މީ ތަގްދީރޭ
އާދައިގެ މަތިން ސުކޫލު ނިންމާލުމަށްފަހު އަހަރެން ގެޔަށް އައީމެވެ. ކޮޓަރިއަށް ވަނެ ފެންވަރައިލައިގެން އަހަރެން އެނދުގައި އިށީންދެލައިގެން އިނެލީ މިއަދު ކުލާހުގައި ވީ ކަންތަކާއި މެދު ވިސްނާލުމަށެވެ. ނަމަވެސް އަހަރެންނަށް ވިސްނެނީ މުޅިން އެހެން ކަމަކާއިއެވެ. ކުލާހުގައިވީ ކަންތަކާއި މެދު ވިސްނުމަށްވުރެ އަހަރެންގެ ސިކުނޑި ދިޔައީ އެހެން ކަމަކަށް ވިސްނުމަށް އަމުރު ކުރަމުންނެވެ. އެކަންތައްތަކަށް ވުރެ އަހަރެންގެ ވިސްނުން ދިޔައީ މާދުރަށް ދަތުރު ކުރަމުންނެވެ.
އަހަރެންގެ މިދެލޯ އަބަދުވެސް ބޭގަރާރު ވަނީ އެ ސޫރަ ދެކިލުމަށެވެ. މިދެ ކަންފަތް އަބަދުވެސް ކެތްމަދުވެފައިވީ އެއަޑު އަހާލުމާށެވެ. ދުލުން އަބަދުވެސް ބޭރުވަނީ އެނަމެވެ. ނަމަވެސް ކުރާނީ ކީއް ހެއްްޔެވެ؟ އަހަރެންނީ މިއަދު ބަދު ނަސީބު ވެރިޔަކީމެވެ. ލޯބީގާއި ނާކާމިޔާބު ވެރިޔަކީމެވެ. އަހަރެންގެ ހިޔާލުތަކާއި ވިސްނުން މާޒީގެ ތެރެއަށް ވަދެގެން، މާޒީގެ ކަނޑުގަދަ ރާޅުތައް ކަނޑައްތު ކުރަމުން ދިޔައީ އެމާސިންގާ ރާޅުތަކައި ހަނގުރާމަ ކުރަމުންނެވެ.
އެއީ މީގެ ދެއަހަރު ކުރިއެވެ. މި ހުރިހާ ކަމެއްވެސް މެދުވެރިވީ އަހަރެންގެ ހަޔާތަށް ޒިވިޔަން އައުމަށް ފަހުއެވެ. ޒިވިޔަން އާއެކު ހޭދަކުރި ކޮންމެ ވަގުތެއް ވެގެންދަނީ އަހަރެންނަށް ވަރަށް މުހިންމު އަދި ވަރަށް އުފާވެރި ވަގުތުކޮޅަކަށެވެ. އެތަކެއް ފޮނި ހުވަފެން ތަކެެއް ދެކެމުން އަހަންނާ ޒިވިޔަން އެކުއެކީގައި ކިޔެވުމުގެ މަރުހަލާ ކަޑަތު ކުރަމުން އައީ ފަހަރުވެރި ވަނަތައް ހާސިލްކުރަމުންނެވެ.
އަހަރެމެންގެ މިގުޅުމަށް ދެފަރާތުގެ އާއިލާއިންވެސް ކީ ވަރަށް ހޫނު މަރުހަބާއެކެވެ. ހިތުން ރުހުމުންނެވެ. ހުރިހާ ދިމާލަކުންވެސް އަހަރެންނަސް ލިބެމުން ދިޔައީ އުފަލެވެ.
ދުވަސްތައް ހަލުވިކަމާއި އެކު ފާއިތުވަމުން ދިޔައެވެ. އަދި އެ ދިޔުމުގައި އަހަރެެމެންގެ ގުޅުންވެސް ދިޔައީ ބާރުގަދަ ވަމުންނެވެ.
ޖީސީ ނިމި އޭލްވެލްވެސް ކިޔެވީ އަހަރެމެން ދެމީހުން އެއްކޮށެވެ. އޭލެވެލް ނިމޭހާ އަވަހަކަށް ކައިވެނި ކުރުމަކީ އހަރެމެން ދެމީހުންގެ ވެސް އެންމެ ބޮޑު އުންމީދެެވެ. އަދި މިކަން ހަގީގަތަކަށް ވޭތޯ އަހަރެމެން ދެމީހުންވެސް ދިޔައީ ދުޢާ ކުރަމުންނެެވެ.
