ރާޔާއަށް މާބޮޑު ސަމާލު ކަމެއް ނުދީ ރަޔާން ބާރު ހިނގުމެއްގައި ރާޔާގެ ކޮޓަރިއާއި ދިމަލަށް ދިޔައެވެ. ދެތިން ފަހަރަކު ކޮޓަރީގައި ޓަކި ޖެހުމުން ވެސް ދޮރު ނުހުޅުވިއެވެ. ތަނޑު ނުލާ ހުރުމުން ރަޔާން ދޮރު ހުޅުވާފައި އެތެރެއަށް ވަނެވެ. ކޮޓަރި ތެރޭގައި ޒާޔާގެ ހިލަމެއް ވެސް ނެތެވެ. ޒާޔާ އަދި ވެސް ފެންވަރާ ނުނިމެނީއޭ ހިތާ އެނބުރި އައި ކޮޅަށް ދާން އުޅުނު ރަޔާން ހުއްޓުނީ ފާޚާނާ އެތެރެއިން ޒާޔާ ގިސްލާ އަޑު އިވުމުންނެވެ.
“ޒާޔާ” ދުވެފައި ގޮސް ފާހަނަ ދޮރުގައި ޓަކި ޖަހާލަމުން ރަޔާން ގޮވާލިއެވެ. ރަޔާން އަދި އެއްފަހަރު ޓަކި ޖަހާލިއެވެ. ނަމަވެސް ޒާޔާ ދޮރެއް ނުހުޅުވިއެވެ. ޒާޔާއަށް ކަމެއް ވީ ކަމަށް ހީކޮށް ރަޔާން ކަންބޮޑުވާން ފެށިއެވެ. އިތުރަށް އެންމެ ސިކުންތު ކޮޅެއް ވެސް މަޑު ކުރަން ރަޔާންއަށް ކެތްނުވިއެވެ. ފާހަނައިގެ ތަޅުގައި ހިފާލިއިރު ހުރީ ތަޅު ނުލައެވެ. ފާޚާނަ އެތެރެއަށް ވަން ރަޔާން ސިއްސައިގެން ދިޔައެވެ.
ޒާޔާ އިނީ ފާރުގައި ލެގިގެން މޫނު މަތީ އަތް އަޅައިގެން ރޯށެވެ. ރަޔާން އެތެރެއަށް ވަތް އަޑަށް ޒާޔާ މޫނުމަތިން އަތް ނެގިއިރު މުޅި މޫނޫ އެއްކޮށް ވަނީ ރަތް ވެފައެވެ. ޒާޔާ ހުރި ގޮތް ފެނިފައި ރަޔާން ވަރަށް ދެރަވިއެވެ. ރަޔާން ޒާޔާއާއި ކައިރިއަށް ޖެހިލަން އުޅުނު ވަގުތު ފައި ކައްސާލާފައި ވެޓެން ދިޔައެވެ. ތަޅުންގަނޑުގައި ނުޖެހި ސަލާމަތް ވާންވެގެން ރަޔާންއަށް ހިފުނީ ޝަވަރުގެ އިސްކުރުގައެވެ. ހިފުނުލެއް ބާރު ކަމުން އިސްކުރު އެނބުރުނެވެ. އަދި ޝަވަރުން ފެން އައެވެ. ފެނުގެ ކޮންމެ ތިއްކެއް ދިޔައީ ރަޔާންއާއި ޒާޔާ ތެއްމަމުންނެވެ. ރަޔާން ތެދުވެ ހަމަ އަކަށް އެޅުމުގެ ކުރިން އަނެއްކާވެސް ކައްސާލިއެވެ. މި ފަހަރު ވެއްޓުނީ ޒާޔާ ގެ ގައި މައްޗަށެވެ. ކުއްލިއަކަށް ރަޔާން އޭނާގެ ގައި މައްޗަށް ވެއްޓުމުން ޒާޔާ ހުރީ ވާނުވާ ނޭނގިފައެވެ. އަވަސް އަރުވާލާފައި ތެދުވާން އުޅުމުގެ ތެރޭގައި ރަޔާންއާއި ޒާޔާގެ ހަތަރު ކަޅި ހަމަވިއެވެ.
