Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވާނަން އުމުރަށް – 21 –

Malsa Moosa Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
August 30, 2019 5 Mins Read
32 Comments

“ބެ…ބެ..ބެން…ޝޭ..ޝޭން…..އަވަ….އަވަސް…” ދާނިޝްއާ އިއްބާން ގެ ގައިންވެސް ހީބިހިހިލުވީ އައިރީން ދުވެފައިކަހަލަ ގޮތަކަށް އައިސް ތުރުތުރު އަޅާ އަޑަކުން ބުނެލި ގޮތަކުންނެވެ.

******************

މާނޭވާ ލަމުންދިޔަ އައިރީންއަށް ބަލާލަމުން އިއްބާން ހަލުވި ފިޔަވަޅުތަކެއް ނަގަމުން އައިޝަމް އޮތް ކޮޓަރިއަށް ވަދެވުނު ގޮތެއްވެސް ނޭނގުނެވެ. ފެނުނު މަންޒަރަކުން އިއްބާންގެ ހިތަށް ފިނިފެން އެއްޗެއް އޮއްސާލެވުނު ފަދަ އިހްސާސެއްކުރެވުނެވެ. އޭނާއަށް ފެނުނީ އެނދުމަތީގައި އޮތް އައިޝަމްގެ ތުރުތުރު އަޅާ އަތް ހަރަކާތް ކުރަނިކޮށެވެ. އެވަގުތު ކޮޓަރީގައިވާ ހަމަހިމޭންކަން ނައްތާލީ މެޝިންތައް އެލާރޓް އަޅަމުންދިޔަ ގަދަ އަޑުފައްގަނޑުންނެވެ. އައިޝަމް ކައިރިއަށް ދާން އުޅުނު އިއްބާންއަށް މީހަކު އޭނާގެ ކޮނޑުގައި ހިފެހެއްޓިކަމުގެ އިހުސާސެއް ކުރެވުނެވެ. ކާކުތޯ ބަލާލިއިރު އެދެލޯވަނީ ކަރުނުން ފުރިބާރުވެފައެވެ. ފިރިހެނަކަށް ވިއަސް އަމިއްލަ އެއްމާބަނޑު ކޮއްކޮ އެހާލުގައި އޮއްވާ ދެކެން އިއްބާންއަށް ކެއްނުވީއެވެ. ދާނިޝް އިއްބާން އެކޮޓަރިން ނެރުނީ ގަދަކަމުންކަހަލަ ގޮތަކަށެވެ. އޭރު އެކޮޓަރީގައި ޑޮކްޓަރުންނާ ނަރުހުން ހަރަކާތްތެރިވަމުން ދިޔައެވެ.

– 1 މަސް ފަސް –

އެނދުގެ ފަނޑީގައި ލެގިލައިގެން އިން އައިޝަމްގެ ކަޅުކަންގަދަ ދެ ބުމަވަނީ ގޮއްޖަހާލެވިފައެވެ. ކަމަކާ ހިތްހަމަނުޖެހިފައި އިން މީހަކުފަދައެވެ.

“ދެން……މަންމާ….އަބަދު އަޅުގަނޑަކަށް މިހެނެއް ނީންދެވޭނޭ…………މިހާރު އެއް މަސްވީ…..ގޭން ބޭރައްވެސް ނުދެވޭ…..އަޅުގަނޑު ބޭނުން ވީހާވެސް އަވަހަށް މާލެ ދާން…..” ހަމަޖެހެން މަސައްކަތްކުރަމުން އައިޝަމް ބުނެލީ އައިރީންއަށް ބަލާލަމުންނެވެ.

“ދަރިފުޅާ….އެކަމް..” އައިރީން އައިޝަމްއަށް ވިސްނަދޭން މަސައްކަތްކުރިއެވެ. ނަމަވެސް އައިޝަމްއަކީ ބުނާ ބަހެއްގައި ހިފަހައްޓާ ބުނާކަމެއް ކުރާ ޒުވާނެއްކަން އޭނާ ދަނެއެވެ.

“އެކަމް ކީކޭތަ މަންމާ…..އަޅުގަނޑު ބޭނުން މާލެ ދާން…..މިހާރު އަޅުގަނޑު އޯކޭ އޭ…..” އައިޝަމް ގޮތްދޫނުކުރާފަދަ ގޮތަކަށް ބުނެލިއެވެ.

“އޯކޭ…..ދަރިފުޅު ބޭނުން ގޮތެއް……” ހަތިޔާރު ބަހައްޓަމުން އައިރީން ބުނެލީ ލޯބިވާ ދަރިފުޅުގެ އެދުން ބޮލާލާ ޖަހަން ބޭބުންނުވީމައެވެ.

