އައިނާ 13 (ތޭރަވަނަބައި)

- by - 53- October 30, 2019

ހެނދުނު އައިނާ ސްކޫލަށް ދިޔައިރު އަޝްހާ ކުލާހުގައި އިނެވެ. އައިނާ ވަރަށް ނޭނގޭ ކަމަށް ހަދާލާފައި ގޮސް އަޝްހާ ކައިރީގައި އިށީންދުނެެވެ. “އަނާ!!؟؟” އަޝްހާ ގޮވާލީ އައިނާގެ ސަމާލުކަން ހޯދާށެވެ. “ހޫމްމްމް..” އައިނާ މަޑުމަޑުން ފަރުވާ ކުޑަ ގޮތަކަށް ހޫމް އެއް އަޅުވާލިއެވެ. އަޝްހާ ހަދާ އެއްޗެއް ބަލާލާށެވެ. ވީވެސް އައިނާ ހީކުރި ގޮތަށެވެ. އަޝްހާ އަށް އޭނާ ‘އެކްޓް’ ޖައްސާކަން އެނގުނެވެ. “އޯހް ގޯޑް އަނާ!! ނޭނގޭ ކަމަށް ނަހަދަބަ.. އެއްމެ ފަހުން އަހަރެންގެ ޑްރީމް ވެސް ފުރިހަމަވީ.. އަހަރެން އަބަދުވެސް ބުނަމެއްނު އަހަރެން ބޭނުމޭ ދައްތައެއް… އަދި އެއީ އަނާ އަށް ވެއްޖިއްޔާ މޮޔާ ވެދާނޭ… އެއްމެ ފަހުން އަނާ ވީ ހަމަ އަހަރެންގެ ދައްތަ އަކަށް… އަމް މޭޑް ފޯ ރިއެލް…” “އޭނ… ކީކޭ ތިކިޔަނީ… އަނާ އެއީ އަޝޫގެ ދައްތަ އެކޭ.. ބަޓް ހައު؟؟”

***

ރީމާ އައިސް ހުއްޓުނު ވަގުތު އަޝްހާ އަށް ބުނެވުނީ އެހެންނެވެ. “ނޭނގޭތަ ރީމް؟؟ އަނާ ނުބުނަން؟؟” އަޝްހާ ހީކުރީ އައިނާ ރީމާ ކައިރީ އެވާހަކަ ބުނާނެ ކަމަށެވެ. އައިނާ ބުނާނެ ކަމަށް އަޝްހާ ވެސް އެހާހަވަކުން ނުބުނީ އެވެ. “އާނ.. ވަގުތެއް ވެގެންނު… އެކަމެއް ވީމައި އަހަރެން ވަތްގޮތަށް ދެން ނިކުތީ ކާން އެކަނި.. ކައިގެން ވަތް ގޮތަށް ނީދީ..” އައިނާ ކޮނޑު އަރުމަމުން ރޭގައި ވީގޮތް ކިޔާދިނެވެ. “ކޮންކަމެއް؟؟؟” ރީމާ އަށް އެވާހަކަ ނޭނގޭ ޙާލު އަހާލެވުނެވެ. މިފަހަރުވެސް އައިނާ އާއި އަޝްހާ އަށް ހަމަ ބިމަށް ފޭބުނީ ރީމާ ވާހަކަ ދަށްކަން ފެއްޓު މުންނެވެ. “މިކިޔަނީ އައިނާ އަށް އޭނާގެ ބައްޕަ އަކީ ކާކުކަން އެނގުނީއޭ..” އަޝްހާ ވެގެން އުޅޭ ގޮތެއް ކުރު ގޮތަކަށް ކިޔާ ދިނެވެ. “އެހެންތަ؟ ދެންންން.. ކާކު ތަ؟ ކޮންރަށެއް؟ ވަރަށް މުސްކުޅިތަ؟ އަނާ ހެން ވަރަށް ދޮން ދޯ؟ ކިހިނެތް އިނގުނީ؟” ރީމާ އެއް ފައްޗަކަށް ބައިވަރު ސުވާލު އަމުނާލިއެވެ. “ފުރަތަމަ ސުވާލުގެ ޖަވާބު… ލައްބަ ރީމް ގަނޑާ… ދެވަނަ ސުވާލުުގެ ޖަވާބު.. އަޝޫގެ ޑޭޑްގެ ބޭބޭ.. މައި ޑޭޑް.. ތިންވަނަ ސުވާލުގެ ޖަވާބު.. އެއީ ދ. ކުޑަހުވަދޫ ކްރިސްޓަލްގެ.. ހަތަރުވަނަ ސުވާލުގެ ޖަވާބު.. ނޫނޭ.. ހީ އިޒް ސްޓިލް ސޯ ޔަންގް.. ފަސްވަނަ ސުވާލުގެ ޖަވާބު.. ޔާ ދޮން އަދި އިސްތަށިގަނޑުވެސް ލައިކް މީ ، ބުޅިކޮށް.. ހަވަނަ ސުވާލުގެ ޖަވާބު.. އިއްޔެ ހަވީރު…………” މިހެން ކިޔާފައި އިއްޔެގަވީ ހުރިހާ ކަމެއް ރީމާ އާއި ހިއްސާ ކުރިއެވެ. ދެމީހުން ވެސް ތިބީ އައިނާ ޖވާބު ދިން ގޮތުން ހީހީ ބަނޑަށް ތަދުވެފައެވެ. އޭރުވެސް އަޝްހާ ދިޔާއީ ބިނދި ބިނދިފައި ހެމުންނެވެ. “އޭތް އަޝޫ!! ޑޭޑް ގެއަށް ގޮއްސައި އިތުރު އެއްޗެކޭ ބުނިތަ؟” އައިނާ އަހާލި އެވެ. “އޯހް ގޯޑް” ކަމެއް ހަނދާވާ ފަދަ ގޮތަކަށް ބޮލުގައި ހިފަހައްޓާލި އެވެ. “އަދި އެވާހަކަ ނުބުނެވޭ ދޯ؟” މިހެން ކިޔާފައި އަޝްހާ ، އަނީލް ގެއަށް ގޮއްސައި ކަންތަށް ކުރި ގޮތުގެ ވާހަކަ އައިނާ އާއި ރީމާ އަށް ކިޔާދޭން ފެށިއެވެ.

