Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހާސިލް ވުމަށް އެދި 13

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
August 30, 2019 7 Mins Read
32 Comments

ކައިޒީން ދިޔުމުން ޒިރާން އަނެއްކާވެސް ގޮސް އިށީންދެލީ ހަމަ ސޯފާގައިއެވެ. ކައިޒީން އެބުނީ ތެދެއް ނޫން ކަމުގައި ޒިރާންގެ ހިތް ބުނަނީއެވެ. އަދި ކައިޒީންއަށް ކަމެއް ވެއްޖެކަމަށްވެސް ޒިރާންގެ ހިތް ދިޔައީ ހުއްޓާ ނުލައި ބުނަމުންނެވެ. ނަމަވެސް ޒިރާންގެ ހިތްހަމަޖައްސާލީ ކައިޒީން އެއީ ދުވަހަކުވެސް އޭނާއަށް ދޮގު ހެދި ކުއްޖަކަށް ނުވާތީ އެކަން ހަނދާންކޮށްލަމުންނެވެ. އަދި އެތާ ނީދެ ޒިރާންވެސް ނިދަން ދިޔައީ ނިދިއައިސްފައި ހުރިލެއް ބޮޑުކަމުންނެވެ.

އީނާޝް އެނދުގައި ދެފަރާތަށް ފުރޮޅެމުން ދިޔައީ ނުނިދިގެންނެވެ. އީނާޝްއާއި ނިދިވެސް ރުޅިވެފައިވީ ކަހަލައެވެ. އަދިވެސް އެދެލޮލުން ފެން ނުހިކެއެވެ. ދެލޯ ވަނީ ރަތްވެ ދުޅަވެފައިއެވެ. މުޅި މޫނު ވެސް ވަނީ ދުޅަވެފައިއެވެ.  ދެލޯ މަރާލާއިރަށް ކުރިމަތިން ސިފަވެގެން ދަނީ ކައިޒީންއާއި އާރިފާއެވެ. މިރޭ ކައިޒީންއަށް އެވާހަކަތައް ކިޔައިދެވުމުން އީނާޝް ހުރީ މޮޔަ ހިތަށް އަރާފައިއެވެ. އީނާޝްއަށް އެވާހަކަތައް ކައިޒީންއަށް ކިޔައިދެވުނީ އިހްތިޔާރުން ބޭރުގައި ރުޅިއައިސްފައި ހުރިލެއް ބޮޑުކަމުންނެވެ. މާދަމާ އޭނާއާއި މެދު ކައިޒީން ކަންތައްކުރާނެ ގޮތެއް ނޭނގޭތީވެސް އީނާޝް ހުރީ އެކަމާ ކަންބޮޑުވެފައިއެވެ.

ކައިޒީން ތޯއެވެ. އީނާޝްއެކޭ އެއްފަދައިން ކައިޒީންވެސް ދެފަރާތަށް ފުރޮޅެނީއެވެ. ބާލިސް ތެމިފާވާއިރު ކައިޒީންގެ ލޮލުން ވެސް ފެން ނުހިކެއެވެ. ދެލޯވެސް ވަނީ އީނާޝްއެކޭ އެއްފަދައިން ރަތްވެ ދުޅަވެފައިއެވެ. ކައިޒީން އެހިޔާލާ ހިނދުކޮޅަކަށް ނަމަވެސް ދުރުވުމަށްޓަކައި އޭނާގެ ލެޕްޓޮޕް ހިފައިގެން އައިސް ކޮރިއަން ސީރީސް އެއް އަޅުވާލިއެވެ. ކިތަންމެ ދަން ގަޑިއަކަށްވީ ނަމަވެސް ކައިޒީން ބޭނުންވީ އެހިޔާލާ ދުރުވާށެވެ. ކޮރިއަން ސީރީސްއަކީ އަބަދުވެސް ކައިޒީން ޝައުގުވެރިކަން ހުންނަ އެއްޗެކެވެ. އެންމެ ކުޑައިރުން ފެށިގެން ވެސް ކައިޒީން ބޭނުން ވަނީ ފިލްމު ސްޓަރ އަކަށްވާށެވެ. މަޖާ ސީރީސްއެއް އަޅުވައިގެން ބަލަން އޮތް ކައިޒީންގެ މޫނުމަތިން ކުރިން ފެނުނު ހިތާމައިގެ އެއްވެސް ކުލަވަރެއް މިހާރު ފެންނާކަށް ނެތެވެ. އިރުކޮޅަކާ ހިނިގަނޑެއް ޖަހާލާއިރު ކައިޒީން އަށް ބަލަން އިންނަ މީހަކަށްވެސް ހެވޭނެއެވެ. އެންމެ ފަހުން ކައިޒީންގެ ލޮލަށް ބަރުވަމުން ގޮސް އެއްކޮށް ލެއްޕުނެވެ. ލެޕްޓޮޕްވެސް އެހުރިތާ ބާއްވާފައިއެވެ.

