Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކަފުން ވެވިފާ…05

eysh Level 510 Stories100 Comments100 Login500 Comments
August 31, 2019 5 Mins Read
41 Comments

“އަހަންނަށް މަޢާފުކުރޭ… އަހަންނަށް މަޢާފުކުރޭ…” ރޮމުންދިޔަ ނާބިހްގެ ޖުމްލަތަކުން މުޅި ތަނުގައި ހީވީ ބޮމެއް ގޮއްވާލި ހެންނެވެ.

********

ލިބުނު ކުއްލި ޝޮކްގައި އެންމެންވެސް ތިބީ ހުއްޓުން އަރާފައެވެ. ދޫތަކުގައި ތަޅެއް ލެވުނު ފަދައެވެ. ޙަދީޖާ ހުރިތަނަށް ތިރިވިއެވެ. ގަބުވެފައި ނަތާޝާ ހުރީ އަނގަމަތީގައި އަތް އެޅި ގޮތަށް ނަގަންވެސް ނޭނގިފައެވެ. ނާބިހްގެ ރުއިމުގެ އަޑާއި އެކުވެގެން އައީ ޙަދީޖާގެ ގިސްލުުމުގެ އަޑެވެ. މުށިތަކުގެ މަތީގައި ރޯން އިން ޙަދީޖާ ފެނުމާއިއެކު ނާބިހްއަށް އެެެދިމާއަށް ދެވުނެވެ.

“ނާންނާތި… ތި މުޑުދާރު އަތުން އަހަރެންގެ ގައިގަ އަތްލައިގެންވެސް ނުވާނެ…” ޙަދީޖާ އަމުރު ކުރިއެވެ.

ޚަދީޖާގެ ހޭބުއްދި ފިލައިދިޔަ ކަހަލައެވެ. ނާބިހްގެ މޫނަށް ބަލައިލިއިރު، އެ ދެލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ. ކުއްލިއަކަށް ނާބިހް އާއި ދިމާއަށް ދިޔަ ގޮތުން، ނަތާޝާގެ އަނގައިން ނުކުތީ މަޑު ހަޅޭކެއްގެ އަޑެވެ.

ޙަދީގާ ގޮސް ހިފައިގަތީ ނާބިހް ލައިގެން ހުރި ގަމީހުގައެވެ. ހިފައި ދަމައިގަތީނުން މުށިތަކުގެ މައްޗަށް ވައްޓައިލިއެވެ. އޭނަ ވަށައިގެން ބަލަން ފެށީ ކޮންމެވެސް އެއްޗެއް ހޯދާ ފަދައިންނެވެ. އެ ލޮލުގައި އަޅައިގަތީ ބިސްގަނޑު އަޅަން ގެންގުޅޭ ތަވައެވެ. ތަވާ ހިފައިގެން އައިސް ނާބިހްގެ ގައިގައި ޖެހުމަށް ޙަދީޖާ އޭނާގެ އަތް މަޅައިލިއެވެ. އެވަގުތު ޔުމާން އޭގައި ހިފެހެއްޓިއެވެ.

“އަތް އިސްކުރުމަކީ ޙައްލެއް ނޫން…” ތަވާ އަތުލަމުން ޔުމާން ބުންޏެވެ.

“ނާބިހްއަށް މަދުވަނީ ކޯއްޗެއް؟… އެހާ ވަރުން ބަލާ ބޮޑުކުރީމަ ކަންތައް ކުރަން އެނގުނު ގޮތަކީ ތީތަ؟…” ޙަދީޖާގެ އަޑު ކުރެހުނެވެ. ދެލޮލުން އައި ކަރުނަތައް ފޮހެމުން އޭނަ ނާބިހްއަށް ބަލައިލިއެވެ.

ނާބިހް ބަލައިލުމާއިއެކު ޙަދީޖާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ނަފުރަތުގެ އަލިފާންގަނޑުގެ ހުޅުގަނޑު ފަޅައިގެން ދިޔައެވެ.

“ތިކަހަލަ މީހުން ޖެހޭނީ މަރަން…” ޙަދީޖާގެ އަޑު ބަދަލުވިއެވެ.

ހަޅޭއްލަވައިގަނެފައި ނާބިހް އާއި ދިމާއަށް ޙަދީޖާ ދިޔައެވެ. ޔުމާން ނުހިފެހެއްޓިނަމަ، ޙަދީޖާއަށް ގޯހެއް ހެދުނީހެވެ. މޫނުމަތީގައި ދެއަތް ހުރަސްކޮށްލައިގެން ނާބިހް އިނީ ބިރުން ވިރިވިރިއެވެ. ޙަދީޖާގެ އެ ސިފަ އޭނައަށް ކުރިން ދުވަހަކުވެސް ފެނިފައެއް ނުވެއެވެ. އަބަދުވެސް ފެންނަމުން ދިޔައީ ލޯތްބާއި އަޅާލުމާއި، އޯގާތެރިކަމެވެ. އެހުރިހާ ކަމަކާއިއެކު، ހިތުގައި ޖެހުނީ މާ ވަރަކަށެވެ.

