Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތެދުވެރި ލޯބި -1

♡Maii♡ Level 310 Stories100 Comments100 Login
October 28, 2019 3 Mins Read
25 Comments

ފަތިހުގެ ހަމަހިމޭން ވަގުތެވެ. ޖެހޭ މަޑު ފިނި ވައިރޯޅި ތައް ދަނީ ކޮޓަރި ކުޑަދޮރު ކައިރީ ހުރި ޔާޝާ ގައިގަ މަޑު މަޑުން ބީހިލާފައެވެ. ޔާޝާ ހުރީ ފަތިސް ނަމާދަށް ހޭލާ، ބަންގި ނުގޮވާތީ ކުޑަދޮރު ކައިރީ މަޑުކޮށްލައިންނެވެ. ޔާޝާގެ މޫނު މަތީގައި ވަނީ ހިތާމައިގެ ކުލަވަރެވެ. އެއީ އޭނާގެ މާޒީ އެވެ. މާޒީގެ މަތިން ހަނދާން ކުރަން ކީއްކުރަންހެވެ؟ ވާނީ ހަމަ ބޭކާރު ކަމަކަށެވެ.

ބަންގި ގޮވި އަޑަށް ޔާޝާ ލޮލުން އައިސް ހުރި ކަރުނަތައް ފޮހެލާފައި، ޔާޝާ ދިޔައީ ނިދާފަ އޮތް އޭނާގެ ކޮއްކޮ ޔަނާލް އަށް ގޮވާށެވެ. ”ނާލް.. ނާލް .. ނާލް ދެން ހޭލަބަލަ! މިހާރު އެޔޮއް ބަންގި ގޮވީ ނަމާދު ކުރަން ތެދުވޭ”. ޔާޝާ ޔަނާލް އަށް ގޮވިއެވެ. ޔަނާލް ވެސް ހޭލާފައި، ފާހަނަ އަށް ވަދެ ފެންވަރަލައިގެން ވުޟޫ ކޮށްގެން ނުކުމެ ނަމާދު ކޮށްލިއެވެ.

*****

އައިޝަން އަށް ހޭލެވުނީ އައިޝަންގެ މަންމަ ސަލްމާ ގޮވާ އަޑަށެވެ. ސަލްމާ އެގޮވަނީ ފަތިސް ނަމާދަށެވެ. އައިޝަން އަކީ ބަރާބަރަށް ހުރިހާ ނަމާދެއް ކުރާ ކުއްޖެކެވެ. ސަލްމާ ގޮވާ އަޑަށް އައިޝަން ހޭލާފައި ފާހަނަ ކޮށްލައިން ނުކުމެ މިސްކިތައް ދިޔައެވެ. މިސްކިތުން އައިސް އައިޝަން ތައްޔާރު ވީ އޮފީހައް ދާށެވެ.

*******

އާނިޝް އަކީ މިއުޒިކީ ދާއިރާ އަށް ވަރަށް ލޯބި ކުރާ ކުއްޖެކެވެ. އެކަމަކު އާނިޝް އަކީ އެއްވެސް ނަމާދެއް އުނި ކުރާ ކުއްޖެއް ނޫނެވެ. ބަރާބަރަށް ނަމާދު ކުރެއެވެ. އެކަމާ އާނިޝްގެ މަންމަ އަނުމް އާއި އާނިޝްގެ ބައްޕަ ޒައިދު ވަރަށް އުފާކުރެއެވެ. އަނުމް އާއި ޒައިދުގެ ދަރި ހުންނަނީ ދެ ކުދިންނެވެ. އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކާއެވެ. އަންހެން ކުއްޖާ އަށް ކިޔަނީ އާނިޝާ އެވެ. ފިރިހެން ކުއްޖާ އަކީ އާނިޝް އެވެ. އާނިޝާ ވީ ލަންކާ އަށް ކިޔަވަން ގޮހެވެ. ޒައިދުގެ އޮންނަނީ އަމިއްލަ ފިހާރެއެކެވެ. އެފިހާރައިގަ ގިނަ ދުވަހައް ސޭޓަކަށް އިންނަނީ އާނިޝް އެވެ.