ފަތިސް ނަމާދު ބަންގި ގޮވިއިރުވެސް އީނާޝް އޮތީ ހޭލާއެވެ. ފުން މައިގެން އެނދުން ތެދުވެގެން ގޮސް ފާހަނާއަށް ވަނީ ފިލާވަޅުތައް ނުހަދާ ހުރިކަން ހަނދާންވުމުންނެވެ. ފަތިސް ނަމާދުކޮށްލައިގެން އީނާޝް ފިލާވަޅުހަދަން ހަމަޖެހިފައިވާ މޭޒުކައިރީ އިށީންދެލީ އަވަހަށް ފިލާވަޅުތައް ހެދުމުގެ ބޭނުމުގައިއެވެ. އަދި އިނާޝްއަށް ދިޔައީ ހިތުން ކައިޒީންއަށް ކުދިކިޔެމުންނެވެ. ސަބަބަކީ ކައިޒީން އާ ހެދި އޭނާއަށް އިއްޔެ ފިލާވަޅުތައް ނުހެދުމުންނެވެ.

އައު ދުވަހަކަށް އިރުގެ ފެނުން ތޮޅިލި ވަގުތަކީ ކާޅާއި ކޮވެލީގެ މިޔުޒިކީ ރާގުން ލަވަ ކިޔަން ފެށި ވަގުތެވެ. ހެނދުނުގެ ފިނި ވައިރޯޅިތައް އަމާންކަމާއިއެކު ޖެހެމުން ދިޔެއީ ނުހަނު ހިތްގައިމު ގޮތަަކަށެވެ. ކާޅުތައްވެސް މިނިވަން ކަމާއިއެކު އުޅެމުން ދިޔައިރު އެއެއްޗެހިންނަށް ހީވަނީ އުފަލެއް ލިބިގެން އުޅޭހެންނެވެ. އިރުގެ ރަން ދޯދިތައް އިމާރާތްތައް ފޫ އަޅުވަމުން ގޮސް މުޅި މާލެގައި ފަތުރާލި އިރު ހީވަނީ މުޅި މާލޭގައި އަލިގަދަ ލައިޓެއް ދިއްލާފައި ހުރިހެންނެވެ. އިރުއެރިތާ މާގިނަ އިރުތަކެއް ނުވެ ދެން އިވެން ފެށީ މާލޭގެ ހަލަބޮލި މަގުތަކުގައި ދުއްވާއެއްޗެހި ދުއްވާ އަޑާއި ބަރުގޮނުގެ އަޑެވެ.

ކައިޒީންއަށް ސިއްސައިގެން ގޮސް ހޭލެވުނީ ނުހަނު ބާރަށް އާރިފާ އައިސް އޭނާގެ ކަންފަތް ބުޑުގައި ހަޅޭލަވައި ގަތުމުންނެވެ. ”މިހާރު ކޮން އިރެއް ގޮވާތާ.. އެއޮށްގެން ހައެއް ޖެހީ މިހާރު.. ފަސްގަޑި ބާން ސުރެ މިތާ ހުރެގެން މިގޮވަނީ.. އެކަމަކު ހޭލެވޭ ކަމަކަށް ނުވޭ.. މިހާރު ތެދުވެގެން ގޮސް ފާހަނާއަށް ވަނޭ.. ” އާރިފާއަށް ކައިޒީންގެ ފަރާތުން ދުރުކަމެއް އިހްސާސް ކުރެވުނީ ތެދުވެގެން ދިޔަ ގޮތަށް ގޮސް ފާހަނާއަށް ވުމުންނެވެ. ނަމަވެސް އެހެންޏާ ކައިޒީންއަކީ އާރިފާ ސުކޫލަށް ދާން ގޮވާލާއިރަށް އެތައް ވާހަކައެއް ދައްކާ މަޖާކުރަން އިނެފައި ދާ ކުއްޖެކެވެ. އަދި ގިނަ ދުވަސްދުވވަސް ދާނީ ބޮޑާ ހޭކުމުގައިއެވެ. އާރިފާ މާ ބޮޑަށް އެކަމާ އަޅާނުލައި ކޮޓަރިން ނުކުމެގެން ދިޔައީ އަވަހަށް ސައި ތައްޔާރު ކުރެވޭތޯއެވެ.