ރަޔާންގެ ޙާލަކީ ކޮބައިތޯއޭ އޭ.. އޭނާގެ ހިތުގެ ރާނީ އެހާ ކައިރިން އޭނާއަށް މި ފެނުނީ އަލަށެވެ. އެހާ ރީތި އެހާ ފުރިހަމަ މޫނެއް ރަޔާން އަލަށް ވެސް ނުދެކެއެވެ. ރަޔާންއަށް ވެގެން ވާނަމަ އޭނާ ދުނިޔެ އުމުރަށް ވެސް ޒާޔާގެ އެ ރީތި މޫނަށް ބަލަން ހުރެ ފާނެއެވެ. އެހާ ވެސް ޒާޔާ ފުރިހަމައެވެ.
ޝަވަރުން އަންނަމުން ދިޔަ ކޮންމެ ފެން ތިއްކެއް ދިޔައީ ރަޔާންއާއި ޒާޔާ ތެއްމަމުންނެވެ. މުޅި އެ މާހައުލުގައި ވެސް ވަނީ ލޯބީގެ މީރު ވަހެވެ. ހީވަނީ މުޅި ކާއިނާތު އެއް ވެގެން ޒާޔާއާއި ރަޔާން ގުޅުވަން އުޅޭހެންނެވެ.
ޒާޔާ ވެސް ހުރީ ހަމަ އެ ފަދަ ޙާލެތްގައެވެ. އޭނާ ހުރީ ރަޔާންގެ މޫނު އެހާ ކައިރިން ފެނުމުން ކަޅި ޖަހަންވެސް ހަނދާން ނެތިފައެވެ. އެއްވެސް އިޙްތިޔާރަކާއި ނުލައި އޭނާ ހުރީ ހަމަ ސީދާ ރަޔާންގެ ލޮލަށް ބަލާށެވެ. ރަޔާންއަކީ މީހަކު ބަލާ ފޫހި ނުވާ ކަހަލަ ރީތި ކަމެއް ލިބިފައިވާ މީހެކެވެ. ރަޔާން ކައިރީގައި ހުންނަ އިރު ޒާޔާއަށް ވަނީ އެހެން ކަހަލަ އިޙުސާސެކެވެ. އެއީ އެއްވެސް ލަފުޒަކުން ނުވަތަ އެއްވެސް ބަހަކުން ބަޔާން ކޮށް ދެވޭނެ ފަދަ އިޙުސާސެއް ނޫނެވެ. މީގެ ކުރިން ދުވަހަކު ވެސް ޒިޔާން ކައިރީ ހުންނަ އިރު މި ކަހަލަ ގޮތެއް ނުވެއެވެ. ފުރަތަމަ ފަހަރަށް ޒާޔާގެ ހިތުގައި ރަޔާންއަށް ޙާއްޞަ ޖާގައެއް އުފެދުނެވެ.
