Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނެދޭށޭ ރުހެމޭ 71

Saraa Level 910 Stories100 Comments100 Login500 Comments500 Login
August 28, 2019 11 Mins Read
87 Comments

އެވަގުތު ބޭރު ތަޅުގައި ހިފާލި އަޑު އިވުމާއިއެކު އަޒްހާން ދޮރާއި ދުރަށްޖެހިލިއެވެ. އެ މޫނުމަތިން ކަނިނުވާ އުއްމީދެއް ފެނުނުއިރު ކުރިއަށްވުރެ ބާރަށް ދޮރުގައި ތަޅައިގަތީ ބޭރުގައި ހުރި މީހެއްގެ ކަންފަތަށްވެސް އުނދަގޫވާވަރަށެވެ. ތޫލި އަޑާއިއެކު ދޮރުހުޅުވިގެންދިޔައެވެ. ހައިލާއަށް ނަޒަރެއްދެމުން އަޒްހާން ކުރިއަށް ފިޔަވަޅެއްއަޅާލިއެވެ. އެއާއިއެކު ފެނުނު މަންޒަރަކުން ހައިލާއަށް ހަޅޭލަވައިގަނެވުނެވެ. ދޮރުގެ ދޭތެރެއިން ވަތް ކޮޅު ހިމަ ވަޅި އަޒްހާންގެ ބަނޑަށް ވަދެގެން ދިޔައީ އޭނަ ބަލަބަލަ ހުއްޓައެވެ. އޭރު އަޒްހާން ހުރީ އަމިއްލަ ދިފާއުގައި ހަރަކާތެއްވެސް ނުގެނެސް ބުުދެއްފަދައިންނެވެ. އޭނަގެ ނަޒަރު ހަމަވެފައިވީ ދޮރުގެ ދޭތެެރެއިން ފެންނަމުންދިޔަ ކަޅުކަންގަދަ ކަޅިއަށެވެ. ލޮލުގެ އެއްފަރާތުން ދުރަށް ފާޅުވަމުންދިޔަ ލޭކުލައިން އޭނައަށް ހިތި ހަޤީގަތެެއް އަންގައިދިނީއެވެ.

“ދޮންބޭ….” ވައި އަޑަކުން އަޒްހާންއަށް ބުނެލެވުނުއިރު އެލޮލުގައި ވިދަމުންދިޔަ ކަރުނަތައް ހުރަހަކާއި ނުލައި ތިރިއަށް ދެމިގަތެވެ. ގަމީހުން ތެމެމުންދިޔަ ތަނުގައި އަތްޖައްސާލެވުނުއިރު ދޮރުގައި ހިފަހައްޓާލެވިފައިވާ އަތްދޫވިއެވެ. ބަނޑާއިދިމާލުން އަތަށް ވާންކޮށްލެވުނުއިރު އިސްއުފުލާ ދޮރުގެ ދޭތެރެއިން ފެންނަމުންދިޔަ ސޫރައަށް ބަލާލިއެވެ. އޭރު ތުންފަތުގައި ދަތްއަޅަމުން ވޭނަށް ކެތްކުރަމުންދާކަމުގެ ކުލަވަރު އެ މޫނުން ފެންނަމުންދިޔައެވެ.

މުއްގަނޑަށް ބާރުވަމުންއައިސް ކުއްލި ޖަހާފައި ބަނޑަށް ޖަހާފައިވާ ވަޅި ދަމައިގަތުމާއިއެކު އަޒްހާންގެ   ކަޅިމައްޗަށް އެރިއެވެ. އަނގައިން ބޭރުވި ވޭނީ އާހްއާއިއެކު ހަށިގަނޑުގެ ބާރު ނެތް މީހެއްފަދައިން ފަހަތަށް ވެއްޓެންދިޔައިރު ދޮރުފަތުގައި ހިފަހައްޓަން އަޒްހާންގެ އަތް ހަރަކާތްކުރިއެވެ. ނަމަވެސް ދޮރުފަތުގައި ހިފާލައިފައިވެސް ދޫވެގެންގޮސް ބާރު އަޑުފަށްގަނޑާއިއެކު އަޒްހާންގެ ހަށިގަނޑު ތަޅުންމަތީ ޖެހުނެވެ. އެ މަންޒަރު ބަލަން ގާވެފައި ހުރެފައިވެސް ހައިލާ އަޑުގެ ކޮޅަށް ހަޅޭލަަވައިގަތެވެ.

“އަޒްހާން…” ހައިލާގެ ބާރު ހަޅޭކުގެ އަޑު އެ ގުދަނުގެ ތެރޭ އެކޯވެގެންދިޔައިރު ޒެލްވެސް ސިހިފައި ރޮއެގަތެވެ.

“ޑޭޑީ… ޑެޑީ…” ބިރާއި ސިހުމާއިއެކުވެގެން ޒެލް ބާރުބާރަށް ރޮއެގަތެވެ. އޭރު ލޮލުގައިވީ ޖެހިލުންވުމާއި ބިރެވެ. ލޯމަތިން ފެނުނު އަނިޔާވެރި މަންޒަރުން އެ ކުޑަ ހިތް ސިއްސުވާލައިފައިވެއެވެ.

*** *** *** *** *** ***

“ބައްޕާ… ނޫން… ބައްޕާ…” ނިދީގައި އޮވެ ދެފަރާތަށް ބޯހޫރަމުން ހައިޒަލް ހަޅޭލަމުންދިޔައިރު ދެތުންފަތުގެ ދޭތެރެއިން މަޑު ގިސްލުމެއްގެ އަޑު ބޭރުވަމުންދިޔައެވެ. ތަގުޅިކޮށް ބާރުކޮށްލެވިފައިވާ އެސްފިޔަތަކުން ލާފައި ކޯމައްޗަށް ފައިބަމުންދިޔަ ކަރުނަތައް ކޯތާފަތްމަތިން ލާފައި ކަންފަތުގެ ވޮށީގެ ތެރެއަށް ހިނދެމުންދިޔައެވެ. ނޭވާހޮޅިއަށް އެޅެމުންދިޔަ މީހެއްފަދައިން ނޭވާތައް ފުންވަމުންދިޔައެވެ.

ނިދިމޫނަކާއިއެކު ފާހަނައިން ނިކުމެގެން އައި ޝަލީންގެ ކަންފަތުގައި ޖެހުނު އަޑާއިއެކު ލޮލާއި ނިދި ދުރުވެގެންދާކަށް މިނެޓްކޮޅެއްވެސް ނުނެގިއެވެ. އޭނަގެ ހިތުގައި ހިނގައިގަތް ޝައްކާއިއެކު ހަށިގަނޑަށް ހަރަކާތެއްވެސް ނުގެނެސް ޝަލީންއަށް ބަލާލެވުނީ ހައިޒަލް އޮތް ސޯފާއާއި ދިމާލަށެވެ. ނިދީގައި އޮވެ ހައިޒަލް ވާހަކަދައްކަމުންދިޔަތަން ފެނި ޝަލީންގެ މޫނުން ފެނުނު ހާސްކަމާއިއެކު ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އެނދާއި ކައިރިވިއެވެ. ރޫމްގެ ބޭރުގައި ގާރޑްކުރަން ނައިނާ ހުންނާނެކަން އިނގޭތީ އޭނަ އަވަސްވެގަތީ ނައިނާއަށް ގުޅާށެވެ.

“ނައި ވަރަށް އަވަހަށް ރޫމްއަށް އާދެބަލަ… ހައިއަށް ކަމެއް އެބަވޭ…” ނައިނާ ފޯނު ނެގުމާއިއެކު ޝަލީން އެޖުމްލައިން އޭނަ ބުނަން ބޭނުންވާވާހަކަ ބުނުމަށްފަހު ފޯނު ކަނޑާލިގޮތަށް އެނދުމައްޗަށް ވާކަހަލަގޮތަށް ފޯނު އެއްލާލިއެވެ. އޭނައަށް ހަަރަކާތްތެރިވެވޭ އެންމެ ބާރުމިނުގައި ޝަލީން ގޮސް ހައިޒަލްއާއި ގާތްވިއެވެ.

ހައިޒަލްގެ އަތުގައި ހިފާލިއިރު އެ ހަށިގަނޑު ފިނިވަމުންދިޔަގޮތުން ޝަލީންގެ މޫނުމަތިން ހާސްކަންފެނިލިއެވެ. ނިދީގައި ހައިޒަލްއަށް ކުރިމަތިވާ އުނދަގޫތަކަކީ އާންމުކަމަކަށްވިޔަސް މިފަހަރު ހާލަތު ތަފާތުކަން ޝަލީން ވަގުތުން ނަގައިގަތެވެ. ހައިޒަލްގެ ނަމުން އެތަށްފަހަރުގޮވާ ގައިގައި ހިފައި ތެޅުވިއިރުވެސް ހައިޒަލްގެ ފަރާތުން ބަދަލެއްނުފެނުމުން ޝަލީންގެ ހާސްކަން އިތުރުވިއެވެ.

“ހައި…” ޝަލީން ތަދުނުވާނެހެން ހައިޒަލްގެ ކޯތާފަތުގައި ޖަހާލިއެވެ. އެވަގުތު ރޫމްގެ ދޮރުހުޅުވާލައިފައި ނައިނާ ވަނުމާއިއެކު ޝަލީން ނައިނާއަށް ތަންދެމުން ދުރަށް ޖެހިލިއެވެ. ކައިރިއަށް އަޅާލި ފިޔަވަޅާއިއެކު ނައިނާ ހައިޒަލްގެ ދެކޮނޑުގައި ހިފިގޮތަށް ތަޅުވައިގަތެވެ. ދެތިން ފަހަރަކު އެގޮތަށް ތަކުރާރުކުރިތަނާ ނޭވާހާސްވެގެން މީހާ ތެޅިގަންނަ ފަދައިން ހައިޒަލް ތެޅިގަނެފައި މަޑުމަޑުން ދެލޯހުޅުވާލިއެވެ. އިރުކޮޅެއްވަންދެން ވާނުވާނޭނގޭމހެއްފަދައިން ވަށައިގެން ނަޒަރު ހިންގަން އޮވެފައި ހައިޒަލް ތެދުވެ ނައިނާގެ ތުނި ހަށިގަނޑުގައި ހިފައިގަތެވެ. ނައިނާގެ ބަނޑާއި ހަމާލުގައި މޫނު ޖައްސާލިގޮތަށް މަޑުމަޑުން ހަށިގަނޑު ތިރިވަމުންގޮސް އެއުނގުތެރޭ މޫނު ފޮރުވާލިއެވެ. އޭރު ނައިނާގެ އުނަގަނޑުގައި ވަށާލެވިފައިވާ ދެއަތަށް ބާރުވަމުންއައިރު ހައިޒަލް ރޮނީކަން ދެނެގަންނާކަށް ނައިނާއަކަށް އުނދަގުލެއްނުވިއެވެ. މަޑުމަޑުން ނައިނާގެ ގަމީސްކޮޅު ތެމެންފެށިއިރު ހައިޒަލް ދެތިން ފަހަރަކު ނޭފަތްދަމާލި އަޑުއިވުނެވެ.

