Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

“އެއްވެސް މީހެއްކައިރީ ނުބުނާތި” (6ވަނަ ބައި)

Angie Level 1
August 30, 2019 3 Mins Read
23 Comments

“ޝާޔާ! ނޫންކަމަށް ހެދިފައި މިމަގުގެ އެފަރާތަށް ބަލާލަބަ. އެއްވެސް ދިމާލަކުން ރަތްކުލައިގެ ހެދުމެއް ލައިގެން ހިނިތުންވެފަ ހުރި ކުއްޖެއް ފެނޭތަ؟”

“ކޮންތާކު؟ ކޮބާ؟”

އަހަރެން ނިތްކުރިން ދާތިކިތަށް ހިލެމުންދިޔައެވެ. ހަށިގަނޑަށް ހޫނުވާންފަށައިފިއެވެ. ދުވެފައި ކަހަލަގޮތަކަށްގޮސް އަހަރެން ޓިއުޝަން ކުލާހަށް ވަނީމެވެ. ޓިއުޝަން ކުލާހުގައި އިންއިރުވެސް އަހަންނަށް ބެލެނީ ބޭރަށެވެ. އެއްވެސް ވަރަކަށް ކުލާހުގައި ދިން ފިލާވަޅަކަށް ސަމާލުކަމެއް ނުދެވެއެވެ. ނިމޭގަނޑި ގާތްވަމުންދިޔަވަރަކަށް އަހަރެންގެހިތް ބޮޑަށް ތެޅެންފަށައިފިއެވެ. އަހަރެން ގެއަށް ދާކަށް ބޭނުމެއްނޫނެވެ. ނޫނެކެވެ. އަހަރެން މަގުމައްޗަށް ނުކުންނާކަށް ބޭނުމެއްނުވެއެވެ. މިއަދު ޓިއުޝަނަށް ނާދެވުނުނަމައޭ ހިތައްއެރައެވެ. ކުރާނީ ކީއްހެއްޔެވެ؟ ގެއަށް ނުގޮސް ކުލާހުގައި އިދެވޭނެނަމައެވެ. ގަނޑި ޖެހިއްޖެއެވެ. އެހެން ދުވަސްދުވަހު އެކަނި ދިޔަނަމަވެސް މިއަދު އެކަނިދާކަށް އަހަރެން ބޭނުމެއްނުވިއެވެ. ޝާޔާއާ ވާހަކަދައްކަމުން ހިގަންފެށީމެވެ. ޝާޔާހުރީ އަހަރެން އުޅޭގޮތުން ކުޑަކޮށް ސުވާލުއުފެދިފައެވެ. ދެތިންފަހަރަކު ކަމެއްގޯސްވީހޭވެސް އެހިއެވެ. އެޖަވާބުގައި އަހަރެން ބުނާނީ ކީކޭހެއްޔެވެ؟ ވަކި ހިސާބަކަށް ދެވުމުން ޝާޔާއާ އަހަރެން ވަކިވާންޖެހުނެވެ. ޝާޔާގެ ގެ އަހަރެންގެ ގެކައިރީ ހުންނާނެނަމަ ކިހާ ރަގަޅުވީސްތާއެވެ. މަޑުމަޑުން ހިގަމުން މަގުގެ ހުރިހާ ދިމާލަކަށް ނަޒަރު ހިންގަމުން ކުރިއަށް ދާންފެށީމެވެ. އަހަންނަށް އެޅުނީ ފަސް ވަރަކަށް ފިޔަވަޅެވެ. އަހަންނަށް އަމްނާ ފެނުނެވެ. ވަގުތުން އިސްދަށަށް ޖަހާލީމެވެ. ހިގުނުހާ އެންމެބާރަކަށް ހިގާފައިގޮސް ގެއަށް ވަދެވުނީ ހަމަކިރިޔާއެވެ. އަހަންނަށް ވީގޮތެއްނޭގުނެވެ. ބައްޕަފެނުނުހެން ހީވިއެވެ. ބައްޕަ އަހަންނަށް ގޮވާހެންވެސް ހީވިއެވެ. މުޅިތަން އެއްކޮށް އަދިރިވެގެން ދިޔައެވެ.