***

އިސްރާ މެންގެ އިން އަނީލް ނިކުމެގެން ދިޔަ ގޮތަށް ގެއަށް ގޮއްސައި ، ސިޓިންގ ރޫމަށް ވަދެ އެންމެން ނަށް ގޮވަން ފެށިއެވެ. “މަންމާ.. މަންމާ.. އިޔާ.. އެންމެން އާދެ ބަލަ ތިރިއަށް..” އަނީލް އެންމެން ނަށް ގޮވައިފައި ތިރިއަށް ގެނައެވެ. އަޝްހާ ހުރީ ދެން ވާނެ ގޮތެއް ނޭނގިފަ އެވެ. އަނީލް އެންމެން ކައިރީ އިށީން ނަން ބުންޏެވެ. އަދި ވަރަށް ބޮޑު ވާހަކަ އެއް ބުނަން ބޭނުންވާ ކަމަށް ބުންޏެވެ. އަޝްހާ އަށް ވާން މިއުޅޭ ގޮތް ކުޑަކޮށް ރޭކާ ލިއެވެ. އަނީލް ގޮސް ޚަދީޖާގެ ގާތުގައި އިށީން ދެލިއެވެ. “މަންމާ… އަހަރެންގެ ހުރޭ އަންބަކާއި ދަރިއެއް..” އަނީލް އޭނާގެ މަންމަގެ އަތުގައި ހިފައިގެން އިސްޖަހައިގެން ހުރެ ބުނެވުނީ މިހަ ހިސާބަށެވެ. “އޭނ… ކާކު؟ ކޮންއިރަކު؟ ކިހާ ދުވަހެއް؟” ޙަދީޖާ ހިތްހަމަ ނުޖެހުމުގެ ރާގެއްގައި ބައިވަރު ބުނެވުނީ ތަން ކޮޅެއް ބާރަށެވެ. “އާން.. އެއީ މީގެ ސާދަ އަހަރު ކުރިން…” އަނީލް ދުރު ބަލާލަމުން ބުނެލިއެވެ.