އީނާޝް ސުކޫލަށް ދާން ތައްޔާރުވެގެން ކޮޓަރިން ނުކުން ވަގުތަކީ ޒިރާންވެސް އޭނާގެ ކޮޓަރިން ނުކުން ވަގުތެވެ. މިއަދު އީނާޝްގެ މޫނުމަތިން އެހެންޏާ ފެންނަން ހުންނަ ތާޒާ ކަމެއް ފެންނާކަށް ނެތެވެ. އީނާޝްގެ މޫނުމަތިން ފެންނަން ހުރީ ރޭގަނޑު ނުނިދާ ހުރި ކަމުގެ ނިޝާންތަކެވެ. ”އީނާޝް.. ރޭގަ ނުނިދަންތަ؟ މުޅި ލޯވެސް ތިހުރީ ރަތްވެފައެއްނު..” ޒިރާން ސުވާުލުކުރުމުން އީނާޝް ހަލުވި ހިނގުމެއްގައި ހިނގާފައި ގޮސް ވަނީ ބަނޑުހައި ވެފައި ހުރުމުން ހެނދުނުގެ ކުޑަސައި ބޯށެވެ. އީނާޝް ގޮޑީގައި އިށީންދިހެން ހީނުވެ ކައިޒީން ތެޅެމުން ފޮޅެމުން އައިސް އެތަނަށް ވަނެވެ. ކައިޒީންއަށް އީނާޝް ފެނުމާއިއެކު ހަވީރުގެ ހަނދާންތައް ދިޔައީ ކައިޒީންގެ ސިކުނޑީގައި ކޮއްޓަމުންނެވެ. އަދި ބުދެއްހެން ޖެހިތާ ހުރެވުނީ އަނެއްކާވެސް ވީ ދެރައިންނެވެ. ”ކައި ތިހުންނަނީ ކީއްވެފަތަ؟ އަވަހަށް ގޮސް އިށީންދޭ..” އާރިފާ އައިސް ކައިޒީންގެ ދެކޮޑުގައި ހިފައި ތަޅުވާލިއެވެ. އަދި ހަމަ އެގޮތަށް ހުރެ ކައިޒީން ގޮވައިގެން ގޮޑިއާ ހަމައަށް ގެންދަން އުޅުނެވެ. ނަމަވެސް އާރިފާގެ އަތް ކައިޒީންގެ ކޮޑުން ނައްޓުވާލައިފައި ކައިޒީންގޮސް އަމެއްލައަށް ގޮޑީގައި އިށީންދެލިއެވެ. ދެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. އެހެންޏާ ކައި ގަޑީގައި އަނގަ ގަދަ ދެ އަނގާގައި މިއަދު ވަނީ ޒިބުއަޅަވައި ތަންޑުއަޅުވާފައިއެވެ.

އީނާޝް ކުޑަގޮތެއް ހަދައިލައިގެން ތެދުވެގެން ދިޔައީ ގަޑި ޖެހެން ކައިރިވެފައި ހުރުމުންނެވެ. ކައިޒީންވެސް އީނާޝްގެ ފަހަތުން ކަހަލަ ގޮތަކަށް ނުކުމެގެން ދިޔައީ އީނާޝްއާއި އެކު ހިނގާފައި ދިޔުމުގެ ބޭނުމުގަައިއެވެ. ނަމަވެސް އިނާޝް ކައިޒީންއަށް އެފުރުސަތު ދޭން ބޭނުން ނުވާ ކަހަލައެވެ. ކައިޒީންއަށް ގެއިން ނުކުމެވުން އިރު އީނާޝް ކާރަކަށް އަރައިގެން ހިނގައްޖެއެވެ. ކައިޒީންއަށް އެންމެ ފަހުން ޖެހުނީ މާހިލްއާއި އެކު ކާރުގައިދާށެވެ.

ޖަމާލުއްދީން ސުކޫލާ ހަމައަށް އީނާޝްއަށް ފޯރިއިރު ވަނީ ރަނގަބީލު ޖަހާފައިއެވެ. އެހެންކަމުން ބާރު ހިނގުމެއްފައި ގޮސް ސުކޫލުގެ ގޯތިތެރެއަށް ވަނީ ގަޑި ނުޖެހެން ވެގެންނެވެ. ކައިޒީންވެސް އިނާޝްގެ ފަހަތުން ކަހަލަ ގޮތަކަށް އައިސް ވަނެވެ. އީނާޝްމެނަށް ކުލާހާ ހަމައަށް ދެވުން އިރު އެބޮޑު ހުދު ކުލާސް ރޫމުތެރޭގައި ކުދިން ހަލަބޮލި ކަމާއިއެކު އުޅެމުން ދިޔައިއެވެ. ކުލާހުގެ ދެފަރާތުގައި ޑެސްކުތައް އަތުރާލާފައި ވާއިރު ގޮޑިތައްވެސް ވަނީ ހަމަ އެގޮތަށް ބަހައްޓާލާއިފައިއެވެ. ކުލާހުގެ ކުރިމައްޗަށް ވާގޮތަށް ބޮޑު ހުދުކުލައިގެ ބޯޑެއް ހަރުކޮށްފައި ވާއިރު ބޯޑުގެ މަތީގައި ސާޅީސް ދެ އިންޗީގެ ޓީވީއެއް ހަރުކުރެވިގައިއެވެ. އީނާޝްއާއި ކައިޒީންވެސް ހިނގާލާފައި ގޮސް އެމީހުންނަށް އިށީންނަން ހަމަޖެހިފައި ވާ ގޮޑީގައި ގޮސް އިށީންދެލިއެވެ. އިރުކޮޅަކުން މުދައްރިސްވެސް ކުލާހަށް އައިސްވަނެވެ.

ސުކޫލު ނިންމާފައި ގެއަށް އައިސް ވަނުމާއިއެކު ކައިޒީން އަށް ލިބުނީ ވަރަށްވެސް އުފާވެރި ހަބަރެކެވެ. އެއީ އަންނަ ހޮނިހިރުގައި ހުރާއަށް ދަތުރު ދިޔުމެވެ. އެއީވެސް ކައިޒީން ޒިރާން ގާތު އެތައް ފަހަރަކު ކިޔައިގެން ރޭވި ދަތުރެކެވެ. ކައިޒީން މިހާރު ބޭނުންވަނީ އޭނާގެ ސިކުނޑި ހަމަޖައްސާލަށް ފެހި މާހައުލަކަށް ދާށެވެ. މާލޭގެ ހަލަބޮލި މާހައުލު ފެނިފައި ކައިޒީންގެ ސިކުނޑި ހީވަނީ ގޮވާހެންނެވެ.