*****

ޔާޝާ އާއި ޔަނާލް އުޅެނީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރަން ބަދިގޭގައެވެ. ”ދޮންތާ… ދޮންތަ އޮފީހައް ދިޔައީމަ އަހަރެން ވަރަށް ފޫހިވޭ! އަހަރެން ވެސް ބޭނުމީ ވަޒީފާ އަކައް ދާން ފަށަން”. ޔަނާލް ޔާޝާ އާދިމާލައް ނަޒަރު ހިންގާލަމުން ބުނެލިއެވެ. ” ނާލް! ނާލް އަށް އަދި ނުވެޔޭނުން އަށާރަ އަހަރު ވެސް. އަދި އަށާރަ އަހަރު ވާނީ އަންނަ އަހަރު. އެހެންވީމަ އަދި ދޮންތަ އަކަށް ނުފެނޭ ނާލް ވަޒީފާ އަކަށް ދާކައް”. ޔާޝާ ޔަނާލް ކައިރީގައި ބުނެލިއެވެ. ޔަނާލް ވެސް ޔާޝާ ބުނުމަށް ދެކޮޅު ނުހަދަ ބޯ ޖަހާލިއެވެ.

****

އައިޝަން އޮފީހައް ގޮސް ޖީބުން ތަޅުދަނޑި ފަތި ނަގާ އޮފީސް ހުޅުވިއެވެ. އައިޝަން އައިތާ މާގިނަ އިރު ތަކެއް ނުވެ، ޔާޝާ އޮފީހައް އައިސް ވަނެވެ. ” ޔާޝާ.. މިއަދު މިހިރި ލިޔެކިޔުންތަށް ބަލާލާފައި، މީގެ ކޮޕީ އެއް ހައްދައިން އަހަރެންގެ ކެބިން އަށް ގެނެސް ދެއްޗޭ”. އައިޝަން ވަރަށް އަދަބު ވެރި ކަމާއެކު ޔާާޝާ އާއި ވާހަކަ ދެއްކިއެވެ. ”ލައްބަ”. ޔާޝާ ބޯ ޖަހާލިއެވެ.

ކެބިން ތެރޭގައި އިން ޔާޝާ ވަރަށް ފަރުވާތެރި ކަމާއެކު މަސައްކަތް ކުރަމުން ދެޔެވެ. ކުއްލިއަކައް ފޯނު ރިންގު ވާއަޑު އިވުމުން ފޯނައް ބަލާލިއިރު، އެގުޅަނީ ޔަނާލް އެވެ.

”ހަލޯ… ނާލް، ކިހިނެއްވީ”. ޔާޝާ ފޯނު ނަގާފައި ކަންފަތް ދޮށުގައި ޖައްސާލަމުން ބުނެލިއެވެ.

”މާބޮޑު ކަމެއް ވެގެނެއް ނޫން. ދޮންތަ ނެތީމަ އަހަރެން ފޫހިވާވަރުން ހިތައް އެރީ ދޮންތަ އަށް ޖެއްސުކޮށްލަން ގުޅަން ވިއްޔޭ”. ޔަނާލް އަބަދުވެސް ޔާޝާ ކައިރީގައި ޝަކުވާ ކުރާ ގޮތައް ޝަކުވާ ކުރިއެވެ.

”ދެން ހަމަ އެއްކަލަ ނާލް. ދޮންތަ ފުރީ ވާއިރައް ދަމޭނުން ނާލް ކައިރިއަށް. އެހެންނޫނަސް މަސައްކަތެއް ނުކޮށް ގޭގަ ހުންނަންޏާ ކިހިނެއް އަހަރެމެން ކައި ބޮއެ ހަދާނީ؟ ކާކު ލާރި ދޭނީ؟. ދޮންތަ ވެސް ބޭނުމެއް ނުވެޔޭ ނާލް ގޭގަ އެކަނި ބަހައްޓާފައި އެއްވެސް ތާކައް ދާކައް. އެކަމް އެއްވެސް ގޮތެއް ނެތީމައެއްނުން މިހެން މި އުޅެން ޖެހެނީ”. ޔާޝާ ބުނެލިއެވެ.

” އޯކޭ މައި ލަވްލީ ދޮންތީ… ބާއްވަނީ އިނގޭ. ނިމުނު ހާ އަވަހަކައް އަންނާތި. އަހަރެން ދޮންތަ އަންނަން ވާއިރައް ވަރަށް މީރު ކާއެއްޗެއް ތައްޔާރު ކޮއްލާފައި ބަހައްޓާނަން”… ޔަނާލް ޔާޝާ ދެކެ ލޯބިން ބުނެލިއެވެ.