އަނީލްގެ މޫނު މަތީގައިވި ހިތްދަތިކަން ފެނި ޚަދީޖާ އައިސްފަ ހުރި ރުޅި ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭނގުނެވެ. އޭރު އަނީލް ފެންކަޅި ވެފައި ދުރު ބަލަހައްޓައިގެން ހުރި ގޮތުން ހަނދާން ކުރަން ބޭނުން ނުވާ އެތައްކަމެއް ވާކަން އެއެންމެން ނަށް އިނގުނެވެ. އަނީލްގެ މޫނު މަތިން ފެންނަނީ ވޭނެވެ. ހިތް ދަތި ކަމެވެ. “ދެން ދަރިފުޅު ކީއްވެ މަންމަ ކައިރީގައި ނުބުނީ؟” ޚަދީޖާ ޝަކުވާ ރާގެއްގައި ބުނެލިއެވެ. “އަހަރެން އުޅުނިން މަންމަ މެން ކައިރީ ގައި ބުނަން.. އެކަމަކު ، އޭގެ ކުރިން ބައްޕަ ކައިރީ ކޮންމެސް މީހަކު އެވާހަކަ ބުނީ.. އޭރު ބައްޕަ އޮތީ އަހަރެންގެ ކައިވެނި ވިޔަފާރި ޕާރޓްނަރެއްގެ ދަރި އަކާ ކުރަން ހަމަޖެހިފަ.. އެކަން އިގުނީ ބައްޕަ ފޯނެއްގައި އިނދެފަ ދެއްކި ވާހަކަ އަކުން.. އަޅުގަނޑު ބޭނުން ނުވީ އެހެން މީހަކަ އިންނަން.. އެހެންވެ މަންމަ މެން ފުރީމައި ކައިވެނި ކުރީ.. ދެން ބައްޕަ އަށް އިނގުނީ މައި އުޅުނީ އަހަރެން މަޖުބޫރުން ގެންދަން.. އަހަރެންނަށް ބިރު ދެއްކީ އިސްރާ މަރާލާނެ ކަމަށް ބުނެ.. އަހަންނަށް ގޮތް ހުސްވީ މަންމާ.. އަދި ބައްޕަ ބުނީ ދާއިރު ވަރި ކޮށްފަ ދާން.. އެކަމަކު ، އަހަރެން އޭނަ ވަރިއެއް ނުކުރަން.. ބައްޕަ އަށް ދެއްކީ ރައްޓެއްސެއްގެ ވަރީގެ ސެޓްފިކެޓް އަހަރެމެން ދެމީހުންގެ ނަން ޖަހައިގެން.. އެއީ ފޭކް އެއް.. އަހަރެން އެކޮޅަށް ގޮއްސަ އޭތި އަންދާލީ.. އޭނަ ކައިރީ އަހަރެން ބުނީ ދެން ދުވަހަކުވެސް ނާންނާނެ ކަމަށް.. އެފަހަރު.. އެހެންވެ އެހާ އަވަހަށް އިޔާ ގޮވައިގެން ދިޔައީ.. އެގޮއްސަ އާޝިޔާ އާއި އިޔާ މެރީ ކުރީ.. ދެން މާގިނަ ދުވަހެއް ނުވެ ބައްޕަ އެކްސިޑެންޓެއް ވެގެން ނިޔާވީ.. މަންމަ މެން މިކޮޅައް އައި އިރު އަހަންނަކަށް ނުކެރުނު އަންނާ ކަށް.. އަހަންނަކަށް އެހާ ހިތްވަރެއް ނުލިބުނު.. އެހެންވެ މިއަހަރު ތަކުގެ ތެރޭގައި އެކި ބަހަނާ ދެއްކެނީ ނާންނަން ވެގެން.. އަހަރެން އޭނަ އަށް ދައްކާނީ ކޮން މޫނެއް؟” އަނީލް ހުރިހާ ވާހަކަ އެއް ކިޔައި ދީފައި ކަކުލުގައި އުޅަނބޮށި ވިއްދައިފައި އެ ދެއަތް ތިލަ ތެރޭ އޭނަގެ މޫނު ފޮރުވާލި އެވެ.

އަޝްހާ ހުރީ ހައިރާން ވެފައެެވެ. އޭނާގެ ބޭބެ ހާދަ ހިތްވަރު ގަދައެވެ. އެއްމެ ލޯބިވާ މީހާގެ ފުރާނަ ސަލާމަތް ކުރަން އެދިޔައީ އަމިއްލަ ދިރިއުޅުން ހަލާކު ކޮށްލާ ފައެވެ. މީހަކަށް ވެވޭނީ މިވަރުގެ ޤުރުބާނީ އެކޭ އަޝްހާގެ ހިތަށް އެރިއެވެ. “ދެން އެއީ ކާކު؟” އިޔާޒު ، އަނީލް އެހުރިހާ ވާހަކައެއް ދެއްކި އިރުވެސް އެމީހެއްގެ ނަން ނުބުނު މުން އަހާލި އެވެ. އޭނާ ގެ ވާހަކަ އިން އެއީ މިރަށު އެމީހުން ދަންނަ މީހެއްކަން އިނގުނެވެ. ނަމަވެސް ، އެއީ ކާކު ކަމެއް އެމީހުންގެ ސިކުނޑި އަކަށް ނުވަދުނެވެ. “އިސްރާ” އަނީލް މޫނު ހިތްލާލަފައި ހިނިތުން ވެލަމުން ބުނެލި އެވެ. “އެކަމު އަހަރެން ކިޔަވަން މެލޭ އަށް ދިޔަ އިރު ރާ ނުބުނޭ އެކަހަލަ ކަމެއްގެ ވާހަކަ އެއް.. އެއީ އަނީލްބެ އައިތާ މަންތެއް ފަހުން.. އޭރުވެސް ދެމީހުން އުޅުނީ ރައްޓެހި ވެގެން؟؟؟” އާޝިޔާ އިސްރާ އޭނަ ގާތު އެވާހަކަ ނުބުނާ ކަމަށް ބުންޏެވެ. “އިސްރާ އާޝިޔާ ގާތުގައި ނުބުނީ ، އާޝިޔާ އޭރުވެސް އުޅުނީ އިޔާ އާއި ރައްޓެހި ވެގެން.. އިނގޭ އާޝިޔާ އިޔާ ގާތު ބުނާނެކަން.. ދެން….. މިގޭގެ ރަވަ ބޮލި ގާތުގައި ބުނެފިއްޔާ ބައްޕަ އާއި ހަމައަށް އެވާހަކަ ދާން ނުނެގީސް އެއް ދުވަސް ވެސް.. އެހެންވެ.. އާން.. އޭރު އުޅުނީ ރައްޓެހި ވެގެން..”