ޙަދީޖާ ހަމައަކަށް އަޅުވާފައި ނަތާޝާ އައި އިރުވެސް ނާބިހް ހަމަ އެތަނުގައި އިނެވެ. ރޮއެރޮއެ ގިސްލެވިފައެވެ. ދެލޯ ރަތްވ،ެ މުޅި މޫނުމަތިވެސް ހީވަނީ ދުޅަވެފައި ހުރިހެންނެވެ. ނަތާޝާގެ ހިތަށް ރަޚުމު ވަނެވެ. ނާބިހް ދެކެ އޭނަ ލޯބިވަނީ އަމިއްލަ ކޮއްކޮއަކުދެކެ މީހަކު ލޯބިވާ ފަދައިންނެވެ. ނާބިހް ނަގައި ގެންގޮސް ގޮނޑީގައި ބައިންދާފައި، ނަތާޝާ އެ މޫނަށް ވަރަށް ފުންކޮށް ބަލައިލިއެވެ. އެ ވަރުގެ ބޮޑު ފާފައަކަށް އަރައިގަންނާނެ ކަހަލަ އެއްވެސް ސިފައެއް އެ މޫނަކުން އޭނައަކަށް ނުފެނުނެވެ.

“ދައްތައަށް ކިޔައިދީބަލަ ވީގޮތް…” ނަތާޝާ ވާހަކަ ދެއްކީ ވަރަށް ގާތްކޮށެވެ.

ރުއިން ނޫންކަމެއް ނާބިހް ނުކުރެއެވެ. ނަތާޝާއަށް ބަލައިލާފައިވެސް އޭނަ ފެށީ ރޯށެވެ. ނާބިހް އެއްޗެއް ބުނަން އުޅޭހެން ހީވެ، ކެތްތެރިވެގެން ނަތާޝާ އިނެވެ. މިނެޓެއް ފާއިތުވެގެން ދިޔައިރުވެސް ނާބިހް އެއްވެސް އެއްޗެއް ނުބުންޏެވެ.

“ވީގޮތް ކިޔައިދޭނީތަ؟… ނޫނީ އަހަރެން ކިޔައިދޭންވީތަ؟…” އިވުނީ ޔުމާންގެ އަޑެވެ.

ނާބިހް އަށާއި ނަތާޝާއަށް އެދިމާއަށް ބަލައިލެވުނީ އެކުއެކީގައެވެ. ނަތާޝާގެ މޫނުމަތިން ހައިރާންކަން ފެނުނުއިރު، ނާބިހްގެ މޫނުމަތިން ފެނުނީ ބިރުވެރިކަމެވެ.

********

ހޮސްޕިޓަލުގެ ތެރެއިން ހަލުވި ފިޔަވަޅުތަކެއްގައި ދިޔަ މީހާ ގޮސް ވަނީ ނައިރާ ބާއްވާފައި އޮތް ވޯޑަށެވެ. އިސްކޮޅުން ކުރުކޮށް ހުރި މުސްކުޅި އެ އަންހެން މީހާގެ މޫނުމަތިން ފެންނަމުންދިޔައީ ހާސްކަމެވެ. ވޯޑުގެ ތެރެއަށް ވަދެވުމާއިއެކު އެމީހާ ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލިއެވެ. ނިތްކުރިމަތިން ހިއްލާފައިވާ ދާތިކިތައް އަތުގެ ނުފުށުން ފޮހެލާފައި، ނައިރާ އާއި ދިމާއަށް އެމީހަކު ބަލައިލިއެވެ.

އެމީހާ މަޑުމަޑުން ގޮސް ނައިރާގެ ކައިރީގައި ހުއްޓުނެވެ. ތުރުތުރުލަމުންދިޔަ ދެއަތްތިލަ ނައިރާގެ ކަރާއި ދިމާއަށް ގެންދިޔައެވެ. ޖެހިގެން ހުރި ވޯޑުން އެއްޗެއް ވެއްޓުނު އަޑާއިއެކު އެމީހާ އަވަސްއަވަހަށް އަތް ތިރިކޮށްލިއެވެ. ހަމަޖެހިލުމަށް މަސައްކަތް ކުރަމުން އެމީހަކު ނެގީ ނައިރާގެ އަތްދަށަށް ލައްވާލާފައި އޮތް ބާލީހެވެ. ބާލީސް ނަގައިގެން ނައިރާގެ މޫނަށް ބަލަން އެމީހަކު އިރުކޮޅަކު ހުއްޓެވެ. އެ ފިނި ތަނުގައިވެސް އެމީހަކު ދާހިއްލާ ފޯވިއެވެ. އަވަސްއަވަހަށް ނޭވާލަމުންދިޔައިރު، އެމީހެއްގެ ހިތުގެ ތެޅުންވެސް ވަނީ އިތުރުވެފައެވެ.