އަހަންނަށް ހޭލެވުނުއިރު ގެއަށް އަންނަ ޑޮކްޓަރު އައިސް އިނެވެ. ޑޮކްޓަރު ވަރަށް ރަގަޅަށް އަހަރެންގެ ލޯ ބެލިއެވެ. މިއުޅެނީ ލޭބަލާލަންށޭ ކިޔާފަ ފާޑެއްގެ އެއްޗެއް އަހަރެންގެ އަތުގައި އެޅުވިއެވެ. އަނެއްއަތުން ބޯޅައެއް ކަހަލަ އެއްޗަކަށް ފިތާލުމުން އަހަރެންގެ އަތަށް ފާޑެއްގެ ގޮތެއްވިއެވެ. އަހަރެންހުރީ ކޮންމެވެސްވަރަކަށް ބިރުންނެވެ.

“އިތުރު ޓެސްޓުތަކެއް ހަދަން ބޭނުން، ޓެސްޓުހެދުމުގެ ކުރިން އަހަރެން ބޭނުން ރާއިފާއާ އެކަނި ވާހަކަ ދައްކާލަން” ޑޮކްޓަރުގެ އެދުމަށް ބައްޕަ ކޮޓަރިންނުކުތެވެ. އަހަރެންގެ ހާސްކަން ހައްތަހާވީ އިތުރެވެ. “ރާއިފާހެ ހުރިހާކަމެއްވެސް ރަނގަޅު، ކޮންކަމަކާ ވިސްނަނީ؟ އަހަންނަށް ނިކަން ކިޔައިދީބަލަ ރާއިފާ ބޮލުތެރޭގައި ތިގެންގުޅޭ ހިޔާލުތައް. އަހަރެންމީ ދުރު މީހެއް ނޫނެއްނުން. އަހަރެން މިއީ ކުޑައިރުއްސުރެ ދަންނަމީހެއް، ނުވިތާކަށް އަހަރެން ނުހުންނާނެ މިގޭގެ އެއްވެސް ސިއްރެއް ބޭރުކޮށްފައެއް. މިބުނީ އެއްވެސް ސިއްރެއް….” މިހިސާބަށް ވާހަކަގެންގޮސްސައި ޑޮކްޓަރު އަހަރެންގެ ބުރަކަށީގައި ފިރުމާލިއެވެ. އަހަންނަށް އުދަގޫވިވަރުން ދުރަށް ޖެހިލީމެވެ. އެދުވަހު ޑޮކްޓަރު ޖެހިލުންކުޑަ ވަރު އަހަންނަށް އެގުނެވެ. އަހަރެން ދުރަށް ޖެހުމުން އޭނާ އަހަރެންގެ އަތުގައި ހިފައި ދަމައިގަތެވެ. އަހަރެން ވަރަށް ބާރަށް ހަޅޭއްލަވަން ފެށީމެވެ. އަހަރެން ހަޅޭއްލަވާއަޑަށް ބައްޕަކޮޓަރިއަށް ވަނެވެ. ވަގުތުން ޑޮކްޓަރު ބާރުހިގުމެއްގައި ނުކުމެގެން ދިޔައެވެ. ބައްޕަ އަހަންނާ ސުވާލުކުރުމުން އަހަރެން ވީގޮތުގެ ވާހަކަ ދައްކާކަށް ބޭނުމެއްނުވިއެވެ. ބައްޕަ ގަބޫލުނުކޮށްފާނެތީއެވެ.