އަނީލް މާޙައުލުގެ ސީރިއަސް ކަން ކަނޑުވާލުމުގެ ނިޔަތުގައި އެހެން ބުނެލި އެވެ. އިޔާޒު ފިޔަވާ އެހެން އެއްމެން ހޭން ފެށި އެވެ. އިޔާޒު އޭނަ ކައިރީގައި އޮތް ކުށަނެއް ނަގާ އަނީލް އާއި ދިމާލަށް އެއްލާލި އެވެ. އަނީލް ހުށިޔާރު ކަމާއެކީ ހިފާފައި ނިއް އަރުވާލި އެވެ. ހީކުރި ގޮތަށް އިޔާޒު ވަރަށް ފަސޭހައިން ރުޅި އައެވެ. “އޯހް މައި ގޯޑް.. އަހަރެންގެ ޑޭޑް އަކީ ވަރަށް ރުޅި ގަދަ މީހެއް ދޯވް އަނީލްބެ” އަޝްހާ ވެސް އަނީލް ގެ ޖޯކުގައި ބައިވެރި ވެލިއެވެ. “މަންމަ ވަރަށް އުފާ ވެއްޖެ. މަންމަ ހީކުރީ ދެން މަންމަގެ އަނީލް މީހަކާ ނީންނާނެ ކަމަށް.. ހެހެ.. އެކަމަކު މިހާރު ތޭރަ އަހަރުގެ މާމަ ދަރި އެއްވެސް… އަނެއްކާ އެއީ މިގޭ ކުޑަ އިޔާޒުގެ ބެސްޓް ފްރެންޑް.. ދަރިފުޅު ހަދަ ކެތްތެރިއޭ..” ޚަދީޖާ ފަޚުރުވެރި ވެލާފައި ބުނެލިއެވެ. “ދެން މާމާ..” އަޝްހާ އަކުރުތަކަށް ދަމާލާފައި ބުނެލި ގޮތުން އެއްމެން ގާތަށް ހިނި އައެވެ. “މާމަގެ ތުންގަނޑު” ޚަދީޖާ އަޝްހާގެ ކޮލުގައި ހިފާލަމުން ބުނެލި އެވެ.

***

“ދެން ފަހުން އަނީލްބެ ދިޔައީ ކޮޓަރިއަށް.. ރޭގަނޑު ކާންވެސް ނުނިކުމޭ.. އެކަކުވެސް ނުގޮވާ.. ގޮވާކަށް ނުވެސް ކެރުނު.. ހެނދުނު ސްކޫލަށް ދާން ނިކުތްއިރު ނެތް ސައިކަލެއް.. ދެން ނޭނގެ..” އަޝްހާ ކިޔައި ދިނެވެ. “އޯހް.. ގޯޑް..” އައިނާ ކަންބޮޑުވެފައިވާ ރާގަކަށް އެހެން ބުނެލިއެވެ. “އަނާ ކިހިނެތްވީ؟ އަނެއްކާ ހުރިހާ ކަމެއް ރަނގަޅުތަ؟” އަޝްހާ އައިނާ މިހެން ބުނުމުން އަހާލީ އައިނާ އާއި މެދު ފިކުރު ބޮޑުވެފައެވެ. ނިތަށް އަރާފައިއިން ދެތިން ރުލުން އެކަން ވަރަށް ބޮޑަށް ފާހަގަ ވެއެވެ. “އެއްވެސް ކަމެއް ރަނގަޅުތަ؟ ދެން… ދެން ނުވެސް ކެރޭނެ އަޝޫ މެންގެއަށް ދާކަށް… އަނެއްކާ.. އޯހް ނޯ.. އަނެއްކާ މިއަދު ގަޑިވެސް ކިޔާފައި އެއޮތީ ތިގެއަށް.. ދެން ކިހިނެތް ހަދާނީ؟” އައިނާ ކަންބޮޑުވެފައި ހުރިކަމަކުން އަޝްހާ އާއި ރީމާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެވަގުތު ނަވްޝާ ވެސް އެތާ ކައިރިންލާފައި ދަމުން އައިނާ އާށް ހިނިތުން ވެލިއެވެ. އައިނާ ބަލާލީ ރީމާ އަށެވެ. ރީމާ ޔަޤީން ކޮށްދެން ބޯޖަހާލިއެވެ. އައިނާ ތެންކިއު އޭ ބުނުމުން ރީމާ ދެފަރާތަށް ބޯހުރުވާލިއެވެ. “މައި ޑިއާރ ސިސްޓާރ.. ބަލަ އެއީ މިހާރު އަނާގެ ވެސް ގެއޭ ދޯ ރީމް.. ނަސީބެއްނު ގަޑި ކިޔުނު ކަންވެސް..” އަޝްހާ ބުނެލީ އައިނާގެ ކޮނޑަށް އަތް ވައްތާލައިގެން ހުރެއެވެ. “އެތެދެއް.. ދެން އަހަރުމެން ގެއައްވެސް ނެތް ބަދަލު ކުރެވޭކަށް.. މިއަދު ކޮއްމެ ހެންވެސް އަނާ ގެން ދަންވާނެ.. އަދި އެއްކަމެކޭ.. މިއަދު އަހަރެން ނަކަށް ނެތް ދެވޭކަށް.. މަގޭ އެއްމެ ލޯބިވާ ފޮނި ދޮންބެ ގަނޑު އެބައާދޭ.. އެހެންވެ..” ރީމާ މިހެން ބުނީމައި އައިނާ އާއި އަޝްހާ އިޓްސް އޯކޭއޭ ބުނެލިއެވެ.