އީނާޝްއަށް އެހަބަރު ލިބުމާއިއެކު ވަގުތުން އެކަމާ ދެކޮޅު ހެދިއެވެ. އީނާޝްއަކީ މާގިނައިން ބޭރަށް ދާ ހިތްވާ ކުއްޖެއް ނޫން ކަމުން މިފަހަރުވެސް އީނާޝް ބޭނުންވީ ގޭގައި ހުންނާށެވެ. ނަމަވެސް ގޭގައި އެކަކުވެސް އިނާޝްއާ އެކީ މަޑުކުރަން ނެތުމާއިއެކު އީނާޝް އަށް އެންމެ ފަހުން ޖެހުނީ އެކަމަށް އެއްބަސް ވާށެވެ. އަދި އާރިފާ އީނާޝްއަށް ލޯ އަޅައިލުމުން އެކަމާ ބިރުންވެސް ހުރެއެވެ.

****

*ކައި ވަރަށް ބޮޑަށް މަޢާފު ކުރޭ އިނގޭ.. ކައި ގެ ބާރތްޑޭގައި ނުދެވުނީ ވަރަށް ބޮޑު ކަމެއް ދިމާވެގެން.. ބެލިން ވަރަށް ދެވޭތޯ ވެސް.. މެސެޖް ކުރަން ބެލިއިރު ފޯނުގަ ބެެލެންސް އެއްވެސް ނެތް.. އެހެންވެ ހަބަރެއްވެސް ނުވެވުނީ.. އެކަމަކު މަށަށް ޓްރީޓްއެއް ދޭންވާނެ އިނގޭ..* ކައިޒީންގެ ފޯނަށް މެސެޖް އެއް އައުމާއިއެކު ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްގެން އެ މެސެޖް ކިޔާލިއެވެ. އެއީ ކައިޒީންގެ އެންމެ ހިތް އެދޭ އެއް ޒުވާނާއެވެ.

*ހޫން.. ވަރަށް ފޫހިވޭ.. ކަމެއް ދިމާވިއްޔޭ ކިޔާބައެއްނު ހަމަ ނައިސް.. ޓްރީޓެއް ވެސް ނުދޭނަން.. އެކައްޗެއްވެސް ނުދޭނަން..* ކައިޒީން ރުޅި އައިސްފާ ހުރި އެމޮޖި ތަކެއް ލާފައި އެމެސެޖެ ފޮނުވާލިއެވެ. ދެން އެޒުވާނާގެ ފަރާތުން އައީ ރޯން އިން ތިން އެމޮޖިއެވެ.

*ޑޯންޓް އެކްޓް ލައިކް އަ ޑްރާމާ ކުއީން.. އިނގޭ ކައި ރުޅި ނާންނަ ކަން.. ތިހެން މާކުރިން ފިލްމު ސްޓާރް އަކަށް ވާން އުޅެނިކޮށް ނުވެވިދާނެ..* ކައިޒީން ގެ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. ނަމަވެސް އެއާއި އެއްވަރަށް ނުރުހުންތެރިކަންވެސް އެމޫނު މައްޗަށް ފާޅުވިއެވެ.

*ހެހހެހެ.. އަޅެ ބަލަން ހުންނައްޗެ މަށަަށް ނުވެވޭތޯ.. .. ކޮން ދުވަހަކުން ޓްރީޓް ދޭން ވީ؟* ކައިޒީންއަށް ދިޔައީ އަނގަ މަތީގައި އަތް އަޅާއިގެން އިނެގެން ހެވެމުންނެވެ. ފެންނަ މީހަކަށް ހީވާނީ ކައިޒީން އަކީ މޮޔައެއް ހެންނެވެ.

*ހެހެހެހ.. އެއީ މަޖަލަކަށް ބުނި އެއްޗެއް.. ޓްރީޓެއް ނުދިނަސް އޯކޭ.. މަށެއްނު ކައި އަށް ފުރަތަމަ ވިޝްވެސް ކުރީ.. ސޯ އިޓްސް އޯކޭ..* އެޒުވާނާ ކައިޒީންއަށް ފޮނުވާލި މެސެޖް ކިޔާފައި ކައިޒީންއަށް ހިނދުކޮޅަކަށް ގަނޑުވެފައި އިނެވުނީ އެޒުވާނާ ކައިޒީންއަށް ފޮނުވި ފަށުވި ބަސްތަކުން އުފަންދުވަހުގެ ތަހުނިޔާ ކިޔާފައިވާ ގޮތް މަތިން ހަނދާން ކުރުމަށެވެ. ހަމައެއާއިއެކު ކައިޒީންގެ ތުންފަތަށް ފުޅާ ހިނިތުން ވުމެއްވެސް ވެރިވިއެވެ.