އަހަރެން ޓިއުޝަނަށް ދިއުން ހުއްޓާލައިފީމެވެ. ކިޔަވަންވެސް ބޭނުމެވެ. ނަމަވެސް އަހަންނަކަށް މިދިމާވާ ކަންތައްތަކާ ކުރިމަތިލާކަށް ނުކެރޭނެވެ. ހަފްތާއެއް ފާއިތުވެގެން ހިގައްޖެއެވެ. މިއަދަކީ މާއިލް އަންނާނެކަމަށް ބުނެފައިން ދުވަހެވެ. އަހަންނަށް އެކަމާދޭތެރޭ ވިސްނާވެސް ނުލެވެއެވެ. ހަދާނެގޮތަކާދޭތެރޭ ވިސްނަންފެށީމެވެ. ހުރިހާވާހަކައެއް ތެދުތެދަށް ކިޔައިދޭނީއެވެ. ވާނެގޯހެއްވެދާނެތާއެވެ. އަހަރެން މާއިލްއާ އިންނާކަށް ބޭނުމެއްނުވެއެވެ. އަހަރެން ބޭނުމީ އަހަރެންގެ އުމުރުގެ މީހަކާ އިންނާށެވެ. އަހަރެންގެ އުމުރުގެ މީހަކު ހޯދާނެގޮތެއް އަހަންނަކަށް ނޭގެއެވެ. އެއްއުމުރެއްގެ މީހަކު ލިބުނުކަމުގައިވިޔަސް އަހަރެންގެ ހަގީގަތް އެގިއްޖެނަމަ އަހަންނާ އިންނަން އެމީހަކު ހަމަ އެއްބަސް ވެދާނެ ހެއްޔެވެ؟ ވުމަށްވުރެ ނުވުންގާތެވެ.

ރޭގަނޑުގެ ކެއުމަށް މާއިލް ގެއަށް އައެވެ. ފުރަތަމަ ފަހަރަށް އަހަރެން މާއިލްއަށް ރަނގަޅަށް ބަލާލީމެވެ. އޭނާ ހުންނަނީ އުމުރަށްވުރެ ޒުވާންކޮށްނެވެ. ހަމުގެކުލަ ކަޅެއްވެސްނޫނެވެ. އަޑާއެއްވަރުގެ ފިރިހެންވަންތަ ހަށިގަނޑެއްގެ ވެރިއެކެވެ. އިރުކޮޅުކޮޅުން މާއިލް އަހަންނަށް ބަލާލާގޮތުން އަހަރެން ލަދުން އިސްޖަހާލަމެވެ. ކައި ނިމިގެން ބައްޕައާއި ދޮންމަންމަވަނީ ކޮޓަރިއަށެވެ. މާއިލްއާ ދިމާލަށް ބަލާލުމަށް އަހަރެންގެ ހިތް އެދެންފެށިއެވެ. މަޑުހިގުމެއްގައި މާއިލް އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓިލިއެވެ. އަހަރެންހުރީ ކުރާނެ ކަމެއް ދައްކާނެ ވާހަކައެއް ނޭގިފައެވެ.

“ކޮބާ އަހަރެންގެ ޖަވާބު؟ ވިސްނައިފިންތަ؟”

އަހަރެން ބޯޖަހާލީމެވެ. އަދި އަހަރެން މާއިލްގެ އެދުމަށް އެއްބަސްކަން ބުނެލީމެވެ. އަހަރެންގެ އަށާރަ ވަނަ އުފަންދުވަހު އަހަރެންގެ ކައިވެނި ކުރެވުނެވެ. ދޭތެރެ ދޭތެރެއިން އަހަންނަށް އެކި ތަންތަނުން އަމްނާފެނެއެވެ. އަމްނާ އަހަންނާ ވާހަކަދައްކާކަށް އަދި ގެއްލުމެއްދޭކަށްވެސް މަސައްކަތެއް ނުކުރެއެވެ. އެހެންކަމުން އަމްނާއަށް އަހަރެން އާދަވިއެވެ. އަހަރެން މަގުމަތިންދާއިރު ބަލަން ހުއްޓަސް އަހަރެންގެ ފަރުވާލެއް ނެތްކަހަލައެވެ. ކައިވެނިކޮށްގެން އަހަރެން ދިޔައީ މާއިލްގެ ގެއަށެވެ. ވަރަށްބޮޑު ގެއެވެ. ގޭތެރޭގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް މާއިލްގެ ސަހުސިއްޔަތު ފެނިގެންދެއެވެ.