އެމަންޒަރުދެކެން ހުރެފައި ޝަލީން ދުރަށް ޖެހެމުން ފަސްދިނެވެ. އޭރު އަދި މަޔާންވެސް ރޫމްގެ ދޮރުހުޅުވާލަމުން އެތެރެއަށް ވަނީއެވެ. ދަންވަރުގެ އެވަގުތުވެސް އޭނަ ހުރީ ނުހަނު ރަސްމީކޮށެވެ. މަޔާންގެ މޫނުމަތީން ފާޅުވަމުންދިޔަ ހާސްކަމުގެ ކުލަތަކާއިއެކު ޝަލީންއަކީ ހުރިމީހެއްކަމަށްވެސް ހަދާނުލާ ސޯފާއާއި ދިމާލަށް ފިޔަވަޅުތައް ނަގަންފެށިއެވެ. އެއާއިއެކު ޝަލީން މަޔާންއާއި ގާތަށް ޖެހިލައި އެއަތުގައި ހިފަހައްޓަމުން މަޔާންގެ ފިޔަވަޅުތަކަށް ހުރަސްއެޅިއެވެ. ދެޒުވާނުންގެ ނަޒަރު ހަމަވިވަގުތުކޮޅު ޝަލީން ދެފަރާތަކަށް ބޯހޫރާލިގޮތުން ޝަލީން ބުނަން އުޅުނު އެއްޗެއް މަޔާންއަށް ނަގައިގަނެވުނުފަދައެވެ. ފަހަތަށް ފިޔަވަޅެއް އަޅާލިގޮތަށް މަޔާން ރޫމްއިން ބޭރަށް ނިކުތެވެ.

*** *** *** *** *** ***

ދަންވަރުގެ އެވަގުތު ފަޒާއޮތީ ނުހަނު ފިނިކޮށެވެ. ތަރިތައްވެސް ފޫހިކަމެއް ނެތި ބައިބަޔަށް ބެހިލައިގެން އުޑުގައި ފިޔަޖަހާލަޖަހާލަ ތިއްބެވެ. ވިއްސާރައިގެ އަސަރެއްނެތަސް ކަޅުވިލާގަނޑެއް ހިޔަންޏެއްފަދައިން އުޑަށް ނިވާއަޅާފައިއޮތެވެ. ހަނދުވެސް ވިލާކޮޅުގެ ތެރެއަށް ވަންނަމުން ފެނިގެއްލެމުންދިޔައެވެ.

ހައިޒަލްއަށް ފެނުނު ހުވަފެނުގެ ވާހަކައާއި ގުޅުވައިގެން މަޔާން ވާހަކަދައްކަމުންދިޔައިރު ހައިޒަލްގެ ހަށިގަނޑަށް ބާރުގަނޑެއް އަރަމުންދިޔައެވެ. ރެއިލިންގައި ވިއްދާލެވިފައިވާ ދެއަތަށް ބާރުވެ ކަތުރުކަށިގަނޑަށް ވާންވީއެވެ. ދަތްތައް ކޭރުވުނެވެ. ނޭވާތަކުގެ އަޑުބާރުވަމުން އެެތެރެހަށީގައި އުފެދެމުންދާ ހައިޖާނުގެ ނުރައްކާތެރިކަން އަންގައިދެމުންދާފަދައެވެ.

“ދެން އިތުރަކަށް ކެތެއްްނުވާނެ… މިދެއަތުން އެނުބައި މީހުން މަރާލައިގެން ނޫނީ ދެން ހަމަޖެހުމެއްނުލިބޭނެ… އެމީހުން އަަހަރެންގެ ބައްޕަ މަރާލީ އެ މަންޒަރު ފެނުނު މީހެއްގެ ހިތުން ފިލައިގެންނުދާނެހާ އަނިޔާވެރިކޮށް… ބައްޕަގެ ކުށަކީ ކޮބާ؟” ހައިޒަލްގެ ލޮލަށް އޭނަގެ ބާރަކާއިނުލާ ކަރުނަތައް އެއްވަމުންދިޔައިރު އެ ކަރުނަތަކަށް ނިމުމެއް ގެންނަން ބޭނުންވެފައިހުރެ ދެތިން ފަހަރަކު ނޭފަތް އެތެރެއަށް ދަމާލިއެވެ. ލޮލުގައި އިނގިލި ޖައްސާލިއެވެ.

“ޔާން… ވީހާވެސް އަވަހަށް އެމީހުންނަށް ހައްޤު އަދަބުދީ… ޤާތިލުން މިނިވަންކަމާއިއެކު ނޭވާލާ ކޮންމެ ދުވަހަކީ ބައްޕައަށް ވެވޭ ބޭއިންސާފެއް…. މިހާރުން މިހާރަށް އަދަބުދޭން ބޭނުމީ…” ހައިޒަލް މަޔާންއާއި ހަތަރުކަޅި ހަމަކޮށްލަމުން ސާބިތުކަމާއިއެކު ބުނެލިއެވެ. އެއަޑުގައިވީ އަސަރު އެލޮލުގައިވީ ކުލަވަރުން ވެސް އެއީ ޖަޒުބާތުުގައި ޖެހިގެން ހައިޒަލް ނިންމި ނިމުމެއްނޫންކަން ސާބިތުކޮށްދިނެވެ. މިހާތަނަށް އޭނަ ނިންމައިގެން ހުރީ ހުރިހާދިމާލަކުން މަޅިގަނޑު ވާންކުރުމަށްފަހު ކުށްވެރީން މަޅީގައި ޖައްސާށެވެ. ނަމަވެސް މިނިވަންކަމުގައި މިދުނިޔެތެރެއަށް ނޭވާލާން ކުށްވެރިންނަށް އެންމެ ދުވަހެއްވެސް ހައްޤެއްނުވެއެވެ. ޤާތިލުންނަކީ އެއަށްވުރެ ބޮޑެތި މުޖުރިމުންތަކެކެވެ. އެމީހުންގެ ފުރާނަދަމައިގަތަސް އަޒްހާންގެ މަރުގެ ބަދަލެއްނުދެވޭނެއެވެ.

*** *** *** *** *** ***

މަޔާން ފުދޭވަރަކަށް ލަސްވާންދެން އޮފީހުގައި އުޅެފައި އައިސް އެއްޗެހި ބަދަލުކޮށްލުމެއްނެތި ޔަޒްދާންގެ ކޮޓަރިތެރެއަށް ވަދެލިއެވެ. ތަރުތީބުކަމުން ދެވަނައެއްނުވާހާ ކޮޓަރިތެރެ މިވަގުތު އޮތީ ފަޅުކޮށެވެ. ސޯފާގެ އަތްގަނޑުމަތީ އޮތް ކޯޓާއިއެކު ފާހަނައިން އިވެމުންދާ ފެނުގެ އަޑުން ޔަޒްދާން ފާހަނައިގައި އުޅެނީކަން މަޔާން ނަގައިގަތެވެ.

ޔަޒްދާން ނިކުންނާނޭ އިރެއްގެ އިންތިޒާރުގައި ކޮޓަރީގެ ދެކޮޅަށް ހިނގަ ހިނގައި ހުރެފައި މަޔާން ރެކުން ފޮޓޯ ފްރޭމްއެއް ނެގިއެވެ. އެއްއުމުރުގެ ދެފިރިހެންކުދިން ކައިރިއަށް ލައިގެން އަށްއަހަރުގެ ޔަޒްދާން ނުހަނު ބޮޑަށް ހެވިފައިހުރި ފޮޓޯއެކެވެ. ޔަޒްދާންގެ ދެފަރާތުން ތިބި ދެކުދިންގެ ތެރެއިން އެކަކީ އޭނައެވެ. ދެން ހުރީ ޒެލްއެވެ. ބައްޕަ ބުނުއްވާ އޭނަގެ ކުޑައިރުގެ އެކުވެރިޔާއެވެ. އެކަމަކު އެހާގާތް އެކުވެރިއެއްގެ ހަނދާން އޭނަ ނުހުންނަނީ ކީއްވެބާވައެވެ؟ އެހެންނޫނަސް ޒެލް މިހާރު ކޮބައިބާވައެވެ.

“ހޭ ލިޓިލް ބްރޯ… ހުއްދަ ނުހޯދާ ވަދެގެން ހާދަ ވަރަކަށް ހާވާލަނީ…” ޔަޒްދާން ވާހަކަދެއްކިއަޑަށް މަޔާން ފޮޓޯ ފްރޭމް ތިރިކޮށްލަމުން ބަލާލިއެެވެ. ޔަޒްދާން ފާހަނައިން ނިކުމެގެން އައީ ޖީންސްގެ ގޮށްތައް އަޅުވަމުންނެވެ. ކޮނޑުމަތީގައި ތުވާލިއޮތްއިރު ތެތްކޮށް އޮތް އިސްތަށިގަނޑުން ފައިބަމުން ދިޔަ ފެންތިކިތައް ތުވާލި ތެރެއަށް ވަންނަމުންދިޔައެވެ. ކިތަންމެ ސާދާކޮށް ހުއްޓަސް މޮޑެލްއެއްފަދައެވެ. އެ ބައިމަތި ފުޅާ ހަށިގަނޑާއި ސިކްސްޕެކްސް އިސްތިހާރުކޮށްލައިގެން ހުރިއިރު މޮޔަނުވާނޭ އަންހެންކުއްޖަކު ނުވާނެއެވެ. ދެތިންދުވަހުގެ ތުނބުޅިއާއިއެކު ވަކީން ފިރިހެންވަންތައެވެ.