ޒާޔާގެ ހިތް އެދި ގޮވަމުން ދިޔައީ ރަޔާން އާއި ގާތު ވުމަށެވެ. ރަޔާންގެ ގައިގާ ވަރަށް ބާރަށް ބައްދާލާށެވެ. އަދި މުޅި ޙަޔާތް އެ އަތުގެ ހިމާޔަތް ދަށުގައި ހޭދަކުރާށެވެ. ނަމަވެސް އޭނާގެ ސިކުނޑި ބުނަމުން ދިޔައީ މުޅިން އިދި ކޮޅަށެވެ. ޒާޔާގެ ސިކުނޑި ބުނަމުން ދިޔައީ އޭނާ ލޯބި ވަނީ ޒިޔާން ދެކެ ކަމާއި އޭނާ އަކީ ރަޔާން ޑިޒާވް ވާ ކަހަލަ ކުއްޖެއް ނޫން ކަމަށެވެ. “ރަޔާން ޑިޒާވްސް މޯ.. ހީ ޑިޒާވްސް އަ ގާރލް މަޗް ބެޓާ ދޭން މީ” ޒާޔާ ހިތާއި ހިތުން ބުނެލިއެވެ. މިހެން ހިތަށް އެރުމާއި އެކު ޒާޔާގެ ލޮލުން އިޙްތިޔާރަކާއި ނުލާ ކަރުނައައެވެ. މި މަންޒަރު ބަލަން ރަޔާން އަކަށް ކެތެތް ނުވިއެވެ. އެއްވެސް ވިސްނުމަކާއި އޭނާ ޒާޔާ ގައިގާ ބައްދާލިއެވެ.
“ނޯ ޒާޔާ ޕްލީޒް ޑޯންޓް ކްރައި… އަހަރެން ބޭނުމެއް ނޫން ޒާޔާގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެސް ވެއްޓެން… އަހަރެން ޒާޔާ ދެކެ ވަ ރަށް ލޯބިވޭ” މިހެން ބުނެ ރަޔާން ޒާޔާގެ ނިތަށް ބޮހެއްދިނެވެ. މި ގޮތަށް ދެމީހުން ތިއްބާ ކޮޓަރީ ދޮރުގައި ޓަކި ޖަހާލި އަޑަށް ސިހިފައި ދެމީހުން ދުރުވިއެވެ. ރަޔާންއަށް ކުރެވުނު ކަންތައް ރޭ ކާލި ދެނެވެ. ލަދުން އޭނާ އަނެއް ފަރާތަށް އެނބުރުނެވެ. “ޝިޓް މޭން… ޒާޔާ ހިތަށް އަރާނީ ކީކޭ………” ރަޔާން ހިތާއިހިތުން އަމިއްލަ މީހާ އާއި ދިމާއަށް ހަޅޭ ލަވާލިއެވެ. ރަޔާން އިސްކުރު ބަނދުކޮށްލުމަށް ފަހު ބޭރަށް ނިކުންނަން ދަމުން ފަހަތަށް އެނބުރި ޒާޔާއަށް ބަލާލަމަށް ފަހު ސޮރީއޭ ބުނެލިއެވެ. ރަޔާން ފާހަނައިން ބޭރަށް ނިކުތް އިރު ވެސް ދޮރުގައި ޓަކި ތަޅާ އަޑު އިވޭއެވެ. ރަޔާން ގޮސް ދޮރު ހުޅުވާލިއިރު ބޭރު ހުރީ ރާޔާއެވެ. ރާޔާއަށް ރަޔާން ތެމިފައި ހުރިކަން އެނގުމުން ސުވާލު ކުރަން އަނގަ ހުޅުވާލި ވަގުތު ރާޔާ ސުވާލު ކުރުމުގެ ކުރިން ރަޔާން ދުވެފައި ގޮސް އަމިއްލަ ކޮޓަރިއަށްވަނެވެ.
އެރޭ ނިދަން އަރާ އޮވެ ވެސް ޒާޔާއާއި ރަޔާން އޮތީ އެކަކު އަނެކަކުގެ ޙިޔާލު ގައެވެ. ފާޚަނައިގައި ހިނގި މަންޒަރު ހިތަށް ސިފަވާ ކޮންމެ ފަހަރަކު ދެ މީހުންނަށް އިޙްތިޔާރަކާއި ނުލައި ހިނިތުން ވެވޭއެވެ. ކޮންމެ އަކަސް މިއީ ރަޔާންއަށް ދުވަހަކު ހަނދާނުން ފިލައިގެން ނުދާނޭ ފަދަ ރެއެކެވެ. މިގޮތަށް ޒާޔާގެ ޙިޔާލުތަކަށް ގެއްލިފައި އޮއްވާ ރަޔާންގެ ކޮޓަރި ދޮރު ހުޅުވާފައި ރާޔާވަނެވެ. ރާޔާ އައުމުން ރަޔާން ތެދުވެ އިށީނދެލިއެވެ. ރާޔާ ވެސް އައިސް ރަޔާން ކައިރީ އެނދުގެ އަރި މަތީ އިށީނެވެ.