“ބްރޯ….ކޮބަ ކޮންކަމެއް ނިންމާލީ؟……ހާދަ ހަމަޖެހިލާފަ….” ކޮޓަރިއަށް ވަންނަމުން އިއްބާން ބުނެލިއެވެ. އެދެމީހުންގެ ތަފާތެއް ނެތެވެ. އިއްބާން އާ އައިޝަމް ވައްތަރުކަމުން ކުޑައިރުއްސުރެ ގޭމީހުންނާއި ރައްޓެހިންނަށްވެސް އެދެމީހުން ވަކިކުރަން އުންދަގުލެވެ. އެދެމީހުންވެސް ވަނީ ގޭމީހުންނަށާ ރައްޓެހިންނަށް އޮޅުވާލައިގެން ކުޑައިރު އެތައްކަމެއް ކޮއްފައެވެ. އެހަންދާންތައް އާވިއަސް އިއްބާންއާ އައިޝަމް ހިނިއާދެއެވެ.

“އެހެ….ހަމަޖެހޭނުން……މި ވިސްނަނީ މާލެ ދާން……މަންމަ ބުނުއްވި ބެން މިހާރު ހުންނަނީ ބްލެކްރޯޒް ކޮމްޕެނީގެ ސީ.އީ.އޯ އަށޭ….ބައްޕަ އެދިލައްވައިގެން ދޯ ބެން އެހެން ކަންތައް ކުރީ….އަހަންނަށް އެނގެއޭ ބެން އެންމެ ބޭނުން ވަނީ ރާއްޖެއަށް ކާރުއެތެރެ ކުރުމުގެ ކޮމްޕަނީގަކަން އުޅެން…….ދެން އަހަރެން މާލެ ބަދަލުވާގޮތަށް އެއް ހަފްތާ ފަހުން ކޮމްޕަނީއަށް ވަންނާނީ………އޭރުން ބެން ދާނީ ބައްޕަ މެންނާއެކީގަ ރާއްޖެއަށް ކާރު އެތެރެ ކުރާ ކޮމްޕަނީއަށް…..އޯކޭ..” އިއްބާންއަށް ބަލާލަމުން އައިޝަމް ބުނެލިއެވެ.

“އަހަންނަށް އޯކޭ…..ދެން ކޮންއިރަކު މާލެ ދަނީ…” ނިކަން ހަމަޖެހިލަމުން ވިސްނުމަކާނުލާ އިއްބާން ބުނެލީ އޭއީ އޭނާވެސް ބޭނުން ވާގޮތްވީމައެވެ.

“މާލެ ދޯ…..ވީހާވެސް އަވަހަށް……މިހާރު އެއް އަހަރުވަނީ މާލެ ނުދާތާ…..ބެން އަބަދު މާލެ އުޅެން ފޫހިވެސް ނުވަނީތަ………މަގުތައް ހުންނަނީ ކާރުތަކުން ފުރިބާރުވެފަ…..” އަނގައަށް ވައްތަރެއް ޖައްސާލަމުން އައިޝަމް ބުނެލިއެވެ.

“ހެހެ….ތިވެސް ދޮގެއް ނޫން……ސޯ….ޓިކެޓް ހަމަޖައްސަންވީ ވީހާވެސް އަވަހަކަށް މާލެ ދެވޭނެ ގޮތެއް ހަދަން….އެންޑް މިފަހަރު ޝޭން ދާއިރު ހުރިހާ އެންމެން ގޮވައިގެން ދާންވާނީ….ދޮންތަ ހުންނާނީ ޝޮކެއްގަ….ބައްޕައަކަށް ވެސް ނޭނގޭނެ……” އިއްބާން ބުނެލިއެވެ. އެގޮތުގައި ދެބެން އެކި ވާހަކަ ދައްކަމުން ދިޔައެވެ.