“އަނާ!! އަނާ ބޭނުންތަ އަނާގެ މަންމަ އާއި ބައްޕަ އާއި އެކުގައި އުޅެން؟؟” އަޝްހާ ސީރިއަސް ވެލަމުން އައިނާ ގާތު އަހާލި އެވެ. “ޔެސް..!! އަހަރެން ވަރަށް ބޭނުން މަންމަ އާއި ބައްޕަ އާއި އެކު އުޅެން.. އެކަމަކު މަންމަ ދުވަހަކުވެސް އެއްބަހެއް ނުވާނެ.. އެއަށް ވުރެ ބޮޑަށް ވަނީ މަންމަގެ ހިތުގައި ޖެހިފައި.. މަންމަ ހުންނާނީ މަންމަގެ ގޮތުގައި……” “ޖަސްޓް ލައިކް އަނާ..” ރީމާ މަޖާވެލާފައި ބުނެލި ގޮތުން އަޝްހާގެ ކޮންޓްރޯލް ކޮށްގެންއިން ހިނިގަނޑު ފަޅައިގެން ދިޔައެވެ. “އޯހް.. ރިލީފް ގަޑިއެއްދޯ.. އައި ހެވް އަ ޕްލޭން.. އިއްޔެ އަނީލްބެ ދެއްކި ވާހަކައިގެ ވޮއިސް ރިކޯޑް އެބައޮތް.. ނޭނގެ ކީކޭ ހިތަށް އަރާއިގެން ކުރެވުނު ކަމެއް ކަމެއް އެއީކީ އެކަމަކު އަނީލްބެ ގެ ހެލްޕް ބޭނުންވާނެ…” މިހެން ކިޔާފައި އަޝްހާ އޭނާގެ ހިތުގައި ރާވާލާފައިއޮތް ގޮތް ކިޔާދިނެވެ. “ޔެސް.. ދެޓް ވިލް ވޯކް.. ދުއިސައްތަ ޕަސެންޓް..” ރީމާ އެރި ފޯރި އާއެކު ބުނެލިއެވެ. ކުދިންތަށް އެނބުރިފައި ރީމާ އަށް ބަލަން ފެށުމުން ބުނެވުނީ މާބާރަށް ކަން އިސުސާސް ވިއެވެ. ވަގުތުން ރީމާ ރަކިވިއެވެ. ރަކިވި ވަރުން މޭޒުމަތީގައި ބޯ އެޅިއެވެ. އޭރު އައިނާ އާއި އަޝްހާ ތިބީ ހިނިގަނޑުން ބަނޑައް ހިންދައިގެން ތިބީމައި ބަނޑައް ތަދުވެފައެވެ. އޭރު އައިނާ ހީހީ ލޮލުން ފެންވެސް އައިއްސި އެވެ. “އޯކޭ ސޮރީ ރީމް..” “އޯކޭ ސޮރީ ރީމް..” އައިނާ އާއި އަޝްހާ އަށް ބުނެވުނީ އެކުއެކީ ގައެވެ. މިފަހަރު ހޭން ފެށީ ރީމާއެވެ. ދެވަނަ ސިކުންތުގައި ތިންކުދިންވެސް ތިބީ ހޭށެވެ. “އޯކޭ ލެޓްސް ބީ ސީރިއަސް.. ދެން ބައްޕަ ކައިރީ ބުނާނީ ކިހިނެތް؟؟” އައިނާ ކަންބޮޑުވެފައި ބުނެލިއެވެ. އަދިވެސް ރަނގަޅަށް ވާހަކަ ނުދެއްކޭތީވެ ބީރައްޓެހިއެވެ. “ހިނގާ މެންދުރު ދާން… އޭރުން ހަވީރު ޕްލޭން ޖެއްސޭނެ.. އަޅޭ ރީމް އަކަށް ނުދެވޭނެ ދޯ؟” އަޝްހާ ރީމާ ނުދާތީ ދެރަވި އެވެ. “ހޭ!! އިޓްސް އޯކޭ.. ތިދެމީހުން ކޮންޓިނިއު ކުރޭ އިނގޭ..” ދެން އަޝްހާ ކިޔައި ދިނީ އެކިމީހުން އަދާ ކުރާނެ ކަންތައް ތަކެވެ.