ބާލީސް ގެންގޮސް ނައިރާގެ މޫނުގައި ޖައްސައި ބާރުކޮށްލިއިރު، އެމީހާގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.

“އަހަންނަށް މަޢާފުކުރޭ…” އެމީހާ ތަކުރާރުކޮށް އެދެމުން ދިޔައެވެ.

އެމީހާގެ ހަރަކާތްތައް ހުރީ މަޖުބޫރުން ކަމެއް ކުރާ މީހެއްގެ އަމަލުތައް ހުންނާނޭ ހެންނެވެ. ނައިރާގެ ހަށިގަނޑު ތެޅެން ފެށިއެވެ. ދެލޯ މަރައި ބާރުކޮށްލައިގެން ހުރި އެ މީހާއަށް ގިސްލެވެން ފެށުނެވެ.

ވޯޑުގެ ދޮރު ހުޅުވައިލި އިވްޔާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދުވެފައި ގޮސް އެމީހާ ދުރަށް ކޮއްޕައިލިއެވެ. ހަށިގަނޑު ބެލެންސް ނުކުރެވި އެމީހަކު ވެއްޓުނެވެ. އިވްޔާ އަވަސް އަވަހަށް ނައިރާގެ މޫނުން ބާލީސް ނެގިއެވެ. ނޭވާލާތޯ ކަށަވަރު ކުރިއެވެ. އެ ހަށިގަނޑުގައި ވިންދު ހުރިކަން އެނގުމުން އެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ނައިރާގެ ހޭވިފައިވާ އިސްތަށިގަނޑު ރަނގަޅުކޮށްލަދީފައި، ނިތްކުރިމަތި ޓިޝޫއަކުން ފޮހެލިއެވެ. ރަތްވެފައިވާ އެ މޫނުގައި އިވްޔާ ފިރުމާލީ ލޯބިންނެވެ. ޒަޚަމްވެފައިވާ ތަންތަނަށް ތަދުނުވާނެހައި މަޑުންނެވެ.

ނައިރާ އާއި ދުރަށް ޖެހިލިއިރު  އިވްޔާގެ  މޫނުމަތިން  ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. ދެލޯ ހަނިކޮށްލަމުން އޭނަ ބަލައިލީ ވެއްޓިފައި އޮތް އަންހެން މީހާ އާއި ދިމާއަށެވެ. އެމީހާ ރޮމުން ދިޔައިރު، އެއްޗެހިތަކެއް ކިޔަމުން ދިޔައެވެ. ކިޔާ އެއްޗެއް ސާފުނުވާތީ، އިވްޔާ އެމީހާ އާއި ގާތަށް ޖެހިލިއެވެ.

“އެކަހަލަ މީހަކު ދިރި ހުރުމަށްވުރެ، މަރުވުންވެސް މާ ރަނގަޅު…” އެމީހާ ރޮއެރޮއެފައި ބުނަމުން ދިޔައެވެ.

“މީހަކު މެރުމަކީ ކިހާ ބޮޑު ފާފައެއްކަން ނޭނގޭތަ؟…” ދެދަތްޕިލަ ޖައްސައި ބާރުކޮށްލަމުން އިވްޔާ ބުންޏެވެ.

“ތިކަން އެނގޭ… އަހަންނަކީ ވެސް، ނައިރާ އަކީވެސް މާ ރަގަނޅު މީހުންނެއް ނޫނޭ… ދުނިޔޭގަ ހުރެ، އެތައް ހާސް މަރަކުން މަރުވުމަށްވުރެ، މިގޮތްވެސް މާ ރަނގަޅުވާނެ…” އެމީހާ ކަރުނަ ފޮހެލިއެވެ.

އޭނަ ތެދުވެގެން ހިނގައިގަތީ އެތަނުން ނުކުންނާށެވެ. އޭގެ ކުރިން އިވްޔާ ގޮސް ކުރި ބެއްދިއެވެ.

“ތި ކިޔާ އެއްޗެއް ތަންކޮޅެއް ސާފުކޮށް ކިޔައިދީ… އެހެންނޫނީ ޕޮލިހުންނަން އަންގާނަން…” އިވްޔާ އިންޒާރު ދިނެވެ.

އެމީހާ ދެލޯ މަރާލިއެވެ. ދެފަރާތަށް ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އިވްޔާ އެއްފަރާތްކޮށްފައި، އޭނަ އަނެއްކާވެސް ހިގައިގަންނަން އުޅުނެވެ. އެފަހަރު އިވްޔާ ގޮސް ދޮރު ނުހުޅުވޭނޭހެން ތަޅުގައި ހިފެހެއްޓިއެވެ.

********

ޔުމާން އައިސް ހުއްޓުނީ ނާބިހްގެ ކުރިމަތީގައެވެ. އޭނަ ނާބިހްގެ ދަތްދޮޅީގައި ހިފައި އުފުލައިލިއެވެ.