”އޯކޭ ނާލް… ބައި”. ޔާޝާ ހީލަމުން ބުނެ ފޯނު ބޭއްވިއެވެ.

ޔަނާލް އާއި ޔާޝާ އަކީ ވަރަށް ކެއްތެރި، ވަރަށް ހިތްވަރު ގަދަ ދެކުދިންނެވެ. އެދެކުދިން ދުވަހަކު ވެސް ޒުވާބެއް ނުކުރެއެވެ. އުޅެނީ ވެސް ގާތް ދެރަހުމަތް ތެރިނަށް ވުރެ ވެސް އެކަކު އަނެކަކައް އަޅާލައިންނެވެ.

****

އާނިޝް އިނީ އާނިޝް ކޮޓަރީގައި ހުންނަ ކުޑަ ސޯފާ އެއްގަ އިށީދެގެން ފޯނުން ހިންދީ ފިލްމެއް ބަލާށެވެ. އާނިޝް އިނީ ލޯންގު ސުލީވް ޓީޝާޓެއް ލައިފައި، އައިސް ބްލޫ ކެރޮޓު ޖިންސެއް ލައިގެންނެވެ. އާނިޝް އާއްމު ކޮށް ލަނީ ހަމަ ލޯންގު ސުލީވް ޓީޝާޓެވެ. އާނިޝް އަކީ ފިރިހެން ވަންތަ ރީތި ހަށިގަނޑެއް ލިބިފައިވާ ޒުވާނެކެވެ. ބަލާލަން ވެސް ނުހަނު ހިތްގައިމެވެ. މާ ގިނަ އިރެއް ނުވެ އާނިޝާ އާނިޝް އަށް ގުޅިއެވެ.

”ހަލޯ ނިޝް..” އާނިޝާ ބުނެލިއެވެ. ”ހޫމް ކީކޭ ދޮންތާ؟”. އާނިޝް އާނިޝާ ކައިރީގައި ބުނެލިއެވެ. ”ދޮންތަ މިއުޅެނީ 1 މަސް ތެރޭގައި ރަށަށް ދާން. މަންމަ މެން ކައިރި ނުބުނާތި ދޮންތަ ދާ ވާހަކަ. ދޮންތަ މިއުޅެނީ މަންމަ މެންނަށް ސަޕްރައިޒް އެއް ދޭން. ނިޝް ކައިރީ މިބުނީ ވެސް ނިޝް ނުބުނާނެ ކަން އިނގޭތީ”. އާނިޝާ ބުނެލިއެވެ. ”އާން މަށެއް ނުބުނާނަން. ދޮންތާ! ދެން އިހައް ބާއްވަނީ އިނގޭ އަދި ގުޅާނަން ފަހުން”. އާނިޝް ފޯނު ބާއްވަން އެދުމުން އާނިޝާ ވެސް އާނއެކޭ ބުނެ ފޯނު ބޭއްވިއެވެ.

ފޯނު ބާއްވާފައި އަނެއްކާވެސް އާނިޝް ފިލްމު ބަލަން ފެށިއެވެ.

****

ޔާޝާ އޮފީސް ނިންމާފައި ގެއަށް ދާން ނުކުތެވެ. ވެފަ ހުރި ވަރު ބައްޔަކުން ޔާޝާ ދިޔަ މަގުމަތިން ފިހާރަ އަކަށް ވަދެ ފިނި ދެ ކޯކު ދަޅު ގަނެގެން ދިޔައީ ގެއަށެވެ. ގެއަށް ގޮސް ވަތްއިރު ޔަނާލް ފެންނާކައް ނެތެވެ. ”ނާލް… ނާލް”. ޔާޝާ ޔަނާލް އަށް ގޮވަމުން ދިޔައެވެ. ނަމަވެސް ގޭގެ އެކި ތަންތަން ހޯދާ ހޯދާ ވެސް ޔަނާލް އެށް ނުފެނުނެވެ. ޔަނާލް ނުފެނުމުން ޔާޝާ ހުރީ ވަރަށް ހާސް ވެފައެވެ.