ނަމަވެސް ތަގްދީރުގައި ވާނެ ގޮތެއް ލިޔެވިފައި އޮތީ ކީކޭ ކަމެއް އަހަރެމެންނަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ އޭލެވެލްގެ ކިޔެވުމުގެ ތެރެއިން ޒިވިޔަންއަށް ދިޔައީ ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. ވާހަކަ ދެއްކުން މަދުވެ ހުންނަނީ އަބަދުވެސް ހާސްވެފައިއެވެ. މީހާގެ ރީތި ހަށިގަނޑަށް ދިޔައީ ބޮޑެތި ބަދަލުތައް އަންނަމުންނެެވެ. އަދި އަހަރެންނާ ދުރުވާހެން ވެސް ބައެއް ފަހަރު އަހަރެންގެ ހިތަށް އަރައެވެ. ޑޮކްޓަރަށް ދައްކަން ބުނުމުންވެސް ޒިވިޔަން އެކަމަށް ކުރީ އިންކާރެވެ. ދުވަސްތައް ފާއިތުވަމުން ގޮސް ޒިވިޔަންއަށް އަންނަމުން ދިޔަ ބަދަލުތައް ދިޔައީ އިތުރުވަމުންނެވެ. އަދި އަހަރެންގެ ހާސްކަމާއި ކަންބޮޑުވުންތައްވެސް ދިޔައީ ދެގުނައަށް އިތުރުވަމުންނެވެ. ނަމަވެސް މިކަމަށް ޒިވިޔަންގެ ފަރުވާލެއް ނެތް ފަދައެވެ.
އެއީވެސް އާދައިގެ މަތިން ދުވަހެކެވެ. އަހަންނާ ޒިވިޔަން ސުކޫލު ނިންމާލުމަށްފަހު ގެއަށް އައީ އެކުއެކީއެވެ. ނަމަވެސް އަހަރެން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކަށް ޒިވިޔަން ފަހަތަށް ދާކަން އަހަރެންނަށް އެނގުނެވެ. އެހެންކަމުން އަހަރެން ޒިވިޔަންއާ ދިމާލަށް ބަލާލީމެވެ. ނަމަވެސް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. އަހަރެންނަށް އަހަރެންގެ ހުރިހާ އުފާތަކެއް ބީވެ ދިޔަ ކަހަލަ އިހްސާސެއް ކުރެވެން ފެށިއެވެ. އާއެކެވެ. ޒިވިޔަން އަހަރެންނާ މުޅި އުމުރަށް ދުރަށް ދިޔައީއެވެ. ނޭފަތުންނާއި އަނގައިން ފާބައިފާއިވާ ލޭތައް އެހުދު ޔުނީފޯމް ރަތް ކުރަމުން ދިޔައިރު ޒިވިޔަން އޮތީ ބިން މަތީގައިއެވެ. ލޯ ހުޅުވައިގެން ކަޅިވެސް ޖަހާއި ނުލައި އޮތް އިރު ނޭވާވެސް ނުލައިއެވެ. ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތެވެ. ވަގަުތުން އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަތައް އަންނަން ފެށިއެވެ. ބިންމައްޗަށް ތިރިވެ ޒިވިޔަން ކައިރީ އިނެ އެތައް އިރަކު ރުއީމެވެ. އެގޮތުގައި އެތައް އިރަކު އިނެ އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އެމްބިއުލެންސް އެތަނަށް އައުމުން އަހަރެމެން އަވަސްވެގަނީ ޒިވިޔަން ގޮވައިގެން ހޮސްޕިޓަލަށް ދާށެވެ.
ޒިވިޔަން އަހަރެންނާ ވަކިވެގެން އެދިޔައީ އަހަރެންނަށް އަންގާވެސް ނުލައިއެވެ. ނަމަވެސް އަހަރެންގެ ސިކުނޑީގައި އެތައް ސުވާލެއް އުފައްދާފައިއެވެ.