“ބުނާނީތަ ނޫނީ އަހަރެން ބުނަންވީތަ؟…” ޔުމާން ދިނީ ފަހުގެ އިންޒާރެވެ.

ނާބިހްގެ ޖަވާބަކަށް ޔުމާން އިރުކޮޅަކު އިންތިޒާރު ކުރިއެވެ. އެއްޗެއް ނުބުނުމުން، ހަށިގަނޑު ސީދާކޮށްލާފައި، ދެ ޖީބަށް އަތް ޖަހައިލިއެވެ.

“އެ ނައިރާ އަކީ…” ޔުމާން ދޫކޮށްލީ ފުން ނޭވާ އެކެވެ. ބުނާނެ އެއްޗެއް ނޭނގިފައި އޭނަ އިރުކޮޅަކު ހުއްޓެވެ.

“އެއީ.. އެއީ ހަށި ވިއްކާ އަންހެނެއް…” ހުއްޓަމުން ކަހަލަ ގޮތަކަށް ޔުމާން ބުންޏެވެ.

ނަތާޝާ ފުންމައިގެން ތެދުވީ ބިރެއް ފެނުމުން ތެދުވާހެންނެވެ. އޭނަ ދެލޯ ބޮޑުކޮށްލަމުން އެއްފަހަރު ޔުމާންއަށް އަނެއްފަހަރު ނާބިހްއަށް ބަލަން ފެށިއެވެ.

“ނާބިހް ކައިރީ އަހާބަލަ ކިތައް ދުވަހު ދިޔައިންތޯ؟… ކިހާ ވަރެއް ޙަރަދުކުރިންތޯ؟…” ޔުމާންއަށް ހީވީ އައު ހިތްވަރެއް ލިބުނު ހެންނެވެ. ހަރުކަށި ގޮތަކަށް އޭނަ ހުރީ ނާބިހް އާއި ދިމާއަށް އިނގިލި ދިއްކޮށްލައިގެންނެވެ.

ނަތާޝާގެ ނޭވާ އެތެރެހަށީގައި ތާށިވެގެން ދިޔައެވެ. މުޅި ތަން އެނބުރިގަތްހެން ހީވިއެވެ. މަންޒަރު  ފުސްވާންފެށީ، ދެލޮލަށް ޖަމާވި ކަރުނަތަކުގެ ސަބަބުންނެވެ.

“އެއީ ތެދެއްތަ؟… އޭނަ ކައިރިއަށް ދިޔައިންތަ؟…” ނަތާޝާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.

“އެއީ ތެދެއްހޭ؟…” ނަތާޝާ ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. އެއަޑު މުޅި ކާގެ ތެރޭގައި އެކޯވެގެން ދިޔައެވެ.

ނާބިހް ދިޔައީ ސިއްސައިގެންނެވެ. އޭނަ އަވަސް އަވަހަށް ބޯ ޖަހާލިއެވެ. ނަތާޝާ ދެލޯ މަރައި ބާރުކޮށްލީ މުޅި ތަން އަނދިރިވީހެން ހީވުމުންނެވެ. ލޮލުގައި ބޮނޑިވެފައިވާ ކަރުނަތައް އެސްފިޔަތައް ފޫދުއްވާލިއެވެ.

“ކިތައް ދުވަހު؟…” އެހުރިގޮތަށްހުރެ، ނަތާޝާ ސުވާލުކޮށްލިއެވެ.

“ދެ ރޭ…” ނާބިހްގެ އަޑު މަޑެވެ. އެ އަޑުގައިވީ ޖެހިލުންވުމެވެ.

ކިތަންމެ މަޑު ނަމަވެސް ނާބިހްގެ އަޑު ނަތާޝާގެ ކަންފަތާއި ހަމައަށް ފޯރީ ހޮނު ގުގުރިއެއްގެ އަޑަށް ވުރެވެސް ބިރުވެރިކޮށެވެ. މުޅި މީހާގެ ގައިން ވަރު ދޫވެ، އަރި އަޅައިލިއެވެ. ޔުމާން އުޅުނީ ނަތާޝާގެ ގައިގައި ހިފަހައްޓައިލާށެވެ. އަތުގެ އިޝާރާތުން އަތް ނުލުމަށް ނަތާޝާ އެދުނެވެ.

“ކިހާވަރެއް ދިނިން؟…” ނަތާޝާ ސުވާލުތައް ހުހެއް ނުވިއެވެ. އޭނަ ހުރީ ނާބިހް އާއި ދިމާއަށް ބަލައިލަންވެސް ބޭނުން ނުވެފައެވެ.

“ފަސްހާސް ނުވަސަތޭކަ…” ނަތާޝާގެ ކޮންމެ ސުވާލަކަށް ނާބިހް ތެދުތެދައް ޖަވާބުދެމުން ދިޔައެވެ.