ކައިވެންޏަށްފަހު ދެމަސްވެގެން ހިގައްޖެއެވެ. ދަރިއަކު ހޯދުމުގެ ކުރިން އަހަރެންގެ ބައެއް ޓެސްޓުތަކެއް ހައްދަން މާއިލް ބޭނުންވިއެވެ. އެކަމާ އަހަރެންގެ އެއްވެސް އިއުތިރާޒެއް ނެތްކަމަށް ބުނިތާ ފަސްވަނައަށްވީ ދުވަހު މާއިލް އަހަރެން ގޮވައިގެން ރާއްޖެއިން ބޭރަށް ފުރިއެވެ. އެތަނުން އަހަރެން ކުރިން ދެކެފައިނުވާ އެތައް މަންޒަރެއް ފެނުނެވެ. އަހަރެމެން ގޮސްތިބީ ވަރަށް ބޮޑު ގެއެއްގައެވެ. އެގޭގައި މީހުންވެސް ވަރަށްގިނައެވެ. އެއީ އަހަންނާ މައިކަލްއާ ބައްދަލުވިގެއެވެ. ފުރަތަމަދުވަހުވެސް އަހަންނަށް މައިކަލް ވަރަށް ކަމުދިޔައެވެ. އޭނައަށްވެސް އަހަރެން ކަމުދިޔައީ ކަންނޭގެއެވެ. އިރުކޮޅަކާ އަހަންނަށް ބަލާލައެވެ. ކައި ނިމިގެން މާއިލް ދިޔައީ އަހަރެން ދައްކާނެ ޑޮކްޓަރެއްގެ އިންތިޒާމް ހަމަޖެއްސުމައްޓަކައެވެ. މާއިލް ދިއުމުން މައިކަލް އަހަންނާ ވާހަކަދައްކަން ފެއްޓިއެވެ. ދެބުރިއަށް ނަގާފައިވާ ގެއެއްކަމުން އަހަންނާ މައިކަލްއާ ވާހަކަ ދައްކަންތިބީ ބެލްކަނީގައެވެ. އަހަރެމެން ދެމީހުންގެ ދޭތެރޭގައި ދެކެވުނު ގިނަ ވާހަކަ ދެއްކީ މައިކަލްއެވެ. އޭނަގެ ދިރިއުޅުމުގެވާހަކަޔާއި، ކިޔެވުމުގެ ވާހަކަޔާއި، ކުރިމަގަށް ކުރާ އުންމީދުތަކުގެ ވާހަކައެވެ. އަބަދުވެސް ރާއްޖެ ދާންބޭނުންވާ ވާހަކަޔާއި ދުވަހެއްގެ ކޮޅުންވެސް ރާއްޖެ ދެވިއްޖެނަމަ އެތަނުން ރަނގަޅު ކުއްޖަކު ހޯދައިގެން ކައިވެނި ކުރާނީ ކަމުގައިވެސް ބުންޏެވެ.

އަހަރެން ޑޮކްޓަރަށް ދެއްކުމަށްފަހު ވަރަށްގިނަ ޓެސްޓް ހެދިއެވެ. ނަތީޖާ ލިބެން ހަފްތާއެއްނަގާނެކަމަށް ބުނުމުން އަހަރެން ކޮންމެވެސް ވަރަކަށް ހިތްހަމަޖެހުނެވެ. ނޭގިނަމަވެސް މައިކަލްއާ ވާހަކަ ދައްކާލުމަށް ހިތް އެދެވެންފެށިއެވެ. ގޭގައި އެހެންމީހުންނާ އެއްކޮށް ތިބޭއިރު މައިކަލް އަހަންނަކާ ވާހަކައެއް ނުދައްކައެވެ. މައިކަލް އަހަންނާ ވާހަކަދައްކަނީ ހަމައެކަނި ބެލްކަނިންނެވެ. ތިންދުވަސް ވޭތުވެގެންދިޔައިރު އަހަންނާ މައިކަލްގެ ގުޅުން ވަރަށް ބަދަހިވެއްޖެއެވެ. ތިންވަނަ ދުވަހު އިރުއޮއްސުނު ގަޑިއެވެ. އަހަންނާ މައިކަލްއާ ބެލްކަނީގައި ވާހަކަދައްކަން ތިބީމެވެ. ވާހަކައެއް ދައްކަމުންގޮސް މައިކަލް އަހަރެންގެ އަތުގައި ހިފިއެވެ. އަހަންނަށް ވަގުތުން ލޯމަރާލެވުނެވެ. މައިކަލްއާ ގާތްވުމަށް އަހަރެންގެ ހިތްއެދުނެވެ. އެ ތަނަވަސް މޭގައި ބޯއަޅާލަން ބޭނުންވިއެވެ.