– 1 ދުވަސް ފަސް –

“ބްލެކްރޯޒް” ގެއަށް މިއަދު އީދެއް ލައްވާލައިގެން އުޅޭފަދައެވެ. ޒިއްލާއާ ލިޒްވީންއާ ނާހިދު އައިޝަމް ފެނުމުން އެކި ސުވާލުތައް އައިޝަމްއާ ކުރީ އެއީ އިއްބާން ކަމަށް ހިތާއެވެ. ނަމަވެސް ކުއްލިއަކަށް ސިޓިންރޫމަށް ނުކުން އިއްބާން ފެނުމުން އެތިން މީހުންނަށް ޝޮކެއް ޖެހުނު ފަދައެވެ. އައިޝަމް ކަމަށް ހީކޮށް ތިންމީހުންގޮސް އިއްބާން ގައިގައި ބައްދައިގަތެވެ. ކުއްލިއަކަށް އެތަނަށް އައި އައިރީން ފެނިފައި އިއްބާންއާ ދުރަށް ތިން މީހުންޖެހިލިއެވެ. ކުއްލިއަކަށް އިއްބާން ހޭން ފެށުމުން ކިހިނެއް ވީތޯ އަހާލިއެވެ. އިއްބާން އޭނާއަކީ އައިޝަމްއެއް ނޫނޭ ބުނެލިއެވެ. ތިން މީހުންނަށްވެސް ވާނުވާ އެނގުމުން ހިނިގަނޑު ހިފަހައްޓަން އުނދަގޫވިއެވެ. ދެން މުޅި ސިޓިންރޫމުގައި އެއް އަޑުން ގުގުމާލީ ބަޔަކު ވަރަށް ބާރަށް ” ސަޕްރައިޒް ” އޭ ބުނެލި އަޑަށެވެ.

***************************

– ހަފްތާއެއް ފަސް –

ރޭގަނޑު އައްގަޑި ބައިވެ ބޮޑުވެއްޖެއެވެ. ބާރުވައި ރޯޅި ތަކާއެކު ހިމަފޮދު ވާރޭ ވެހެން ފެށީ މީހަކަށް އަނގާލުމެއް ނެތިއެވެ. ކާރުތަކާ ސައިކަލުތައް ހޯން އަޅާއަޑުން މުޅި ތަނުގެ ހަމަހިމޭންކަން ނައްތާލާފައި ވެއެވެ. ނަމަވެސް މި އަޑުތަކަށް ފައިމަގުގައި ހިނގާފައި އުޅޭ މީހުންނަށް އުނދަގުލެއް ވާހެންވެސް ހީނުވެއެވެ. ކޮންމެ މީހަކުވެސް ބަލަނީ އަވަހަށް އމީހެއްގެ މަންޒިލަށް ދެވޭތޯއެވެ. މަގުމަތިން މީހުން މަދުވަންފެށިއެވެ. މިހާރު މަގުމަތިން ފެންނަނީ ދެތިން މީހުން ހަރަކާތްތެރި ވަމުންދާތަނެވެ.

ބާރު ހިނގުމެއްގައި އިސްޖަހާލައިގެން ހުރެ ހިނގަމުންދިޔަ އައިލީންވެސް ބެލީ މި ވާރޭއިން ސަލާމަތްވެގެން ގެއަށް ދެވޭތޯއެވެ. ލައިގެން ހުރި ހެދުން ކުޑަކޮށް ތެމިފައިވާއިރު މިނިވަންކަމާއެކު ދޫކޮށްލެވިފައިވާ އިސްތަށިގަނޑުވަނީ އިސްޖަހާލައިގެން ހުރުމުން މޫނުމައްޗަށް ސޮއްސާލާފައެވެ. ހިނގަމުންދިޔަ އައިލީން ސިހުނީ ކުއްލިއަކަށް މީހަކު އޭނާގެ އަތުގައި ހިފުމުންނެވެ. ކާކުތޯ ބަލާލިއިރު އައިލީންގެ ދެލޯ ބޮޑުވީ އެއީ އޭނާގެ ފޯނު ނިވިގެން ބޮލެކްރޯޒްއަށް ދާން އުޅުނު ރޭގައި އޭނާއާ ދިމާކޮއްލި ޕާޓޭކަން އެނގުމުންނެވެ. ނުލަފާ ވައްތަރަކަށް ހިނިތުންވެލައިގެން ހުރިއެމީހާއާ ދިމާލަށް ދެލޯބޮޑު ކޮއްލައިގެން ހުއްޓުން އަރާފައި ބަލަންހުރި އައިލީން ސިހުނީ ކުއްލިއަކަށް އެމީހާ އައިލީންއާ ކައިރިވާން ފެށުމުންނެވެ. އަމިއްލަ ނަފްސު ބޯކޮއްލި ވާރޭތެރޭގައި ދިފާއު ކުރާނެ ގޮތެއް ނުވިސްނުމުން ތެޅިގަނެފައި އައިލީންއަށް އެ މީހާގެ ކަންކަށިމައްޗަށް އޭނާގެ މިނިވަންކަމާއެކު އޮތް އަތުން އެތިފަހަތެއް ވީއްލާލެވުނެވެ. އެމީހާ އައިލީންއާ ދިމަލަށްބަލާލީ އަލިފާނުގެ ބެލުމަކުންނެވެ. އޭރުވެސް އޭނާ ހުރީ އައިލީންގެ ވާއަތުގައި ހިފަހައްޓާލައިގެނެވެ. އެމީހާ އައިލީންގެ ކޯތާފަތްމައްޗަށް އެތިފަހަރެއް ވީއްލާލިއެވެ. އަނެއްކާވެސް އެތިފަހަރެއް ވީއްލާލަން އަތް މަޅާލުމުން އައިލީންއަށް ދެލޯ މަރާ ބާރުކޮއްލެވުނެވެ.