“ހުއްޓާލާ… އެންމެ ބަހެއްވެސް ދެން ބުނެގެން ނުވާނެ…” ބޮލުގައި ދެއަތުން ހިފަހައްޓަމުން ނަތާޝާ ހަޅޭއްލަވައިގަތެވެ.

މޭ ނުބައިކުރާ ގޮތްވާހެން ހީވެ، ނަތާޝާ ކުޑަކޮށް ގުދުވެލިއެވެ. އޭރު ނޭވާލުމަށްވެސް ދަތިވެއްޖެއެވެ. ކުޑައިރުކޮޅަކު އެހެން އޮވެފައި، އޭނަ ގޮސް ނާބިހްގެ ދެކޮލުގައި ހިފައި އުފުލައިލިއެވެ.

“ލަދެއްވެސް ނުގަނޭތަ؟… އޭނ… އެނގޭތަ  ތި  އަރައިގަނެވުނީ ކިހާ ވަރެއްގެ ފާފައަކަށް ކަން؟… ހެއްދެވި ފަރާތްމަތިން ކުޑަކޮށްވެސް ހަނދުމަ ނެތީތަ؟…” ނާބިހްގެ ދެކޮލަށް ފިތައިލަމުން ނަތާޝާ ބުންޏެވެ.

“އަހަރެން ޤަބޫލުކުރަން ފާފަތަކަކަށް އަރައިގަނެވުނުކަން… އެކަމަކު އައި ސްވެއަރ… އަހަރެން ނައިރާގެ ނުރުހުމުގަ އެހަށިގަނޑުގަ އިނގިލިކުރިވެސް ޖައްސައިނުލަން… ނައިރާއަށް އެހެން ހެދީ އަހަންނެއް ނޫން ދައްތާ… ހެޔޮނުވާނެ މިދައްކާ ވާހަކަ ޤަބޫލުކުރޭ…” ނާބިހް  ވާހަކަދެއްކީ ގިސްލަމުންނެވެ.

ނަތާޝާ ނާބިހްގެ ގައިން ދޫކޮށްލިއިރު މާނޭވާ ލެވެއެވެ. އޭނަ ވަކި އެއްޗެއް ބުނުމެއްނެތި އެތަނުން ނުކުމެގެން ދިޔައީއެވެ. މީހެއްގެ ވާހަކަތައް އަޑުއެހޭ ވަރަށްވުރެ، އެހިތުގެ ޙާލު ބޮޑެވެ. އަމިއްލަ ހިތަށް ފަރުވާ ނުލިބި އުޅެނިކޮށް އަނެއް ހިތާމައެވެ. ހިތްދަތިކަން ފިޔަވައި އިތުރު އެއްޗެއް އެ ޙަޔާތުގައި ނުވާ ކަހަލައެވެ. ޔުމާން ބުނިހެން އޭނަ އާއި އޭނަގެ އާއިލާ ވެފައިވަނީ ޔުމާންގެ ހަމަޖެހުން ނަގާލާ ބަޔަކަށެވެ. ދިރިއުޅުން ނަރަކައަކަށް ހަދާލާ ބަޔަކަށެވެ.

********

“އަހަންނަކީ ނައިރާގެ ބޮޑުދައިތަ… ސުވޭދާ…” އިވްޔާ އާއި ދިމާއަށް ބަލައިލާފައި އެމީހާ ބުންޏެވެ.

“ނައިރާދެކެ އަހަރެން ވަރަށް ލޯބިވިން… ގެންގުޅުނީ އަމިއްލަ ދަރިއެއް ހެން… ނައިރާ ނެގީ އޭގެ ނާޖާއިޒް ފައިދާ…” ސުވޭދާ ދޫކޮށްލީ ފުން ނޭވާ އެކެވެ.

“ބުނެބަލަ… ދަރިއެއް ކަހަލަ ކުއްޖަކާއިއެކު، އެމީހެއްގެ ފިރިންނާއި ދަރިން ފާޙިޝް ޢަމަލެއް ކުރާތަން ބަލަން ކެތްވާނީ ކާކަށް؟…” ސުވޭދާގެ އަޑު ތުރުތުރު އަޅައެވެ.

އިވްޔާއަށް ލިބުނީ ޝޮކެކެވެ. އޭނަ ވަކި އެެއްޗެއް ނުބުނެ ހުރީ ސުވޭދާ އިތުރު އެއްޗެއް ބުނަން އުޅޭހެން ހީވުމުންނެވެ.

“ފިރެހެނުން ގޮވައިގެން ތަންތާ އުޅޭ ވާހަކަ މީހުން ދައްކަން ފެށީމަ, އަހަރެން އެވާހަކަ ޤަބޫލެއް ނުކުރަން… އެކަމަކު އަހަންނަށް އެ މަންޒަރު ފެނުނީ ގޭތެރެއިން… މި ދެލޯ އެކަމަށް ހެކިދޭނެ… އަހަރެންގެ ދެ ފިރެހެން ދަރިންނާއި، ފިރިމީހާވެސް…” ސުވޭދާ އޭނަގެ މޭގައި އަތް ޖައްސައިލިއެވެ. ނޭފަތް އެތެރެއަށް ދަމާލާފައި ހަމައަކަށް އެޅިލިއެވެ.