“ރާއީ…… އާދެއެތެރެއަށް…” އަހަންނަށް ލޯހުޅުވާލެވުނީ މާއިލް އަހަންނަށް ގޮވާލުމުންނެވެ. އަހަރެންގެ ހިތް ބާރަށް ތެޅިގަތެވެ. އޭރުވެސް މައިކަލް އަހަރެންގެ ކުރިމަތީގައި ހުއްޓެވެ. އަހަރެން ހާސްވާންފެށިއެވެ. މުޅިމީހާ ދާހިތްލާ ފޯވެއްޖެއެވެ. އަހަރެން ހިގައިގަންނަމުން މައިކަލްއަށް ބަލާލީމެވެ. މައިކަލް ހުރީ ހިނިތުންވެލައިގެންނެވެ. ޖެހިލުންވެހުރެ އަހަރެންގޮސް މާއިލްކައިރީ ހުއްޓިލީމެވެ.

(ނުނިމޭ)

Share Article

Follow Me Written By

Angie

Level 1

.އަޅުގަނޑަކީ އާ ލިޔުންތެރިޔަކީމެވެ. ބިނާކުރަނިވި ފާޑުކިޔުންތަކަކީ އަޅުގަނޑަށްލިބޭ ކުރިއެރުމެކެވެ.

Other Articles

Previous

ލޯބީގެ ނަސީބު…5…

Next

ވާނަން އުމުރަށް – 21 –

Next
August 30, 2019

ވާނަން އުމުރަށް – 21 –

Previews
August 30, 2019

ލޯބީގެ ނަސީބު…5…

23 Comments!

  1. Uranium_235 says:
    August 30, 2019 at 7:21 am

    This story is awesome. Thank you Angie. ❤️❤️❤️ Varah avahah next part genesdgehchey.

    1. azker says:
      September 1, 2019 at 12:11 pm

      hey is radioactivity ur fav topic… mine too

    2. Angie says:
      September 8, 2019 at 12:42 pm

      thank you

  2. Shahu says:
    August 30, 2019 at 7:27 am

    Woooooww varah salhi mi part ves ? ? ? ? ? love you angie. When next part…

    1. Angie says:
      September 8, 2019 at 12:42 pm

      thank you. soon

  3. jiji says:
    August 30, 2019 at 7:55 am

    ?❤Very nice..whn next Angie

    1. Angie says:
      September 8, 2019 at 12:43 pm

      thank you

  4. IsHa IsHa says:
    August 30, 2019 at 12:13 pm

    Not bad nice

    1. IsHa IsHa says:
      August 30, 2019 at 9:23 pm

      whn next?

  5. Makku says:
    August 30, 2019 at 7:18 pm

    ???Varah rythi lysm

    1. Angie says:
      September 8, 2019 at 12:43 pm

      thank you

  6. Maryy says:
    August 31, 2019 at 3:19 pm

    Vvv reethi ❤️?????

  7. Huh says:
    August 31, 2019 at 4:02 pm

    Haadha lahey upkuraaleh

    1. Angie says:
      September 8, 2019 at 12:43 pm

      avas kureveytho will try

  8. azker says:
    September 1, 2019 at 12:10 pm

    girl u are one talented story writer… keep up the good work ???

    1. Angie says:
      September 8, 2019 at 12:44 pm

      thank you

  9. Land says:
    September 7, 2019 at 9:16 am

    Kithah dhuvas fahun the ehen episode eh annany

    1. Angie says:
      September 8, 2019 at 12:44 pm

      vaki ehen dhuvaheh kadaeh naalhan. v balan week aku madhuvegen 1 kureveytho.

  10. Nayaa says:
    September 7, 2019 at 10:30 am

    Dear you are super duper talented…. ?????… when is the next part??… ?????

    1. Angie says:
      September 8, 2019 at 12:45 pm

      thank u. soon

  11. Makku says:
    September 12, 2019 at 5:49 pm

    When is next part dear.

  12. None says:
    September 15, 2019 at 7:28 am

    Slow update. Its been 15 days after the last episode

  13. None says:
    September 1, 2020 at 3:03 pm

    Slow update. It’s been 1 yr and 2 days after the last episode

Comments are closed.



All Right Reserved!