ދިގު އިސްކޮޅާއި އެންމެ ގުޅޭ ބައިމަތި ފުޅާ ހަށިގަނޑުގެ ސަބަބުން ކޮލެޖްދައުރުން ފެށިގެންވެސް އަންހެންކުދިންގެ މެދުގައި ޔަޒްދާން ނުހަނު މަޤްބޫލެވެ. ހުރިހާ އަންހެންކުދީން މަށަަށް މަށަށް ކިޔާލަ ކިޔާލަ ތިއްބަސް އެ ހިތާއި ކުޅެލެވުނީ އެންމެ އަންހެންކުއްޖަކަށެވެ. ޝާދީންއާއި އޭނަ ދުރަށް ދިޔައީ އަމިއްލަ ހިތުގެ ދޮރު ތަޅުލުމަށްފަހުއެވެ. އެހެން އަންހެންކުއްޖަަކަށް ދުވަހަކު ހިތުން ޖާގައެއް މިލްކުނުކުރެވޭނޭ ފަދައިންނެވެ. އެއީ އޭނަގެ އެންމެ ގާތް އެކުވެރިޔާ އަދި ކޮއްކޮއަށްވެސް ސިއްރުވެފައިވާ ސޮފްހާތަކެކެވެ.

“ތުއްތު… މިފޮޓޯގައި މިހިރަ ބޯއީ ޒެލް ދަންނަންތަ…” މަޔާން ކޮށްލި ޒުވާނުން ޔަޒްދާންއަށް ހިސާބެއްގެ ހައިރާންކަމެއްލިބުނީ އެހާދުވަސްފަހުން މަޔާންގެ ދުލުން އެނަން ކިޔާލި އަޑުއިވުނެވެ.

“ޒެލް… ޒެލްއަކީ ބައްޕަގެ ތިންވަނަ ދަރިފުޅު… ޔާންގެ ބެސްޓީ… މައި ސެކަންޑް ބްރަދަރ…” ޔަޒްދާންގެ ދުލުން ބޭރުވި ކޮންމެ ޖުމްލައަކުން އަންގައިދިނީ ޒެލްއާއި އެ އާއިލާއާއި އޮތް ގުޅުމެވެ. ޔަޒްދާންއަށް ޒެލް ހާއްސަވަރެވެ.

“ޒެލްއޭ ބުނީމަ ކޮންމެވެސް ހަނދާންތަކެއް ސިކުނޑީގައި ކޮއްޓާލާ… ޒެލްއާއިއެކު ކުޅެއުޅޭ ހަނދާންވޭ… އެކަމަކު ޒެލް ހުންނަގޮތް… ޒެލް ހާއްސަވާންޖެހޭ ސަބަބެއްނޭނގެ… ކުރީރޭ ބައްޕަ ޕާސްޓްގެ ހަނދާންތައް ކިޔައިދެއްވުމާއި ހަމައަށް… ހިތަށް އަރާ ޒެލްއަކީ އަސްލު ބައްޕައާއި ކިހިނެތް ރިލޭޓްވާ ކުއްޖެއްބާވައޭ… ޒެލް ކޮބައިބާވައޭ މިހާރު… ވިލް ހީ ސްޓިލް ލުކް ދަ ސޭމް….” މަޔާން ވާހަކަދައްކަމުން ސޯފާގައި ދެމިލިގޮތަށް ހުދުކުލައިގެ ސީލިންގްއަށް ކަޅި ހުއްޓާލިއެވެ. އޭނަގެ ސިކުނޑިއަށް އުނދަގޫކުރާ ޕަޒުލްގެ އެތިކޮޅުތައް ގުޅުވާލެވުނުފަހުން ޒެލް ހޯދުމުގެ ޝައުގުވެރިކަން ހިތުގައި ހިނގައިގަނެފައިވެއެވެ. އޭނައަށް ނޭނގުނަސް ޒެލްގެ ހުރިހާ ހަނދާންތަކެއް މިހާތަނަށްވެސް އޭނައާއިއެކުގައިވިއެވެ. ރެކް ފުރާލައިފައި ހަދިޔާތަކާއި ކާޑުތަކަކީ ޒެލްގެ ހަނދާންތަކެވެ. އެ ކާރޑުތަކުގައިވާ ކޮންމެ ލަފްޒަކުން އެތަށް ހަނދާނެއް ގެނެސްދީފިއެވެ. “ޑޭޑީމެންހެން ބެސްޓީސްގޮތަށް އުޅެން…” އެފަދަ ޖުމްލަތަކުން މަޔާންގެ ހިތުގައި ސުވާލުއުފައްދާފައިވެއެވެ. ޒެލްގެ ބައްޕައާއި އޭނަގެ ބައްޕައާއި އޮތީ ކޮންގުޅުމެއް ހެއްޔެވެ؟ އޭނައަށް އިނގިފައިވާގޮތުން ބައްޕަގެ އެންމެގާތް އެކުވެރިޔަކީ އަޒްހާނެވެ.

“ނޮޓް ޕޮސިބަލްދޯ… ޔާންވެސް ފޮޓޯގައި ހުރިގޮތަކަށް ނޫންދޯ މިހާރު ތިހުރީކީ… ޒެލް ދުނިޔޭގައި ހުރިނަމަ ޔާންއާއި އެއްވަރެއްވާނީ…” ޔަޒްދާން ވާހަކަދެއްކީ ލޯގަނޑު ކައިރީ އިސްތަށިގަނޑުގައި ކްރީމްލާން ހުރެގެންނެވެ. އެ ޖުމްލައިން މަޔާންއަށް އައި ބަދަލު ޔަޒްދާންއަށް ނުހަނު ރީތިކޮށް ފެނުނެވެ.

“ތިބުނީ ކީކޭތަ؟” އެންމެ ފަހު ޖުމްލައިގެ މާނަ ފަހުމްނުވެގެން މަޔާން ސުވާލުކުރިއެވެ.

“ނޭނގެ… ކޮންމެވެސް ސަބަބަކާއިހެދި އަހަރެންގެ ހިތް ބުނޭ ޒެލް ދުނިޔެއަކު ނެތޭ… ޒެލްގެ މަންމައާއި ބައްޕަ ނިޔާވީ އިމާރާތެއްގައި އަލިފާން ރޯވެގެން… އޭގެ ފަހުން ޒެލްނުވެސް ދެކެން… ބައްޕަ ޒެލް ރާއްޖެއިން ބޭރަށް ދިޔައީއޭ ބުންޏަސް ޤަބޫލެއްނުކުރެވޭ… ދެރަވެދާނެތީ ބައްޕަ ތެދަށް ނުބުނުއްވީކަމަށްވާނީ… އެހެންނޫންނަމަ މިހާދުވަސްވީއިރު ހަބަރެއްވީހެއްނު…” ޔަޒްދާން މޫނުމަތީން ދެރަވިކަމުގެ ކުލަވަރު ފެނުނެވެ. ހައިލާއާއި އަޒްހާންއަކީ ޔަޒްދާން ނުހަނު ބޮޑަށް ހަނދާންހުންނަ ދެފަރާތެވެ. ދުވަސްތައް މާޒީއާއި އެކުވަމުންގޮސް އޭނަގެ ހިތުގައި މިހާރު ހަމައެކަނިވަނީ އެދެނަމާއި އެކީގައި ހޭދަވި އުފާވެރި ދުވަސްތަކުގެ ހަނދާންތަކެވެ. ހައިލާއާއި އަޒްހާންގެ މޫނު ނުފެނި ގިނަދުވަސްވަމުންގޮސް އެ ސޫރަ މުޅިންހެން ހިތުން ފުހެވިގެން ހިނގައްޖެއެވެ. އެންމެފަހުންވެސް އޭނައަށް މިގޭތެރެއިން އެދެޒުވާނުންގެ ފޮޓޯއެއް ފެނުނީ އޭނަ ކިޔަވަން ފުރުމުގެ ކުރިންނެވެ. އަހަރުތަކަކަށްފަހު އޭނަ އެނބުރިއައިރު ކޮންމެވެސް ސަަބަބަކާއިހެދި ގޭތެރެއިން އެ ފޮޓޯތައް ފެނުން ހުއްޓިއްޖެއެވެ. އޭރުގެ ފޮޓޯ ލޯގަނޑުތައް މިހާރު ބެހެއްޓިފައިހުންނަނީ މިޙުރާންގެ ސްޓަޑީއާއި ނިދާކޮޓަރީގައެވެ. އެއީ ޔަޒްދާންއާއި މަޔާންވެސް އާންމުކޮށް ވަދެއުޅޭ ދެބައެއްނޫނެވެ.

މަޔާން އިތުރު ސުވާލެއްކުރުމުގެ ކުރިން ޔަޒްދާންގެ ފޯނު ރިންގްވާންފެށުމުން އޭނަ ފޯނު ހިފައިގެން ކޮޓަރިން ނިކުތެވެ. އެއާއިއެކު އިރުކޮޅެއްވާންދެން ބޯދަށަށް އަތްލައްވާލައިގެން މަޔާންއަށް ވިސްނަން އޮވެވުނެވެ. މާގިނައިރު އެގޮތުގައި ނޯވެވުނީ އޭނަގެ ފޯނަށް އައިޒާން ގުޅަން ފެށުމުންނެވެ. އޭނަ ފޯނު ނެގިގޮތަށް ބެލްކަންޏަށް ނިކުތެވެ. މިދުވަސްކޮޅަކީ އޭނައަށް ހިންދެމިނުލެވޭހާ ބުރަ ދުވަސްކޮޅަކަށް ވާނޭކަން މަޔާންއަށް އިނގެއެވެ.

އައިޒާން ދައްކަމުންދިޔަ ވާހަކަ ކަނުލާ އަޑުއަހަމުންދިޔައިރު މަޔާންގެ މޫނުގެ ކުލަ ބަދަލުވިއެވެ. އިރުކޮޅެއްވާންދެން ބަހެއްނުބުނެ ހުރެފައި ފޯނު ކަނޑާލިގޮތަށް އޭނަ ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. ހައިޒަލްގެ ކޮންމެ ބަހެއް ސީދާވެގެން އައިސް ހަޤީޤަތަކަށްވެއްޖެއެވެ.

*** *** *** *** *** ***

ރޭގަނޑުގެ ހަމަހިމޭންކަމުގެ ތެރެއިން ފަނިފަކުސާގެ އަޑުނޫން އަޑެއްނީވެއެވެ. މަގުތައްވެސްވަނީ އާދަޔާހިލާފަށް ހިމޭންވެފައެވެ. ދުއްވާއެއްޗެއްގެ އަޑުވެސް ނީވި މުޅި މާލެވެސް ނިދާފައިވާފަދައެވެ. ދަންވަރަށް ވެހިގަތް ވާރޭ އެ ހިމޭންކަން ނަގާލާ މާހައުލުގައި މަޑުނާނާއެއް އަޅުވަން ފެށިއެވެ. ތުނިތުނިކޮށް ވެހެންފެށި ވާރޭ ބޯކުރަމުންގޮސް ތަންތަން ނުސާފުވާވަރުވީ ވާރޭވެހެންފެށިތާ ދާދި ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. އޭރު ބާރު ވައިރޯޅިތައް ފަޒާގައި ބޫން އަޑު ލައްވާލައިފައިވެއެވެ.