“އަހަރެންގެ ދަރިން ދޮންފުތުކުރާކަށް ނެތިން… އަންހެނަކު އެވައްތަރަށް އުޅެންޏާ، ފިރެހެނުން ވަކި ތިބޭނެތަ؟… އެމީހުން ގަދަކަމުންވެސް ނައިރާއަށް…” ސުވޭދާއަށް އޭނާގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ދެލޯ ހަނިކޮށްލަމުން އޭނަ ބަލައިލީ ނައިރާއަށެވެ.

“އޭނަ ޖެހޭނީ މަރުވާން…” ނައިރާ އާއި ދިމާއަށް އިނގިލި ދިއްކޮލަމުން ސުވޭދާ ބުންޏެވެ.

އަނގަ ހުޅުވުނުގޮތަށް ލައްޕަންވެސް ނޭނގިފައި އިވްޔާ ހުއްޓެވެ. އެނގުނު ހަޤީގަތްތަކެއްގެ ސަބަބުން އޭނައަށް ބަލައިލެވުނީ ނައިރާގެ މޫނަށެވެ. އެ މޫނުން ފެންނަމުންދިޔައީ މަޢުޞޫމްކަމެވެ. އެފަދަ ކެހިވެރިކަމެއް އެ މޫނަކުން އިވްޔާއަކަށް ނުފެނުނެވެ. އެވަގުތު ސިކުނޑި މަސައްކަތް ކުރުން ހުއްޓާލި ކަހަލައެވެ. ފަރުހާން ދެއްކި ވާހަކަ އާއި ސުވޭދާގެ ވާހަކަތައް ދިމާވެއެވެ. ވީއިރު، ނައިރާއަށް އެޙާލު ޖެއްސީ، ސުވޭދާ ހެއްޔެވެ؟ ނޫނީ ސުވޭދާގެ ފިރިމީހާ ހެއްޔެވެ؟ ނޫނީ އެބުނާ ދެ ދަރިންގެ ތެރެއިން ކުއްޖަކު ހެއްޔެވެ؟

********

ގަޑިން އަށްގަޑި ބައިވީއިރު، އިވްޔާ ހުރީ ނަތާޝާގެ ގޭގައެވެ. ނަަތާޝާ ރޮއެރޮއެފައި ނާބިހް ކިޔައިދިން ވާހަކަތައް ކިޔައިދިނެވެ. ސުވޭދާ ބުނިހެން ނައިރާ އަކީ އެފަދަ ފާޙިޝް އަމަލުތަކެއް ކުރަމުންދިޔަ ކުއްޖެއް ކަން އިވްޔާއަށް ކަށަވަރު ވިއެވެ. އޭނަ ނާބިހް އާއި ކުރަން ބޭނުންވި އެތައް ސުވާލެއް ހުއްޓެވެ. އެހެންވެ، ނަތާޝާ އާއިއެކު އެގެއަށް ދިޔައެވެ. ނާބިހްގެ ކޮޓަރީގެ ދޮރުގައި ނަތާޝާ އެތައް އިރެއް ވަންދެން ޓަކި ޖެހިއެވެ. ދޮރެއް ނުހުޅުވިއެވެ.

ނާބިހްއަކީ ދުވަހަކުވެސް ދޮރު ތަޅުލާފައި ބަހައްޓާ ކުއްޖެއް ނޫނެވެ. ކަމަކާއި ހިތްހަމަނުޖެހުނަސް ކޮޓަރީގެ ދޮރު ތަޅެއް ނުލާނެއެވެ. ނަތާޝާ ހާސްވީ އެވަރަށް ގޮވިއިރުވެސް ނާބިހްގެ ޚަބަރެއް ނުވުމުންނެވެ. ކޮޓަރީގެ ޑަބަލް ތަޅުދަނޑި ހިފައިގެން އޭނަ އައެވެ. ތަޅުވަޅަށް ތަޅުދަނޑި ޖަހާފައި ހުޅުވާލިއެވެ. ހުޅުވިގެންދިޔަ ދޮރާއިއެކު، މުޅި ގެއަށް ޒަލްޒަލާއެއް ގެނުވި ކަހަލައެވެ. ގޭތެރޭގައި ގުގުމާލީ އިވްޔާ އާއި ނަތާޝާގެ ހަޅޭކުގެ އަޑެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ހާސިލް ވުމަށް އެދި 13

Next

ވަޢުދު (ހަތްވަނަ ބައި)

Next
August 31, 2019

ވަޢުދު (ހަތްވަނަ ބައި)

Previews
August 30, 2019

ހާސިލް ވުމަށް އެދި 13

41 Comments!

  1. IsHa IsHa says:
    August 31, 2019 at 9:47 pm

    salhi ey

    1. eysh says:
      August 31, 2019 at 10:14 pm

      Thank you so much dear ?❤?? v ufaavehje mi bai ves kamudhiyaeema ??