ކައިޒީން އެންމެ ފަހުން އޯކޭ ބައި އޭ ކިޔާފައި މެސެޖް ފޮނުވާލީ އަވަހަށް ފިލާވަޅުތައް ހަދަން ދިޔުމަށެވެ. ކައިޒީން ކިޔަވައި  ހުރިހާ މާއްދާއިން ކަހަލަ ގޮތަކަށް ފިލާވަޅު ދީފައި ހުރުމުން ކައިޒީން ހުރީ އެކަމާ ނުހަނު ރުޅި އައިސްފައިއެވެ. ނަމަވެސް ކައިޒީންގެ  އަމިސްލަ ސިކުނޑިއަށް ވިސްނައިދީ ގިނައިން ފިލާވަޅުތައް ހެދުމުންވެސް އަހަަރެމެންނަށް ފައިދާ ކުރާކަން ހަނދާން ކުރަމުންނެވެ. މެންދުރު އިއްތި ގޮތަށް މަޣްރިބު ނަމާދު ބަންގި ގޮވިއިރުވެސް ކައިޒީން އިނީ ފޮތްތައް ހިފައިގެން ފިލާވަޅު ހެދުމުގައިއެވެ. ކައިޒީން އަކީ އަދި އެކޮނޮމިކްސް ކިޔަވާ ކުއްޖެއް ކަމުން ލިޔަން ހުރި އެއްޗެހިވެސް ނުހަނު ގިނައެވެ. ”ޕިސްޕިސްޕިސް.. މީއްޗެހިވެސް ކީއްތަ ވާނީ ފޮތުގައި ހިއްޕަން ދޭނަމަ.. ޕްރިންޓް ކޮށްފަ ހަމަ އަހަރެމެންނަށް ދޭބަ ވިޔަ ލިޔަން..”

ކައިޒީން އެންމެ ފަހުން ލިޔަން އިނެފައި އޭނާގެ ހިތްހަމަ ޖައްސައިލުމަށްޓަކައި ގޮސް މަޣްރިބު ނަމާދަށް އެރިއެވެ. ނަމާދުކޮށްގެން އައިސްވެސް ކައިޒީން އިނީ ފިލާވަޅު ހަދާށެވެ.

ކައިޒީން އެކޭ އެއްގޮތަށް އީނާޝްވެސް އެދަނީ އެކޮނޮމިކްސް ފިލާވަޅު ނިންމުމަށް އެއްވެސް ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރަމުންނެވެ. ފަސް ގަނޑުގެ ކޮންމެ ސޮފްހާއެއް ފުރާ ލިޔަން ހުރުމުން ކައިޒީންވެސް އިނީ ހިސާބަކަށް ފޫހިވެފައިއެވެ. ނަމަވެސް އެކަންތައް މަތިން ހަނދާން ނައްތާލައިފައި އިނާޝް އަތްމަތި އަވަސްކުރަމުން ދިޔައީ ފޮތް ކިޔާށެވެ.

އީނާޝް އަކީ އަބަދުވެސް ބިޒިނެސް އަށް ލޯބިކުރާ ކުއްޖެކެވެ. ކޮންމެ ފަހަރަކުވެސް ބިޒިނެސް އާއި އެކައުންޓުން ސަތޭކަ ހޯދާއިރު ކުލާހުގައިވެސް ވަރަށް ޝައުގުވެރިކަމާއިއެކު މުދައްރިސުން ކިޔަވައިދޭ އެއްޗެހި ކަނުލައި އަޑުއަހަން އިނެއެވެ. އެހެން ކުދިންނަށް އުނދަގޫވެގެން އުޅޭ އެކައުންޓް މާއްދާ އިނާޝްއަށް އެއީ ފެންތައްޓެއް ބޯލުންހާ ފަސޭހަ ކަމެކެވެ.

*****

ހުރާއަށް ލޯންޗް ކައިރިވަމުން ދިޔައިރު ރަށުގެ ފެހިކަން ގަދަ މަލަމަތި ދިޔައީ ސާފުކޮށް ރީއްޗަށް ފެންނަމުންނެވެ. ބިއްލޫރިކޮޅެއްހާ ސާފު އެރީތި ނޫ ކުލައިގެ މޫދު ފެންނަ ކޮންމެ މީހަކުވެސް އެރޭ ހިތްވާނެއެވެ. ބޯކިރުފޮދެއްފަދަ ދޮންވެލިގަނޑު ފެނިފައި އެ ވެލިގަނޑުގައި ފައި ޖައްސާލަން ވެސް ބޭނުން ވާނެއެވެ. ރަށުގެ އެއްފަރާތް ގޮންޏަކަށް އެތެރެއަށް ވަނެފައި ވާއިރު އެތަނުގައި ހެދިފައި ހުރި މަގޫ ގަސްތަކާއި ކުރެދި އަދި ރުއްގަސްތަކުން އެތަން ފުރިހަމަ ކަމަށް ދައްކައެވެ. ރަށުގެ ފަޅަށް ލޯންޗް ވަނެވުމާއި އެކު ބޯކޮޅު މަތިން އުދުހެމުން ދިޔަ ކާޅުތައްވެސް ހީވީ ޒިރާންމެންނަށް މަރުހަބާ ކިޔާހެންނެވެ. ކައިޒީން ދިޔައީ އެ ކުޅަދުންވަންތަ ކަމުގެ ލާމަސީލު ރަށް އެނާގެ ފޯނުގައި ރައްކާ ކުރަމުންނެވެ. އީނާޝްވެސް އެހެން އިނެފައި ފޯނުން ރަށުގެ ފޮޓޮއެއް ނަގާލައިއެވެ. ހުރާގެ އެ ހިތްގައިމު މާހައުލުގައި ފާ ޖައްސާލިއިރަށް ކައިޒީން އަށް ކުރެވުނީ އެހެން ކަހަލަ އިހްސާސެކެވެ. ދުވަހަކުވެސް އެތަނުން ދާން ބޭނުން ނުވާ ކަހަލަ އިހްސާސެކެވެ.