އައިލީންއަށް ލޯހުޅުވާލެވުނީ އެމީހަކު އޭނާގެ ކޯތާފަތްމައްޗަށް އެތިފަހަރެއް ވީއްލާނުލުމުންނެވެ. ކިހިނެއް ވީތޯ ބަލާލުމާއެކު އައިލީންއަށް ފެނުނީ ކަޅުކުލައިގެ ހޫޑީ އަކާއި ހަމަ އެކުލައިގެ ޖިންސްސެއްގައި ހުރި ޒުވާނަކު އެ މީހާގެ އަތުގައި ހޮފަހައްޓާލައިގެން ހުރި ތަނެވެ. އެ ޒުވާނާގެ އެއްއަތް ޖިންސްގެ ޖީބަށް ޖަހާލެވިފައިވާއިރު އަނެއްއަތުން އެ މީހާގެ އަތުގައި ހިފަހައްޓާލައިގެން އިސްޖަހާލައިގެން ހުރިގޮތުން މޮޑަލްއެއް ފަދައެވެ.

ކުއްލިއަކަށް އެ ޒުވާނާ އިސްއުފުލާލަމުން އައިލީންގެ ލޮލާއި ހަތަރުކަޅި ހަމަކޮއްލުމުން އައިލީންގެ ގައިން ހީބިހި ނަގައިގެން ދިޔައީ ގޮއްޖަހާލައިގެން ހުރި ކަޅުކަންގަދަ ބުމައާއެކު އެދެލޯ ފެނުމުންނެވެ. އެވަގުތު ހިތާހިތުން އައިލީންއަށް ކިޔާލެވުނީ އެންމެ ނަމެކެވެ.

“އިއްބާން……”

އޭނާގެ ކޯތާފަަތް ދުޅަވެފައިވީ ނަމަވެސް އައިލީންއަށް ތަދު އިހުސާސް ނުވާފަދައެވެ. ދެލޯ ބޮޑުކޮއްލައިގެން އައިލީންއަށް ހުރެވުނީ އައިޝަމްއާ ދިމާލަށް ބަލަހައްޓައިގެނެވެ. ނަމަވެސް އައިޝަމްގެ ދެލޮލުން އޭނައަށް ފެނުނީ ބީރައްޓެހިކަމެވެ. އެމީހާގެ އަތުން ދޫކޮއްލަމުން އައިޝަމް އެމީހާއާ ހަތަރުކަޅި ހަމަކޮއްލީ އިންޒާރެއްދިން ފަދައިންނެވެ. އެމީހާ އަވަސް ފިޔަވަޅުތަކެއް ނަގަމުން ބޯކޮއްލި ވާރޭގެ ތެރެއަށް ދުރަށް ދަމުންގޮސް ފުސްވަމުން ގެެއްލިއްޖެއެވެ.

“ހިނގާ…..” ވާރޭގެ އަޑާއި އެކުވެގެން އެއަޑު އައިލީންއަށް އިވުނީ ރީތި މިއުޒިކެއްފަދައިންނެވެ. ހިތުގައި ފޮނި އިހުސާސްތަކެއް ހިނގާލިފަދަ އިހުސާސެއްކުރެވުނެވެ. އައިލީން ހައިރާންވިއެވެ. މިއީ ދުވަހަކުވެސް އިއްބާން އޭނާއަށް ވާހަކަދައްކައިގެން އޭނާއަށް ވީގޮތެއް ނޫނެވެ. ދެފަރާތަށް ބޯތަޅުވާލަމުން އައިލީން އައިޝަމްއަށް ބަލާލީ ސިކުނޑީގައި ހިނގައިގަތް ހިޔާލުތަކާއި ދުރުވެލުމަށެވެ.