ވާރޭ އެންމެ ބޯކޮށްލިވަގުތު އަލަށް ހަދަން ފަށައިފައިވާ އިމާރާތުގެ ތެރެއިން އަންހެންކުއްޖަކު ދުވެފައި ނިކުތެވެ. ހުސްފަޔާހުރި އެއަންހެންކުއްޖާގެ ހެދުން ވީދި ހަށިގަނޑުން ބޮޑުބައެއް ކަޝްފުވެފައިވެއެވެ. ބޮލުގެ އިސްތަށިގަނޑު ތަރުތީބެއްނެތި ވިނެވިފައިވާއިރު އެ ހަށިގަނޑުން ލޭކޮށެވިފައިވެެއެވެ. މޫނުމަތިން ދުޅަވެ ނޫފައިގަނެފާއިވާއިރު ޒަހަމްތަކުން އަންނަމުންދިޔަ ލޭތައް ވާރޭއާއި ދޮވެވެމުންދިޔައެވެ. ހަށިގަނޑުގައި ކުރިއަށްދާނޭ ހިތްވަރެއް ނެތިފައި ހުރެވެސް އެއަންހެންކުއްޖާ ކުރިއަށް ދުއްވައިގަތެވެ.

ހެނދުމުގެ މެޔާއި ދިމާލުން ވީދައިގެން ގޮސްފައިވާ ބައިގައި އަތްއަޅާ ބާރުކޮށްލައިގެން ހުރެ ހުސްފަޔާ ދުވަމުންދިޔައިރު ދޭތެރެއަކުން ފަސްއެނބުރި އޭނަ ނިކުމެގެން އައި އިމާރާތާއި ދިމާލަށް ބަލާލަނީ ޖެހިލުންވެހުރެއެވެ. އޭނަގެ ފަހަތުން އަތުލައިގަންނަން މީހަކު އަންނަކަމުގެ ވަހުމާއިއެކުގައެވެ. އެ ހަށިގަނޑުގެ ކޮންމެ ޒަހަމެއްގައި އަޅަމުންދާ ވޭންތަކުން ލިބޭ ރިހުމަށްވުރެ އެ ހިތުގައި އެހެން އިހުސާސެއް ގަދަވެގަނެފައިވެއެވެ. މަންޒަރުތައް ފުސްކޮށްލަމުންދިޔަ ވާރޭތެރޭ ވަރުބަލިކަމާއިއެކުވެސް މިސްރާބެއްނެތި އެ ކުއްޖާ ދުވަމުންދިޔައީ ދެވޭ ނުުދޭވޭ ތަނެއް ނޭނގޭ ހާލުގައެވެ.

އިމާރާތް ލޮލުކޮޅަށް އޮބާހާ ދުރަށް ގޮސްފައި އެއަންހެންކުއްޖާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ދެއަތްއުފުލާލައި ބޮލުގައި އަތްއަޅާލިއެވެ. އެއާއިއެކު ރަތްވެފައިވާ ދެލޯމެރި އެ ލުއި ލުއި ހަށިގަނޑު އެއްފަރާތަކަށް އަރިއަޅާލިއެވެ. ހުއްޓުމެއްނެތި ތިރިވަމުން އައި ހަށިގަނޑު މަގުމަތީގައި ދުވެފައިވާ ފެންގަނޑުގައި ޖެހުމާއިއެކު ދެފަރާތަށް ފެންތައް ބުރުއްސައިގެންދިޔައެވެ.

*** *** *** *** *** ***

މެންދުރުގެ ހޫނުން ދުނިޔެ މާލަމުންދިޔަވަގުތު އިރުގެ ރަންދޯދިތަކުން ވޮށެއްފަދައިން ދުނިޔެ ދިއްލާ އަޅާލައިފައިވެއެވެ. ބޮޑެތި ކަފަވިލާކޮޅުތައްވެސް ނަލަ ނަލަ ދުވަހަކަށް ނިވާއަޅަމުން އުޑުމަތީ ދުވަމުންދިޔައެވެ. ޖެހޭ ފިނިރޯޅިތަކުން ހިތަށް ފިނިކަން ލިއްބައިދެއެވެ.

އެއްއަތުން ކޮފީ ތަށި ހިފަހައްޓާލައިގެން މަޔާން ހުރިއިރު އެ ރީތި މޫނުވަނީ އޭނަގެ ކުރިމައްޗަށްވާގޮތަށް ހުރި ބިއްލޫރިގަނޑުގައި ޖައްސާލެވިފައެވެ. ލޯމަރާލައިގެން ހިިނިތުންވެލައިގެން މަޔާން ހުރީ ދުވަހުގެ ހިތް ފަސޭހަކަން ލިބިގަންނާށެވެ. މަރާލެވިފައިވާ ލޮލުގެ ތެރޭ އޭނަ ކުރަހަމުންދާ ތަސްވީރާއިއެކު ތުންފަތްމަތީވީ ހިނިތުންވުން ފުންވަމުންދިޔައެވެ.

“ޔާން… ޔާން…. ޔާން…” ދިގު ހޯލްވޭގެ ކޮޅުން އައިޒާން ދުވެލައިފައި އައީ އަޑުހުރި ބާރަށް މަޔާންއަށް ގޮވަމުންނެވެ. ހުވަފެނީ ދުނިޔެއެއްގައި ހުރެފައި މަޔާން ލޯހުޅުވާލަމުން އަޑުއައި ދިމާލަށް ބަލާލިއެވެ. އެއާއިއެކު އަނގަޔަށް ގޮތެއްހަދާލެވުނީ އެންމެންގެ ނަޒަރު އޭނަގެ މޫނަށް އަމާޒުވެފައިވާތަން ފެނުމުންނެވެ. ހިތާހިތުން އައިޒާންއާއި ދިމާލަށް ކުދިިކިޔައިގަނެވުނެވެ.

“ސާބަހޭ… ފަޔަރ ލޮރީއެއްހެން އެލާރމް އަޅަމުން ނަޔަކަސް އަހަންނަށް އަޑުއިވެޔޭ…” މަޔާން ވާހަކަދައްކަމުން އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. އެހެންފަހަރުތަކުގައި އޭނަ އެއްޗެކޭ ނުބުނެގެން ހުންނަ އައިޒާންގެ ފަރާތުން ރައްދެއް ނުލިބުނެވެ.

“ޔާން… ވޮޗް ދިސް…” އައިޒާން އޭނަގެ ފޯނު މަޔާންއާއި ދިމާލަށް ދިއްކޮށްލިއެވެ. އެ ފޯނުގައި ނުހިފާހުރެ މަޔާން އައިޒާންގެ މޫނަށް ނަޒަރުހުއްޓާލިއިރު އެ މޫނުމަތީ ފެނިލީ ސީރިޔަސްކަމެވެ. ފޯނުން ޕްލޭވަމުންދިޔަ ވީޑިއޯއަށް މަޔާންއަށް ނަޒަރެއްދެވުނީ ދެނެވެ. ވަގުތުން އެ މޫނުމަތީވީ ލާނެތް ކުލަވަރު ފިލައިގެންދިޔައެވެ.

ފުލުހުންގެ ޓީމަކާއިއެކު ޕްރޮސެކިއުޓަރުންތަކެއް ސިލްކުގެ މައި އޮފީސްތެރެއަށް ވަދެ ސިލްކުގެ ސީއީއޯ ރައިހާން އައްމާރު ހައްޔަރުކުރާ މަންޒަރު ފެންނަ ވީޑިއޯ މުޅި މީސްމިޑިއާގައި ވައިރަލްވެފައިވެއެވެ. ނޫސްތަކުގައި ފަލައަކުރުން އެ ހަބަރު ފެވިފައިވެއެވެ. އަންހެންކުއްޖަކު ރޭޕްކުރުމުގެ ތުހުމަތުގައި ރައިހާން ހައްުޔަރުކުރެވިގެންދިޔަ ހަބަރު ޓީވީ ތަކުންވެސް ގެނެސްދެމުންދިޔައެވެ.

“ރީތިގޮތަކަށް މިކަން ނިމޭނެހެން ހީވޭ… މިއީވެސް އައްމާރާއިހެދި އަހަރެމެންނަށް އަތުނުވެގެން އުޅޭއެކަކު… މިކަހަލަ މީހުންނާއި ހެދި މީހުންގެ ދިރިއުޅުން ހަލާކުވަނީ… ކާކުތަ މިކޭސްއާއި މިކޮޅުން ހަވާލުވަނީ…” މަޔާން ވާހަކަދެއްކިއިރު އެ މޫނުމަތިން ތަފާތު ކުލަވަރެއް ދައްކައެއްނުލިއެވެ. ކުށްވެެރިންނަށް ހަމްދަރުދީ ފާޅުކުރުމަކީ އޭނަ ހަމަހޭގައި ހުރެގެން ނުކުރާނޭކަމެކެވެ. އަމުދުން އައްމާރާއި އޭނައާއި ގުޅުންހުރި މީހަކަށެވެ.

“ނޭނގެ.. ހީވަނީ ޕްރޮސިކިއުޓަރ ޔާޝަން… ނިކްހަތް ނޫނީ މިންހާ މޭމްހެން ހަވާލުވާނީ… މިކަހަލަ މައްސަލަތައް ނަގާ ޓީމްއަކީ އެއީއެއްނު… ޔާން ކިހިނެތްދެން އޮތީ… ހައްޔަރުކުރަންޖެހޭ މީހުން ހައްޔަރުކުރަން ބޭނުންވާ ވާހަކަ ބުނީމެއްނު…” އައިޒާން އޮޅުންފިލުވަންވެގެން ސުވާލުކުރިއެވެ.