ޒިރާންގެ ރައްޓެހި ޝިނާޒް އެމީހުން ބަލައި އައުމުން އެންމެންވެސް ދެން ދިޔައީ ޒުހައިރުގެ ގެއަށް ހެނދުނުގެ ސައި ބޯލާށެވެ. ކައިޒީން ހުރީ ކެތްރެތިކަން ކޮޅުން ލާފައިއެވެ. އެރަށް ބަލާލައި ހިތުންނެވެ.

ކައިޒީން އެރަށުގައި އުޅެމުން ދިޔައިރު އެންމެ ފަހަރަކުވެސް އާރިފާ އާ ވާހަކަ ނުދައްކައެވެ. ބޭނުމެއް ޖެހިގެން ނޫނީ މަޖުބޫރުވެގެން މެނުވީއެވެ. ކައިޒީން މިހާރު ބޭނުންވަނީ އާރިފާވެސް ކައިޒީން އާ ދުރުގައި ހުންނާށެވެ. އަދި އީނާޝްއަށް އާރިފާގެ ލޯބި ދޭށެވެ. ނަމަވެސް މިކަން ކުރުމަށް ކައިޒީން ވިސްނާ ވިސްނާ ވެސް އޭނާގެ ސިކުނޑިއަކަށް އެކައްޗެއްވެސް ނައެވެ. އެންމެފަހުން ކައިޒީން ނިންމީ މާހިލްގެ ފަރާތުން ހިޔާލެއް ހޯދާށެވެ. ނަމަވެސް އެކަމާ އުޅެ އުޅެވެސް ކައިޒީންއަށް އެވާހަކަ ބުނާކަށް ވަގުތެއް ނުވިއެވެ. ނޫނީ އެވާހަކަ ބުނަން ރަނގަޅު ވަގުތެއް ނުލިބެއެވެ.

އެންމެން ހަވީރު ވާން ވުމުން ރީތިވެލައިގެން ނުކުމީ ރަށް ބަލައިލުމަށެވެ. ކައިޒީން ރަތް ކުލައިގެ ޝިފްޓް ޑްރެސް އަކާއިއެކު ހުދު ކުލައިގެ ސްކިނީ އެއްލަފާއި ވުމުން އެދޮން ހަންގަނޑާއި އެހެދުން ނުހަނު ގުޅެއެވެ. އިސްތަށިގަނޑު ވަޔާއި ވިހުރެން ދޫކޮށްލާފައި ވާއިރު ބޮލުގައި މުށި ކުލައިގެ ބޮޑު ތޮތްޕެއް އަޅާފައިވެއެވެ. އަދި ތުންފަތުގައި ޖައްސާފައި ހުރި މަޑު ފިޔާތޮށި ކުލައިގެ ލިޕްސިޓްކުން އެ ރީތިކަން އިތުރު ކޯށްދީފައިވެއެވެ. ލޮލުގައި އެންމެ ޒަމާނީ އައިނެއް އަޅާފައި ވާއިރު ވައްތަރީ ހަމަ މޮޑެލް އަކާއިއެވެ. މަގުމަތިން ހިނގާފައި ދިޔަ އިރުވެސް މީހުން ބަލަމުން ދިޔަލެއް ގިނަކަމުން ކައިޒީން އަށް ހުރީ އުނދަގޫވެފައިއެވެ.

މާހިލްއަށް ދިޔައީ ކަޅިވެސް ޖަހާއިނުލައި އީނާޝްއާއި ދިމާ ބެލެމުންނެވެ. ނުބެލެންވީ އެއްވެސް ސަބަބެއްނެތެވެ. އީނާޝް ލާފައި ވަނީ މަޑު ނޫކުލައިގެ އަތް ދިގު ބުލައުޒާރ އަކާއިއެކު ހުދުކުލައިގެ ސްކިނީއެކެވެ. އިސްތަށިގަނޑުގައި ބޮޑު ހުޅިއެއް ޖަހާފައި ވުމުން އެރީތިކަމަަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ. އަދި ނިތް ކުރި މައްޗަށް ކުރު އިސްތަށިތައް ވައްޓާލައިފައި ވުމުން އީނާޝްގެ މައުސޫމްކަން ދިޔައީ ފާޅުވަމުންނެވެ. މޫނުގައި އެއްވެސް މޭކަޕް އެއް ކޮށްފައި ނުވާއިރުވެސް އެރީތިކަން ދެގުނައެވެ. ނަމަވެސް ކަންފަތުގައި ރީތި އެތި ކޮޅެއް ލަފާައި ވެއެވެ. އަދި ކޮޑުގައި ރީތި އަތްދަބަހެއް އަޅުވާފައި ވުމުން އީނާޝްވެސް ވައްތަރީ ހަމަ މޮޑެލް އަކާއިއެވެ.