އައިލީން ދެފަރާތަށް ބޯހަލުވާލުމުން އައިޝަމްއަށް ދަތްކުނޑިވިކާލެވުނީ މި އަންހެން ކުދިންގެ ހުންނަ ގޮތްގަނޑުދެކެ އޭނާ ވާ ފޫއްސެއްގެ ބޮޑުކަމުންނެވެ. ނަމަވެސް އެ ނާޒުކު އަންހެން ކުއްޖާ އެކަނިމާއެކަނި އެ ބޯވާރޭގެ ތެރެއަށް ދޫކޮއްލާފައި ދާން ބޭނުންނުވުމުން އައިޝަމް އައިލީންއާ ދިމާލަށް ބަލާލީ އެބުމަ ގޮއްޖަހާލަމުންނެވެ.

” ކޮންތާކު ގެ އިންނަނީ؟……” ބީރައްޓެހިގޮތަކަށް އައިޝަމް ސުވަލުކޮއްލިއެވެ. މާލޭގެ ހަލަބޮލި މަގުތައްމަތީގައި ހިނގާލަން ބޭނުންވުމުން އައިޝަމް ނިކުމެލީއެވެ. ހިނދުކޮޅެއް ނުވަނިސް ހިމަފޮދު ވާރޭ ވެހެން ފެށިނަމަވެސް އައިޝަމް ގެއަށްދާން ހިޔާލެއް ނުކުރިއެވެ. ހިނގަމުން ދަނިކޮށް ލޮލުގައި އަޅައިގަތް މަންޒަރަކުން ދަތްލުނޑިވިކާލެވުނެވެ. އޭނާއަށް ފެނުނީ އިސްތަށިގަނޑު ދިގުކޮއްލައިގެން ހުރި ޒުވާނަކު އަންހެން ކުއްޖެއްގެ އަތުގައި ހިފަހައްޓާލައިގެން ހުރިތަނެވެ. އެ އަންހެން ކުއްޖާ ގަދަހަދަން ފެށުމުން މިވަނީ ރަނގަޅުކަމެއް ނޫންކަން އައިޝަމްއަށް ވިސްނުނީއެވެ. އެހެންވުމުން އަވަސް ފިޔަވަޅުތަކެއްގައި އެދިމާލަށް މިސްރާބުޖެހިއެވެ. އޭރު އެއަންހެން ކުއްޖާ އެމީހާގެ ކަންކަށިމައްޗަށް އެތިފަހަރެއް ވީއްލާލައިފިއެވެ. އެމީހާ އައިލީންގެ ކޯތާފަތްމައްޗަށް ދެވަނަ އެތިފަހަރު ވީއްލާލުމަށް އަތް މަޅާލުމާއެކު އައިޝަމްއަށް އެ އަތުގައި ހިފެހެެއްޓުނުކަމެވެ.

އައިލީން އޭނާ އުޅޭ ގޭގެ ނަންބުނެލިއެވެ. އެއްމަސް ކޮއްފައި އިއްބާންއާއި މިކަހަލަ ގޮތަކަށް ދިމާވުމުން އައިލީން ހުރީ އިއްބާން ގާތު އޭނަދިޔައީ ކޮންތާކަށްތޯ ސުވަލުކޮއްލަން ބޭނުންވެފައެވެ. ނަމަވެސް ސުވާލުކޮއްލަން ކީއްކުރަން އަނގަހުޅުވާލަމުން އެއްޗެކޭ ބުނެލަންވެސް އައިލީން ޖެހިލުންވީ އިއްބާންގެ މި ހަރުކަށިފަރާތް އަދި އަލަށް ފެނުމުންނެވެ.

އައިޝަމް އައިލިންގެ އަތުގައި ހިފާލަމުން ކުރިއަށް ހިގައިގަތީ އައިލީން ހުއްޓުންއަރާފައި ހުރުމުންނެވެ. ފަރިތަކަމާއެކު އެކި މަގުތައް ހުރަސްކުރަމުން އައިޝަމް ދިޔައެވެ. އެއްއަހަރުފަހުން މާލެ އައިކަމަކު އައިޝަމްއަށް މާލެގެ މަގުތަށް ހިތުދަސްވެފައިވާފަދައެވެ.