***

މެންދުރުގެ އެއްމެ ހޫނޫ ގަދަ ވަގުތެވެ. އިރު މެދު އުޑުގައި އިރު ރަސްކަން ކުރަމުން ދިޔައީ މީހަކު ލޯވެސް ހުޅުވާނުލެވޭހާ އަލިކޮއްނާއި ހޫނު ގަދަ ކޮށެވެ. އެއްމިނިޓަށް ބޭރަށް ދިޔަސް ހަމުގެ ކުލަ ބަދަލުވެއެވެ. ހޫނުގަދަކަމުން އައިނާ ނިކުތީ އެބުޅި އިސްތަށިގަނޑު ވޫލު ކޮޅަކުން އައްސައި ލައިގެންނެވެ. ލާފައި ހުރީ ކަކުލާ ހަމައަށް އަރާ އަތްކުރު ލައިމް ގްރީން ހެދުމަކާއި ކަޅު ކުލައިގެ ސްކިނީ އެކެވެ. އައިނާގެ ދޮން އަތާއި ކަނދުރާ އޮތީ ހާމައަށެވެ. އައިނާ ތައްޔާރުވެގެން ބަދިގެއައް ނިކުތީ މަންމަ ކައިރީ އަޝްހާ އައިނާ ބަލާ އަންނަވާހަކަ ބުނާށެވެ. “މާޝާ ﷲ… މަންމަގެ އަނާ ހާދަ ލޯތްބޭ..” އައިނާ ، އިސްރާ މިހެން ބުނުމުން ހީލި ވަގުތު ކޮލަށް އެޅުނު އަޑި ކޮޅުން ހީވަނީ އިސްރާގެ ޓްވިން ކޮއްކޮ އެއް ހެންނެވެ. އިސްކޮޅުން އައިނާ އެކޭ އިސްރާ އެކޭ ވަކި ތަފާތެއް ނެތެވެ. “މަންމާ!! މިދަނީ އަޝޫ މެންގެ ގެއައް.. ބާއި..” ގެއިން ނިކުންނަމުން އައިނާ އިސްރާ އަށް ގޮވާލާފައި ބުނެލީ އިސްރާގެ ޖަވާބެއްވެސް ނުލިބެނިސްއެވެ. އޭރު އަޝްހާ ޑްރައިވަރާއެކު ކާރުގައި އައިސް ބަރުގޮނު އަޅާ އަޑު އިވެއެވެ. “ދަރިފުޅާ އެކަމަކު……………………….” އިސްރާ ބުނަން ވާއިރަށް އައިނަ ނިކުމެގެން ގޮއްސިއެވެ.

އައިނާ ނިކުތް އިރު އަޝްހާ އެގޭގެ ރެނޮލްޓް ޓްރައިބާރ ކާރުގެ ފަހަތު ސީޓުގައި އިނީ އައިނާގެ އިންތިޒާރު ގައެވެ. “ވިލް ދެޓް ވޯކް؟؟ ޑޭޑް އެއްބަސް ވާނެތަ؟؟” އައިނާ އަޝްހާ ކައިރީ އިށީންނަމުން އަހާލިއެވެ. “ޔެސް!!! އެއްހާސް ޕަސެންޓް.. އަނީލްބެ.. އޫޕްސް… ދޮންބެ އިސްރާއްތަ ބޭނުމިއްޔާ އެއްބަސް ވާނެ.. ދެހާސް ޕަސެންޓް..” އަޝްހާ އޭނާގެ އަންނާރު އޮއްތަކެއް ފަދަ ކުދި ދަތްތައް ކޮލު ދަތްތަކާ އެއްކޮށް ދައްކާލައިގެން ހެވިލާފައި އިނދެ ބުނެލި އެވެ. “އޭނ!!!!!! ދޮންބެ އޭ!!!؟؟” އައިނާ އަނގަ ޗޭ ކޮއްފައި ބުނެލި ގޮތުން އަޝްހާ ގާތަށް ކުޑަކޮށް ހިނި އައެވެ. “އާނ… ބައްޕަ ، މިއަދު އަޝޫ އަނީލްބެ އޭ ބުނީމައި ބުނީ ދޮންބެ ކިޔާށޭ!!!” އަޝްހާ މަޖާ ރާގަކަށް ބުނެލިއެވެ. “އޯހް….. އެހެން ވީއިރު އިސްރާއްތަ އެއް ނޫންތާ.. ދޮ.ން.ބެ.ދަ.އް.ތަ.! ހެހެ… އަހަރެންގެ މަންމަ ދޮންބެ ދައްތަ އަކަށްވީ.. ” އައިނާ ހެމުން ބުނެލީ އަކުރުތަކަށް ވަކިން ކިޔާލާފައި އެވެ.