“ކޯޓް އަމުރަށް އެދިފައި އޮންނާނީ… ލިބުނުހާ އަވަހަކަށް އުޅެންވީ އެކަމާ… އެކަކު ހައްޔަރުކޮށްގެން ދެންތިިިބި މީހުން އަތުވާނީ… ހިތަށްއަރަނީ ކާކުބާވައޭ ވެޕަން އަހަރެމެންނާއި ހަމަޔަށް ފޮނުވީ… އެމީހަކާއި ބައްދަލުވާނެނަމައޭ… ހަމައެކަނި ފޮރިންސިކްސްއިން ސާބިތުކޮށްދޭން އުނދަގޫވާނެ… ހެކިބަހާއިނުލާ ވާނެހެނެއް ހިޔެއްނުވޭ…” މަޔާން ވާހަކަދައްކަމުން އިސްތަށިގަނޑަށް އަތްމަހާލިއެވެ. އޭނަ ހާސްވާ ސަބަބަކީ އެެއީއެވެ. ފޮރިންސިކް ރިޕޯޓުން ކޯޓު މަރުހަލާގައި ހުރިހާކަމެއް ސާބިތުކޮށްނުދެވޭނެކަން އިނގެެއެވެ. ދެރައީ އެމީހުންނަށް އެހީވި މީހަކު އެއީ ކާކުކަން އިނގޭފަދަ އެއްވެސް މައުލޫމާތެއް ނުދިނީތީއެވެ. މަޔާން އުއްމީދުކުރަނީ ރަނގަޅުގޮތެއް ވާނޭކަމަށެވެ. އެހެންނޫންނަސް އޭނަ ހުރީ އޭނައަށް ވީގޮތަކުން މިމައްސަލަ ކާމިޔާބުކުރަން އަމާޒު ހިފައިގެންނެވެ.

*** *** *** *** *** ***

ރޭގަނޑުގެ ވަގުތު ހައިޒަލް ބްލޫސްގެ އިމާރާތާއި ތަންކޮޅެއް ދުރުގައި ކާރު މަޑުކޮށްލައިގެން އިންއިރު އެ ނަޒަރު ހުސްކޮށްލެވިފައިވީ އެ ފަނަރަބުރީގެ އިމާރާތެވެ. އެހާ ދުރުން އެ އިމާރާތް ފެންނަނީ އަލިގަނޑެއްގެ ސިފައިގައެވެ.  ކިރިޔާ ބްލޫސް ލޮލުގެ ކޮޅަށް ފެންނަހިސާބުގައި ހައިޒަލް އިންއިރު ބްލޫސްއަށް ވަނުމުގެ ހިޔާލެއް ހައިޒަލްގެ ނެތީހެން ހީވެއެވެ. އޭނަ ދެން ބްލޫސްއަށް ވަންނަ ދުވަހެއްވާނީ އަލްހާންއާއި ރިހާނާ ބްލޫސްގެ އިމާރާތުން އަބަދަށްޓަކައި ނެރޭ ދުވަހަށެވެ. އެއީ ހައިޒަލް އަމިއްލަ ނަފްސަށް ވެފައިވާ ވައުދެކެވެ. އޭގެ ކުރީން ވިންޓަރ ބްރީޒްއަށް ވަނުންވެސް ހައިޒަލް އޭނަގެ އަމިއްލަ ނަފްސަށް މަނާކޮށްފައިވެއެވެ. އެދުވަހުގެ ފަހުން އޭނަ އެގޭތެރެއަށް ފިޔަވަޅެއްވެސް އަޅާލައިފައެއްނުވެއެވެ.

އިރުކޮޅެއްވާންދެން އޭނަގެ ބައްޕަގެ ރަމްޒުކަމުގައިވާ އެ އިމާރާތަށް ބަލަހައްޓައިގެން އިނދެފައި ހައިޒަލް ކާރު ދުއްވާލިއެވެ. ބޮޑެތި އިމާރާތްތައް ފަހަނައަޅަމުންގޮސް ހައިޒަލް ކާރު ހުއްޓާލީ ފެންވަރު ރަނގަޅު ރެސްޓޯރެންޓެއްގެ ކުރިމައްޗަށެވެ. ރޭގަނޑު ހަލަބޮލިކުރަމުންދާ މީހުންގެ ތެރެއިން ފުރޭނިގެން ގޮސް ހައިޒަލް ރެސްޓޯރެންޓް ތެރެއަށް ވަނެވެ.

އެއްފަރާތުގައި ސިޑިން އަރައިގެންދަނިކޮށް ސިޑިމަތިން ދުވެފައި އައި ކުއްޖަކު ހައިޒަލްގެ ގައިގައި ޖެހިފައި އެ ކުއްޖާ ނުވެއްޓުނީ ހައިޒަލް ހުށިޔާރުވެ އެ ކުއްޖާ ހިފަހެއްޓެމުންނެވެ. އެ ކުޑަ ފިރިހެންކުއްޖާ އާއި އެއްހަމަޔަކަށް ހައިޒަލް ތިރިވެލަމުން އެ ކުއްޖާގެ އަތުގައި ހިފާލިއެވެ. އެވަގުތު ގާތްވަމުން އައި ފިޔަވަޅުގެ އަޑާއިއެކު ހައިޒަލް އިސްއުފުލާ ބަލާލިއެވެ. އޭރު ހައިޒަލްމެން އުމުރުގެ ޒުވާނެއް ސިޑިން ފައިބައިގެން އަންނަނީއެވެ. އެ ޒުވާނާގެ ކޮނޑުމަތީ އެއްއުމުރެއްގެ ދެ ފިރިހެންކުދިން އިށީދެލައިގެން ތިއްބެވެ.

“ތިއްތި… ޑެޑީ ތިއްތި ކައިރީ ބުނީމެއްނު ބޮޑައެއްނުހާކާނެއޭ…” ކޮނޑުމަތީތިބި ދެކުދީންގެ ގައިގައި ހިފަހައްޓާލައިގެން ހުރެ ފިޔަވަޅުތަކަށް ފަރުވާތެރިވެ ހުރެ ސިޑިން ފައިބަމުން އެ ޒުވާނާ ވާހަކަދެއްކިއެވެ. އެވަގުތު ހައިޒަލްއާއި ދިމާލަށް އެޒުވާނާ ބަލާލަމުން ހިނިތުންވެލިއެވެ. އޭރު އެ ފިރިހެންކުއްޖާ ހުރީ މޫނު ހަދާލައިގެންނެވެ.

“ދާނިޔަލް… ދާން….” ހައިޒަލްގެ އަތުތެރެއިން ލޫދިގަނެގެން އެ ކުއްޖާ ދޮރާއި ދިމާލަށް ދުއްވައިގަތުމާއިއެކު އެ ޒުވާނާ އަޑުހަރުކޮށް އެކުއްޖާގެ ނަމުން ގޮވާލިއެވެ. ހައިޒަލް އެ ޒުވާނާއަށް ނަޒަރެއްދީފައި އެ ކުއްޖާ އަތުކުރަން ހަލުވި ފިޔަވަޅުތަކެއްގައި ދުއްވައިގަތެވެ. އެވަގުތު ސިޑިމައްޗަށް ވަރަށް ބާރަށް އެއްޗެއް ވެއްޓުނުއަޑާއިއެކު ދޮރާއި ހަމަޔަށް ގޮސްފައިވެސް ހައިޒަލްއަށް އެނބުރިބަލާލެވުނެވެ. ފެނުނު މަންޒަރަކުން ހައިޒަލްގެ ބޮލަށް އެނބުރުންގަނޑެއް އެރިއެވެ. ނޭވާ ކަރުތެރޭ ހާސްވިއިރު ދެލޯ ތަންމިނަށް ހުޅުވުނެވެ.

“ޑޭޑީ.. ޔާޒް…” ހައަހަރުގެ ދާނިޔާލްވެސް ހުއްޓުން އަރާފައިހުރެ ރޮއެގަންނަމުން ސިޑިއާއި ދިމާލަށް ދުއްވައިގަތެވެ. އޭރު ޔާޒް ވެއްޓި ބޯޖެހުނު ތަނުން ލޭގެ ކޯރެއް ދަމާލިއެވެ. ރެސްޓޯރެންޓްގެ މުއައްޒިފުން އެ ޒުވާނާއަށް އެހީވާން އަވަސްވެގަތެވެ. އޭރު ހައިޒަލް ހުރީ ބޮލުގައި އަތްއެޅިގޮތަށް ގަނބުއަރާފައެވެ. އޭނަގެ ސިކުނޑިއަށް ނޭނގޭ ބާރުގަނޑެއް އަރާ ސިކުނޑި ފިސްފިސްވެ އެތިކޮޅުތަކަކަށްވާން އުޅޭފަދައެވެ. ނިއްކުރިއާއި ދިމާލުން ބޮލަށް ވާންވެ ލޯމައްޗަށް ފުސްވެގެންދިޔައިރު ލޯމަތީން ފެންނަމުންދިޔަ މަންޒަރު ބަދަލުވެގެންދިޔައީ އެސްފިޔަޖަހާލާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

*** *** *** *** *** ***

ހަވީރުގެ ހިތްފަސޭހަ ވަގުތު މާލޭގެ ނަންމަޝްހޫރު އެ ރެސްޓޯރެންޓްތެރެ ގުގުމާލައިފައިވަނީ ޒުވާން ކުދިންގެ ހުނުންތަކާއި މައްލަވަކުރުންތަކުންނެވެ. ލުއިލުއި ހުނުންތަކާއިއެކު މާހައުލުގެ އުފާވެރިކަން އެތައްުގުނައަކަށް އިތުރުވެ، އެތަނަށް ދިރުމެއް ގެނެސްދޭފަދައެވެ. މިޙުރާންގެ އާއިލާއާއިއެކު ބޭއްވުނު އާއިލީ ބޭއްވުމާއިއެކު އިރުއޮއްސުމުގެ ކުރީން ގެއަށްދިނުމުގެ ބޭނުމުގައި ތިބި މޭޒުދޮށުން ތެދުވެ އަޒްހާންއާއި މިޙުރާންގެ ދެމަފިރިން ކުދިވެރިން ގޮވައިގެން ސިޑިން ފައިބަންފެށިއެވެ. ސަމާސާ ވާހަކަތަކެއްގައި ތިބި ދެއެކުވެރިން ސިޑިން ފައިބަންފެށީ ކުދިވެރިންގެ އަތުގައި ހިފައިލައިގެން ތިއްބެވެ. އޭރު ހައިލާއާއި މިލީނާ ތިބީ އަމިއްލަ ވާހަކައެއްގައި ޖެހިފައެވެ.

“ސާބަސް… މިލީއާއި ޖެހުނީމަ ހައިގެ ވާހަކަ ނުހުއްޓޭދޯ… އަހަންނާއި ދައްކަންވެސް ބައެއް ވާހަކަ ބަހައްޓަންވާނެެއެއްނު…” އާދައިގެ މަތީން އަޒްހާން އޭނަގެ އަންހެނުންނާއި ސަމާސާކޮށްލިއެވެ.