*.ނުނިމޭ.*

 

•މި ޕާރޓް ކުރުކަން މައި އަށް ފާހަގަ ކުރެވޭ. ހުރިހާ ކިޔުންތެރިން ކިބައިން މަޣާފައް އެދެން?. އެކަމް ނެކްސްޓު ޕާރޓް ދިގު ކޮށްލާނަން އިންޝާﷲ. ޓެސްޓު ފެށިފަ އޮތީމަ އެހާ ކުރުކޮށް މި އަޕް ކޮށްލެވުނީ. މިއަކީ 640 ވޯރޑު. ހުރިހާ ކުދިންނަށް ވެސް އަންޑަރސްޓޭންޑް ވާނެ ކަމަށް މައި އުއްމީދު ކުރަން.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

♡Maii♡

Level 310 Stories100 Comments100 Login

??

Other Articles

Previous

ރާސްތާ2 ނުވަވަނަބައި

Next

ލޯބި ނުވެވުނު ނަމައިގެ ކިޔުންތެރިންނަށް

Next
October 28, 2019

ލޯބި ނުވެވުނު ނަމައިގެ ކިޔުންތެރިންނަށް

Previews
October 28, 2019

ރާސްތާ2 ނުވަވަނަބައި

25 Comments!

  1. jiji says:
    October 28, 2019 at 5:50 pm

    Hii maee love….kihineh tha u..missed u so much ngey.. hope u r fine…Btw mi story ge feshun v v v salhi masha allah..n kuruviyas it’s not a problem..good reader eh vehjiyyaa they can understand that…anyway waiting for the next..good luck for ya exam maii…Me first dhw..Lysm sissy ?

    1. Maisha maii says:
      October 28, 2019 at 7:30 pm

      Hey jiji… Mai hama rangalhu☺. Jiji kihinehtha?. Miss u more jiji kolhu… Thankssss jiji ehaa support dheythi. Varah ufaa vey thigothah support dhenyaa. Jiji ge exam ah vx kaamiyaabee ah edhen??… Rangalhu natheeja eh hoadheytho balaathi☺. Keep waiting dear. Love you more… Once again thank you soooooooo sooooo much???..
      Yh you’re the first?☺?☺?.
      Congratulations?????

  2. Maisha maii says:
    October 28, 2019 at 7:38 pm

    Hey readers… Miothy thedhuveri loabeege 1 vana part up kohlaafa. Ummeedhu kuran hurihaa kudhinnah vx kamudhaane kamah. Yanaal ah evi kihineh hen heevany readers ah? Hurihaa kudhin vx kiyaalaafa comment eh kohlahchey. Exam ohva vx mi up kohlee liyevifa ehbai otheema. Test hadhaa kudhinnah kaamiyaabee ah edhen. Hurihaa kudhin vx rangalhu natheeja eh hoadheytho balaathi. Love you all my readers.?❤????????♥

  3. Meekkomee says:
    October 28, 2019 at 8:15 pm

    Woww ??? Masha Allah ????? Varah Varah reethi ?????? whn is next part ???? luv it ? curiously waiting for it ??????? LYSM ❤️❤️❤️❤️?????? all the best on ur exams ❤️❤️❤️❤️

    1. Maisha maii says:
      October 29, 2019 at 12:03 am

      Awwn thanks meekko?… Varah ufaavejje mi part kamudhiyaeema. Meekko exam ah vx kaamiyaabee akah edhen… Lym. Next part liyevun haa enme avahakah.. Dhen me mi aii 300 words liyelaafa… Keep waiting?

  4. ?? says:
    October 28, 2019 at 9:33 pm

    First of all….gud luck for Ur exam…..v reethi mi vaahaka…but I’ve one prblm in it…..sry to say butttt bunyma dhw ingeynee….eiii aanish genessa in iru konme sentence eh fashaairu aanish, aanish iny ma v odd….hope you’ll correct it ???? btw kon grade ehh.?? And I know that it’ll be difficult for you to write story in btwn the exam….dnt worry take Ur time and write.

  5. Kairaa says:
    October 28, 2019 at 10:00 pm

    Vv reethi mi part vx…its ok eyy mi part kururviyas….ehen noonas test feshuneema ehaa vagutheh vx nulibeyne ehnnu story liyaakah….ekm vx mi part hama vvvvv reethi….and thank u maii mi part up kohla dhineema….anehkaa yanaal ah evy kihinehbaa?????