އިނާޝްއަށް ވެސް ބެލެމުން ދިޔައީ މާހިލް އާއި ދިމާއެވެ. ނަމަވެސް އެއީ މާހިލްއަށް ނޭނގޭ ގޮތަށެވެ. އީނާޝްއަށް ނޭނގުނު ކަމުގައި ވިޔަސް އީނާޝްގެ ހިތުގައި މާހިލްގެ ސޫރަ މިހާރު ވަނީ ކުރުހާލެވިފައިއެވެ. ދުވަހަކު ނުފޮހެވޭނެ ވަރަށެވެ.

މާހިލް ލާފައި ވަނީ ކަނޑު ނޫކުލަ އާއި ހުދުކުލައިން ގޮޅި ޖަހާފައި ހުރި ގަމީހަކާއިއެކު ކަޅު ޖިންސެކެވެ. ގަމީހުގެ އަތުކުރި އުޅަބޮއްޓާއި ހަމައަށް އޮޅާލައިފައި ވުމުން  މާހިލްގެ ފިރިހެން ވަންތަކަން ދިޔައީ ދެގުނައަށް ފެންނަމުންނެވެ. އަދި އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައި ވުމުން މާހިލް ނުހަނު ޗާލެވެ. ބޮލީވުޑްގެ ތަރި އަކާއި އަޅާބެލޭކަށް ނެތެެވެ.

އިނާޝް މާހިލް އާ ދިމާ ބަލައިލާ ކޮންމެ ފަހަރަކު މާހިލް ބަލަން ހުރުމުގެ ސަބަބުން އިނާޝް އަށް ދިޔައީ އުނދަގޫވަމުންނެވެ. ހިނގާފައި ދިޔައިރުވެސް އީނާޝް ބެލީ މާހިލް އަށް ނުފެންނާނެ ހެން ހުރެވޭތޯއެވެ. ނަމަވެސް ކައިރީގައި ހުރި މީހަކާ ފިލޭނީ ކިހިނަކުން ހެއްޔެވެ؟

އެންމެ ފުރަތަމަ ޒިރާންމެން ދިޔައީ ރަށުގައި ގޮންޏަކަށް ވަނެފައި އޮންނަތަން ބަލައިލާށެވެ. އެއީ ހަމަ ކުޅަދުންވަންތަކަމުގެ ލާމަސީލު މިސާލެކެވެ. އެތަނުގައި އެކި ކަހަލަ ކަކުންޏާއި ދޫނިސޫފާއި ސޫފި މިނިވަންކަމާއިއެކު އެއްވެސް ބިރުވެރިކަމެއް ނެތި ދިރިއުޅެމުން ދިޔައެވެ. އެސާފު މޫދުގައި އެކި ކަހަލަ މަސްމަހާއި މެހި އުޅެމުން ދިޔަތަން ބަލަން އެއްވެސް ފޫހިކަމެއް ނެތި އީނާޝް ހުއްޓެވެ. ކައިޒީންވެސް އައިސް އީނާޝްގެ ކައިރީ ހުއްޓިލިއެވެ. ނަމަވެސް އީނާޝް ކައިޒީން ކައިރިން ދުރަށް ދިޔައީ ކައިޒީން ގާތު ހުންނަން ބޭނުން ނުވުމުންނެވެ.

ހިނގަމުން ދިޔައިރު އާރިފާ ޒިރާންގެ ކައިރިން ދުރަށް ނުދެއެވެ. ކައިޒީން އެތާ ހުރި ތޯވެސް ބަލައި ނުލައިއެވެ. އެކަމުގެ ސަބަބުން ޒިރާންއަށް ހުރީ އުނދަގޫވެފައިއެވެ. އާރިފާ އާއި ހެދި ޒިރާން އަށް ޝިނާޒްއާއި ވާހަކަ ދެއްކޭ ގޮތެއްވެސް ނުވިއެވެ. ވާހަކައެެއް ފަށާއިރަށް އާރިފާ އެހެން ވާހަކައެއް ފަށައެވެ. ނޫނީވިއްޔާ އެދައްކާ ވާހަކައަކަށް އަނގަލައެވެ. ޖަންނަ އަދި ނަޝްވާވެސް ހުރީ އާރިފާ އެއުޅޭ ގޮތުން ލަދު ގަނެފައިއެވެ. އީނާޝްވެސް ހުރީ ރުޅިއައިސްގެން މުޅި މޫނުވެސް ރަތްވެފައިއެވެ.

އެންމެން ފަހަތުން ހިނގާފައި ދިޔަ ފަޒީލް އާއި މާޙިލްއަށް އެތަނުގައި ހިނގާ އެއްވެސް ކަމެއް ނޭނގެއެވެ. އެއަށް ވުރެ ބޮޑަށް އެމީހުން ތިބީ ވާހަކާއިގައި ޖެހިފައިއެވެ. އަދި ރަށުގެ ރީތިކަން ފެނި އެކަމާ އާޝޯހުވެފައިއެވެ. ކުރިމަތި ނުބަލާލައި ހިނގަމުން ދިޔަ މާހިލް ހުއްޓުން އެރީ ގޮސް މީހެއް ގައިގާ ޖެހުމުންނެވެ. އަދި ހުޝިޔާރު ކަމާއިއެކީ ވެއްޓެން ދިޔަ އެމީހާ މާހިލް ހިފަހައްޓާލިއެވެ. އެމީހާގެ އަނގައިން މަޑު ހަޅޭކެއްގެ އަޑު އިވިގެން ދިޔަ ވަގުތު އެންމެންވެސް އެދިމާލަށް ބަލައިލިއެވެ.