“ޑެޑީ ޒެލްއަކަށް ނުހިނގޭނެ… ޑެޑީގެ ކޮނޑަށް އަރަން…” މަތީބުރިއަށް އަރާ ހާއްސަކޮށްފައި ސިޑިބަރި ފެނުމާއިއެކު ޒެލް އުޒުރެއް ދައްކާލަމުން އަޒްހާންގެ ފައިގައި ހިފަހައްޓާލިއެވެ.

“ނޫން ސްވީޓްހާރޓް… މަންމީއާއިއެކީ ހިނގާލައިފައިދޯ ދަރިފުޅު ފައިބާނީ… ބަލާލަ ތުއްތުވެސް އެދަނީ ހިނގާފައެއްނު…” ޒެލް ހިނގަން މަސައްކަތަށް ބަހަނާއެއް ހޯދީކަން އިނގިގެން ހައިލާ ވަގުތުން ދެކޮޅުހެދިއެވެ.

“އޯކޭވާނޭ ހައި… މިފަހަރު ދާނީ ޑެޑީގެ ކޮނޑުގައި އިނދެގެންދޯ…” އަޒްހާން ޒެލް އުފުލާލިގޮތަށް ކޮނޑަށް ލިއެވެ. ޒެލްގެ އެއްވެސް ކަމެއްގައި އަޒްހާންގެ ދުލުން “ނޫން” އެލަފްޒު ބޭރުނުވާނޭކަން ހައިިލާއަށް މާކުރިންވެސް އިނގެއެވެ. ހައިލާ ކަންބޮޑުވަނީ މިހާރު ޒެލް ބުނާހާކަމެއްކޮށްދީގެން ފަހުން ޒެލްއަކީ ގޮތްދޫނުކުރާ ކުއްޖަކަށް ވެދާނެތީއެވެ.

އަޒްހާންއަށް ހަމައެކަނި ޒެލް ކޮނޑަށް ލައިގެން ސަލާމަތެއްނުވިއެވެ. މަޔާން އެދުމުން އޭނައަށް ޖެހުނީ މަޔާންވެސް ކޮނޑުމައްޗަށް ލާށެވެ. އެއާއިއެކު ޒެލްއާއި މަޔާންގެ ކުޅިވަރުވަކީން ގަދަވިއެވެ. އެއްކުއްޖަކު އަނެއްކުއްޖަކަށް ވާދަކިޔަމުން ކޮނޑުގައި އަތްއަޅާކޮއްޕަން ފެށިއެވެ. އެއީ ދެކުދީން ނުހަނު ގިނައިން ކުރާކަމެކެވެ. ޒެލް އަބަދުވެސް ބޭނުންވާނީ މަޔާންއަށް ގަދަވިޔަނުދީ އަޒްހާން އަމިއްލަކޮށްލައިގެން އޮންނާށެވެ. އަނެއްކޮޅުން މަޔާން ބޭނުންވާނީ ގަދަހިފުމަކަށް ގޮސްގެންވިޔަސް ޒެލްއަށްވުރެ ކުރިހޯދާށެވެ.

“މަންމީ…” ސިޑިބަރިމަތީގައި މަޔާންގެ ހަށިގަނޑުގައި ޖެހުނު އަޑާއިއެކު މަންމާއޭ ކިޔާ ރޮއެގަތްއަޑުއިިވިފައި މާދުރުގައި ހުރެފައިވެސް މިލީނާއަށް އެދިމާލަށް ދުއްވައިގަނެވުނެވެ. އޭރު މަޔާން އޮތީ ސިޑިބަރިމައްޗަށް ވެއްޓުނުގޮތަށް އަތެއް ފައެއްވެސް ތަޅުވައިނުލައެވެ. ބޯފަޅައިގެން ގޮސް އޮހިގަތް ލޭތަކުން މަޔާން ލައިގެން އޮތް ޓީޝާޓް ރަތްވަމުންދިޔައެވެ.

“މަގޭ ދަރިފުޅާ.. މަންމަގެ ޔާން…” މިލީނާއަށް ހަޅޭލަވައިގަނެފައި މަޔާންގެ ހަށިގަނޑު ކައިރިއަށް ތިރިވިއެވެ. ވަގުުތުން އެންމެން މަޔާންގެ ކައިރިއަށް ބޮޑިވެލިއިރު ކައިރިވާން ނުކެރިފައި ދުރުގައި ހުރީ ޒެލްއެވެ. އެބޮޑު ދެލޯ ކަރުނުން ފުރާލައިގެން ހުރިއިރު އެލޮލުގައިވީ ކުށްވެރިކަމެވެ. ޔާން ވެއްޓުނީ އޭނަގެ ދެއަތުން ޔާންގެ މޭގައި އަތްއަޅާ ކޮއްޕާލުމުންނެވެ. އޭނައަކީ ބަސްނާހާ ގޯސްކުއްޖެކެވެ. ޔާން ދުވަހަކު ދެން ޒެލްއަކާއި ވާހަކައެއްނުދައްކާނެއެވެ.

ހަބަރުހުސްވެފައި އޮތް ޔާން އަތްމަތީ ބާއްވާލައިގެން މިޙުރާން ތެދުވިއިރު އޭނަގެ ނަޒަރު ސީދާވީ ދުރުގައި ބާކީވެގެން ހުރި ޒެލްއަށެވެ. އަޒްހާންގެ އަތުތެރެއަށް މަޔާން ލަމުން މިޙުރާން ޒެލްއާއި ގާތްވެ އެ ތުއްތު ހަށިގަނޑު މޭގައި ޖައްސާލިއެވެ.

“ރާން އަންކަލް އައިމް ސޮރީ…” ޒެލް ތުން ފިއްތާލައިގެން ހުރެފައި ރޯންފެއްޓިއެވެ. އެއާއިއެކު މިޙުރާން ދެފަރާތަށް ބޯހޫރާލަމުން ޒެލްގެ ލޮލުން ބަނޑުންވަމުންދިޔަ ކަރުނަތައް ފުހެލަދިނެވެ.

“އިޓްސް އޯކޭއޭ ދަރިފުޅާ… ޒެލް ގަސްތަކު ނޫނެއްނު… ރާން އަންކަލް އިޒް ނޮޓް އެންގްރީއޭ…” މިޙުރާން ޒެލް މެޔާލައި ފިއްތާލިއެވެ. އިސްތަށިކޮޅުގައި ފިރުމާލިއެވެ. އެއާއިއެކު ޒެލްގެ ރުއިމުގެ އަޑު ބާރުވިއެވެ.

*** *** *** *** *** ***

ބޮލަށް އެރި ރިހުންގަނޑު ބާރުވެ ސިކުނޑި ފިތެމުންދާހެން ހީވުމާއިއެކު ބޮލުގައި ޖައްސާލެވިފައިވާ އަތަށް ބާރުކޮށްލަމުން ހައިޒަލް ފާރުގައި އަތްވިއްދާލިއެވެ. މެޔާއިދިމާލުން ކަށިތައް ފިތި މޭމައްޗަށް ވާންވަމުންދިޔަކަން އިހުސާސްވުމާއިއެކު ހައިޒަލް ލޯމަރާލަމުން ފުންނޭވާއެއްދޫކޮށްލިއެވެ. ދެތިން ފަހަރަކު ތަކުރާރުކޮށްލިތަނާ ބޮލުގައި ހުރި ރިހުން މަޑުމަޑުން ފިލަމުން ގޮސް އެކީހެން ފިލައިގެން ހިނގައްޖެއެވެ. ހައިޒަލްގެ ތުންފަތްމަތީ ހިނިތުންވުމެއް ކުޅެލިއެވެ. އޭނަގެ ހަނދާނުގެ މައްޗަށް އަމިއްލަ ނަފްސަށް ގަދަވެވުނުކަމުގެ އިހުސާސް އެންމެ ބޮޑަށް ކުރެވުނު ވަގުތުކޮޅަކީ އެއީއެވެ.

“ރާން… މިޙުރާން އަންކަލް…” އެހެންފަހަރުތަކަކާއި ހިލާފަށް ސިކުނޑި މިފަހަރު ހުރިހާކަމެއް ނަގައިގަތީ ނުހަނު ފުރިހަމައަށެވެ. އޭނަވެސް ހައިރާންވާ ދަރަޖައަށެވެ. ސިކުނޑިއަށް ބާރުލުމާއިއެކު ހަނދާންތައް އޭނަވަށާލިފަދައެވެ. ހަނދާނުގެ އެތިކޮޅުތައް ގުޅިގެންދިޔައީ ހައިޒަލްއަށް ނުހަނު ބޮޑުކަމެއް ފަހުމްކޮށްދީފައެވެ. އޭނަގެ ހިތުގައި އެތަށްދުވަހެއްވާންދެން އުފެދިފައި ހުރި ސުވާލުތަކަކަށް ޖަވާބުދީފައެވެ.

*** *** *** *** *** ***

ސައިރެން އަޅަމުން އައި ފުލުހުންގެ ވެހިކަލްތައް ހުއްޓީ ބްލޫސްގެ މައި އިމާރާތުގެ ކުރިމައްޗަށްވާ ގޮތަށެވެ. އެއާއިއެކު ވެހިކަލްތަކުން ފުލުފުލުން ފޭބި ފުލުހުންތަކުން މަގުމަތި އެކީހެން ފުރާލިއެވެ. ނޫކުލައިގެ ފުލުސް ޖިޕްގެ ފަހަތުން އައިސް މަޑުކޮށްލި ކަޅު ކާރުން މަޔާން ފޭބިއެވެ. އަޅި ކޯޓްފަޓްލޫންގައި އޭނަ ހުރީ ނުހަނު ރަސްމީކޮށެވެ. ކުރިމަތީން ފެންނަމުންދާ އިމާރާތަށް ނަޒަރެއް ދިނުމަށްފަހު ކާރުން ފޭބި އައިޒާންއާއި ދިމާލަށް ބަލާލަމުން މަޔާން ހިނިތުންވެލިއެވެ. އެއާއިއެކު އިމާރާތުގެ ތެރެއަށް ވަންނަން ހިނގައިގަތެވެ. އޭރު މަޔާންގެ އަމުރާއިއެކު އޭނައާއި އެކު ހަރަކާތްތެރިވާ ފުލުހުންގެ ޓީމް ސަފުތައް ރުކުވާލައިގެން އިމާރާތުގެ ތެރެއަށް ވަދެގަނެފިއެވެ.

