mi dhen haadha common line ekey mi site ga hunna vahaka nimman. Dhoru hulhuvaalaa irah meehaku fenigen dheloa bodu vun. Aharumennah ves migothah dhimaavey hee nukoh hunna meehunnaa. Dhe loa bodeh nuvey ekamaku
Ehentha Sheen?? hama ehaa common tha?
Anyways dear…
Thank you for the comment
Reethi
Thank you IsHa IsHa
?
Varah salhi vaahaka eh
Maashaa Ahlah
?? Thank you so much Amna…
Vaahaka kamudhiyaima varah ufaa vejje
Salhi vvv ???❤️???
Thank you so much Maryy ?
??❤️?
???
Varah reethi.. When next part
Thank you so much Maii ??
Next part tomorrow In Sha Allah
Varah salhi Ingey mi part vx… Mai Naa keep it up