~ ނުނިމޭ ~

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ހިތުގެ ގޮވުން ޓްރެއިލާ

Next

ކަފުން ވެވިފާ…05

Next
August 31, 2019

ކަފުން ވެވިފާ…05

Previews
August 30, 2019

ހިތުގެ ގޮވުން ޓްރެއިލާ

32 Comments!

  1. Shahu says:
    August 30, 2019 at 7:29 am

    Woooooww varah salhi mi part ves ? ? ? ? ? ? ly. Curiously waiting for next part…

    1. ?Nafu? says:
      August 30, 2019 at 2:46 pm

      Thank u soo much dear..??? Keep waiting???

  2. IsHa IsHa says:
    August 30, 2019 at 8:19 am

    Reeeethi

    1. ?Nafu? says:
      September 17, 2019 at 4:57 pm

      Thanks ❤️❤️

  3. jiji says:
    August 30, 2019 at 8:35 am

    V v rythi mi part vx

    1. ?Nafu? says:
      August 30, 2019 at 2:55 pm

      Thank u soo much..??❤️

  4. Friend eh? says:
    August 30, 2019 at 8:53 am

    Masha allah… mi part vs ??varah salhi … ?whn is next part can’t? wait to read ?

    1. ?Nafu? says:
      August 30, 2019 at 2:57 pm

      Thank u soo much..??? dhn oii Bai Sunday gai.. keep waiting..❤️❤️?

  5. ?Nafu? says:
    August 30, 2019 at 10:04 am

    Assalam alaikum.
    Alhamdulillah.. miothy 13 vana Bai up vefai..?? hurihaa kiyun therinnah Vs mi Bai kamudhaane kamah unmeedhu kuran..❤️❤️❤️ adhi mistakes huriyyaa bunela dhinun Vs edhen..??? 14 vana Bai Sunday gai.. Insha Allah❤️❤️❤️ keep waiting.. have a nice day?❤️❤️?

    1. ?Nafu? says:
      August 30, 2019 at 10:05 am

      Nd nafu vaany mi part ehn part thakah vure vr bodah dhigu kohfai..

  6. Yoo shi-jin oppa says:
    August 30, 2019 at 4:37 pm

    ? “Dhelolun fen nuhike” ge badhaliga dhelolun karuna nuhike ey liyunu nama ithurah reethivis
    ?? Story is beautiful

    1. ?Nafu? says:
      August 30, 2019 at 6:30 pm

      Ya.. thanks a lot dear for the feedback..❤️❤️❤️??

  7. arshan says:
    August 31, 2019 at 2:36 pm

    Varah reethi???

    1. ?Nafu? says:
      August 31, 2019 at 3:11 pm

      Thanks dear..❤️❤️

  8. Friend eh? says:
    August 31, 2019 at 2:50 pm

    Loabi vaaahaka ehkey

    1. ?Nafu? says:
      August 31, 2019 at 3:13 pm

      Thanks dear..❤️❤️❤️

  9. Friend eh? says:
    August 31, 2019 at 2:53 pm

    Obiness to the max ???

    1. ?Nafu? says:
      August 31, 2019 at 3:15 pm

      Thanks dear❤️❤️❤️❤️

  10. Anonymous says:
    August 31, 2019 at 3:26 pm

    ?

    1. ?Nafu? says:
      August 31, 2019 at 7:59 pm

      Thanks❤️❤️❤️

  11. Ppl says:
    August 31, 2019 at 3:28 pm

    ??. ?
    ? ? ?
    ?. ?

    1. ?Nafu? says:
      August 31, 2019 at 8:00 pm

      Thanks❤️❤️❤️❤️

  12. FLOWER says:
    September 5, 2019 at 11:05 pm

    mi part vs vr vr rythi

    1. ?Nafu? says:
      September 6, 2019 at 10:35 am

      Thank u soo much ❤️❤️❤️

  13. nish says:
    September 5, 2019 at 11:06 pm

    maasha allah… wonderful story eh

    1. ?Nafu? says:
      September 6, 2019 at 10:35 am

      Aww.. thank u soo much ❤️❤️❤️❤️

  14. umbrella says:
    September 5, 2019 at 11:08 pm

    vr salhi.. vr obi.. vr rythi vaahaka eh

    1. ?Nafu? says:
      September 6, 2019 at 10:36 am

      Thank u soo much umbrella ♥️♥️♥️♥️

  15. wish says:
    September 5, 2019 at 11:09 pm

    nafu… haadha ryhchey mi bai vs. hama aslu vs bunaane ehcheh neyge

    1. ?Nafu? says:
      September 6, 2019 at 10:37 am

      Aww..?? thank u soo much wish❤️❤️❤️❤️

  16. 0000 says:
    September 5, 2019 at 11:11 pm

    maasha allah.. alhey haadha ryhchey..

    1. ?Nafu? says:
      September 6, 2019 at 10:37 am

      Alhey thank u soo much..❤️❤️❤️❤️

Comments are closed.

Next Episodeހާސިލް ވުމަށް އެދި 14←


All Right Reserved!