އިމާރާތުގެ ތެރެއަށް ވަދެގެން އައި ފުލުހުންގެ ފައުޖު ފެނުމާއިއެކު އެމީހަކު ކުރަން ހުރި މަސައްކަތްމަތީންވެސް ހަނދާން ނެތުނުފަދައެވެ. ދެލޯބޮޑުކޮށްލައިގެން ބަލަން ތިބެވުނީ ހަރަކާތެއް ގެންނަން ނުކުޅެދިފައެވެ. ގްރައުޑް ފްލޯރގެ މުވައްޒަފުން ކުރިމަތިން އަޅައިގެން ކުރިއަށްދާން ފެށުމާއިއެކު އެވަގުތު ތިރީގައި ތިބި ސެކިއުރިޓީ ޑިޕާރޓްމެންޓްގެ މުއައްޒަފުން ފުލުހުންނަށް ހުރަސްއަޅަން މަސައްކަތްކުރިއެވެ. ނަމަވެސް ލޯމައްޗަށް ހުރަސްވި ކޯޓު އަމުރާއިއެކު އެ މުވައްޒަފުންނަށްވެސް މަޖުބޫރުވީ އެ ބޭފުޅުންނަށް ތަންދެމުން އެއްފަރާތްވާށެވެ. ތިރީގައި ތިބި މުވައްޒަފުންނަށް ނަޒަރެއް ދެމުން އެބޭފުޅުން މިސްރާބުޖެހީ ސާދަވަނަ ފަންގިފިލާއަށެވެ.

އިޒުނައަކާއި ނުލާ ކެބިންގެ ދޮރުހުޅުވިގެންދިޔަ އަޑާއިއެކު ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލައްވައިގެން ނިއްމަތީ އަތްތިލަ ބާއްވަވައިގެން އޮންނަވާފައި އަލްހާން މަޑުމަޑުން ލޯހުޅުވާލެއްވިއެވެ. ކުރިމަތީގައި ނޫ ޔުނިފޯރމްގައި ތިިބި ފުލުހުން ފެނިފައި އަލްހާންއަށް ފުންމައިގެން ގޮނޑިން ތެދުވެވުނުގޮތުން ގޮނޑިވެސް ފަހަތަށް ވެއްޓުނެވެ. ހަށިގަނޑު ފަހަތަށް ދޫވެދާނެތީ އޭނައަށް މޭޒުގެ ކަނުގައި އަތްއަޅާބާރުކޮށްލެވުނެވެ. އަލްހާންއަށް ދިރިހުއްޓާ ލޯމަތީން އޭނަގެ މަރުފެނުނުފަދައެވެ. ލޯމައްޗަށް ސިފަވެގެންދިޔައީ ޖަލުގެ ތޭރިތަކުގެ ތެރޭ އޭނަ ގަނަތެޅޭނޭ މަންޒަރެވެ. އެ ހިޔާލުން އެކަނިވެސް އަލްހާންގެ ހަށިގަނޑު ހަރުކަށިވެގެންދިޔައިރު ދެފަރާތަށް ބޯހޫރައިގަތެވެ.

“ބްލޫސް ކޮމްޕެނީގެެ ޗެއަރމަން އަލްހާން ސުލްތާން…. 1998 ވަނަ އަހަރު އޭ.އެޗް.އިންޑަސްޓްރީޒްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ނިޔާވި ކުންފުނީގެ ޗެއަރމަން އަޒްހާން ސުލްތާންއާއި އަންހެނުން މަރިޔަމް ހައިލާގެ މަރު ފަހަތުގައި ތިބޭފުޅާގެ އަތެއްވާކަމަށް އަޅުގަނޑުމެންގެ ތަހުޤީގުން ސާބިތުވެފައިވާތީ އަޅުގަނޑުމެން މިއައީ ކޯޓް އަމުރުގެ ދަށުން ދައުވާ ލިބޭ ފަރާތް ހައްޔަރުކުރުމަށްޓަކައި…” ފުލުހުންތަކުގެ ތެރެއިން އާދައިގެ ހެދުމުގައި ހުރި މަޔާން ކުރިއަށްޖެހިލަމުން ދިއްކޮށްލީ ކޯޓް އަމުރެވެ. ގަނޑުގެ މަތީގައި ބޮޑުއަކުރުން ފަވާފައި އަކުރުތައް ލޮލުގައި އަޅައިގަތުމާއިއެކު އަލްހާންގެ ދެލޯބޮޑުވެ އަނބުރައިގަނެދާނެހެން ހީވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

ބުނެދޭށޭ ރުހެމޭ 70 – ބަދަލުގެނެވިފައި

Next

ވީރާނާވެފައިވީ ޙަޔާތް މަގޭ 10

Next
August 28, 2019

ވީރާނާވެފައިވީ ޙަޔާތް މަގޭ 10

Previews
August 28, 2019

ބުނެދޭށޭ ރުހެމޭ 70 – ބަދަލުގެނެވިފައި

87 Comments!

  1. IsHa says:
    August 28, 2019 at 7:27 pm

    salhi

    1. dhiraa wish says:
      August 29, 2019 at 7:08 pm

      thankss dear

  2. nau says:
    August 28, 2019 at 7:31 pm

    Awwnnn ..thnx sis mi part up kohdhinyyma ….m I first? Kiyaalaafa cmmnt kohllaanan

    1. nau says:
      August 28, 2019 at 7:48 pm

      Haadha curious vi hissabakunneyh thi nimmaaly?? …anyway this part is awsm?? ……curiously waitinn for the next part …????keep up the gud wrk sis …??????

    2. dhiraa wish says:
      August 29, 2019 at 7:09 pm

      dear mifaharu second.. next time first libeytho try kohlahjjey… thankss dear..

  3. dhiraa wish says:
    August 28, 2019 at 7:32 pm

    so heres the 71st part.. dhira ge exam nimunee ihhye.. ehenve reaai miadhu type kohlaafa mi upkohlee.. thankss for waiting patiently… hope you all will like it.. keep waiting for next part.. and feel free to comment according to the story

    1. Dream says:
      August 28, 2019 at 9:06 pm

      Dhraa ge exams kihineh? Sorry good luck nukiyuneema..???

    2. dhiraa wish says:
      August 29, 2019 at 7:10 pm

      its okey dear… alhamdhullilah exams varah ragalhah dhiyaee

  4. Dream says:
    August 28, 2019 at 7:36 pm

    Wow… dhiraa haadha dhuvahakah fahu welcome… mi part hama great ….. kon irakun next part… can’t wait to read.. best of luck for the next.. love ur story…????????????????????????????????????????❤❤❤❤❤???❤?❤?❤?❤❤?❤

    1. dhiraa wish says:
      August 29, 2019 at 7:11 pm

      thankss dear,, upvi thanun dream ge colourful comment fenuneema varah happy.. insha allah saturday night ga upkohlaanan

  5. Lilian says:
    August 28, 2019 at 8:16 pm

    When is the next part?

    1. dhiraa wish says:
      August 29, 2019 at 7:12 pm

      saturday night ga

  6. Sidu says:
    August 28, 2019 at 8:18 pm

    Nice story

    1. dhiraa wish says:
      August 29, 2019 at 7:12 pm

      thankss dear

  7. jiji says:
    August 28, 2019 at 8:21 pm

    Yey dhiraa is back..Mi part vx v v nice ingey..dear whn next..waiting❤?

    1. dhiraa wish says:
      August 29, 2019 at 7:13 pm

      thankss dear.. saturday night ga

  8. Eynaa says:
    August 28, 2019 at 8:42 pm

    Alhe haadha kurukohlaafa..
    Varh kiyaahithun mi hurevenee..
    Koniraku next part?

    1. dhiraa wish says:
      August 29, 2019 at 7:14 pm

      sorry dear… dhen in part dhigukohlaanan ingey.. insha allah saturday night ga

  9. YoonnaL says:
    August 28, 2019 at 8:42 pm

    Varah varah reethi. Thankyou dhiraa?❤️

    1. dhiraa wish says:
      August 29, 2019 at 7:15 pm

      thankss dear.. my pleasure

  10. CU says:
    August 28, 2019 at 8:49 pm

    Alhe loabi loabi
    Hama superb ???
    Btw exams thah ves hama mihaa dhi miyah vure ves furihama vaane kamah❤️?

    1. dhiraa wish says:
      August 29, 2019 at 7:15 pm

      thankss dear.. im hoping for the best.. thankss once again

  11. E kujja says:
    August 28, 2019 at 9:06 pm

    Kurin genesdhin baehga mayan ah egifa ehnnu othy zel aky kaaku kan. Mayan ge dad azhaan ge vaahaka kiyai dhin part ga. Anehka mi baiga mayan ulheny zel aky kaaku kan neyngigen kihineh mivany

    1. Sheerios says:
      August 28, 2019 at 9:09 pm

      dude olhuvaanulaa e part ga eh neygeyne zel aky kaaku kan hama ekani ingeny zel kiyaa v. close kujjaku hunna kan

    2. Anonymous says:
      August 28, 2019 at 10:45 pm

      Ooh. E part ragalhah nukiyunee kamah thi vaany ?. Sorry my mistake anyways vaahaka v reethi next part ge inthizaaruga

    3. Mal says:
      August 29, 2019 at 1:39 pm

      Nan badhalu nukoh ehiyas ok vaane ey.. badhalu kuran ulhunyma balaaba

    4. dhiraa wish says:
      August 29, 2019 at 7:17 pm

      dear e part ga mayaan ah igunee azhaan akee kaakukan and xel kiyaa friend eh hurikan… thankss dears.. name nujehenis comment fonuvifa dhw e inee

  12. azker says:
    August 28, 2019 at 9:07 pm

    ❤️❤️❤️❤️❤️❤️❤️??????love it dhiraa.

    1. dhiraa wish says:
      August 29, 2019 at 7:17 pm

      owwnn.. thankss dear

  13. Ainth says:
    August 28, 2019 at 9:26 pm

    Wow … ma sha allah v salhi ❤❤❤

    1. dhiraa wish says:
      August 29, 2019 at 7:18 pm

      thank you so much dear

  14. Ely❤️ says:
    August 28, 2019 at 10:17 pm

    Comment nukiriyas gavaidhun mi vaahaka kiyan. V reethi vaahaka eh. Emme wait kuraa vaahaka miee❤️ waiting for next part?