******************

ޝައިލާ ލޫންގެ އިތަށިގަނޑު އެނާގެ އެއް އަތަށް އޮޅާލައިގެން ހުރިއިރު އިއްބާން ހުރީ ޝައިލާއާ ދިމާލަށް އަލިފާނުގެ ބެލުމަކުން ބަލަހައްޓައިގެނެވެ. ޝައިލާ އަޅައެއްނުލިއެއްކަމަކު ކުލާސް ކުދިން ނޭވާހިފަހައްޓާލައިގެން ތިބީ އިއްބާން އައިއްސަ ހުރި ރުޅި އެދެލޮލުންވެސް އަންދާޒާކޮއްލަން އުނދަގޫވުމުންނެވެ.
ޝައިލާ ލޫންގެ އިސްތަށިގަނޑުގައި ހިފާ ވާންކޮއްލާފައި ކުއްލިއަކަށް ދުރަށް ކޮއްޕާލައިފިއެވެ. އެދިޔަ ބާރުމިނުގައި ލޫން ގޮސް ވެއްޓުނީ އިއްބާންގެ ފައި ކައިރިއަށެވެ. ލޫންގެ ކޮނޑުގައި ހިފަހައްޓާލަމުން އިއްބާން ލޫންއަށް އެހީވެދޭން މަސައްކަތްކުރިއެވެ. ނަމަވެސް ލޫން އިއްބާންގެ އަތް ފޮޅުވަލަމުން އަމިއްލައަށް ތެދުވަމުން ޕާޓީ އޮތް ހޯލްއިން ނުކުންނަމުން ދުއްވައިގަތެވެ. އިއްބާން ޝައިލާއަށް އަލިފާނުގެ ހޫނުން އަދަމުންދާފަދަ ނަޒަރަކުން ބަލާލުމަށްފަހު ލޫންގެ ފަހަތުން އަވަސް ފިޔަވަޅުތަކެއް ނަގަމުން ދިޔައެވެ. ލޫންއަށް އިއްބާން އޭނާގެ ފަހަތުން އަންނަކަން އެނގުނީކަންނޭގެއެވެ. ފިޔަވަޅުތައް އަވަސް ކޮއްލިއެވެ. ނަމަވެސް އެވަގުތު އިއްބާން ލޫންގެ އަތުގައި ހިފާ އޭނާއާ ގާތަށް ދަމާލުމުން ލޫން މަތަވީ އިއްބާންގެ މޭމަތީގައި ޖެހިފައެވެ. އެވަގުތު އިންޒާރެއް ދިނުމެއްނެތި ވާރޭއިން ސިކުންތުކޮޅެއްގެ ތެރޭގައި އެދެމީހުން ތެންމާލައިފިއެވެ. ލޫން އިސްއުފުލާލަމުން އިއްބާންގެ ލޮލާއި ހަތަރުކަޅި ހަމަކޮއްލިއެވެ.
އެވަގުތު އެތާ ކައިރީ އިން ގެއަކުން ވާރޭ ތެރެއިން ފުރޭނިގެން އިވެންފެށި ލަވައަކުން އިއްބާންގެ ހިތުގެ އަޑު ލޫންއަށް އިއްވާލަދިން ފަދައެވެ.

* ރާގެއް މި ހިތުގާ ކުޅެލީ ތިޔަ މާލާ * ރާޅެއް މި ހިތުގާ ހަމަ އުފެއްދީ ހަމަ ކަލާ * ތަސްވީރެކޭ ތީ މި ހިތުގާ ކުރަހާލަމުންދާ * އަސްވާރެކޭ މީ ފެނިފާ ކަލާ ހޯދަމުން ދާ *

ކުއްލިއަކަށް ލޫން ދުރަށް ޖެހިލުމުން އިއްބާން ލޫންއަށް ގޮވާލިއެވެ.

” ފްރެންޑްސްއަށް ވެވިދާނެތަ؟…..” އަހަން ނާހަން އުޅޭފަދަ ގޮތަކަށް އިއްބާން ސުވާލުކޮއްލިއެވެ. ލޫން ބޯޖަހާލުމުން އިއްބާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

******************

މާޒީގެ އެ އުފާވެރި ދުވަސްތަކުތެރޭގައި ފީނަމުންދިޔަ އިއްބާން ސިއްސައިގެން ދިޔައީ މީހަކު އޭނާގެ ގަޔަށް ފެންފޮޅަން ފެށުމުންނެވެ.
ކާކުތޯ ބަލާލިއިރު ލާނެތްހިނިތުންވުނެއް ތުންފަތްމައްޗަށް ވެރިކުރުވައިން އައިޝަމް ހުއްޓެވެ.

“ޝޭން…..ތިދެން ކޮންކަމެއް…..ކޮންތާކަށް ގޮއްސަ ތިއައީ….” އައިޝަމްގެ ކޮނޑުގައި އަތްއަޅާ ކޮއްޕާލަމުން އިއްބާން ބުނެލީ ހިނިތުންވެލަމުންނެވެ. އައިޝަމް އައިސް ބަގީޗާގައި ހިޔާކޮއްފައި އިން ތަނުގައި ހުރި ހިލަ ގޮނޑިއެއްގައި އިށީނދެލިއެވެ.