    1. Maisha maii says:
      October 29, 2019 at 12:07 am

      Awwn thanks kaiiiii?… Kihineh baa dhw yanaal ah evi. Dhen anna part ga ingeyne yanaal ah evi gotheh. Good luck for u’r exams. Keep waiting dear?

  6. mimmi says:
    October 29, 2019 at 12:14 pm

    Kuru viyas okay ey…MI part varah varah varah varah reethi…Maa sha allah waiting for the next part….

    1. Maisha maii says:
      October 29, 2019 at 4:46 pm

      Thankssss mimmi?…. Keep waiting❤?❤?❤?

  7. Yaanee says:
    October 29, 2019 at 8:29 pm

    Mi part varah reethi…maa sha allah…Mi vaahaka dhigu koh neges dheichey..please
    waiting for the next part..

    1. Maisha maii says:
      October 29, 2019 at 8:45 pm

      Thanks yaanee???… Yh dhigu kohlaanan.. Adhi liyevunee 470 word. Keep

    2. Maisha maii says:
      October 29, 2019 at 8:46 pm

      Keep waiting dear*

  8. Ishooo says:
    October 29, 2019 at 9:24 pm

    mi part Varah varah reethi ingey mai sis…Maa sha Allah..waiting for the next part…Mi vaahaka ehaa avahah ninmaa nulah chey….YAASHA varah reethi name eh…Maa sha allah.

    1. Maisha maii says:
      October 29, 2019 at 10:37 pm

      Awwwn thanks ishooo????… Yh mi vaahaka ehaa kureh nuvaane. Kurin liyun story akee furathama liyun story veema avahah nimmaalee..♡Keep waiting dear♡.

    2. Śhåáķķò says:
      October 30, 2019 at 9:55 am

      Maiii thats not me ingey… shaakko balive ulheythy comment eh nukohlevuny.. anyways reethi mi bai ves6

    3. Maisha maii says:
      October 30, 2019 at 10:20 am

      Awwn thank you shaakko???…varah ufaa vehje mi bai vx kamudhiyaima☺??.. Shaakko ge comment mifaharu nufennaathy bala bala hutta thi comment eh kohlee… Gws soon shaakko???.

  9. Lamko says:
    October 30, 2019 at 1:18 pm

    Its ok maii test feshuneema busy vx vaane dhw ok vaane….mi vahakaa ge furathama baa vx varah varah reethi….i love ur storys maii…. anehkkaa yanaal ah kihinehbbaa evy???….miss ya sissy

    1. Maisha maii says:
      October 30, 2019 at 9:27 pm

      Awwn thank you lamko????… Varah happy vehje lamko ah mai ge story thah kamudhaa kan inguneema… Yanaal ah evi gotheh ingeyne next part ga.. Miss u more lam?

  10. Lamko says:
    October 30, 2019 at 1:20 pm

    Its ok maii test feshuneema busy vx vaane
    dhw abadhaku vx story eh nuliyeveyne ehnnu dhw maii….mi vahakaa ge mi part vx varah varah reethi….i love ur storys maii…. anehkkaa yanaal ah kihinehbbaa evy???….miss ya sissy

    1. Maisha maii says:
      October 30, 2019 at 9:28 pm

      Repeat vefa dhw?

  11. Yaan? says:
    October 30, 2019 at 7:59 pm

    V v v v salhi first part ves. Next part kiyaalaa hithun keihmadhu vefa meenee. Avahah up kohla dhehchey. Yanaal ah evee kihineh baa. Curiously. Waiting for next part.

    1. Maisha maii says:
      October 30, 2019 at 9:29 pm

      Thanksssss yaan?????… Yanaal ah evi gotheh vx ingeyni next part kiyaaleema. Keep waiting dear?

    2. Maisha maii says:
      October 30, 2019 at 9:31 pm

      Guys!!!… Mihaaru part 2 part submit kohlaifin??☺…

  12. ?Mary? says:
    November 1, 2019 at 11:53 am

    Mary ah dho emme fahun mi comment eh kohlevunee. Sorry Inge. V rythi mi bai ves. Keep it up maii.???. Good luck your exams

Comments are closed.

Next Episodeތެދުވެރި ލޯބި- 2←


All Right Reserved!