    1. dhiraa wish says:
      August 29, 2019 at 7:20 pm

      thankss dear… kiyaakan iguneema varah ufaavehjje.. im so happy to hear such a nice compliment… thankss once again

  15. Sau says:
    August 28, 2019 at 10:25 pm

    Fashuvi ibaaraaithake. Sofa kurumaa sifa kofaivaale furihama. Readers ge shaugu verikan maintain koffaivaale vara furihama. 72 part avaha kiyaalan furusath libeynekama umeedh kuran

    1. dhiraa wish says:
      August 29, 2019 at 7:21 pm

      alheyy hama thivarah thaureef haqqutha??? thankss dear.. varah varah varah ufaavehjje.. insha allah saturday night ga up kohlaanan

  16. Hai says:
    August 28, 2019 at 10:35 pm

    Welcome back dhira how was your exams? In sha Allah ragalhu result eh libeyne and varah happy dhigu dhigu koh mibai genesdhineema varah bodah thanks madumadun story nimen dho miannani mihaa hisaabah ethah negative feedbacks ves balaigane fas nujehi kuriah dhiyaeema varah ufaavejje congratulations dhiraa love varah furihama igey thigothuga kuriah dhaathi abadhuves ??? varah varah ufaaveyy thikahala molhethi writers mi dhaairaa ah vanmamun dhaathi varah loabivey keep it up ??????

    1. dhiraa wish says:
      August 29, 2019 at 7:25 pm

      thankss dear.. exams varah ragalhah dhiyaee.. insha allah… mihaaru miothy vaahakaige manzilah aadhevifa.. aslu migothah kuriah midhevenee haimen kahala supportive readers ge sababun.. hurihaa shukureh dhira ge loabi readers ah.. varah ufaavehjje hai ge thaureefuge bas kolhu ahaafa.. dhira varah ufaavey thikahala supportive and loabi readers ulheythee,, hai aai meetveema varah ufaavey.. luv you too dear

  17. Nicky says:
    August 28, 2019 at 11:45 pm

    OMG…SURPRISED..??best stry ever

    1. dhiraa wish says:
      August 29, 2019 at 7:26 pm

      thankss dear.. im so happy to hear

  18. naas says:
    August 29, 2019 at 1:50 am

    Masha allah v salhi vaahakaeh

    1. dhiraa wish says:
      August 29, 2019 at 7:28 pm

      thankss dear.. im so happy that you liked it

  19. Meekkomee says:
    August 29, 2019 at 10:19 am

    Varah reethi ingyy masha allah….whn is next part??? 🙂 😉

    1. dhiraa wish says:
      August 29, 2019 at 7:28 pm

      thankss dear.. insha allah saturday night ga

  20. Imaaan* says:
    August 29, 2019 at 10:21 am

    V v salhi mi part vxx … 72 avas kohla dheefiyaa v rangalhu .. best story hama

    1. dhiraa wish says:
      August 29, 2019 at 7:30 pm

      thank you so much dear.. insha allah saturday night ga up kohlaanan

  21. Awsham says:
    August 29, 2019 at 10:23 am

    dhiraa thy man eh ! varah salhi mi part es anehehn comment regular koh nukuriyas , varah regular koh kiyaa vaahaka eh mi ! when is the next part ?
    keep going you’re wonderful writer and keep up your good work !

    1. Roosa says:
      August 29, 2019 at 4:16 pm

      Lol dhiraa sis is a woman….so you can tell dhiraa thy woman or girl..eche henukurache just for fun

    2. dhiraa wish says:
      August 29, 2019 at 7:31 pm

      thankss dear.. aslutha.. varah ufaavehjje regular reader akaa dhimaa veema.. insha allah saturday night.. im so happy to hear such a warm words.. thankss Roosa

  22. Imkko says:
    August 29, 2019 at 10:44 am

    Wow… Amazing as alwys… This story is getting soo interesting … Curiously waiting for the next part

    1. dhiraa wish says:
      August 29, 2019 at 7:32 pm

      thank you so much dear.. more interesting things are going to happen keep waiting

  23. Fan of u says:
    August 29, 2019 at 11:25 am

    Welcome back Dhiraa Masha Allah varah loabi mi part ves curiously waiting for next part when is next part

    1. dhiraa wish says:
      August 29, 2019 at 7:33 pm

      thanks dear.. thankss for the warm welcome.. insha allah saturday night ga

  24. IsHa says:
    August 29, 2019 at 11:28 am

    WHEN is bext par.

    1. dhiraa wish says:
      August 29, 2019 at 7:34 pm

      insha allah saturday night

  25. Anonymous says:
    August 29, 2019 at 12:11 pm

    Hama heevanee hindee draamaa eh kurimatheega sifavaahen. Meehun gayah valhiherumaa , anbimeehaa hileyfirihenunnaai gulhun hingan furusothu dinumaai, Islam dheenuge evves alhukameh sifakoh nudinumaa. Mohurihaa kamakah buravairu Mivaahaka akee Tharujamaaekkan yageen. Dhiraa akah Allah gandee huvaeh nukureveyne miee tharujamaa eh nunkamakah.

    1. dhiraa wish says:
      August 29, 2019 at 7:44 pm

      ehentha dear.. ekm dhiraa nuves balamey hindhi series thakeh… dhen dhira kurinves bunelin mi vaahaka akee tharujamaa ekey noonee copy ekey bunaa kudhin dhira ah meege aslu liyun dhahkaaashey.. eyrun dhiraa mi vaahaka ithurakah nuliyaanamey.. mi vaahaka genesdheefa mi inee hindhi aspect akun noon.. valhi herun nuhaqun meehun merun mee mi mujthamaugaves hingaa kankan… dhen mivaahaikage couples thakuge relation genesdheefa e vanee vaki hahdhehge therein.. alhukamuga bai madhukan dhira ves gabool kuran.. detail koh ebai nethas ekan kan kuraakan ingey fadha scene thah hunaane.. dhira dhen liyaa vaaahaka eh ga ebai ragalhu kohlaanan… dhira ge amihla hiyaalah amihla sikudhin liyaa ehjakee tharujahamaaa eh noonee copy eh noon kamah dhira ah Allah gandhee huvaa nukureveyne ehves sababeh neih.. hope this gives you a clear answer

  26. Naina says:
    August 29, 2019 at 1:05 pm

    Meehun jey vanee. Dhiraa thi hama best writer. Vvv salhi ???

    1. dhiraa wish says:
      August 29, 2019 at 7:46 pm

      hurihaa kudhin nakah vaahka reehjehves nuvaane ehnu dhw dear.. thankss dear.. dhirage vaahakaige lead actress dhira ah award mi dhinee dhww.. hehehe

  27. lol says:
    August 29, 2019 at 1:57 pm

    hus haasaru ,

    1. dhiraa wish says:
      August 29, 2019 at 7:47 pm

      thankss dear.. will try to improve

  28. azker says:
    August 29, 2019 at 3:30 pm

    the important thing is no one can write a story like this….. can you anonymous??? ???

    1. dhiraa wish says:
      August 29, 2019 at 7:47 pm

      thankss daer…

  29. Anonymous says:
    August 29, 2019 at 4:14 pm

    Tharugamaa kuranee ‘ Musannifeh noon. Eakkiyanee Tharujamaanu. Like Sameema yahya

    1. dhiraa wish says:
      August 29, 2019 at 7:48 pm

      thankss for the information

  30. Nush says:
    August 29, 2019 at 7:14 pm

    Wow.. Lovely♥️

    1. dhiraa wish says:
      August 29, 2019 at 7:48 pm

      owwnnn.. thank you so much dear

  31. Mac says:
    August 30, 2019 at 4:26 pm

    Woooow .dhiraa wish mi part varah reethi comment nukuran varah k kohfin vaahaka reethi kamu k nuvagn mi comment eh kohlee.

    1. dhiraa wish says:
      September 3, 2019 at 10:31 pm

      Thankss dear.. varah ufaa vehjje comment kohleema

  32. thoola says:
    August 30, 2019 at 6:14 pm

    dhiraa mivaahaka nuninmachey .. eyrun vvv dheravaane and will get bored tooooooooooooooo

    1. dhiraa wish says:
      September 3, 2019 at 10:33 pm

      Alhe dear.. konme kamakah ves nimumeh ahnaane ehnu dhw.. dhira ves beynumeh nuvey ninmaakah.. ekam feshumeh othihyaa nimumehves ohnaane dhw

  33. Story lover says:
    August 30, 2019 at 7:23 pm

    Ohh.. veryy nice story.. I’ve never read such a nice story

    1. dhiraa wish says:
      September 3, 2019 at 10:35 pm

      thankss dear.. it means a lot to me

  34. Zeek's says:
    August 30, 2019 at 10:08 pm

    OMG….vrh kiyan mi website ga huna vaahakathah .. bt never read a story like this … vvvvvv salhyyy???? …. mivaahaka feshigen kiyan feshyy vrh fahun & foohikameh nethi kiyamun adhi kiriyaa mi araa hama kurevunyy ??… jst love this storyy…. & that sifakurunthah hama vrh hingaimuu …. & everyone ge puzzled life solve vegen ana goi ves vvv salhyy…. lov u & ur hard work dhiraa …??❤❤❤❤????

    1. dhiraa wish says:
      September 3, 2019 at 10:37 pm

      Thanks dear.. ehaa time nagaigen kiyaaleema varah ufaa vehjje.. varah hihhama jehihje dear ah ehaa kamudhiyaima.. thankss for the lovely comment

  35. Nau says:
    August 31, 2019 at 1:38 am

    korean fried rice eh tha mee?

    1. dhiraa wish says:
      September 3, 2019 at 10:39 pm

      No dear.. its a dhivehi story

  36. naru says:
    August 31, 2019 at 3:34 pm

    when next prt dhiraa……. cant wait to read

    1. dhiraa wish says:
      September 3, 2019 at 10:52 pm

      Thankss dear

  37. Reader says:
    August 31, 2019 at 8:29 pm

    Alhey Ava’s kohba… Can’t wait to read

    1. dhiraa wish says:
      September 3, 2019 at 10:53 pm

      Thanks dear

  38. Jiji says:
    August 31, 2019 at 8:54 pm

    Dhiraa kobaa mireyge part avas koh up loh dheebala

    1. jiji says:
      August 31, 2019 at 9:30 pm

      Wat the..why r u commenting on myname..liyaane nameh hus v tha alhe

    2. dhiraa wish says:
      September 3, 2019 at 11:06 pm

      Thankss dear

  39. aixee says:
    August 31, 2019 at 9:36 pm

    Alhey dhiraa koba tha mireyge part. Avahah up kohlabala ??

    1. dhiraa wish says:
      September 3, 2019 at 11:08 pm

      Thanks dear

  40. Sifam says:
    August 31, 2019 at 10:39 pm

    Dhiraa sis. Where is the part 72. Can’t wait to read the next part ???

    1. dhiraa wish says:
      September 3, 2019 at 11:08 pm

      thanks dear

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 72←


All Right Reserved!