އެމީހުން ގެއަށް ވަތްއިރު ޚަދީޖާ އާއި އިޔާޒުގެ އިތުރުން އާޝިޔާ ވެސް ސިޓިންގ ރޫމްގެ ސޯފާ ގައި އިށީން ދެގެން ތިއްބެވެ. އައިނާ ފެންނަ އިރަށް ޚަދީޖާ އައިނާ އަށް ގޮވާލައިފިއެވެ. “އަނހާ.. މިއޮއް އައީނު.. އައިނާ ދަރިފުޅާ އާދެބަލަ މާމަ ކައިރިއަށް”  އައިާނ ގޮސް ޚަދީޖާ ކައިރީ އިށީންދެލިއެވެ. ޚަދީޖާ އައިނާ އަތައް ކުޑަ ޕާރުސަލެއް ލިއެވެ. އަދި އިސާރާތުން ކަނޑާލާށޭ ބުނެލިއެވެ. އައިނާ ޕާރުސަލް ކަނޑާލި އިރު އޭގައި އޮތީ ކުޑަ މަހުމާ ފޮއްޓެކެވެ. މަތިނަގާ ބަލާލި އިރު އޭގައި އޮތީ ހުދު ރަން ކެވެލި ކޮޅެކެވެ. ހުދު ޑައިމަންޑްސް ތަކަކުން ޖަރީކުރެވިފައިވާ މިކެވެލިކޮޅު ވަރަށް ވެސް ރީއްޗެވެ. އަދި އަޑު ގޮވާ ގޮތަށް އިން ޖިންގަލް ބެލް އެއްވެސް އިނެވެ. “ތެންކިއު މާމާ..” އައިނާ އުފާވެލައިފައި ޚަދީޖާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. “ދެން މާމަ އަށްއަބަދު ފެންނާނީ އަނާ.. ދެން އަހަންނަކާ ވާހަކަ އެއްވެސް ނުދައްކާނެ.. ” އަޝްހާ ތުންކޮޅު އަނބުރާލަމުން ބުނެލިއެވެ. “މާމަގެ ބޭބީ އަޝޫ.. އަން.. މިއޮތީ އަޝްހާ އަށް ދެންވެސް ތިތުންގަޑު އަސުރަށް ނުދަމާ އާދެބަލަ..” ޚަދީޖާ ޖީބުން ހަ އެވަރުގެ ޕާރުސަލެއް ނަގަމުން ބުނެލިއެވެ. އަޝްހާ ފޫކޮޅަށް ކައްޓެއް ހެރުނުހެން ގޮޑިސެޓުން ފުންމާފައި ތެދުވެގެން ގޮސް ޚަދީޖާ ކައިރީ އިށީންދެލިއެވެ. އަޝްހާ އަށް ވީ ޕާރުސަލް ކަނޑާލިއިރު އޭގައި އޮތީ ހަމަ އައިނާ އަށް ލިބުނު ކަހަލަ ކެވެލި ކޮލެކެވެ. “ވާއޮ!!!!” އަޝްހާ އޭތި ފަރާތް ފަރާތައް އަނބުރާލަމުން ބުނެލިއެވެ. އަޝްހާ އަށް އެއްމެ ކަމުދިޔައީ އެކެވެލި ކޮޅުގައި އަޑު ގޮވާގޮތަށް އިން ބެލް އެވެ. “އަޝޫގެ މަޤާމެއް ނުގެއްލޭނެ… ތީ އެންމެންގެ ބޭބީ… ހެހެ” އައިނާ މިހެން ކިޔާފައި އަނގަމަތީ އަތް އަޅައިގެން އިނދެ ހޭން ފެށިއެވެ. “ޝަޓް އަޕް އަނާ!!” އަޝްހާ އައިނާ އަސް ލޯ އަޅާލަމުން ބުނެލިއެވެ. އަޝްހާ އެހެން ހެދީމައި އެންމެން ވެސް ހޭން ފެށިއެވެ.