“ދެން…..މާލޭގެ މަގުތައްމަތީގައި ހިނގާލާފައި މިއައީ….” އިސްތަށިގަނޑު ގެރެއަށް އަތް މަހާލަމުން އައިޝަމް ބުނެލިއެވެ.

“އަދި އިނގޭތަ……ކޮންމެސް ފިރިހެނެއް އަންހެން ކުއްޖެއްގެ އަތުގައި ހިފަހައްޓާލައިގެންހުރީ…..އެ އަންހެން ކުއްޖާ ގަދަހަދަންފެށުމުން އަހަރެން އެދިމާލަށް މިސްރާބުޖެހީ….އަހަރެން ދިޔައިރު އެ އަންހެން ކުއްޖާ އޭނާގެ މޫނު މައްޗަށް އެތިފަހަތެއް ވިއްލާލައިފި…..އަހަރެން ހިތަށް އެރި އެއީ ކޮންކަހަލަ ކުއްޖެއް ބާއޭ…..އެ ފިރިހެން މީހާވެސް އޭނަގެ މޫނަށް ދެވަނަ އެތިފަހަރު ވީއްލާލަން އުޅެނިކޮށް އަހަރެންނަށް އޭނަ ހިފެހެއްޓުނީ….އޭނަ ގެއަށް ލާފަ މިއައީ…..” އައިޝަމް ބުނެލިއެވެ.

“އެނގޭތަ އެ އަންހެން ކުއްޖާއަށް ކިޔާ ނަން…” އައިޝަމްގެ ވާހަކަ އަޑުއަހަން އިން އިއްބާން ސުވާލުކޮއްލިއެވެ.

“ނޭނގޭ…ނާހަން…” ފަރުވާކުޑަ ގޮތަކަށް އައިޝަމް ބުނެލިއެވެ.

“ސޯ މާދަން ޝޭން އޮފީހަށް ޖޮއިން ކުރަނީދޯ…..ހުރިހާ އޮފީސް ކުދިން ދިބޭނީ ވާނުވާގަ…..އިއްބާންގެ ޓްވިންސްއެއް ހުންނަކަން އެނގުނީމަ…..އަދި ކިއްލިއަކަށް އަހަރެންގެ ޓްވިންސް ސީ.އީ.އޯ އަށް އައިމަ……ހެހެ..” އިއްބާން ފޯރި ހިފާފައިހުރި ގޮތަކަށް ބުނެލިއެވެ.

“އެހެ….އަހަރެންވެސް ބަލާނަމޭ މާދަން ވާގޮތެއް….” އައިޝަމް ބުނެލީ އިއްބާންއާ ދިމާލަށް ބަލާލަމުންނެވެ.

“އާން…ޝޭން….ޕީ.އޭ އަކަށް ހުންނާނީ އަންހެން ކުއްޖެ…..” ކުއްލިއަކަށް ކަމެއް ހަނދާންވި ފަދައަކުން އިއްބާން ބުނެލިއެވެ.

“ވަޓް……ބެން……އެނގެއެއްނުން އަހަރެން ގާރލްސްދެކެ އެހާ ލައިކް ނުވާކަން…..ރީތި ފިރިހެނަކު ފެނެއްޖެއްޔާ ހުންނާނީ ކާލަން ތައްޔާރަށް…” އަނގަޔަށް ވައްތަރެއް ޖައްސާލަމުން އައިޝަމް ބުނެލިއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Malsa Moosa

Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

Other Articles

Previous

“އެއްވެސް މީހެއްކައިރީ ނުބުނާތި” (6ވަނަ ބައި)

Next

ހިތުގެ ގޮވުން ޓްރެއިލާ

Next
August 30, 2019

ހިތުގެ ގޮވުން ޓްރެއިލާ

Previews
August 30, 2019

“އެއްވެސް މީހެއްކައިރީ ނުބުނާތި” (6ވަނަ ބައި)

32 Comments!

  1. Shahu says:
    August 30, 2019 at 7:26 am

    Woooooww varah salhi mi part ves ? ? ? ? love you. Curiously waiting for next part…

    1. Malsa Moosa says:
      August 30, 2019 at 11:12 am

      Thank u sooo much shahu..lve i too..
      ????❤

    2. Malsa Moosa says:
      August 30, 2019 at 11:15 am

      Hello guys…..
      mi part meeni dhigukoalafa….
      Ummeedhukuran hurihaa kiyuntherinnah ves kamudhaanekamah…
      Kiyaalaafa comment eh koalahcy…
      Feel free to comment..
      Much more loves..♥