ހިތާމައިގެ ދުވަސްތައް ގުނަމުން ގޮސް ޒިވިޔަންގެ މަރަށް ފަސް ދުވަސް ވީ ދުވަހު ޒިވިޔަން ލިޔެފައި އޮތް ސިޓީއެއް އަހަރެންނަށް ލިބުނެވެ. ”އޭ ލޯބިވާއެވެ. ލީޝްއާއި ދުރަށް ދިޔުމަކީ އަހަރެން ހުވަފެނުންވެސް ދެކުނު ކަމެއް ނޫނެވެ. ލޯބިވާއެެވެ. އަހަރެންނަށް މަޢާފު ކުރާށެވެ. އަހަރެން މިދުނިޔެ މިދޫކުރަނީ ކެންސަރު ބަލީގައި ފަރުވާއެއް ނެތް ހާލުގައިއެވެ. އަހަރެން މިވާހަކަ ލީޝް ގާތު ނުބުނީ ލީޝްއަށް ވާނެ ގޮތް އެނގޭތީއެވެ. ލީޝްއަށް އިތުރު ހިތްދަތިކަމެއް ދޭން ބޭނުން ނުވާތީއެވެ. ލީޝް..އަހަރެން އަބަދުވެސް ލީޝްދެކެ ލޯބިވަމެވެ. އަހަރެންނަށް މަޢާފުކުރާށެވެ. ލޯބިވާ ޒިވިޔަން.” ޒިވިޔަންގެ ސިޓީ ކިޔާލުމަށްފަހު އަހަރެންނަށް ހަމަ ރަނގަޅަށްވެސް ރޮވުނެވެ. ވަރަށް ހިތުގަ ޖެހުނެވެ. ހިތް ހީވީ ފަޅައިގެން ހިނގާދާނެ ހެންނެވެ. އަދި ޒިވިޔަންއާއި މެދު އަހަރެންގެ ހިތުގައި ފުނިޖެހިފައިވީ ޝަކުވާއެވެ. އެވާހަަކަ އަހަރެންގާތު ނުބުނުމުންނެވެ. ނަމަވެސް އަހަރެން އަބަދުވެސް ޒިވިޔަންއަށް މަޢާފުކުރާނަމެވެ.
މިއަދު އަހަރެން ދިރި މިހުރީ ހަމައެކަނީ ޒިވިޔަންއަށްޓަކައިއެވެ. ޒިވިޔަންދެކެ ވާ ލޯތްބެއްގެ ސަބަބުންނެވެ. އެހެންނޫންނަމަ މިއަދު އަހަރެން މިދުނިޔޭގައި ހުރުމުގެ އެއްވެސް ބޭނުމެެއް ނެތެވެ. ޒިވިޔަންގެ އުންމީދުތަކެއް ނެތްނަމަ އަހަރެންވެސް ޒިވިޔަންއާއި އެކީ ދާނަމެވެ. އަހަރެމެންގެ ހުރިހާ ހުވަފެންތަކެއް ވީރާނަވެ ދިޔައީއެވެ. އުންމީދުތައް ވެއްޔާ މޮޑެވުނީއެވެ.
މާޒީގެ މި ސޮފްހާތަކުން އަހަރެންނަށް ނުކުމެވުނީ މަންމަ ކޮޓަރިއަށް ވަނުމުންނެވެ. އަހަރެންގެ މިއެކަނިވެރިކަމާއި މާޔޫސްކަމުގެ ދުނިޔޭގައި އުފާވެރިކަމެއް ކިރިޔާވެސް ގެނެސްދިން ފަރާތަކީ އަހަރެންގެ މަންމައެވެ. އެ މަންމަގެ ހިތްވަރުގަދަ ބަސްތަކެވެ.
”ޒިވިޔަންގެ ލޯތްބާއި އަޅާލުމާއި އުފާވެރި ބަސްތައް މިދުނިޔެ މަތީގައި ނުލިބުނެއް ކަމަކު އަހަރެންގެ އުންމީދަކީ އާހިރަތުގައި ތިބާއާއި ބައްދަލުވުމެވެ. އަހަރެން މަސައްކަތް މިކުރަނީ ތިބާ އެދޭފަދަ މީހަކަށް މިދުނިޔެ މަތީގައި ވުމަށެވެ. އަހަރެން އަބަދުވެސް ޒިވިޔަންދެެކެ ލޯބިވަމެވެ. ދުވަހަކުވެސް ޒިވިޔަންއާއި ވަކިވާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އަހަރެމެން ދެމީހުން ދުރުކުރުވީ ތަގްދީރެވެ. އަބަދުވެސް ޒިވިޔަންދެކެ ލޯބިވަމެވެ. އަހަރެން މިއަދު މިހުރީ ޒިވިޔަންގެ ހަނދާންތަކާއި އެކުއެވެ.” އަހަރެންގެ ހިތުގައި ވެއެވެ.
~ ނިމުނީ ~
10 Comments!
Comments are closed.







Wow.. me first dhw.. Masha Allah vr vr vr vr ryth. Hama rovihjje kiyaalaafa. Nafu ge stories Hama habeys ingey..
yes ur first kiya… and congrats… btw thanks kiya..
Wohooooooooooooooo?
hehe.. .. thanks naiha….
Beautiful. Just wonderful.. wow..
thanks king.. a lot….. 🙂
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
aww.. thanks dear… 🙂 🙂
Varah varah reethi mi story…..varah sad story eh dhw….hama varah reethi mi story….
thanks kairaa.. a lot… 🙂