“އަނާ!! ހިނގާބަ އަހަންނާ އެކު..” އަޝްހާ މިހެން ބުނީމައި އައިނާ އެމީހުންގެ ޕްލޭން މަތިން ހަނދާން ވިއެވެ. އަވަހަށް އަޝްހާ އާއި އެކު ސިޑިން މައްޗައް އަރައިގެން ދިޔައެވެ. އަޝްހާ އެދިގު ކޯރިޑޯ އިން ލާފައި ކަނާއަތަށް އިން ފަޅީގެ އެއްމެ ބިތް ދޮރުން ދެވަނަ އަށް އިން އަނީލްގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އެވެ. “ކާކު؟” އެތެރެއިން މިހެން ބުނު އަޑު އިވުނީމައި އަޝްހާ ބުނެލިއެވެ. “ދޮންބޭ!! މީ އަހަންނޭ.. އަޝްހާ..” އަޝްހާ މިހެން ބުނީމައި އަނީލް ދިރު ހުޅުވާފއި ނިކުތެވެ. “އަޝްކޮތަ؟ އަނހާ ދަރިފުޅު ވެސް އެބައިންތާ؟ އާދޭ އެތެރެއަށް…” އަނީލް ވަރަށް ލޯބިން އައިނާ އާއި އަޝްހާ ގާތު ބުނެލިއެވެ. އަޝްހާ އާއި އައިނާ އެތަނަވަސް ކޮޓަރިއައް ވަދެފައި އެތާގައި އިން ސޯފާ ގައި އިށީންދެލިއެވެ. އަޝްހާ އެމީހުންގެ ޕްލޭން އަނީލް އަށް ކިޔައިދިނެވެ. އަދި އަނީލް ކުރަންވީ ކަން ތައްތައް ތަފްސީލުކޮށް ކިޔައިދިނެވެ. އަނީލް އަށް މިކަމުން ވެސް އައިނާ ބޭނުންވާ ގޮތް ހާމަވެގެން ދިޔައެވެ. އައިނާގެ ރުހުމާއި ނުލައި މިކަހަލަ ކަމެއް އައިނާގެ ، ޙާޟިރުގައި ނުވާނެ އެވެ. އަނީލް އައިނާގެ ކޮއްމެ އެދުމެއް ފުރިހަމަ ކޮށްދޭނެ އެވެ. “ކީކޭ ބުނާނީ.. މައްސަލައެއް ނެތް.. އައިނާ.. މަންމަ ލައްވައި ސައި ހަދުވައްޗޭ…” އަނީލް މިހެންބުނުމުން ތިންމީހުންގެ ފަރާތުންވެސް ލުއި ހުނުމުގެ އަޑު އިވުނެވެ. އައިނާ އާއި އަޝްހާ ދާންވެގެން ތެދުވިއެވެ. “އޯކޭ ޑޭޑް…” އައިނާ މިހެން ބުނުމުން އަނީލް އައިނާ ގައިގައި ވަރަށް ލޯބިން ބައްދާލިއެވެ. އަޝްހާ އެދެބަފައިންނަށް ވަގުތު ދިނުމުގެ ގޮތުން އެތަނުން ނިކުމެގެން ދިޔައެވެ. އައިނާ ވެސް ބައްޕަގެ ހިމާޔަތްކަން ލިބުނީމައި ވަރަށް އުފާވިއެވެ. ތޭރަ އަހަރު އައިނާ ކެތްތެރިކަމާއެކު ކުރި އިންތިޒާރުގެ ނިމުން ކިހާ ފޮނި ހެއްޔެވެ. ކުލާސް ކުދިން އޭނާ އަށް ބުލީ ކުރުން ހުއްޓާލުމާއި ، އޭނާގެ ބައްޕަ ލިބުން އެއީ އައިނާގެ އެއްމެ ބޮޑު އެއް ހުވަފެނެވެ. އެހުވަފެންވެސް ސީދާވީއެވެ. ދެން ބާކީ އޮތީ އެއްމެ ކަމެކެވެ. އެއީ ، މަންމަ އާއި ބައްޕަ ، އައިނާ އާއި އެއްކޮށް އެއް ފުރާޅެއްގެ ދަށުގައި އުޅުމެވެ. ވަރަށް އަވަހަށް އެކަން ވެސް ވާނެ އެވެ. އައިނާ އެގެއިން ނިކުމެގެން ދިޔައީ ވަރަށް އުފާވެފައި ހުރެގެން ނެވެ. އެގޭގެ އެންމެން ކިހާ ރަނގަޅު ހެއްޔެވެ. މަދުން އެގެއަށް އައިސް އުޅުނީ އިރު ވެސް އެކަހަލަ ގާތް ކަމެއް ނުފެނެއެވެ. އަދި އަމުދުން އަނީލް އެއީ އޭނާގެ ބައްޕަ ކަން އިނގުނީމައި މާބޮޑަށް އަޅާލާހެން ހީވެ އެވެ.

***

އައިނާ ގެއަށް ދިޔަގޮތަށް އިސްރާ ގާތުގައި ވެނީލާ ކޭކު އަދި ބަޖިޔާ ހަދަން ކިޔެވެ. އެއްމެ ފަހުން އިސްރާ އަށް ބޮލަށް އުނދަގޫވާ ވަރަށް ކިޔަން ފެށީމައި އިސްރާ ހިތާ ހިތާ ކިޔަމުން ދިޔައެވެ. “މީނަގެ ބައްޕަ ވެސް ކަމެއް ބޭނުން ވެއްޖިއްޔާ އަބަދު ކައިރީގައި ވިއްދާފައި… ހަމަ އަނީލްގެ ގޮތް ގަނޑު… ޕިސް ޕިސް ޕިސް..”

_ނުނިމޭ

53

A aaR

i am a girl who loves to read n write dhivehii stories.. luv to read comments frm readers.. study in dh.a.e.c gr. 7 dh. Kudahuvadhoo age 13 _A aaR

You may also like...

11 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Wow 😍😍😍 Masha Allah 😘😘😘😘😘😘 varah varah reethi ingyy mi part ves 😘 😘😘😘😘 whn is next part 😉😉😉 luv this story so much❤️❤️❤️ curiously waiting for next part 😉😉😉 LYSM ❤️❤️❤️😘😘😘

    ⚠Report!
    1. thnx meekkomee … next prt exam nimunyma … insha Allah nxt is the last prt of d stry … lyt

      ⚠Report!
    2. All tha best❤️❤️❤️ kon iraku test the nimenyy ….. next Tuesday GA tha❤️❤️❤️❤️❤️ waiting for the next part ❤️❤️❤️😊😊😊😉😉😉😘😘😘😘

      ⚠Report!
    3. thnx meekkomee test nimeny tuesdayga nxt prt laptop rangalhu v ma up kohdheynana insha allah.. LYT

      ⚠Report!

Leave a Reply

Your email address will not be published.