  2. Shaako❤️ says:
    August 31, 2019 at 9:49 pm

    Mee first dhw Varah reethi mi bai??? so when the next part?? Thankolheh avahah up kohdheynekamah unmeedhu kuran ??

    1. eysh says:
      August 31, 2019 at 10:18 pm

      No dear.. second mifaharu vee goiy dho.. next time try kohlahchey first libeytho.. ?
      Thank you so much dear ?❤?? v ufaavehje mi bai ves kamudhiyaeema ??
      Next part kudakoh lasvedhaane.. Eysh ge exam fesheythee exam ah concentrate kuran eba jehey.. Ekam try kuraanan v enme avahakah genesdheyn.. keep waiting ??❤

  3. eysh says:
    August 31, 2019 at 10:06 pm

    Salaam All..
    Here is the 5th part of kafun vevifaa.. hope you enjoyed reading this part..
    Kiyaalaafa cmnt eh kohlaane kamah unmeedhukuran.. ragalhukohlan jehey kameh inas faahaga kohla dhinun edhen.. next part thankolheh lasvedhaane.. Exam fesheythee, i have to concentrate on my studies… In Sha Allaah try kuraanan avahah genesdheyn..
    Keep waiting ??
    Thank u ❤

  4. eysh says:
    August 31, 2019 at 10:10 pm

    Adhi 1 kameh faahaga kohlaanan
    Alhugandumennakee muslimun. Ehenveena Islaam dheen nahee kuraa kankan (Faahish amalu kurun fadha) kankamun dhuruve thibumah naseyhaiytheri van..

  5. Shahu says:
    August 31, 2019 at 10:25 pm

    Woooooww varah salhi mi part ves ? ? ? ?. Anehkaa naabih suicide kureebaa. ?. Curiously waiting for next part. Ly eysh❤️❤️❤️❤️

    1. eysh says:
      September 1, 2019 at 12:48 pm

      Thank u so much Shahu ?❤?? v ufaavehje story kamudhiyaeema ?❤? lets c wht hpns next.. keep waiting.. ly2 dear ?❤??

  6. Unique says:
    August 31, 2019 at 11:13 pm

    Masha allah sissy
    Asluves mivaahaka varah thafaathu adhi varah reethi
    Maasha allah
    May allah bless you sissy

    1. eysh says:
      September 1, 2019 at 12:50 pm

      Thank u so much unique ?❤?? v ufaavehje story kamudhiyaeema ?nd cmnt kiyaalaafa❤? so sweet of u ?❤?? thank u so much ?

  7. Mimmi7 says:
    September 1, 2019 at 1:45 am

    Ohhhh what a curious ending ???naabih suicide kuree kaneyge…. Aslu vx vrh rangalhah Eysh stry Kuriah thi gendhanee… I lyk surprises n this stry is full of surprises..
    Mimmi ah vrh heevey naira majubooru vegen hen ekahala kanthah E kuranee…. But Mimmi ah engey kamakee majubooru Vegen vx dheenuga haraam kurah vaafaivaa kameh kohgen nuvaane kan? now I am really curious to know who actually raped naira… Enme heenukuraa meehaa ah vx vedhaane… Btw ehn prt thah fadhain mi prt vx vrh Reethi… Aneh Hen rangalhu kohlan Jehey kameh vx Neii… Vrh kiyaa hithun indhey mi prt mi kiyaalee??? n ya… All the bst 4 ur exams…. mi dhuvas Kolhu u should concentrate more on ur studies… Stry knme iraku vx up kohlevi dhaane nun dhw…. R U in grade 10?? Don’t mind ingey just asked?? BTW love u n ur stry my “eyewash” ??

    1. Anonymous says:
      September 1, 2019 at 9:18 am

      Alhugandah vs vrh heevey suicide kureehen. mimmi thi bunaahen Naira majubooru vma hn hyvany. Alhugandah ves hyvehje thihen buneema Suvaidha ge dhari hen emeehakee

    2. eysh says:
      September 1, 2019 at 12:57 pm

      So happy that u liked ???❤? varah ufaavehje story kamudhiyaeema.. nd cmnt kiyaalaafa ves.. ?
      Thank u so much fr the well wishes dear… means a lot.. so sweet of u.. nd eysh ah kohlaafa in suvaaluge ans akah buneveynee “no” ey..
      Hehe. “Eyewash”.. ly2 dear.. keep waiting fr the next part ?❤?

    3. eysh says:
      September 1, 2019 at 1:00 pm

      Anonymous thikahala gotheh ves hama vedhaane.. lets c dho ? btw thank u so much ?❤??

  8. jiji says:
    September 1, 2019 at 6:36 am

    Alheyyy so curious???…I think naabih suicide kuryhn as mimmi Said..Nd naira ah ehn e hedhy yumaan suvaadhaa ge firimeeha aa dhe dharinna gulhign hn vx v hyvey???..Nd v v v kiyaa hithun mi part mi kiyaalevuny..eysh v molhu masha allah..❤??????.keep going darlx..nd a very good luck for ya exam..ly??????