  2. jiji says:
    August 30, 2019 at 8:12 am

    Aileen ah vx e ulheny mihaaru ibbaan aa aisham aa olhign???..btw mal..ur story is outstanding????????????????????????..Nd ekkkey song ly dhw???..habeyss..Whn next mal…curiousy waiting

    1. Malsa Moosa says:
      August 30, 2019 at 11:17 am

      Thanks jiji….yeah..olhidhaanu dhw…Next part Insha Allah varah avahavah…lysm?♥

  3. maanee says:
    August 30, 2019 at 8:25 am

    Alheyyy…mi part haadha reethi ey…and maa vess furihama…MALLUUUU….u are doing a great work ….keep it up..lysm

    1. Malsa Moosa says:
      August 30, 2019 at 3:25 pm

      Thank u sooo much maani..lve u more..???♥….

  4. IsHa IsHa says:
    August 30, 2019 at 8:45 am

    Salhi

    1. malsamalkkomal says:
      September 12, 2019 at 1:40 am

      Thanks

  5. IsHa IsHa says:
    August 30, 2019 at 8:45 am

    Salhi

    1. IsHa IsHa says:
      August 30, 2019 at 12:13 pm

      Malkko u did a great job insha allah u can be a very famous author in future.. ahugandu mal ah vure kuda vaane ekm story liyan ingey ekm not mihaa furihama kon

    2. malsamalkkomal says:
      September 12, 2019 at 1:40 am

      Thanks

  6. Meekkomee says:
    August 30, 2019 at 10:15 am

    Varah reethi ingyy mi part ves mal:) whn is next part dear;)curiousy waithin…… Varah miss ingyy mal ga vahaka tha mathin…… Luv u so much…c u soon …

    1. Meekkomee says:
      August 31, 2019 at 3:06 pm

      Nudhan adhi….try kuraanu ingyy balaalevyy thww

    2. Malsa Moosa says:
      August 31, 2019 at 4:03 pm

      Yess…?

  7. malsamalkkomal says:
    August 30, 2019 at 3:27 pm

    Thanks Meekko…
    Insha Allah varah avahah…Ehehe…
    Miss u more Meekko…meekko rashah dhiyaitha??…mal innane num dheefa..balaalaba..lysm??♥

  8. H says:
    August 30, 2019 at 5:18 pm

    Mivaahakaiga dhivehibahuge gavaidhutha beynunkohfa hunnany nubaikon

    (Hurun, inun, othun)

  9. malsamalkkomal says:
    August 30, 2019 at 5:33 pm

    Next time try kuraanan rangalhah liyeveytoa H…

  10. Makku says:
    August 30, 2019 at 7:28 pm

    ?Varah rythi mal keep it up

  11. malsamalkkomal says:
    August 30, 2019 at 7:44 pm

    Thanku Makku….?

  12. Yersh says:
    August 31, 2019 at 12:08 am

    Nice.
    Maa sha Allah.

  13. malsamalkkomal says:
    August 31, 2019 at 12:45 pm

    Thanks Yersh…☺

  14. shyher says:
    August 31, 2019 at 2:21 pm

    v cute story eh ❤❤❤❤❣

  15. malsamalkkomal says:
    August 31, 2019 at 3:56 pm

    Thanks shyher..???

  16. ?APHUU? says:
    September 1, 2019 at 12:33 pm

    Hi. I AM a 16 year old girl. Mal mi part ves varrah reethi. When is next part . I can’t wait……..

    1. malsamalkkomal says:
      September 12, 2019 at 1:41 am

      Heii….thansk ingy..?

  17. ?APHUU? says:
    September 1, 2019 at 12:35 pm

    Hiii. Ey . Malkko thee kon rasheh ge kujetha?

    1. malsamalkkomal says:
      September 12, 2019 at 1:43 am

      Thanks Aphuu…sorry ingy mi public dhw…Ehn v nubuneveyne….
      Sorry ingu

  18. Makku says:
    September 3, 2019 at 12:28 pm

    Mal kon irakun next part up kurany???

    1. malsamalkkomal says:
      September 12, 2019 at 1:42 am

      Up koalaafin..

  19. cherryy says:
    September 3, 2019 at 5:54 pm

    hi mal kon irakun next part up kuranny? pls avvahah up kolachey.?varrah reethi mi part ves??

  20. malsamalkkomal says:
    September 3, 2019 at 8:53 pm

    Up koalaafin

Comments are closed.

Next Episodeވާނަން އުމުރަށް – 22 –←


All Right Reserved!