“ކޮއްކޮއަށް މިހާރު އެނގޭނެ ކަންނޭގެ ދޮންތަ މި އައީ ކޮން ވާހަކައެއް ދައްކާން ކަން… ދެން އަވަހަށް މި ވާނުވާ ކިޔާ ދީބަ މަށަށް… ކޮއްކޮ ޒާޔާ ދެކެ ލޯބިވޭ ދޯ” ރާޔާ ރަޔާންއަށް ބަލަން އިނދެ އެހިއެވެ. ” ދޮންތައަށް ކިހިނެށް އެނގުނީ” ހައިރާންވެ ހުރެ ރަޔާން ވެސް ކޮށްލީ ސުވާލެކެވެ. “ބަލަ ތީ މަގޭ ކޮއްކޮއޭ….. މަށަށް ދެން ކޮއްކޮ ނޭގެންޏާ ކާކަށް ތަ އެނގޭނީ ތަ އެނގޭނީ… ދެން ވެސް ވާހަކަ އޮޅުވާ ނުލާ ކިޔައި ދީބަ… ކިޔައި ނުދަނީސް މަށެއް މިރޭ މި ކޮޓަރިން ވެސް ނުނިކުންނާނަން” ރަޔާންގެ އިސްތަށިގަނޑާއި ކުޅޭ ލަމުން ރާޔާ ބުނެލިއެވެ. “އޯކޭ ފައިން މި ކިޔައި ދެނީ” ކިޔާއި ނުދީއްޖިއްޔާ ރާޔާ މިރޭ އޭނާ ނޭވައެއް ލިޔަ ވެސް ނުދޭނެކަން އެނގޭތީ ރަޔާން ރާޔާއަށް ހުރިހާ ވާހަކައެއް ފަށައިގެން ކިޔަ ދިނެވެ.
” އޯ… ސޯ އަހަންނަށް މި ހީވީ ހަމަ ރަނގަޅަށް ތާ.. ކީ އްވެ އަހަރެން ކައިރީ ކުރިން ނުބުނީ” ރާޔާ ސުވާލުކުރިއެވެ. “ދޮންތާ އަހަރެންނޭ ޒާޔާއާއި އުޅެނީ… އޭނާ މަށާ ނޫޅޭއޭ… އެހެންވެ ނުބުނީ” ރަޔާން ބުނެލިއެވެ. “އޯ މައި ލިޓްލް ބްރޯ، ޖަސްޓް ގިވް ހާ ސަމް ޓައިމް.. އައި ތިންކް ޝީ ލައިކްސް ޔޫ… އަދި ނުބުނެވިގެން ކަންނޭގެ އެ އުޅެނީ… މާތް ﷲ ކޮއްކޮއަށް ކޮއްކޮގެ ލޯބި ކާމިޔާބު ކޮށްދެއްވާ ތޯ އަހަރެން ދުޢާ ކުރާނަން” ރާޔާ ހިނިތުން ވެލަމުން ބުނެލިއެވެ. “ތެންކްސް ދޮންތީ… ޔޫ އާރ ދަ ބެސްޓް ސިސްޓާ އިން ދަ ވޯލްޑް” ރަޔާން އޭނަގެ ދޮންތަގެ އަތުގައި ހިފާލަމުން ބުނެލިއެވެ. “އެންޑް ޔޫ އާރ ދަ ބެސްޓް ބްރަދާ އިން ދަ ވޯލްޑް.. ދެން އަހަރެން ދަނީ.. އެވަރަށް އެކަމާ ނުވިސްނާ ނިދާލާ.. ގުޑް ނައިޓް އެން ސްވީޓް ޑްރީމްސް” ހިނިތުންވެލަމުން ރާޔާ ބުނެލިއެވެ. ރާޔާ ދިއުމުން ރަޔާން އޮށޯވެ ނިދޭ ތޯ ބެލިއެވެ. “ޝީ ލައިކްސް މީ” މަޑުމަޑުން މިހެން ކިޔާލަ ކިޔާލަ އޮތްވާ ރަޔާންއަށް ނިދިއްޖެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.