    1. Anonymous says:
      September 1, 2019 at 9:21 am

      Yuman heneh heenuvey. ekm jiji thi bunihen Suvaidha ge dharifulhu hen Alhugandah hyvany. adhi hama visnaalaakanves neynge.

    2. eysh says:
      September 1, 2019 at 1:03 pm

      Thank u so much Jiji ???❤ varah ufaavehje cmnt kiyaalaafa nd story kamudhiyaeema ???❤ meanss a lottt.. jiji thee v sweet nd kind kuhjeh..? thank u so much fr the well wishes.. ly2 dear.. keep waiting fr the next part ??❤?

    3. eysh says:
      September 1, 2019 at 1:04 pm

      Anonymous thibuni kahala gotheh ves hama vedhaane.. lets c ?❤? thank u so much dear ??❤?

  9. Anonymous says:
    September 1, 2019 at 9:09 am

    Maasha Allaah Very interesting story

    1. eysh says:
      September 1, 2019 at 1:05 pm

      Thank u so much dear ??❤? varah ufaavehje story kamudhiyaeema ???❤?

  10. Naju says:
    September 1, 2019 at 5:53 pm

    Alhey anehkaa kihineahbaa evy? v v v serious vehje now n story is Amazing hama ??????????????????

    1. eysh says:
      September 12, 2019 at 9:45 pm

      Thank u so much Naju ??❤??? varah ufaa vehje kamudhiyaeema ???❤??

  11. ❤ says:
    September 1, 2019 at 7:11 pm

    Eysh college ga tha ulheny

  12. Unbro says:
    September 1, 2019 at 10:10 pm

    Obi.vaahaka salhi ey.kulhadhaanA galamakun kohfa huri bodu biya hiyaaluthakeh.??????

    1. eysh says:
      September 12, 2019 at 9:45 pm

      Thank u so much unbro ??❤??? varah ufaa vehje kamudhiyaeema ???❤??

  13. Insha says:
    September 1, 2019 at 10:11 pm

    Vaahaka kuriyah dhaale varah reethi

    1. eysh says:
      September 12, 2019 at 9:46 pm

      Thank u so much Insha ??❤??? varah ufaa vehje kamudhiyaeema ???❤??

  14. Sheen says:
    September 2, 2019 at 1:12 pm

    Maasha Allah vvv reethi.. ❤️❤️❤️????????? Kuriah in part ah keiytherikameh nethi inthizaaru kuran. ?????????????????????????????????

    1. eysh says:
      September 12, 2019 at 9:46 pm

      Thank u so much sheen ??❤??? varah ufaa vehje kamudhiyaeema ???❤??

  15. drax says:
    September 2, 2019 at 10:15 pm

    Keep it up
    Great work ???
    Waiting for next part curiously

    1. eysh says:
      September 12, 2019 at 9:46 pm

      Thank u so much drax ??❤??? varah ufaa vehje kamudhiyaeema ???❤??

  16. Lovlyn says:
    September 3, 2019 at 1:28 pm

    Mee haadha reethi vaahaka ekey.

    1. eysh says:
      September 12, 2019 at 9:47 pm

      Thank u so much Lovlyn ??❤??? varah ufaa vehje kamudhiyaeema ???❤??

  17. arshan says:
    September 3, 2019 at 4:09 pm

    Masha allah! Story varah varah reethi.
    Waiting for next part …………………

    1. eysh says:
      September 12, 2019 at 9:47 pm

      Thank u so much arshan ??❤??? varah ufaa vehje kamudhiyaeema ???❤??

  18. ?Neha? says:
    September 7, 2019 at 9:54 pm

    Varah lahun dhw Mi Comment kohlevuny… Btw story Vvvvvvvv reethi… Curious kohlaafa thi ninma ly… Mihaaru Mi visneny vaane Gothakaa medhu… Alhe naabih ah Kihineh V tha??. Hus suvaalu hury vec..
    ?MY FAV WRITER ?
    ❤️❤️LOABI LAOBI EYSH SIS ❤️❤️

    1. eysh says:
      September 12, 2019 at 9:48 pm

      Thank u so much Neha ??❤??? varah ufaa vehje kamudhiyaeema ???❤?? and its ok. Bxy ves vaane ??❤?

  19. Anonymous says:
    September 11, 2019 at 9:03 am

    when next?

    1. eysh says:
      September 12, 2019 at 9:48 pm

      V avahah IN sha Allaah new part eh genesdheynan ?

  20. Anonymous says:
    September 11, 2019 at 9:04 am

    Waiting

    1. eysh says:
      September 12, 2019 at 9:49 pm

      Thank u ??

Comments are closed.

Next Episodeކަފުން ވެވިފާ…06←


All Right Reserved!