Me first dhw..vrh vrh rythi mi part vx ???…When next darla…waiting for that ngey???..lysm
Thanks???? yeah ur first
Me second dhw…… V v reethi mi part vx……. Waiting fr nxt dear……. Lyvm…….
Yayyy ur second congratulations sweetie ❤️❤️???? thanks vrh ufaa vejje mi prt Reethi veema
Wow?. Maasha Allah♥ varah loabi mi bai ves??❤… Keep it up mimmi kolhu?. Waiting for next part❓… Konirakun aneh bai genesdheni?. Varah kiyaalaa hithun mihiree. I luv this story❤?
Thanksss loabikolhu ❤️❤️❤️❤️❤️❤️❤️??????????????????????nxt prt to Mimmige exams ah fahu
Wow… ??Masha Allah ????? varah varah reethi ingyy ???????? whn is next part ????? luv it❤️❤️❤️???? curiously waiting for it ????????? LYSM ❤️❤️❤️❤️❤️??????? one of my favourite ?????
Mi part v v v reethi… curiously waiting for next part…ilysm sis❤️❤️❤️?
True
Every one attention.
“jiji” aky mi site ga vv heyo edhigen ulhunas hageegathugai vv nubai nulfaa anheneh.
jijige aslu namaky fathimath jazly
jijige rashaky B.dhonfanu.
Evves myhalu jiji aa vahaka dhakkaingen nuvaane.
Who said im b.dhonfan ey..Im not b.dhonfan n my name is not jazly ingey..neygey ehchehi kiyumah vure nukiyun rangalhu vaany..thii shaakkoah vegn ulhey aminath ishaa kan vx neygey meehaku nuhunaane….u ehen meehunnaa dhimaalah nulafaey govaa iru u aky vrh lafaa meehehtha..n my real name n island is not correct…rangalhah hithun tedhu bunevifa thiothy dhihdhoo dhaithayaa?????????ehcheh neygey iru vx kiyan ulheythi
Thimeehakah kihinei ingenei???
I totally agree with jiji….
But still… im curiouse to know how u know each other… plz tell me?????????
Jiji eii shaako eh noon….jiji vx thedhu hageegai balaafa cmnt kurihyaa varah rangalhu vaane…..mi rulhin bunaa ehcheh noon ingey…..
Shaakko ah nuve nudhaany kihineh?…jiji ge info shaakko menah ngeyny..,v iru shaakko noony kaakah vaany….bunebala kairaaa…shaakko aa hedhy jiji dhiyaee
Hey its none of your business….im not talking to you….ehn vihyyaa themeehaa bunebala eii shaakko ah vaan v gotheh….alhe eh vx proof eh dhaka bala…..eyrun dhw gabool kureveynee..bunan thr aharemen ge therein vara gina meehunnah ingeyne jiji ge informations…dhn kihineh buneveynee vaki shaakko eyy ekn kury…hama vedhaane dhw ehn meehakah vx….ekm kn me meeheh ekn kuriyas aslu e kury varah kada kameh….
Vvv reethi
Mimmi you are very talented…. lysssssm… good luck with your exams. …. ??????????????